-

ބޭރު ފައިސާއާބެހޭ ގާނޫނުގެ ދަށުން ރަޖިސްޓަރީކުރުމުގެ ގަވާއިދު (ގަވާއިދު ނަންބަރު 2025-02) އަށް 1ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު

(ގަވާއިދު ނަންބަރު 2026-79)

(މި ގަވާއިދަށް އަމަލުކުރަން ފެށީ 10 ސެޕްޓެމްބަރު 2026 ގައި)

 

ގަވާއިދު  ގަވާއިދު ނަންބަރު 2025-02 (ބޭރު ފައިސާއާބެހޭ ގާނޫނުގެ ދަށުން ރަޖިސްޓަރީކުރުމުގެ ގަވާއިދު)  އަށް އަންނަނިވި އިސްލާހުތައް ގެނައުން. 

 

1 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 2 ވަނަ މާއްދާގެ (ށ) އަންނަނިވި ފަދައިން އިސްލާހުކުރުން.

އޮތޯރިޓީގައި ރަޖިސްޓަރީކުރަންޖެހޭ ފަރާތްތައް 2.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަރާތްތަކާއި މާލީ އިދާރާތައް  ފިޔަވައި  އެހެން ފަރާތަކުން ވިއްކާ ނުވަތަ ފޯރުކޮށްދޭ މުދަލާއި ހިދުމަތަށް، ފާއިތުވި މީލާދީ އަހަރެއްގެ ތެރޭގައި ބޭރު ފައިސާއިން މަދުވެގެން  25,000,000.00  (ފަންސަވީސް މިލިޔަން) އެމެރިކާ ޑޮލަރަށް ނިސްބަތްވާ އަދަދެއް ލިބޭ ފަރާތްތައް.

 

2 ވަނަ މާއްދާ -  ބުނެވިދިޔަ ގަވާއިދުގެ 3 ވަނަ މާއްދާގެ (ހ) އާއި (ށ) އުނިކޮށް، އެ މާއްދާގެ (ރ) އިސްލާހުކުރުން. 

ރަޖިސްޓަރީކުރުމަށް އެދި ހުށަހަޅަންޖެހޭ މުއްދަތު 3.

(ރ) ޓޫރިޒަމް ދާއިރާގެ މުދާ ވިއްކާ ފަރާތްތަކާއި ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކާއި މާލީ އިދާރާތައް ފިޔަވައި، އެހެން ފަރާތަކުން ވިއްކާ ނުވަތަ ފޯރުކޮށްދޭ ހިދުމަތަށް، ފާއިތުވި މީލާދީ އަހަރެއްގެ ތެރޭގައި ބޭރު ފައިސާއިން މަދުވެގެން 25,000,000.00  (ފަންސަވީސް މިލިޔަން) އެމެރިކާ ޑޮލަރަށް ނިސްބަތްވާ އަދަދެއް ލިބިފައިވާ ނަމަ، 

އެ މީލާދީ އަހަރަކާ ވިދިގެން އަންނަ އަހަރުގެ ޖަނަވަރީމަސް ނިމުމުގެ ކުރިން، އެ ފަރާތެއް އޮތ ރިޓީގައި ރަޖިސްޓަރީކުރުމަށް އެދި  ހުށަހަޅަންވާނެއެވެ.

 

3 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 4 ވަނަ މާއްދާގެ (ށ) އާއި (ނ)  އަންނަނިވި ފަދައިން އިސްލާހުކުރުން.

ރަޖިސްޓަރީކުރަން ހުށަހެޅުން 4.

(ށ)

(11) ބޭރު ފައިސާ ޖަމާކުރުމަށް ކަނޑައަޅާ ބޭންކު އެކައުންޓުތަކުގެ މައުލޫމާތު؛

(12) އޮތޯރިޓީން ކަނޑައަޅާ އެނޫންވެސް މައުލޫމާތު.

(ނ) 

(9) ބޭރު ފައިސާ ޖަމާކުރުމަށް ކަނޑައަޅާ ބޭންކު އެކައުންޓުތަކުގެ މައުލޫމާތު؛

(10) އޮތޯރިޓީން ކަނޑައަޅާ އެނޫންވެސް މައުލޫމާތު.

 

4 ވަނަ މާއްދާ - މި ގަވާއިދަށް އަމަލުކުރަން ފަށާނީ މި ގަވާއިދު، ދިވެހި ސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ތާރީހުން  ފެށިގެންނެވެ. 

 

މައި ގަވާއިދު

ބޭރު ފައިސާއާބެހޭ ގާނޫނުގެ ދަށުން ރަޖިސްޓަރީކުރުމުގެ ގަވާއިދު (ގަވާއިދު ނަންބަރު 2025-02)

 

ކޮންސޮލިޑޭޓެޑް ގަވާއިދު

ބޭރު ފައިސާއާބެހޭ ގާނޫނުގެ ދަށުން ރަޖިސްޓަރީކުރުމުގެ ގަވާއިދު (ކޮންސޮލިޑޭޓެޑް ނަންބަރު 2025-02)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު