-

ޕާސްޕޯޓާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 2017-83) އަށް 3 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު

(ގަވާއިދު ނަންބަރު 2026-72)

(މި ގަވާއިދަށް އަމަލުކުރަން ފެށީ 30 އޮގަސްޓު 2026 ގައި)

ގަވާއިދު ނަންބަރު 2017-83 (ޕާސްޕޯޓުކާޑާބެހޭ ގަވާއިދު) އަށް 3 ވަނަ އިސްލާހު ގެނައުން. 

 

1 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 12 ވަނަ މާއްދާގެ (މ) ގެ (ފ) ގެ ގޮތުގައި، އަންނަނިވި ގޮތަށް އިސްލާހުކުރުން.

(ފ) މި މާއްދާގެ (އ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، މި ގަވާއިދުގެ ދަށުން ދޫކުރާ ދަތުރުކުރުމުގެ ވަގުތީ "ލިޔުން" އަށް މި މާއްދާގެ (އ) ގެ (8) ވަނަ ނަންބަރުގައި ކަނޑައަޅައިފައިވާ އަގު، މޯލްޑިވްސް އިމިގްރޭށަނުން ކަނޑައަޅައި އާންމުކުރާ ހާލަތްތަކުގައި އަދި ކަނޑައަޅާ މުއްދަތަކަށް ނުނަގާގޮތަށް ހަމަޖެއްސުމުގެ އިހްތިޔާރު، ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭށަނަށް ލިބިގެންވެއެވެ.

 

2 ވަނަ މާއްދާ - މި ގަވާއިދަށް ހަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިހުކުރާ ދުވަހުން ފެށިގެންނެވެ.

 

މައި ގަވާއިދު

ޕާސްޕޯޓާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 2017-83)

 

ކޮންސޮލިޑޭޓެޑް ގަވާއިދު

ޕާސްޕޯޓާބެހޭ ގަވާއިދު (ކޮންސޮލިޑޭޓެޑް ނަންބަރު 2017-83)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު