-

ނޭށަނަލް އިންޓެގްރިޓީ ކޮމިށަނުގެ ހިންގާ ގަވާއިދު (ގަވާއިދު ނަންބަރު 2025-60) އަށް 1 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު

(ގަވާއިދު ނަންބަރު 2026-22)

(މި ގަވާއިދަށް އަމަލުކުރަން ފެށީ 15 އެޕްރީލް 2026 ގައި)

 

ނޭށަނަލް އިންޓެގްރިޓީ ކޮމިށަނުގެ ހިންގާ ގަވާއިދު (ގަވާއިދު ނަންބަރު 2025-60) އަށް 1 ވަނަ އިސްލާހު ގެނައުން.

 

1 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 3 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހު ކުރުން. 

އިދާރީ ހިންގުން 3.

ކޮމިށަނުގެ އިދާރީ ކަންކަން ރާވައި ހިންގާނ،ީ ކޮމިށަނުގެ ރައީސްގެ ނުވަތަ ކޮމިށަން ހިންގުމާ އެ އިރަކު ހަވާލުވެހުރި މެންބަރެއްގެ ލަފާގެ މަތީން، ކޮމިށަނުގެ ސެކްރެޓަރީ ޖެނެރަލެވެ. ނުވަތަ ސެކްރެޓަރީ ޖެނެރަލްގެ މަގާމުގެ މަސްއޫލިއްޔަތާ ހަވާލުވެ ހުރި ފަރާތަކުންނެވެ.

 

2 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 7 ވަނަ މާއްދާގެ (ހ) އަށް (8) ވަނަ ނަންބަރު އިތުރުކުރުން.

މެންބަރުންގެ ޗުއްޓީ 7.

(8) މެންބަރުން އައްޔަނުކުރާ ތާރީހުން ފެށިގެން، ކޮންމެ އަހަރެއްގެ ތެރޭގައި ސަލާމުގެ ޗުއްޓީގެ 30 (ތިރީސް) ދުވަސް؛ 

3 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 7 މާއްދާގެ (ޅ) އުނިކުރުން. 

 

4 ވަނަ މާއްދާ - މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ތާރީހުން ފެށިގެންނެވެ. 

 

މައި ގަވާއިދު

ނޭށަނަލް އިންޓެގްރިޓީ ކޮމިށަނުގެ ހިންގާ ގަވާއިދު (ގަވާއިދު ނަންބަރު 2025-60)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު