-

ޕްރޮސްޕެކްޓަސް ގަވާއިދު

(ގަވާއިދު ނަންބަރު 2026-08)

(މި ގަވާއިދަށް އަމަލުކުރަން ފެށީ 26 ފެބުރުއަރީ 2026 ގައި)

އެއްވަނަ ބާބު

އިބްތިދާއީ މާއްދާތައް

 

1 ވަނަ މާއްދާ - ތައާރުފާއި ނަން

(ހ) މިއީ ގާނޫނު ނަންބަރު 2026-02 (ދިވެހިރާއްޖޭގެ މާލީ ސެކިއުރިޓީޒްއާ ބެހޭ ގާނޫނު) ގެ 63 ވަނަ މާއްދާއާއި، ގާނޫނު ނަންބަރު 2023-07 (ކުންފުނީގެ ގާނޫނު) ގެ 173 ވަނަ މާއްދާގެ ދަށުން، ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީއަށް ލިބިދީފައިވާ ބާރުގެ ދަށުން، އެކުލަވައިލައިފައިވާ ގަވާއިދެކެވެ.

(ށ) މި ގަވާއިދުގެ ނަމަކީ، "ޕްރޮސްޕެކްޓަސް ގަވާއިދު" އެވެ.

 

2 ވަނަ މާއްދާ - ގަވާއިދު ހިންގޭ ދާއިރާ

މި ގަވާއިދު ހިނގާނީ އަންނަނިވި ފަރާތްތަކުގެ މައްޗަށެވެ.

(ހ) އާންމުކޮށް ހުޅުވައިލައިގެން މެއިން މާކެޓުގައި މާލީ ސެކިއުރިޓީޒް (ހިއްސާ، ބޮންޑް، ސުކޫކް، ށަރީއާ ހުއްދަކުރާ އުސޫލުން ދޫކުރާ އިކުއިޓީ) ދޫކުރާ ކުންފުނިތައް.

(ށ) ޕްރައިވެޓް ޕްލޭސްމަންޓުގެ އުސޫލުން ޕްރައިވެޓް ސެކިއުރިޓީޒް ސެގްމަންޓުގައި މާލީ ސެކިއުރިޓީޒް (ކޯޕަރޭޓް ބޮންޑާއި ސުކޫކް) ދޫކުރާ ކުންފުނިތައް.

 

 

ދެވަނަ ބާބު

އާންމު އުސޫލުތައް

 

3 ވަނަ މާއްދާ - ރަޖިސްޓަރީ ނުކުރާ ޕްރޮސްޕެކްޓަސް ށާއިއުކުރުން މަނާކުރުން

ގާނޫނު ނަންބަރު 2026-02 (ދިވެހިރާއްޖޭގެ މާލީ ސެކިއުރިޓީޒްއާ ބެހޭ ގާނޫނު)، އާއި، ގާނޫނު ނަންބަރު 2023-07 (ކުންފުނީގެ ގާނޫނު)، ގައި ވާ ގޮތުގެ މަތީން އޮތޯރިޓީގެ ހުއްދަ ހޯދުމެއް ނެތި ޕްރޮސްޕެކްޓަސްއެއް ށާއިއުކުރުމަކީ ނުވަތަ ށާއިއުކޮށްފައިވާ ކަމަށް ދެއްކުމަކީ މަނާ ކަމެކެވެ.

 

4 ވަނަ މާއްދާ - މައުލޫމާ ތުގެ ސައްހަކަމާއި ފުރިހަމަކަން ކަށަވަރުކުރުން

ޕްރޮސްޕެކްޓަސްގައި ހާމަކުރާ އެއްވެސް މައުލޫމާތެއް ހާމަކޮށްފައި އޮންނަންވާނީ، އެ މައުލޫމާތުގެ ހަގީގަތާއި، ސައްހަކަމާއި ފުރިހަމަކަން ކަށަވަރު ކުރުމަށްފަހުގައެވެ.

 

5 ވަނަ މާއްދާ - ސިގްނިފިކަންޓް ބަދަލުތައް އޮތޯރިޓީ އަށް އެންގުމުގެ ޒިންމާ

(ހ) ޕްރޮސްޕެކްޓަސްއަށް ޒިންމާވާންޖެހޭ އެއްވެސް ފަރާތަކަށް ޕްރޮސްޕެކްޓަސްގެ މުއްދަތުގައި ހާމަކޮށްފައި އޮތް އެއްވެސް މައުލޫމާތަކަށް ސިގްނިފިކަންޓް ބަދަލެއް އަންނާނެ ފަދަ ކަމެއް ހިނގައިފައިވާކަން އެނގިފައިވާ ނަމަ ނުވަތަ އެ ގޮތަށް ގަބޫލުކުރެވޭ ނަމަ 48 (ސާޅީސްއަށެއް) ގަޑިއިރުގެ ތެރޭގައި އޮތޯރިޓީއަށް އެކަން އެންގުން ލާޒިމުވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން، މިހާރު އޮތް ޕްރޮސްޕެކްޓަސްއާ ގުޅޭ ސިގްނިފިކަންޓް އައު މައުލޫމާތެއް ނުވަތަ މިހާރު ހާމަކޮށްފައިވާ މައުލޫމާތަކަށް އައިސްފައި އޮތް ބަދަލެއް އޮތޯރިޓީއަށް ހާމަކުރުމާ ގުޅިގެން އޮތޯރިޓީން ދޭ ލަފަޔާއި އިރުށާދުތަކާ އެއްގޮތަށް ކުންފުނިން ނުވަތަ ޕްރިންސިޕަލް އެޑްވައިޒަރު، މި ގަވާއިދުގެ 159 ވަނަ މާއްދާއާއި 173 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދަ ސަޕްލިމެންޓްރީ ޕްރޮސްޕެކްޓަސްއެއް ނުވަތަ ރިޕްލޭސްމަންޓް ޕްރޮސްޕެކްޓަސްއެއް ހުށަހަޅަންވާނެއެވެ.

 

6 ވަނަ މާއްދާ - ޕްރޮސްޕެކްޓަސްގައި މައުލޫމާތު ހާމަކުރަންޖެހޭ އުސޫލު

ޕްރޮސްޕެކްޓަސްގައި މައުލޫމާތު ހާމަކޮށްފައި އޮންނަންވާނީ، އިންވެސްޓަރުން އިންވެސްޓްކުރުމަށް ހަދަންޖެހޭ އެސެސްމަންޓްތައް ފަސޭހައިން ހަދައި، ފަހުމްކުރެވޭނެ ގޮތަށެވެ. މި ގޮތުން ޕްރޮސްޕެކްޓަސްއަށް ޒިންމާވާންޖެހޭ ފަރާތްތަކުން، ޕްރޮސްޕެކްޓަސް ޑްރާފްޓްކުރުމުގައި އަންނަނިވި ކަންކަމަށް ސަމާލުކަން ދޭންވާނެއެވެ.

(ހ) ހުރިހާ މައުލޫމާތެއް ސާފުކޮށް ސަރީހަކޮށް ފަސޭހައިން ފަހުމްވާނެ ފަދަ ކުރު އިބާރާތްތަކުން ލިޔެފައި ހުރުން 

(ށ) އަޅައިބެލުމަށް، ފޯރުކޮށްދެވިފައިވާ މައުލޫމާތު ހުންނަންވާނީ، އޭގެ މާނަ ފަސޭހައިން ދޭހަވާނެ ގޮތަށް، އިންސާފުވެރި، އަދި، ހަމަހަމަ އުސޫލަކުން، އަދި މިފަދަ މައުލޫމާތުގެ މަސްދަރުތައް ހާމަކުރުން

(ނ) މި ޕްރޮސްޕެކްޓަސްގައި ހާމަކޮށްފައިވާ މައިގަނޑު މައުލޫމާތު ފާހަގަވެ އެނގޭނޭ ގޮތަށް ހާމަކުރުން

(ރ) ޕްރޮސްޕެކްޓަސްގެ ބައިތައް މި ގަވާއިދުގައި ބަޔާންކޮށްފައިވާ ތަރުތީބުން ހުރުން.

 

7 ވަނަ މާއްދާ - އަދާހަމަކޮށްފައިވާ މައުލޫމާތު ފޯރުކޮށްދިނުން

ޕްރޮސްޕެކްޓަސްގައި ހާމަކޮށްފައިވާ ކޮންމެ މައުލޫމާތަކީ ވެސް، ޕްރޮސްޕެކްޓަސް ތާރީހުގެ ކުރިން، އެ ފަދަ މައުލޫމާތު ފޯރުކޮށްދެވެން އޮތް އެންމެ ފަހުގެ ތާރީހަކާ ހަމަޔަށް އަދާހަމަކޮށްފައިވާ މައުލޫމާތު ކަމުގައި ވާންވާނެއެވެ.

 

8 ވަނަ މާއްދާ - ޑިޒައިނާއި ލޭއައުޓް

ޕްރޮސްޕެކްޓަސްގެ ޑިޒައިނާއި، ލޭއައުޓާއި ބޭނުންކޮށްފައިވާ ފޮންޏާއި، ފޮންޓުގެ ސައިޒު ހުންނަންވާނީ ފަސޭހައިން ކިޔައި ދެނެގަނެވޭނެ ގޮތަށެވ

 

9 ވަނަ މާއްދާ - ގައިޑަންސް ނޯޓުތައް

މި ގަވާއިދަށް އަމަލަކުރަންޖެހޭ ފަރާތްތަކަށް ބޭނުންވާނެ ގައިޑަންސް މި ގަވާއިދުގައި، އެކަށީގެންވާ ތަންތަނުގައި ހިމަނައިފައި ވާނެއެވެ. މި ގޮތުން، ފޯރުކޮށްދީފައިވާ އެފަދަ އެއްވެސް ގައިޑަންސަކާ ތައާރުޒުވުމެއް ފާހަގަކުރެވިފައިވާ ނަމަ އެ ފަދަ ތައާރުޒުވުމަކީ، މި ގަވާއިދާ ހިލާފުވާ ފަދަ ކަމެއްތޯ އޮތޯރިޓީން ބަލާނެއެވެ

 

10 ވަނަ މާއްދާ - އިސްތިސްނާކުރުން

މި ގަވާއިދަށް އަމަލުކުރަންޖެހޭ ފަރާތްތަކުން މި ގަވާއިދުގައި އަމަލުކުރަންޖެހޭ އެއްވެސް ކަމަކުން އިސްތިސްނާކޮށްދިނުމަށް ނުވަތަ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތް ނޫން ގޮތަކަށް އަމަލުކުރަން ހުށަހަޅާ ނަމަ، އަންނަނިވި ކަންކަމަށް ރިއާޔަތްކުރުމަށްފަހު އެފަދަ އިސްތިސްނާ ދިނުމުގެ އިހުތިޔާރު، އޮތޯރިޓީއަށް ލިބިގެންވެއެވެ. މި ގޮތުން ދެވޭ އެއްވެސް އިސްތިސްނާއެއް ބަލަންވާނީ، މި ގަވާއިދުގެ ދަށުން އޮތޯރިޓީން ދީފައިވާ ލުޔެއްގެ ގޮތުގައެވެ.

(ހ) ބަދަލުގައި ހުށަހަޅާ އެ ފަދަ ކަންކަމަކީ މި ގަވާއިދުން ހާސިލުކުރުމަށް ކަނޑައަޅައިފައި އޮތް އަސްލު މަގުސަދާ ހިލާފުވާ ކަމަކަށް ނުވުން

(ށ) އެ ފަދަ އިސްތިސްނާއަކީ ނުވަތަ ބަދަލުގައި ހުށަހަޅައިފައިވާ ގޮތަކީ، ގަވާއިދުގެ އަސްލު މަގުސަދު ހާސިލުކުރެވޭ ފަދަ ނުވަތަ އެއާ އެއް މިންވަރެއްގެ، ނުވަތަ އެއް ފެންވަރެއްގެ މައުލޫމާތެއް ކަމުގައި އޮތޯރިޓީއަށް ގަބޫލުކުރެވުނު.

 

 

ތިންވަނަ ބައި

ޕްރޮސްޕެކްޓަސްގައި ހިމަނަންޖެހޭ ބައިތައް (ދޫކުރާ ސެކިއުރިޓީޒްއަކީ އިކުއިޓީ ނަމަ)

ފުރަތަމަ ބައި: ކަވަރ ޕޭޖާއި ފުރަތަމަ ސަފުހާ

 

11 ވަނަ މާއްދާ - ކަވަރ ޕޭޖް

ކަވަރ ޕޭޖުގައި ތިރީގައިވާ މައުލޫމާތާއި ބަޔާންތައް ހިމަނަންވާނެއެވެ.

(ހ) ކުންފުނީގެ ނަން.

(ށ) ރަޖިސްޓަރީކުރެވިފައިވާ ނަން.

(ނ) ރަޖިސްޓަރީ ނަންބަރ.

(ރ) ޕްރޮސްޕެކްޓަސްގެ ތާރީހު.

(ބ) ތިރީގައިވާ ބަޔާން: "މި ޕްރޮސްޕެކްޓަސްގެ ތާރީހުން ފެށިގެން 6 (ހައެއް) މަސްދުވަހުގެ ފަހުން، މި ޕްރޮސްޕެކްޓަސްއަށް ބިނާކޮށް އެއްވެސް ހިއްސާއެއް އެކަށައަޅައިގެން، ނުވަތަ ދޫކޮށްގެން ނުވާނެއެވެ."

(ޅ) ތިރީގައިވާ ބަޔާން ފވި ލިޔުމުން؛

"މި ޕްރޮސްޕެކްޓަސްގެ ކޮންޓެންޓްސް ކިޔައި، ފަހުމްކުރުމަށް އިންވެސްޓަރުންނަށް ނަސޭހަތްތެރިވަމެވެ. ސުވާލު އުފެދޭ ނަމަ، ޕްރޮފެށަނަލް އެޑްވައިޒަރެއްގެ ލަފާ ހޯދާށެވެ. ޕްރޮސްޕެކްޓިވް އިންވެސްޓަރުން ވިސްނަންޖެހޭ ހިރާސް (ރިސްކް ފެކްޓަރސް) އާ ބެހޭ މައުލޫމާތު ހޯދުމަށް ސަފުހާ "XX" އިން ފެށޭ "ހިރާސްތައް" ބަލާށެވެ!"

(ކ) ތިރީގައިވާ ބަޔާން:

"މި ޕްރޮސްޕެކްޓަސް ވަނީ، ގާނޫނު ނަންބަރު 2006-02 (ދިވެހިރާއްޖޭގެ މާލީ ސެކިއުރިޓީޒްއާ ބެހޭ ގާނޫނު) ގެ ދަށުން، ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ (ސީއެމްޑީއޭ) ގައި ރަޖިސްޓަރީކޮށްފައެވެ. މި ޕްރޮސްޕެކްޓަސް ރަޖިސްޓަރީކޮށްފައި ވުމުގެ މާނައަކީ، މި ޕްރޮސްޕެކްޓަސްގައި ހިމެނޭ އޮފަރިންގގައި އިންވެސްޓްކުރުމަށް އޮތޯރިޓީން ދީފައިވާ ލަފައެއް ނުވަތަ މި ޕްރޮސްޕެކްޓަސްގައި ހިމަނައިފައިވާ އެއްވެސް ބަޔާނެއްގެ ނުވަތަ އޮޕިނިއަންއެއްގެ ނުވަތަ ރިޕޯޓެއްގެ ސައްހަކަން މި އޮތޯރިޓީން ކަށަވަރުކޮށްދޭ ކަމެއް ކަމުގައި ބަލައިގެން ނުވާނެއެވެ. މި ޕްރޮސްޕެކްޓަސް މެދުވެރިކޮށް، އިންވެސްޓްކުރުމަށް ދޫކުރާ ސެކިއުރިޓީޒްގެ މެރިޓަށް އެއްވެސް މިންވަރަކަށް އޮތޯރިޓީން ބަލައިފައެއް ނުވާނެއެވެ."

(އ) ތިރީގައިވާ ބަޔާން:

"ކުންފުނިން ހާމަނުކުރާ އެއްވެސް މައުލޫމާތެއްގެ ނުވަތަ މި ޕްރޮސްޕެކްޓަސްގައި ހިމެނޭ އެއްވެސް މައުލޫމާތެއްގެ ޒިންމާއެއް އޮތޯރިޓީއަކުން ނޫފުލާނެއެވެ. އަދި މި ޕްރޮސްޕެކްޓަސްގައި ހިމެނޭ މައުލޫމާތުގެ ސައްހަކަމާއި ފުރިހަމަކަމާ ގުޅޭގޮތުން އޮތޯރިޓީއަކުން ޒިންމާއެއް ނޫފުލާނެއެވެ. މި ޕްރޮސްޕެކްޓަސްގައިވާ އެއްވެސް މައުލޫމާތަކަށް ނުވަތަ އެއިން ބަޔަކަށް ބިނާކޮށް ނިންމާ ނިންމުމަކުން ކުރިމަތިވެދާނެ ގެއްލުމެއްގެ ޒިންމާއެއް ވެސް އޮތޯރިޓީއަކުން ނޫފުލާނެއެވެ."

(ވ) ސްޓޮކް އެކްސްޗޭންޖުގެ ސެކަންޑް ބޯޑުގައި ލިސްޓުކުރުމަށް ގަސްތުކޮށްގެން އަންނަ ކުންފުނިތަކުން އަންނަނިވި ބަޔާން، ފާހަގަވާނެ ކުލަޔަކުން، ލިޔުމުން ހާމަކުރުން:

"ސްޓޮކް އެކްސްޗޭންޖުގެ ސެކަންޑް ބޯޑަކީ، ކުދި އަދި މެދުފަންތީގެ ކުންފުނިތަކަށް އަމާޒުކޮށްގެން އުފައްދައިފައިވާ އޯލްޓަނޭޓިވް ބޯޑެކެވެ. އަދި މި ބޯޑުގައި ލިސްޓުކުރެވޭ ކުންފުނިތަކަކީ މެއިން ބޯޑުގައި ލިސްޓުކުރެވޭ އެސްޓަބްލިށްޑް ކުންފުނިތަކަށް ވުރެ، އިންވެސްޓްމަންޓް ރިސްކް ބޮޑު ކުންފުނިތަކަކަށް ވުމަކީ އެކަށީގެންވާ ކަމެކެވެ. އަދި ސެކަންޑް ބޯޑުގައި ލިސްޓުކޮށްފައިވާ ހިއްސާއަކީ އެ ހިއްސާ މުއާމަލާތުކުރުމަށް އެކަށީގެންވާ ލިކުއިޑިޓީ ލިބޭނެކަމުގެ ކަށަވަރުކަން އޮތް ހިއްސާއަކަށް ނުވުމަކީ، އެކަށީގެންވާ ކަމެކެވެ. މި ފަދަ ކުންފުނިތަކުގައި އިންވެސްޓުކުރުމުގައި އެ އިންވެސްޓްމަންޓުގައި ހިމެނޭ ރިސްކުތައް ފަހުމްކޮށް ދެނެގަތުމަށްފަހުގައި އިންވެސްޓްކުރުމަށް ސަމާލުވާންވާނެއެވެ."

 

12 ވަނަ މާއްދާ - ފުރަތަމަ ސަފްހާ 

(ހ) ޒިންމާގެ ބަޔާންތައް:

  1. ކުންފުނީގެ ޑިރެކްޓަރުންނާއި ޕްރޮމޯޓަރުން ވަނީ މި ޕްރޮސްޕެކްޓަސް ބަލައި ފާސްކޮށްފައެވެ. ކުންފުނީގެ ޑިރެކްޓަރުންނާއި ޕްރޮމޯޓަރުން އެކުގައި އަދި ވަކިވަކީން ވެސް ޕްރޮސްޕެކްޓަސްގައި ހިމެނޭ މައުލޫމާތުގެ ސައްހަކަމުގެ ފުރިހަމަ ޒިންމާ އުފުލައެވެ. ޕްރޮސްޕެކްޓަސްއާ ބެހޭ ގޮތުން ބަލަންޖެހޭ އެންމެހައި ކަންކަން އެކަށީގެންވާ މިންވަރަށް ބަލައިފައިވާކަމާއި ޑިރެކްޓަރުންނާއި ޕްރޮމޯޓަރުންނަށް ލިބިފައިވާ މައުލޫމާތަށް ބިނާކޮށް ބަލާއިރު، ޕްރޮސްޕެކްޓަސްގައި ސައްހަނޫން އެއްވެސް މައުލޫމާތެއް ނުވަތަ އޮޅުވައިލުމެއް ނުވާކަމާއި ހަގީގަތްތަކެއް ފޮރުވުމުގެ މަގުސަދެއްގައި އެނޫންވެސް މައުލޫމާތެއް ހާމަނުކޮށް ނޯންނޭކަން ކަށަވަރުކޮށްދެމެވެ."
    މި ބަޔާނާއެކުގައި ގާނޫނު ނަންބަރު 2023-07 (ކުންފުނީގެ ގާނޫނު) ގެ 172 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދައިން ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ ހުރިހާ މެންބަރުން ސޮއިކޮށްފައި ހުންނަންވާނެއެވެ.
  2. "(ޕްރިންސިޕަލް އެޑްވައިޒަރުގެ ނަން)، ޕްރިންސިޕަލް އެޑްވައިޒަރުގެ ހައިސިއްޔަތުން، ލިބިފައިވާ ހުރިހާ މައުލޫމާތެއްގެ އަލީގައި، ލިބިފައިހުރި އިލްމާއި ގަބޫލުކުރާ ހަމަތަކަށް ބިނާކޮށް، މި ޕްރޮސްޕެކްޓަސްގައި އޮފަރިންގއާ ގުޅޭގޮތުން ހާމަކޮށްފައިވާ މެޓީރިއަލް މައުލޫމާތަކީ ތެދު އަދި ހަގީގީ މައުލޫމާތު ކަމުގައި ދެކެމެވެ."
  3. ކުރިމަގަށް ލަފާކޮށްފައިވާ މާލީ މައުލޫމާތު ހާމަކޮށްފައިވާ ނަމަ، އަންނަނިވި ބަޔާން:
    "ކުރިމަގަށް ލަފާކޮށްފައިވާ މާލީ މައުލޫމާތު ތައްޔާރުކުރުމުގައި ބަރޯސާވެފައިވާ އަސާސްތަކާއި އެޒަމްޕްށަންތަކަކީ އެކަށީގެންވާ ކަންތައްތަކެއްކަން ކުންފުނީގެ ޑިރެކްޓަރުންނާއި ޕްރޮމޯޓަރުން އަދި/ނުވަތަ އޮފަރަރ، އެޕްލިކަބަލް ނަމަ، ކަށަވަރުކޮށްދެމެވެ."
    "ޕްރިންސިޕަލް އެޑްވައިޒަރުގެ (ނަން)، ޕްރިންސިޕަލް އެޑްވައިޒަރުގެ ހައިސިއްޔަތުން ކުރިމަގަށް ލަފާކޮށްފައިވާ މާލީ މައުލޫމާތު ތައްޔާރުކުރުމުގައި ބަރޯސާވެފައިވާ އަސާސްތަކާއި، އެޒަމްޕްށަންތަކަކީ އެކަށީގެންވާ ކަންތައްތަކެއްކަމަށް ގަބޫލުކުރަމެވެ."

(ށ) ޑިސްކްލައިމަރ ބަޔާންތައް:

  1. އެޕްލިކަބަލް ނަމަ:
    "މި ޕްރޮސްޕެކްޓަސްގެ ބޭނުމަށް ހަދައިފައިވާ ވެލުއޭށަނަކީ (އެކަށީގެންވާ ހާލަތުތަކުގައި) ސަބްޖެކްޓް އެސެޓްސްގެ ވެލިއުގެ މައްޗަށް، ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީން ނުވަތަ ސްޓޮކް އެކްސްޗޭންޖުން، ދީފައިވާ އެންޑޯސްމަންޓެއްގެ ގޮތުގައި ބަލައިގެން ނުވާނެއެވެ."
  2. އެޕްލިކަބަލް ނަމަ، އަންނަނިވި ބަޔާން:
    "ސްޓޮކް އެކްސްޗޭންޖުގެ (ނަން) ގެ އޮފިށަލް ލިސްޓުގައި ލިސްޓުކުރުމަށް އެޑްމިށަން ލިބިފައިވުމަކީ މި އޮފަރިންގ، ނުވަތަ ކުންފުނީގެ ނުވަތަ ދޫކުރެވޭ ހިއްސާގެ މެރިޓްސް އެންޑޯސްކޮށްދިނުން ކަމުގައި ބަލައިގެން ނުވާނެއެވެ."

(ނ) އެހެނިހެން ބަޔާންތައް:

  1. "ގާނޫނު ނަންބަރު 2006-02 (ދިވެހިރާއްޖޭގެ މާލީ ސެކިއުރިޓީޒްއާ ބެހޭ ގާނޫނު) އާ ހިލާފަށް، ޕްރޮސްޕެކްޓަސްގައި، ދޮގު ނުވަތަ ހަގީގަތް އޮޅުވައިލުމުގެ މަގުސަދުގައި، އެއްވެސް މައުލޫމާތެއް ހިމެނުން ނުވަތަ ހަގީގަތް އޮޅުވައިލުމުގެ މަގުސަދުގައި އެއްވެސް މައުލޫމާތެއް ނުހިމެނުން، ނުވަތަ ޕްރޮސްޕެކްޓަސްއާ ގުޅިގެން އޮޅުވައިލުމުގެ އެއްވެސް އަމަލެއް، ކުންފުނިން ނުވަތަ މި ޕްރޮސްޕެކްޓަސްއާ ގުޅުންހުރި އެއްވެސް ފަރާތަކުން ކޮށްފައިވާ ނަމަ މި ގާނޫނުގެ ދަށުން ރިކޯސް ހޯދުމުގެ ފުރުސަތު އިންވެސްޓަރުންނަށް ލިބިގެންވާކަން އަންގައިދެމެވެ."
  2. "އާންމުންނަށް ހިއްސާ ވިއްކުމަށް ހުޅުވައިލައިފައިވަނީ ހުރިހާ މެޓީރިއަލް މައުލޫމާތެއް ސައްހަ ގޮތުގައި ފުރިހަމަޔަށް ކަމަށާއި، ގާނޫނު ނަންބަރު 2006-02 (ދިވެހިރާއްޖޭގެ މާލީ ސެކިއުރިޓީޒްއާ ބެހޭ ގާނޫނު) ގައި ބަޔާންކޮށްފައިވާ ކޮންމެ ފަރާތަކުން ވެސް އެކަމަށް ޒިންމާވާ ގޮތަށެވެ."
  3. ދޫކުރުމަށް އަދި/ނުވަތަ ލިސްޓުކުރުމަށް ހުށަހަޅައިފައިވާ ހިއްސާއަކީ ށަރީއާ ހުއްދަކުރާ ހިއްސާގެ ގޮތުގައި ކަނޑައަޅައިފައިވާ ނަމަ، އަންނަނިވި ބަޔާން:
    "މި ޕްރޮސްޕެކްޓަސް މެދުވެރިކޮށް ދޫކުރުމަށް އަދި/ނުވަތަ ލިސްޓުކުރުމަށް ހުށަހަޅައިފައިވާ ހިއްސާއަކީ، އޮތޯރިޓީގެ ކެޕިޓަލް މާކެޓް ށަރީއާ އެޑްވައިޒަރީ ކައުންސިލުން ށަރީއާ ހުއްދަކުރާ ހިއްސާ ކަމަށް ގިންތިކޮށްފައިވާ ހިއްސާއެކެވެ. މި ގިންތިކުރުން، ޕްރޮސްޕެކްޓަސް ށާއިއުކުރާ ދުވަހުން ފެށިގެން، ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީގެ ކެޕިޓަލް މާކެޓް ށަރީއާ އެޑްވައިޒަރީ ކައުންސިލުން ދެން ކުރިޔަށްގެންދާ ށަރީއާ ކޮމްޕްލަޔަންސް ރިވިއުއާ ހަމަޔަށް ސައްހަވާނެއެވެ."

(ރ) ދޫކުރުމަށް ހުށަހަޅައިފައިވާ ހިއްސާ ސްޓޮކް އެކްސްޗޭންޖުގެ އޮފިށަލް ލިސްޓުގައި ލިސްޓުކުރުމަށް ގަސްތުކޮށްފައިވާ ނަމަ އަންނަނިވި ބަޔާންތައް 

  1. ސްޓޮކް އެކްސްޗޭންޖުގައި، ރާއްޖޭގެ ނުވަތަ އެހެން ގައުމެއްގެ ސްޓޮކް އެކްސްޗޭންޖުގައި ލިސްޓުކުރުމާއި ސެކަންޑަރީ މާކެޓުގައި ގަނެވިއްކަން ހުޅުވައިލުމަށް ސްޓޮކް އެކްސްޗޭންޖުން "އިން ޕްރިންސިޕަލް" ހުއްދަ ލިބިފައި އޮތްކަމުގެ ބަޔާނެއް، އަދި
  2. އަންނަނިވި ބަޔާން ލިބިފައި "އިން ޕްރިންސިޕަލް" ހުއްދަ، އޮފަރިންގގެ ނަތީޖާއަށް ބިނާކޮށް ބާތިލުކުރުމަށް ސްޓޮކް އެކްސްޗޭންޖުން ނިންމައިފި ނަމަ، އެޕްލިކޭށަންތަކާއެކު ލިބިފައިވާ ފައިސާ، އެ ފައިސާއަށް އިންޓްރެސްޓް ނުހިނގާނެ ގޮތުގެ މަތީން އިންވެސްޓަރުންނަށް އަނބުރާ ދެވޭނެއެވެ."

(ބ) އޮފަރިންގ ބަންދުކުރާ ތާރީހުން ފެށިގެން 14 (ސާދަ) މާކެޓް ދުވަހުގެ ތެރޭގައި، ސްޓޮކް އެކްސްޗޭންޖުން ލިސްޓުކުރުމުގެ ހުއްދަދީފައި ނުވާ ނަމަ ލިބިފައި އޮތް "އިން ޕްރިންސިޕަލް" ހުއްދަ ބާތިލުވީކަމަށް ބެލެވޭނެކަމުގެ ބަޔާނެއް

(ޅ) އެ ކުންފުންޏެއްގެ ހިއްސާ ސްޓޮކް އެކްސްޗޭންޖުގައި ލިސްޓުކުރުމަށް އެދިފައިވާ ކަމުގައި ވާ ނަމަ ލިޔުމުން، އަދި ފާހަގަވާނެ ކުލަޔަކުން، އަންނަނިވި ބަޔާންތައް ހާމަކުރުން:

  1. "މި ކުންފުންޏަކީ މި ކުންފުނީގެ ހިއްސާ ސްޓޮކް އެކްސްޗޭންޖުގައި ލިސްޓުކުރުމަށް އެދިފައިނުވާ ކުންފުންޏެކެވެ. ސްޓޮކް އެކްސްޗޭންޖުގައި ލިސްޓުކޮށްފައި އޮތް ކުންފުންޏަކާ އަޅައިބަލާއިރު، މި ކުންފުނީގެ ހިއްސާގައި ކުރާ އިންވެސްޓްމަންޓުގެ ރިސްކު ބޮޑުވާނެއެވެ. ސްޓޮކް އެކްސްޗޭންޖުގައި ލިސްޓުކުރަން އެދިފައިނުވާ ކުންފުންޏެއްގެ ހިއްސާއަކީ، ސްޓޮކް އެކްސްޗޭންޖުގައި އާންމުކޮށް ގަނެވިއްކަން ލިބެން ހުންނާނެ ހިއްސާއަކަށް ނުވުމާއެކު މި ހިއްސާގެ ލިކުއިޑިޓީ ދަށްވާނެއެވެ. ވީމާ، ތިޔަ ފަރާތުން މި ހިއްސާގައި އިންވެސްޓްކުރުމަށް ނިންމުމުގެ ކުރިން މި އިންވެސްޓްމަންޓުގައި ހިމެނޭ ރިސްކުތައް ފަހުމްކޮށް ދެނެގަތުމަށް ފަހުގައި އިންވެސްޓްކުރުމަށް ސަމާލުވާންވާނެއެވެ." 
  2. ކުންފުނީގެ ހިއްސާ، ސްޓޮކް އެކްސްޗޭންޖުގެ ގަނެވިއްކުމުގެ މެކޭނިޒަމް ފިޔަވައި، އޮތޯރިޓީން ހުއްދަ ދީފައިވާ އެހެން ނިޒާމަކުން ގަނެވިއްކޭނެ މަގު ފަހިކޮށްދިނުމަށް ގަސްތުކޮށްފައި އޮތް ނަމަ، އެ ނިޒާމުގެ ތަފުސީލު މައުލޫމާތާއެކު އެ ކަމުގެ ބަޔާނެއް.

 

13 ވަނަ މާއްދާ - އިންޑިކޭޓިވް ޓައިމްލައިން

އިންޑިކޭޓިވް ޓައިމްލައިންގައި އަންނަނިވި ތާރީހުތަކާ ގުޅުންހުރި މައުލޫމާތު (އެޕްލިކަބަލް ނަމަ) ހިމަނަންވާނެއެވެ.

(ހ)

  1. އޮފަރިންގ ހުޅުވާ ތާރީހާއި ބަންދުކުރާ ތާރީހު (ސަބްސްކްރިޕްށަން މުއްދަތު)؛
  2. ހިއްސާ އެލޮޓްކުރާ ތާރީހު؛
  3. ޑިޕޮޒިޓްކުރާ ތާރީހު؛
  4. ލިސްޓުކުރާ ތާރީހު.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ތާރީހުތަކަށް އަންނަ ބަދަލު މާކެޓަށް އަންގާނެ ވަސީލަތް ހާމަކުރަންވާނެއެވެ.

(ނ) މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ އޮފަރިންގ ހުޅުވާ ތާރީހަކީ، ޕްރޮސްޕެކްޓަސް ތާރީހުން ފެށިގެން، މަދުވެގެން 14 (ސާދަ) ދުވަހަށް ވުރެ ފަހުގެ ތާރީހަކަށް ވާންވާނެއެވެ.

(ރ) ޕްރޮސްޕެކްޓަސް ރަޖިސްޓަރީކުރުމަށްފަހު، އިންޑިކޭޓިވް ޓައިމްލައިނަށް އަންނަ ބަދަލުތަކަކީ ޕްރޮސްޕެކްޓަސްގައި ހާމަކޮށްފައިވާ މައުލޫމާތަށް އަސަރުކުރާނެ ސިގްނިފިކަންޓް ބަދަލެއްކަމުގައި ބެލެވޭނެއެވެ.

 

14 ވަނަ މާއްދާ - ކޯޕަރޭޓް ޑިރެކްޓަރީ

ކޯޕަރޭޓް ޑިރެކްޓަރީގައި، އަންނަނިވި ފަރާތްތަކާއި، އެ ފަރާތްތަކުގެ މައުލޫމާތު (އެޕްލިކަބަލް ނަމަ) ހިމަނަންވާނެއެވެ.

(ހ) ކޮންމެ ޑިރެކްޓަރެއްގެ ނަމާއި މަގާމާއި، ގައުމިއްޔަތާއި، އެޑްރެސް، އަދި ޑިރެކްޓަރަކީ އިންޑިޕެންޑަންޓް ނުވަތަ ނޮން-އިންޑިޕެންޑަންޓް ޑިރެކްޓަރެއްކަން.

(ށ) ކުންފުނީގެ ސެކްރެޓަރީގެ ނަމާއި، އެޑްރެހާއި، ޕްރޮފެށަނަލް ކޮލިފިކޭށަން އަދި ޕްރޮފެށަނަލް އެއްވެސް ބޮޑީއެއްގެ މެންބަރެއް ނަމަ، އެކަން،

(ނ) ކުންފުނި ރަޖިސްޓަރީކޮށްފައިވާ އޮފީހުގެ އެޑްރެހާއި، ހެޑް އޮފީހުގެ އެޑްރެހާއި، ޓެކްސް ދައްކާ ފަރާތުގެ އައިޑެންޓިފިކޭށަން ނަންބަރު (ޓިން) އާއި، ފޯނު ނަންބަރާއި، އީމެއިލް އެޑްރެހާއި، ވެބްސައިޓުގެ އެޑްރެސް.

(ރ) ތިރީގައިވާ ފަރާތްތަކުގެ ނަމާއި، އެޑްރެސް (އެޕްލިކަބަލް ނަމަ):

  1. ޕްރިންސިޕަލް އެޑްވައިޒަރ؛
  2. ލީގަލް އެޑްވައިޒަރ (ޕްރޮސްޕެކްޓަސްއާ ގުޅިގެން އައްޔަނުކުރާ)
  3. ށެއަރ ރެޖިސްޓްރާރ؛
  4. އަންޑަރރައިޓަރ؛
  5. ޕްލޭސްމަންޓް އޭޖަންޓް؛
  6. ށަރީއާ އެޑްވައިޒަރ؛
  7. ޕްރޮސްޕެކްޓަސްއާ ގުޅުންހުރި އެހެން އެއްވެސް ފަރާތެއް.

(ބ) ކުންފުނީގެ އެކްސްޓަރނަލް އޮޑިޓަރުގެ ނަމާއި، އެޑްރެހާއި، ޕްރޮފެށަނަލް ކޮލިފިކޭށަން އަދި ޕްރޮފެށަނަލް ބޮޑީއެއްގެ މެންބަރެއް ނަމަ، އެކަން.

(ޅ) ޕްރޮސްޕެކްޓަސްއާ ގުޅުންހުރި ކަންކަމުގައި ރިޕޯޓުތައް ނުވަތަ އެކްސަރޕްޓްސް ނުވަތަ ހުލާސާތައް ފޯރުކޮށްދީފައިވާ ތަޖްރިބާކާރުގެ ނަމާއި، އެޑްރެހާއި، ކޮލިފިކޭށަން. އެ ތަޖުރިބާކާރަކީ ކުންފުންޏެއް ނުވަތަ ފަރމްއެއް ނަމަ، އެ ކުންފުނި ނުވަތަ ފަރމްގެ ފަރާތުން އެ ފަދަ ރިޕޯޓުތައް ނުވަތަ އެކްސަރޕްޓްސް ނުވަތަ ހުލާސާތައް ތައްޔާރުކުރުމުގެ ޒިންމާ އުފުލާ ފަރާތުގެ ނަމާއި، އެޑްރެހާއި، ޕްރޮފެށަނަލް ކޮލިފިކޭށަން. 

(ކ) ހިއްސާ ލިސްޓުކޮށްފައިވާ ސްޓޮކް: އެކްސްޗޭންޖުގެ ނަން - ނުވަތަ ޕްރޮސްޕެކްޓަސްއާ ގުޅިގެން ލިސްޓުކުރުމަށް ހުށަހަޅައިފައިވާ ސްޓޮކް: އެކްސްޗޭންޖުގެ ނަން

(އ) މި މާއްދާގެ (ރ) ގެ (7) ވަނަ ނަންބަރުގެ ބޭނުމަށްޓަކައި، މާލީ ލަފާ ދިނުމަށް އެއްވެސް ފަރާތެއް ނުވަތަ ފަރާތްތަކެއް އައްޔަނުކޮށްފައިވާ ނަމަ، އެ ފަރާތުގެ ނުވަތަ އެ ފަރާތްތަކުގެ މަސައްކަތުގެ/ހިދުމަތުގެ އެއްބަސްވުމުގެ މުހިންމު ށަރުތުތަކާއި ސްކޯޕް އޮފް ވަރކްގެ މައުލޫމާތު ހާމަކުރަންވާނެއެވެ.

 

15 ވަނަ މާއްދާ - ހުއްދަތަކާއި ށަރުތުތައް 

(ހ) އޮފަރއާ ގުޅިގެން ކަމާބެހޭ ފަރާތްތަކުން ދީފައިވާ ހުއްދަތަކާއި ށަރުތުތަކެއް ކަނޑައަޅައިފައިވާ ނަމަ، އެފަދަ ށަރުތުތަކަށް އަމަލުކުރެވެމުންދާކަމުގެ ބަޔާނެއް ޕްރޮސްޕެކްޓަސްގައި ހިމަނަންވާނެއެވެ.

(ށ) ގާނޫނާއި ގަވާއިދުތަކާއި ގައިޑްލައިންތަކާއި އެހެނިހެން ރެގިއުލޭޓަރީ ށަރުތުތަކަށް އަމަލުކުރުމުން ލުޔެއް ހޯދައިފައިވާ ނަމަ، އެ ލުއިތަކުގެ ތަފުސީލު ހާމަކުރަންވާނެއެވެ.

(ނ) ހިއްސާގެ މައްޗަށް އެއްވެސް މޮރަޓޯރިއަމެއް ކަނޑައެޅިފައިވާ ނަމަ، އަންނަނިވި މައުލޫމާތު ހާމަކުރަންވާނެއެވެ:

  1. ހިއްސާދާރުގެ ނަން؛
  2. އެފަދަ މޮރަޓޯރިއަމެއް ތަންފީޒުކުރުމަށް ކަނޑައެޅި އިދާރާ ނުވަތަ ފަރާތް؛
  3. މޮރަޓޯރިއަމް ކަނޑައަޅައިފައިވާ ހިއްސާގެ އަދަދު؛
  4. މޮރަޓޯރިއަމްގައި ހިމެނިފައިވާ ށަރުތުތަކުގެ ތަފުސީލު، މޮރަޓޯރިއަމްގެ މުއްދަތު ހިމެނޭ ގޮތަށް.

(ރ) ކުންފުނީގެ ވިޔަފާރީއަށް ހާއްސަކޮށް ހިނގާ ގާނޫނުތަކާއި ގަވާއިދުތައް ހުރި ނަމަ، އެފަދަ ގާނޫނުތަކާއި ގަވާއިދުތަކުގެ މައުލޫމާތާއި، އެޔަށް އަމަލުކުރަމުން އަންނަކަމުގެ ބަޔާނެއް ހާމަކުރަންވާނެއެވެ. 

 

 

ދެވަނަ ބައި: ޕްރޮސްޕެކްޓަސްގެ ހުލާސާ

 

16 ވަނަ މާއްދާ - ތައާރުފު

(ހ) ޕްރޮސްޕެކްޓަސްގެ ހުލާސާގައި، ކުންފުންޏާ ގުޅޭގޮތުންނާއި ޕްރޮސްޕެކްޓަސްއާ ގުޅުންހުރި މުހިންމު ކަންކަމުގެ ހުލާސާ މައުލޫމާތު ހިމަނަންވާނެއެވެ. މި ހުލާސާ 10 (ދިހައެއް) ސަފުހާއަށް ވުރެ ދިގުވެގެން ނުވާނެއެވެ. އަދި މި ހުލާސާ ހިމަނަންވާނީ ޕްރޮސްޕެކްޓަސްގެ ފެށުމުގައެވެ.

(ށ) ޕްރޮސްޕެކްޓަސްގެ ހުލާސާ ތައްޔާރުކުރުމުގައި، އަންނަނިވި ކަންކަމަށް ސަމާލުވާންވާނެއެވެ.

  1. ހިއްސާގެ ޒާތާއި، މެޓީރިއަލް މަންފާތަކާއި، މެޓީރިއަލް ރިސްކުތަކާ ކެ މެދު ފެއަރ އެންޑް ބެލެންސްޑް ވިއު އެއް ފޯރުކޮށްދިނުން؛
  2. ޕްރޮސްޕެކްޓަސްގެ އެހެނިހެން ބައިތަކުގައި ހާމަކޮށްފައިވާ މައުލޫމާތުތަކާ އެއްގޮތްވުން.
  3. ޕްރޮސްޕެކްޓަސްގެ ހުލާސާ ފަށާއިރު، އަންނަނިވި ސަމާލުގެ ބަޔާން ލިޔުމުން ހިމަނަންވާނެއެވެ.
    "މި ހުލާސާގައި ހަމައެކަނި އަލިއަޅުވައިލައިފައިވަނީ ޕްރޮސްޕެކްޓަސްގެ އެހެން ބައިތަކުގައި ހިމެނިފައިވާ މުހިންމު މައުލޫމާތުތަކަށެވެ. މި ހުލާސާގައި، އިންވެސްޓަރުންނަށް މުހިންމުވެދާނެ ހުރިހާ މައުލޫމާތެއް ހިމެނިފައި ނުހުރެދާނެއެވެ. އެހެންކަމުން މި އޮފަރ ކުރެވޭ ހިއްސާގައި އިންވެސްޓްކުރުމަށް ނިންމުމުގެ ކުރިން، މުޅި ޕްރޮސްޕެކްޓަސް ކިޔައި ފަހުމްކުރަންވާނެއެވެ."

 

17 ވަނަ މާއްދާ - އޮފަރިންގއާ ގުޅޭ މައިގަނޑު މައުލޫމާތު

އިންވެސްޓަރުންގެ އެކިއެކި ގުރޫޕުތަކަށް ހުށަހަޅައިފައިވާ ހިއްސާއާ ގުޅޭގޮތުން އަންނަނިވި މައުލޫމާތު، ޕްރޮސްޕެކްޓަސްގެ ހުލާސާގައި ހާމަކުރަންވާނެއެވެ.

(ހ) ހިއްސާގެ އަދަދު،

(ށ) ހިއްސާ ވިއްކަން ހުށަހަޅާ އަގު.

(ނ) ހިއްސާގެ މައްޗަށް. އެއްވެސް މޮރިޓޯރިއަމެއް ކަނޑައަޅައިފައިވާ ނަމަ، އެކަން.

 

18 ވަނަ މާއްދާ - ވިޔަފާރީގެ މޮޑެލް

އަންނަނިވި ކަންކަން ހިމެނޭހެން ވިޔަފާރި މޮޑެލްގެ މައިގަނޑު ސިފަތައް ޕްރޮސްޕެކްޓަސްގެ ހުލާސާގައި ހާމަކުރަންވާނެއެވެ.

(ހ) ވިޔަފާރި ހިންގާ ގޮތާއި ވިޔަފާރީގެ މައިގަނޑު ހަރަކާތްތައް.

(ށ) ކުންފުނި އޮޕަރޭޓްކުރާ ޕްރިންސިޕަލް މާކެޓްތައް.

(ނ) ވިޔަފާރި ރަޖިސްޓަރީކޮށްފައިވާ ތަން.

 

19 ވަނަ މާއްދާ - ކޮމްޕެޓިޓިވް ޕޮޒިށަނާއި ވިޔަފާރީގެ ސްޓްރެޓެޖީ

ކޮމްޕެޓިޓިވް ޕޮޒިށަނާއި، ވިޔަފާރީގެ ސްޓްރެޓެޖީތައް ޕްރޮސްޕެކްޓަސްގެ ހުލާސާގައި ކުރުކޮށް ހާމަކުރަންވާނެއެވެ.

 

20 ވަނަ މާއްދާ - ހިރާސްތައް (ރިސްކް ފެކްޓަރސް)

ކުންފުނީގެ ވިޔަފާރީގެ ހިންގުމާއި މާލީ ހާލަތާއި، ހިއްސާދާރުންގެ އިންވެސްޓްމަންޓްތަކަށް، މެޓީރިއަލް އަސަރުތަކެއް ކޮށްފާނެކަމަށް ބެލެވޭ ހިރާސްތައް ޕްރޮސްޕެކްޓަސްގެ ހުލާސާގައި ހާމަކުރަންވާނެއެވެ.

 

21 ވަނަ މާއްދާ - ޑިރެކްޓަރުންނާއި ސީނިއަރ މެނޭޖްމަންޓުގެ އިސް މެންބަރުން

ޑިރެކްޓަރުންނާއި ސީނިއަރ މެނޭޖްމަންޓުގެ އިސް މެންބަރުންގެ ނަމާއި މަގާމު، ޕްރޮސްޕެކްޓަސްގެ ހުލާސާގައި ވަކިވަކިން ހާމަކުރަންވާނެއެވެ.

 

22 ވަނަ މާއްދާ - ޕްރޮމޯޓަރުންނާއި ސަބްސްޓޭންށަލް ހިއްސާދާރުން

ޕްރޮމޯޓަރުންނާއި، ސަބްސްޓޭންށަލް ހިއްސާދާރުންގެ އަންނަނިވި މައުލޫމާތު ޕްރޮސްޕެކްޓަސްގެ ހުލާސާގައި ހާމަކުރަންވާނެއެވެ.

(ހ) ނަން.

(ށ) އެ ފަރާތެއް ނިސްބަތްވާ ގައުމު ނުވަތަ ލީގަލް އެންޓިޓީއެއް ނަމަ، ރަޖިސްޓަރީކޮށްފައިވާ ގައުމު.

(ނ) ހިއްސާގެ އަދަދާއި، އިންސައްތަ، އޮފަރގެ ކުރިންނާއި ފަހުން 

(ރ) ނުސީދާގޮތެއްގައި ހިއްސާގެ މިލްކުވެރިކަން އޮތް ނަމަ، "މި މާއްދާގެ (ށ) ން ފެށިގެން (ނ) ނިޔަލަށް ބަޔާންކޮށްފައިވާ މައުލޫމާތު ހާމަކުރަންވާނީ "ބެނެފިށަލް އޯނަރާ ގުޅޭގޮތުންނެވެ.

 

23 ވަނަ މާއްދާ - ޕްރޮސީޑްސް ހޭދަކުރާނެ ގޮތް

އޮފަރިން: ލިބޭނެކަމަށް ލަފާކުރެވޭ ޕްރޮސީޑްސްގެ އަދަދާއި ކުރަން ރާވައިފައިވާ މައިގަނޑު ހޭދަތައް ވަކިވަކީން އެނގޭ ގޮތަށް، އެ ކަންކަމަށް ބޭނުންކުރެވޭ ފައިސާގެ މިންވަރާއި، މުއްދަތުތަކާއެކު، ޕްރޮސްޕެކްޓަސްގެ ހުލާސާގައި ބަޔާންކުރަންވާނެއެވެ.

 

24 ވަނަ މާއްދާ - މާލީ ކަންކަމުގެ މައުލޫމާތާއި ހިންގުމުގެ މައުލޫމާތު

މާލީ ކަންކަމާއި، ހިންގުމުގެ ކަންކަމާ ގުޅިގެން ފާހަގަކުރެވޭ މުހިންމު ކަންކަން ޕްރޮސްޕެކްޓަސްގައި މާލީ މައުލޫމާތު ހާމަކޮށްފައިވާ މުއްދަތަށް ކޮންމެ އަހަރަކަށް ވަކިވަކީން ހުލާސާގޮތެއްގައި، ޕްރޮސްޕެކްޓަސްގެ ހުލާސާގައި ހިމަނަންވާނެއެވެ.

 

25 ވަނަ މާއްދާ - ޑިވިޑެންޑް ޕޮލިސީ

އިށޫއަރގެ ޑިވިޑެންޑް ޕޮލިސީގެ ހުލާސާއެއް، ޕްރޮސްޕެކްޓަސް ހުލާސާގައި ހިމަނަންވާނެއެވެ.

 

26 ވަނަ މާއްދާ - ޕްރޮސްޕެކްޓަސް ހުލާސާގެ ގައިޑަންސް ނޯޓު

ޕްރޮސްޕެކްޓަސްގެ ހުލާސާގައި ހިމަނާ މައުލޫމާތުގެ ތަފުސީލް ހިމެނޭ ޕްރޮސްޕެކްޓަސްގެ ވަކިވަކި ސެކްށަންތަކަށް އެކަށީގެންވާ ކްރޮސް ރެފަރެންސް ހިމަނަންވާނެއެވެ.

 

 

ތިންވަނަ ބައި: އޮފަރގެ ތަފުސީލު

 

27 ވަނަ މާއްދާ - އޮފަރގެ ތަފުސީލު

ވިއްކުމަށް ހުށަހަޅައިފައިވާ ހިއްސާއާ ބެހޭ އަންނަނިވި މައުލޫމާތު ހާމަކުރަންވާނެއެވެ.

(ހ) ހިއްސާގެ އަދަދު: އިންވެސްޓަރ ގުރޫޕުތަކަށް ކަނޑައަޅައިފައިވާ ނަމަ، އެ އަދަދުތައް ވަކިވަކީން.

(ށ) މި އޮފަރިންގ އާ ވިދިގެން އެއްވަގުތެއްގައި އެއްގިންތިއެއްގެ ނުވަތަ އެހެން ގިންތިއެއްގެ ހިއްސާ، ޕްރައިވެޓް އުސޫލުން ދޫކޮށްފައިވާ ނަމަ، ނުވަތަ ސަބްސްކްރައިބްކޮށްފައިވާ ނަމަ، އެ މުއާމަލާތުގައި އެކުލެވޭ ހިއްސާގެ އަދަދާއި، މުއާމަލާތުގެ މައިގަނޑު ސިފަތައް ހާމަކުރުން. އެ ގޮތުން އަންޑަރރައިޓް ނުވަތަ އަންޑަރޓޭކިންގ އެރޭންޖްމަންޓެއް ކޮށްފައިވާ ނަމަ އެކަމުގެ މައުލޫމާތު

(ނ) މި އޮފަރިންގއާ ވިދިގެން އެއްވަގުތެއްގައި، އެހެން ބާވަތެއްގެ ސެކިއުރިޓީޒް އޮފަރކޮށްފައިވާ ނަމަ، އެ ފަދަ ސެކިއުރިޓީޒްގެ މައުލޫމާތު ހޯލްޑިންގ ކުންފުނީގެ ހިއްސާދާރުންގެ ގޮތުގައި މިހާރު ތިބި ފަރާތްތަކަށް، ރައިޓްސް އިށޫގެ އުސޫލުން، އޮފަރކުރާ ނަމަ ނުވަތަ އެލޮޓްކުރާ ނަމަ، އަންނަނިވި މައުލޫމާތު ހާމަކުރަންވާނެއެވެ.

 

28 ވަނަ މާއްދާ - ރައިޓްސް އިށޫގެ އުސޫލުން އޮފަރކުރުން 

(ހ) ހިއްސާ އެކަށައެޅުމަށް ނުވަތަ އެލޮކޭޓްކުރުމަށް ކަނޑައެޅިފައިވާ އުސޫލު.

(ށ) އޮފަރިންގއާ ގުޅިގެން، އެޕްލިކޭށަނާއި ފައިސާ ބަލައިގަންނާނެ ސުންގަޑި.

(ނ) ރައިޓްސް އެލޮކޭށަންގެ ސަބަބުން އުފެދޭ ފްރެކްށަންތަކާމެދު އަމަލުކުރަން ކަނޑައަޅައިފައިވާ އުސޫލު.

(ރ) އޮފަރިއަކީ ރިނައުންސަބަލް ނުވަތަ ނަންރިނައުންސަބަލް އުސޫލުން ކުރާ އޮފަރއެއް ނަމަ، އެކަން ހޯލްޑިންގ ކުންފުނީގެ ހިއްސާދާރުންގެ ހުއްދަ ހޯދައިފައިވާކަން.

(ވ) ވިއްކުމަށް ހުށަހަޅާ ހިއްސާގެ އަގާ ގުޅޭގޮތުން އަންނަނިވި މައުލޫމާތު ހާމަކުރަންވާނެއެވެ. ހިއްސާދާރުންގެ އެކި ގިންތިތަކަށް އޮފަރކޮށްފައިވާ އަގާއި، އެޕްލިކަބަލް ނަމަ، ވިއްކާނެ އެންމެ ދަށް އަގާއި، އެންމެ މަތީ އަގު.

 

29 ވަނަ މާއްދާ - ހިއްސާގެ އަގު

(ހ) ހިއްސާ ވިއްކުމަށް ހުށަހަޅައިފައިވާ އަގު ކަނޑައެޅުމުގައި ބަލައިފައިވާ އަސާސް. ވިއްކުމަށް ހުށަހަޅައިފައިވާ ހިއްސާއަކީ ރާއްޖެއިން ބޭރުގެ ސްޓޮކް އެކްސްޗޭންޖެއްގައި މިހާރު ވެސް ލިސްޓުކޮށްފައި އޮތް ހިއްސާއެއް ނަމަ، (ހިއްސާގެ) އަގަކީ ގާނޫނު ނަންބަރު 2023-07 (ކުންފުނީގެ ގާނޫނު) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން "ހިއްސާގެ މޫނުމަތީ އަގު" ކަމަށް ހިއްސާގެ ސެޓްފިކެޓުގައި ބަޔާންކޮށްފައިވާ އަގެވެ. އަދި "ހިއްސާގެ މޫނުމަތީ އަގަށް ވުރެ ދަށް އަގެއްގައި ހިއްސާ ވިއްކައިގެން ނުވާނެއެވެ."

(ށ) ހިއްސާ ވިއްކުމަށް ހުށަހަޅައިފައިވާ އަގު ކަނޑައެޅުމުގައި ބަލައިފައިވާ އަސާސް.

 

30 ވަނަ މާއްދާ - ހިއްސާގެ ހިސްޓޯރިކް އަގުތައް 

ހިއްސާ ވިއްކުމަށް ހުށަހަޅައިފައިވާ ހިއްސާއަކީ ރާއްޖެއިން ބޭރުގެ ސްޓޮކް އެކްސްޗޭންޖެއްގައި، މިހާރު ވެސް، ލިސްޓުކޮށްފައި، އޮތް ހިއްސާއެއް ނަމަ، އަންނަނިވި ގޮތުގެ މަތީން އެ ހިއްސާގެ އަގުތަކުގެ ހިސްޓްރީއެއް، (އެޕްލިކަބަލް ނަމަ) ހާމަކުރަންވާނެއެވެ.

(ހ) ފާއިތުވެދިޔަ 3 (ތިނެއް) މާލީ އަހަރުގައި، އެއިން ކޮންމެ އަހަރެއްގައި ހިއްސާގެ މުއާމަލާތުކުރެވުނު އަހަރީ އެންމެ މަތީ އަގާއި އެންމެ ދަށް އަގު.

(ށ) ފާއިތުވެދިޔަ 2 (ދޭއް) މާލީ އަހަރާއި އޭގެ ފަހަށް މުއްދަތެއް ހިނގައިފައި އޮތް ނަމަ، އެ މުއްދަތު ހިމެނޭ ގޮތަށް، ކޮންމެ ކުއާޓަރެއް ވަކިވަކިން، ހިއްސާގެ މުއާމަލާތުކޮށްފައިވާ އެންމެ މަތީ އަގާއި އެންމެ ދަށް އަގު.

(ނ) ޕްރޮސްޕެކްޓަސް ތާރީހުގެ ކުރިޔަށް 6 (ހައެއް) ފާއިތުވެދިޔަ މަސްދުވަހު، ކޮންމެ މަހެއް ވަކިވަކިން ހިއްސާގެ މުއާމަލާތުކޮށްފައިވާ އެންމެ މަތީ އަގާއި އެންމެ ދަށް އަގު.

(ރ) ސަބްސްކްރައިބް ކުރުމަށް ޕްރި-އެމްޕްޓިވް ރައިޓްސް ދީފައިވާ ނަމަ، އަންނަނިވި މައުލޫމާތު:

  1. ޕްރޮސްޕެކްޓަސް ތާރީހުގެ ކުރިޔަށް ފާއިތުވެދިޔަ 6 (ހައެއް) މަސްދުވަހުގެ ފުރަތަމަ ޓްރޭޑިންގ ދުވަހުގައި ސެކިއުރިޓީޒް ބާޒާރުގައި ހިއްސާގެ މުއާމަލާތުކޮށްފައިވާ އެންމެ މަތީ އަގާއި އެންމެ ދަށް އަގު؛
  2. އޮފަރ އިއުލާނުކުރި ތާރީހުގެ 1 (އެކެއް) ޓްރޭޑިންގ ދުވަހުގެ ކުރިން، ނުވަތަ އެ ތާރީހާއި ޕްރޮސްޕެކްޓަސްގެ ތާރީހު ތަފާތު ނަމަ، ޕްރޮސްޕެކްޓަސް ތާރީހުގެ ކުރިޔަށް އެންމެ ފަހު ޕްރެކްޓިކަބަލް ތާރީހުގައި ސެކިއުރިޓީޒް ބާޒާރުގައި ހިއްސާގެ މުއާމަލާތުކޮށްފައިވާ އެންމެ ފަހު އަގު.

(ބ) ހިސްޓޯރިކް އަގުތަކުގެ މައުލޫމާތު ހާމަކޮށްފައި ހުންނަންވާނީ، ހޯސްޓް މާކެޓް އަގުތަކަށް ބިނާކޮށާއި، ހޯސްޓް މާކެޓް ފިޔަވައި ބޭރުގެ ޕްރިންސިޕަލް ޓްރޭޑިންގ މާކެޓް (އެޕްލިކަބަލް ނަމަ) އެ އަށް ބިނާކޮށެވެ.

 

31 ވަނަ މާއްދާ - ޓްރޭޑިންގ ސަސްޕެންށަން

އެންމެ ފަހުގެ ޕްރެކްޓިކަބަލް ތާރީހެއްގެ ކުރިޔަށް ހިނގައިދިޔަ 3 (ތިނެއް) އަހަރުގެ ތެރޭގައި ޓްރޭޑިންގ އެއްވެސް ސަސްޕެންށަނެއް އައިސްފައި އޮތް ނަމަ، އެކަން ހާމަކުރަންވާނެއެވެ. އަދި އާދައިގެ މަތިން ބާޒާރުގައި ހިއްސާގެ މުއާމަލާތު ހިނގަމުން ގޮސްފައި ނެތް ހާލަތުގައި، އެކަށީގެންވާ ލިކުއިޑިޓީ ނެތްކަމުގެ މައުލޫމާތު ހާމަކުރަންވާނެއެވެ.

 

32 ވަނަ މާއްދާ - ޕްލޭން އޮފް ޑިސްޓްރިބިއުށަން

ކަނޑައެޅިފައިވާ ހާއްސަ ސްކީމެއްގެ ދަށުން، ށަރުތު ހަމަވާ ޑިރެކްޓަރުންނާއި މުވައްޒަފުންނަށް ނުވަތަ އެނޫންވެސް ފަރާތްތަކަށް ހިއްސާ ދޫކުރަން ކުންފުނިން ގަސްތުކުރާ ނަމަ، އަންނަނިވި ކަންކަން ހާމަކުރަންވާނެއެވެ.

(ހ) ޑިރެކްޓަރުންގެ ބޯޑުން ފާސްކުރާ ގޮތުގެ މަތީން ހިއްސާ އެލޮކޭޓުކުރުމަށް ކަނޑައަޅައިފައިވާ ކްރައިޓީރިއާ، މިންގަނޑުތަކުގެ ކުރު ބަޔާނެއް.

(ށ) ކަނޑައެޅިފައިވާ މިންގަނޑުތަކުގެ ދަށުން، ށަރުތު ހަމަވާ ފަރާތްތަކުގެ ޖުމުލަ އަދަދު.

(ނ) ކަނޑައެޅިފައިވާ މިންގަނޑުތަކަށް ޑިރެކްޓަރުންގެ ށަރުތު ހަމަވާ ނަމަ، ކޮންމެ ޑިރެކްޓަރަކަށް ދޫކުރުމަށް އެކަށައެޅިފައިވާ/އެލޮކޭޓްކުރެވިފައިވާ ހިއްސާގެ އަދަދު.

 

33 ވަނަ މާއްދާ - ޕްރައިސް ސްޓެބިލައިޒޭށަން

ޕްރައިސް ސްޓެބިލައިޒޭށަންގެ އެއްވެސް އުސޫލެއް ބޭނުންކޮށްފައި އޮތް ނަމަ، އެ އުސޫލުގެ މައުލޫމާތު ހާމަކުރަންވާނެއެވެ.

 

34 ވަނަ މާއްދާ - ހިއްސާ އެކަށައެޅުމާއި، އެލޮކޭޓުކުރުމަށް ހަމަޖެހިފައިވާ އެހެނިހެން އުސޫލުތައް.

(ހ) އޮފަރިންގގައި ދޫކުރުމަށް ހަމަޖެހިފައިވާ ހިއްސާ، އެއް ވަގުތެއްގައި 2 (ދޭއް) ނުވަތަ އެއަށްވުރެ ގިނަ މާކެޓުގައި ދޫކުރާ ނަމަ، އަދި އޮފަރިންގގައި ހިމެނޭ ޓްރާންޗެއް އެހެން މާކެޓެއްގައި ދޫކުރުމަށް ހާއްސަކޮށްފައިވާ ނަމަ، އެ ޓްރާންޗުގެ މައުލޫމާތާއި ހިއްސާ އެކަށައެޅުމާއި އެލޮކޭޓު ކުރުމަށް ހަމަޖެހިފައިވާ އެ ނޫން އެހެން އުސޫލުތައް ވެސް ހާމަކުރަންވާނެއެވެ.

(ށ) އަންޑަރރައިޓަރއެއް މެދުވެރިނުކޮށް ދޫކުރުމަށް ކަނޑައެޅިފައިވާ ހިއްސާގެ ޕްލޭން އޮފް ޑިސްޓްރިބިއުށަން އެކުލަވައިލައިފައި އޮތް ނަމަ، އެ މައުލޫމާތު ހާމަކުރަންވާނެއެވެ. މި ގޮތުން ދޫކުރުމަށް ހަމަޖެހިފައިވާ ހިއްސާގެ އަދަދާއި، އެ މުއާމަލާތުގެ ބާވަތް ނުވަތަ ސަބްސްކްރިޕްށަން ހާމަކުރަންވާނެއެވެ.

(ނ) މި އޮފަރިންގގައި އެލޮކޭޓްނުކުރެވި އިތުރަށް، ހިއްސާ ހުރެއްޖެ ހާލަތެއްގައި އެ ފަދަ ހިއްސާ އެލޮކޭޓް ކުރުމުގައި، ހަމަހަމަ އަދި އިންސާފުވެރި އުސޫލަކަށް، އަމަލުކުރާނެކަން ހާމަކުރަންވާނެއެވެ.

 

35 ވަނަ މާއްދާ - ސަބްސްކްރައިބް ކުރުމަށް ގަސްތުކޮށްފައިވާ ފަރާތްތަކުގެ މައުލޫމާތު

ކުންފުންޏަށް މައުލޫމާތު ލިބިފައި ހުރި މިންވަރެއްގެ މައްޗަށް ބިނާކޮށް އަންނަނިވި މައުލޫމާތު ހާމަކުރަންވާނެއެވެ:

(ހ) ސަބްސްޓޭންށަލް ހިއްސާދާރަކު ނުވަތަ ޑިރެކްޓަރަކު ނުވަތަ ސީނިއަރ މެނޭޖްމަންޓުގެ، އިސް މެންބަރަކު. ސަބްސްކްރައިބް ކުރުމަށް ގަސްތުކޮށްފައިވާ ނަމަ އެކަން.

(ށ) އެއްވެސް ފަރާތަކުން، ޖުމްލަ އޮފަރިންގގެ %5 (ފަހެއް) (އިންސައްތަ) އަށް ވުރެ ގިނަ ހިއްސާއަށް ސަބްސްކްރައިބް ކުރުމަށް. ގަސްތުކޮށްފައިވާ ނަމަ، އެ މައުލޫމާތު.

 

36 ވަނަ މާއްދާ - ސެލިންގ ށެއަރހޯލްޑަރސް

ކުންފުނީގެ ހިއްސާދާރުންގެ މިލްކުގައި ހުރި ހިއްސާ ވިއްކާ ނަމަ، އަންނަނިވި މައުލޫމާތު ހާމަކުރަންވާނެއެވެ.

(ހ) ވިއްކާ ހިއްސާދާރުގެ ނަމާއި، އެޑްރެހާއި، އެ ފަރާތްތަކުން އަދާކުރާ މަގާމުގެ ޒާތާއި، އޮފީސް ނުވަތަ ފާއިތުވެދިޔަ 3 (ތިނެއް) އަހަރުދުވަހުގެ ތެރޭގައި ކުންފުންޏާ ނުވަތަ ކުރިން ކުންފުންޏާ ގުޅުމެއް އޮތް ފަރާތަކާ ދެމެދު، އެހެން މެޓީރިއަލް ގުޅުމެއް އޮތް ނަމަ، އެ ކަމެއް ހާމަކުރުން.

(ށ) ކޮންމެ ހިއްސާދާރަކު ވަކިވަކިން ވިއްކަން ހުށަހަޅާ ހިއްސާގެ ގިންތިއާއި އަދަދު. އަދި ހިއްސާ ވިއްކުމުގެ ކުރިންނާއި ފަހުން، ކުންފުނީގެ ށެއަރ ކެޕިޓަލްގެ ނިސްބަތުން އެ ހިއްސާދާރެއްގެ މިލްކުގައި ހުރި ހިއްސާގެ އިންސައްތަ.

(ނ) އެންމެފަހުގެ ޕްރެކްޓިކަބަލް ތާރީހުގައި، އޮފަރިންގ ނިމުމާއެކު، ހިއްސާދާރުގެ މިލްކުގައި ހުރި ހިއްސާގެ ތެރެއިން ވިއްކާ ހިއްސާގެ ބާވަތްތަކާއި، އެއިން ކޮންމެ ބާވަތެއްގެ ހިއްސާ ހުރި އަދަދާއި، އިންސައްތަ.

 

37 ވަނަ މާއްދާ - ޑައިލިއުށަން

ޑައިލިއުށަނާ ގުޅޭ އަންނަނިވި މައުލޫމާތު ހާމަކުރަންވާނެއެވެ.

(ހ) ފާއިތުވެދިޔ 3 (ތިނެއް) އަހަރުދުވަހުގެ ތެރޭގައި ހިންގައިފައިވާ މުއާމަލާތުތަކުން، އަންނިވި ފަރާތްތަކުން ލިބިގެންފައި އޮތް ހިއްސާގެ ނުވަތަ ލިބިގެންފައި އޮތް ރައިޓްސްއިން ލިބިގަނެވެން އޮތް ހިއްސާގެ "އިފެކްޓިވް ކޭށް ކޮސްޓް" އާއި ހިއާންމުކޮށް ހިއްސާ ވިއްކުމަށް ހުޅުވައިފައި އޮތް އަގާ ދެމެދު ސަބްސްޓޭންށަލް ފަރަގެއް އޮތް ނަމަ، އެ ފަދަ ފަރާތްތަކުގެ "އިފެކްޓިވް ކޭށް ކޮންޓްރިބިއުށަން" އާއި އާންމުކޮށް ވިއްކުމަށް ހުޅުވައިލައިފައިވާ ހިއްސާތަކުގެ "ޕަބްލިކް ކޮންޓްރިބިއުށަން" އަޅައިބެލޭނެ ގޮތަށް ތާވަލެއްގައި ހާމަކުރުން:

  1. ޑިރެކްޓަރުން؛
  2. ސީނިއަރ މެނޭޖްމަންޓުގެ އިސް މެންބަރުން؛
  3. ސަބްސްޓޭންށަލް ހިއްސާދާރުން ނުވަތަ
  4. އޮފަރިންގއާ ގުޅުންހުރި އެހެން ފަރާތްތައް.

(ށ) މި އޮފަރިންގގެ ނަތީޖާއެއްގެ ގޮތުން ޑައިލިއުޓްވެގެންދާ ހިއްސާގެ އަދަދާއި އިންސައްތަ ހާމަކުރުން. މި ގޮތުން ޑައިލިއުށަން ހިސާބުކުރާއިރު، ހިއްސާ އޮފަރކުރި އަގާއި އެންމެ ފަހުން އޮޑިޓްކޮށްފައިވާ މާލީ އަހަރު ނިމޭ ތާރީހުގައި ނުވަތަ އެ މުއްދަތުގައި (ދެ ތާރީހުންކުރެ އެކަށީގެންވާ ތާރީހެއްގައި) ހިއްސާއަކަށް ޖެހޭ ނެޓް އެސެޓް ވެލިއުގެ ފަރަގު ބަލައި، މި ހިސާބުކުރުން އަންނަނިވި ކަންކަމަށް ބަލައި ނެޓް އެސެޓް ވެލިއު އެޖަސްޓުކުރުން.

(ނ) މި އޮފަރގެ ސަބަބުން ނެޓް އެސެޓް ވެލިއުއަށް އަންނާނެ ބަދަލުތައް.

  1. މި އޮފަރިންގގެ ސަބަބުން ނެޓް އެސެޓް ވެލިއުއަށް އަންނާނެ ބަދަލުތައް.
  2. އޮޑިޓްކޮށްފައިވާ އެންމެ ފަހުގެ މާލީ އަހަރު [ނުވަތަ އެ މުއްދަތުގައި (ދެ ތާރީހުންކުރެ އެކަށީގެންވާ ތާރީހެއްގައި)] އަދި މި ޕްރޮސްޕެކްޓަސްގެ ތާރީހާ ހަމަޔަށް، އެއްވެސް ޑިސްޕޯސަލެއް ނުވަތަ އެކުއިޒިށަނެއް ހިނގައިފައި އޮތް ނަމަ، އެ ކަންކަމަށް ބަލައި އެޖަސްޓުކުރުން.

(ރ) ޑައިލިއުށަނާ ގުޅޭ އެއްވެސް މައުލޫމާތެއް، ހިސާބުކޮށްފައިވަނީ، އެއްވެސް އެޒަމްޕްށަނެއްގެ މައްޗަށް ބިނާކޮށް، ނަމަ އަދި ޕްރޯ ފޯމާ އުސޫލުން، އެޑްޖަސްޓްމަންޓްތަކެއް ގެނެވިފައި އޮތް ނަމަ، އެ ފަދަ އެޒަމްޕްށަންތަކާއި އެޑްޖަސްޓްމަންޓްތަކުގެ މައުލޫމާތު ހާމަކުރުން.

(ބ) މިހާރު ތިބި ހިއްސާދާރުންނަށް އޮފަރކޮށްފައިވީ ނަމަވެސް އެ ފަރާތްތަކުން ސަބްސްކްރައިބް ކޮށްފައި ނުވާ ނަމަ ހިއްސާ ޑައިލިއުޓުވާ އަދަދާއި، އިންސައްތަ ހާމަކުރުން.

 

38 ވަނަ މާއްދާ - ޔޫސް އޮފް ޕްރޮސީޑްސް

ޕްރޮސީޑްސް ހޭދަކުރާނެ ގޮތުގެ އަންނަނިވި މައުލޫމާތު (އެޕްލިކަބަލް ނަމަ)، ހާމަކުރަންވާނެއެވެ.

(ހ) އޮފަރގެ ޖުމުލަ އަދަދު އަންޑަރރައިޓްކޮށްފައި ނެތް ހާލަތުގައި، އޮފަރގެ މަގުސަދު ހާސިލުކުރެވޭނެ ސަބްސްކްރިޕްށަންގެ އެންމެ މަދު މިންވަރާއި، އެ މިންވަރު ކަނޑައެޅުމުގެ ބޭސިސް.

(ށ) މި އޮފަރިންގ މެދުވެރިކޮށް ލިބޭނެކަމަށް އަންދާޒާކުރެވޭ ގްރޮސް ޕްރޮސީޑްސް ހާމަކުރުން. އެ ގޮތުން މި ފައިސާ އެކީގައި ބޭނުންކުރުމަށް ރާވައިފައިވާ މައިގަނޑު ކަންކަމާއި ޓައިމްލައިން ހާމަކުރުން. އަދި ލިބޭނެކަމަށް ލަފާކުރާ ޕްރޮސީޑްސް ރާވައިފައިވާ ބޭނުންތަކަށް ނުފުދޭނެ ނަމަ، އެ ބޭނުންތަކަށް ފައިސާ ހޭދަކުރުމުގައި އިސްކަންދޭނެ ތަރުތީބާއި، އެ ކަންކަމަށް މި ނޫން ގޮތްގޮތުން ފައިސާ ހޯދަންޖެހޭ ނަމަ ހޯދަންޖެހޭ ފައިސާގެ އަދަދާއި، ފައިސާ ހޯދާނެ ގޮތުގެ މައުލޫމާތު ހާމަކުރުން. މީގެ އިތުރުން، މި ފައިސާއިން ކުރަންޖެހޭ ބޭނުންތަކަށް ފައިސާ ހޭދަކުރުމާ ހަމަޔަށް، އެހެން ބޭނުމަކަށް ހޭދަކުރަން ގަސްތުކޮށްފައިވާ ގޮތާއި މަގުސަދު ހާމަކުރުން.

(ނ) އާންމު އުސޫލުން ކުރާ ވިޔަފާރީގެ ބޭރުން، ޕްރޮސީޑްސް ބޭނުންކޮށްގެން ސީދާގޮތުން ނުވަތަ ނުސީދާގޮތުން ވިޔަސް، އެއްވެސް އެސެޓެއް ގަތުމަށް ރާވައިފައިވާ ނަމަ، އެ އެސެޓާއި، އަގުގެ ކުރު ބަޔާނެއް ހާމަކުރުން

(ރ) ޕްރޮސީޑްސް ބޭނުންކޮށްގެން އެހެން ވިޔަފާރިއެއް ނުވަތަ ވިޔަފާރިތަކެއް ގަންނަ ނަމަ، އެފަދަ ވިޔަފާރިއެއް ނުވަތަ ވިޔަފާރިތަކުގެ ކުރު ބަޔާނަކާއި އެ ވިޔަފާރިތަކުގެ ހާލަތާ ބެހޭ މައުލޫމާތު ހާމަކުރުން.

(ބ) ޕްރޮސީޑްސް ބޭނުންކޮށްގެން ދަރަންޏަކުން ބައެއް އުނިކުރުމަށް، ނުވަތަ ބައެއް ދެއްކުމަށް ނުވަތަ އެކުގައި ދައްކައި ހަލާސްކުރުމަށް ނިންމައިފައިވާ ނަމަ، އެ ފަދަ ދަރަންޏެއްގެ އިންޓްރެސްޓް ރޭޓާއި ދަރަނީގެ މެޗޫރިޓީ ހާމަކުރުން. އަދި ޕްރޮސީޑްސް ހޭދަކުރަނީ ޕްރޮސްޕެކްޓަސްގެ ކުރީގެ 12 (ބާރަ) މަސްދުވަހުގެ ތެރޭގައި ނަގައިފައިވާ ދަރަންޏެއް ދެއްކުމަށް ކަމުގައިވާ ނަމަ، އެ ދަރަނި ހަރަދުކޮށްފައިވާ ގޮތް ހާމަކުރުން.

(ޅ) އޮފަރއާ ގުޅުންހުރި އަންނަނިވި ހަރަދުތަކުގެ މައުލޫމާތު. މި މައުލޫމާތު ހާމަކުރުމުގައި ކުރިމަތިވެދާނެ ކޮންޓިންޖެންސީސްއަށް ބިނާކޮށް ހާމަކުރެވިދާނެ. މި ގޮތުން އެއްވެސް ހަރަދަކާ ގުޅޭ އަދަދު ޔަގީންކޮށް ބަޔާންކުރެވެން ނެތް ނަމަ، އެ ހަރަދުގެ އަންދާޒާއެއް ހާމަކުރުން.

  1. ހިއްސާ ދޫކުރުމާއި ޑިސްޓްރިބިއުޓްކުރުމާ ގުޅޭގޮތުން ކުންފުނިން ނުވަތަ ކުންފުނީގެ ފަރާތުން ކޮށްފައިވާ ހަރަދުތައް؛
  2. މިހާރު ތިބި ހިއްސާދާރުން ދޫކުރާ ހިއްސާ ހިމެނޭ ނަމަ، އެ ފަރާތްތަކުން ނުވަތަ ހިއްސާދާރުންގެ ފަރާތުން ޒިންމާވާންޖެހޭ ހަރަދުތައް؛
  3. ސަބްސްކްރައިބްކުރާ ނުވަތަ ގަންނަ ފަރާތްތަކުން ކުރަންޖެހޭ ގޮތަށް ކަނޑައެޅިފައިވާ ހަރަދުތައް.

(ކ) ބްރޯކަރޭޖް އެރޭޖްމަންޓްތަކާއި ކޮމިށަން. އެގޮތުން އަންޑަރރައިޓިންގ ފީއާއި ޕްލޭސްމަންޓް ފީ.

 

39 ވަނަ މާއްދާ - އަންޑަރރައިޓް ކުރުމުގެ އެއްބަސްވުންތައް

އަންނަނިވި ކަންކަން ހިމެނޭ ގޮތުން، އަންޑަރރައިޓް ކުރުމުގެ އެއްބަސްވުންތަކުގެ ތަފުސީލު ހާމަކުރަންވާނެއެވެ.

(ހ) އަންޑަރރައިޓް ކުރުމަށް އެއްބަސްވެފައި އޮތް މިންވަރާއެކު، އެ މިންވަރު ހަމަޖައްސަންޖެހޭ ކަމުގައި ކުންފުންޏަށް ގަބޫލުކުރެވުނު ޖަސްޓިފިކޭށަންތައް

(ށ) އަންޑަރރައިޓް ކޮށްދިނުމަށް އެއްބަސްވެފައިވާ ފަރާތުގެ ނަމާއެކު، އަންޑަރރައިޓް ކޮށްދިނުމަށް އެއްބަސްވެފައިވާ ހިއްސާގެ އަދަދު

(ނ) އަންޑަރރައިޓް ކޮށްދިނުމުގެ ކަމިށަން

(ރ) އަންޑަރރައިޓް ކުރުމުގެ އެއްބަސްވުން ތަންފީޒުކުރަން ފެށުމަށްފަހު، އަންޑަރރައިޓަރުންނަށް ފަރާތުގެ ޒިންމާއިން ތަނާޒުލުވެވޭނެ މަގުފަހިވާ ގޮތަށް، އެއްބަސްވުމުގައި ހުރި މާއްދާތަކުގެ ހުލާސާއެއް

(ބ) އަންޑަރރައިޓް ކޮށްފައިވާ އޮފަރިންގއެއް ނޫން ނަމަ، އެކަމުގެ ބަޔާނަކާއެކު އެ ގޮތަށް އެ ކަން ކަނޑައެޅުމުގައި ކުންފުންޏަށް ގަބޫލުކުރެވުނު ޖަސްޓިފިކޭށަންތައް

 

40 ވަނަ މާއްދާ - އެންމެ މަދުމިނުން ސަބްސްކްރައިބްވާންޖެހޭ އަދަދާ ގުޅޭ ގައިޑަންސް ނޯޓު

އެންމެ މަދުމިނުން ބޭނުންވާނެކަމަށް ކަނޑައަޅައިފައިވާ ސަބްސްކްރިޕްށަނުގެ މިންވަރު ކަނޑައެޅުމުގައި ބަލައިފައިވާ އަސާސްތަކުގެ މައުލޫމާތު ހާމަކުރަންވާނެއެވެ. އޭގެ ތެރޭގައި ޕަބްލިކް ށެއަރހޯލްޑިންގ ސްޕްރެޑް ރިކުއަރމަންޓްތަކަށް އަމަލުކުރުމާއި، ކުންފުންޏަށް ބޭނުންވާ ފަންޑިންގ ލެވެލް ފަދަ ކަންކަމުގެ ތަފުސީލު ހިމަނަންވާނެއެވެ.

ޕްރޮސީޑްސްގެ ހޭދަކުރުމަށް ކަނޑައަޅައިފައިވަނީ ވަރކިންގ ކެޕިޓަލަށް ނަމަ، އެ ފަދައިން ޕްރޮސީޑްސް ހޭދަކުރުމަށް ކަނޑައަޅާފައިވާ ކުންފުނީގެ ޖެނެރަލް ވަރކިންގ ކެޕިޓަލްގެ ވަކިވަކި އައިޓަމްތައް ބަޔާންކުރުމާއެކު އެ އިން ކޮންމެ އައިޓަމަކަށް ހޭދަކުރަން ރާވައިފައިވާ ގޮތުގެ މައުލޫމާތު ހާމަކުރަންވާނެއެވެ.

 

 

ހަތަރުވަނަ ބައި

ޕްރޮމޯޓަރުންނާއި ސަބްސްޓޭންށަލް ހިއްސާދާރުންނާއި، ޑިރެކްޓަރުންނާއި، ސީނިއަރ މެނޭޖްމަންޓުގެ އިސް މެންބަރުންނާއި ޓެކްނިކަލް ޕާސަނަލްގެ އިސް މެންބަރުންނާ ބެހޭ މައުލޫމާތު

 

41 ވަނަ މާއްދާ - ޕްރޮސީޑްސް ހޭދަކުރުމާ ގުޅޭ ގައިޑަންސް ނޯޓު

ޕްރޮމޯޓަރުންނާއި ސީދާގޮތުންނާއި ނުސީދާގޮތުން މަސްލަހަތު އޮތް ސަބްސްޓޭންށަލް ހިއްސާދާރުންގެ އަންނަނިވި ތަފުސީލު ހާމަކުރަންވާނެއެވެ:

 

42 ވަނަ މާއްދާ - ޕްރޮމޯޓަރުންނާއި ސަބްސްޓޭންށަލް ހިއްސާދާރުން

ސީދާގޮތުންނާއި ނުސީދާ ގޮތުން ހިއްސާ ލިބިގެންވާ ޕްރޮމޯޓަރުންނާއި ސަބްސްޓޭންށަލް ހިއްސާދާރުންގެ ތަފުސީލު ހާމަކުރަންވާނެ ގޮތުގެ ތަފުސީލު ހިމަނަންވާނެއެވެ.

(ހ) ނަން

(ށ) ވިޔަފާރީގެ މައިގަނޑު ހަރަކާތްތަކާއި، ވަނަވަރު ސާފުވާނެ އެހެނިހެން މައުލޫމާތު،

(ނ) އެ ފަރާތެއް ނިސްބަތްވާ ގައުމު، އަދި ހިއްސާ ކުންފުންޏެއް ނަމަ ރަޖިސްޓަރީކޮށްފައިވާ ގައުމު.

(ރ) އޮފަރގެ ކުރިންނާއި ފަހުން ހުރި ހިއްސާގެ އަދަދާއި މިއިންސައްތަ. މި ގޮތުން ހިއްސާގެ މިލްކުވެރިކަން އޮތީ ނުސީދާ ގޮތެއްގައި ނަމަ، ހަގީގީ ވެރިފަރާތް (އަލްޓިމޭޓް ބެނެފިށިއަލް އޯނަރ) ހާމަކުރުން.

(ބ) ވޭތުވެދިޔަ 3 (ތިނެއް) އަހަރުދުވަހުގެ ތެރޭގައި، ސީދާގޮތުން ނުވަތަ ނުސީދާގޮތުން ހިއްސާގެ މިލްކުވެރިކަމަށް އައިސްފައިވާ ސިގްނިފިކަންޓް ބަދަލެއް.

(ޅ) ކުންފުނީ ގެ އެހެން ހިއްސާދާރުންނާ ހިލާފަށް، ސަބްސްޓޭންށަލް ހިއްސާދާރުންނާއި ނުވަތަ ޕްރޮމޯޓަރުންނަށް ލިބިދީފައި އޮތް ވޯޓުލުމުގެ ހައްގު ފަރަގުކޮށްފައިވާ ނަމަ، އެކަން ނުވަތަ އެ ފަދައިން ނެތް ނަމަ، އެކަމުގެ ބަޔާނެއް.

(ކ) ކުންފުންޏަށް ލިބިފައި ހުރި މައުލޫމާތުގެ އަލީގައި، ކުންފުނީގެ ހިއްސާގެ މައްޗަށް ސީދާކޮށް ނުވަތަ ނުސީދާކޮށް، ޖޮއިންޓްކޮށް، ނުވަތަ ވަކިވަކިން، ނަމަވެސް، ކޮންޓްރޯލެއް ހިންގައިފާނެ ކަމުގައި ބެލެވޭ ސަބްސްޓޭންށަލް ހިއްސާދާރުން (ނުވަތަ އެ ފަދަ ޕްރޮމޯޓަރުން). މި ގޮތުން އެ ފަރާތްތަކުން ހިންގައިފާނެ ކަމުގައި ބެލެވޭ ކޮންޓްރޯލުގެ ޒާތާއި، މިލްކުގައި ހުރި ހިއްސާގެ އަދަދާއި، މިލްކުގައި ހުރި ހިއްސާގެ އިންސައްތަ. 

(އ) ކައިރި ކުރިމަގެއްގައި ސަބްސްޓޭންށަލް ހިއްސާދާރުން ނުވަތަ އެ ފަދަ ޕްރޮމޯޓަރުންގެ ކޮންޓްރޯލަށް ބަދަލު އަތުވެދާނެ އެއްވެސް އިންތިޒާމެއް ހަމަޖެހިފައިވާ ނަމަ، އެ ކަން ބަޔާންކުރުން.

(ވ) ޕްރޮސްޕެކްޓަސްގެ ތާރީހުގެ ކުރިން ހިނގައިދިޔަ 2 (ދޭއް) އަހަރުދުވަހުގެ ތެރޭގައި، އެއްވެސް ޕްރޮމޯޓަރަކަށް، ނުވަތަ ސަބްސްޓޭންށަލް ހިއްސާދާރަކަށް ދީފައިވާ ނުވަތަ ދޭން ގަސްތުކޮށްފައިވާ އެއްވެސް އިނާޔަތެއް ނުވަތަ ބެނެފިޓެއް އޮތްނަމަ އެ ތަފުސީލު ހާމަކުރަންވާނެއެވެ. ޑިރެކްޓަރުންނާއި ސީނިއަރ މެނޭޖްމަންޓާއި ޓެކްނިކަލް ފަރާތްތަކުގެ އިސް މެންބަރުންގެ އަންނަނިވި މައުލޫމާތު ހާމަކުރަންވާނެއެވެ.

 

43 ވަނަ މާއްދާ - ޑިރެކްޓަރުންނާއި، ސީނިއަރ މެނޭޖްމަންޓާއި ޓެކްނިކަލް ފަރާތްތަކުގެ އިސް މެންބަރުން

(ހ) ނަމާއި، ތައުލީމީ ފެންވަރާއި، ޕްރޮފެށަނަލް ކޮލިފިކޭށަނާއި، ވިޔަފާރީގެ ދާއިރާއިން ނުވަތަ މެނޭޖްމަންޓުގެ ދާއިރާއިން ލިބިފައިވާ ފަންނީ ތަޖުރިބާ،

(ށ) ކުރާ މަސައްކަތްތަކާއި ލިބިފައިވާ ތަޖުރިބާގެ ދާއިރާ ނުވަތަ މަސްއޫލިއްޔަތުތައް.

(ނ) ކުންފުނި ފިޔަވައި، އެހެނިހެން ވިޔަފާރިތަކުގައި ބައިވެރިވުން އޮތް މިންވަރު. މިގޮތުން މިހާރު ފުރަމުންދާ ޑިރެކްޓަރުކަމުގެ މަގާމުތަކާއި (5 ވޭތުވެދިޔަ) އަހަރުދުވަހުގެ ތެރޭގައި ފުރައިފައިވާ ޑިރެކްޓަރުކަމުގެ މަގާމުތަކުގެ މައުލޫމާތާއި، އެ ފަދަ މަގާމުތަކުގެ ސަބަބުން ކުންފުނީގެ ވިޔަފާރިއަށް ލިބިދޭންޖެހޭ ކޮންޓްރިބިއުށަނަށް އެއްވެސް އަސަރެއް ކޮށްފާނެ ނަމަ، އެ ކަން ނުވަތަ އަސަރެއް ނުކުރާނެކަމުގެ ބަޔާނެއް.

(ރ) އެ ފަރާތްތަކުން ތަމްސީލުކުރާ ހިއްސާދާރުގެ މައުލޫމާތު. (އެޕްލިކަބަލް ނަމަ).

(ބ) ސަބްސްޓޭންށަލް ހިއްސާދާރުންނާއި، ޕްރޮމޯޓަރުންނާއި، ޑިރެކްޓަރުންނާއި، ސީނިއަރ މެނޭޖްމަންޓާއި، ޓެކްނިކަލް ފަރާތްތަކުގެ އިސް މެންބަރުންނާ ދެމެދު އޮންނަ އާއިލީ ގުޅުމެއް ނުވަތަ އެހެންވެސް ގުޅުމެއް އޮތްނަމަ، އެ ކަން ހާމަކުރުން.

 

44 ވަނަ މާއްދާ - ބޯޑުގެ އުސޫލުތައް

ބޯޑުގެ އުސޫލުތަކާ ބެހޭ، އަންނަނިވި މައުލޫމާތު ހާމަކުރަންވާނެއެވެ.

(ހ) ބޯޑުގެ ކޮންމެ މެންބަރެއްގެ ޑިރެކްޓަރުކަމުގެ މުއްދަތު ހަމަވާ ތާރީހާއި، ކޮންމެ ޑިރެކްޓަރަކު ބޯޑުގައި ހިދުމަތްކޮށްފައިވާ މުއްދަތު (އެޕްލިކަބަލް ނަމަ).

(ށ) ބޯޑުގެ ކޮމެޓީތަކާއި، އެ ކޮމިޓީތަކުގެ މެންބަރުންގެ ނަމާއި، ކޮންމެ ކޮމިޓީއެއްގެ ޓާމްސް އޮފް ރެފަރެންސްގެ ހުލާސާއެއް،

 

45 ވަނަ މާއްދާ - ސަރވިސް ކޮންޓްރެކްޓްތަކުގެ މައުލޫމާތު

ކުންފުންޏާއި ކުންފުނީގެ ޑިރެކްޓަރުންނާއި ސީނިއަރ މެނޭޖްމަންޓާއި، ޓެކްނިކަލް ފަރާތްތަކުގެ އިސް މެންބަރުންނާ ދެމެދު، މިހާރު ހިނގަމުންދާ ނުވަތަ ހުށަހަޅައިފައިވާ ސަރވިސް ކޮންޓްރެކްޓެއް އޮތް ނަމަ، އަދި އެ ފަރާތްތަކުން، އަދާކުރާ މަގާމުން ވަކިވުމުން، މި ކޮންޓްރެކްޓްތަކުގެ ދަށުން ލިބިދޭ އެއްވެސް އިނާޔަތެއް ނުވަތަ ބެނެފިޓެއް އޮތް ނަމަ، އެ ފަދަ ކޮންޓްރެކްޓްތަކުގެ މުހިންމު ތަފުސީލުތައް ހާމަކުރަންވާނެއެވެ.

 

46 ވަނަ މާއްދާ - ކުންފުނީގައި އޮތް ހިއްސާގެ މިލްކުވެރިކަން

ޑިރެކްޓަރުންނާއި ސީނިއަރ މެނޭޖްމަންޓާއި، ޓެކްނިކަލް ފަރާތްތަކުގެ އިސް މެންބަރުން، ސީދާގޮތުން ނަމަވެސް ނުވަތަ ނުސީދާގޮތުން ނަމަވެސް، ކުންފުނީގެ ހިއްސާއެއް އެ ފަރާތްތަކުގެ މިލްކުގައި އޮތް ނަމަ، އެ ހިއްސާގެ އަދަދާއި، އިންސައްތަ އޮފަރގެ ކުރިޔަށް އެންމެ ފަހުގެ ޕްރެކްޓިކަބަލް ތާރީހަކާ ހަމަޔަށް އޮތް ގޮތާއި، އޮފަރގެ ފަހުން ބަދަލެއް އަންނާނެ ނަމަ، އެކަން ހާމަކުރަންވާނެއެވެ.

 

47 ވަނަ މާއްދާ - ޑިރެކްޓަރުންނާއި ސީނިއަރ މެނޭޖްމަންޓުގެ އިސް ފަރާތްތަކުގެ މުސާރައާއި އިނާޔަތްތައް

(ހ) ވޭތުވެދިޔަ މާލީ އަހަރު ކޮންމެ ޑިރެކްޓަރަކާއި، ސީނިއަރ މެނޭޖްމަންޓުގެ ކޮންމެ އިސް ފަރާތެއް އަދާކުރި ހުރިހާ މަގާމުތަކަށް، އަންނަނިވި މައުލޫމާތު ހިމެނޭހެން މުސާރައާއި މެޓީރިއަލް އިނާޔަތްތައް އިންކައިންޑް ވެސް ހިމެނޭ ގޮތަށް ހާމަކުރަންވާނެއެވެ.

  1. ބޯނަސް ނުވަތަ ޕްރޮފިޓް ށެއަރކުރުމުގެ ޕްލޭނަކާ ގުޅިގެން ދައްކައިފައިވާ ފައިސާއާއި، އެ ޕްލޭނާއި، އެ ޕްލޭނުގައި އެ ފަދަ ފަރާތްތަކުން ބައިވެރިވި ބޭސިސްއެއް އޮތް ނަމަ، އެކަމުގެ ކުރު ބަޔާނެއް ނުވަތަ ނެތް ނަމަ އެކަން؛ ނުވަތަ
  2. ހިއްސާގެ އޮޕްށަނަކުން ހިއްސާ ލިބިގެންފައިވާ ނަމަ، އެ ހިއްސާގެ އަދަދާއި އަގު ނުވަތަ ލިބިގެންފައިނުވާ ނަމަ އެކަން؛
  3. މި މާއްދާގެ (ހ) އާއި (ށ) ގެ ބޭނުމަށް ހާމަކުރާ މައުލޫމާތުގައި، އެއްވެސް ކޮންޓިންޖެންޓް ނުވަތަ ފަސްކުރެވިފައިވާ މުސާރައާއި އިނާޔަތްތައް އެކުލެވޭ ނަމަ، އެކަން ހާމަކުރުން އަދި މުސާރައާއި އިނާޔަތްތަކުން ބައެއް ހިއްސާގެ އޮޕްށަނެއް ގޮތުގައި ދީފައި އޮތް ނަމަ، އެ އޮޕްށަނުގެ ތެރެއިން އެކްސަސައިޒް ނުކޮށް އޮތް ބައެއް އޮތް ނަމަ އެ ބައިގެ މައުލޫމާތާއި، އެކްސަސައިޒްކުރަންޖެހޭ މުއްދަތާއި، މުއްދަތު ހަމަވާ ތާރީހު.

(ށ) އޮތް ނަމަ، އެ އޮޕްށަނުގެ ތެރެއިން އެކްސަސައިޒް ނުކޮށް ޮތް ބައެއް. އޮތް ނަމަ، އެ ބައިގެ މައުލޫމާތާއި އެކްސަސައިޒްކުރަންޖެހޭ މުއްދަތާއި، މުއްދަތު ހަމަވާ ތާރީހް ހިނގަމުންދާ މާލީ އަހަރުގައި ކޮންމެ ޑިރެކްޓަރަކާއި ސީނިއަރ މެނޭޖްމަންޓުގެ ކޮންމެ އިސް މެންބަރަކު، އެ ފަރާތުން އަދާކުރި ހުރިހާ މަގާމުތަކަށް އަންނަނިވި މައުލޫމާތު ހިމެނޭހެން މުސާރައާއި މެޓީރިއަލް އިނާޔަތްތައް އިން-ކައިންޑް ވެސް ހިމެނޭ ގޮތަށް، ހާމަކުރަންވާނެއެވެ.

  1. ބޯނަސް ނުވަތަ ޕްރޮފިޓް ށެއަރކުރުމުގެ ޕްލޭނަކާ ގުޅިގެން ދައްކައިފައިވާ ފައިސާއާއި، އެ ޕްލޭނާއި، އެ ޕްލޭނުގައި އެ ފަދަ ފަރާތްތަކުން ބައިވެރިވި ބޭސިސްއެއް އޮތް ނަމަ، އެކަމުގެ ކުރު ބަޔާނެއް، ނުވަތަ ނެތް ނަމަ އެކަން، ނުވަތަ
  2. ހިއްސާގެ އޮޕްށަނަކުން ހިއްސާ ލިބިގެންފައިވާ ނަމަ އެ ހިއްސާގެ އަދަދާއި އަގު ނުވަތަ ލިބިގެންފައި ނުވާ ނަމަ އެ ކަން؛
  3. މި މާއްދާގެ (ށ) ގެ ބޭނުމަށް، އޭގެ ތެރެއިން ދައްކައިފައިނުވާ ޕޭމަންޓު ނުހިމަނައި މުސާރައާއި އިނާޔަތްތަކުގެ މައުލޫމާތު ހާމަކުރެވިދާނެ ނަމަވެސް، އެ ފަދައިން މައުލޫމާތު އުނިކޮށްފައިވާކަމުގެ ބަޔާނެއް ހާމަކުރުން.

(ނ) މުސާރައާއި އިނާޔަތްތައް އިން-ކައިންޑް ވެސް ހިމެނޭ ގޮތަށް، މި ގަވާއިދުގައި ބަޔާންކޮށްފައިވާ ފަދައިން ހާމަކުރުމުގައި އަންނަނިވި މައުލޫމާތު ހިމަނަންވާނެއެވެ.

  1. ކޮންމެ ޑިރެކްޓަރަކަށް ވަކިވަކީން، އެ ފަރާތަކަށް ލިބުނު މުސާރައާއި އިނާޔަތްތައް، (އިން-ކައިންޑް ވެސް ހިމެނޭ ގޮތަށް)؛ އަދި
  2. ސީނިއަރ މެނޭޖްމަންޓުގެ ކޮންމެ އިސް މެންބަރަކަށް ވަކިވަކީން، އެ ފަރާތަކަށް ލިބުނު މުސާރައާއި އިނާޔަތްތައް (އިން-ކައިންޑް ވެސް ހިމެނޭ ގޮތަށް) ހިމެނޭ (ގޮތަށް) ބޭންޑްތަކުން 50,000 (ފަންސާސް ހާސް) ރުފިޔާގެ ބޭންޑްތަކުން. 

 

48 ވަނަ މާއްދާ - މެނޭޖްމަންޓް ރިޕޯޓިންގ ސްޓްރަކްޗަރ

ކުންފުނީގެ މެނޭޖްމަންޓް ރިޕޯޓިންގ ސްޓްރަކްޗަރ ހާމަކުރަންވާނެއެވެ.

 

49 ވަނަ މާއްދާ - ޕްރޮމޯޓަރުންނާއި، ޑިރެކްޓަރުންނާއި ސީނިއަރ މެނޭޖްމަންޓާއި ޓެކްނިކަލް ފަރާތްތަކުގެ އިސް މެންބަރުންގެ އިގްރާރު

ރާއްޖެއާއި ރާއްޖެއިން ބޭރު ވެސް، ހިމެނޭ ގޮތަށް، އަންނަނިވި ކަންކަމުގައި ޕްރޮމޯޓަރުންނާއި ޑިރެކްޓަރުންނާއި، ސީނިއަރ މެނޭޖްމަންޓާއި ޓެކްނިކަލް ފަރާތްތަކުގެ އިސް މެންބަރުންގެ އިގުރާރެއް ހާމަކުރަންވާނެއެވެ.

(ހ) ވޭތުވެދިޔަ 10 (ދިހައެއް) އަހަރުދުވަހުގެ ތެރޭގައި، ބަނގުރޫޓުވެފައިވާ ކަމުގެ ނުވަތަ އިފްލާސްކުރެވިފައިވާ ކަމުގެ ޕެޓިށަނެއް، އެ ފަރާތަކާމެދު، ނުވަތަ ޑިރެކްޓަރެއްގެ ގޮތުގައި ނުވަތަ ސީނިއަރ މެނޭޖްމަންޓުގެ އިސް މެންބަރެއްގެ ހައިސިއްޔަތު އަދާކުރި ކުންފުންޏަކާމެދު ނުވަތަ ޕަރޓްނަރށިޕަކާ މެދު، އެ ފަދަ ޕެޓިށަނެއް ހުށަހެޅި ބާތިލުވެފައި ނެތް ނަމަ، އެކަން.

(ށ) ކުންފުންޏެއްގެ ޑިރެކްޓަރުކަމަށް ނުވަތަ ސީނިއަރ މެނޭޖްމަންޓުގެ އިސް މެންބަރެއްގެ މަގާމަށް ސީދާގޮތުން ނުވަތަ ނުސީދާގޮތުން ނަމަވެސް އައްޔަނުވުމުން ޑިސްކޮލިފައި ކުރެވިފައިވާ ނަމަ އެކަން.

(ނ) ވޭތުވެދިޔަ 10 (ދިހައެއް) އަހަރުދުވަހުގެ ތެރޭގައި، ޖިނާއީ ދައުވާއެއް އުފުލައިފައިވުން ނުވަތަ ސާބިތުވެފައިވާ ނަމަ ނުވަތަ ހިނގަމުންދާ ޖިނާއީ އިޖުރާތެއްގައި ދައުވާ އުފުލިފައިވާ ފަރާތެއް ކަމުގައި ވާ ނަމަ، އެކަން ނުވަތަ ނެތްކަން ހާމަކުރުން. ކުށް ސާބިތުވެފައިވާ ހާލަތުގައި، މުއްދަތު ގުނުމުގައި ބަލަންވާނީ، ކުށް ސާބިތުކުރެވުނު ތާރީހުން ފެށިގެން ނުވަތަ ޖަލު ހުކުމެއް ނަމަ ޖަލުން މިނިވަންވި ތާރީހުން ފެށިގެން.

(ރ) ވޭތުވެދިޔަ 10 (ދިހައެއް) އަހަރުދުވަހުގެ ތެރޭގައި، ކެޕިޓަލް މާކެޓާ ގުޅޭގޮތުން، ކުރަން ލާޒިމުވެފައި އޮތް ގާނޫނީ ކަމެއްގައި ކުށްވެރިވެފައިވާ ކަމަށް ނުވަތަ އަސްލު އޮޅުވައިލައިފައިވާ ކަމަށް ނުވަތަ ނަޒާހަތްތެރި ނޫންކަމަށް ނުވަތަ ނާގާބިލުކަމަށް، ނުވަތަ މެލްޕްރެކްޓިސްގެ އަމަލެއް، ކޮށްފައިވާ ކަމުގެ ނިންމުމެއް އެ ފަރާތުގެ މައްޗަށް އޮތް ނަމަ، އެކަން ނުވަތަ ނޫންކަން.

(ބ) ވޭތުވެދިޔަ 10 (ދިހައެއް) އަހަރުދުވަހުގެ ތެރޭގައި ކެޕިޓަލް މާކެޓާ ގުޅުންހުރި މަދަނީ އިޖުރާތުގެ މައްސަލައެއްގައި، އޭގެ ތެރޭގައި، މަކަރާއި ހީލަތުގެ ނުވަތަ އަސްލު އޮޅުވައިލުމުގެ ނުވަތަ ނަޒާހަތްތެރިނުވުމުގެ ނުވަތަ ނާގާބިލުވުމުގެ ނުވަތަ މެލްޕްރެކްޓިސްގެ އަމަލެއް ކުރިކަމުގެ ދައުވާއެއް އެ ފަރާތުގެ މައްޗަށް އުފުލައިފައި އޮތް ނަމަ، އެކަން، ނުވަތަ ނޫންކަން:

(ޅ) އެއްވެސް ވިޔަފާރިއެއް ކުރުން ނުވަތަ ވިޔަފާރީގެ އެހެން ހަރަކާތެއް ހިންގުން ވަގުތީގޮތުން ނަމަވެސް، މަނާކޮށް، ކޯޓަކުން ނުވަތަ ސަރުކާރުން ނުވަތަ ރެގިއުލޭޓަރީ އޮތޯރިޓީއަކުން، ނުވަތަ ބޮޑީއަކުން އަމުރެއް ނެރެފައިވާކަން ނުވަތަ ނިޔާއެއް އިއްވައިފައިވާކަން، ނުވަތަ ގާނޫނީ ނިންމުމެއް ނިންމައިފައި އޮތް ފަރާތެއްކަން ނުވަތަ ނޫންކަން:

(ކ) ވޭތުވެދިޔަ 10 (ދިހައެއް) އަހަރުދުވަހުގެ ތެރޭގައި، އެއްވެސް ރެގިއުލޭޓަރީ އޮތޯރިޓީއަކުން ނުވަތަ ސެކިއުރިޓީޒްއަކުން ޑެރިވެޓިވްސް އެކްސްޗޭންޖަކުން، ނުވަތަ ޕްރޮފެށަނަލް ބޮޑީއަކުން ނުވަތަ ސަރުކާރުގެ އިދާރާއަކުން، ޒިންމާކުރުވުމުގެ ފިޔަވަޅެއް ނުވަތަ އިންޒާރެއް ދީފައިވާ ފަރާތެއްކަން، ނުވަތަ ނޫންކަން:

(އ) އެއްވެސް ސަބަބަކާހުރެ އެ ފަރާތެއްގެ މައްޗަށް ތަންފީޒް ނުކުރެވި އޮތް ނުވަތަ އިއްވައިފައިވާ އެއްވެސް ހުކުމެއް ނުވަތަ އިއްވައިފައިވާ އެއްވެސް ނިޔާއެއް އޮތް ފަރާތެއްކަން ނުވަތަ ނޫންކަން.

 

 

ފަސްވަނަ ބައި: ކުންފުނީގެ މައުލޫމާތު

 

50 ވަނަ މާއްދާ - ކުންފުނީގެ މައުލޫމާތު ކުންފުނީގެ ބެކްގްރައުންޑާ ބެހޭގޮތުން އަންނަނިވި މައުލޫމާތު ހާމަކުރަންވާނެއެވެ.

(ހ) ކުންފުނީގެ ގާނޫނީ ނަމާއި ވިޔަފާރި ނަން

(ށ) އިންކޯޕަރޭޓްކޮށްފައިވާ ތަނާއި ތާރީހާއި ރެޖިސްޓްރޭށަން ނަންބަރު ރާއްޖެއިން ބޭރުގައި ކުންފުންޏެއް ނަމަ، ރީރަޖިސްޓަރީކޮށްފައިވާ ކުންފުންޏެއްގެ ގޮތުގައި، ގާނޫނު ނަންބަރު 2023-07 (ކުންފުނީގެ ގާނޫނު) ގެ ދަށުން ކަމާ ގުޅޭ އިދާރާއިން ދޫކޮށްފައިވާ ރެޖިސްޓްރޭށަން ނަންބަރު ކުންފުންޏާއި ގްރޫޕުގެ ވިޔަފާރިތަކާ ގުޅޭގޮތުން ފާހަގަކުރެވޭ އުސްއަލިތަކާއި ގެނެވިފައި ހުރި ތަރައްގީގެ މައުލޫމާތު.

(ނ) ކުންފުންޏަކީ ގްރޫޕެއްގެ ބައެއް ނަމަ، އެ ގްރޫޕުގެ ހިންގުމުގެ އޮނިގަނޑާއި، އެ އޮނިގަނޑުގެ ކުރު ބަޔާނެއް.

(ރ) އަންނަނިވި ކަންކަން ހިމެނޭ ގޮތަށް، ކުންފުނީގެ ކޮންމެ ސަބްސިޑިއަރީީއަކާއި ޖޮއިންޓް ވެންޗަރއަކާއި، އެސޯސިއޭޓެޑް ކުންފުނިތަކުގެ މައުލޫމާތު ވަކިވަކީން ހާމަކުރުން،

(ބ)

  1. ނަން؛
  2. ރަޖިސްޓަރީކުރެވިފައިވާ ތަނާއި، ތާރީހާއި، ރަޖިސްޓްރޭށަން ނަންބަރު؛
  3. ވިޔަފާރި ގާއިމުވެފައިވާ މައިގަނޑު ތަން؛
  4. ވިޔަފާރީގެ މައިގަނޑު ހަރަކާތްތައް؛
  5. ކުންފުނީގެ އޯނަރށިޕް އިންޓްރަސްޓުގެ ނިސްބަތާއި، ލިބިދީފައި އޮތް ވޯޓު ދިނުމުގެ ހައްގު ފަރަގުކޮށްފައިވާ ނަމަ ކުންފުންޏަށް ލިބިފައި އޮތް ވޯޓު ދިނުމުގެ ހައްގު

(ޅ) އަންނަނިވި މައުލޫމާތު ހިމެނޭ ގޮތުގެ މަތީން، ގްރޫޕުގެ ވިޔަފާރިތައް ހިނގާ ކޮންމެ ސަރަހައްދަކަށް، ވަކިވަކީން، މެޓީރިއަލް އިންވެސްޓްމަންޓްތަކާއި، ޑައިވެސްޓިޗަރތަކުގެ އަދަދާއި، މައުލޫމާތު، ހާމަކުރަންވާނެއެވެ.

  1. މާލީ މައުލޫމާތު ހާމަކޮށްފައިވާ މުއްދަތަށް ކޮންމެ އަހަރަކަށް ވަކިވަކީން، އެންމެ ފަހުގެ ޕްރެކްޓިކަބަލް ތާރީހާ ހަމަޔަށް މައުލޫމާތު ހާމަކުރުން؛
  2. ޕްރޮގްރެސްވެފައި ހުރި އިންވެސްޓްމަންޓްތަކާއި، އެކަމަށް ފައިނޭންސް ކުރުމަށް (އިންޓަރނަލް) ނުވަތަ (އެކްސްޓަރނަލްކޮށް) ހަމަޖެހިފައިވާ ވަސީލަތްތައް؛
  3. މިހައިތަނަށް ފަށައިފައި ނެތް ނަމަވެސް ކުރުމަށް ޔަގީންކަމާއެކު ކަނޑައަޅައިފައި ހުރި އިންވެސްޓްމަންޓްތަކާއި ޑައިވެސްޓިޗަރތައް؛

(ކ) އެންމެ ފަހުން ނިމިދިޔަ މާލީ އަހަރުން ފެށިގެން، އެންމެ ފަހުގެ ޕްރެކްޓިކަބަލް ތާރީހާ ދެމެދު، ތިންވަނަ ފަރާތަކުން ކުންފުނީގެ ހިއްސާ ނުވަތަ ކުންފުނިން ތިންވަނަ ފަރާތެއްގެ ހިއްސާ ޓޭކް-އޯވަރކުރުމަށް ހުށަހަޅައިފައިވާކަން ނުވަތަ ނޫންކަން، މި ގޮތުން ޓޭކް-އޯވަރކުރުމަށް ހުށަހެޅި އަގު ނުވަތަ މި މުއާމަލާތު ހިންގުމަށް އެއްބަސްވެފައިވާ ށަރުތުތަކާއި، މުއާމަލާތުގެ ނަތީޖާ،

 

51 ވަނަ މާއްދާ - ވިޔަފާރީގެ އޯވަރވިއު 

ގްރޫޕުގެ ވިޔަފާރީގެ ކުރިއަށް ދާ މައުލޫމާތު ޕްރޮސްޕެކްޓަސްގައި ހިމަނަންވާނެއެވެ.

(ހ) ވިއްކާ ޕްރޮޑަކްޓްސް ނުވަތަ ފޯރުކޮށްދޭ ހިދުމަތް (ސަރވިސަސް) ތަކުގެ ކެޓަގަރީތައް ވަކިވަކީން އެނގޭ ގޮތަށް، ވިޔަފާރީގެ ޒާތާއި މައިގަނޑު ވިޔަފާރި ހަރަކާތްތައް:

(ށ) ވިޔަފާރީގެ މައިގަނޑު ކެޓަގަރީތަކާއި، ވިޔަފާރި ގާއިމުވެފައި ހުރި ސަރަހައްދުތަކުގެ ނިސްބަތުން ވަކިވަކީން އެނގޭ ގޮތަށް، ލިބިފައިވާ ރެވެނިއުގެ އެނަލިސިސްއަކާއި ގްރޫޕުގެ ވިޔަފާރިތައް ގާއިމްވެފައި ހުރި މައިގަނޑު މާކެޓުތައް؛

(ނ) މިހައިތަނަށް ތައާރުފުކޮށްފައިވާ ސިގްނިފިކަންޓް މުދާ (ޕްރޮޑަކްޓްސް) ނުވަތަ ހިދުމަތް (ސަރވިސަސް) ތަކާއި، ތަރައްގީކުރުމުގެ މަރުހަލާގައި މިހާރު ހުރި މުދާ (ޕްރޮޑަކްޓްސް) ނުވަތަ ހިދުމަތް (ސަރވިސަސް) އާ ބެހޭ މައުލޫމާތު އާންމުކޮށް، ހާމަކޮށްފައިވާ މިންވަރަށް، ތަރައްގީކުރުމުގެ މަރުހަލާ ޕްރޮގްރެސްވެފައި ހުރި މިންވަރު.

(ރ) ގުރޫޕުގެ ކޮންޕެޓިޓިވް ޕޮޒިށަންގެ ބަޔާނެއް ހާމަކޮށްފައިވާ ނަމަ، އެ ފަދަ ބަޔާނެއް ހާމަކުރި އަސާސް

(ބ) ވަކި މުސްމަކަށް ބަރޯސާވާ ވިޔަފާރިއެއްކަން ނުވަތަ ނޫންކަން.

(ޅ) ރޯ މެޓީރިއަލްސްއާއި އިންޕުޓްސް ހޯދާ ވަސީލަތްތަކާއި، އެވެއިލަބިލިޓީ އާއި، އެ ތަކެތީގެ އަގުގެ ވޮލަޓިލިޓީ ހިމެނޭ ގޮތަށް.

(ކ) މާކެޓިންގ ހަރަކާތްތަކާއި ޑިސްޓްރިބިއުށަން ޗެނަލްތައް ހިމެނޭ ގޮތަށް.

(އ) އަންނަނިވި ކަންކަމަށް މެޓީރިއަލްގޮތެއްގައި ގުރޫޕުގެ ވިޔަފާރި ބަރޯސާވާ ނަމަ، އެ ކަންކަމަށް ބަރޯސާވާ މިންވަރުގެ ހުލާސާ މައުލޫމާތު ހާމަކުރުން؛ މި މައުލޫމާތު ހާމަކުރުމުގައި އެ ފަދަ ކަންކަމުގެ މައިގަނޑު ސިފަތަކާއި، ހުއްދަތަކާއި ށަރުތުތަކާއި، އެ ފަދަ ކަންކަމަށް އަމަލުކުރެވިފައި އޮތް މިންވަރު، (އެޕްލިކަބަލް ނަމަ):

  1. ކޮންޓްރެކްޓުތައް (ކޮމަރށަލް ނުވަތަ ފައިނޭންށަލް ކޮންޓްރެކްޓްތައް ހިމެނޭ ގޮތަށް)؛
  2. ޕޭޓަންޓްސްއާއި ކޮޕީރައިޓްސް ހިމެނޭ ގޮތަށް، އިންޓަލެކްޗުއަލް ޕްރޮޕަރޓީ ރައިޓްސް، ލައިސަންސްތަކާއި ޕަރމިޓްތައް؛
  3. ލައިސަންސްތަކާއި، ޕަރމިޓްތައް ނުވަތަ
  4. ޕްރޮޑަކްށަން ނުވަތަ ވިޔަފާރީގެ ޕްރޮސެސްތައް

(ވ) ވިޔަފާރި ފުޅާކޮށް ތަރައްގީކުރުމަށް، ރިށަރޗް އެންޑް ޑިވެލޮޕްމަންޓަށް ކަނޑައަޅައިފައިވާ ޕޮލިސީތަކާއި، ރިށަރޗް އެންޑް ޑެވެލޮޕްމަންޓަށް ސިގްނިފިކަންޓް ހަރަދުތަކެއް ކޮށްފައިވާ ނަމަ، މާލީ މައުލޫމާތު ހާމަކޮށްފައިވާ މުއްދަތަށް ނެޓް ރެވެނިއުގެ ނިސްބަތުން އެ ފަދަ ހަރަދުގެ އިންސައްތަ؛

(މ) ވިޔަފާރީގެ ނުވަތަ ތިމާވެށީގެ ކަންކަމާ ގުޅޭގޮތުން ކަނޑައަޅައިފައި އޮތް އެއްވެސް ގާނޫނެއްގެ ސަބަބުން ނުވަތަ ގަވާއިދެއްގެ ސަބަބުން ނުވަތަ ކުރުން ލާޒިމުކޮށްފައި އޮތް ކަމެއްގެ ސަބަބުން ވިޔަފާރިއަށް ނުވަތަ އިދާރީ ހިންގުމަށް މެޓީރިއަލް އަސަރެއް ކުރުން އެކަށީގެންވާ ނަމަ އެކަން އަދި އަންނަނިވި މައުލޫމާތު ހިމެނޭ ގޮތަށް އެފަދަ ކަމަކާ ހިލާފުވުމުގެ އަމަލެއް ކުންފުނިން ހިންގައިފައި އޮތް ނަމަ އެ ކަމެއް ހާމަކުރުން.

  1. ހިލާފުވުމުގެ އަމަލުގެ ޒާތާއި، ހިލާފުވެފައި އޮތް މިންވަރު؛
  2. ހިލާފުވުން އިސްލާހުކުރުމަށް އަޅައިފައިވާ ފިޔަވަޅުތަކާއި، ނުވަތަ އެޅުމަށް ގަސްތުކޮށްފައިވާ ފިޔަވަޅުތަކާއި، އެ ކަންކަން ނިންމުމަށް ހިނގާނެ ކަމުގައި އަންދާޒާކުރެވޭ ވަގުތާއި ހަރަދު؛
  3. އެ ހިލާފުވުމުގެ އަމަލަށް ތަންފީޒީ އެއްވެސް ފިޔަވަޅެއް އެޅުމުގެ ފުރުސަތު އޮތްކަން، ނުވަތަ ނެތްކަން؛
  4. މި މާއްދާގައި ބަޔާންކޮށްފައިވާ ފަދަ ނިންމުމެއްގެ ސަބަބުން ގުރޫޕުގެ ވިޔަފާރިއަށް ނުވަތަ މާލީ ޕާރފޯމަންސަށް އަސަރެއް ކޮށްފައިވާ ނަމަ، ނުވަތަ އަސަރެއްކުރުން އެކަށީގެންވާ ނަމަ އެކަން،
  5. ހިލާފުވުމުގެ އެ ފަދަ އަމަލާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހިއްސާދާރުންނަށް ލިބިދިނުމަށް ކުންފުނިން އެޅުމަށް ނިންމައިފައި ހުރި ފިޔަވަޅުތައް ހިލާފުވުމުގެ ފަދަ އަމަލާ ބެހޭ (އެޕްލިކަބަލް ނަމަ)

 

52 ވަނަ މާއްދާ - ވިޔަފާރީގެ ސްޓްރެޓެޖީތައް

ކުންފުނީގެ ވިޔަފާރީގެ ސްޓްރެޓެޖީތަކުގެ އޯވަރވިއުއެއް އެ ސްޓްރެޓެޖީތައް އިމްޕްލިމެންޓްކުރުމަށާއި ހާސިލުކުރުމަށް ކަނޑައެޅިފައިވާ މުއްދަތު ހާމަކުރަންވާނެއެވެ.

 

53 ވަނަ މާއްދާ - މެޓީރިއަލް ކޮންޓްރެކްޓްތައް

މާލީ މައުލޫމާތު ހާމަކޮށްފައިވާ މުއްދަތުން ފެށިގެން، އޮފަރގެ ކުރިޔަށް އެންމެ ފަހުގެ ޕްރެކްޓިކަލް ތާރީހަކާ ދެމެދު އާންމު އުސޫލުން ކޮށްފައިވާ ކޮންޓްރެކްޓްތައް ފިޔަވައި، ވިޔަފާރީގެ އެހެނިހެން މެޓީރިއަލް ކޮންޓްރެކްޓްތައް ހާމަކުރަންވާނެއެވެ. އެގޮތުން، ކޮންމެ ކޮންޓްރެކްޓެއްގެ އަންނަނިވި މައުލޫމާތު ހާމަކުރަންވާނެއެވެ.

(ހ) ކޮންޓްރެކްޓަށް އަމަލުކުރަން ފެށި ތާރީހާއި މުއްދަތު.

(ށ) ކޮންޓްރެކްޓުގައި ބައިވެރިވާ ފަރާތްތައް.

(ނ) ކޮންޓްރެކްޓުގެ މަގުސަދު.

(ރ) ކޮންޓްރެކްޓުގެ ދަށުން، ކަނޑައެޅިފައިވާ ކޮންސިޑަރޭށަންތަކާއި ށަރުތުތައް ފުރިހަމަކުރާނެ ގޮތް.

 

54 ވަނަ މާއްދާ - ޕްރޮޕަޓީ ތަކާއި، ޕްލާންޓްތަކާއި، އިކުއިޕްމަންޓުގެ މައުލޫމާތު

ޕްރޮޕަރޓީތަކާއި، ޕްލާންޓްތަކާއި، އިކުއިޕްމަންޓުގެ މައުލޫމާތު. މެޓީރިއަލް ޕްރޮޕަރޓީތަކާއި، ޕްލާންޓްތަކާއި، އިކުއިޕްމަންޓުގެ އަންނަނިވި މައުލޫމާތު ހާމަކުރަންވާނެއެވެ.

(ހ) ގާއިމުވެފައި ހުރި ތަނާއި، ސައިޒާއި، ކުރެވޭ ބޭނުން.

(ށ) އެ ތަންތަނާއި ތަކެތީގެ ސްޓޭޓަސް (ފްރީހޯލްޑް) ނުވަތަ ލީސްހޯލްޑް، ނުވަތަ ރެންޓަލް ނަމަ، އެކަން.

(ނ) އެ ތަންތަނާއި، ތަކެތީ މައްޗަށް ކަނޑައެޅިފައިވާ އެންކަމްބްރެންސްތައް.

(ރ) ހިނގަމުންދާ މާލީ އަހަރުގެ ތެރޭގައި މެޓީރިއަލް ޕްރޮޕަރޓީތަކާއި، ޕްލާންޓުތަކާއި އިކުއިޕްމަންޓުގެ ޕްރޮޑަކްޓިވް ކެޕޭސިޓީއާއި ބޭނުންކުރެވޭނެ މުއްދަތު (ޔޫޒްފުލް ލައިފް) ހާމަކުރަންވާނެއެވެ.

(ބ) ޕްރޮޕަރޓީތަކާއި ޕްލާންޓްތަކާއި، އިކުއިޕްމަންޓް އިތުރަށް ފުޅާކޮށް، ތަރައްގީކުރުމަށް، ރާވައިފައިވާ މެޓީރިއަލް ޕްލޭންތަކާ ގުޅޭގޮތުން، އަންނަނިވި މައުލޫމާތު ހާމަކުރަންވާނެއެވެ.

  1. މި ފަދަ ޕްލޭންތަކުގެ ޒާތާއި މަގުސަދުތައް؛
  2. މި ފަދަ ޕްލޭންތަކަށް، ހިނގާނެކަމުގައި އަންދާޒާކުރެވޭ ހަރަދާއި، އެއްވެސް ހަރަދެއް ކޮށްފައިވާ ނަމަ، އެ ހަރަދުތައް؛
  3. ފައިނޭންސްކުރުމަށް ހަމަޖެހިފައިވާ ވަސީލަތްތައް؛
  4. މި ފަދަ ޕްލޭންތަކުގެ މަސައްކަތް ފެށުމަށާއި، ނިންމުމަށް އަންދާޒާކުރެވޭ ތާރީހުތައް؛
  5. މި ކަންކަން ހާސިލުކުރެވުމުން، ޕްރޮޑަކްށަން ކެޕޭސިޓީ އިތުރުވާނެ މިންވަރު (އެޕްލިކަބަލް ނަމަ)

 

55 ވަނަ މާއްދާ - މުވައްޒަފުން

ކުންފުނީގެ މުވައްޒަފުންގެ އަންނަނިވި މައުލޫމާތު ހާމަކުރަންވާނެއެވެ.

(ހ) އެންމެ ފަހުގެ މާލީ އަހަރު ނިމުނު ތާރީހުގައި ތިބި މުވައްޒަފުންގެ އަދަދު ނުވަތަ އެވްރެޖް މުވައްޒަފުންގެ އަދަދު. މި ގޮތުން ހާމަކުރެވެން އޮތް ނަމަ، ވިޔަފާރީގެ ކޮންމެ ހަރަކާތަކާއި ސަރަހައްދުތަކަށް ބިނާކޮށް ކެޓަގަރައިޒްކޮށްގެން ހާމަކުރުން.

(ށ) އެންމެ ފަހުގެ މާލީ އަހަރު ނިމުނު ތާރީހުގައި، ކޮންޓްރެކްޗުއަލް މުވައްޒަފުން ނުވަތަ އެވްރެޖް ކޮންޓްރެކްޗުއަލް މުވައްޒަފުން ސިގްނިފިކަންޓް އަދަދަކަށް ތިބި ނަމަ އެ އަދަދު.

