-

ފަނޑިޔާރުންގެ ރިޓަޔަރމަންޓް ގަވާއިދު

(ގަވާއިދު ނަންބަރު 2026-41)

(މި ގަވާއިދަށް އަމަލުކުރަން ފެށީ 14 މޭ 2026 ގައި)

(މި ގަވާއިދުގެ 17 ވަނަ މާއްދާއިން ވަނީ ގަވާއިދު ނަންބަރު 2023-61 އުވާލެވިފައި)

 

1 ވަނަ މާއްދާ - ތައާރުފާއި ނަން

(ހ) މިއ،ީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 159 ވަނަ މާއްދާއާއި، ގާނޫނު ނަންބަރު 2010-13 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ގާނޫނު) ގެ 27 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ހާލަތްތަކުގައި ފަނޑިޔާރުކަމުން ވަކިވާ ފަރާތްތަކަށް އެ ގާނޫނުގެ 28 ވަނަ މާއްދާގެ (ށ) ގެ ދަށުން ދެވޭ އިނާޔަތްތަކާއި، އެ ގާނޫނުގެ 66 ވަނަ މާއްދާގެ (ނ) ގެ ދަށުން ރިޓަޔަރކުރެވޭ ފަރާތްތަކަށް ޖުޑީށަލް ސަރވިސް ކޮމިށަނުން ކަނޑައަޅާ އިނާޔަތްތައް ބަޔާންކޮށްފައިވާ އަދި 55 (ފަންސާސް ފަހެއް) އަހަރު ނުވިކަމުގައި ވިޔަސް، ށަރަފުވެރިކަމާއެކު މަގާމުން ވަކިވެވޭނެ އުސޫލު ބަޔާންކޮށްފައިވާ ގަވާއިދެވެ.

(ށ) މި ގަވާއިދަށް ކިޔަނީ، "ފަނޑިޔާރުންގެ ރިޓަޔަރމަންޓް ގަވާއިދު" އެވެ.

(ނ) މި ގަވާއިދަކީ، ގާނޫނު ނަންބަރު 2010-13 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ގާނޫނު) ގެ 70 ވަނަ މާއްދާއިން ބާރު ލިބިގެން އެކުލަވައިލައިފައިވާ ގަވާއިދެކެވެ.

 

2 ވަނަ މާއްދާ - ރިޓަޔަރވެވޭނެ ހާލަތްތައް

މި ގަވާއިދުގެ ދަށުން ރިޓަޔަރވެވޭނީ އަންނަނިވި ހާލަތްތަކުގައެވެ.

(ހ) އުމުރުން 55 (ފަންސާސް ފަހެއް) އަހަރުވުން.

(ށ) ފަނޑިޔާރުކަމުގެ މަގާމުގައި 15 (ފަނަރަ) އަހަރުވުން.

(ނ) ފަނޑިޔާރަކު މަސައްކަތްކުރާ ކޯޓެއް އުވުން.

(ރ) ސިއްހީ ސަބަބެއް މެދުވެރިވުން.

 

3  ވަނަ މާއްދާ - ށަރަފުވެރިކަމާއެކު މަގާ މުން ވަކިކޮށްދިނުމުގައި ބަލާނެ ކަންކަން

(ހ) ށަރަފުވެރިކަމާއެކު މަގާމުން ވަކިކޮށްދެވޭނީ ތިރީގައިވާ ކަންކަމަށް ބެލުމަށްފަހުގައެވެ.

  1. މި ގަވާއިދުގެ 2 ވަނަ މާއްދާގެ (ހ) އާއި (ށ) އާއި (ނ) ގައި ބަޔާންކޮށްފައިވާ ފަރާތްތަކުން، ގާނޫނު ނަންބަރު 2010-13 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ގާނޫނު) ގެ 27 ވަނަ މާއްދާގެ ދަށުން،
    އަމިއްލައަށް އެދިގެން ވަޒީފާއިން ވަކިވުމަށް އެދި ޖުޑީށަލް ސަރވިސް ކޮމިށަނަށް ލިޔުމަކުން ހުށަހަޅައި ފައިވުން؛
  2. ސުލޫކީ މައްސަލައެއް ހުށަހެޅިފައިވާ ނަމަ، އެ މައްސަލައެއްގައި ކޮމިށަނުން ގޮތެއް ނިންމައިފައިވުން؛
  3. ފަނޑިޔާރަކު މަސައްކަތްކުރާ ކޯޓެއް އުވިއްޖެ ހިނދެއްގައި، ގާނޫނު ނަންބަރު 2010-13 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ގާނޫނު) ގެ 47 ވަނަ މާއްދާގެ (ހ) ނުވަތަ (ށ) ގެ ދަށުން އެހެން ކޯޓަކުން ފަނޑިޔާރުގެ މަސްއޫލިއްޔަތު އަދާކުރުމަށް ފުރުސަތު ދެވުނުނަމަވެސް، ފަނޑިޔާރުކަމުގެ މަގާމުން ރިޓަޔަރވުމަށް ބޭނުންވުން.

(ށ) ސިއްހީ ސަބަބަކާހުރެ މަގާމުން ރިޓަޔަރކޮށްދެވޭނީ ތިރީގައިވާ ކަންކަމަށް ބެލުމަށްފަހުގައެވެ.

  1. މި ގަވާއިދުގެ ޖަދުވަލު 1 ގައިވާ ފޯމު، ސިއްހީ ވުޒާރާގައި ރަޖިސްޓަރީކޮށްފައިވާ މަސައްކަތްތެރީންގެ ތެރެއިން އެ ބައްޔަކަށް ހާއްސަ ޑޮކްޓަރަކު ލައްވައި ނުވަތަ ބަލީގެ ދާއިރާއިން ހާއްސަ ޑޮކްޓަރަކު ނެތް ހާލަތުގައި ޖުޑީށަލް ސަރވިސް ކޮމިށަނުން ކަނޑައަޅާ ގޮތެއްގެ މަތީން، ސިއްހީ މައުލޫމާތު އަންގައިދޭ ލިޔުންތައް ފުރިހަމަކޮށް ހުށަހަޅައިފައިވުން؛
  2. ފަނޑިޔާރަކަށް ކުރިމަތިވާ ބައްޔެއްގެ ސަބަބުން، ގާނޫނު ނަންބަރު 2010-13 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ގާނޫނު) ގެ 66 ވަނަ މާއްދާގެ (ހ) އާއި (ށ) ގައި ބަޔާންކޮށްފައިވާ ޗުއްޓީތަކަށް ފަހުގައި ވެސް ބަލިހާލު ހުރިގޮތުން މަސައްކަތަށް ނުކުތުމަށް އުޒުރުވެރިވުން ނުވަތަ މަގާމުގައި ހުރުމަށް ނުކުޅެދުން؛
  3. ގާނޫނު ނަންބަރު 2010-13 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ގާނޫނު) ގެ 66 ވަނަ މާއްދާގެ (ނ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ފަނޑިޔާރުކަމުގެ ހިދުމަތުގައި އުޅެނިކޮށް ދިމާވާ ޖިސްމާނީ ނުކުޅެދުންތެރިކަމެއްގެ ސަބަބުން ނުވަތަ ނަފުސާނީ ނުކުޅެދުންތެރިކަމެއްގެ ސަބަބުން ފަނޑިޔާރުކަމުގެ މަގާމު އަދާކުރުމަށް ނުކުޅެދުން.

 

4 ވަނަ މާއްދާ - ނުކުޅެދުން އިނާޔަތް ލިބިދެވޭނެ ފަރާތްތައް

މި ގަވާއިދުގެ 2 ވަނަ މާއްދާގެ ދަށުން ރިޓަޔަރވާ ކޮންމެ ފަނޑިޔާރަކަށް އިނާޔަތް ލިބިދެވޭނެއެވެ.

 

5 ވަނަ މާއްދާ - މި ގަވާއިދުގެ ދަށުން ލިބިދެވޭ އިނާޔަތްތައް

މި ގަވާއިދުގެ 2 ވަނަ މާއްދާގައިވާ ގޮތުގެ މަތީން ވަކިވާ ފަނޑިޔާރުންނަށް، އަންނަނިވި އިނާޔަތްތައް ލިބިދެވޭނެއެވެ.

(ހ) އެއްފަހަރާ ދެވޭ އިނާޔަތް.

(ށ) މުޅި އުމުރަށް، މަހުން މަހަށް ދެވޭ އިނާޔަތް.

(ނ) އެހެނިހެން އިނާޔަތްތައް.

 

6 ވަނަ މާއްދާ - ސުލޫކީ މައްސަލައެއް ތަހުގީގު ކުރަމުންދާ ނަމަ ރިޓަޔަރކުރުމުގައި އަމަލުކުރާނެ ގޮތް

(ހ) ފަނޑިޔާރުކަމުގެ މަގާމުން ރިޓަޔަކޮށްދިނުމަށް އެދިފައިވާ ފަނޑިޔާރުގެ ސުލޫކީ މައްސަލައެއް ޖުޑީށަލް ސަރވިސް ކޮމިށަނަށް ހުށަހެޅިފައިވާ ނަމަ ނުވަތަ އެ ފަނޑިޔާރުގެ ސުލޫކީ މައްސަލައެއް ތަހުގީގު ކުރަމުންދާ ނަމަ، މި ގަވާއިދުގެ ދަށުން ރިޓަޔަރކޮށެއް ނުދެވޭނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ސުލޫކީ މައްސަލައެއް ހުށަހެޅިފައިވާ ފަނޑިޔާރަކު ނުވަތަ އެ ފަނޑިޔާރެއްގެ ސުލޫކީ މައްސަލައެއް ތަހުގީގު ކުރިޔަށްދާ ފަނޑިޔާރަކު މަގާމުން ރިޓަޔަރކޮށްދިނުމަށް އެދި ހުށަހެޅުމުން، އެ ފަނޑިޔާރަކާމެދު ހުށަހެޅިފައިވާ މައްސަލަ ނުވަތަ ތަހުގީގު ކުރަމުންދާ މައްސަލައިގައި ގިނަވެގެން 90 (ނުވަދިހަ) ދުވަހުގެ ތެރޭގައި ކޮމިށަނުން ގޮތެއް ނިންމުމަށްފަހު، އެ މައްސަލައިގެ ޒާތަށާއި ތުހުމަތަށް ބެލުމަށްފަހު، އެފަދަ ފަނޑިޔާރަކު ރިޓަޔަރކޮށްދިނުމާމެދު ކޮމިށަނުން ގޮތެއް ނިންމިދާނެއެވެ.
(ނ) ފަނޑިޔާރަކު މަގާމުން ރިޓަޔަރކޮށްދިނުމަށް އެދި ޖުޑީށަލް ސަރވިސް ކޮމިށަނަށް ހުށަހަޅާ ތާރީހުގެ ފަހުން، އެ ފަނޑިޔާރެއްގެ ށަކުވާއެއް ކޮމިށަނަށް ހުށަހެޅިއްޖެ ނަމަ، އެ ށަކުވާއެއް ބަލައި، ފަނޑިޔާރު މަގާމުން ރިޓަޔަރކުރުމާމެދު ކޮމިށަނުން ގޮތެއް ނިންމަންވާނެއެވެ.

(ރ) މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ހާލަތުގައ،ި މައްސަލައެއް ތަޙުޤީޤުކުރަން ނިންމައިފި ނަމަ، އެ މައްސަލައެއް ތަޙުޤީޤުކުރަން ނިންމާ ތާރީހުން ފެށިގެން ގިނަވެގެން 90 (ނުވަދިހަ) ދުވަހުގެ ތެރޭގައި އެ މައްސަލައާމެދު ކޮމިށަނުން
ގޮތެއް ނިންމަންވާނެއެވެ.

(ބ) މި ގަވާއިދުގައިވާ ގޮތުގެ މަތީން ފަނޑިޔާރަކު ރިޓަޔަރކޮށްދިނުމަށް ޖުޑީށަލް ސަރވިސް ކޮމިށަނުން ނިންމާ ތާރީހުގެ ފަހުން، އެ ފަނޑިޔާރެއްގެ މައްޗަށް ހުށަހެޅޭ ށަކުވާތައް، މި މާއްދާގެ (ހ) އިން އިސްތިސްނާވާނެއެވެ.

 

7 ވަނަ މާއްދާ - އިނާޔަތަކާއެކު ކުރިން ވަކިވެފައިވާ ފަނޑިޔާރުންގެ މުއްދަތު ބަލާނެ ގޮތް

ގާނޫނަކަށް ގެނެވޭ އިސްލާހެއްގެ ސަބަބުން ނުވަތަ އަލަށް ތަސްދީގުކުރާ ގާނޫނަކުން ނުވަތަ އެހެން ސަބަބަކާހުރެ ވެސް، ފަނޑިޔާރަކު ފަނޑިޔާރުކަމުން ވަކިވިއިރު ދައުލަތަށް ހިދުމަތްކޮށްފައިވާ މުއްދަތަށް ނުވަތަ ފަނޑިޔާރުކަމުގައި ހިދުމަތްކޮށްފައިވާ މުއްދަތަށް ބަލައި، އެއްފަހަރާ ދެވޭ އިނާޔަތެއް ދައުލަތުން ދީފައިވާ ފަނޑިޔާރުން، ދެވަނަ ފަހަރަށް ފަނޑިޔާރުކަމަށް އައްޔަނުކޮށްފައި ވަނިކޮށް މަގާމުން ރިޓަޔަރކުރާ ހާލަތުގައި، އެފަދަ ފަނޑިޔާރުންނަށް އިނާޔަތް ދިނުމުގައި އެއްފަހަރާ ދޭ އިނާޔަތާއި މަހުންމަހަށް ދޭ އިނާޔަތް ދިނުމުގައި މުއްދަތު ބަލާނީ ތިރީގައިވާ ގޮތަށެވެ.

(ހ) އެއްފަހަރާ ދޭ އިނާޔަތް ހިސާބުކުރުމުގައި މުއްދަތު ބަލާނީ، އެ ފަނޑިޔާރަކު ފަހުން އައްޔަންކުރި ތާރީހުން ފެށިގެން މަގާމުން ރިޓަޔަރކުރުމާ ދެމެދު ހިދުމަތްކުރި މުއްދަތަށެވެ.

(ށ) މުޅި އުމުރަށް މަހުން މަހަށް ދެވޭ އިނާޔަތް ހިސާބުކުރާނީ، ފަނޑިޔާރުކަމުގައި ކުރިން ހިދުމަތްކޮށްފައިވާ މުއްދަތާއި ފަނޑިޔާރުކަމަށް ފަހުން އައްޔަނުކުރި މުއްދަތު ގުޅުވައި، މަގާމުން ރިޓަޔަރކުރުމާ ހަމަޔަށް ފަނޑިޔާރުކަމުގައި ހިދުމަތްކުރި މުޅި މުއްދަތަށެވެ.

 

8 ވަނަ މާއްދާ - އެއްފަހަރާ ދެވޭ އިނާޔަތް

މި ގަވާއިދުގެ 2 ވަނަ މާއްދާގައިވާ ގޮތުގެ މަތީން ރިޓަޔަރވާ ފަނޑިޔާރުންނަށް އެއްފަހަރާ ދެވޭ އިނާޔަތް ހިސާބުކުރާނީ ތިރީގައިވާ ގޮތަށެވެ.

(ހ) ރިޓަޔަރކުރެވޭ ފަނޑިޔާރަކު ފަނޑިޔާރުކަމުގައި ހިދުމަތްކޮށްފައިވަނީ 30 (ތިރީސް) އަހަރަށް ވުރެ ކުރު މުއްދަތެއްގައި ކަމަށް ވާ ނަމަ، އެ މީހަކު ވަކިވާއިރު، އެ މަގާމަކަށް ކަނޑައެޅިފައިވާ އަސާސީ މުސާރައިގެ 3 (ތިންބައިކުޅައެއްބައި)، އެ މީހަކު ފަނޑިޔާރުކަމުގައި ހިދުމަތްކުރި މުއްދަތާ ގުނަކުރުމުން ޖެހޭ މިންވަރު އެއްފަހަރާ ލިބިދެވޭނެއެވެ.

(ށ) ރިޓަޔަރކުރެވޭ ފަނޑިޔާރަކު ފަނޑިޔާރުކަމުގައި ހިދުމަތްކޮށްފައިވަނީ 30 (ތިރީސް) އަހަރު ނުވަތަ އެއަށް ވުރެ ދިގު މުއްދަތެއްގައި ކަމަށް ވާ ނަމަ، އެ މީހަކު ވަކިވާއިރު، އެ މަގާ މަކަށް ކަނޑައެޅިފައިވާ އަސާސީ މުސާރައިގެ 1/2 (ދެބައިކުޅައެއްބައި)، އެ މީހަކު ފަނޑިޔާރުކަމުގައި ހިދުމަތްކުރި މުއްދަތާ ގުނަކުރުމުން ޖެހޭ މިންވަރު އެއްފަހަރާ ލިބިދެވޭނެއެވެ.

 

9 ވަނަ މާއްދާ - މުޅި އުމުރަށް، މަހުން މަހަށް ދެވޭ އިނާޔަތް

(ހ) މުޅި އުމުރަށް، މަހުން މަހަށް ދެވޭ އިނާޔަތް ހިސާބުކުރާނީ، އެ މަގާމަކަށް ކަނޑައަޅައިފައިވާ އަސާސީ މުސާރައާއި ފަނޑިޔާރުކަމުގައި ހިދުމަތްކޮށްފައިވާ މުއްދަތަށް ބިނާކޮށެވެ.

(ށ) މުޅި އުމުރަށް، މަހުން މަހަށް ދެވޭ އިނާޔަތް ހިސާބުކުރާނީ، ފަނޑިޔާރު ރިޓަޔަރކުރެވޭ ތާރީހާ ހަމަޔަށް ފަނޑިޔާރުކަމުގައި ހިދުމަތްކޮށްފައިވާ އަހަރުގެ އަދަދު އެއީ މުއްދަތުކަމުގައި ބަލައިގެން، އެ އަދަދާއި އެ މަގާމަކަށް ކަނޑައަޅައިފައިވާ އަސާސީ މުސާރައިގެ 1/40 (ސާޅީސްބައިކުޅަ އެއްބައި) ގުނަކުރުމުން ލިބޭ އަދަދު، ލިބެމުންއައި ޕެންށަނާ އެއްކުރުމުން ޖެހޭ ޖުމުލަ
އަދަދެވެ. އެއީ އެ މީހަކު ދުނިޔޭގައި ހުރިހާ ދުވަހަކު، ކޮންމެ މަހަކު ދެމުންގެންދާ އިނާޔަތްކަމުގައި ހަމަޖައްސާ ގޮތަށެވެ.

(ނ) މުޅި އުމުރަށް، މަހުން މަހަށް ދެވޭ އިނާޔަތް ހިސާބުކުރުމުގައި މިހާރު ލިބެމުންދާ ޕެންށަން ދަމަހައްޓަން ފަނޑިޔާރު ބޭނުން ނޫން ނަމަ ނުވަތަ އެހިސާބަށް ފަނޑިޔާރަށް ޕެންށަން ލިބިފައިނުވާ ނަމަ ހިސާބު ކުރާނީ، ފަނޑިޔާރު ރިޓަޔަރކުރެވޭ ތާރީހާ ހަމަޔަށް ފަނޑިޔާރުކަމުގައި ހިދުމަތްކޮށްފައިވާ އަހަރުގެ އަދަދު އެއީ މުއްދަތުކަމުގައި ބަލައިގެން، އެ އަދަދާއި އެ މަގާމަކަށް ކަނޑައަޅައިފައިވާ އަސާސީ މުސާރަ 1/40 (ސާޅީސްބައިކުޅަ އެއްބައި) ގުނަކުރުމުން ޖެހޭ އަދަދެވެ. އެއީ، އެ މީހަކު ދުނިޔޭގައި ހުރިހާ ދުވަހަކު، ކޮންމެ މަހަކު ދެމުންގެންދާ އިނާޔަތްކަމުގައި ހަމަޖައްސާ ގޮތަށެވެ.

(ރ) މި ގަވާއިދުގެ ދަށުން މަހުން މަހަށް ދެވޭ އިނާޔަތްތައް އަސާސީ މުސާރައަށް ވުރެ ބޮޑު ނަމަ މަހުން މަހަށް ލިބޭ އިނާޔަތަކީ އަސާސީ މުސާރައެވެ. ލިވިންގ އެލަވަންސަކީ އެހެނިހެން އިނާޔަތްތަކުގެ ތެރޭގައި ހިމަނައިގެން ދެވޭ އެލަވަންސެއް ކަމުގައިވާތީ މަހުން މަހަށް ދޭ އިނާޔަތް ހިސާބުކުރުމުގައި ލިވިންގ އެލަވަންސެއް ނުހިމެނޭނެއެވެ.

 

10 ވަނަ މާއްދާ - އެހެނިހެން އިނާޔަތްތައް

މި ގަވާއިދުގެ 5 ވަނަ މާއްދާގެ (ނ) ގެ ދަށުން އަންނަނިވި އިނާޔަތްތައް ލިބިދެވޭނެއެވެ.

(ހ) ލިވިންގ އެލަވަންސްގެ ގޮތުގައި، އެ ފަނޑިޔާރަކު ރިޓަޔަރކުރާއިރު ހުރި ކޯޓުގެ ފަނޑިޔާރަކަށް ލިބޭ ލިވިންގ އެލަވަންސާ އެއްވަރުގެ މާލީ އިނާޔަ ތެއް، ކޮންމެ މަހަކު ލިބިދެވޭނެއެވެ.

(ށ) މެޑިކަލް އިންށުއަރެންސްގެ ގޮތުގައި، އެ ފަނޑިޔާރަކު ވަކިވާއިރު ހުރި ކޯޓެއްގެ ފަނޑިޔާރަކަށް ލިބޭ މެޑިކަލް އިންށުއަރެންސްގެ "ޕެކޭޖު" އާ އެއްވަރުގެ ޕެކޭޖެއް ހަމަޖައްސައި، އޭގެ ދަށުން މަގާމުން ވަކިވާ ފަނޑިޔާރަށާއި، އެ ފަނޑިޔާރެއްގެ އަނބިމީހާ ނުވަތަ ފިރިމީހާއަށާއި، 18 (އަށާރަ) އަހަރު ނުފުރޭ ދަރީންނަށް ސިއްހީ ފަރުވާ ލިބިދެވޭނެއެވެ.

(ނ) ސަލާމަތީ ހިދުމަތްތަކުގެ އެހީގައި ހަދާ ރިސްކް އެސެސްމަންޓަށްފަހު ފާހަގަކުރެވޭ ކަންކަމަށް ރިއާޔަތްކޮށް، ސަލާމަތީގޮތުން އެކަށީގެންވާ ރަނގަޅު ފެންވަރުގެ ހިމާޔަތާއި ރައްކައުތެރިކަން ލިބިދެވޭނެއެވެ.

 

11 ވަނަ މާއްދާ - އުއްތަމަ ފަނޑިޔާރު ރިޓަޔަރކުރުން

މި ގަވާއިދުގެ ދަށުން ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު ރިޓަޔަރވާ ނަމަ ލިބޭ އިނާޔަތްތަކުގެ އިތުރަށް، ތިރީގައިވާ އިނާޔަތްތައް ހަމަޖައްސައިދޭންވާނެއެވެ.

(ހ) އެކަށީގެންވާ ރަނގަޅު ފެންވަރުގެ ސަލާމަތީ ރައްކައުތެރިކަމާއި ހިމާޔަތް

(ށ) ދިވެހިރާއްޖޭގައި އެ މީހަކު ދިރިއުޅޭ ރަށެއްގައި، އެއްގަމު ދަތުރުފަތުރު ކުރުމުގެ ހިދުމަތް. އެގޮތުން، އުއްތަމަ ފަނޑިޔާރު ވަކިވާއިރު، ކާރު ހަމަޖެއްސުމާއި، ކާރު ހަމަޖެއްސުމަށް ލިބޭ މާލީ އިނާޔަތާ (ޑްރައިވަރާއި ޕެޓްރޯލް އެލަވަންސް) އެއްވަރުގެ މާލީ އިނާޔަތެއް ލިބިދޭންވާނެއެވެ.

 

12 ވަނަ މާއްދާ - މި ގަވާއިދުގެ ދަށުން ރިޓަޔަރކުރެވޭ ފަނޑިޔާރުންނަށް ދެވޭ ލަގަބު

އެ މީހަކީ ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރުކަމުން ރިޓަޔަރވާ ފަނޑިޔާރެއް ނަމަ، އެ މީހަކަށް މުހާޠަބުކުރުމުގައި އެ މީހެއްގެ ނަމުގެ ކުރިޔަށް "ޗީފް ޖަސްޓިސް ރިޓަޔަރޑް" މި ލަގަބު ބޭނުންކުރުމާއި، ސުޕްރީމް ކޯޓުގައި ނުވަތަ ހައިކޯޓުގައި މަސައްކަތްކުރި ފަނޑިޔާރެއް ނަމަ، އެ މީހަކަށް މުހާޠަބުކުރުމުގައި އެ މީހެއްގެ ނަމުގެ ކުރިޔަށް "ޖަސްޓިސް (ރިޓަޔަރޑް)" މި ލަގަބު ބޭނުންކުރުން. އަދި އެ މީހަކީ ދަށު ކޯޓުތަކުގެ ތެރެއިން ސުޕީރިއަރ ކޯޓުގައި މަސައްކަތްކުރި ފަނޑިޔާރެއް ނަމަ، އެ މީހަކަށް މުހާޠަބުކުރުމުގައި އެ މީހެއްގެ ނަމުގެ ކުރިޔަށް "ޖަޖް (ރިޓަޔަރޑް)" މި ލަގަބު ބޭނުންކުރުމާއި، އެ މީހަކީ މެޖިސްޓްރޭޓް ކޯޓުގައި މަސައްކަތްކުރި ފަނޑިޔާރެއް ނަމަ، އެ މީހަކަށް މުހާޠަބުކުރުމުގައި އެ މީހެއްގެ ނަމުގެ ކުރިޔަށް "މެޖިސްޓްރޭޓް (ރިޓަޔަރޑް)" މި ލަގަބު ބޭނުންކުރުން.

 

13 ވަނަ މާއްދާ - އިނާޔަތް ހަމަޖައްސާނެ ފަރާތް

(ހ) މި ގަވާއިދުގެ ދަށުން ވަކިވާ ފަނޑިޔާރަކަށް ލިބެންވާ ށަރަފުވެރިކަމާއި އިނާޔަތްތަކާއި ހިމާޔަތް އެ މީހަކަށް ދިނުމުގެ ކަންތައްތައް، ޖުޑީށަލް ސަރވިސް ކޮމިށަނުން އިންތިޒާމުކޮށް ހަމަޖައްސައިދޭންވާނެއެވެ. އަދި މި މާއްދާގައި ބަޔާންކޮށްފައިވާ މާލީ އިނާޔަތްތައް، އެ ފަނޑިޔާރަކު މަގާމުން ރިޓަޔަރކުރާ ދުވަހުން ފެށިގެން އެ މީހަކަށް ލިބިދޭންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި، މި ގަވާއިދުގެ ދަށުން ލިބިދެވޭ އިނާޔަތް ހަމަޖައްސާ ފަރާތަކީ ޖުޑީށަލް ސަރވިސް ކޮމިށަން ކަމުގައި ބަޔާންކޮށްފައި އޮތް ނަމަވެސް، މެޑިކަލް އިންށުއަރެންސް ހަމަޖެއްސުމާއި، އެކަމާ ގުޅުންހުރި އެންމެހައި ކަންކަން އިންތިޒާމުކޮށް ހަމަޖައްސާނީ، ކޮމިށަނުން އަންގާ ގޮތެއްގެ މަތީން، ޑިޕާޓްމަންޓް އޮފް ޖުޑީށަލް އެޑްމިނިސްޓްރޭށަނުންނެވެ.

(ނ) މި ގަވާއިދުގެ ދަށުން ރިޓަޔަރކުރެވޭ ފަނޑިޔާރުންގެ މައުލޫމާތު، ޖުޑީށަލް ސަރވިސް ކޮމިށަނުން، ޑިޕާޓްމަންޓް އޮފް ޖުޑީށަލް އެޑްމިނިސްޓްރޭށަނަށް ގަވާއިދުން އަންގަންވާނެއެވެ.

 

14 ވަނަ މާއްދާ - ލިބެމުންދިޔަ އިނާޔަތްތައް ހުއްޓައިލުން

ތިރީގައި ބަޔަންކޮށްފައިވާ ހާލަތްތަކުގައި، މި ގަވާއިދުގެ ދަށުން ލިބެމުންދިޔަ އިނާޔަތްތަކެއް ނުދެވޭނެއެވެ.

(ހ) މި ގަވާއިދުގެ ދަށުން ރިޓަޔަރކޮށްފައިވާ ފަރާތެއް ދައުލަތުގެ މަގާމަކަށް އިންތިހާބުވެއްޖެ ނަމަ ނުވަތަ ދައުލަތުގެ ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގެ ވަޒީފާއެއް ހަމަޖެހިއްޖެ ނަމަ، އެ ވަޒީފާގައި ދެމިހުންނަ މުއްދަތުގައި އެ ފަރާތަކަށް ރިޓަޔަރކުރުމުން މި ގަވާއިދުގެ ދަށުން ދެވޭ އެއްވެސް އިނާޔަތެއް ނުލިބޭނެއެވެ. މިގޮތުން، ކުރިން ލިބެމުންދިޔަ ރިޓަޔަރމަންޓް އިނާޔަތުގެ ފައިސާ މަހުން މަހަށް ދޫކުރަން ފެށޭނީ، އެ ވަޒީފާއިން ވަކިވާ މަހާ ޖެހިގެން އަންނަ މަހުން ފެށިގެންނެވެ.

(ށ) ގާނޫނަކަށް ގެނެވޭ އިސްލާހެއްގެ ސަބަބުން ނުވަތަ އަލަށް ތަސްދީގުކުރާ ގާނޫނަކުން ނުވަތަ އެހެން ސަބަބަކާހުރެ ވެސް، ފަނޑިޔާރަކު ފަނޑިޔާރުކަމުން ވަކިވިއިރު ދައުލަތަށް ހިދުމަތްކޮށްފައިވާ މުއްދަތަށް ނުވަތަ ފަނޑިޔާރުކަމުގައި ހިދުމަތްކޮށްފައިވާ މުއްދަތަށް ބަލައި، އެއްފަހަރާ ދެވޭ އިނާޔަތެއް ދައުލަތުން ދީފައިވާ ފަނޑިޔާރުން، ދެވަނަ ފަހަރަށް ފަނޑިޔާރުކަމަށް އައްޔަނުކުރާ ދުވަހުން ފެށިގެން ކުރިން ލިބެމުންދިޔަ އިނާޔަތްތައް ދިނުން ހުއްޓައިލެވޭނެއެވެ.

 

15 ވަނަ މާއްދާ - މާނަކުރުން

މި ގަވާއިދުގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހައި ހިނދަކު، މި ގަވާއިދުގައި ބަޔާންކޮށްފައިވާ އަންނަނިވި އިބާރާތްތައް ނުވަތަ ލަފުޒުތައް މާނަކުރާނީ، ތިރީގައިވާ އަކުރުތަކުގައި ބަޔާންކޮށްފައިވާ ގޮތަށެވެ.

(ހ) "ފަނޑިޔާރުކަމުގައި ހިދުމަތްކުރި މުއްދަތު" އާއި، "ފަނޑިޔާރުކަމުގައި ހިދުމަތްކުރި އަހަރު" ކަމުގައި ބުނެފައި އެވަނީ، ފަނޑިޔާރުކަމުގައި ހިދުމަތްކޮށްފައިވާ މުއްދަތަށާއި، ގާނޫނު ނަންބަރު 2010-13 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ގާނޫނު) ވުޖޫދަށް އައުމުގެ ކުރިން ފަނޑިޔާރުކަމުގެ ހުވާކޮށްގެން "ގާޒީގެ އެހީތެރިޔާ" ނުވަތަ "ފަނޑިޔާރުގެ އެހީތެރިޔާ" ގެ ނަމުގައި ފަނޑިޔާރުންގެ މަސްއޫލިއްޔަތު އަދާކުރުމަށް ހިދުމަތްކޮށްފައިވާ މުއްދަތަށެވެ.

(ށ) "އިނާޔަތް" ކަމަށް ބުނެފައި އެވަނީ، ފަނޑިޔާރަކަށް މުސާރައިގެ އިތުރުން ދައުލަތުން ލިބޭ ފައިސާގެ އެހެނިހެން އިނާޔަތްތަކާއި، މަގާމުގެ ހައިސިއްޔަތުން ލިބޭ އެހެނިހެން ހިދުމަތްތަކަށެވެ.

 

16 ވަނަ މާއްދާ - ގަވާއިދަށް އަމަލުކުރުން

މި ގަވާއިދަށް އަމަލުކުރަން ފަށާނީ، މި ގަވާއިދު، ދިވެހި ސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

 

17 ވަނަ މާއްދާ - އުވައިލެވޭ ގަވާއިދު

މި ގަވާއިދަށް އަމަލުކުރަން ފެށުމާއެކު، ގަވާއިދު ނަންބަރު 2023-61 (ފަނޑިޔާރުންގެ ރިޓަޔަރމަންޓް ގަވާއިދު) އުވުނީއެވެ.

 

ޖަދުވަލުގެ 1

(ޞިއްޙީ ސަބަބުތަކަށް ޓަކައި މަގާ މުން ރިޓަޔަރކޮށްދިނުމަށް އެދޭ ފަ ނޑިޔާރުން ފުރިހަމަކުރަންޖެހޭ މެޑިކަލް ފޯމު" އެޓޭޗްކުރެވިފައިވާ ފައިލުގައި ހިމެނިފައިވާނެ)

 

މައި ގާނޫނު

ފަނޑިޔާރުންގެ ގާނޫނު (ގާނޫނު ނަންބަރު 2010-13)

 

އުވުނު ގަވާއިދު

ފަނޑިޔާރުންގެ ރިޓަޔަރމަންޓް ގަވާއިދު (ގަވާއިދު ނަންބަރު 2023-61)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު