ޓޫރިސްޓް ރިޒޯޓެއް ނުވަތަ އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓެއް ތަރައްޤީކޮށް ހިންގުމަށް ރަށް ނުވަތަ ބިން ނުވަތަ ފަޅ،ު ދައުލަތުގެ ކުންފުނިތަކަށް ކުއްޔަށް ދޫކުރުމާ ގުޅޭ ގަވާއިދު
(ގަވާއިދު ނަންބަރު 2026-55)
(މި ގަވާއިދަށް އަމަލުކުރަން ފެށީ 18 ޖޫން 2026 ގައި)
(ނޯޓް: މި ގަވާއިދުގެ މާއްދާއެއް ގަވާއިދު ނަންބަރު 2023-163 ގެ މާއްދާއަކާއި ހިލާފުވާނަމަ އިސްކަން ދެވެނީ މި ގަވާއިދުގެ މާއްދާތަކަށެވެ)
1 ވަނަ މާއްދާ - ތައާރުފާއި ނަން
(ހ) މިއީ ގާނޫނު ނަންބަރު 1999-02 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ގާނޫނު) ގެ 5 ވަނަ މާއްދާގެ (ރ) ގެ (4) ވަނަ ނަންބަރަށާއި، 5 ވަނަ މާއްދާގެ (ރ) ގެ (8) ވަނަ ނަންބަރަށް ރިއާޔަތްކޮށް، އެ ގާނޫނުގެ 52 ވަނަ މާއްދާގެ ދަށުން ބާރު ލިބިގެން އެކުލަވައިލާ، ދައުލަތުގެ ކުންފުނިތަކަށް ޓޫރިސްޓް ރިޒޯޓާއި އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓް ތަރައްގީކޮށް ހިންގުމަށް ރަށް ނުވަތަ ބިން ނުވަތަ ފަޅު ކުއްޔަށް ދޫކުރުމުގައި އަމަލުކުރާނެ އުސޫލުތައް ކަނޑައެޅުމުގެ ގޮތުން އެކުލަވައިލައިފައިވާ ގަވާއިދެކެވެ.
(ށ) މި ގަވާއިދަށް ކިޔާނީ "ޓޫރިސްޓް ރިޒޯޓެއް ނުވަތަ އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓެއް ތަރައްގީކޮށް ހިންގުމަށް ރަށް ނުވަތަ ބިން ނުވަތަ ފަޅު، ދައުލަތުގެ ކުންފުނިތަކަށް ކުއްޔަށް ދޫކުރުމާ ގުޅޭ ގަވާއިދު" އެވެ.
2 ވަނަ މާއްދާ - މަގްސަދު
މި ގަވާއިދުގެ މަގްސަދަކީ، ދައުލަތުގެ ކުންފުނިތަކުން ޓޫރިސްޓް ރިޒޯޓެއް ނުވަތަ އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓެއް ތަރައްގީކޮށް ހިންގުމަށް ރަށް ނުވަތަ ބިން ނުވަތަ ފަޅު ކުއްޔަށް ދިނުމުގައި ބެލެވޭނެ ށަރުތުތަކާއި، ކުއްޔަށް ދެވޭނެ ހާލަތްތަކާއި، ކުއްޔަށް ދިނުމުގައި އަމަލުކުރާނެ ގޮތް ބަޔާންކުރުމާއި، އެ ތަންތަން ވަކިކުރުމާއި، އަދި އެހެނިހެން ކަންތައްތައް ކަނޑައެޅުމެވެ.
3 ވަނަ މާއްދާ - ޓޫރިސްޓް ރިޒޯޓެއް ނުވަތަ އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓެއް ތަރައްގީކުރުމަށް ރަށް ނުވަތަ ބިން ނުވަތަ ފަޅު ކުއްޔަށް ދެވޭނެ ށަރުތުތައް
މި ގަވާއިދުގެ ދަށުން ޓޫރިސްޓް ރިޒޯޓެއް ނުވަތަ އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓެއް ތަރައްގީކުރުމަށް ރަށް ނުވަތަ ބިން ނުވަތަ ފަޅެއް ކުއްޔަށް ދެވޭނީ އަންނަނިވި ށަރުތުތައް ފުރިހަމަވާނަމައެވެ.
(ހ) ދައުލަތުގެ ކުންފުންޏަކަށް ރަށެއް ނުވަތަ ބިމެއް ނުވަތަ ފަޅެއް ދޫކުރުމަށް ވަޒީރުންގެ މަޖިލީހުން ނިންމައި، އެފަދައިން ދޫކުރާނެ ރަށް ނުވަތަ ބިން ނުވަތަ ފަޅު އަދި އެ ތަނެއް ދޫކުރާނެ ދައުލަތުގެ ކުންފުނ،ި ވަޒީރުންގެ މަޖިލީހުން ފާސްކޮށްފައިވުން.
(ށ) ރަށް ނުވަތަ ބިން ނުވަތަ ފަޅު ދޫކުރުމަށް ކަނޑައަޅާ ދައުލަތުގެ ކުންފުންޏަކ،ީ އެ ތަނުގައި ޓޫރިސްޓް ރިޒޯޓެއް ނުވަތަ އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓެއް ތަރައްގީކުރުމުގެ މާލީ ގާބިލުކަމާއި ފަންނީ ގާބިލުކަން ހުރި ކުންފުންޏެއް ކަމުގައި ވުން.
(ނ) އެ ރަށް ނުވަތަ ބިން ނުވަތަ ފަޅު ކުއްޔަށްދޭ ދައުލަތުގެ ކުންފުންޏެއްގައި ސަރުކާރުގެ މަދުވެގެން %45 (ސާޅީސް ފަހެއް އިންސައްތަ) ހިއްސާ އޮންނަ ކުންފުންޏެއް ކަމުގައި ވުން.
(ރ) މި ގަވާއިދުގެ 8 ވަނަ މާއްދާގެ ދަށުން ކަނޑައަޅައިފައިވާ ފަދައިން ލީސް އެކުއިޒިށަން ފީ ސަރުކާރަށް ދެއްކުން.
(ބ) މި ގަވާއިދުގެ 9 ވަނަ މާއްދާގެ ދަށުން ކަނޑައަޅައިފައިވާ ފަދައިން ކޯޕަރޭޓް ސޯށަލް ރެސްޕޮންސިބިލިޓީ (ސީ.އެސް.އާރު.) ފައިސާ ދެއްކުން ނުވަތަ އެ މާއްދާގައި ކަނޑައަޅައިފައިވާ ފަދައިން މިނިސްޓްރީން ކަނޑައަޅާ ތަރައްގީގެ މަށްރޫއަކަށް ހަރަދުކޮށްފައިވުން ނުވަތަ ހަރަދުކުރަން އެއްބަސްވެފައިވުމާއެކު، އެ ހަރަދުކުރާނެ ގޮތުގެ މިނިސްޓްރީއަށް ގަބޫލުކުރެވޭ ޕްލޭނެއް ހުށަހަޅައިފައިވުން.
4 ވަނަ މާއްދާ - ޓޫރިސްޓް ރިޒޯޓެއް ނުވަތަ އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓެއް ތަރައްގީކުރުމަށް ރަށް ނުވަތަ ބިން ނުވަތަ ފަޅު ކުއްޔަށް ދިނުމުގައި އަމަލުކުރާނެ ގޮތް
(ހ) ދައުލަތުގެ ކުންފުންޏަކުން ށައުގުވެރިކަން ފާޅުކޮށް ރަށަކަށް ނުވަތަ ބިމަކަށް ނުވަތަ ފަޅަކަށް އެދި، މި ގަވާއިދުގެ 5 ވަނަ މާއްދާގެ (ށ) ގައިވާ ލިޔެކިޔުންތަކާއެކު މިނިސްޓްރީއަށް ހުށަހެޅުން.
(ށ) ރަށަކަށް ނުވަތަ ބިމަކަށް ނުވަތަ ފަޅަކަށް އެދި ހުށަހަޅާ ހުށަހެޅުން، މި ގަވާއިދުގެ 6 ވަނަ މާއްދާގައިވާ ގޮތަށް އިބްތިދާއީގޮތުން ބެލުން.
(ނ) މި މާއްދާގެ (ށ) ގެ ދަށުން ހުށަހަޅައިފައިވާ ހުށަހެޅުމުގައި ހިމެނޭ ލިޔެކިޔުންތައް އިބްތިދާއީގޮތުން ބެލުމަށްފަހު، ހުރިހާ ލިޔެކިޔުމެއް ހަމަކޮށް، ލިޔުންތަކާއެކު ކަރުދާހެއް ތައްޔާރުކޮށް ވަޒީރުންގެ މަޖިލީހަށް ހުށަހެޅުން.
(ރ) އެ ރަށެއް ނުވަތަ ބިމެއް ނުވަތަ ފަޅެއް ކުއްޔަށްދިނުމުގެ ކުރިން، އެ ރަށެއް ނުވަތަ އެ ބިމެއް ނުވަތަ އެ ފަޅެއް ފަތުރުވެރިކަމުގެ ބޭނުމަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައެޅުން.
(ބ) އެ ރަށެއް ނުވަތަ އެ ބިމެއް ނުވަތަ އެ ފަޅެއް ދައުލަތުގެ ކުންފުންޏަށް ކުއްޔަށް ދިނުމަށްފަހު، ކުލީގެ އެއްބަސްވުމުގައި ސޮއިކުރާތާ 14 (ސާދަ) ދުވަހުގެ ތެރޭގައި އެކަމާބެހޭ ތަފުސީލީ މައުލޫމާތު ލިޔުމުން އޮޑިޓަރ ޖެނެރަލްގެ އޮފީހާ، މިނިސްޓްރީން ހިއްސާކުރުން.
5 ވަނަ މާއްދާ - ށައުގުވެރިކަން ފާޅުކޮށް މިނިސްޓްރީއަށް ހުށަހަޅަންޖެހޭ ލިޔެކިޔުންތައް
(ހ) ދައުލަތުގެ ކުންފުންޏަކުން ށައުގުވެރިކަން ފާޅުކޮށް، ރަށަކަށް ނުވަތަ ބިމަކަށް ނުވަތަ ފަޅަކަށް އެދި ހުށަހަޅާއިރު ހުށަހަޅަންވާނީ، އެ ކުންފުންޏަކުން އެ ރަށެއްގައި ނުވަތަ އެ ބިމެއްގައި ނުވަތަ އެ ފަޅެއްގައި، އެ ކުންފުނީގެ ހަރަދުގައި ޓޫރިސްޓް ރިޒޯޓެއް ނުވަތަ އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓެއް ތަރައްގީކޮށް ހިންގުމަށް އެދިއެވެ.
(ށ) މިި މާއްދާގެ (ހ) ގެ ދަށުން ށައުގުވެރިކަން ފާޅުކޮށް ހުށަހަޅާއިރު އަންނަނިވި މައުލޫމާތުތަކާއި ލިޔެކިޔުންތައް ހުށަހަޅަން ޖެހޭނެއެވެ.
- ށައުގުވެރިވާ ރަށް ނުވަތަ ބިން ނުވަތަ ފަޅުގެ ތަފުސީލު (ރަށެއް ނަވެ، ރަށް ފާހަގަކުރެވޭނެ ޖިއޮގްރަފިކް ކޯޑިނޭޓްސްއާއި ރަށުގެ ނަން، ނުވަތަ ބިމެއް ނަވެ، ބިން ހިމެނޭ ރަށުގެ ނަމާއެކީ ބިން ފާހަގަކުރެވޭނެ ޖިއޮގްރަފިކް ކޯޑިނޭޓްސްއާއި، ބިމުގެ ނަންބަރު ނުވަތަ ނަން، ނުވަތަ ފަޅެއް ނަވެ، ފަޅު ފާހަގަކުރެވޭނެ ޖިއޮގްރަފިކް ކޯޑިނޭޓްސް)؛
- ކުންފުނީގެ ޕްރޮފައިލާއި ކުންފުނީގެ އަސާސީ ގަވާއިދު؛
- ކުންފުނީގެ ރަޖިސްޓްރޭށަން ސެޓުފިކެޓާއި، ޓޫރިސްޓް ރިޒޯޓެއް ނުވަތަ އިންޓެގްރޭޓެޑް ޓޫރިސްޓް ރިޒޯޓެއް ތަރައްގީކޮށް ހިންގުމަށް ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން ފާސްކޮށްފައިވާ ޑިރެކްޓަރުންގެ ބޯޑުގެ ގަރާރު، ކުންފުނީގެ މާލީ ގާބިލުކަން އަންގައިދޭ ލިޔުން؛
- ކުންފުނީގެ ފަންނީ ގާބިލުކަން އަންގައިދޭ ލިޔުން.
- ށައުގުވެރިކަން ފާޅުކޮށް ހުށަހަޅައިފައިވާ ރަށެއްގައި ނުވަތަ ބިމެއްގައި ނުވަތަ ފަޅެއްގައި ތަރައްގީކޮށް ހިންގުމަށް ކަނޑައަޅައިފައިވާ މަށްރޫއުގެ ތަފުސީލު؛ ލީސް އެކުއިޒިށަން ކޮސްޓް ދައްކަން ހުށަހަޅާ ގޮތް؛
6 ވަނަ މާއްދާ - އިބްތިދާއީގޮތުން ބަލާ ބެލުން
(ހ) މި ގަވާއިދުގެ 5 ވަނަ މާއްދާގެ (ށ) ގެ ދަށުން މިނިސްޓްރީއަށް ހުށަހަޅާ ލިޔެކިޔުންތައް މި ގަވާއިދުގެ 4 ވަނަ މާއްދާގެ ދަށުން ވަޒީރުންގެ މަޖިލީހަށް ހުށަހެޅުމުގެ ކުރިން، އިބްތިދާއީގޮތުން ބަލަންވާނެއެވެ. އިބްތިދާއީގޮތުން ބެލުމުގައި މި ގަވާއިދުގެ ދަށުން ހުށަހަޅަންޖެހޭ ހުރިހާ ލިޔެކިޔުންތައް ހުރިތޯއާއި، ސޮއިކުރަންޖެހޭ ތަންތަނުގައި ސޮއިކޮށްފައި ހުރިތޯއާއި، ކުންފުނީގެ ތައްގަނޑު ޖަހަންޖެހޭ ލިޔުންތަކުގައި ތައްގަނޑު ޖަހައިފައި ހުރުމުގެ އިތުރުން، އެނޫންވެސް މިފަދަ ކަންކަން ފުރިހަމަވެފައިވޭތޯ ބަލަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގެ ދަށުން އިބްތިދާއީގޮތުން ބަލާއިރުގައި ލިޔެކިޔުންތައް ފުރިހަމަނުވާ ނަވެ، ލިޔެކިޔުން ފުރިހަމަކުރުމަށް، ހުށަހަޅާ ފަރާތަށް 10 (ދިހައެއް) ދުވަހުގެ މުއްދަތެއް ލިޔުމުން ދޭންވާނެއެވެ. އަދި މި 10 (ދިހައެއް) ދުވަހުގެ ތެރޭގައި ލިޔެކިޔުން ފުރިހަމަކޮށް މިނިސްޓްރީއަށް ހުށަހަޅައިފައިނުވާ ނަވެ، އެ ފަރާތުގެ ހުށަހެޅުން ބާތިލުކުރުމުގެ އިހުތިޔާރު މިނިސްޓްރީއަށް ލިބިގެންވެއެވެ.
7 ވަނަ މާއްދާ - ވަޒީރުންގެ މަޖިލީހުން ގޮތެއް ނިންމުން
މި ގަވާއިދުގެ ދަށުން ދައުލަތުގެ ކުންފުންޏަކުން ޓޫރިސްޓް ރިޒޯޓެއް ނުވަތަ އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓެއް ތަރައްގީކޮށް ހިންގުމަށް ށައުގުވެރިކަން ފާޅުކޮށް ހުށަހަޅައިފައިވާ ދައުލަތުގެ ކުންފުންޏަށް، އެ ރަށް ނުވަތަ އެ ބިން ނުވަތަ އެ ފަޅު ދިނުމަށް ނިންމާނީ ވަޒީރުންގެ މަޖީލީހުންނެވެ.
8 ވަނަ މާއްދާ - ލީސް އެކުއިޒިށަން ކޮސްޓް ދެއްކުން
(ހ) މި ގަވާއިދުގެ ދަށުން ކުއްޔަށް ދޫކުރެވޭ ރަށް ނުވަތަ ބިން ނުވަތަ ފަޅުގެ ލީސް އެކުއިޒިށަން ކޮސްޓުގެ މިންވަރު ކަނޑައަޅާނީ މިނިސްޓްރީންނެވެ.
(ށ) މި މާއްދާގެ (ހ) ގެ ދަށުން މިނިސްޓްރީން ކަނޑައަޅައިފައިވާ ލީސް އެކުއިޒިށަން ކޮސްޓް އެކީ އެއްފަހަރާ ދައްކަންވާނެއެވެ. އަދި މި ފައިސާ ދައްކަންވާނީ، މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީއަށެވެ.
(ނ) މި މާއްދާގެ (ށ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ދައުލަތުގެ ކުންފުންޏަކަށް ކުއްޔަށް ދޫކުރާ ރަށުގެ ނުވަތަ ބިމުގެ ނުވަތަ ފަޅުގެ ލީސް އެކުއިޒިށަން ކޮސްޓް، ސަރުކާރުން އެ ކުންފުންޏަކަށް ދައްކަންޖެހޭ ފައިސާއިން އަޅައިކަނޑައިދިނުމަށް އެދިއްޖެ ނަވެ، އެގޮތަށް އެކަން ކުރެވިދާނެއެވެ.
(ރ) މި މާއްދާގެ (ނ) ގައިވާ ފަދައިން ސަރުކާރުން އެ ކުންފުންޏަކަށް ދައްކަންޖެހޭ ފައިސާއިން ދައުލަތުގެ ކުންފުންޏަކަށް ކުއްޔަށް ދޫކުރާ ރަށުގެ ނުވަތަ ބިމުގެ ނުވަތަ ފަޅުގެ ލީސް އެކުއި ޒިށަން ކޮސްޓް އަޅައިކަނޑައިދޭ ހާލަތުގައި، މާލީ ކަންކަމާއި ތަރައްގީގެ ރޭވުންތެރިކަމާބެހޭ ވުޒާރާއިން ވެރިކޮށްފައިވާ (ކަށަވަރުކޮށްފައިވާ) އަދަދެއްކަން އެނގޭނޭ ލިޔުމެއް މިނިސްޓްރީއަށް ހުށަހަޅަންޖެހޭނެއެވެ.
9 ވަނަ މާއްދާ - ކޯޕަރޭޓް ސޯށަލް ރެސްޕޮންސިބިލިޓީ (ސީ.އެސް.އާރް.) ހަރަދުކުރުން
(ހ) މި ގަވާއިދުގެ ދަށުން ދައުލަތުގެ ކުންފުންޏަކަށް ރަށެއް ނުވަތަ ބިމެއް ނުވަތަ ފަޅެއް ކުއްޔަށްދޭން ނިންމާ ހާލަތުގައި ކޯޕަރޭޓް ސޯށަލް ރެސްޕޮންސިބިލިޓީ (ސީ.އެސް.އާރް.) ގެ ގޮތުގައި 500,000 )ފަސްލައްކަ) އެމެރިކާ ޑޮލަރު، ޓޫރިޒަމް ޓްރަސްޓް ފަންޑަށް ޖަމާކުރުން ނުވަތަ މި އަދަދަށް މިނިސްޓްރީން ކަނޑައަޅާ އަންނަނިވި ބާވަތްތަކުގެ މަށްރޫއަ ކަށް ހަރަދުކުރުމަށް ށަރުތުކުރެވިދާނެއެވެ.
- މީހުން ދިރިއުޅޭ ރަށްރަށުގައި އިޖުތިމާއީ މަރުކަޒުތައް ބިނާކުރުން؛
- އިންސާނީ ވަސީލަތްތައް ބިނާކުރުމުގެ ޕްރޮޖެކްޓްތަކަށް؛
- ޓާރފް ދަނޑުތަކާއި ފުޓްބޯޅަ ދަނޑުތައް ހެދުމަށް؛
- ދަތުރުވެރިންގެ ހިޔާ ހެދުމަށ.ް
(ށ) މި މާއްދާގެ (ހ) ގެ ދަށުން ބަޔާންކޮށްފައިވާ ބާވަތުގެ މަށްރޫއުތަކުގެ އިތުރުން ވެސް، ސަރުކާރުގެ ހާއްސަ ސިޔާސަތެއް ތަންފީޒުކުރުމަށް ޓަކައި ސަރުކާރުން ކަނޑައަޅައިފައިވާ ހާއްސަ މަށްރޫއަކަށް ހަރަދުކުރުމަށް ށަރުތުކުރުމަށް މި މާއްދާގެ (ހ) ހުރަހެއް ނާޅައެވެ.
(ނ) މި މާއްދާގެ (ހ) އާއި (ށ) ގެ ދަށުން މިނިސްޓްރީން ކަނޑައަޅާ މަށްރޫއަކަށް ހަރަދުކުރަން ށަރުތުކުރާ ހާލަތުގައި ހަރަދުކުރާނެ ގޮތުގެ ތަފުސީލާއި، މަސައްކަތް ކުރިޔަށްގެންދާނެ ގޮތުގެ ވަރކް ޕްލޭނާއި، ބީ.އޯ.ކިއު. މިނިސްޓްރީއަށް ހުށަހަޅަންވާނެއެވެ. އަދި މި މަސައްކަތް ކުރިޔަށްދާ ގޮތް މިނިސްޓްރީން މޮނިޓަރ ކުރަންވާނެއެވެ.
(ރ) މި މާއްދާގެ (ނ) ގެ ދަށުން މިނިސްޓްރީން ކަނޑައަޅާ މަށްރޫއަކަށް ހަރަދުކުރަން އެއްބަސްވެފައިވާ ފަދައިން ހަރަދު ނުކޮށްފި ނަވެ، ކުލީގެ އެއްބަސްވުން ބާތިލުވާނެކަމަށް މި ގަވާއިދުގެ 12 ވަނަ މާއްދާގެ ދަށުން ސޮއިކުރާ އެއްބަސްވުމުގައި ހިމަނަންވާނެއެވެ.
10 ވަނަ މާއްދާ - އެއްބަސްވުމުގެ ދަށުން ލިބޭ ހައްގުތައް އެހެން ފަރާތަކަށް ބަދަލުކުރުން
(ހ) ދައުލަތުގެ ކުންފުންޏަކަށް ރަށެއް ނުވަތަ ބިމެއް ނުވަތަ ފަޅެއް ދޫކުރުމަށް ޓަކައި ވެވޭ އެގްރީމަންޓު ނުވަތަ އެގްރީމަންޓުގެ ދަށުން ލިބިދޭ ހައްގުތައް، އެހެން އެއްވެސް ފަރާތަކަށް ބަދަލުކޮށް ނުވަތަ ކުއްޔަށްދީ ނުވަތަ ސަބްލީސްކޮށްގެން ނުވާނެއެވެ.
(ށ) މި ގަވާއިދުގެ ދަށުން ދައުލަތުގެ ކުންފުންޏަކަށް ކުއްޔަށް ދޫކޮށްފައިވާ ރަށެއްގައި ނުވަތަ ބިމެއްގައި ނުވަތަ ފަޅެއްގައި ތަރައްގީކޮށް ހިންގާ ޓޫރިސްޓް ރިޒޯޓެއް ނުވަތަ އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓެއްގެ މެނޭޖްމަންޓް، ގަވާއިދު ނަންބަރު 2010-14 (ޓޫރިސްޓް ރިޒޯޓުތަކާ ގުޅޭ ހައްގުތައް ބަދަލުކުރުމާބެހޭ ގަވާއިދު) ގައި ބަޔާންކޮށްފައިވާ އިޖުރާތުތަކާ އެއްގޮތަށް ތިންވަނަ ފާރާތަކާ ހަވާލުކުރެވިދާނެއެވެ.
(ނ) ދައުލަތުގެ ކުންފުންޏަކަށް ކުއްޔަށް ދޫކޮށްފައިވާ ރަށުގެ ނުވަތަ ބިމުގެ ނުވަތަ ފަޅުގެ ކުލީގެ އެގްރީމަންޓުގެ މުއްދަތުގެ ތެރޭގައި، ދައުލަތުގެ ކުންފުނީގައި ހިމެނޭ ސަރުކާރުގެ ހިއްސާ %45 (ސާޅީސް ފަހެއް އިންސައްތަ) އަށް ވުރެ ދަށްވާނެ ފަދަ ގޮތަކަށް، އެ ކުންފުނީގައި ހިމެނޭ ސަރުކާރުގެ ހިއްސާއަށް ބަދަލެއް ގެނެސްގެން ނުވާނެއެވެ.
11 ވަނަ މާއްދާ - މީހުން ދިރިއުޅޭ ރަށްރަށުގެ އިހްތިސާސް ގެ ތެރޭގައިވާ ސަރަހައްދެއް ނުވަތަ ބިމެއް ނުވަތަ ފަޅެއް ސަރުކާރު ކުންފުނިތަކުން ތަރައްގީކުރެވޭނެ ގޮތްތައް
(ހ) މީހުން ދިރިއުޅޭ ރަށްރަށުގެ އިހްތިސާސްގެ ތެރޭގައިވާ ސަރަހައްދެއް ނުވަތަ ބިމެއް ނުވަތަ ފަޅެއް ކުއްޔަށް ދޫކުރެވޭނީ މި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީންނެވެ.
(ށ) މި ގަވާއިދުގެ ދަށުން ދައުލަތުގެ ކުންފުނިތަކަށް ތަރައްގީކުރެވޭނީ ޓޫރިސްޓް ރިޒޯޓެއް ނުވަތަ އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓެއް ކަމަށް ބަޔާންކޮށްފައި ވީނަމަވެސް، މީހުން ދިރިއުޅޭ ރަށްރަށުގައި ދައުލަތުގެ ކުންފުނިތަކަށް ތަރައްގީކުރެވޭނީ އިންޓަގްރޭޓަޑް ޓޫރިސްޓް ޑިވަލޮޕްމަންޓެއްގެ ގޮތުގައި ގެސްޓްހައުސްތަކާއި ހޮޓާތަކެވެ.
(ނ) މި މާއްދާގެ (ށ) ގެ ދަށުން މީހުން ދިރިއުޅޭ ރަށްރަށުގައި ދައުލަތުގެ ކުންފުންޏަކުން ގެސްޓްހައުސްއެއް ނުވަތަ ހޮޓަލެއް ތަރައްގީކުރާ ހާލަތުގައި އެ ރަށް ނުވަތަ ބިން ނުވަތަ ފަޅު، ފަތުރުވެރިކަމުގެ ބޭނުމަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅަންވާނެއެވެ.
12 ވަނަ މާއްދާ - އެއްބަސްވުމުގައި ސޮއިކުރުން
މި ގަވާއިދުގައިވާ ގޮތުގެ މަތީން ދައުލަތުގެ ކުންފުންޏަކަށް ރަށެއް ނުވަތަ ބިމެއް ނުވަތަ ފަޅެއް ދޫކުރަންވާނީ، އެ ރަށް ނުވަތަ ބިން ނުވަތަ ފަޅު ދޫކުރެވޭ ފަރާތާއި ދިވެހި ސަރުކާރާ ދެމެދު ސޮއިކުރެވޭ އެއްބަސްވުމެއްގެ ދަށުންނެވެ. އަދި މި އެއްބަސްވުމުގައި، ގާނޫނު ނަންބަރު 1999-02 (ދިވެހިރާއްޖޭގެ ޓޫރިޒަމާ ބެހޭ ގާނޫނު) ގެ 6 ވަނަ މާއްދާގެ ދަށުން އެއްބަސްވުމުގައި ހުރުން ލާޒިމުކޮށްފައިވާ މާއްދާތައް ހިމަނަންވާނެއެވެ.
13 ވަނަ މާއްދާ - މާނަކުރުން
މި ގަވާއިދުގައި އިބާރާތެއް ނުވަތަ ލަފުޒެއް ބޭނުންކޮށްފައިވާ ގޮތުން ކަނޑައެޅިގެން އެހެން މާނައެއް ދޭހަނުވާހައި ހިނދަކު، އަންނަނިވި އިބާރާތްތަކާއި ލަފުޒުތަކަށް ދީފައި އެވަނީ، އެ އިބާރާތްތަކާއި ލަފުޒުތަކަށް ތިރީގައި ދީފައިވާ މާނަކުރުމެވެ.
(ހ) "މިނިސްޓްރީ" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 1999-02 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ގާނޫނު) ގެ ދަށުން ދިވެހިރާއްޖޭގެ ފަތުރުވެރިކަމާބެހޭ ގޮތުން ކުރަންޖެހޭ އެންމެހައި ކަންކަން އިންތިޒާމުކޮށް ބެލެހެއްޓުމުގެ މަސްއޫލިއްޔަތުއެ އިރެއްގައި ރައީސުލްޖުމްހޫރިއްޔާ ހަވާލުކޮށްފައިވާ ވުޒާރާއަށެވެ.
(ށ) "ދައުލަތުގެ ކުންފުނި" ކަމަށް ބުނެފައި އެވަނީ، އެ ކުންފުންޏެއްގައި ސަރުކާރުގެ މަދުވެގެން %45 (ސާޅީސް ފަހެއް އިންސައްތަ) ހިއްސާ އޮންނަ ކުންފުނިތަކަށެވެ.
14 ވަނަ މާއްދާ - ގަވާއިދަށް އަމަލުކުރަން ފެށުން
(ހ) މި ގަވާއިދަށް އަމަލުކުރަން ފަށާނީ، މި ގަވާއިދު، ދިވެހި ސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.
(ށ) މި ގަވާއިދުގެ ދަށުން އިންޓަގްރޭޓެޑް ޓޫރިސްޓް ރިޒޯޓު ތަރައްގީކޮށް ހިންގުމަށް ކުއްޔަށް ދެވޭ ތަންތަން ހިންގުމުގައި އަމަލުކުރަންވާނީ، ގަވާއިދު ނަންބަރު 2023-163 (އިންޓަގްރޭޓެޑް ޓޫރިސްޓް ރިޒޯޓް ތަރައްގީކޮށް ހިންގުމާބެހޭ ގަވާއިދު) އަށެވެ. އަދި މި ގަވާއިދުގެ މާއްދާއަކާއި، ގަވާއިދު ނަންބަރު 2023-163 (އިންޓަގްރޭޓެޑް ޓޫރިސްޓް ރިޒޯޓް ތަރައްގީކޮށް ހިންގުމާބެހޭ ގަވާއިދު) ގެ މާއްދާއަކާ ތައާރުޒުވާ ހާލަތުގައި އިސްކަންދޭނީ މި ގަވާއިދުގެ މާއްދާއަށެވެ.
ކިޔުންތެރިންގެ ހިޔާލު