މަސައްކަތުގެ މާހައުލުގެ ސަލާމަތާއި ސިއްހީ ރައްކައުތެރިކަމުގެ ގަވާއިދު (ގަވާއިދު ނަންބަރު 2024-103) އަށް 1 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު
(ގަވާއިދު ނަންބަރު 2026-68)
(މި ގަވާއިދަށް އަމަލުކުރަން ފެށީ 24 އޮގަސްޓް 2026 ގައި)
ގަވާއިދު ނަންބަރު 2024-103 (މަސައްކަތުގެ މާހައުލުގެ ސަލާމަތާއި ސިއްހީ ރައްކައުތެރިކަމުގެ ގަވާއިދު) އަށް އަންނަނިވި އިސްލާހުތައް ގެނައުން.
1 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 15 ވަނަ މާއްދާގެ (ހ) އަންނަނިވި ގޮތަށް އިސްލާހުކުރުން.
ސިއްހަތާއި ރައްކައުތެރިކަމުގެ އިންސްޕެކްޓަރުންގެ ށަރުތުތަކާއި އައްޔަނުކުރުން 15.
(ހ) މަސައްކަތުގެ މާޙައުލުގެ ސަލާމަތާއި ސިއްހީ ރައްކައުތެރިކަން ގާއިމުވެފައިވާކަން ބަލައި ކަށަވަރުކުރުމަށް ކުރަންޖެހޭ ކަންކަން ކުރުމަށް ޓަކައި، ހެލްތު އެންޑް ސޭފްޓ އިންސްޕެކްޓަރުން، އޮތޯރިޓީ ގައި ގާއިމުވެ ތިބެންވާނެއެވެ.
2 ވަނަ މާއްދާ - މި ގަވާއިދަށް ޢަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.
މައި ގަވާއިދު
މަސައްކަތުގެ މާހައުލުގެ ސަލާމަތާއި ސިއްހީ ރައްކައުތެރިކަމުގެ ގަވާއިދު (ގަވާއިދު ނަންބަރު 2024-103)
ކިޔުންތެރިންގެ ހިޔާލު