-

ސިންގަލް-ޔޫސް ޕްލާސްޓިކު މަދުކުރުމާ ގުޅޭ ގަވާއިދު

(ގަވާއިދު ނަންބަރު 2026-51)

(މި ގަވާއިދަށް އަމަލުކުރަނ ފެށީ 9 ޖޫން 2026 ގައި)

 

1 ވަނަ މާއްދާ - ތަހާރުފާއި ނަން

(ހ) މި ގަވާއިދަކީ، ތިމާވެށްޓަށް ގެއްލުންދޭ އެއްޗެހީގެ ތެރެއިން، ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ ސިންގަލް-ޔޫސް ޕްލާސްޓިކުގެ ބާވަތްތައް ފިޔަވައި، ދިވެހިރާއްޖޭގައި ބޭނުންކުރާ ސިންގަލް-ޔޫސް ޕްލާސްޓިކުގެ ބާވަތްތައް މަދުކުރުމާ ގުޅޭގޮތުން ހަމަލުކުރާނެ ގޮތް ބަޔާންކުރުމަށް ޓަކައި، ގާނޫނު ނަންބަރު 2022-24 (ކުނި މެނޭޖުކުރުމުގެ ގާނޫނު) ގެ 31 ވަނަ މާއްދާގެ ދަށުން ބާރު ލިބިގެން އެކުލަވައިލައިފައިވާ ގަވާއިދެކެވެ.

(ށ) މި ގަވާއިދަށް ކިޔާނީ، "ސިންގަލް-ޔޫސް ޕްލާސްޓިކު މަދުކުރުމާ ގުޅޭ ގަވާއިދު" އެވެ.

 

2 ވަނަ މާއްދާ - މަގުސަދު 

މި ގަވާއިދުގެ މަގުސަދުތައް، ތިރީގައި މިވަނީއެވެ.

(ހ) ތިމާވެށްޓަށް ގެއްލުންދޭ އެއްޗެހީގެ ތެރެއިން، ދިވެހިރާއްޖޭގައި ސިންގަލް-ޔޫސް ޕްލާސްޓިކުގެ ބާވަތްތައް ބޭނުންކުރާ މިންވަރު މަދުކުރުން. 

(ށ) ގާނޫނު ނަންބަރު 2022-24 (ކުނި މެނޭޖުކުރުމުގެ ގާނޫނު) ގެ 30 ވަނަ މާއްދާއާއި، ގާނޫނު ނަންބަރު 1979-31 (ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓްގެ ގާނޫނު) ގެ 7 ވަނަ މާއްދާގެ ދަށުން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ އިހުތިޔާރާއި ބާރުގެ ދަށުން ރައީސުލްޖުމްހޫރިއްޔާ ނެރޭ ގަރާރުން މަނާކޮށްފައިވާ ސިންގަލް - ޔޫސް ޕްލާސްޓިކު ދިވެހިރާއްޖޭގައި އުފެއްދުން ނުވަތަ އެތެރެކުރުން ނުވަތަ ބާޒާރަށް ނެރުން ހުއްޓުވުމާއި، ފިޔަވަޅުއެޅުން. 

 

3 ވަނަ މާއްދާ - ގަވާއިދު ތަންފީޒުކުރުން

މި ގަވާއިދު ތަންފީޒުކުރާނީ، މިނިސްޓްރީންނާއި އޮތޯރިޓީންނާއި މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިންނެވެ.

 

4 ވަނަ މާއްދަ - ސިންގަލް-ޔޫސް ޕްލާސްޓިކުގެ ބާވަތްތައް އެތެރެކުރުން

ގާނޫނު ނަންބަރު 2022-24 (ކުނި މެނޭޖުކުރުމުގެ ގާނޫނު) ގެ 30 ވަނަ މާއްދާއާއި، ގާނޫނު ނަންބަރު 1979-31 (ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓްގެ ގާނޫނު) ގެ 7 ވަނަ މާއްދާގެ ދަށުން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ އިހުތިޔާރާއި ބާރުގެ ދަށުން ރައީސުލްޖުމްހޫރިއްޔާ ނެރޭ ގަރާރުން ދިވެހިރާއްޖެ އެތެރެކުރުން މަނާކުރާ ސިންގަލް-ޔޫސް ޕްލާސްޓިކުގެ ބާވަތެއް ދިވެހިރާއްޖެއަށް އެތެރެކޮށްފި ނަމަ، އެ އެއްޗަކާމެދު ހަމަލުކުރާނީ، ގާނޫނު ނަންބަރު 2011-08 (ދިވެހިރާއްޖޭގެ ކަސްޓަމްސްގެ ގާނޫނު) އާ އެއްގޮތްވާ ގޮތުގެ މަތީންނެވެ.

 

5 ވަނަ މާއްދާ - ދިވެހިރާއްޖޭގައި ބޭނުންކުރާ ސިންގަލް-ޔޫސް ޕްލާސްޓިކުގެ ބާވަތްތައް މަދުކުރުން

(ހ) ދިވެހިރާއްޖޭގައި ބޭނުންކުރާ ޕްލާސްޓިކުގެ ތެރެއިން ތިމާވެށްޓަށް ގެއްލުންދޭ ސިންގަލް-ޔޫސް ޕްލާސްޓިކު 2030 ގެ ނިޔަލަށް މަދުކުރުމަށް ޓަކައި، އެކަމާ ގުޅޭ ފޭސްއައުޓް ޕްލޭނެއް، މި ގަވާއިދަށް ހަމަލުކުރަން ފަށާތާ 12 (ބާރަ) މަސްދުވަހުގެ ތެރޭގައި މިނިސްޓްރީން އެކުލަވައިލައި ދިވެހި ސަރުކާރުގެ ގެޒެޓުގައި ށާއިހުކުރަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ޕްލޭން އެކުލަވައިލަންވާނީ، އެ ޕްލޭނުގައި ހިމެނޭ ސިންގަލް-ޔޫސް ޕްލާސްޓިކު ގެ ބާވަތްތައް މަދުކުރުމުގެ ސަބަބުން ތިމާވެށްޓަށާއި އިގްތިސާދަށް ކުރާނެ އަސަރަށް ރިއާޔަތްކުރުމަށްފަހު، ކަމާ ގުޅޭ އެންމެހައި ފަރާތްތަކާއެކު މަށްވަރާ ކުރުމަށްފަހުގައެވެ.

(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ޕްލޭން އެކުލަވައިލުމުގައި، އެ ޕްލޭނުގައި ހިމެނޭ ސިންގަލް-ޔޫސް ޕްލާސްޓިކުގެ ބާވަތްތައް މަދުކުރުމުގެ ސަބަބުން، އޭގެ ބަދަލުގައި ބޭނުންކުރެވޭނެ އެހެން ތަކެތި ލިބެންހުރި މިންވަރަށް ރިއާޔަތް ކުރަންވާނެއެވެ.

(ރ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ޕްލޭނުގައި ހިމަނާ ސިންގަލް-ޔޫސް ޕްލާސްޓިކުގެ ބާވަތްތަކާމެދު ހޭލުންތެރިކުރުމުގެ ޕުރޮގުރާމެއް، މިނިސްޓްރީން ރާވައި ހިންގަންވާނެއެވެ. މި ޕުރޮގުރާމުގައި، އަންނަނިވި ބައިތައް ހިމަނަންވާނެއެވެ.

  1. ސިންގަލް-ޔޫސް ޕްލާސްޓިކުގެ ބާވަތް މަނާކުރަން ކަނޑައެޅި ސަބަބު؛
  2. ސިންގަލް-ޔޫސް ޕްލާސްޓިކުގެ ސަބަބުން ތިމާވެށްޓަށް ލިބިދާނެ ގެއްލުންތައް؛
  3. މަނާކުރަން ހިމަނައިފައިވާ ސިންގަލް-ޔޫސް ޕްލާސްޓިކުގެ ބާވަތުގެ ބަދަލުގައި ބޭނުންކުރެވިދާނެ ތަކެތި؛
  4. ސިންގަލް-ޔޫސް ޕްލާސްޓިކުގެ ބާވަތްތައް މަނާކުރަން ކަނޑައަޅައިފައިވާ ތާރީހުތައް ދުރާލައި ހަނދާންކޮށްދޭނެ ގޮތްތައް.

(ބ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފޭސްއައުޓް ޕްލޭނަށް އެއްވެސް އުނިއިތުރެއް ގެނެވޭނީ، ކަމާ ގުޅޭ އެންމެހައި ފަރާތްތަކާއެކު މަށްވަރާކުރުމަށް ފަހުގައެވެ. އަދި މިގޮތަށް ގެނެވޭ އެންމެހައި އުނި އިތުރެއް މިނިސްޓްރީން ދިވެހި ސަރުކާރުގެ ގެޒެޓުގައި ށާއިހުކުރަންވާނެއެވެ.

 

6 ވަނަ މާއްދާ - ދިވެހިރާއްޖެއަށް އެތެރެކުރާ، އުފައްދާ އަދި ބާޒާރަށް ނެރޭ ސިންގަލް-ޔޫސް ޕްލާސްޓިކު ކޮތަޅު މިންކުރުން

(ހ) ރައީސުލްޖުމްހޫރިއްޔާ ނެރޭ ގަރާރުގެ ދަށުން މަނާކޮށްފައިވާ ޕްލާސްޓިކު ކޮތަޅުގެ ތެރެއިން، އެފަދަ އެއްޗެއް އެތެރެކުރާ މަރުހަލާގައްޔާއި، ބާޒާރަށް ނެރޭ މަރުހަލާގައްޔާއި، އުފައްދާ މަރުހަ ލާގައި އެ ފަދަ އެއްޗަކީ މަނާ ބާވަތުގެ އެއްޗެއްކަން ކަށަވަރުކުރުމަށް، ކޮތަޅުގެ ދިގުމިނާއި ފުޅާމިން ދެނެގަތުމަށް ޓަކައި ކޮތަޅު މިންކުރާނީ، މި ގަވާއިދުގެ ޖަދުވަލު 1 ގައި ބަޔާންކޮށްފައިވާ އުސޫލުންނެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކޮތަޅުގެ ސައިޒު މިންކުރުމުގައި، ކޮތަޅުގެ ބޯމިން ދެނެގަތުމަށް، އެ ކޮތަޅު މިންކުރާނީ، ކޮތަޅުގެ 1 (އެކެއް) ފުށުގެ ބޯމިނަށެވެ.

(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ކޮތަޅުގެ 1 (އެކެއް) ފުށުގެ ބޯމިން ކަމުގައި ބެލެވޭނީ، ކޮތަޅުގެ ކޮންމެވެސް 4 (ހަތަރެއް) ތަނަކުން މިންކުރުމަށްފަހު، އެ އަދަދުތަކުގެ އެވަރެޖް އަދަދަށެވެ. އަދި މިގޮތަށް މިންކުރުމުގައި ކޮތަޅުގެ އަތްގަނޑާއި، ކަންކަނާއި، އަރިމަ އްޗެއް ނުހިމެނޭނެއެވެ.

(ރ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ކޮތަޅުގެ ބޯމިން ދެނެގަތުމަށް ބޭނުންކުރާ އާލާތަކީ މައިކްރޯނުން މިންކުރުމަށް ބޭނުންކުރާ ފަދަ ހާއްސަ އާލަތަކަށް ވާންޖެހޭނެއެވެ. 

 

7 ވަނަ މާއްދާ - ސިންގަލް-ޔޫސް ޕްލާސްޓިކުގެ ބާވަތްތައް އުފައްދާ އަދި ބާޒާރަށް ނެރެފައި ހުންނަ ތަންތަން ބަލައި ފާސްކުރުން

(ހ) ސިންގަލް-ޔޫސް ޕްލާސްޓިކު އުފައްދާ އަދި ބާޒާރަށް ނެރޭ ފަރާތްތަކުން މި ގަވާއިދާ އެއްގޮތަށް ހަމަލުކުރޭތޯ ބެލުމަށް ޓަކައި، ސިންގަލް-ޔޫސް ޕްލާސްޓިކު އުފައްދާ އަދި ބާޒާރަށް ނެރޭ ތަންތަން، ބަލައިފާސްކުރުމުގެ އިހުތިޔާރު، އޮތޯރިޓީއަށް ނުވަތަ އެއޮތޯރިޓީން ކަނޑައަޅާ ފަރާތަކަށް ލިބިގެންވެއެވެ.

(ށ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސ،ް ސިންގަލް-ޔޫސް ޕްލާސްޓިކު އުފައްދާ އަދި ބާޒާރަށް ނެރޭ ތަންތަން، ޗެކްކޮށް އެކުލަވައިލާ ރިޕޯޓަށް ބިނާކޮށް ފިޔަވަޅު އެޅުމުގެ ބާރު ލިބިގެންވަނީ އޮތޯރިޓީއަށެވެ.

 

8 ވަނަ މާއްދާ - އިސްތިސްނާ

އަންނަނިވި ތަންތަނުގެ ބޭނުމަށް ގެނެވޭ، ސިންގަލް ޔޫސް ޕްލާސްޓިކުގެ އަންނަނިވި ބާވަތްތަކުގެ މައްޗަށް މި ގަވާއިދެއް ނުހިނގާނެއެވެ.

(ހ) ބައިނަލްއަގުވާމީ އެއަރލައިންތަކުގައި ށިޕްސްޓޯރގެ ގޮތުގައި ބޭނުންކުރުމަށް ގެންނަ ސިންގަލް-ޔޫސް ޕްލާސްޓިކުގެ ބާވަތްތައް.

(ށ) ދިވެހިރާއްޖެއިން ބޭރަށް ފުރާ ފަސިންޖަރުން ޑިއުޓީ ހިލޭ ފިހާރައިގެ ސަރަހައްދުގައި ބޭނުންކުރުމަށް ގެންނަ ސިންގަލް-ޔޫސް ޕްލާސްޓިކުގެ ބާވަތްތައް.

 

9 ވަނަ މާއްދާ - ނައްތައިލުން

(ހ) ރައީސުލްޖުމްހޫރިއްޔާގެ ގަރާރުގެ ދަށުން މަނާ ސިންގަލް-ޔޫސް ޕްލާސްޓިކުގެ ގޮތުގައި ކަނޑައަޅައިފައިވާ ބާވަތްތައް ގަވާއިދާ ހިލާފަށް ދިވެހިރާއްޖެއަށް އެތެރެކޮށްފި ނަމަ، ގާނޫނު ނަންބަރު 2011-08 (ދިވެހިރާއްޖޭގެ ކަސްޓަމްސްގެ ގާނޫނު) އާ އެއްގޮތްވާ ގޮތުގެ މަތީން އެ ތަކެތި ނައްތައި ލާނީ މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިންނެވެ.

(ށ) ރައީސުލްޖުމްހޫރިއްޔާގެ ގަރާރުގެ ދަށުން މަނާ ސިންގަލް-ޔޫސް ޕްލާސްޓިކުގެ ގޮތުގައި ކަނޑައަޅައިފައިވާ ބާވަތްތައް ގަވާއިދާ ހިލާފަށް ދިވެހިރާއްޖޭގައި އުފައްދައި އަދި ބާޒާރަށް ނެރެފިކަމުގައިވާ ނަމަ، އެ ތަކެތި ނައްތައިލުމަށް އެންގުމުގެ ބާރު އޮތޯރިޓީ ނުވަތަ އެއޮތޯރިޓީން ކަނޑައަޅާ ފަރާތަކަށް ލިބިގެންވެއެވެ. އަދި މިފަދައިން އެ ތަކެތި ނައްތައިލުމުގައި ހަމަލުކުރާނީ، ގާނޫނު ނަންބަރު 2022-24 (ކުނި މެނޭޖުކުރުމުގެ ގާނޫނު) އާއި، އެ ގާނޫނުގެ ދަށުން އެކުލަވައިލައިފައިވާ އެންމެހައި ގަވާއިދުތަކާއި އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތީން، ރާއްޖޭގެ ކުނި މެނޭޖު ކުރާ ސަރަހައްދީ މަރުކަޒެއް ހިންގުމަށް ލައިސަންސް ދީފައިވާ ފަރާތެއް މެދުވެރިކޮށެވެ.

(ނ) މި މާއްދާގެ (ށ) ގެ ދަށުން ނައްތައިލާ ތަކެތި ނައްތައިލުމަށް ސަރަހައްދީ ކުނި މެނޭޖުކުރާ މަރުކަޒަށް ހަވާލުކުރުމަށްފަހު، އެ ތަކެތި ނައްތައިލުމާ ހަމަޔަށް ހިނގާ އެންމެހައި ހަރަދަކަށް ޒިންމާވާނީ (ފީއާއި އެހެނިހެން ހަރަދު) އެ ތަކެތި ގަވާއިދާ ހިލާފަށް އުފައްދާ ނުވަތަ ބާޒާރަށް ނެރޭ ފަރާތެކެވެ.

(ރ) މި މާއްދާގެ (ހ) ގެ ދަށުން ނައްތައިލާ ތަކެތީގެ ރިކޯޑު ބަލައްޓަންވާނީ މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިންނެވެ. އަދި މި މާއްދާގެ (ށ) ގެ ދަށުން ނައްތައިލާ ތަކެތީގެ ރިކޯޑު، އޮތޯރިޓީން ބަލަހައްޓަންވާނެއެވެ. 

(ބ) މި މާއްދާގެ (ރ) ގެ ދަށުން ނައްތައިލާ ތަކެތީގެ މައުލޫމާތު ކޮންމެ އަހަރަކު 1 (އެކެއް) ފަހަރު، އެ ނައްތައިލާ ފަރާތަކުން އެ ފަރާތެއްގެ ވެބްސައިޓުގައި އާންމުކުރަންވާނެއެވެ.

 

10 ވަނަ މާއްދާ - ފިޔަވަޅުއެޅުން

(ހ) މި ގަވާއިދާ ހިލާފުވާ ފަރާތްތަކާމެދު އަންނަނިވި ގޮތުގެ މަތީން އިދާރީ ފިޔަވަޅުތައް އެޅުމުގެ އިހުތިޔާރު، އޮތޯރިޓީއަށް ލިބިގެންވެއެވެ.

  1. ގަވާއިދާ ހިލާފުވާ ފުރަތަމަ ފަހަރު، އެ ކަމެއް ތަކުރާރު ނުކުރުމަށް ނަސޭހަތްތެރިވުން؛
  2. ގަވާއިދާ ހިލާފުވާ ދެވަނަފަހަރު، އަދި އޭގެ ފަހުން ގަވާއިދާ ހިލާފުވުން ތަކުރާރުކޮށްފި ކަމުގައި ވާ ނަމަ، އެ ކަމެއް ތަކުރާރުނުކުރުމަށް ނަސޭހަތްތެރިވުމުގެ އިތުރުން، އެތެރެކޮށްފައިވާ އެއްޗެއް ނުވަތަ އުފައްދައިފައިވާ އެއްޗެއް ނުވަތަ ބާޒާރަށް ވިއްކަން ނެރޭ އެއްޗެއްގެ އަދަދަށް ބަލައި، ކޮންމެ އެއްޗަކަށް 150 (އެއްސަތޭކަ ފަންސާސް) ރުފިޔާއަށް ވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާކުރުން.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ކުރާ ޖޫރިމަނާގެ ޖުމުލަ އަދަދު 100,000 (އެއްލައްކަ) ރުފިޔާއަށް ވުރެ ގިނަވެގެން ނުވާނެއެވެ.

 

11 ވަނަ މާއްދާ - މާނަކުރުން

މި ގަވާއިދުގެ އިބާރާތެއް ނުވަތަ ލަފުޒެއް ބޭނުންކޮށްފައިވާ ގޮތުން ކަނޑައެޅިގެން އެހެން މާނައެއް ދޭހަނުވާ ނަމަ، އަންނަނިވި އިބާރާތްތަކާއި ލަ ފުޒުތަކަށް ދީފައިވަނީ، އެ އިބާރާތްތަކާއި ލަފުޒުތަކަށް ތިރީގައި ދީފައިވާ މާނަކުރުމެވެ.

(ހ) "ސިންގަލް-ޔޫސް ޕްލާސްޓިކު" ކަމަށް ބުނެފައި އެވަނީ، އެ އެއްޗެއް އެކުގައި ނުވަތަ އޭގެ ބައެއް ޕްލާސްޓިކުން ހަދައިފައިވާ އެއްޗެހީގެ ތެރެއިން، އެ އެއްޗެއް އުފައްދައިފައިވަނީ ނުވަތަ ފަރުމާކޮށްފައިވަނީ ނުވަތަ ވިއްކުމަށް ބާޒާރަށް ނެރެފައިވަނީ އެއްފަހަރަށް ވުރެ ގިނަ ފަހަރު އޭގެ ބޭނުންކުރެވޭ ގޮތަށް ކަމުގައިނުވާ ނުވަތަ އޭގައި ހިމެނޭ އެއްޗެއްގެ ބޭނުން އެއްފަހަރަށް ވުރެ ގިނަ ފަހަރު ކުރެވޭ ގޮތަށް އުފައްދައިފައިވާ ނުވަތަ ފަރުމާކޮށްފައިވާ ނުވަތަ ވިއްކުމަށް ބާޒާރަށް ނެރެފައިވާ އެއްޗެހި ފިޔަވައި އެ ނޫން ކޮންމެ އެއްޗަކަށެވެ. "ރައީސުލްޖުމްހޫރިއްޔާގެ ގަރާރު" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2022-24 (ކުނި މެނޭޖުކުރުމުގެ ގާނޫނު) ގެ 30 ވަނަ މާއްދާއާއި، ގާނޫނު ނަންބަރު 1979-31 (ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓްގެ ގާނޫނު) ގެ 7 ވަނަ މާއްދާގެ (ދ) ގެ ދަށުން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ އިހުތިޔާރާއި ބާރުގެ ދަށުން ތިމާވެށްޓަށް ގެއްލުންދޭ ސިންގަލް-ޔޫސް ޕްލާސްޓިކުގެ ތެރެއިން، ދިވެހިރާއްޖެއަށް އެތެރެކުރުމާއި، އުފެއްދުމާއި، ބާޒާރަށް ނެރުން މަނާކުރުމަށް ކަނޑައަޅައި ރައީސުލްޖުމްހޫރިއްޔާ ނެރޭ ގަރާރަށެވެ.

(ށ) "ސިންގަލް-ޔޫސް ޕްލާސްޓިކު އުފެއްދުން" ކަމަށް ބުނެފައި އެވަނީ، ސިންގަލް ޔޫސް ޕްލާސްޓިކުގެ ބާވަތެއް ބާޒާރަށް ނެރުމަށް ޓަކައި ނުވަތަ އެނޫންވެސް އެހެން ބޭނުމެއް ކުރުމަށް ޓަކައި އުފެއްދުމަށެވެ.

(ނ) "މަނާ ސިންގަލް-ޔޫސް ޕްލާސްޓިކު ބާވަތްތައް" ކަމަށް ބުނެފައި އެވަނީ، ޕްލާސްޓިކުން ތައްޔާރުކޮށްފައި ހުންނަ އެއްޗެހީގެ ތެރެއިން، ގާނޫނު ނަންބަރު 2022-24 (ކުނި މެނޭޖުކުރުމުގެ ގާނޫނު) ގެ 30 ވަނަ މާއްދާއާއި، ގާނޫނު ނަންބަރު 1979-31 (ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓްގެ ގާނޫނު) ގެ 7 ވަނަ މާއްދާގެ ދަށުން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ އިހުތިޔާރާއި ބާރުގެ ދަށުން ރައީސުލްޖުމްހޫރިއްޔާ ނެރޭ ގަރާރުން މަނާކޮށްފައިވާ ސިންގަލް-ޔޫސް ޕްލާސްޓިކުގެ ތެރެއިން ދިވެހިރާއްޖެއަށް އެތެރެކުރުން މަނާކޮށްފައިވާ އެންމެހައި ބާވަތްތަކަށާއި، އުފެއްދުން މަނާކޮށްފައިވާ އެންމެހައި ބާވަތްތަކަށާއި، ބާޒާރަށް ނެރުން މަނާކޮށްފައިވާ އެންމެހައި ބާވަތްތަކަށެވެ.

(ރ) "އެތެރެކުރުން" ކަމުގައި ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2011-08 (ދިވެހިރާއްޖޭގެ ކަސްޓަމްސްގެ ގާނޫނު) ގައި "ރާއްޖެއަށް މުދާ އިމްޕޯޓްކުރުން" މި ލަފުޒުގެ މާނައިގައެވެ.

(ބ) "ސިންގަލް-ޔޫސް ޕްލާސްޓިކް ބާޒާރަށް ނެރުން" ކަމަށް ބުނެފައި އެވަނީ، އަގު އަދާކުރުން ހިމެނޭގޮތަށް ނުވަތަ އަގު އަދާކުރުމަކާނުލައި ވިޔަސް ވިޔަފާރީގެ މުހާމަލާތެއްގެ ތެރެއިން ސިންގަލް-ޔޫސް ޕްލާސްޓިކުގެ ބާވަތެއް، ޑިސްޓްރިބިއުޓް ކުރުމަށް ޓަކައި ނުވަތަ ގަތުމަށް ޓަކައި ނުވަތަ ބޭނުންކުރުމަށް ޓަކައި ބާޒާރަށް ނެރުމަށެވެ.

(ޅ) "މިނިސްޓްރީ" ކަމަށް ބުނެފައި އެވަނީ، ތިމާވެށްޓާބެހޭ ސިޔާސަތުތައް ތަންފީޒުކުރުމުގެ މަސްއޫލިއްޔަތު އެ އިރެއްގައި ހަވާލުކޮށްފައިވާ ވުޒާރާއަށެވެ.

(ކ) "އޮތޯރިޓީ ކަމަށް ބުނެފައި އެވަނީ، "އެންވަޔަރަންމަންޓަލް ރެގިއުލޭޓަރީ އޮތޯރިޓީ" އަށެވެ.

(އ) "މޯލްޑިވްސް ކަސްޓަމްސް ސަރވިސް" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2011-08 (ދިވެހިރާއްޖޭގެ ކަސްޓަމްސްގެ ގާނޫނު) ގެ ދަށުން އުފައްދައިފައިވާ "މޯލްޑިވްސް ކަސްޓަމްސް ސަރވިސް" އަށެވެ.

(ވ) "ކޮންމެ އެއްޗަކަށް" ކަމަށް ބުނެފައި އެވަނީ، މި ގަވާއިދުގެ ދަށުން އެތެރެކޮށް އުފައްދާ އަދި ގާނޫނު ނަންބަރު 2022-24 (ކުނި މެނޭޖުކުރުމުގެ ގާނޫނު) ގެ 7 ވަނަ މާއްދާގެ ދަށުން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ އިހުތިޔާރާއި ބާރުގެ ދަށުން ރައީސުލްޖުމްހޫރިއްޔާ ނެރޭ ގަރާރުން މަނާކޮށްފައިވާ ސިންގަލް-ޔޫސް ޕްލާސްޓިކުގެ ބާވަތްތަކުގެ ތެރެއިން ވަކިވަކި އައިޓަމަށެވެ.

(މ) "ކަމާގުޅޭ އެންމެހައި ފަރާތްތައް" ކަމަށް ބުނެފައި އެވަނީ، ސިންގަލް-ޔޫސް ޕްލާސްޓިކުގެ ބާވަތްތައް އެތެރެކޮށް، އުފައްދާ އަދި ބޭނުންކުރާ އެންމެހައި ފަރާތްތަކަށެވެ.

(ފ) "ނައްތައިލުން" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2022-24 (ކުނި މެނޭޖުކުރުމުގެ ގާނޫނު) ގައި "ކުނި ނައްތާލުން" މި ލަފުޒު ބޭނުންކޮށްފައިވާ މާނަ ދޭހަވާގޮތަށެވެ.

(ދ) "މައުލޫމާތު" ކަމަށް ބުނެފައި އެވަނީ، ހުރިހާ ބާވަތެއްގެ ޑޭޓާ ނުވަތަ ލިޔެކިޔުންތައް ވެސް ހިމެނޭގޮތަށެވެ.

 

12 ވަނަ މާހްދާ - ގަވާއިދަށް ހަމަލުކުރަން ފެށުން

މި ގަވާއިދަށް ހަމަލުކުރަން ފަށާނީ، މި ގަވާއިދު، ދިވެހި ސަރުކާރުގެ ގެޒެޓުގައި ށާއިހުކުރާތާ 3 (ތިނެއް) މަސްދުވަސް ވާ ދުވަހުން ފެށިގެންނެވެ.

 

ޖަދުވަލު 1

ދިވެހިރާއް ޖޭގައި ބާޒާރުކުރަން ބޭނުންކުރާ 30x30 ސެންޓިމީޓަރު ގެ ޕްލާސްޓިކު ކުދި ކޮތަޅު މިންކުރާނެ ގޮތް 

މައި ގާނޫނު

ކުނި މެނޭޖުކުރުމުގެ ގާނޫނު (ގާނޫނު ނަންބަރު 2022-24)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު