މައިންބަފައިންގެ އެހީތެރިކަމެއް ނެތި އެހެން މީހަކު ބަލަހައްޓާ ކުދިންނަށާއި، އެކުދިން ބަލަހައްޓާ ފަރާތްތަކަށް މާލީ އެހީ ދިނުމާބެހޭ ގަވާއިދު
(ގަވާއިދު ނަންބަރު 38/2016)
ފުރަތަމަ ބައި
އިބްތިދާއީ މާއްދާތައް
1 ވަނަ މާއްދާ - ތައާރުފު
މިިއީ، ގާނޫނު ނަންބަރު 2/2014 (އިޖްތިމާއީ ރައްކާތެރިކަމުގެ ގާނޫނު) ގެ 14 ވަނަ މާއްދާގެ ދަށުން ނޭށަނަލް ސޯށަލް ޕްރޮޓެކްށަން އެޖެންސީއަށް ލިބިދޭ އިހުތިޔާރުގެ ދަށުން މައިންބަފައިންގެ އެހީތެރިކަމެއް ނެތި އެހެން މީހަކު ބަލަހައްޓާ ކުދިންނަށާއި އެ ކުދިން ބަލަހައްާޓ ފަރާތްތަކަށް މާލީއެހީ ދިނުމުގެ އެންމެހައި އުސޫލުތައް ބަޔާންކުރުމަށް ހަދާފައިވާ ގަވާއިދެކެވެ.
2 ވަނަ މާއްދާ - ގަވާއިދުގެ ނަން
މި ި ގަވާއިދަށް ކިޔާނީ، "މައިންބަފައިންގެ އެހީތެރިކަމެއް ނެތި އެހެން މީހަކު ބަލަހައްޓާ ކުދިންނަށާއި އެ ކުދިން ބަލަހައްޓާ ފަރާތްތަކަށް މާލީ އެހީ ދިނުމާބެހޭ ގަވާއިދު" އެވެ.
3 ވަނަ މާއްދާ - ގަވާއިދުގެ މަގުސަދު
މި ގަވާއިދުގެ މަގުސަދަކީ ތިރީގައި ބަޔާންކޮށްފައިވާ ކަންތައްތައް ހާސިލުކުރުމެވެ.
(ހ) މައިންބަފައިންގެ އެހީތެރިކަމެއް ނެތި އެހެން މީހަކު ބަލަ ަހއްޓާ ކުދިން ބިކަވިޔަނުދީ މުޖުތަމައުގެ އެހެން ކުދިންނާ އެއްހަމައެއްގައި ދިރިއުޅުމުގެ ުފރުސަތު ތަނަވަސްކޮށްދިނުމަށް ގާނޫނީ ބެލެނިވެރިއަކު މެދުވެރިކޮށް އެހީތެރިވެދިނުން.
(ށ) އިިޖުތިމާއީ ރައްކާތެރިކަމުގެ ގާނޫނުގެ ދަށުން މައިންބަފައިންގެ އެހީތެރިކަމެއް ނެތި އެހެން މީހަކު ބަލަހައްޓާ ކުދިންނަށާއި އެ ކުދިން ބަލަހައްޓާ ފަރާތްތަކަށް ދެވޭ އެހީ ހައްގުވާ ފަރާތްތަކުގައި ހުންނަންޖެހޭ ށަރުތުތައް ކަނޑައެޅުން.
(ނ) މައިންބަފައިންގެ އެހީތެރިކަމެއް ނެތި އެހެން މީހަކު ބަލަހައްޓާ ކުދިންނަށާއި، އެ ކުދިން ބަލަހައްޓާ ފަރާތްތަކަށް ދެވޭ އެހީ ލިބޭ ފަރާތްތަކުގެ ދަފުތަރު އެކުލަވައިލުމާއި، ދަފުތަރު
ބެލެހެއްޓުމާއި އަދި އެކަމާ ގުޅޭ އެންމެހައި މަސައްކަތްތައް ކުރިއަށްގެންދާނެ އުސޫލުތައް
ކަނޑައެޅުން.
(ރ) މައިންބަފައިންގެ އެހީތެރިކަމެއް ނެތި އެހެން މީހަކު ބަލަހައްޓާ ކުދިންނަށާއި، އެ ކުދިން ބަލަހައްޓާ ފަރާތްތަކަށްދޭ މާލީ އެހީގެ އިނާޔަތްތައް ދިނުމުގައި ގެންގުޅޭނެ މިންގަނޑުތަކާއި އުސޫލުތައް ކަނޑައެޅުން.
(ބ) މަައިންބަފައިންގެ އެހީތެރިކަމެއް ނެތި އެހެން މީހަކު ބަލަހައްޓާ ކުދިންނަށާއި، އެ ކުދިން ބަލަހައްޓާ ފަރާތްތަކަށް ދެވޭ މާލީ އެހީގެ މިންވަރު ކަނޑައެޅުން.
(ޅ) ޅަައިންބަފައިންގެ އެހީތެރިކަމެއް ނެތި އެހެން މީހަކު ބަލަހައްޓާ ކުދިންނަށާއި އެ ކުދިން ބަލަހައްޓާ ފަރާތްތަކަށްދެވޭ މާލީ އެހީ ދިނުން މެދުކަނޑާލުމާއި ހުއްޓާލުމުގައި އަމަލުކުރާނެ އުސޫލުތައް ކަނޑައެޅުން.
ދެވަނަ ބާބު
މައިންބަފައިންގެ އެހީތެރިކަމެއް ނެތި އެހެން މީހަކު ބަލަހައްޓާ ކުދިންނާއި، އެ ކުދިން ބަލަހައްޓާ ފަރާތްތަކުގެ ދަފުތަރު އެކުލަވާލުމާއި، ދަފުތަރުގައި މީހުން ހިމެނުމުގައި ބަލާނެ ށަރުތުތައް
4 ވަނަ މާއްދާ - މައިންބަފައިންގެ އެހީތެރިކަމެއް ނެތި އެހެންމީހަކު ބަލަހައްޓާ ކުދިންނާއި، އެ ކުދިން ބަލަހައްޓާ ފަރާތްތަކުގެ ދަފުތަރު
މަައިންބަފައިންގެ އެހީތެރިކަމެއް ނެތި އެހެން މީހަކު ބަލަހައްޓާ ކުދިންނާއި އެ ކުދިން ބަލަހައްޓާ ފަރާތްތަކުގެ ދަފްތަރެއް ނޭށަނަލް ސޯށަލް ްޕރޮޓެކްށަން އެޖެންސީން އެކުލަވާލައި ބަލަހައްޓަންވާނެއެވެ.
5 ވަނަ މާއްދާ - ދަފުތަރުގައި މީހުން ހިމެނުން
(ހ) މައިންބަފައިންގެ އެހީތެރިކަމެއް ނެތި އެހެން މީހަކު ބަލަހައްޓާ ކުދިންނާއި، އެ ކުދިން ބަލަހައްޓާ ފަރާތްތަކުގެ ދަފުތަރުގައި ހިމެނުމަށް އެޖެންސީގައި އެދެންވާނީ، މި ގަވާއިދުގެ ޖަދުވަލު 1 ގައިވާ ފޯމު ފުރިހަމަކުރުމަށްފަހު އެ ފޯމުގެ ޒަރީއާއިންނެވެ. މި ފޯމު ހުށަހަޅަންވާނީ، ނޭށަނަލް ސޯށަލް ޕްރޮޓެކްށަން އެޖެންސީއަށް ނުވަތަ އެ އެޖެންސީން ކަނޑައަޅާ ތަނަކަށެވެ.
(ށ) މަައިންބަފައިންގެ އެހީތެރިކަމެއް ނެތި އެހެން މީހަކު ބަލަހައްޓާ ކުދިންނާއި، އެ ކުދިން ބަލަހައްޓާ ފަރާތްތަކުގެ ދަފުތަރުގައި މި މާއްދާގެ ދަށުން ރަޖިސްޓަރީ ކުރެވޭނީ، އެހީއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން މި ގަވާއިދުގެ 7 ވަނަ މާއްދާގައިވާ ހުރިހާ ށަރުތެއް ފުރިހަމަވާ އަދި މި ގަވާއިދުގެ 8 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މީހުންނެވެ.
(ނ) އިޖްތިމާއީ ރައްކާތެރިކަމާބެހޭ އާންމު ގަވާއިދުގައި ކަނޑައަޅާފައިވާ ގޮތަށް އެހީއަށް އެދި ހުށަހަޅާ ފޯމުތަކާމެދު އަމަލުކުރެވޭނެއެވެ.
(ރ) އެހީއަށް އެދޭ ފަރާތްތަކުގެ ތެރެއިން މި ގަވާއިދުގެ ދަށުން އެހީ ދެވޭނީ ދަފުތަރުގައި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ.
(ބ) އެެހީ ލިބެމުންދާ ފަރާތަކުން މި ގަވާއިދުގެ 19 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އެހީ މެދުކަނޑާލަންޖެހޭ ފަދަ ހާލަތެއް މެދުވެރިވެއްޖެނަމަ 3 (ތިނެއް) މަސްދުވަހުގެ މުހުލަތެއް އިސްލާހުވުމަށް ދިނުމަށްފަހު އިސްލާހުނުވެއްޖަނަމަ، ނުވަތަ މި ގަވާއިދުގެ 18 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އެހީ ހުއްޓާލަން ޖެހޭފަދަ ާހލަތެއް މެދުވެރިވެއްޖެނަމަ، ދަފުތަރުން އެފަރާތެއްގެ ނަން އުނިކުރެވޭނެއެވެ.
6 ވަނަ މާއްދާ - އެހީއަށް އެދި ފޯމު ހުށަހެޅޭނެ ފަރާތް
މައިންބަފައިންގެ އެހީތެރިކަމެއް ނެތި އެހެން މީހަކު ބަލަހައްޓާ ކުދިންނަށާއި، އެ ކުދިން ބަލަހައްޓާ ފަރާތްތަކަށް ދޭ މާލީ އެހީ ހޯދުމަށް ފޯމު ހުށަހެޅޭނީ "އެހީއަށް އެދޭ ފަރާތަށް" އެކަންޏެވެ.
7 ވަނަ މާއްދާ - އެހީ ހައްގުވާ މީހުންގެ ށަރުތުތައް
(ހ) އެެހީއަށް އެދޭ ފަރާތަކީ، ގާނޫނީގޮތުން ބެލެނިވެރިކަން ހަވާލުވެފައިވާ ފަރާތްތަކުގެ ތެރެއިން، މި ގަވާއިދުގެ 8 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މީހުންގެ 18 އަހަރުން ދަށުގެ ކުދިންނާއި އެ ކުދިން ބަލަހައްޓާ ފަރާތްތަކަށް ވާންވާނެއެވެ.
(ށ) އެހީއަށް އެދޭ ފަރާތަކީ، އަދި އެހީ ލިބިދެވޭ ފަރާތަކީ ދިވެހިރައްޔިތެއްކަމުގައި ވާންވާނެއެވެ.
(ނ) ދިިވެހިރާއްޖެއިން ބޭރުގައި ދާއިމީ ގޮތެއްގައި ދިރިއުޅެމުންދާ ފަރާތްތަކަށް މި އެހީ ނުލިބޭނެއެވެ.
(ރ) އެެހީއަށް އެދޭ ފަރާތަކީ، ފަގީރުކަމުގެ ހާލަތު ދެނެގަތުމާބެހޭ ގޮތުން އެޖެންސީން ކަނޑައަޅާފައިވާ އުސޫލުގައި ބަޔާންކޮށްފައިވާ މިންވަރަށްވުރެ މަދުން، މީލާދީ މަހެއްގެ މައްޗަށް އާމްދަނީ ލިބޭ، ދިރިއުޅުމުގެ ހާލަތު ދަށް ފަރާތެއް ކަމުގައިވާންވާނެއެވެ.
8 ވަނަ މާއްދާ - އެހީއަށް އެދި ހުށަހެޅޭނެ ހާލަތް
މަައިންބަފައިންގެ އެހީތެރިކަމެއް ނެތި އެހެން މީހަކު ބަލަހައްޓާ ކުދިންނަށާއި އެ ކުދިން ބަލަހައްޓާ ފަރާތްތަކަށްދެވޭ އެހީއަށް އެދި ހުށަހެޅޭނީ ތިރީގައި ބަޔާންކޮށްފައިވާ ހާލަތެއް މެދުވެރިވެފައިވާ މީހުންނަށެވެ.
(ހ) މައިންބަފައިން ނިޔާވެފައިވާތީ، ނުވަތަ އެ ދެމީހުންކުރެ މީހަކު ދުނިޔޭގައި ހުރި ކަމުގައިވިޔަސް އެ ފަރާތުގެ ނުކުޅެދުންތެރިކަމުގެ ސަބަބުން ނުވަތަ ބަލި ހާލަތު ހުރިގޮތުން ކުއްޖަކު ނުވަތަ ކުދިން ބެލުމަށް ނުކުޅެދިފައިވާތީ، އެ ކުއްޖާ ނުވަތަ ކުދިން ބެލުމަށް ގާނޫނީގޮތުން ހަވާލުވެފައިވާ މީހެއްކަމުގައިވުން.
(ށ) ކުއްޖާ ނުވަތަ ކުދިންގެ މައިންބަފައިން ކުށަކަށް އަރައިގަތުމުގެ ސަބަބުން ނުވަތަ ޖަލު ހުކުމެއް ތަންފީޒުކުރަމުން ދިއުމުގެ ސަބަބުން ދަރިފުޅުގެ ނުވަތަ ދަރިންގެ ހަޟާނަތު އެ މީހުންނަށް ގެއްލިފައިވާތީ، އެ ކުއްޖާ ނުވަތަ ކުދިން ބެލުމަށް ގާނޫނީގޮތުން ހަވާލުވެފައިވާ މީހެއްކަމުގައިވުން.
(ނ) މަައިންބަފައިން ދިރިތިބިކަމުގައި ވީނަމަވެސް ކުއްޖާ ނުވަތަ ކުދިންނަށް އެއްގޮތަކަށްވެސް އަޅާނުލައި އެ ކުއްޖާ ނުވަތަ އެ ކުދިން ރަށުތެރެއަށް ދޫކޮށްލާފައި ތިބުމުގެ ސަބަބުން އެ ކުއްޖާ ނުވަތަ އެ ކުދިން ބެލުމަށް ގާނޫނީގޮތުން ބެލެނިވެރިކަން ހަވާލުވެފައިވާ މީހެއްކަމުގައިވުން.
9 ވަނަ މާއްދާ - ކުއްޖާގެ ށަރުތު
އެެހީއަށް އެދޭ ފަރާތުން ބަލަހައްޓާ 18 އަހަރުން ދަށުގެ ކުއްޖާ ނުވަތަ ކުދިންނަކީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފުތަރުގައި ރަޖިސްޓަރީ ކުރެވިގެން މާލީ އެހީ ލިބޭ ކުއްޖެއްކަމުގައިވެގެން ނުވާނެއެވެ.
ތިންވަނަ ބާބު
އެހީގެ މިންވަރުތަކާއި އެހީ ދޭނެގޮތް
10 ވަނަ މާއްދާ - މަހެއްގެ މައްޗަށް ދެވޭނެ މިންވަރު
މިި ގަވާއިދުގެ ދަށުން މައިންބަފައިންގެ އެހީތެރިކަމެއް ނެތި އެހެން މީހަކު ބަލަހައްޓާ ކުދިންނަށާއި، އެ ކުދިން ބަލަހައްޓާ ފަރާތަކަށް މާލީ އެހީގެ ގޮތުގައި ދެވޭނީ، ކޮންމެ ކުއްޖަކަށް މީލާދީ ކޮންމެ މަހަކު 1،000 (އެއް ހާސް) ރުފިޔާއެ ެވ. އަދި އެހީއަށް އެދޭ ފަރާތަށް މީލާދީ ކޮންމެ މަހަކު 500 (ފަސް ސަތޭކަ) ރުފިޔާއެވެ.
11 ވަނަ މާއްދާ - އަހަރެއްގައި ދެވޭނެ މިންވަރު
މިި ގަވާއިދުގެ ދަށުން މައިންބަފައިންގެ އެހީތެރިކަމެއް ނެތި އެހެން މީހަކު ބަލަ ަހއްޓާ ކުދިންނަށާއި އެ ކުދިން ބަލަހައްޓާ ފަރާތްތަކަށް ދެވޭ މާލީ އެހީގެ ގޮތުގައި މީލާދީ އަހަރެއްގެ ތެރޭގައި އެންމެ ގިނަވެގެން ދެވޭނީ، ކުއްޖަކަށް 12،000 (ބާރަ ހާސް) ރުފިޔާއެވެ. އަދި އެހީއަށް އެދޭ ފަރާތަށް ދެވޭނީ 6،000 (ހަ ހާސް) ރުފިޔާއެވެ.
12 ވަނަ މާއްދާ - މާލީ އެހީ ދޭނެ ގޮތް
މި ގަވާއިދުގެ ދަށުން މައިންބަފައިންގެ އެހީތެރިކަމެއް ނެތި އެހެން މީހަކު ބަލަ ަހއްޓާ ކުދިންނަށާއި އެ ކުދިން ބަލަހައްޓާ ފަރާތަށް ދޭ މާލީ އެހީ ދޭނީ، އިޖުތިމާއީ ރައްކާތެރިކަމުގެ އާންމު ގަވާއިދުގައި ކަނޑައަޅާފައިވާ ގޮތުގެ މަތިން، އެހީ ހޯދުމަށް އެދި ހުށަހަޅާ ފަރާތުން ބަލަހައްޓަމުންދާ 18 އަހަރު ނުފުރޭ ކުއްޖެއްގެ ނުވަތަ ކުދިންގެ ނަމުގައި ހުޅުވާފައިވާ ބޭންކް އެކައުންޓަށް ނުވަތަ ގާނޫނީ ބެލެނިވެރިޔާގެ ބޭންކް އެކައުންޓަށް ޖަމާކޮށްގެންނެވެ.
ހަތަރުވަނަ ބާބު
އެހީލިބެމުންދާ ފަރާތުގެ ޒިންމާތަކާއި އެހީ ދިނުން ކުރިއަށް ގެންދިއުން
13 ވަނަ މާއްދާ - އެހީ ލިބޭ ފަރާތްތަކުން އަދާކުރަންޖެހޭ ޒިންމާތައް
މާލީ އެހީ ލިބޭ ފަރާތްތަކުގެ ބެލެނިވެރިކަމުގެ ދަށުގައިވާ ކުއްޖާއަށް ނުވަތަ ކުދިންނަށް ތިރީގައިމިވާ ކަންތައްތައް ކަށަވަރުކޮށްދިނުމަކީ ބެލެނިވެރިކަމާ ހަވާލުވެ ހުރި ފަރާތްތަކުގެ ޒިންމާއެކެވެ.
(ހ) ކުއްޖާއަށް ނުވަތަ ކުދިންނަށް ކޮންމެހެން ދޭންޖެހޭ "ވެކްސިންތައް" ދެމުންގެންދިއުން.
(ށ) ގްރޭޑް 1 އިން ފެށިގެން ގްރޭޑް 10 އަކާ ހަމައަށް ކުއްޖާ، "ސްކޫލަށް ގަވާއިދުން ގެންދިއުން".
(ނ) ކުއްޖާއަށް ބޭނުންވާ "އަސާސީ ކަންކަމާއި ބޭނުންތައް" ހަމަޖައްސައިދިނުން.
(ރ) "ކުއްޖާ ނުވަތަ ކުދިންގެ ރައްކާތެރިކަން" ކަށަވަރުކުރެވިފައިވުން.
14 ވަނަ މާއްދާ - އެހީ ލިބޭ ފަރާތްތަކުގެ ޒިންމާ އަދާނުކުރުން
މި ގަވާއިދުގެ 13 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކަންކަމަށް ބަލައި، އެއިން ކަމެއް ފުރިހަމަނުވާކަމަށް އެޖެންސީއަށް ފާހަގަކުރެވިއްޖެނަމަ، އެހީ މެދުކަނޑާލުމަށް ނުވަތަ ހުއްޓާލުމަށް ނުވަތަ ގާނޫނީގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ އިހުތިޔާރު އެޖެންސީއަށް ލިބިގެންވެއެވެ.
ފަސްވަނަ ބާބު
އެހީލިބެމުންދާ ފަރާތުގެ ހާލަތު ބަދަލުވުމާއި އެހީ މެދުކަނޑާލުން ނުވަތަ ހުއްޓާލުން
15 ވަނަ މާއްދާ - އެހީ ލިބެމުންދާ ފަރާތުގެ ހާލަތު ބަދަލުވެއްޖެކަން އިދާރާއަކަށް އެންގުން
މި ގަވާއިދުގެ ދަށުން އެހީ ލިބެމުންދާ ފަރާތެއްގެ ހާލަތު ބަދަލު ެވއްޖެކަން ސަރުކާރުގެ އިދާރާއަކަށް އެނގިއްޖެ ނަމަ އެކަން ލަސްނުކޮށް އެޖެންސީއަށް ލިޔުމުން އަންގަންވާނެއެވެ.
16 ވަނަ މާއްދާ - އެހީ ލިބެމުންދާ ފަރާތުގެ ހާލަތު ބަދަލުވުން
(ހ) މި ގަވާއިދުގެ ދަށުން އެހީ ލިބެމުންދާ ފަރާތެއްގެ ހާލަތަށް ނުވަތަ އެފަރާތުގެ މައުލޫމާތަށް ނުވަތަ މި ގަވާއިދުގެ 7 ވަނަ މާއްދާއާއި 9 ވަނަ މާއްދާގައި ބުނެފައިވާ ށަރުތަކަށް ބަދަލެއް އަތުވެއްޖެނަމަ ނުވަތަ 8 ވަނަ މާއްދާގައި ކަނޑައަޅާފައިވާ ހާލަތަކަށް ބަދަލެއް އަތުވެއްޖެނަމަ އެކަން މި ގަވާއިދުގެ ޖަދުވަލު 2 ގައިވާ ފޯމުގެ ޒަރީއާއިން 10 ދުވަހުގެ ތެރޭގައި އެހީ ލިބެމުންދާ ފަރާތުން އެޖެންސީއަށް އަންގަންވާނެއެވެ.
(ށ) އެެހީ ލިބޭ ފަރާތްތަކުގެ ތެރެއިން، އެ ފަރާތުގެ ހާލަތު ބަދަލުވުމުގެ ސަބަބުން، ނުވަތަ އެހީ
ލިބުމުގައި ފުރިހަމަވާންޖެހޭ އެއްވެސް ށަރުތެއް އެފަރާތުގެ ކިބައިގައި ހަމަނުވުމުގެ ސަބަބުން، އެހީ ދިނުމުގައި ބަލާ މިންގަނޑާއި އުސޫލުތަކަށް ނުފެތޭ ފަރާތަކުން، އެކަން އޭޖެންސީއަށް އެންގުމަކާ ނުލައި އެހީ ލިބިގަންނަމުން އަންނަކަން އެޖެންސީއަށް އެނގިއްޖެނަމަ، އިތުރަށް ދީފައިވާ ފައިސާ ހޯދުމަށްޓަކައި، އިޖުތިމާއީ ރައްކާތެރިކަމުގެ ގާނޫނުގެ ދަށުން ދެވޭ އެހީތަކުގެ ތެރެއިން އެހީއެއް އެފަރާތަކަށް ދެވޭނަމަ، އިތުރަށް ޖަމާކުރެވިފައިވާ ފައިސާ ހަމަވަންދެން ލިބެމުންދާ ފައިސާގެ އެހީ ހިފެހެއްޓިދާނެއެވެ.
17 ވަނަ މާއްދާ - އެހީ މެދުކަނޑާލުން ނުވަތަ ހުއްޓާލުން
(ހ) މި ގަވާއިދުގެ 7 ވަނަ މާއްދާއާއި 8 ވަނަ މާއްދާ އަދި 9 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އެހީ ލިބެމުންދާ ފަރާތެއްގެ ހާލަތު ބަދަލުވެއްޖެނަމަ ނުވަތަ އެފަރާތުގައި ހުންނަންޖެހޭ ށަރުތެއް އުނިވެއްޖެނަމަ ނުވަތަ 19 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ހާލަތެއް މެދުވެރިވެއްޖެނަމަ އެހީ މެދުކަނޑާލެވޭނެއެވެ. އަދި މި ގަވާއިދުގެ 18 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ހާލަތެއް ދިމާވެއްޖެނަމަ އެހީ ހުއްޓާލެވޭނެއެވެ.
(ށ) ގަަވާއިދުގެ 19 ވަނަ މާއްދާގެ ދަށުން އެހީ މެދުކަނޑާލުމަށްފަހު، 3 މަސްދުވަހުގެ މުހުލަތެއް އިސްލާހުވުމަށް ދިނުމަށްފަހު އިސްލާހު ނުވެއްޖެނަމަ އެހީ ހުއްޓާލެވޭނެއެވެ.
18 ވަނަ މާއްދާ - އެހީ ހުއްޓާލެވޭނެ ހާލަތްތައް
މި ގަވާއިދުގެ 17 ވަނަ މާއްދާގެ ދަށުން އެހީ ހުއްޓާލެވޭނީ އަންނަނިވި ކަންތައްތަކުގެ ތެރެއިން ކަމެއް ދިމާވުމުން ނުވަތަ އެހީ ލިބޭ ފަރާތުން ކުރުމުންނެވެ.
(ހ) ކުއްޖާއަށް 18 އަހަރު ފުރުން.
(ށ) (ގަވާއިދުގައި މި ނަންބަރު ހިމެނިފައިނުވޭ)
(ނ) ގާނޫނީ ބެލެނިވެރިކަން ހަވާލުވެގެން ބަލަހައްޓަމުންދާ ކުދިންނަށް ގާނޫނު ނަންބަރު 8/2010 (ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ރައްކާތެރިކުރުމާއި މާލީ އެހީތެރިކަން ފއެހީތެރިކަން ފޯރުކޮށްދިނުމުގެ ގާނޫނު) ގެ ދަށުން އެހީތެރިކަމެއް ކުއްޖާއަށް ލިބުން.
(ރ) ކުއްޖާ ނުވަތަ ކުއްޖާގެ ބެލެނިވެރިޔާ ނިޔާވުން
(ބ) ދައުލަތުގެ ބެލެނިވެރިކަމުގެ ދަށަށް ކުއްޖާ ދިއުން
(ޅ) އެހީ ލިބޭ ކުއްޖާ ކައިވެނިކުރުން
(ކ) ގާނޫނީ ބެލެނިވެރިކަން ހަވާލުވެގެން ބަލަމުންދާ ކުއްޖާ ނުވަތަ ކުދިން އެހެން ފަރާތެއްގެ ގާތަށް ދިރިއުޅުން ބަދަލުކުރުން
19 ވަނަ މާއްދާ - އެހީ މެދުކަނޑާލެވޭނެ ހާލަތްތައް
މި ގަވާއިދުގެ 17 ވަނަ މާއްދާގެ ދަށުން އެހީ މެދުކަނޑާލެވޭނީ އަންނަނިވި ކަންތައްތަކުގެ ތެރެއިން ކަމެއް، އެހީ ލިބޭ ފަރާތުން ކުރުމުންނެވެ.
(ހ) އެހީ ލިބޭ ކުއްޖާއާއެކު އާއިލާގެ ދިރިއުޅުން އެހެން ރަށަކަށް ބަދަލުވުން.
(ށ) އެހީ ދިނުމުގައި އެޖެންސީން ބަލާ މިންގަނޑަކާ ނުވަތަ އިޖުތިމާއީ ރައްކާތެރިކަމުގެ ގާނޫނާ، އެހީ ލިބެމުންދާ ފަރާތް ހިލާފުވުން.
20 ވަނަ މާއްދާ - ގާނޫނާ، އެހީ ލިބެމުންދާ ފަރާތް ހިލާފުވުން
އެއްވެސް ފަރާތަކުން މި ގަވާއިދާ ހިލާފުވެއްޖެނަމަ އިޖުތިމާއީ ރައްކާތެރިކަމުގެ އާންމު ގަވާއިދުގެ ދަށުންނާއި އިޖުތިމާއީ ރައްކާތެރިކަމުގެ ގާނޫނުގެ 12 ވަނަ މާއްދާގައި ބަޔާންކޮށްފައިވާގޮތުގެ މަތިން އަމަލުކުރެވޭނެއެވެ.
21 ވަނަ މާއްދާ - ގަވާއިދަށް އަމަލުކުރުން
މިި ގަވާއިދަށް އަމަލުކުރަން ަފށާނީ، މި ގަވާއިދު ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.
22 ވަނަ މާއްދާ - ގަވާއިދު ތަންފީޒުކުރުމާއި އިސްލާހުކުރުން
މި ގަވާއިދުގެ ދަށުން ކުރަންޖެހޭ އެންމެހައި ކަންކަން ތަންފީޒުކޮށް ހިންގުމަކީ ނޭށަނަލް ސޯށަލް ޕްރޮޓެކްށަން އެޖެންސީގެ ޒިންމާއެކެވެ. އަދި މި ގަވާއިދަށް އިސްލާހެއް ގެންނަން ޖެހިއްޖެ ހިނދެއްގައި އެ އިސްލާހު ގެނައުމުގެ ބާރާއި އިހުތިޔާރު ލިބިގެންވަނީ ނޭށަނަލް ސޯށަލް ޕްރޮޓެކްށަން އެޖެންސީ އަށެވެ.
23 ވަނަ މާއްދާ - މާނަކުރުން
މި ގަވާއިދުގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހައި ހިނދަކު، އަންނަނިވި ބަސްތައް މާނަކުރާނީ މި މާއްދާގައި އެ ބަސްތަކުގެ މާނަކަމުގައި ބަޔާންކޮށްފައިވާ ގޮތަށެވެ.
(ހ) "އެޖެންސީ" ކަމުގައި ބުނެފައި އެވަނީ، ނޭށަނަލް ސޯށަލް ޕްރޮޓެކްށަން އެޖެންސީއަށެވެ.
(ށ) "ކުއްޖާ ނުވަތަ ކުދިން" ކަމުގައި ބުނެފައި އެވަނީ، މައިންބަފައިންގެ އެހީތެރިކަމެއް ނެތި އެހީއަށް އެދޭ ފަރާތުން ބަލަހައްޓަމުންދާ 18 އަހަރުން ނުފުރޭ ކުދިންނަށެވެ.
(ނ) "އެހީ އަށް އެދޭ ފަރާތް" ކަމުގައި ބުނެފައިވަނީ، މައިންބަފައިންގެ އެހީތެރިކަމެއް ނެތި ބަލަހައްޓަމުންދާ 18 އަހަރު ނުފުރޭ ކުދިންގެ ގާނޫނީ ބެލެނިވެރިންނަށެވެ.
(ރ) "ކުއްޖާ ނުވަތަ ކުދިންގެ ރައްކާތެރިކަން" ކަމުގައި ބުނެފައި އެވަނީ، ކުއްޖާއަށް ލިބިދާނެ އެއްވެސް އަނިޔާއަކުން ނުވަތަ ގޯނާއަކުން ސަލާމަތްކަން ހޯދައި ދިނުމެވެ. މީގެ ތެރޭގައި ނަފުސާނީ އަދި ޖިސްމާނީ އަނިޔާ ހިމެނޭނެއެވެ.
(ބ) "އަސާސީ ކަންކަމާއި ބޭނުންތައް" ކަމުގައި ބުނެފައި އެވަނީ، ކެއިންބުއިމާއި، ދިރިއުޅޭނެ ތަނަކާއި، އަންނައުނާއި، ބޭސް ފަރުވާއާއި، ތައުލީމާއި އަދި މި ނޫންވެސް މިފަދަ އަސާސީ ކަންކަމަށެވެ.
(ޅ) "ހަރަދުކޮށް ބަލަހައްޓަންޖެހޭ ކުދިންނާއި މީހުން" ކަމުގައި ބުނެފައި އެވަނީ، އެއް ގޭބިސީއެއްގައި ދިރިއުޅެމުންދާ އެހީއަށް އެދޭ މީހާއާއި އެ މީހާ ބަލަހައްޓަންޖެހޭ ކުދިންނާއި މީހުންނަށެވެ.
(ކ) "އެއް ގޭބިސީ" ކަމުގައި ބުނެފައި އެވަނީ، އެއްތަނެއްގައި ކައްކައި ކައިބޮއި ނިދައި އުޅޭ އެންމެންނަށެވެ.
(އ) "މީލާދީ މަހެއްގެ މައްޗަށް ލިބޭ އާމްދަނީ" ކަމުގައި ބުނެފައި އެވަނީ، ގަވާއިދުން މަހުން މަހަށް، ނުވަތަ ގަނޑުކޮށް ނޫނީ އިނާޔަތުގެ ގޮތުގައި ލިބޭ ފައިސާ މަހުން މަހަށް ބަހާލުމުން ޖެހޭ އާމްދަނީގެ އަދަދަށެވެ.
(ވ) "ހާލަތު ބަދަލުވުން" ކަމުގައި ބުނެފައި އެވަނީ، މި ގަވާއިދުގެ 7 ވަނަ މާއްދާއާއި 8 ވަނަ މާއްދާއާއި 9 ވަނަ މާއްދާއާއި 18 ވަނަ މާއްދާ އަދި 19 ވަނަ މާއްދާގައި ކަނޑައަޅާފައިވާ ށަރުތެއް އުނިވުމަށް ނުވަތަ ހާލަތަކަށް ބަދަލުއައުމަށެވެ.
(މ) "މާލީ އެހީ" ކަމުގައި ބުނެފައި އެވަނީ، މި ގަވާއިދުގެ 10 ވަނަ މާއްދާގެ ދަށުން އެހީއަށް އެދޭ ފަރާތަކަށް ދެވޭ އެހީގެ މިންވަރަށެވެ.
(ފ) "ވެކްސިންތައް" ކަމުގައި ބުނެފައި އެވަނީ، ކުޑަކުދިންނަށް ކޮންމެހެން ދިނުމަށް ހެލްތު ޕްރޮޓެކްށަން އެޖެންސީން ކަނޑައަޅާފައިވާ ވެކްސިންތަކަށެވެ.
(ދ) "ވެކްސިން ދޭ އުމުރު" ކަމުގައި ބުނެފައި އެވަނީ، ކުއްޖާ އުފަންވާ ދުވަހުން ފެށިގެން އުމުރުން 5 އަހަރު ފުރުމާ ދެމެދަށެވެ.
(ތ) "ސްކޫލަށް ގަވާއިދުން ގެންދިއުން" ކަމުގައި ބުނެފައި އެވަނީ، އެކަށީގެންވާ އުޒުރެއް މެދުވެރިވެގެން މެނުވީ ސްކޫލަށް ހާޒިރުވާންޖެހޭ ދުވަސްތަކުގެ ތެރެއިން މަދުވެގެން %80 ދުވަހު ހާޒިރުވުމަށެވެ.
(ލ) "ދާއިމީ" ކަމުގައި ބުނެފައި އެވަނީ، 1 އަހަރުދުވަހަށްވުރެ ގިނަ ދުވަހު ދިވެހިރާއްޖެއިން ބޭރުގައި އުޅެމުންދާ ފަރާތްތަކަށެވެ.
(ގ) "ގާނޫނު" ކަމުގައި ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2/2014 (އިޖުތިމާއީ ރައްކާތެރިކަމުގެ ގާނޫނު) އަށެވެ.
(ޏ) "ރަސްމީ ތައުލީމު" ކަމުގައި ބުނެފައި އެވަނީ، ގްރޭޑް 1 ން 10 އަކަށެވެ.
(ސ) "ދަފުތަރު" ކަމުގައި ބުނެފައި އެވަނީ، ނެށަނަލް ސޯށަލް ޕްރޮޓެކްށަން އެޖެންސީން އެކުލަވައިލައި ބަލަހައްޓާ، މައިންބަފައިންގެ އެހީތެރިކަމެއް ނެތި އެހެން މީހަކު ބަލަހައްޓާނީ ކުދިންނަށާއި އެ ކުދިން ބަލަހައްޓާ ފަރާތްތަކުގެ ދަފުތަރަށެވެ.
މި ގަވާއިދަށް ގެނެވުނު އިސްލާހު
ކިޔުންތެރިންގެ ހިޔާލު