ގައިދީންނާއި، ކުށުގެ ތުހުމަތުގައި ހައްޔަރުގައި ތިބޭ މީހުންނާއި، ކޯޓު އަމުރެއްގެ ދަށުން ބަންދުގައި ބައިތިއްބަންޖެހޭ މީހުންނަށް ލިބެންޖެހޭ އަސާސީ ހިދްމަތްތަކާއި އިނާޔަތްތަކާބެހޭ ގަވާއިދު
(ގަވާއިދު ނަންބަރު 2016-34)
(މި ގަވާއިދު ވަނީ ގަވާއިދު ނަންބަރު 2020-79 ގެ 27 ވަނަ މާއްދާއިން އުވާލެވިފައި)
1 ވަނަ މާއްދާ – ތައާރުފު
މިއީ ގާނޫނު ނަންބަރު 2013-14 (ދިވެހިރާއްޖޭގެ ޖަލުތަކާއި ޕެރޯލްގެ ގާނޫނު) ގެ 144 ވަނަ މާއްދާގެ (ށ) ގެ (9) ވަނަ ނަންބަރުގެ ދަށުން ބާރުލިބިގެން އެކުލަވައިލެވިފައިވާ ގައިދީންނާއި، ކުށުގެ ތުހުމަތުގައި ހައްޔަރުގައި ތިބޭ މީހުންނާއި، ކޯޓު އަމުރެއްގެ ދަށުން ބަންދުގައި ބައިތިއްބަންޖެހޭ މީހުންނަށް ލިބިދޭންޖެހޭ އަސާސީ ހިދުމަތްތަކާއި އިނާޔާތްތަކާބެހޭ ގަވާއިދެވެ.
2 ވަނަ މާއްދާ – ގަވާއިދުގެ ނަން
މި ގަވާއިދަށް ކިޔާނީ "ގައިދީންނާއި، ކުށުގެ ތުހުމަތުގައި ހައްޔަރުގައި ތިބޭ މީހުންނާއި، ކޯޓު އަމުރެއްގެ ދަށުން ބަންދުގައި ބައިތިައްބަންޖެހޭ މީހުންނަށް ލިބިދޭންޖެހޭ އަސާސީ ހިދުމަތްތަކާއި އިނާޔާތްތަކާބެހޭ ގަވާއިދު" އެވެ.
3 ވަނަ މާއްދާ – މަގުސަދު
މި ގަވާއިދުގެ މަގުސަދަކީ ޖަލުގައި ބަންދުކުރެވޭ މީހުންނަށް ފޯރުކޮށްދޭންޖެހޭ އެންމެހައި އަސާސީ ހިދުމަތްތަކާއި، އިނާޔާތްތައް ކަނޑައެޅުމާއި އެ ހިދުމަތްތައް ފޯރުކޮށްދިނުމުގައި އަމަލުކުރާނެ އުސޫލުތައް އަންގައިދިނުމެވެ.
4 ވަނަ މާއްދާ – ގަވާއިދު ހިންގާ ފަރާތް
މި ގަވާއިދު ހިންގާނީ މޯލްޑިވްސް ކަރެކްށަނަލް ސަރވިސްއިންނެވެ.
5 ވަނަ މާއްދާ – ގަވާއިދަށް އަމަލުކުރަން ފެށުން
މި ގަވާއިދަށް އަމަލުކުރަން ފަށާނީ، މި ގަވާއިދު ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.
6 ވަނަ މާއްދާ – ގައިދީންނާއި، ބަންދުމީހުންނަށް ލިބިދޭންޖެހޭ އަސާސީ ހިދުމަތްތައް
ޖަލަށް ގެންނަ ކޮންމެ ގައިދީއަކަށް އަދި ބަންދުމީހަކަށްވެސް އެމީހާ ޖަލަށް ގެންނަ ދުވަހުން ފެށިގެން، ތިރީގައި ބަޔާންކޮށްފައިވާ އަސާށީ ހިދުމަތްތައް، މި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ފޯރުކޮށްދޭންވާނެއެވެ.
(ހ) ނަމާދުކޮށް ގުރުއާން ކިޔަވައި ރޯދަ ހިފުމުގެ އިންތިޒާމު؛
(ށ) ކެެއިންބުއިމުގެ އިންތިޒާމު؛
(ނ) ފެންވަރާ ގައިން ތާހިރުވުމާއި، ފާހާނާކުރުމުގެ އިންތިޒާމު އަދި ބީކޮށައި ފިރިހެން ގައިދީން ތުނބުޅި ބޭލުމުގެ އިންތިޒާމު؛
(ރ) ނިދުމާއި ނިދަން ބޭނުންވާނެ ތަކެތީގެ އިންތިޒާމު؛
(ބ) ބޭސްފަރުވާކުރުމުގެ އިންތިޒާމު؛
(ޅ) މަސައްކަތްކޮށް، ކަސްރަތުކޮށް އުޅުމުގެ އިންތިޒާމު؛
(ކ) މުޖުތަމައަށް އަނބުރާ ގެނައުމަށްޓަކައި ބޭނުންވާ އެހީތެރިކަން ލިބިގަތުމުގެ އިންތިޒާމު؛
(އ) ގައިދީން ނުވަތަ ބަންދުމީހުންގެ ޔުނީފޯމު ނުވަތަ އެނޫންވެސް އަންނައުނު ދޮވުމާއި، އަންނައުނު ބަދަލުކުރުމުގެ އިންތިޒާމު؛
(ވ) އާއިލާއާ މުއާމަލާތުކޮށް، ބައްދަލުކުރުމުގެ އިންތިޒާމު؛
(މ) ސިޓީ ލިޔާނެ ތަކެއްޗާއި، ކިޔާނެ ފޮތް ލިބުމުގެ އިންތިޒާމު؛
(ފ) ގައިދީން ބައިތިއްބާ ތަންތަނާއި، މަސައްކަތްކުރާ ތަންތަނުގައި، ނިދުމަށް ކަނޑައަޅާފައިވާ ގަޑި ފިޔަވައި އެހެން ގަޑިތަކުގައި އެއްޗެއް ބަލައިގެން ކިޔަން އެނގޭވަރަށް އަލި ވަންނަ ގޮތަށް ހުންނަންވާނެއެވެ. އަދި ޒަމާނީ ވަސީލަތެއް ބޭނުންކޮށްގެން ނަމަވެސް ވެންޓިލޭށަންގެ ނިޒާމު ގާއިމުކޮށް ވައި ދައުރުވާ ގޮތަށް ހުންނަންވާނެއެވެ.
7 ވަނަ މާއްދާ – ނަމާދުކޮށް ގުރުއާން ކިޔަވައި، ރޯދަ ހިފުމުގެ އިންތިޒާމު
(ހ) ޖަލުގައި ހުންނަ ކޮންމެ މުސްލިމަކަށް، ނަމާދުކޮށް ގުރުއާން ކިޔަވައި، ރޯދަ ހިފުމާއި ދީނީ ގޮތުން އަދާކުރަންޖެހޭ އެނޫންވެސް އަޅުކަން އަދާކުރުމުގެ ފުރުސަތުދީ އެކަންކަމަށް މަގުފަހިކޮށްދޭންވާނެއެވެ.
(ށ) ޖަލުގައި ހުންނަ ގައިރު މުސްލިމަކު އިސްލާމް ދީނަށް ވަންނަން ބޭނުންވެއްޖެނަމަ، އެ މީހަކަށް އިސްލާމް ދީނަށް ވަނުމުގެ މަގުފަހިކޮށްދޭންވާނެއެވެ.
(ނ) ޖަލުގައި ހުންނަ ގައިރު މުސްލިމަކު ޖަލު ސަރަހައްދުގައި ފާޅުކަން ބޮޑު ގޮތެއްގައި އާންމުވާގޮތަށް އަޅުކަންކުރުމާއި، އެ މީހުންގެ ދީނީ ށިޔާރު ފާޅުކުރުމާއި، އެފަދަ ދީނީ އެއްވެސް ހަރާކަތެއް އާންމުވާގޮތަށް ހިންގުމާއި، އެ މީހުންގެ އެފަދަ އެއްވެސް ހަރަކާތެއްގައި ދިވެއްސަކު ބައިވެރިކުރުމަކީ މަނާކަމެކެވެ.
8 ވަނަ މާއްދާ – ކެއިންބުއިމުގެ އިންތިޒާމު
(ހ) ޖަލުގައި ހުންނަ ކޮންމެ މީހަކަށްވެސް ތިރީގައިމިވާ 4 (ހަތަރެއް) އިރުގެ ކެއުންބުއިމުގެ އިންތިޒާމު ހަމަޖައްސައިދޭންވާނެއެވެ.
- ހެނދުނު ސައި؛
- މެންދުރު ކެއުން؛
- ހަވީރު ސައި؛
- ރޭގަނޑު ކެއުން.
(ށ) ޖަލުގައި ހުންނަ ކޮންމެ މީހަކަށްވެސް ކެއިންބުއިމަށްޓަކައި ބޭނުން ކުރާނެ ތަކެތި، ޖަލު އޮފީހުން ފޯރުކޮށްދޭންވާނެއެވެ.
(ނ) ޖަލުގައި މީހުން ބަންދުކޮށްފައި ތިބޭ ކޮންމެ ގޮޅިއެއްގައިވެސް ސާފު ބޯފެން ލިބެން ހުންނަންވާނެއެވެ. އަދި މިގޮތުން ފޯރުކޮށްދެވޭ ފެނަކީ ސަރުކާރުގެ ކަމާބެހޭ އިދާރާއިން ކަނޑައަޅާ މިންގަނޑަކަށް ހުންނަ ފެނަކަށް ވާންވާނެއެވެ.
(ރ) ރަމަލާންމަސް ނޫން މަސްމަހުގައި ރޯދަހިފަން ބޭނުންވާ ގައިދީންނާއި ބަންދުމީހުންނަށް ޖަލުން ކަނޑައަޅާ ޖަލު އަމުރާ އެއްގޮތްވާގޮތުގެ މަތިން ރޯދަ ހިފުމުގެ އިންތިޒާމު ހަމަޖައްސައި ދޭންވާނެއެެވެ.
(ބ) ޖަލުގައި ތިބޭ މީހުންނަށް ފޯރުކޮށްދޭ ކާބޯތަކެއްޗަކީ އޮއްޓަރުގެ ގޮތުންނާއި ސިއްހީގޮތުން ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ގަބޫލުކުރާ ތަކެއްޗަށް ވާންޖެހޭނެއެވެ.
(ޅ) ޖަލުގައި ހުރި ވަކި މީހަކީ ސިއްހީ މައްސަލައެއް ހުރެގެން ވަކި ބާވަތެއްގެ ކާއެއްޗެއް ދޭންޖެހޭކަމަށް ޑޮކްޓަރަކު ލަފާދީފައިވާ މީހެއްނަމަ، އެކަން ޑޮކްޓަރުގެ ލަފަޔާ އެއްގޮތަށް ހަމަޖައްސައިދޭންވާނެއެވެ.
9 ވަނަ މާއްދާ – ފެންވަރައި، ގައިން ތާހިރުވުމާއި ފާހާނާކުރުމުގެ އިންތިޒާމު
(ހ) ޖަލުގައި ބަންދުކޮށްފައި ތިބޭ ގައިދީންނާއި ބަންދުމީހުންނަށް ފާހާނާ ކުރެވޭނެ އިންތިޒާމާއި ފެންވަރައި ގައިން ތާހިރުވެވޭނެ ގޮތް ހަމަޖައްސައިދޭންވާނެއެވެ.
(ށ) ޑައިރެކްޓަރ އޮފް ޕްރިޒަން ކަނޑައަޅާ ޖަލު އަމުރެއްގެ ދަށުން، ގައިދީން ނުވަތަ ބަންދުމީހުން ސާުފުތާހިރުވުމަށް ބޭނުންކުރާނެ އަސާސީ ތަކެއްޗާއި އުޅޭތަން ސާފުތާހިރު ކުރުމަށް ބޭނުންވާނެ ތިރީގައި ބަޔާންކޮށްފައިވާ ތަކެތި އެންމެ މަދުވެގެން ގައިދީން ނުވަތަ ބަންދުމީހުންނަށް ފޯރުކޮށްދޭންވާނެއެވެ.
- ދަތް އުނގުޅާ ބުރުސް
- ދަތް އުނގުޅާ ބޭސް
- ސައިބޯނި
- ދޮންނަ ކުނޑި
- ފިހގަނޑު
- ތުނބުޅި ބޭލުމަށް ބޭނުންކުރާނެ ރޭޒަރު
- ފާހާނާ ސާފު ކުރުމަށް ބޭނުންވާނެ ސާމާނު
10 ވަނަ މާއްދާ – ނިދުމުގެ އިންތިޒާމު
ޖަލުގައި ހުންނަ ކޮންމެ މީހަކަށްވެސް ނިދުމުގެ އިންތިޒާމު ހަމަޖެއްސުމަށްޓަކައި، ޑައިރެކްޓަރ އޮފް ޕްރިޒަން ކަނޑައަޅާ ޖަލު އަމުރެއްގެ ދަށުން ތިރީގައި މިވާ ތަކެތި ފޯރުކޮށްދޭންވާނެއެވެ.
(ހ) ގޮދަޑި ނުވަތަ ކުނާ
(ށ) ބެޑްށީޓް
(ނ) ބާލީސް
(ރ) ބާލީސް އުރަ
11 ވަނަ މާއްދާ – ބޭސްފަރުވާ ކުރުމުގެ އިންތިޒާމު
ޖަލުގައި ހުންނަ ކޮންމެ މީހަކަށްވެސް، އެ މީހަކު ބަލިވެއްޖެނަމަ، "ހުކުމް ތަންފީޒުކުރާ މީހުން އަމަލުކުރަންޖެޖޭ މެޑިކަލް ގަވާއިދު" ގައިވާ ގޮތުގެ މަތިން ސިއްހީ ފަރުވާ ދޭންވާނެއެވެ.
12 ވަނަ މާއްދާ – މަސައްކަތްކޮށް އުޅުމުގެ އިންތިޒާމު
ގައިދީން ޖަލުގައި މަސައްކަތްކޮށް އުޅުމަށްޓަކައި ތިރީގައިވާ ކަންކަމަށް ރިއާުޔަތްކޮށް ކޮމިށަނަރ އޮފް ޕްރިޒަންސްގެ މަޝްވަރާގެ މަތިން ޖަލު އަމުރެއް ޑައިރެކްޓަރ އޮފް ޕްރިޒަން އެކުލަވައިލައި، ހިންގަންވާނެއެވެ.
(ހ) ޖަލުގައި ގައިދީންނަށް ކުރުމަށް ހަވާލުކުރެވޭ މަސައްކަތަކީ އަނިޔާކުރުމުގެ ނުވަތަ ހާނިއްކަކުރުމުގެ ނިޔަތުގައި ކުރެވޭ މަސައްކަތަކަށް ވެގެންނުވާނެއެވެ.
(ށ) އެ މީހެއްގެ ޖިސްމާނީ އަދި ނަފްސާނީ ސިއްހަތަށް ބެލުމަށްފަހު މެޑިކަލް އޮފިސަރު ކަނޑައަޅާ ގޮތަކަށް ރިއާޔަތް ކުރުމާއެކު، ކޮންމެ ގައިދީއަކަށް ވެސް ފުރުސަތު އޮތް މިންވަރަކުން ޖަލުގައި ވަޒީފާ އަދާކުރަން ހިތްވަރު ދޭންވާނެއެވެ.
(ނ) ޖަލުގައި ލިބެންހުރި ވަޒީފާއަށް ވުރެ ބަންދުގައި ތިބި މީހުންގެ އަދަދު އިތުރުވެއްޖެނަމަ، ފުރުސަތު ދިނުމުގައި އަހުލާގީ މިންގަނޑަށް ބަލައި، އަހުލާގު ރަނގަޅު މީހުންނަށް އިސްކަންދޭންވާނެއެވެ.
(ރ) ގައިދީން ލައްވައި މަސައްކަތް ކުރުވަންވާނީ ޖަލު އޮފިސަރެއްގެ ބެލުމުގެ ދަށުންނެވެ.
(ބ) ގައިދީންގެ މަސައްކަތުގެ ވަގުތު ހަމަޖެހިފައި އޮންނަންވާނީ މަދުވެގެން ހަފުތާއަކު 1 (އެކެއް) ދުވަސް އަރާމުކުރުމަށް ލިބޭގޮތަށެވެ.
(ޅ) ވަޒީފާގެ ފުރުސަތު ދޭއިރު ކޮންމެ ގައިދީއަކަށްވެސް ވަޒީފާ ހޯދުމާއި، ވަޒީފާގައި ކުރިއަށް ދިއުމަށް ހަމަހަމަ ފުރުސަތުތަކެއް އޮންނަން ވާނެއެވެ.
(ކ) ކޮންމެ ގައިދީއަކަށްވެސް ވަޒީފާ ދޭންވާނީ ކަނޑައެޅޭ ވަކި މުއްދަތަކަށެވެ.
(އ) ވަޒީފާގައި އުޅޭ ކޮންމެ ގައިދީއަކަށްވެސް ތިރީގައި ބަޔާންކޮށްފައިވާ ވަޒީފާގެ އޮނިގަނޑާ އެއްގޮަތަށް އުޖޫރަ ދޭންވާނެއެެވެ. މިގޮތުން އުޖޫރަ ދޭންވާނީ އެ ގައިދީއަކު މަސައްކަތު ނުކުންނަ ދުވަހަކަށެވެ.
ގްރޭޑް |
ދުވާލަކަށް ކަނޑައެޅިފައިވާ އުޖޫރަ |
ގްރޭޑް-1 | 30 ރުފިޔާ |
ގްރޭޑް-2 | 40 ރުފިޔާ |
ގްރޭޑް-3 | 50 ރުފިޔާ |
ގްރޭޑް-4 | 60 ރުފިޔާ |
ގްރޭޑް-5 | 70 ރުފިޔާ |
ގްރޭޑް-6 | 80 ރުފިޔާ |
ގްރޭޑް-7 | 90 ރުފިޔާ |
ގްރޭޑް-8 | 100 ރުފިޔާ |
(ވ) ގައިދީންނަށް މި މާއްދާގެ (އ) ގައި ބަޔާންކޮށްފައިވާ ވަޒީފާގެ އޮނިގަނޑާ އެއްގޮތަށް ވަޒީފާ ހަމަޖައްސައިދީ އަދި ވަޒީފާގެ ކުރިއެރުން ދޭނީ ޖަލުގެ ޑައިރެކްޓަރ އޮފް ޕްރިޒަން ކަނޑައަޅާ ޖަލު އަމުރަކުންނެވެ.
(މ) ވަޒީފާގައި އުޅޭ ކޮންމެ ގައިދީއަކުވެސް ޖަލުގެ ޑައިރެކްޓަރ އޮފް ޕްރިޒަން ކަނޑައަޅާ ދުވަސްތަކެއްގައި އަދި ކަނޑައަޅާ ގަޑިތަކެއްގައި ޖަލު އަމުރާ އެއްގޮތްވާގޮތުގެ މަތިން މަސައްކަތް ކުރަންވާނެއެވެ.
(ފ) ވަޒީފާގައި އުޅޭ ކޮންމެ ގައިދީއަކުވެސް މަސައްކަތުގައި އުޅޭއިރު އެ މަސައްކަތަކާ ގުޅޭ ގޮތުން އަޅަންޖެހޭ ހުރިހާ ސަލާމަތީ ފިޔަވަޅުތަކެއް ފުރިހަމައަށް އަޅާފައި ހުންނަން ޖެހޭނެއެވެ.
13 ވަނަ މާއްދާ – ކަސްރަތުކޮށް އުޅުމުގެ އިންތިޒާމު
ޖަލުތަކާއި ޕެރޯލްގެ ގާނޫނުގައި އެހެން ގޮތަކަށް ކަނޑަނާޅާހައި ހިނދަކު މަސައްކަތް ނުކުރާ ގައިދީން، މޫސުން ތަންދޭނަމަ ދުވާލަކު 1 (އެކެއް) ގަޑިއިރަށް ކަސްރަތުކުރުމަށްޓަކައި އޭނާ ބަންދު ކޮށްފައިވާ ތަނުން ބޭރަށް ނެރެންވާނެއެވެ.
14 ވަނަ މާއްދާ – މުޖުތަމައަށް އަނބުރާ ގެނައުމަށްޓަކައި ބޭނުންވާ އެހީތެރިކަން ލިބިގަތުމުގެ އިންތިޒާމު
(ހ) ޖަލުގައި ހިންގޭ ރިހެބިލިޓޭށަން ޕްރޮގްރާމުތަކުގައި ބައިވެރިވުމުގެ ފުރުސަތު ޑައިރެކްޓަރ އޮފް ޕްރިޒަން ކަނޑައަޅާ ޖަލު އަމުރެއްގެ ދަށުން ކޮންމެ ގައިދީއަކަށްވެސް ހަމަޖައްސައިދޭންވާނެއެވެ.
(ށ) ޕެރޯލްއަށް ށަރުތު ހަމަވާ ކޮންމެ ގައިދީއަކަށް ޕެރޯލްގެ ގަވާއިދު އެއްގޮތަށް ޕެރޯލް ގަވާއިދާ އެއްގޮތަށް ޕެރޯލް ޕްރޮގްރާމުގެ ތެރެއިން މުޖުތަމައުއަށް ނުކުތުމުގެ ފުރުސަތު ހަމަޖައްސައިދޭންވާނެއެވެ.
15 ވަނަ މާއްދާ – ޔުނިފޯމު ނުވަތަ އަންނައުނު ދޮވުމާއި ބަދަލުކުރުމުގެ އިންތިޒާމު
ގައިދީން ނުވަތަ ބަންދުމީހުންނަށް ދޭ ޔުނިފޯމު ނުވަތަ އެމީހުންގެ ބޭނުން ކުރުމަށް ހުއްދަދޭ އެމީހުންގެ އަމިއްލަ އަންނައުނު ދޮވުމާއި ބަދަލުކުރުމުގެ އިންތިޒާމު ޖަލުގެ ޑައިރެކްޓަރ އޮފް ޕްރިޒަން ކަނޑައަޅާ ޖަލު އަމުރެއްގެ ދަށުން ހަމަޖައްސައި ދޭންވާނެއެވެ.
16 ވަނަ މާއްދާ – އާއިލާއާ މުއާމަލާތުކޮށް، ބައްދަލުކުރުމުގެ އިންތިޒާމު
(ހ) ޖަލުގައިި ތިބޭ މީހުންނަށް، އެ މީހުންގެ އާއިލާތަކާ އޮންނަ ގުޅުން ދެމެހެއްޓުމަށްޓަކައި އެމީހުންގެ އާއިލާއާ މުއާމަލާތްކޮށް ބައްދަލުކުރުމުގެ ފުރުސަތު ދިނުމުގެ ގޮތުން ޖަލުގެ ޑައިރެކްޓަރ އޮފް ޕްރިޒަން ކަނޑައަޅާ ޖަލު އަމުރެއްގެ ދަށުން ތިރީގައި ބަޔާންކޮށްފައިވާ އިނާޔަތްތައް ފޯރުކޮށްދޭންވާނެއެވެ.
- އާއިލީ ބައްދަލުވުން
- އެކަހެރި ބައްދަލުވުން
- އާއިލާއަށް ފޯނުކުރުން
(ށ) މި މާއްދާގެ (ހ) ގައިބަޔާންކޮށްފައިވާ އިނާޔަތްތައް ނުވަތަ އިނާޔަތްތަކުން ބައެއް ޖަލުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި، ނުވަތަ ލިބޭ އިންޓެލިޖެންސް މައުލޫމާތަކަށް ބަލައި، ޑައިރެކްޓަރ އޮފް ޕްރިޒަންގެ ލަފާގެ މަތިން ކޮމިށަނަރ އޮފް ޕްރިޒަންސްއަށް ހިފެހެއްޓުމުގެ ބާރުލިބިގެންވެއެވެ.
(ނ) މި މާއްދާގެ (ހ) ގެ 1 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ބައްދަލުވުމުގެ ފުރުސަތު ދިނުމުގައި އެ ގައިދީއެއް ނުވަތަ ބަންދުމީހެއްގެ އާއިލާގެ މެންބަރުންގެ ތެރެއިން ވަކި މެންބަރަކަށް ނުވަތަ މެންބަރުންތަކަކަށް، ޖަލުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި، ނުވަތަ ލިބޭ އިންޓެލިޖެންސްގެ މައުލޫމާތަކަށް ބަލައި، ހިފެހެއްޓުމުގެ ބާރު ކޮމިށަނަރ އޮފް ޕްރިޒަންސްއަށް ލިބިގެންވެއެެވެ.
17 ވަނަ މާއްދާ – އާއިލީ ބައްދަލުވުން
(ހ) އާއިލާއާ ބައްދަލުވުމަށް ދެވޭ މި ފުރުސަތަކީ، ޖަލުގައި ހުރި ގައިދީގެ ނުވަތަ ބަންދުމީހާގެ އާއިލާގެ މެންބަރުންނާ ޖަލު ސަރަހައްދުގައި ބައްދަލުކުރުމަށް ދެވޭ ފުރުސަތެކެވެ.
(ށ) އާއިލީ ބައްދަލުވުމުގެ ފުރުސަތު ދެވޭނީ ގައިދީގެ ނުވަތަ ބަންދުމީހާގެ އާއިލާ މެންބަރުންގެ ގޮތުގައި ޖަލު އަމުރުގައި ބަޔާންކޮށްފައިވާ ފަރާތްތަކަށެވެ.
(ނ) އާއިލީ ބައްދަލުވުމުގެ ފުރުސަތު ދެވޭނީ ގައިދީ ނުވަތަ ބަންދުމީހާ ޖަލުގައި ބަންދުކުރާ ދުވަހުން ފެށިގެން ފުރުސަތު ދޭ ދުވަހާ ހަމައަށް އޭނާގެ އަހުލާގީ މިންގަނޑަށް ބެލުމަށްފަހުއެވެ. މިގޮތުން އަހުލާގީ މިންގަނޑަށް ބެލުމަށްފަހު ކޮންމެ މަހަކު މަދުވެގެން 1 (އެކެއް) ފަހަރު ބައްދަލުވުން ހަމަޖައްސައިދޭންވާނެއެވެ.
(ރ) އާއިލީ ބައްދަލުވުން ދެވޭނީ 1 (އެކެއް) ގަޑިއިރަށެވެ.
(ބ) ގައިދީއާ ނުވަތަ ބަންދުމީހާގެ އާއިލީ ބައްދަލުވުމަށް، ޖަލުން ބޭރުން އަންނަ ފަރާތުން/ފަރާތްތަކުން ޖަލަށް ޒިޔާރަތްކުރުމުގެ އިންތިޒާމު ހަމަޖައްސާނީ އެ ފަރާތުން/ އެ ފަރާތްތަކުން އަމިއްލައަށެވެ.
(ޅ) މި ގަވާއިދުގެ މަގުސަދަށްޓަކައި އާއިލާގެ ގޮތުގައި ބަލާނީ ތިރީގައި ބަޔާން ކޮށްފައިވާ ގޮތަށެވެ.
- އަނބިމީހާ / ފިރިމީހާ
- މަންމަ، ބައްޕަ / މާމަ އަދި ކާފަ
- މަންމަގެ ފިރިމީހާ، ބައްޕަގެ އަނބިމީހާ ނުވަތަ އަނބިން
- މައިދައިތަ އަދި ބަފައިބެ
- ދަރިން އަދި ދޮންދަރިން، ދަނބިދަރިން، ޅީ ދަރިން، ކާފަދަރިން އަދި މާމަދަރިން
- އެއްބަނޑު އެއްބަފާ މީހުން، އެއްބަފާ ނުވަތަ އެއްބަނޑު މީހުން
- ބޮޑުދައިތައިން އަދި ބޮޑުބޭބެއިން
- ޅިޔަނުން / ފަހަރިން
- ށަރުއީ ބަލަދުވެރިޔާ އަދި ބެލެނިވެރިޔާ
- މޯލްޑިވްސް ކަރެކްށަނަލް ސަރވިސްއިން ހުއްދަދޭ ފަރާތެއް
18 ވަނަ މާއްދާ – އެކަހެރި ބައްދަލުވުން
(ހ) މި ފުރުސަތަކީ ޖަލުގައި ހުރި ނުވަތަ ޖަލުން ބޭރުގައި ހުރި ގައިދީގެ އަނބިމީހާ ނުވަތަ ފިރިމީހާއާ އެކަހެރިކޮށް ބައްދަލު ކުރުމަށް ދެވޭ ފުރުސަތެކެވެ.
(ށ) އެކަހެރި ބައްދަލުވުމުގެ ފުރުސަތު ދެންވާނީ ގައިދީ، ހުކުމް ތަންފީޒުކުރަން ޖަލަށް ގެންނަތާ 14 (ސާދަ) ދުވަސް ހޭދަކުރުމަށްފަހު އޭނާގެ އަހުލާގީ މިންގަނޑަށް ބަލާފައެވެ.
(ނ) އެކަހެރި ބައްދަލުވުން ދެވޭނީ މަހަކު 1 (އެކެއް) ފަހަރު ގިނަވެގެން 12 (ބާރަ) ގަޑިއިރަށެވެ.
(ރ) ގައިދީއާ އެކަހެރި ބައްދަލުކުރުމަށް ޖަލުން ބޭރުން އަންނަ ފަރާތުން ޖަލަށް ޒިޔާރަތްކުރުމުގެ އިންތިޒާމު ހަމަޖައްސާނީ އެފަރާތުން އަމިއްލައަށެވެ.
19 ވަނަ މާއްދާ – އާއިލާއަށް ފޯނުކުރުން
(ހ) ގައިދީއަކު ނުވަތަ ބަންދުމީހަކު ޖަލަށް ގެންނަތާ 24 (ސައުވީސް) ގަޑިއިރުގެ ތެެރޭގައި، އެ މީހަކު ބަންދުގައި ހުރިކަން އާއިލާއަށް އެންގުމުގެ ގޮތުން 5 (ފަހެއް) މިނެޓުގެ ފޯނު ކޯލެއް ދޭންވާނެއެވެ.
(ށ) ޖަލުގައި ހުރި ކޮންމެ މީހަކަށްވެސް، ޖަލުގެ ޑައިރެކްޓަރ އޮފް ޕްރިޒަން ކަނޑައަޅާ އުސޫލަކުން މަހަކު މަދުވެގެން 14 (ސާދަ) މިނެޓުގެ ފޯންކޯލް ދޭންވާނެއެވެ.
(ނ) އެކަހެރި ބައްދަލުވުން ދެވޭނީ މަހަކު 1 (އެކެއް) ފަހަރު ގިނަވެގެން 12 (ބާރަ) ގަޑިއިރަށެވެ.
(ރ) ގައިދީއާ އެކަހެރި ބައްދަލުކުރުމަށް ޖަލުން ބޭރުން އަންނަ ފަރާތުން ޖަލަށް ޒިޔާރަތްކުރުމުގެ އިންތިޒާމު ހަމަޖައްސާނީ އެފަރާތުން އަމިއްލައަށެވެ.
19 ވަނަ މާއްދާ – އާއިލާއަށް ފޯނުކުރުން
(ހ) ގައިދީއަކު ނުވަތަ ބަންދުމީހަކު ޖަލަށް ގެންނަތާ 24 (ސައުވީސް) ގަޑިއިރުގެ ތެރޭގައި، އެ މީހަކު ބަންދުގައި ހުރިކަން އާއިލާއަށް އެންގުމުގެ ގޮތުން 5 (ފަހެއް) މިނެޓުގެ ފޯނު ކޯލެއް ދޭންވާނެއެވެ.
(ށ) ޖަލުގައިހުރި ކޮންމެ މީހަކަށްވެސް، ޖަލުގެ ޑައިރެކްޓަރ އޮފް ޕްރިޒަމް ކަނޑައަޅާ އުސޫލަކުން މަހަކު މަދުވެގެން 14 (ސާދަ) މިނެޓުގެ ފޯނުކޯލް ދޭންވާނެއެވެ.
(ނ) ފޯންކޯލް ލިބޭނީ ގައިދީގެ ނުވަތަ ބަންދުމީހާގެ އާއިލާއަށް ގުޅުމަށް ޖަލު އޮފީހުގައި ރަޖިސްޓަރީކޮށްފައިވާ ނަންބަރުތަކަށް އެކަންޏެވެ. މިގޮތުން ކޮންމެ މީހަކަށްވެސް ގިނަވެގެން 10 (ދިހައެއް) ނަންބަރު ރަޖިސްތަރީ ކުރެވިދާނެއެވެ. މިގޮތުން ރަޖިސްޓަރީ ކޮށްފައިވާ ނަންބަރެއްގެ ވެރިފަރާތުން، ގައިދީ ނުވަތަ ބަންދުމީހާ، އެ ނަންބަރަށް ގުޅުމަށް އިއުތިރާޒުކުރާނަމަ، އެ ނަންބަރެއް ރަޖިސްޓަރީން އުނިކުރެވޭނެއެވެ.
(ރ) މި މާއްދާގެ (ނ) ގެ ދަށުން ރަޖިސްޓަރީ ކޮށްފައިވާ 10 (ދިހައެއް) ނަންބަރުގެ ތެރެއިން ނަންބަރެއް ނުވަތަ ނަންބަރު ތަކެއް، ސެކިއުރިޓީ ސަބަބުތަކަށްޓަކައި އުނިކުރުމުގެ އިހުތިޔާރު ޑައިރެކްޓަރ އޮފް ޕްރިޒަންއަށް ލިބިގެންވެއެވެ. އަދި މިގޮތުން އުނިކުރެވޭ ކޮންމެ ނަންބަރަަކަށް، ބަދަލުގައި އެހެން ނަންބަރެއް ރަޖިސްތަރީކުރުމުގެ ފުރުސަތު ދޭންވާނެއެވެ.
(ބ) ގައިދީން ނުވަތަ ބަންދުމީހުންގެ ފޯނުކޯލްތައް އަޑު އެހުމާއި ރިކޯޑުކުރުމުގެ އިހުތިޔާރު ޑައިރެކްޓަރ އޮފް ޕްރިޒަންއަށް ނުވަތަ ޑައިރެކްޓަރ އޮފް ޕްރިޒަން ކަނޑައަޅާ ފަރާތަކަށް ލިބިގެންވެއެވެ. އަދި މިގޮތުން އުނިކުރެވޭ ކޮންމެ ނަންބަރަަކަށް، ބަދަލުގައި އެހެން ނަންބަރެއް ރަޖިސްޓަރީކުރުމުގެ ފުރުސަތު ދޭންވާނެއެވެ.
(ބ) ގައިދީން ނުވަތަ ބަންދުމީހުންގެ ފޯނުކޯލްތައް އަޑު އެހުމާއި ރިކޯޑުކުރުމުގެ އިހުތިޔާރު ޑައިރެކްޓަރ އޮފް ޕްރިޒަންއަށް ނުވަަތަ ޑައިރެކްޓަރ އޮފް ޕްރިޒަންއަށް ނުވަތަ ޑައިރެކްޓަރ އޮފް ޕްރިޒަން ކަނޑައަޅާ ފަރާތަކަށް ލިބިގެންވެއެވެ. އަދި ދެކެވޭ ވާހަކަތަކަކީ ދިވެހިރާއްޖޭގެ ގާނޫނާއި ގަވާއިދާ ހިލާފު ނުވަތަ ޖަލުގެ ސަލާމަތާ ރައްކާތެރިކަމަށް ބުރޫއަރާފަދަ ވާހަކަތަކެއް ކަމުގައިވާނަމަ، ފޯނުކޯލްގެ ގުޅުން ކަނޑާލުމުގެ އިހުތިޔާރު ޑައިރެކްޓަރ އޮފް ޕްރިޒަންއަށް ނުވަތަ ޑައިރެކްޓަރ އޮފް ޕްރިޒަން ކަނޑައަޅާ ފަރާތަކަށް ލިބިގެންވެއެވެ.
(ޅ) މި މާއްދާގެ (ނ) ގެ ދަށުން ރަޖިސްޓަރީކުރާ ނަންބަރުތަކަކީ ދިވެހިރާއްޖޭގައި މުވާސަލާތީ ހިދުމަތްދޭ ފަރާތްތަކުގެ ނަންބަރުތަކަށް ވާންވާނެއެވެ.
20 ވަނަ މާއްދާ – ސިޓީލިޔާނެ ތަކެއްޗާއި ކިޔާނެ ފޮތް ލިބެން ހުރުން
ޖަލުގެ ޑައިރެކްޓަރ އޮފް ޕްރިޒަން ކަނޑައަޅާ ޖަލު އަމުރެއްގެ ދަށުން ސިޓީ ލިޔާނެ ތަކެއްޗާއި ކިޔާނެ ފޮތް ގައިދީންނަށާއި ބަންދުމީހުންނަށް ލިބޭނެ އިންތިޒާމު ހަމަޖައްސައިދޭންވާނެއެވެ.
21 ވަަނަ މާއްދާ – އަަސާސީ ހިދުމަތެއް ހިފެހެއްޓުން ނުވަތަ ހަނިކުރުން
ޖަލުތަކާއި ޕެރޯލްގެ ގާނޫނުގެ 47 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، ތިރީގައި ބަޔާންކޮށްފައިވާ ހާލަތްތަކުގައި ޖަލުގެ ޑައިރެކްޓަރ އޮފް ޕްރިޒަން ކަނޑައަޅާ ޖަލު އަމުރެއްގެ ދަށުން، މި ގަވާއިދުގެ 6 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އަސާސީ ހިދުމަތްތަކުގެ ތެރެއިން، އެ މާއްދާގެ (ހ)،(ށ)،(ނ)،(ރ)،(ބ)،(ކ)،(އ) އަދި (ފ) ގައި ބަޔާންކޮށްފައިވާ ހިދުމަތްތައް ފިޔަވައި އެނޫން ހިދުމަތްތައް ނުވަތަ އެއިން ބައެއް 3 (ތިނެއް) މަސްދުވަހަށް ވުރެ އިތުރު ނުވާނެ މުއްދަތަކަށް ހިފެހެއްޓިދާނެއެވެ.. އަދި އެކަން ލިޔުމުން އެފަރާތަކަށް އަންގަންވާނެއެވެ.
(ހ) ޖަލުގެ ސަލާމަތާ ރައްކާތެރިކަމާއި މަސްލަހަތު ދެމެހެއްޓުމުގެ ގޮތުން؛
(ށ) ގައިދީން ނުވަތަ ބަންދުމީހުން އިސްލާހު ކުރުމުގެ ގޮތުން
22 ވަނަ މާއްދާ ގައިދީންނަށް ދެވޭނެ އިނާޔަތްތައް
(ހ) ދިވެހިރާއްޖޭގެ ޖަލުތަކާއި ޕެރޯލްގެ ގާނޫޫނާއި އެ ގާނޫނުގެ ދަށުންހަދާ ގަވާއިދުތަކާ ހިލާފުނުވާނޭ ގޮތުގެމަތިން ކޮމިށަނަރ އޮފް ޕްރިޒަންސްގެ މަޝްވަރާއާއެކު ޖަލުގެ ޑައިރެކްޓަރ އޮފް ޕްރިޒަން ކަނޑައަޅާ އިނާޔަތްތަކެއް ޖަލުގައި ތިބޭ ގައިދީންނަށް ދެވިދާނެއެވެ.
(ށ) ގައިދީންނަށްދެވޭ އިނާޔަތްތައް އެކި ޖަލުތަކުގައި ނުވަތަ ސަލާމަތީ ގިންތީގެ އެކި ދަރަޖަތަކުގައި ތިބޭ ގައިދީންނަށް ތަފާތު ކުރެވިދާނެއެވެ. މިގޮތުން ކޮންމެ ޖަލެއްގައިވެސް އެ ޖަލެއްގައި ތިބޭ ގައިދީންނަށް ދެވޭނެ އިނާޔަތްތަކާއި އެ އިނާޔަތްތައް ދެވޭނެ ގޮތުގެ ޖަލު އަމުރެއް ތައްޔާރުކުރަންވާނެއެވެ. މިގޮތުން ދެވޭ އިނާޔަތްތަކުގެ ތެރޭގައި ތިރީގައި ބަޔާންކޮށްފައިވާ އިނާޔަތްތައް ހިމަންނަންވާނެއެވެ.
- ގައިދީން ބަންދުކޮށްފައި ތިބޭ ތަނުން ނުކުމެ އެހެން ގައިދީންނާއެކު ވަގުތު ހޭދަކުރެވޭ ގޮތަށް ހަމަޖެއްސުން.
- ދިވެހިރާއްޖޭގެ ޖަލުތަކާއި ޕެރޯލްގެ ގާނޫނުގެ 85 ވަނަ މާއްދާގެ ދަށުން ބައްދަލުކުރުމުގެ ފުރުސަތު އިތުރު ކުރުން
- ގައިދީން ކާވެނި ކުރެވޭނެ ގޮތް ހަމަޖެއްސުން.
23 ވަނަ މާއްދާ – އިނާޔަތް މެދުކެނޑާލުން
(ހ) ގައިދީއަކު ޖަލުގެ ގަވާއިދާ ހިލާފުވެއްޖެނަމަ، އެ މީހަކު ކުރި ކުށުގެ ކުޑަބޮޑުމިނަށް ބަލައި، އެމީހަކަށް ދީފައިވާ އިނާޔަތްތައް ކަނޑައެޅޭ ވަކި މުއްދަތަކަށް އުނިކުރުމުގެ އިހުތިޔާރު ޖަލުގެ ޑައިރެކްޓަރ އޮފް ޕްރިޒަންއަށް ލިބިގެންވެއެވެ. މިގޮތުން އިނާޔަތް އުނިކުރުމާބެހޭ ޖަލު އަމުރެއް އާންމު ކުރަންވާނެއެެވެ.
(ށ) އެއްވެސް ގައިދީއަަކަށްދީފައިވާ އިނާޔަތްތައް އުނިކުރަންވާނީ، އެ ގައިދީއަކު ކުރިކުށެއް ރަނގަޅަށް ބަލައި، އެކަމާގުޅޭ ރިޕޯޓު ތައްޔާރު ކުރުމަށްފަހު އެ ރިޕޯޓުގެ މައްޗަށް ބިނާކޮށެވެ.
(ނ) އެއްވެސް ގައިދީއަކަށްދީފައިވާ އިނާޔަތްތައް އުނިކުރާނަމަ، އެކަން އެ ގައިދީއަކަށް ލިޔުމުން އަންގަންވާނެއެވެ. މިގޮތުން އެ ލިޔުމުގައި ތިރީގައި ބަޔާންކޮށްފައިވާ މައުލޫމާތު ހިމަނަންވާނެއެވެ.
- އިނާޔަތްތައް ނިގުޅައިގަނެވޭ ސަބަބު؛
- ނުގުޅައިގަނެވޭނީ ކޮން އިނާޔަތްތަކެއްކަން؛
- އިނާޔަތްތައް ކަނޑާލެވޭ މުއްދަތާއި އެ އިނާޔަތްތައް އަލުން ލިބޭނެ ތާރީހު
24 ވަނަ މާއްދާ – ސްޕެށަލް ޕްރޮޓެކްށަން ދޭންޖެހޭ ކަމަށް ކަނޑައަޅާ ގައިދީންނާއި ބަންދު މީހުންނަށް ދޭންޖެހެ އިނާޔަތްތަކާއި، ހިދުމަތްތައް
ސްޕެށަލް ޕްރޮޓެކްށަން ދޭންޖެހޭ ކަމަށް ކަނޑައަޅާ ގައިދީންނާއި ބަންދު މީހުންނަށް ދޭންޖެހޭ އިނާޔަތްތަކާއި ހިދުމަތްތައް ދިނުމުގައި އަމަލުކުރާނީ މިނިސްޓަރުގެ ލަފަޔާ އެއްގޮތަށެވެ.
މި ގަވާއިދަށް ގެނެވުނު އިސްލާހު
އުވި ގަވާއިދު
މައި ގާނޫނު
ޖަލުތަކާއި ޕެރޯލްގެ ގާނޫނު (ގާނޫނު ނަންބަރު 2013-14)
ކިޔުންތެރިންގެ ހިޔާލު