އުމުރުން ދުވަސްވީ މީހުންގެ އަސާސީ ޕެންށަން ދިނުމުގެ ގަވާއިދު (ގަވާއިދު ނަންބަރު 2014-22) އަށް 4 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު
(ގަވާއިދު ނަންބަރު 2026-43)
(މި ގަވާއިދަށް އަމަލުކުރަން ފެށީ 17 މޭ 2026 ގައި)
މިއީ، ގަވާއިދު ނަންބަރު 2014-22 އުމުރުން ދުވަސްވީ މީހުންގެ އަސާސީ ޕެންށަން ދިނުމުގެ ގަވާއިދު އަށް 4 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދެވެ.
1 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 2 ވަނަ މާއްދާގެ (ހ) އަންނަނިވި ގޮތަށް އިސްލާހުކުރުން،
ގަވާއިދު އެކުލަވައިލުމުގެ ބާރު 2.
(ހ) މި ގަވާއިދު އެކުލަވައިލައިފައިވަނީ، ގާނޫނު ނަންބަރު 2009-08 (ދިވެހިރާއްޖޭގެ ޕެންށަނާބެހޭ ގާނޫނު) ގެ 3 ވަނަ މާއްދާއާއި 11 ވަނަ މާއްދާގެ (ބ) އާއި، ގާނޫނު ނަންބަރު 2026-01 ރީ-އެމްޕްލޯއިމަންޓްގެ ގާނޫނު) ގެ 18 ވަނަ މާއްދާގެ (ށ) ގެ ދަށުން އަސާސީ ޕެންށަން ލިބުމަށް ށަރުތު ހަމަވާ މީހުންނަށް އަސާސީ ޕެންށަން ލިބިދިނުމަށް ޓަކައި އަމަލުކުރަންވީ ގޮތުގެ އުސޫލުތައް ކަނޑައެޅުމާއި، އަސާސީ ޕެންށަން ލިބޭ މީހުން ފާހަގަކޮށް، އެ މީހުންނަށް އަސާސީ ޕެންށަން ލިބިދިނުމުގެ އިންތިޒާމުތައް ޕެންށަން އޮފީހުން ހަމަޖެއްސުމަށް ލިބިދީފައިވާ ބާރުގެ ދަށުންނެވެ.
2 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 6 ވަނަ މާއްދާގެ (ބ) ގެ ފަހަތަށް (ޅ) ގެ ގޮތުގައި، އަންނަނިވި ގޮތަށް އަކުރެއް އިތުރުކުރުން،
އަސާސީ ޕެންށަން ލިބުމަށް ފުރިހަމަވާންޖެހޭ ށަރުތުތައް 6.
(ޅ) ގާނޫނު ނަންބަރު 2026-01 ރީ-އެމްޕްލޯއިމަންޓްގެ ގާނޫނު) ގެ 18 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެ މަތީން، ރީ-އެމްޕްލޯއިމަންޓް އުސޫލުން މުވައްޒަފަކު ވަޒީފާ އަދާކުރަމުންދާ މުއްދަތުގައި، އަސާސީ ޕެންށަނުގެ ފައިސާއެއް ނުލިބޭނެއެވެ.
3 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 10 ވަނަ މާއްދާގެ (ހ) އަށް IX ވަނަ ނަންބަރުގެ ގޮތުގައި އަންނަނިވި ގޮތަށް ނަންބަރެއް އިތުރުކުރުން،
ފޯމުގައި ހިމަނަންޖެހޭ މައުލޫމާތު 10.
(ހ) IX ރީ-އެމްޕްލޯއިމަންޓް އުސޫލުގެ ދަށުން ނުވަތަ އެ ނޫން ވެސް އުސޫލެއްގެ ދަށުން ދައުލަތުގެ އިދާރާއެއްގައި ވަޒީފާ އަދާކުރަމުންދާ ނަމަ، ވަޒީފާ އަދާކުރާ ތަނާއި އަދާކުރާ ވަޒީފާއާ ގުޅޭ މައުލޫމާތު.
4 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 16 ވަނަ މާއްދާގެ (ހ) އަށް VII ވަނަ ނަންބަރުގެ ގޮތުގައި އަންނަނިވި ގޮތަށް ނަންބަރެއް އިތުރުކުރުން،
އަސާސީ ޕެންށަން ދިނުން ހުއްޓައިލުން 16.
(ހ) VII ގާނޫނު ނަންބަރު 2026-01 ރީ-އެމްޕްލޯއިމަންޓްގެ ގާނޫނު) ގެ ދަށުން ރީ-އެމްޕްލޯއިމަންޓް އުސޫލުން ވަޒީފާ އަދާކުރަން ފެށުން،
5 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 16 ވަނަ މާއްދާގެ (ރ) ގެ ފަހަތަށް (ބ) އާއި (ޅ) ގެ ގޮތުގައި އަންނަ ނިވި ގޮތަށް ދެ އަކުރު އިތުރުކުރުން،
(ބ) ގާނޫނު ނަންބަރު 2026-01 ރީ-އެމްޕްލޯއިމަންޓްގެ ގާނޫނު) ގެ ދަށުން ރީ-އެމްޕްލޯއިމަންޓް އުސޫލުން ވަޒީފާ އަދާކުރަމުންދާ ފަރާތެއް އެ ވަޒީފާއިން ވަކިވުމުން، އަސާސީ ޕެންށަން ދޭން ފެށޭނީ، ޕެންށަން އޮފީހަށް އެ މައުލޫމާތު ލިޔުމުން ހުށަހެޅުމުންނެވެ. މިގޮތުން، އަސާސީ ޕެންށަން ފައިސާ ދޭން ފަށާނީ، ވަޒީފާއިން ވަކިވެފައިވާކަން ވަޒީފާދޭ ފަރާތުން ކަށަވަރުކުރުމަށްފަހު، ވަޒީފާއިން ވަކިވި މަހާ ޖެހިގެން އަންނަ މަހުން ފެށިގެންނެވެ.
(ޅ) ގާނޫނު ނަންބަރު 2026-01 ރީ-އެމްޕްލޯއިމަންޓްގެ ގާނޫނު) ގެ ދަށުން ރީ-އެމްޕްލޯއިމަންޓް އުސޫލުން އަދާކުރަން ފެށި ވަޒީފާއިން ވަކިވުމަށްފަހު، ވަޒީފާއިން ވަކިވި މަހާ ޖެހިގެން އަންނަ މަހުގެ ނިޔަލަށް، އެ މައުލޫމާތު ލިޔުމުން ޕެންށަން އޮފީހަށް ހުށަހަޅައިފައި ނުވާ ނަމަ، އަސާސީ ޕެންށަނުގެ ފައިސާ ޖަމާކުރެވޭނީ، ވަޒީފާއިން ވަކިވިކަމުގެ މައުލޫމާތު ލިޔުމުން ޕެންށަން އޮފީހަށް ހުށަހަޅާ މަހުން ފެށިގެންނެވެ.
6 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 18 ވަނަ މާއްދާގެ (ށ) ގެ IV ވަނަ ނަންބަރު، އަންނަނިވި ގޮތަށް އިސްލާހުކުރުން،
އަސާސީ ޕެންށަނު ގެ ގޮތުގައި ދެވޭ ފައިސާގެ އަދަދު ބަދަލުކުރުން
(ށ) IV ގާނޫނު ނަންބަރު 2009-08 (ދިވެހިރާއްޖޭގެ ޕެންށަނާބެހޭ ގާނޫނު) ގެ ދަށުން ނުވަތަ އެނޫން އެހެން ގާނޫނެއްގެ ދަށުން އަދި މި ގަވާއިދުގެ ދަށުން އަސާސީ ޕެންށަން ދިނުން ހުއްޓައިލަންޖެހޭ ފަދަ ހާލަތެއް މެދުވެރިވުން،
7 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 22 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން،
ވަޒީފާ ދޭ ފަރާތުން މައުލޫމާތު ހުށަހެޅުން 22.
އަސާސީ ޕެންށަން ދިނުމުގެ ބޭނުމަށް، ވަޒީފާދޭ ފަރާތަކުން، އެ ތަނުގައި ކުރިން ވަޒީފާ އަދާކޮށްފައިވާ މުވައްޒަފަކަށް މި ގަވާއިދުގެ 4 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދަ ފައިސާއެއް ދޭ ނަމަ ނުވަތަ ރީ-އެމްޕްލޯއިމަންޓް އުސޫލުން ވަޒީފާގައި ގެންގުޅޭ ނަމަ، އެ ކަމަކާ ގުޅޭ ތަފުސީލު، ޕެންށަން އޮފީހުން ކަނޑައަޅާ ގޮތެއްގެ މަތީން ޕެންށަން އޮފީހަށް ލިޔުމުން ހުށަހަޅަންވާނެއެވެ.
8 ވަނަ މާއްދާ - މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ތާރީހުން ފެށިގެންނެވެ.
މައި ގަވާއިދު
އުމުރުން ދުވަސްވީ މީހުންގެ އަސާސީ ޕެންށަން ދިނުމުގެ ގަވާއިދު (ގަވާއިދު ނަންބަރު 2014-22)
ކޮންސޮލިޑޭޓެޑް ގަވާއިދު
އުމުރުން ދުވަސްވީ މީހުންގެ އަސާސީ ޕެންށަން ދިނުމުގެ ގަވާއިދު (ކޮންސޮލިޑޭޓެޑް ނަންބަރު 2014-22)
ކިޔުންތެރިންގެ ހިޔާލު