-

އާމްދަނީން ޓެކްސް ނެގުމުގެ ގަވާއިދު (ގަވާއިދު ނަންބަރު 2020-21) އަށް 6 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު

(ގަވާއިދު ނަންބަރު 2026-67)

(މި ގަވާއިދަށް އަމަލުކުރަން ފެށީ 20 އޮގަސްޓް 2026 ގައި)

މި ފައިލް އަދި އަޕްޑޭޓްކޮށް ނުނިމޭ

ގަވާއިދު ނަންބަރު 2020-21 (އާމްދަނީީން ޓެކްސް ނެގުމުގެ ގަވާއިދު) އަށް އަންނަނިވި އިސްލާލުތައް ގެނައުން. 

 

1 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 4 ވަނަ މާއްދާގެ (ރ) އުނިކުރުން.

(ރ) (އުނި ކުރެވިފައި)

 

2 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 7 ވަނަ މާއްދާގެ (ރ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

(ރ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، 1 (އެކެއް) ފަރާތަށް ވުރެ ގިނަ ފަރާތުން އުޖޫރަ ލިބޭ މީހެއް ނަމަ، އަދި އުޖޫރަ ދޭ އެއްވެސް ފަރާތަކުން އެ މީހާ ރަޖިސްޓަރީ ކޮށްފައި ނުވާ ނަމަ، ގާނޫނުގެ ދަށުން ރަޖިސްޓަރީ ކުރުމަށް، އުޖޫރަ ލިބޭ މީހާ ހުށަހަޅަންވާނެއެވެ.

 

3 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 7 ވަނަ މާއްދާގެ (ޅ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

(ޅ) މި މާއްދާގައި އެހެން ގޮތަކަށް ބަޔާންކޮށްފައި އޮތް ނަމަވެސް، އެއްވެސް ފަރުދަކަށް، ފާއިތުވެދިޔަ 12 (ބާރަ) މަސްދުވަހުގެ ތެރޭގައި އެވްރެޖްކޮށް މަހެއްގެ މައްޗަށް ލިބުނު އާމްދަނީީގެ ޖުމްލަ 60,000 (ފަސްދޮޅަސް ހާސް) ރުފިޔާއަށް ވުރެ އިތުރުވެއްޖެ ނަމަ، އަދި އުޖޫރަ ދޭ އެއްވެސް ފަރާތަކުން އެ މީހާ ރަޖިސްޓަރީ ކޮށްފައި ނުވާ ނަމަ، ގާނޫނުގެ ދަށުން ރަޖިސްޓަރީ ކުރުމަށް އެ މީހާ ހުށަހަޅަންވާނެއެވެ. 

 

4 ވަނަ މާއްދާ - ބުުނެވިދިޔަ ގަވާއިދުގެ 8 ވަނަ މާއްދާގެ ފަހަތަށް 1-8 ވަނަ މާއްދާއާއި 2-8 ވަނަ މާއްދާގެ ގޮތުގައި އަންނަނިވި ގޮތަށް ދެ މާއްދާ އިތުރުކުރުން.

ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިނުވާ ފަރާތްތަކުގެ ވިތުހޯލްޑިންގ ޓެކްސް އުނިކުރަންޖެހޭ ފަރާތްތައް ރަޖިސްޓަރީކުރުން 1-8.

(ހ) މި ބާބުގެ އެހެން މާއްދާއެއްގައި ބަޔާންކޮށްފައިވާ ރަޖިސްޓަރީ ކުރަން ލާޒިމުވާ ށަރުތެއް ފުރިހަމަނުވި ނަމަވެސް، ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިނުވާ ފަރާތްތަކުގެ ވިތުހޯލްޑިންގ ޓެކްސް، ގާނޫނުގެ 55 ވަނަ މާއްދާގެ ދަށުން އުނިކުރަންޖެހޭ ފަރާތްތަކުން، ގާނޫނުގެ ދަށުން ރަޖިސްޓަރީ ކުރަން ހުށަހަޅަންވާނެއެވެ. 

(ށ) މި މާއްދާގެ (ހ) އަށް އަމަލުކުރާނީ، މި ގަވާއިދުގެ 10 ވަނަ މާއްދާއާ ހިލާފުނުވާ ގޮތުގެ މަތީންނެވެ.

 

8-2 ކެޕިޓަލް ގެއިންސް ވިތުހޯލްޑިންގ ޓެކްސް އުނިކުރަންޖެހޭ ފަރާތްތައް ރަޖިސްޓަރީ ކުރުން 

(ހ) މި ބާބުގެ އެހެން މާއްދާއެއްގައި ބަޔާންކޮށްފައިވާ ރަޖިސްޓަރީ ކުރަން ލާޒިމުވާ ށަރުތެއް ފުރިހަމަނުވި ނަމަވެސް، ގާނޫނުގެ 1-50 ވަނަ މާއްދާގެ (ހ) ގެ ދަށުން ޓެކްސް އުނިކުރަންޖެހޭ ފަރާތްތަކުން، ގާނޫނުގެ ދަށުން ރަޖިސްޓަރީ ކުރަން ހުށަހަޅަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) އަށް އަމަލުކުރާނީ، މި ގަވާއިދުގެ 10 ވަނަ މާއްދާއާ ހިލާފުނުވާ ގޮތުގެ މަތީންނެވެ.

 

5 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 12 ވަނަ މާއްދާގެ (ނ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

(ނ) ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިނުވާ ފަރާތަކަށް ނުވަތަ ދިވެހިރާއްޖޭގައި ވަގުތީ ގޮތުން ވަޒަންވެރިވެފައިވާ ފަރާތަކަށް ދިވެހިރާއްޖެއިން އާމްދަނީ ލިބުން ނިމުމަކަށް އަތުވެއްޖެ ނަމަ އަދި އެ ފަރާތަކީ މި ގަވާއިދުގެ 8-2 ވަނަ މާއްދާ ރައްދުވާ ފަރާތެއްކަމުގައި ނުވާ ނަމަ، ރަޖިސްޓަރީން އުނިކުރަން އެ ފަރާތުން ހުށަހަޅަންވާނެއެވެ.

 

6 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 17 ވަނަ މާއްދާގެ (ޅ) ގެ ފަހަތަށް (ކ) އާއި (އ) ގެ ގޮތުގައި އަންނަނިވި ގޮތަށް ދެ އަކުރު އިތުރުކުރުން.

(ކ) މި ގަވާއިދުގައި އެހެން ގޮތަކަށް ބަޔާންކޮށްފައި އޮތް ނަމަވެސް، އަންނަނިވި ގޮތަށް ފޯރުވައިދޭ، ދިރިއުޅޭނެ ތަނަކީ އުޖޫރައިގެ މާނައިގެ ތެރޭގައި ހިމެނޭ އިނާޔަތެއް ނުވަތަ މަންފާއެއް ނޫނެވެ.

  1. ދިވެހިރާއްޖޭގެ މީހުން ދިރިނޫޅޭ ރަށެއްގައި ފޯރުވައިދޭ ދިރިއުޅޭނެ ތަން؛
  2. ކަނޑު އުޅަނދެއްގައި ވަޒީފާ އަދާކުރާ މީހަކަށް އެ އުޅަނދުގައި ފޯރުވައިދޭ، ދިރިއުޅޭނެ ތަން.

(އ) މި މާއްދާގެ (ކ) ގެ ބޭނުމަށް ދިވެހިރާއްޖޭގެ މީހުން ދިރިނޫޅޭ ރަށެއް ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2010-07 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު) ގައި މާނަކޮށްދ ފައިވާ، މީހުން ދިރިއުޅޭ ރަށްތައް ފިޔަވައި ދިވެހިރާއްޖޭގެ ރަށްތަކާއި އަވަށްތަކާއި ސަރަހައްދުތަކަށެވެ.

 

7 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 17 ވަނަ މާއްދާގެ ފަހަތަށް 1-17 ވަނަ މާއްދާގެ ގޮތުގައި އަންނަނިވި ގޮތަށް މާއްދާއެއް އިތުރުކުރުން. 

މުވައްޒަފުން ފިޔަވައި އެހެން މީހަކަށް ދިރިނޫޅެވޭ ގޮތަށް، އުޖޫރަދޭ ފަރާތުން ފޯރުވައިދޭ ދިރިއުޅޭނެ ތަން 1-17.

(ހ) ގާނޫނުގެ 12 ވަނަ މާއްދާގެ (ޖ) ގެ (7) ވަނަ ނަންބަރުގައި، "މުވައްޒަފުން ފިޔަވައި އެހެން މީހަކަށް ދިރިނޫޅެވޭ ގޮތަށް، އުޖޫރަ ދޭ ފަރާތުން ފޯރުވައިދޭ ދިރިއުޅޭނެ ތަން" ކަމަށް ބުނެފައި އެވަނީ، އުޖޫރަ ދޭ ފަރާތުން ފޯރުވައިދޭ، އެހެން މީހަކަށް ދިރިއުޅެވޭނެ ފަދަ ތަނެއް ފިޔަވައި އެހެން ތަންތަނަށެވެ.

(ށ) އުޖޫރަ ދޭ ފަރާތުން ފޯރުވައިދޭ ދިރިއުޅޭނެ ތަނަކީ، އެ ތަނުގައި ދިރިއުޅޭ މުވައްޒަފު އެކަނި ބޭނުންކުރުމަށް ހާއްސަ އަދި އެހެން މުވައްޒަފުންނާއެކު ހިއްސާކުރަންނުޖެހޭ ފާހާނާއެއް ބޭނުންކުރުމުގެ ފުރުސަތު ލިބިދީފައިވާ ތަނެއް ނަމަ، އެއީ އެހެން މީހަކަށް ދިރިއުޅެވޭނެ ފަދަ ތަނެއް ކަމުގައި (ތަނުގެ ކުޑަބޮޑުމިނަށާއި ފެންވަރަށް ބެލުމެއްނެތި) ބެލެވޭނެއެވެ.

 

8 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 40 ވަނަ މާއްދާ އުނިކުރުން.

ބޭރު ފައިސާއިން ދައްކާ ފައިސާ ރުފިޔާއަށް ބަދަލުކުރުން 40.

(އުނިކޮށްފައި)

 

9 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 42 ވަނަ މާއްދާގެ (1-ށ) އަންނަނިވި ގޮތަށް އިސްލާ ހުކުރުން.

(1-ށ) މި މާއްދާގެ (ށ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، އާންމުކޮށް މަހެއްގެ މައްޗަށް އުޖޫރަ ދޭ ފަރާތުން ދޭ ވިތުހޯލްޑިންގ ޓެކްސް ބިނާކުރެވޭ އުޖޫރައިގެ ޖުމްލަ އަދަދަކީ 60,00 (ފަސްދޮޅަސް ހާސް) ރުފިޔާއަށް ވުރެ އިތުރުނޫން އަދަދެއް ކަމުގައި ވިޔަސް، އެއްވެސް މަހެއްގެ އުޖޫރައިގެ އަދަދު ހިމެނުމުން އެ އަހަރަށް ދެވުނު ވިތުހޯލްޑިންގ ޓެކްސް ބިނާކުރެވޭ އުޖޫރައިގެ ޖުމްލަ އަދަދު 720,000 (ހަތް ލައްކަ ވިހި ހާސް) ރުފިޔާއަށް ވުރެ އިތުރުވެއްޖެ ނަމ،ަ އަންނަނިވި ގޮތަށް ހިސާބުކުރުމަށްފަހު، އެ އަހަރު ނިމެންދެން ކޮންމެ މަހަކަށް މުވައްޒަފުންގެ ވިތުހޯލްޑިންގ ޓެކްސް އުނިކުރަންވާނެއެވެ. މި ގޮތަށް ހިސާބުކުރާ މުވައްޒަފުންގެ ވިތުހޯލްޑިންގ ޓެކްސްގެ އަދަދުގައި، އެ އަހަރުގައި އުނިކުރަންޖެހުނު މުވައްޒަފުންގެ ވިތުހޯލްޑިންގ ޓެކްސްގެ އަދަދެއް ނުހިމެނޭނެއެވެ. 

 

އެ މަހުގެ ނިޔަލަށް އެ އަހަރަށް ދެވުނު ވިތުހޯލްޑިންގ ޓެކްސް ބިނާކުރެވޭ އުޖޫރައިގެ ޖުމްލަ 

މުުވައްޒަފުންގެ ވިތުހޯލްޑިންގ ޓެކްސް އުނިކުރަންޖެހޭ ރޭޓު

0,000 (ހަތް ލައްކަ ވިހި ހާސް) ރުފިޔާއަށް ވުރެ ބޮޑު، ނަމަވެސް، 1,200,000) އެއް މިލިޔަން ދެ ލައްކަ) ރުފިޔާ ނުވަތަ އެއަށް ވުރެ ކުޑަ

5.5% (ފަހެއް ޕޮއިންޓް ފަހެއް އިންސައްތަ)
1،200،000 (އެއް މިލިޔަން ދެ ލައްކަ) ރުފިޔާއަށް ވުރެ ބޮޑު، ނަމަވެސް 1,800,000 (އެއް މިލިޔަން އަށް ލައްކަ) ރުފިޔާ ނުވަތަ އެއަށް ވުރެ ކުޑަ 8% (އަށެއް އިންސައްތަ) 
1,800,000 (އެއް މިލިޔަން އަށް ލައްކަ) ރުފިޔާއަށް ވުރެ ބޮޑު، ނަމަވެސް
2,400,000 (ދެ މިލިޔަން ހަތަރު ލައްކަ (ރުފިޔާ ނުވަތަ އެއަށް ވުރެ ކުޑަ.
12% (ބާރަ އިންސައްތަ) 
2،400،000 (ދެ މިލިޔަން ހަތަރު ލައްކަ) ރުފިޔާއަށް ވުރެ ބޮޑު) 15% (ފަނަރަ އިންސައްތަ) 

 

10 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 58 ވަނަ މާއްދާގެ (ނ) އާއި (ރ) އަންނަނިވި ގޮތަށް އިސްލާ ހުކުރުން.

(ނ) މި ގަވާއިދުގެ 12 ވަނަ މާއްދާގެ ދަށުން ރަޖިސްޓަރީން އެއްވެސް ފަރާތެއް އުނިކޮށްފި ނަމަ، އެ ފަރާތުގެ ހިސާބުކުރާ މުއްދަތު ނިމުމަކަށް އަންނާނެއެވެ. މި މާއްދާގެ (ހ) އާއި (ށ) އަށް އަމަލުކުރާނީ މި އަކުރާ ހިލާފުނުވާ ގޮތުގެ މަތީންނެވެ.

(ރ) މި މާއްދާއަށް އަމަލުކުރާނީ، މި ގަވާއިދުގެ 61 ވަނަ މާއްދާއާއި 1-61 ވަނަ މާއްދާއާ ހިލާފުނުވާ ގޮތުގެ މަތީންނެވެ.

 

 

37 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 123 ވަނަ މާއްދާގެ (ރ) ގެ ފަހަތަށް (ބ) ގެ ގޮތުގައި އަންނަނިވި ގޮތަށް އަކުރެއް އިތުރުކުރުން. 

 

38 ވަނަ މާއްދާ - މި ގަވާއިދަށް ޢަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ތާރީހުން ފެށިގެންނެވެ.

 

މައި ގަވާއިދު

އާމްދަނީން ޓެކްސް ނެގުމުގެ ގަވާއިދު (ގަވާއިދު ނަންބަރު 2020-21)

 

ކޮންސޮލިޑޭޓެޑް ގަވާއިދު

އާމްދަނީން ޓެކްސް ނެގުމުގެ ގަވާއިދު (ކޮންސޮލިޑޭޓެޑް ނަންބަރު 2020-21)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު