-

ގާނޫނީ ވަކީލެއްގެ ހައިސިއްޔަތުން މަސައްކަތް ކުރުމުގެ ހުއްދަ ދިނުމުގެ ގަވާއިދު އަށް 1 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު

(ގަވާއިދު ނަންބަރު 2015-153)

(މި ގަވާއިދު ވަނީ ގާނޫނު ނަންބަރު 2019-05 ގެ 74 ވަނަ މާއްދާއިން އުވާލެވިފައި)

 

"ދިވެހިރާއްޖޭގައި ގާނޫނީ ވަކީލެއްގެ ހައިސިއްޔަތުން މަސައްކަތްކުރުމުގެ ހުއްދަ ދިނުމުގެ ގަވާއިދު" އަށް އަންނަނިވި އިސްލާހުތައް ގެނައުން.

 

1 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 6 ވަނަ މާއްދާގެ (ށ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

6. (ށ) ގާނޫނީ ވަކީލެއްގެ ހައިސިއްޔަތުން މަސައްކަތްކުރުމުގެ ހުއްދައަށް އެދި މި ގަވާއިދުގެ 3 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެ މަތިން ހުށަހަޅާ ފަރާތްތަކަށް ގާނޫނީ ވަކީލުކަމުގެ ހުވާކުރެވޭނެ އިންތިޒާމް މަދުވެގެން އަހަރަކު 3 (ތިނެއް) ފަހަރު އެޓާރނީ ޖެނެރަލް އޮފީހުން ހަމަޖައްސަންވާނެއެވެ.

 

2 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 6 ވަނަ މާއްދާގެ (ށ) ގެ ފަހަތަށް އަންނަނިވި އަކުރު އިތުރުކުރުން.

6. (ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، ގާނޫނީ ވަކީލުކަމުގެ ހުވާކުރުމުގެ ކަންކަން ބާއްވާނެ ތާރީހުތައް ކަނޑައަޅައި، އެ ތާރީހުތައް އެޓަރނީ ޖެނެރަލްގެ އޮފީހުން އާންމުކޮށް އިއުލާނުކުރަންވާނެއެވެ.

 

3 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 11 ވަނަ މާއްދާގެ ފަހަތަށް އަންނަނިވި މާއްދާތައް އިތުރުކުރުން.

12. ގާނޫނީ ވަކީލުންނާ ގުޅޭ ށަކުވާއާއި މައްސަލަތައް ހުށަހެޅުން

(ހ) މި ގަވާއިދުގެ ދަށުން ހުއްދަ ދީފައިވާ، ގާނޫނީ ވަކީލަކާ ގުޅޭގޮތުން އެއްވެސް މައްސަލައެއް ނުވަތަ ށަކުވާ އެއް އޮތްނަމަ އެ މައްސަލައެއް ނުވަތަ ށަކުވާއެއް ބަލައިދިނުމަށް އެދި ކޮންމެ ފަރާތަކުންވެސް އެޓާރނީ ޖެނެރަލްގެ އޮފީހުން ހުށަހެޅިދާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތްނަމަވެސް، ގާނޫނީ ވަކީލަކާ ގުޅޭ މައްސަލައެއްގެ މައުލޫމާތު އެޓަރނީ ޖެނެރަލްގެ އަމިއްލަ އިސްނެގުމުގައި އެ މައްސަލައެއް ބެލުމުގެ ބާރު އެޓަރނީ ޖެނެރަލްއަށް ލިބިގެންވެއެވެ.

 

13. މައްސަލަ ބަލާ ކޮމިޓީ

(ހ) މި ގަވާއިދުގެ 12 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ށަކުވާއާއި މައްސަލަތައް ބަލައި ފިޔަވަޅު އެޅުމަށް އޮނަހިރި އަދަދެއްގެ މައްޗަށް އެކުލެވޭ، މައްސަލަ ބަލާ ކޮމިޓީއެއް އެޓާރނީ ޖެނެރަލް އައްޔަންކުރަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކޮމިޓީ އުފައްދައި، އެ ކޮމިޓީއަށް މެންބަރުން އައްޔަންކުރާނީ އެޓާރނީ ޖެނެރަލްއެވެ.

(ނ) މި މާއްދާގެ (ހ) ގެ ދަށުން އުފައްދާ މައްސަލަ ބަލާ ކޮމިޓީ، މި ގަވާއިދުގެ 1 ވަނަ އިސްލާހު ދިވެހި ސަރުކާރުގެ ގެޒެޓްގައި ށާއިރުކުރާ ތާ 2 (ދޭއް) މަސްދުވަހުގެ ތެރޭގައޮ އުފައްދަންވާނެއެވެ.

 

14. ކޮމިޓީއަށް އެޅިދާނެ ފިޔަވަޅުތައް

(ހ) މައްސަލަ ބެލުމަށްފަހު، މައްސަލަ ބަލާ ކޮމިޓީން އަޅާ ފިޔަވަޅުތަކުގެ ތެރޭގައި މައްސަލައިގެ ކުޑަބޮޑު މިނަށް ބަލައި އަންނަނިވި ކަންކަން ހިމެނިދާނެއެވެ.

  1. މައްސަލަ ރައްދުވާ ފަރާތަށް އެފަދަ އަމަލެއް ތަކުރާރުނުކުރުމަށް ލިޔުމުން ނަސޭހަތް ދިނުން؛
  2. މައްސަލަ ރައްދުވާ ފަރާތަށް އެފަދަ އަމަލެއް ތަކުރާރުނުކުރުމަށް ނަސޭހަތްތެރިވެ ލިޔުމުން އިންޒާރު ދިނުން؛
  3. މައްސަލަ ރައްދުވާ ފަރާތުގެ ވަކާލާތުކުރުމުގެ ހުއްދަ ކަނޑައެޅޭ ވަކި މުއްދަތަކަށް ހިފެހެއްޓުން؛
  4. މައްސަލަ ރައްދުވާ ފަރާތުގެ ވަކާލާތުކުރުމުގެ ހުއްދަ ބާތިލުކުރުން.

(ށ) ކޮމިޓީއަށް ހުށަހެޅޭ ށަކުވާ ނުވަތަ މައްސަލަ ނިންމަންވާނީ، މައްސަލަ ރައްދުވާފަރާތަށް ޖަވާބުދާރީވުމުގެ ފުރުސަތުދީ އަދި މައްސަލައިގެ ވަށައިގެންހުރޮ ހުރިހާ ކަންކަމަށް ރިއާޔަތްކުރުމަށްފަހުގައެވެ.

(ނ) މި ގަވާއިދުގެ ދަށުން އެޓާރނީ ޖެނެރަލްގެ އޮފީހަށް ހުށަހެޅިފައިވާ މައްސަލައަކާ ގުޅިގެން ކޮމިޓީން ނިންމާ ނިންމުން ލިޔުމަކުން ސަބަބާއެކު މައްސަލަ ހުށަހެޅި ފަރާތަށާއި މައްސަލަ ރައްދުވާ ފަރާތަށް ދޭންވާނެއެވެ.

 

15. މައްސަލަ ބަލައި ނިންމުން

މި ގަވާއިދުގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހައި ހިނދަކު، ކޮމިޓީއަށް ހުށާހެޅޭ މައްސަލަތައް ގިނަވެގެން 60 (ފަސްދޮޅަސް) ދުވަހުގެ ތެރޭގައި ބަލައި ނިންމަންވާނެއެވެ.

 

4 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ ޖަދުވަލު 3 ގެ 1 ވަނަ ނަންބަރުގެ (ހ) ގެ (4) ވަނަ ނަންބަރު އަންނަނިވި ގޮތަށް އިސްލާހުކުރުން.

1. (ހ) (4) ރާއްޖެއިން ބޭރުގެ ތައުލީމީ މަރުކަޒެއްނަމަ، އެ ގައުމެއްގެ ބާރ އެސޯސިއޭށަނުން ނުވަތަ އެ ގައުމެއްގެ ކޮލިފިކޭށަން އޮތޯރިޓީން އަދި މޯލްޑިވްސް ކޮލިފިކޭށަން އޮތޯރިޓީން ގަބޫލުކުރާ ތައުލީމީ މަރުކަޒެއް.

 

5 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ ޖަދުވަލު 3 ގެ 1 ވަނަ ނަންބަރުގެ (ށ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

1. (ށ) މި މާއްދާގެ (ހ) ގެ (4) ވަނަ ނަންބަރުގައި ބަޔާންކުރާ މަރުކަޒުން ޑީގްރީ ހާސިލުކުރާ ފަރާތްތަކުން ސެޓްފިކެޓުގެ ކޮޕީ ހުށަހަޅާއިރު، އެ މަރުކަޒަކީ، އެ ގައުމެއްގެ ބާރ އެސޯސިއޭށަނުން ނުވަތަ އެ ގައުމެއްގެ ކޮލިފިކޭށަން އޮތޯރިޓީން ގަބޫލުކުރާ ތަނެއް ކަމުގެ ހެކި ހުށަހަޅަންވާނެއެވެ.

 

6 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ ޖަދުވަލު 3 ގެ 3 ވަނަ ނަންބަރުގެ (ނ) ގެ ފަހަތަށް އަންނަނިވި އަކުރު އިތުރުކުރުން.

3. (ރ) "ކޮލިފިކޭށަން އޮތޯރިޓީ" ކަމަށް ބުނެފައިއެވަނީ، ތައުލީމީ ސެޓްފިކެޓްތަކުގެ ފެންވަރު ކަނޑައެޅުމާއި، ސެޓްފިކެޓްތައް އެކްރެޑިޓްކުރުމާއި، ތައުލީމީ ސެޓްފިކެޓްތަކުގެ ފެންވަރު ބެލުމާއި، އެނޫންވެސް ކަމާގުޅޭ ގަވާއިދުތަކާއި އުސޫލުތައް ކަނޑައަޅާ، އެ ގައުމުގެ ކަމާބެހޭ ފަރާތަށެވެ.

 

7 ވަނަ މާއްދާ - ގަވާއިދުން ބުނެވިދިޔަ ގަވާއިދަށް އިތުރުކުރާ މާއްދާތަކާ ގުޅިގެން އެ ގަވާއިދުގެ މާއްދާތަކުގެ ނަންބަރު ތަރުތީބުކުރުން.

 

8 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ ވަކި މާއްދާއަކަށް ނުވަތަ ވަކި މާއްދާއެއްގެ ބަޔަކަށް ހަވާލާދީފައިވާ ތަންތަން، މި ގަވާއިދުން ގެންނަ އިސްލާހުތަކާ ގުޅިގެން ބަދަލުކުރުން.

 

9 ވަނަ މާއްދާ - މި ގަވާއިދަށް އަމަލުކުރަން ފަށާނީ، މި ގަވާއިދު ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިރުކުރާ ދުވަހުން ފެށިގެންނެވެ.

 

މައި ގަވާއިދު

ގާނޫނީ ވަކީލެއްގެ ހައިސިއްޔަތުން މަސައްކަތްކުރުމުގެ ހުއްދަ ދިނުމުގެ ގަވާއިދު (ގަވާއިދު ނަންބަރު 2014-30)

 

ކޮންސޮލިޑޭޓެޑް ގަވާއިދު

ގާނޫނީ ވަކީލެއްގެ ހައިސިއްޔަތުން މަސައްކަތްކުރުމުގެ ހުއްދަ ދިނުމުގެ ގަވާއިދު (ކޮންސޮލިޑޭޓެޑް ނަންބަރު 2014-30)

 

އުވި ގާނޫނު

ގާނޫނީ ފަންނުގެ ގާނޫނު (ގާނޫނު ނަންބަރު 2019-05)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު