-

ނޭށަނަލް ޕްރިވެންޓިވް މެކޭނިޒަމް ހިންގުމާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 2026-01) އަށް 1 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު

(ގަވާއިދު ނަންބަރު 2026-37)

(މި ގަވާއިދަށް އަމަލުކުރަން ފެށީ 12 މޭ 2026 ގައި)

 

ގަވާއިދު ނަންބަރު 2026-01 (ނޭށަނަލް ޕްރިވެންޓިވް މެކޭނިޒަމް ހިންގުމާބެހޭ ގަވާއިދު) އަށް އަންނަނިވި އިސްލާހުތައް ގެނައުން.

 

1 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 5 ވަނަ މާއްދާގެ (ހ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

(ހ) އެން.ޕީ.އެމް.ގެ އިދާރީ އޮނިގަނޑު ބިނާވަނީ، ކޮމިށަނުގެ ސެކްރެޓަރީ ޖެނެރަލާއި، ޑިޕާޓްމަންޓުގެ އިސްވެރިޔާއާއި، އެން.ޕީ.އެމް.ގެ މަސްއޫލިއްޔަތުތައް އަދާކުރުމަށް ބޭނުންވާކަމަށް ކޮމިށަނަށް ފެންނަ އިތުރު މަގާމުތަކުގެ މައްޗަށެވެ.

 

2 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 10 ވަނަ މާއްދާގެ (ހ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

(ހ) އެން.ޕީ.އެމް.އަށް ހުށަހެޅޭ ލިޔެކިޔުންތައް އެންޓްރީކުރުމުގައި އެ ލިޔެކިޔުންތަކުގެ ސިއްރުކަން، ކޮމިށަނަށް އަންނަ ލިޔެކިޔުން ބަލައިގަތުމުގެ މަސްއޫލިއްޔަތު އެ އިރަކު ހަވާލުކޮށްފައިވާ ޑިޕާޓްމަންޓަކުން ކަށަވަރުކުރަންވާނެއެވެ.

 

3 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 10 ވަނަ މައްދާގެ (ށ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

(ށ) އެން.ޕީ.އެމް.އިން ކުރާ ދަތުރުތަކުގެ އިންތިޒާމުތައް ހަމަޖެއްސުމުގައި އެ ދަތުރުތަކުގެ ސިއްރުކަން، ކޮމިށަނުގެ އިދާރީ އިންތިޒާމުތައް ހަމަޖެއްސުމަށް ކަނޑައަޅައިފައިވާ ޑިޕާޓްމަންޓާއި އެހެނިހެން ޑިޕާޓްމަންޓުތަކުން ހިފަހައްޓަންވާނެއެވެ.

 

4 ވަނަ މާއްދާ -  ބުނެވިދިޔަ ގަވާއިދުގެ 10 ވަނަ މާއްދާގެ (ރ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

(ރ) ކޮމިށަނުން އ.ދ.އަށް ހުށަހަޅާ އެކިއެކި ށެޑޯ ރިޕޯޓުތަކާއި، ޓްރީޓީ ބޮޑީއާ ގުޅުންހުރި ރިޕޯޓުތަކާއި، އެހެނިހެން ރިޕޯޓުތަކުގައި ހިމެނުމަށް، އެން.ޕީ.އެމް.އިން އާންމުކޮށްފައިވާ ހޯދުންތައް، ރިޕޯޓު ހުށަހެޅުމުގެ މަސައްކަތްކުރާ، ކަމާ ގުޅުންހުރި ޑިޕާޓްމަންޓާ ހިއްސާކުރަންވާނެއެވެ.

 

5 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 10 ވަނަ މާއްދާގެ (ޅ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

(ޅ) މި މާއްދާގެ (ނ) ގެ ދަށުން އެން.ޕީ.އެމް.ގެ ޒިޔާރަތްތަކާއި މަސައްކަތްތަކުގައި ކޮމިށަނުގެ އެހެން ޑިޕާޓްމަންޓުތަކުން ބައިވެރިވާ ހާލަތްތަކުގައިއެ ޒިޔާރަތްތަކުންނާއި އެ މަސައްކަތްތަކުން ލިބޭ ސިއްރުކަން ހިފަހައްޓަންޖެހޭ މައުލޫމާތުތަކާއި، މި މާއްދާގެ (ރ) ގެ ދަށުން ކޮމިށަނުގެ ކަމާ ގުޅުންހުރި ޑިޕާޓްމަންޓާ ހިއްސާކުރާ މައުލޫމާތުތަކުގެ ތެރެއިން ސިއްރުކަން ހިފަހައްޓަންޖެހޭ މައުލޫމާތުތަކުގެ ސިއްރުކަން އެ ޑިޕާޓްމަންޓުތަކުގެ މުވައްޒަފުން ހިފަހައްޓަންވާނެއެވެ.

 

6 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 11 ވަނަ މާއްދާގެ އަރިމަތީ ސުރުހީއާއި 11 ވަނަ މާއްދާގެ (ހ) އަންނަނިވި ގޮތަށް އިސްލާހުކުރުން. 

ކޮމިށަނުގެ ތަހުގީގު މަސައްކަތުގައި ހަރަކާތްތެރިވާ މުވައްޒަފުންގެ މަސައްކަތުގައްޔާއި އެން.ޕީ.އެމް. ގެ މަސައްކަތްތަކުގައި ގާއިމުކުރަންޖެހޭ ފަރަގު 11.

(ހ) އޮޕްކެޓްގެ ދަށުން އެން.ޕީ.އެމް.ގެ މަސައްކަތްތައް ބިނާވެފައިވަނީ ކަންކަން ހިނގުމުގެ ކުރިން (ޕްރިވެންޓިވް އެޕްރޯޗަކުން) ރައްކައުތެރިކަމުގެ ފިޔަވަޅު އެޅުމުގެ މައްޗަށާއި، މުއައްސަސާތަކާ މަށްވަރާކުރުމަށާއި، ގުޅިގެން މަސައްކަތްކުރުމަށް އިސްކަންދިނުމުގެ މައްޗަށް ކަމުގައި ވެފައި، މިއާ ހިލާފަށް، ކޮމިށަނުގެ ތަހުގީގު މަސައްކަތްތަކުގައި ހަރަކާތްތެރިވާ މުވައްޒަފުންގެ މަސައްކަތް ބިނާވެފައިވަނީ ކަމެއް ހިނގުމުން (ރިއެކްޓިވް އެޕްރޯޗަކުން) އެކަމަށް އިޖާބަދިނުމުގެ މައްޗަށް ކަމަށާއި، މިގޮތުން އިސްކަންދެނީ ހުށަހެޅޭ ވަކިވަކި މައްސަލަތަކާ ގުޅިގެން ތަހުގީގުތައް ހިންގުމުގެ މައްޗަށް ކަމުގައި ވާތީ، މި ގަވާއިދުގެ 10 ވަނަ މާއްދާގެ (ނ) ގައި އެފަދައިން ބަޔާންކޮށްފައި އޮތް ނަމަވެސ،ް ކޮމިށަނުގެ ތަހުގީގު މަސައްކަތުގައި ހަރަކާތްތެރިވާ މުވައްޒަފުންގެ މަސައްކަތުގައްޔާއި އެން.ޕީ.އެމް.ގެ މަސައްކަތްތަކުގައި އަންނަނިވި ފަރަގު ގާއިމުކުރަންވާނެއެވެ.

  1. އެން.ޕީ.އެމް.ގެ ޒިޔާރަތްތަކުގައި ކޮމިށަނުގެ ތަހުގީގު މަސައްކަތުގައި ހަރަކާތްތެރިވާ މުވައްޒަފުން ބައިވެރިނުކުރުން؛
  2. ކޮމިށަނުގެ ތަހުގީގު މަސައްކަތުގައި ހަރަކާތްތެރިވާ މުވައްޒަފުން ކުރިޔަށްގެންދާ އެއްވެސް ތަހުގީގެއްގައި އެން.ޕީ.އެމް.ގެ މުވައްޒަފުން ބައިވެރިނުކުރުން؛
  3. އެން.ޕީ.އެމް.ގެ ޒިޔާރަތްތަކުން ފާހަގަކުރެވޭ ހޯދުންތަކުގެ މައްޗަށް ބިނާކޮށް ކޮމިށަނުގެ ތަހުގީގު މަސައްކަތުގައި ހަރަކާތްތެރިވާ މުވައްޒަފުން މައްސަލައެއްގެ ތަހުގީގުނުކުރުމާއި، އެން.ޕީ.އެމް.ގެ ހޯދުންތައް، ތަހުގީގުތަކުގެ މައިގަނޑު ހޯދުންތަކުގެ ގޮތުގައި ބޭނުން ނުކުރުން؛
  4. އެން.ޕީ.އެމް.އިން ށާއިއުނުކުރާ ނުވަތަ އެން.ޕީ.އެމް.އިން ކަމާބެހޭ އިދާރާއަކާ ހިއްސާނުކުރާ ހޯދުންތައް، ކޮމިށަނުގެ ތަހުގީގު މަސައްކަތުގައި ހަރަކާތްތެރިވާ މުވައްޒަފުން، މައްސަލަ ތަހުގީގުކުރުމުގައި ބޭނުންނުކުރުން؛
  5. އެން.ޕީ.އެމް.ގެ ޒިޔާރަތްތަކުގެ ހޯދުންތަކުގެ ތެރެއިން އެއްވެސް ފަރާތަކުންނާއި އިދާރާއަކުން ހިއްސާކޮށްފައިވާ ސިއްރު މައުލޫމާތެއް، ކޮމިށަނުގެ ތަހުގީގު މަސައްކަތުގައި ހަރަކާތްތެރިވާ މުވައްޒަފުންނާ ހިއްސާނުކުރުމާއި، އެ މުވައްޒަފުން މަސައްކަތްކުރާ ޑިޕާޓްމަންޓްތަކުގެ މަސައްކަތްތަކުގައި ބޭނުންނުކުރުން؛
  6. އެން.ޕީ.އެމް.ގެ ޒިޔާރަތްތަކުން ފާހަގަކުރެވޭ ހޯދުންތަކުގެ މައްޗަށް ބިނާކޮށް، ކޮމިށަނުން އެއްވެސް ފަރާތަކަށް ފިޔަވަޅުނޭޅުން؛
  7. އެން.ޕީ.އެމް.އިން އިދާރާތަކަށް ހުށަހަޅައިފައިވާ ހުށަހެޅުންތައް ތަންފީޒުކޮށްފައިވާ މިންވަރު، ކޮމިށަނުގެ ތަހުގީގު މަސައްކަތުގައި ހަރަކާތްތެރިވާ މުވައްޒަފުން ލިޔުމުން ފޮލޯއަޕް ނުކުރުމާއި، ކޮމިށަނުގެ ތަހުގީގު މަސައްކަތުގައި ހަރަކާތްތެރިވާ މުވައްޒަފުން އިދާރާތަކަށް ހުށަހަޅައިފައިވާ ހުށަހެޅުންތައް ތަންފީޒުކޮށްފައިވާ މިންވަރު އެން.ޕީ.އެމް.އިން، ލިޔުމުން ފޮލޯއަޕް ނުކުރުން.

 

7 ވަނަ މާއްދާ -  ބުނެވިދިޔަ ގަވާއިދުގެ 30 ވަނަ މާއްދާގެ (ދ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

(ދ) "ކޮމިށަނުގެ ތަހުގީގު މަސައްކަތުގައި ހަރަކާތްތެރިވާ މުވައްޒަފުން" ކަމަށް ބުނެފައި އެވަނީ، ކޮމިށަނުގެ އިންވެސްޓިގޭށަން ޑިޕާޓްމަންޓުގެ މުވައްޒަފުންނަށާއި، ރަޖިސްޓްރޭށަން ޑިޕާޓްމަންޓުގެ މުވައްޒަފުންނަށާއި، ކޮމިށަނުގެ ގޮފިތަކުގައި ތަހުގީގުކުރުމުގެ މަސައްކަތްކުރާ މުވައްޒަފުންނަށެވެ.

 

8 ވަނަ މާއްދާ - މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ދުވަހުން ފެށިގެންނެވ

 

މައި ގަވާއިދު

ނޭށަނަލް ޕްރިވެންޓިވް މެކޭނިޒަމް ހިންގުމާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 2026-01)

 

ކޮންސޮލިޑޭޓެޑް ގަވާއިދު

ނޭށަނަލް ޕްރިވެންޓިވް މެކޭނިޒަމް ހިންގުމާބެހޭ ގަވާއިދު (ކޮންސޮލިޑޭޓެޑް ނަންބަރު 2026-01)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު