-

އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދު ރަޖިސްޓްރީ ކުރުމުގެ ގަވާއިދަށް 2 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު

(ގަވާއިދު ނަންބަރު 2015-175)

  

6 މެއި 2009 ގައި ދިވެހި ސަރުކާރުގެ ގެޒެޓުގައި ށާއިރުކޮށްފައިވާ އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދު ރަޖިސްޓްރީ ކުރުމުގެ ގަވާއިދަށް އަންނަނިވި އިސްލާހުތަށް ގެނައުން.

 

1 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 4 ވަނަ މާއްދާގެ (ބ) ގެ ފަހަތަށް އަންނަނިވި ގޮތަށް އަކުރެއް  އިތުރުކޮށް އެ އަކުރުގެ ފަހަތަށް އަންނަ އަކުރުތައް ތަރުތީބު ކުރުން.

(ޅ) މި މާއްދާގެ (ބ) ގައި އެހެން ބަޔާންކޮށްފައިވީ ނަމަވެސް، އެ އުޅަނދުއް އުފެއްދި އަހަރުން ފެށިގެން މިނިސްޓްރީން ކަނޑައަޅާ އުމުރަށް ނުފެތޭ އުޅަނދެއް، މިނިސްޓްރީން ރަޖިސްޓަރީކޮށްދިނުމަށް ކަނޑައަޅައިފިނަމަ، އެ އުޅަނދެއް ރަޖިސްޓަރީކޮށްދެވިދާނެއެވެ. 

 

2 ވަނަ މާއްދާ - ބުނެވެދިޔަ ގަވާއިދުގެ 15 ވަނަ މާއްދާގެ ފަހަތަށް، 16 ވަނަ މާއްދާގެ ގޮތުގައި އަންނަނިވި މާއްދާ އިތުރުކުރުން.

މާނަކުރުން 16. "މިނިސްޓްރީ" ކަމަށް ބުނެފައި އެވަނީ، އެއްގަމު ދަތުރުފަތުރުގެ ކަންތައްތައް ބެލެހެއްޓުމަށް އެވަގުތަކު ސަރުކާރުން ހަމަޖައްސާ މިނިސްޓްރީއަށެވެ.

 

3 ވަނަ މާއްދާ - މި ގަވާއިދަށް އަމަލުކުރަން ފަށާނީ، މި ގަވާއިދު ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިރުކުރާ ދުވަހުން ފެށިގެންނެވެ.

 

މައި ގަވާއިދު

އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދު ރަޖިސްޓަރީ ކުރުމުގެ ގަވާއިދު (2009)

 

ކޮންސޮލިޑޭޓެޑް ގަވާއިދު

އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދު ރަޖިސްޓަރީ ކުރުމުގެ ގަވާއިދު (6 މެއި2009) (ކޮންސޮލިޑޭޓެޑް) (ކޮންސޮލިޑޭޓެޑް ނަންބަރު 2009-00)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު