ސިވިލް ސަރވިސްގެ ގަވާއިދު 2014 (ގަވާއިދު ނަންބަރު 2014-311) އަށް 17 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު
(ގަވާއިދު ނަންބަރު 2026-21)
(މި ގަވާއިދަށް އަމަލުކުރަން ފެށީ 13 އެޕްރީލް 2026 ގައި)
ގަވާއިދު ނަންބަރު 2014-311 (ދިވެހި ސިވިލް ސަރވިސް ސަރވިސްގެ ގަވާއިދު) އަށް އަންނަނިވި އިސްލާހުއް ގެނައުން.
1 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 181 ވަނަ މާއްދާގެ ފަހަތަށް 1-181 ވަނަ މާއްދާގެ ގޮތުގައި އަންނަނިވި ފަދައިން މާއްދާއެއް އިތުރުކުރުން.
ފޮސްޓަރ ނިޒާމުގެ ދަށުން އަދި ކުދިން ބެލެހެއްޓުން ދައުލަތުން ހަވާލުކުރާ ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ދެވޭ ހާއްސަ ޗުއްޓީ 1-181.
ފޮޮސްޓަރ ނިޒާމުގެ ދަށުން ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިންނާ ހަވާލުވާ ސިވިލް ސަރވިސްގެ މުވައްޒަފުންނާއި، މައިންބަފައިން ނުވަތަ ށަރުއީ ބަލަދުވެރިން ކުއްޖާއާމެދު އިހުމާލުވެގެން ދައުލަތުގެ ބެލުމުގެ ދަށަށް ނެގުމަށްފަހު ކުދިން ބެލެހެއްޓުން ދައުލަތުން ހަވާލުކުރާ ސިވިލް ސަރވިސްގެ މުވައްޒަފުންނަށ،ް ތިރީގައިވާ ގޮތުގެ މަތީން ޗުއްޓީ ހަމަޖައްސައިދޭންވާނެއެވެ.
(ހ) ކުއްޖާއާ ހަވާލުވި އިރު ކުއްޖާގެ އުމުރުން 6 (ހައެއް) މަސްދުވަސް ނުފުރޭ ނަމަ، ކުއްޖާގެ އުމުރުން 6 (ހައެއް) މަސްދުވަސް ހަމަވާ ތާރީހާ ހަމަޔަށް މުސާރައާއި އިނާޔަތްތައް ލިބޭގޮތަށް ހާއްސަ ޗުއްޓީއެއް ލިބޭނެއެވެ.
(ށ) ކުއްޖާއާ ހަވާލުވިއިރު، ކުއްޖާގެ އުމުރުން 6 (ހައެއް) މަސްދުވަސް ފުރިފައިވާ ނަމަ ނުވަތަ 6 (ހައެއް) މަސްދުވަސް ފުރެން 30 (ތިރީސް) ދުވަހަށް ވުރެ ކުރު މުއްދަތެއް އޮތް ނަމަ، 30 (ތިރީސް) ދުވަހުގެ ޗުއްޓީއެއް، މުސާރައާއި އިނާޔަތްތައް ލިބޭގޮތަށް ލިބޭނެއެވެ.
2 ވަނަ މާއްދާ - މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.
މައި ގަވާއިދު
ސިވިލް ސަރވިސްގެ ގަވާއިދު 2014 (ގަވާއިދު ނަންބަރު 2014-311)
ކޮންސޮލިޑޭޓެޑް ގަވާއިދު
ސިވިލް ސަރވިސްގެ ގަވާއިދު 2014 (ކޮންސޮލިޑޭޓެޑް ނަންބަރު 2014-311)
ކިޔުންތެރިންގެ ހިޔާލު