-

ދިވެހިރާއްޖެއަށް އެތެރެކުރާ ނުވަތަ ބޭރުކުރާ ނަގުދު ފައިސާ ރިޕޯޓުކުރަންޖެހޭ އަދަދު ކަނޑައެޅުމުގެ ގަވާއިދު

(ކޮންސޮލިޑޭޓެޑް ނަންބަރު 2015-111)

(1ވަނަ، 2ވަނަ، އިސްލާހު ކޮންސޮލިޑޭޓް ކުރެވިފައި)

 

1 ވަނަ މާއްދާ -  ތައާރަފު

މި ގަވާއިދަކީ ގަނޫނު ނަންބަރު 2014-10 (މަނީ ލޯންޑްރީންގ އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ގާނޫނު) ގެ 24 ވަނަ މާއްދާގެ (ހ) އަދި 75 ވަނަ މާއްދާގެ (ހ) ގެ (3) ވަނަ ނަންބަރުގެ ދަށުން އެކުލަވައިލައި ނެރެފައިވާ ގަވާއިދެކެވެ.

 

2 ވަނަ މާއްދާ -  ނަން

މި ގަވާއިދަށް ކިޔާނީ "ދިވެހިރާއްޖެއަށް އެތެރެކުރާ ނުވަތަ ދިވެހިރާއްޖެއިން ބޭރުކުރާ ނަގުދު ފައިސޤ ރިޕޯޓުކުރަންޖެހޭ އަދަދު ކަނޑައެޅުމުގެ ގަވާއިދު" އެވެ.

 

3 ވަނަ މާއްދާ - ގަވާއިދަށް އަމަލުކުރަން ފެށުން.

މި ގަވާއިދަށް އަމަލުކުރަން ފަށާނީ، މި ގަވާއިދު ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ތާރީހުން ފެށިގެންނެވެ.

 

4 ވަނަ މާއްދާ - ދިވެހިރާއްޖެ އިން ބޭރަށް ގެންދާ ނުވަތަ ރާއްޖެއަށް އެތެރެކުރެވޭ ނަގުދު ފައިސާ ރިޕޯޓުކުރުން.

ގާނޫނު ނަންބަރު 2014-10 (މަނީ ލޯންޑްރިންގ އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ގާނޫނު) ގެ 24 ވަނަ މާއްދާގެ (ހ) ގެ ދަށުން، ދިވެހިރާއްޖެއަށް އެތެރެކުރާ ނުވަތަ ދިވެހިރާއްޖެއިން ބޭރުކުރާ ނަގުދު ފައިސާ، މޯލްޑިވްސް ކަސްޓަމްސް ސަރވިސްއަށް ރިޕޯޓްކުރަންޖެހޭ އަދަދަކީ، 10,000 (ދިހަހާސް) އެމެރިކާ ޑޮލަރު ނުވަތަ މިޔަށްވުރެ މަތީ އަދަދެއްގެ އެމެރިކާ ޑޮލަރު، ނުވަތަ މި އަދަދަށްވާ ނުވަތަ މި އަދަދަށްވުރެ މަތީ އަދަދަކަށްވާ ދިވެހިރުފިޔާ ނުވަތަ ބޭރު ފައިސާއެވެ. (އިސްލާހު1، އިސްލާހު2،ކުރެވިފައި)

 

މައި ގަވާއިދު

ރާއްޖެއަށް އެތެރެކުރާ ނުވަތަ ބޭރުކުރާ ނަގުދު ފައިސާ ކަނޑައެޅުމުގެ ގަވާއިދު (ގަވާއިދު ނަންބަރު 2015-111)

 

މި ގަވާއިދަށް ގެނެވުނު އިސްލާހު

1 ވަނަ އިސްލާހު

2 ވަނަ އިސްލާހު

 

މައި ގާނޫނު

މަނީ ލޯންޑްރިންގ އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ގާނޫނު (ގާނޫނު ނަންބަރު 2014-10)

ކިޔުންތެރިންގެ ހިޔާލު