ސިވިލް ސަރވިސްގެ ގަވާއިދު 2014 (ގަވާއިދު ނަންބަރު 2014-311) އަށް 19 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު
(ގަވާއިދު ނަންބަރު 2026-61)
(މި ގަވާއިދަށް އަމަލުކުރަން ފެށީ 2 ޖުލައި 2026 ގައި)
ގަވާއިދު ނަންބަރު 2014-311 (ދިވެހި ސިވިލް ސަރވިސް ސަރވިސްގެ ގަވާއިދު) އަށް އަންނަނިވި އިސްލާހުައް ގެނައުން.
1 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 5 ވަނަ މާއްދާގެ (ކ) ގެ (1) ވަނަ ނަންބަ ރާއި (4) ވަނަ ނަންބަރު އުނިކުރުން.
2 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 104 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރު، އަންނަނިވި ގޮތަށް އިސްލާހުކުރުން.
ވަޒީފާއިން ވަކިކުރުމުގެ ކުރިން ނޯޓިސްދިނުން 104.
(1) (އެކެއް) އަހަރުދުވަހަށް ވުރެ ދިގުނޫން މުއްދަތަކަށް ވަޒީފާގައި ބަހައްޓައިފައިވާ މުވައްޒަފަކަށް 2 (ދޭއް) ހަފުތާގެ ނޯޓިސް؛
3 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 122 ވަނަ މާއްދާ، އަންނަނިވި ގޮތަށް އި ސްލާހުކުރުން.
މިސްކިތު މުވައްޒަފުންގެ މަސައްކަތު ވަގުތު 122.
(ހ) މިސްކިތު އިމާމުންނާއި މުދިމުންގެ ރަސްމީ މަސައްކަތު ވަގުތަކީ ނަމާދުވަގުތަށް މިސްކިތް ތައްޔާރުވެފައިވޭތޯ ބެލުމާއި، ނަމާދުގެ ވަގުތުތަކަށް މިސްކިތަށް ހާޒިރުވެ ވަގުތަށް ބަންގި ގޮވުމާއި ނަމާދުކުރުން ހިމެނޭގޮތަށް ފަރުޒު ފަސްނަމާދުގެ ވަގުތެވެ. އަދި މިސްކިތު އިމާމުންނާއި މުދިމުން، ކޮންމެ ނަމާދު ވަގުތެއްގެ 5 (ފަހެއް) މިނިޓުގެ ކުރިން މިސްކިތަށް ހާޒިރުވާންވާނެއެވެ.
(ށ) މިސްކިތު މަސައްކަތު މުވައްޒަފުން، ކޮންމެ ފަރުޒު ނަމާދަކަށް މިސްކިތް ފޮޅައި ސާފުކޮށް، ނަމާދު ވަގުތަށް މިސްކިތް ތައްޔާރުކުރުމަށާއި، ނަމާދުކޮށް ނިމުމުން މިސްކިތް ސާފުކޮށް ބެލެހެއްޓުމަށް ޓަކައި، ކޮންމެ ނަމާދު ވަގުތެއްގެ 15 (ފަނަރަ) މިނިޓުގެ ކުރިން މިސްކިތަށް ހާޒިރުވާންވާނެއެވެ. އަދި ކޮންމެ ނަމާދު ވަގުތަކަށް މަދުވެގެން 30 (ތިރީސް) މިނިޓު މިސްކިތުގައި ހޭދަކުރަންވާނެއެވެ. އަދި މީގެ އިތުރުން، މިސްކިތާއި މިސްކިތު ގޯތިތެރެ ސާފުކޮށް ބެލެހެއްޓުމަށް އެ މިސްކިތް ނިސްބަތްވާ ކައުންސިލުގެ އިދާރާއަކުން ކަނޑައަޅާ ގޮތެއްގެ މަތީން މުވައްޒަފުން ލައްވައި މަސައްކަތް ކުރުވިދާނެއެވެ.
(ނ) މިސްކިތު މަސައްކަތު މުވައްޒަފުން، މަދުވެގެން ދުވާލަކު 5 (ފަހެއް) ގަޑިއިރު މަސައްކަތުގައި ހޭދަކުރަންވާނެއެވެ.
4 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 123 ވަނަ މާއްދާ، އަންނަނިވި ގޮތަށް އިސްލާހުކުރުން.
މިސްކިތު މުވައްޒަފުންގެ ހާޒިރީއާ ގުޅިގެން ދެވޭ އިނާޔަތް 123.
މިސްކިތު މުވައްޒަފުންގެ ހާޒިރީއާ ގުޅިގެން ދެވޭ އިނާޔަތް ދިނުމާއި، އެ އިނާޔަތްތަކުން އުނިކުރާނީ ދައުލަތުގެ ޕޭ ފްރޭމްވަރކްގެ މިންގަނޑުތަކުގެ ދަށުން މިސްކތު މުވައްޒަފުންނަށް ކަނޑައަޅާ ހާއްސަ އިނާޔަތްތައް ދިނުމުގެ މިންގަނޑުގައިވާ ގޮތުގެ މަތީންނެވެ.
5 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 125 ވަނަ މާއްދާގެ (ހ) އާއި (ށ) އަންނަނިވި ގޮތަށް އިސްލާހުކޮށް، އެ މާއްދާގެ (ރ) އުނިކުރުން.
މިސްކިތު މުވައްޒަފުންގެ ގަޑީލާރި ކެނޑުން 125.
(ހ) މިސްކިތު އިމާމުންނާއި މުދިމުން، ފަރުޒު ފަސްނަމާދުގެ ތެރެއިން ނަމާދެއްގައި ބަންގި ގޮވައި އިމާމުވެ ނަމާދު ނުކުރާ ނަމަ، އެ ނަމާދަކަށް ހާޒިރުނުވާކަމުގައި ބެލެވޭނެއެވެ. އަދި އެއީ ދުވާލުގެ މަސައްކަތުގެ 5 (ފަހެއް) ގަޑިއިރުގެ ތެރެއިން 1 (އެކެއް) ގަޑިއިރު ވަޒީފާއަށް ހާޒިރުނުވީކަމުގައި ބަލައި، އެ ވަގުތަށް ވާ މިންވަރު އޭނާގެ މުސާރައާއި މަގާމުގެ އެލަ ވަންސުން އުނިކުރަންވާނެއެވެ.
(ށ) މިސްކިތު އިމާމުންނާއި މުދިމުން ހާޒިރުވާންޖެހޭ ވަގުތަށް ވުރެ ލަހުން ހާޒިރުވެއްޖެ ނަމަ ނުވަތަ ފަރުޒު ފަސް ނަމާދަށް މިސްކިތް ތައްޔާރުކުރުމަށާއި، މިސްކިތާއި މިސްކިތުގެ ގޯތިތެރެ ފޮޅައި ސާފުކުރުމަށް ނުވަތަ މިސްކިތާއި ގޯތިތެރެ ބެލެހެއްޓުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް ކަނޑައަޅައިފައިވާ މިންވަރަށް ވަގުތު ހޭދަކޮށްފައިނުވާ ނަމަ އެ ވަގުތަކަށް ވާ މިންވަރު އޭނާގެ މުސާރައާއި މަގާމުގެ އެލަ ވަންސުން އުނިކުރަންވާނެއެވެ.
(ރ) އުނިކުރުމަށް
6 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 170 ވަނަ މާއްދާ، އަންނަނިވި ގޮތަށް އިސްލާހުކުރުން.
މަސައްކަތު ގަޑިއާއި ހުސްވަގުތުކޮޅު 170.
(ހ) އާންމުގޮތެއްގައި އޮފީސްތަކުގެ ރަސްމީ މަސައްކަތު ގަޑިއަކީ ސަރުކާރުން ކަނޑައަޅައިފައިވާ ވަގުތެވެ. ދަންފަޅި އުސޫލުން މަސައްކަތްކުރަންޖެހޭ މުވައްޒަފުންގެ ރަސްމީ މަސައްކަތު ގަޑިއަކީ އެ ދަންފަޅިއަކަށް ކަނޑައަޅައިފައިވާ ގަޑިއެވެ.
(ށ) މެދުކެނޑުމެއްނެތި 5 (ފަހެއް) ގަޑިއިރަށް ވުރެ އިތުރަށް މުވައްޒަފަކު ލައްވައި މަސައްކަތްކުރުވާ ނަމަ، 30 (ތިރީސް) މިނިޓުގެ ހުސް ވަގުތުކޮޅެއް މުވައްޒަފަށް ދޭންވާނެއެވެ. ނަމަވެސް، ގާނޫނު ނަންބަރު 2008-02 (ވަޒީފާއާބެހޭ ގާނޫނު) ގެ 34 ވަނަ މާއްދާގެ (ހ) ގެ ދަށުން އިސްތިސްނާވާ މުވައްޒަފުންނަށް، އެ މުވައްޒަފުންނާއި އެ މުވައްޒަފުން މަސައްކަތްކުރާ އިދާރާއާ ދެމެދު އެއްބަސްވާ ގޮތެއްގެ މަތީން، ކަނޑައަޅާ އުސޫލެއްގެ ދަށުން ހުސްވަގުތުކޮޅު ދެވިދާނެއެވެ.
(ނ) މި މާއްދާގެ (ށ) ގައިވާ ގޮތުގެ މަތީން ދެވޭ ހުސްވަގުތުކޮޅުގެ އިތުރުން، މަސައްކަތު ގަޑީގައި ނަމާދު ވަގުތެއް ގެއްލޭ ނަމަ، ނަމާދުކުރުމަށް ޓަކައި 15 (ފަނަރަ) މިނިޓުގެ ހުސްވަގުތުކޮޅެއް ދޭންވާނެއެވެ. އަދި މަސައްކަތު ވަގުތުގައި ނަމާދު ވަގުތެއް ނުވަދެ 4 (ހަތަރެއް) ގަޑިއިރު ހޭދަވާ ނަމަ، 15 (ފަނަރަ) މިނިޓުގެ ހުސްވަގުތުކޮޅެއް ދޭންވާނެއެވެ.
(ރ) މުވައްޒަފުން ވަޒީފާއަށް ހާޒިރުވާ ވަގުތާއި، މަސައްކަތް ނިންމައި އޮފީހުން ދާ ވަގުތާއި، ހުސްވަގުތުކޮޅަށްދާ ވަގުތާއި، އެނބުރި މަސައްކަތަށް ރުޖޫއަވީ ވަގުތު ރިކޯޑުކޮށް ބަލަހައްޓަންވާނެއެވެ. އަދި ރަސްމީ ބޭނުންތަކަށާއި އަމިއްލަ ބޭނުންތަކަށް އޮފީހުން ބޭރަށްދާ ވަގުތާއި، އޮފީހަށް އެނބުރި އަންނަ ވަގުތު ވެސް ރިކޯޑުކޮށް ބަލަހައްޓަންވާނެއެވެ.
7 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 170 ވަނަ މާއްދާގެ ފަހަތަށް 1-170 ވަނަ މާއްދާއާއި، 2-170 ވަނަ މާއްދާގެ ގޮތުގައި އަންނަނިވި ގޮތަށް ދެ މާއްދާ އިތުރުކުރުން
ބަފަރ ޓައިމް 1-170.
(ހ) ބަފަރ ޓައިމަކީ، މުވައްޒަފުންނަށް ދިމާވާ ހާއްސަ ހާލަތަކާ ގުޅިގެން، ރަސްމީ މަސައްކަތު ގަޑި ފެށޭ ވަގުތަށް އޮފީހަށް ހާޒިރުނުވެވޭ ދުވަސްތަކަށް، އިތުރު ހުއްދައަކާ ނުލައި މަސައްކަތު ގަޑި އެޖަސްޓުކުރުމަށް ދެވޭ ވަގުތެކެވެ. މި ވަގުތުގެ ފަހަށް އެއްވެސް ސަބަބަކާ ހުރެ އޮފީހަށް ހާޒިރުވާ ގަޑި އެޖަސްޓުކޮށެއް ނުދެވޭނެއެވެ.
(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެ މަތީން އެ މުވައްޒަފެއްގެ ރަސްމީ މަސައްކަތު ވަގުތު ފެށޭ ގަޑިން ފެށިގެން މުވައްޒަފުންނަށް 30 (ތިރީސް) މިނިޓުގެ ބަފަރ ޓައިމެއް ލިބޭނެއެވެ.
(ނ) މި މާއްދާގެ (ހ) އާއި (ށ) ގައި ބަޔާންކޮށްފައިވާ ހާލަ ތުގައި ވެސް ގަޑިނުޖެހި އޮފީހަށް ހާޒިރުވެވޭނެ އެންމެ ލަސް ވަގުތަކަށް ދެވޭނީ، ރަސްމީ މަސައްކަތު ގަޑި ފެށިގެން 30 (ތިރީސް) މިނިޓާ ހަމަޔަށެވެ. ބަފަރ ޓައިމްގެ ތެރޭގައި މުވައްޒަފު ހާޒިރުވާ ނަމަ، މުވައްޒަފު ސަބަބު ބަޔާންކޮށް އެކަން އެ އޮފީހެއްގެ ހިއުމަން ރިސޯސް ސެކްށަނަށް ނުވަތަ އެ އިދާރާއަކުން ކަނޑައަޅާ ގޮތެއްގެ މަތީން، އެ ދުވަހެއްގެ އެ މުވައްޒަފެއްގެ ރަސްމީ މަސައްކަތު ގަޑި ނިމުމުގެ ކުރިން އަންގަންވާނެއެވެ. ބަފަރ ޓައިމްގެ ގޮތުގައި ލިބޭ 30 (ތިރީސް) މިނިޓުގެ ފަހުން އޮފީހަށް ހާޒިރުވާ ނަމަ ބަލާނީ ގަޑިޖެހުނީކަމުގައެވެ.
(ރ) މި މާއްދާގެ (ށ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ބަފަރ ޓައިމްގެ ތެރޭގައި މުވައްޒަފު އޮފީހަށް ހާޒި ރުވި ވަގުތަށް ބަލައި، އޮފީސް ނިމޭ ގަޑި އެ މިންވަރަށް ފަސްކުރެވޭނެއެވެ.
މިސާލު: ރަސްމީ މަސައްކަތު ވަގުތަކީ 6 (ހައެއް) ގަޑިއިރު ކަމަށް ވެފައި، ރަސްމީ މަސައްކަތު ވަގުތު ފެށޭ ގަޑިއަކީ 8:00 ކަމުގައި ވާ ނަމަ، މުވައްޒަފު 8:15 ގައި އޮފީހަށް ހާޒިރުވެއްޖެ ހިނދު، އެ ދުވަހެއްގައި އެ މުވައްޒަފުގެ ރަސްމީ މަސައްކަތު ގަޑި ނިމޭ ގަޑިއަކަށް ވާނީ 14:15 އެވެ.
(ބ) މި މާއްދާގެ ދަށުން އަންނަނިވި މުވައްޒަފުން އިސްތިސްނާވާނެއެވެ.
- އޮފީސް ހުޅުވައި ލެއްޕުމުގެ އުސޫލުގެ ދަށުން މަސްއޫލިއްޔަތު ހަވާލުކޮށްފައި ތިބޭ މުވައްޒަފުން؛
- ދަންފަޅި އުސޫލުން ނުވަތަ ށިފްޓް ޑިއުޓީ އުސޫލުން މަސައްކަތް ކުރަންޖެހޭ މުވައްޒަފުން؛
- މިސްކިތު މުވައްޒަފުން؛
- އާންމު ރައްޔިތުންނަށް ސީދާގޮތެއްގައި އޮފީހުގެ ރަސްމީ ގަޑިއާ އެއްގޮތަށް ހިދުމަތް ފޯރުކޮށްދޭ މުވައްޒަފުން.
- މި އަކުރުގެ ދަށުން އިސްތިސްނާވެފައި ނެތް ނަމަވެސް، އެ މުވައްޒަފުގެ މަގާމުގެ ގޮތުން އިސްތިސްނާ ކުރަންޖެހޭ މުވައްޒަފުން މި މާއްދާއާ އެއްގޮތަށް އިސްތިސްނާކުރާނީ އެ އިދާރާއަކުން ސިވިލް ސަރވިސް ކޮމިށަނަށް ހުށަހަޅައި، އެ ކޮމިށަނުންނެވެ.
އޮފީހަށް ހާޒިރުނުވެ މަސައްކަތްކުރުން 2-170.
(ހ) މުވައްޒަފަށް ދިމާވާ ހާއްސަ ހާލަތަކާ ގުޅިގެން، ސިއްހީ ވުޒާރާގައި ރަޖިސްޓަރީކޮށްފައިވ،ާ ސިއްހީ މަސައްކަތްތެރިއެއްގެ ލިޔުމެއް ނުވަތަ އެފަދަ ލިޔުމެއް ދޫކުރި ގައުމެއްގައި ރަޖިސްޓަރީކޮށްފައިވާ ސިއްހީ މަރުކަޒަކުން، ސިއްހީ މަސައްކަތްތެރިޔަކު ދޫކޮށްފައިވާ ލިޔުމަށް ރިއާޔަތްކޮށްއެ މުވައްޒަފަކަށް އޮފީހަށް ނުކުމެ މަސައްކަތް ނުކުރެވޭނެ ހާލަތެއް ދިމާވެއްޖެ ނަމަ، އެ އިދާރާއަކަށް އެދި ހުށަހެޅުމުން، މި މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން އޮފީހަށް ހާޒިރުނުވެ މަސައްކަތްކުރުމުގެ ހުއްދަ އެ އިދާރާއެއްގެ ސިވިލް ސަރވިސްގެ އެންމެ އިސްވެރިޔާއަށް ދެވިދާނެއެވެ.
(ށ) މި މާއްދާގެ (ހ) ގެ ދަށުން އޮފީހަށް ހާޒިރުނުވެ މަސައްކަތްކުރުމުގެ ހުއްދަ ދިނުމުގައި އަންނިވި ކަންކަމަށް ރިއާޔަތް ކުރަންވާނެއެވެ.
- އޮފީހަށް ހާޒިރުނުވެ މަސައްކަތްކުރުމުގެ ހުއްދަ ދޭންވާނީ، މުވައްޒަފާ ހަވާލުކޮށްފައިވާ މަސައްކަތްތަކަކީ އޮފީހަށް ހާޒިރުނުވެ، އެކަށީގެންވާ ގޮތެއްގައި ކުރެވޭނެ މަސައްކަތްތަކެއް ކަމުގައިވާ ނަމައެވެ.
- އޮފީހަށް ހާޒިރުނުވެ މަސައްކަތްކުރުމުގެ ހުއްދަ ދިނުމުގައި މުވައްޒަފާ ހަވާލުކުރެވޭ މަސައްކަތްތައް ނުވަތަ ޓާސްކުތައް އަދާކުރުމަށް ބޭނުންވާ ވަސީލަތްތަކާއި، މަސައްކަތްކުރުމަށް އެކަށޭނަ މާހައުލެއް އޮތްކަން ކަށަވަރުކުރަންވާނެއެވެ.
- އޮފީހަށް ހާޒިރުނުވެ މަސައްކަތްކުރުމުގެ ހުއްދަ ދިނުމުގައި އިދާރާއިން ދޭ އެއްވެސް ހިދުމަތަކަށް ހުރަސްނޭޅޭނެކަން ކަށަވަރުކުރުމާއެކު، މުވައްޒަފު އޮފީހަށް ހާޒިރުނުވެ ކުރާ މަސައްކަތްތައް ނުވަތަ ޓާސްކުތައް މުވައްޒަފަށް ހަވާލުކުރެވި، އެ މަސައްކަތްތައް ނިންމާ މިންވަރު ދުވަހުންދުވަހަށް ސުޕަވައިޒުކޮށް، މޮނިޓަރކޮށް ބަލަހައްޓަންވާނެއެވެ.
- އޮފީހަށް ހާޒިރުނުވެ މަސައްކަތްކުރުމުގެ ހުއްދަދެވޭ މުވައްޒަފަކު އޮފީހަށް ހާޒިރުވާންޖެހޭ ފަދަ ހާލަތެއް މެދުވެރިވެގެން މުވައްޒަފު މަސައްކަތްކުރާ އިދާރާއިން އަންގައިފި ނަމަ، އޮފީހަށް ހާޒިރުވާންވާނެއެވެ.
- އޮފީހަށް ހާޒިރުނުވެ މަސައްކަތްކުރުމަށް ހުއްދަދެވޭ މުވައްޒަފުންގެ މަސައްކަތް ބަލައި، މުވައްޒަފަށް އެދެވޭ މިންވަރަށް މަސައްކަތް ނުކުރެވޭކަމަށް އިދާރާއަށް ފާހަގަކުރެވިއްޖެ ނަމަ، އޮފީހަށް ހާޒިރުނުވެ މަސައްކަތްކުރުމަށް ދީފައިވާ ހުއްދަ ނިމުމަކަށް ގެނެވިދާނެއެވެ.
- އޮފީހަށް ހާޒިރުނުވެ މަސައްކަތްކުރުމަށް އެދެވޭނީ، އެކަމަށް ޓަކައި އިދާރާއިން ކަނޑައަޅާ އެއްބަސްވުމުގައި ސޮއިކުރުމަށްފަހުގައެވެ. މި އެއްބަސްވުމުގައި، މަސައްކަތުގެ މައުލޫމާތާއި ސިއްރު ހިފެހެއްޓުމަށް ވެސް އިގުރާރުވާންވާނެއެވެ.
- މަސައްކަތުގެ ބާވަތުން އޮފީހަށް ނުވަތަ އެ މަސައްކަތެއް އޮތް ތަނަކަށް ކޮންމެހެން ހާޒިރުވާންޖެހޭ މުވައްޒަފުން (މިސާލު: ޓީޗަރުންނާއި ނަރުހުން ފަދަ ފަންނުތަކުގެ މުވައްޒަފުންނާއި، ހިންގުމުގެ އިސްފަންތީގެ މުވައްޒަފުން) އޮފީހަށް ހާޒިރުނުވެ މަސައްކަތްކުރުމަށް ހުއްދަ ދިނުމުގައި އިސްތިސްނާވާނެއެވެ.
8 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 171 ވަނަ މާއްދާގެ (ހ) އަންނަނިވި ގޮތަށް އިސްލާހުކުރުން.
އޮފީހުން ބޭރަށްދިއުމާއި، ރަށުން ބޭރަށްދިއުން 171.
(ހ) މި ގަވާއިދުގެ ދަށުން މުވައްޒަފަށް ދެވޭ ހުސްވަގުތުކޮޅުގެ އިތުރުން، އޮފީހުގެ ރަސްމީ މަސައްކަތު ގަޑީގައި މުވައްޒަފަކު އަމިއްލަ ބޭނުމެއްގައި އޮފީހުން ބޭރަށް ދާންވާނީ، ކޮންމެހެން ނުގޮސް ނުވެއްޖެ ހާލަތެއްގައި، އެ ކަމެއްގެ މުހިންމުކަން ބަޔާންކޮށް، އެ މުވައްޒަފުގެ ސުޕަވައިޒަރުގެ ހުއްދަ ލިބިގެންނެވެ. މިގޮތަށް ހުސްވަގުތުކޮޅުގެ އިތުރުން އޮފީހުން ބޭރަށްދާ ވަގުތު، ކޮންމެ ހަފުތާއެއްގެ ރަސްމީ މަސައްކަތު ފަހު ދުވަހުގެ ނިޔަލަށް ހިދުމަތްކޮށް ހަމަކުރަންވާނެއެވެ. އަދި އަމިއްލަ ކަންކަމުގައި މުވައްޒަފުން އޮފީހުން ބޭރުގައި ހޭދަކުރާ ވަގުތު، ސަބަބާއެކު، ރިކޯޑުކޮށްފައި އޮންނަންވާނެއެވެ. އަދި އެ ވަގުތުތައް އިތުރުގަޑީގެ މަސައްކަތުގެ ގޮތުގައެއް ނުހިމެނޭނެއެވެ.
9 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 173 ވަނަ މާއްދާ އުނިކުރުން.
10 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 174 ވަނަ މާއްދާގެ (ނ) އަންނަނިވި ގޮތަށް އިސްލާހުކުރުން
ރޭނގަޑު 12:00 ގެ ފަހުން ހާއް ސަ މަސައްކަތް ކުރަންޖެހޭ މުވައްޒަފު ވަޒީފާއަށް ނުކުންނަންޖެހޭ ވަގުތު ކަނޑައެޅުން 174.
(ނ) މި މާއްދާގެ (ހ) އާއި (ށ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، އެ ދުވަހަކަށް އެ މުވައްޒަފު ވަޒީފާ އަދާކުރުމަށް ކަނޑައެޅިފައިވާ ވަގުތު، އެ މަސައްކަތު ހަފުތާއެއްގެ ރަސްމީ މަސައްކަތު ފަހު ދުވަހުގެ ނިޔަލަށް ހިދުމަތްކޮށް ހަމަކުރަންވާނެއެވެ. އަދި އެ ވަގުތުތައް އިތުރުގަޑީގެ މަސައްކަތުގެ ގޮތުގައެއް ނުހިމެނޭނެއެވެ.
11 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 182 ވަނަ މާއްދާގެ (ހ) އަންނަނިވި ގޮތަށް އިސްލާހުކުރުން.
ވިހެއުމާ ގުޅިގެން ދެވޭ އިނާޔަތްތައް 182.
(ހ) މުވައްޒަފަކު ވިހެއުމާ ގުޅިގެން ލިބޭ ޗުއްޓީ ހަމަކޮށް ވަޒީފާއަށް ނުކުންނަ ދުވަހުން ފެށިގެން، ދަރިފުޅުގެ އުމުރުން 2 (ދޭއް) އަހަރު ފުރުމާ ހަމަޔަށް ދަރިފުޅަށް ކޮށްދޭންޖެހޭ ކަންތައް ކޮށްދިނުމަށް ޓަކައި، މުސާރައިން ނުކެނޑޭގޮތަށް، ކޮންމެ ދުވަހަކު ވެސް ދަރިފުޅު ގާތަށް ދިއުމަށް 30 (ތިރީސް) މިނިޓުގެ ހުސްވަގުތުކޮޅެއ،ް މަސައްކަތުގެ ވަގުތުގެ ތެރެއިން 2 (ދޭއް) ފަހަރު ދޭންވާނެއެވެ.
12 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 259 ވަނަ މާއްދާގެ (ނ) އަންނަނިވި ގޮތަށް އިސްލާހުކުރުން.
މުުސާރައާއި އިނާޔަތްތައް ނުލިބޭ ގޮތަށް އޮފީހަށް ނުކުތުން މަނާކުރެވޭ ހާލަތްތަކާއި މުއްދަތު 259.
(ނ) ވަކި ލައިސަންސެއް އޮވެގެން ވަޒީފާ އަދާކުރަންޖެހޭ މުވައްޒަފެއްގެ ލައިސަންސްގެ މުއްދަތު ހަމަވުން.
މި ހާލަތުގައި މުވައްޒަފު އޮފީހަށް ނުކުތުން މަނާކުރެވިފައިވާ މުއްދަތު 30 (ތިރީސް) ދުވަހަށް ވުރެ އިތުރުވާ ނަމަ، މި ގަވާއިދުގެ 103 ވަނަ މާއްދާގެ (ރ) އަށް ރިއާޔަތްކޮށްފައި، އެ މުވައްޒަފު ވަޒީފާއިން ވަކިކުރަންވާނެއެވެ.
13 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ ޖަދުވަލު 5 އިސްލާހުކުރުން.
14 ވަނަ މާއްދާ - މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.
ޖަދުވަލު 5
ދިވެހި ސިވިލް ސަރވިސްގެ ވަޒީފާއަށް ވަންނަން އެދޭ މީހުންގެ ކުށާއި ދަރަނީ ރިކޯޑު ބަލާ ފޯމު
މައި ގަވާއިދު
ސިވިލް ސަރވިސްގެ ގަވާއިދު 2014 (ގަވާއިދު ނަންބަރު 2014-311)
ކޮންސޮލިޑޭޓެޑް ގަވާއިދު
ސިވިލް ސަރވިސްގެ ގަވާއިދު 2014 (ކޮންސޮލިޑޭޓެޑް ނަންބަރު 2014-311)
ކިޔުންތެރިންގެ ހިޔާލު