(ނ) އެއްވެސް ޔޫނިއަންއަކަށް މުވައްޒަފުން ނިސްބަތްވާ ނަމަ، އެ ޔޫނިއަނެއްގެ ނަން. އަދި ކުންފުންޏާ މެދު މުވައްޒަފުންގެ އެއްވެސް މައްސަލައެއް (ޑިސްޕިއުޓެއް)، ފާއިތުވެދިޔަ މުއްދަތުގައި ހިނގައިފައި އޮތްކަން ނުވަތަ ނޫންކަން.

 

56 ވަނަ މާއްދާ - މޭޖަރ ކަސްޓަމަރުން 

މާލީ މައުލޫމާތު ހާމަކޮށްފައިވާ މުއްދަތުގައި، ކުންފުނީގެ ކަސްޓަމަރުންގެ ތެރެއިން 5 (ފަހެއް) މޭޖަރ ކަސްޓަމަރުންގެ، އަންނަނިވި މައުލޫމާތު ހާމަކުރަންވާނެއެވެ.

(ހ) ކަސްޓަމަރުންނާއެކު ވިޔަފާރި ގުޅުން ގާއިމުވެފައި އޮތް މުއްދަތު.

(ށ) ކޮންމެ ކަސްޓަމަރަކަށް ވަކިވަކީން، އެ ކަސްޓަމަރަކު ކުންފުނީގެ އާމްދަނީ އަށް ކޮންޓްރިބިއުޓްކޮށްފައިވާ އަދަދާއި އިންސައްތަ.

(ނ) މޭޖަރ ކަސްޓަމަރުންނަށް ކުންފުނި ބަރޯސާވާ ނަމަ، ބަރޯސާވާ ކަން ނުވަތަ ނޫންކަން.

(ރ) މޭޖަރ ކަސްޓަމަރުންގެ ގޮތުގައި ބަލާ ފަރާތެއް ނެތްކަމުގައި ވާ ނަމަ، އެކަން ހާމަކުރުމާއެކު، ކަސްޓަމަރ ބޭސްއާބެހޭ މައުލޫމާތު ހާމަކުރަންވާނެއެވެ.

 

57 ވަނަ މާއްދާ - މޭޖަރ ސަޕްލަޔަރުން

މާލީ މައުލޫމާތު ހާމަކޮށްފައިވާ މުއްދަތުގައި ކުންފުނީގެ ސަޕްލަޔަރުންގެ ތެރެއިން 5 (ފަހެއް) މޭޖަރ ސަޕްލަޔަރުންގެ، އަންނަނިވި މައުލޫމާތު ހާމަކުރަންވާނެއެވެ.

(ހ) ސަޕްލަޔަރުންނާއެކު ވިޔަފާރި ގުޅުން ގާއިމުވެފައި އޮތް މުއްދަތު

(ށ) ކޮންމެ ސަޕްލަޔަރަކަށް ވަކިވަކިން އެ ސަޕްލަޔަރަކު ކުންފުނީގެ ޖުމުލަ ޕާރޗޭސްތަކުގައި ހިއްސާވާ އަދަދާއި އިންސައްތަ

(ނ) މޭޖަރ ސަޕްލަޔަރުންނަށް ބަރޯސާވާ ނަމަ، ބަރޯސާވާކަން ނުވަތަ ނޫންކަން

(ރ) މޭޖަރ ސަޕްލަޔަރުންގެ ގޮތުގައި ބަލާ ފަރާތެއް ނެތްކަމުގައި ވާ ނަމަ އެކަން ހާމަކުރުމާއެކު ސަޕްލަޔަރ ބޭސްއާ ބެހޭ މައުލޫމާތު ހާމަކުރަންވާނެއެވެ.

 

58 ވަނަ މާއްދާ - އެކްސްޗޭންޖް ކޮންޓްރޯލް

އެއްވެސް ގާނޫނެއްގެ ދަށުން ނުވަތަ ގަރާރެއްގެ ދަށުން ނުވަތަ ގަވާއިދެއްގެ ދަށުން ނުވަތަ ޕޮލިސީއެއްގެ ދަށުން، ނުވަތަ އެހެން ވެސް އުސޫލެއްގެ ދަށުން ކެޕިޓަލް ރިޕެޓްރިއޭށަނަށް ނުވަތަ ޕްރޮފިޓް ރެމިޓަންސަށް އަސަރުކުރާ ފަދަ އެއްވެސް ހުރަހެއް ކުންފުނީގެ މައްޗަށް އޮތް ނަމަ އޮތްކަން ނުވަތަ ނެތް ނަމަ ނެތްކަން ހާމަކުރަންވާނެއެވެ. އަދި މީގެ ސަބަބުން ކުންފުންޏަށް ބޭނުންކުރެވޭ ގޮތުގައި ހުންނަ ކޭށް އެންޑް ކޭށް އިކުއިވެލަންޓްސް ނުވަތަ ޑިވިޑެންޑް ނުވަތަ އިންޓްރެސްޓް ނުވަތަ އެހެން ވެސް ސެކިއުރިޓީޒް ހޯލްޑަރުންނަށް ހައްގުވާ ޕޭމަންޓްތަކުގެ މައްޗަށް ކުރާ އަސަރު ހާމަކުރަންވާނެއެވެ.

 

59 ވަނަ މާއްދާ - ކުންފުންޏާ ބެހޭ މައުލޫމާތާ ގުޅޭ ގައިޑަންސް ނޯޓު

ކުންފުންޏަކީ ހޯލްޑިންގ ކުންފުންޏެއް ނަމަ، މި ބާބުގައި ގުރޫޕުގެ ގޮތުގައި މާނަކޮށްފައިވަނީ ގުރޫޕުގެ ކުންފުނިތައް ހިމެނޭ ގޮތަށެވެ.

 

60 ވަނަ މާއްދާ - ވިޔަފާރީގެ އުސްއަލިތަކާ ބެހޭ ގައިޑަންސް ނޯޓު

މި ބާބުގައި ވިޔަފާރީގެ އުސްއަލިތައް ކަމަށް ބުނެފައި އޮވަނީ، މިސާލަކަށް ކަމާ ގުޅުންހުރި އިދާރާތަކަށް ހުށަހަޅައިފައިވާ މެޓީރިއަލް ޕްރޮޕޯޒަލްތައް ފަދަ ކަންކަމަށެވެ.

 

61 ވަނަ މާއްދާ - އިދާރީ އޮނިގަނޑާ ބެހޭ ގައިޑަންސް ނޯޓު

މި ބާބުގައި ހާމަކުރާ ކުންފުނީގެ އިދާރީ އޮނިގަނޑުގެ މައުލޫމާތުގައި ކުންފުނީގެ ހިއްސާ އޮތް ކުންފުނިތަކުގެ ތެރެއިން ކުންފުނީގެ ކޮންޓްރޯލިންގ އިންޓްރެސްޓް ނެތް ސަބްސިޑިއަރީީއާއި، ޖޮއިންޓް ވެންޗަރއާއި، އެސޯސިއޭޓެޑް ކުންފުނިތަކުގެ ކޮންމެ ހިއްސާދާރެއްގެ ވަނަވަރު ހާމަކުރަންވާނެއެވެ.

 

62 ވަނަ މާއްދާ - ވިޔަފާރީގެ އޯވަރވިއުއާބެހޭ ގައިޑަންސް ނޯޓު

މި ބާބުގައި، ކުންފުނީގެ ބިޒްނަސް މޮޑެލް މެދުވެރިކޮށް، އާމްދަނީ ހޯދާ ގޮތް އިންވެސްޓަރުންނަށް ފަހުމްވުމަށްޓަކައި އަންނަނިވި މައުލޫމާތު ހިމެނިދާނެއެވެ.

(ހ) ކުންފުނީގެ ހިންގުމުގެ ވަސީލަތްތަކާއި ވިޔަފާރީގެ ވަސީލަތްތައް، އެ ގޮތުން ވިޔަފާރިއަށް މުހިންމު ޕްރޮޑަކްށަން ނުވަތަ ވިޔަފާރީގެ ޕްރޮސެސްތައް ފްލޯ ޗާޓުތައް ބޭނުންކޮށްގެން ހިމެނުން.

(ށ) ބިޒްނަސް މޮޑެލްގައި އެކުލެވޭ ޓެކްނޮލޮޖީ ނުވަތަ ބޭނުންކުރުމަށް ގަސްތުކޮށްފައިވާ ޓެކްނޮލޮޖީގެ މައުލޫމާތު.

 

63 ވަނަ މާއްދާ - ކޮމްޕެޓިޓިވް ޕޮޒިށަނާ ބެހޭ ގައިޑަންސް ނޯޓު

ބާބުގައި ކޮމްޕެޓިޓިވް ޕޮޒިށަނާ ގުޅޭގޮތުން ހާމަކޮށްފައިވާ މައުލޫމާތުގައި، އިންވެސްޓަރުންގެ އިންވެސްޓްމަންޓު ކުރުމާ ގުޅޭ ނިންމުންތައް ނިންމުމަށް މަގުފަހިކޮށްދިނުމުގެ ގޮތުން އިންޑަސްޓްރީއާ ގުޅޭ މައުލޫމާތު ހިމެނިދާނެއެވެ. އެ ގޮތުން ހިމަނާ މައުލޫމާތު ފޯރުކޮށްދިނުމުގައި އަންނަނިވި އުސޫލުތަކަށް ސަމާލުވާންވާނެއެވެ.

(ހ) މައުލޫމާތު ހާމަކޮށްފައި ހުންނަންވާނީ ކުންފުނީގެ ވިޔަފާރިއާއި ކުންފުނީގެ ވިޔަފާރި ހިމެނޭ އިންޑަސްޓްރީއަށް ހާއްސަކޮށް، ކުންފުނީގެ ވިޔަފާރިއަށާއި، ކުންފުނީގެ ވިޔަފާރި މޮޑެލްއަށާއި، އިންވެސްޓަރުންގެ އިންވެސްޓްމަންޓް ނިންމުމަށް އަސަރުކުރާނެ ކަންކަމަށް އެކަނި ރިއާޔަތްކޮށްގެންނެވެ. އެ ގޮތުން މަގްސަދަކަށް ވާންވާނީ، އިންޑަސްޓްރީގެ މުހިންމު ކަންކަމަށް އިންވެސްޓަރުން ސަމާލުކުރުވުމަށާއި، 5 (ފަހެއް) ސަފްހާއަށް ވުރެ އިތުރުނުވާނޭ ގޮތެއްގެ މަތީން ހުލާސާކޮށް ހާމަކުރުން.

(ށ) އިންޑަސްޓްރީއާ ބެހޭ މައުލޫމާތު "ފެއަރ" އެންޑް "ބެލެންސްޑް" ގޮތެއްގެ މަތީން ހާމަކުރުން.

(ނ) މިގޮތުން ހާމަކުރާ މައުލޫމާތުގައި އިންޑަސްޓްރީއާއި، އިންޑަސްޓްރީގައި ހަރަކާތްތެރިވާ ފަރާތްތަކާއި، ވާދަވެރީންގެ މައުލޫމާތާއި، ކުންފުނީގެ ވިޔަފާރީގެ އަންދާޒާކުރެވޭ މާކެޓް ކަވަރޭޖާއި ޕޮޒިށަނާއި، މާކެޓް ށެއަރގެ މިންވަރާއި، އަންދާޒާގެ އަސާސް ހާމަކުރުން. މި ގޮތުން ހިމަނާ ހާމަކުރި އަންދާޒާއަކީ އެޔަށް ބުރެވެވޭ އަންދާޒާއެއްކަން ޔަގީންކޮށްދިނުމުގެ ގޮތުން، އެޔަށް ބާރުދޭ ރިޕޯޓްތައް ނުވަތަ ސަޕޯޓިންގ ޑޭޓާ ހާމަކުރުން.

(ރ) މާކެޓް މައުލޫމާތުގެ ގޮތުގައި ހާމަކުރަންވާނީ، އެންމެ ފަހުގެ އަދާހަމަ މައުލޫމާތެވެ. މިސާލެއްގެ ގޮތުން ކުންފުނީގެ ވިޔަފާރިއާ ބެހޭގޮތުން ހާމަކޮށްފައިވާ ހިސްޓޯރިކަލް މާކެޓްގެ މައުލޫމާތު، ޕްރޮސްޕެކްޓަސްގައި ހާމަކޮށްފައި އޮތް ހިސްޓޯރިކަލް މާލީ މައުލޫމާތާ ތަފާތުވެގެން ނުވާނެއެވެ. މި ގޮތުން ހިސްޓޯރިކަލް މާކެޓް މައުލޫމާތު ނެތްކަމުގައި ވާ ނަމަ، އެކަން ޕްރޮސްޕެކްޓަސްގައި ބަޔާންކުރަންވާނެއެވެ. މި ބައިގައި ހާމަކޮށްފައިވާ ބިޒްނަސް ސްޓްރެޓެޖީތަކާ ގުޅިގެން އަންނަނިވި މައުލޫމާތު ހާމަކުރަންވާނެއެވެ.

 

64 ވަނަ މާއްދާ - ވިޔަފާރީގެ ސްޓްރެޓެޖީތަކާބެހޭ ގައިޑަންސް

ވިޔަފާރި ފުޅާކުރުމުގެ ޕްލޭންތަކާ ބެހޭގޮތުން އިހުތިޔާރުކޮށްފައިވާ ސައިޒާއި އަންދާޒާކުރެވޭ ކެޕޭސިޓީއާއި، އިންޕްލިމެންޓްކުރުމަށް ރާވައިފައިވާ މުއްދަތާއި ހުށަހަޅައިފައިވާ ކެޕިޓަލް އެކްސްޕެންޑިޗަރއާއި، ފައިނޭންސް ކުރާނެ ގޮތާއި، ސޭލްސް ނެޓްވޯރކް ވަރުގަދަކުރުމާއި ވަރޓިކަލް ނުވަތަ ހޮރިޒޮންޓަލް އެކްސްޕޭންށަނާއި، ދިގު މުއްދަތުގެ ކޮންޓްރެކްޓްތައް.

(ށ) ކުންފުންޏަށް އެކުއިޒިށަން ޓާގެޓެއް ދެނެގަނެވިފައި އޮތްކަން ނުވަތަ ނެތްކަން އަދި ކަނޑައެޅި ސިލެކްށަން ކްރައިޓީރިއާގެ މައުލޫމާތު

 

65 ވަނަ މާއްދާ - މޭޖަރ ކަސްޓަމަރުންނާއި މޭޖަރ ސަޕްލަޔަރުންނާބެހޭ ގައިޑަންސް ނޯޓު 

މޭޖަރ ކަސްޓަމަރުންނާއި ސަޕްލަޔަރުންގެ މައުލޫމާތު ހާމަކުރުމުގައި އެ ފަރާތްތަކުގެ ނަން ބަޔާންކުރުން އެދެވިގެންވެއެވެ. މި ގޮތުން އެ ފަރާތްތަކުގެ ނަން ހާމަކޮށްފައިނުވާ ހާލަތުގައި އަންނަނިވި މައުލޫމާތު ހާމަކުރަންވާނެއެވެ.

(ހ) ކަސްޓަމަރުން ނުވަތަ ސަޕްލަޔަރުން ހަރަކާތްތެރިވާ މައިގަނޑު މާކެޓްތަކާއި، އެ ފަރާތްތަކުން ކުރާ ވިޔަފާރީގެ މައިގަނޑު ހަރަކާތްތައް.

(ށ) ކަސްޓަމަރުންނަކީ ނުވަތަ ސަޕްލަޔަރުންނަކީ ހޯލްޑިންގ ކުންފުންޏެއްގެ ދަށުގައިވާ ސަބްސިޑިއަރީީ ކުންފުންޏެއް ނަމަ، އެ ހޯލްޑިންގ ކުންފުނީގެ މައުލޫމާތާއި، އެއީ ދިވެހިރާއްޖޭގެ ސްޓޮކް އެކްސްޗޭންޖުގައި ނުވަތަ ރާއްޖެއިން ބޭރުގެ އެ ފަދަ ސްޓޮކް އެކްސްޗޭންޖެއްގައި، ލިސްޓުކޮށްފައިވާ ކުންފުންޏެއްކަން ނުވަތަ ނޫންކަން.

(ނ) މޭޖަރ ކަސްޓަމަރުންނާއި ސަޕްލަޔަރުންނާ ބެހޭގޮތުން ހާމަކުރަންޖެހޭ، ކަމުގައި މި މާއްދާގައި، ބަޔާންކޮށްފައިވާ މައުލޫމާތު. ހާމަކޮށްފައިނުވާ ހާލަތުގައި ހާމަނުކުރަން ނިންމި ސަބަބު.

(ރ) ކުންފުނީގެ މޭޖަރ ކަސްޓަމަރުންގެ އަދަދު، ނުވަތަ ސަޕްލަޔަރުންގެ އަދަދު، 5 (ފަހެއް) އަށްވުރެ މަދު ނަމަ އެ ކަން ހާމަކުރަންވާނެއެވެ.

 

 

ހަވަނަ ބައި: ހިރާސްތައް (ރިސްކް ފެކްޓަރސް)

 

66 ވަނަ މާއްދާ - ހިރާސްތައް (ރިސްކް ފެކްޓަރސް)

ކުންފުނީގެ ވިޔަފާރިއަށާއި، މާލީ ހާލަތަށާއި ނަތީޖާއާއި، ހިއްސާދާރުން ކޮށްފައިވާ އިންވެސްޓްމަންޓަށް ކުރިމަތިވެދާނެ ފަދަ ނޭދެވޭ މެޓީރިއަލް ހިރާސްތައް ހާމަކުރަންވާނެއެވެ. އެ ގޮތުން އެ ފަދަ ހިރާސް ކުރިމަތިވުމުގެ ފުރުސަތު އޮތް ނެތް މިންވަރާއި، އެ ކަންކަމުން ކުންފުނީގެ ވިޔަފާރިއަށް އަސަރުކުރާނެ މިންވަރު ބަޔާންކުރަންވާނެއެވެ.

 

67 ވަނަ މާއްދާ - ހިރާސްތަކާބެހޭ ގައިޑަންސް ނޯޓު

(ހ) ހިރާސްތައް ހާމަކޮށްފައި ހުންނަންވާނީ ގުޅުންހުރި ހިރާސްތައް އެކުއެކީގައެވެ. ކޮންމެ ހިރާސަކަށް ވެސް އެކަށޭނެ މާނަ ދޭހަވާ އަދި ހިރާސްއަކާ ގުޅޭ ސުރުހީތައް ބޭނުންކޮށްފައި ހުންނަންވާނެއެވެ. މި ގޮތުން، ބޭނުންކުރާ ސުރުހީތައް ކުންފުނީގެ ވިޔަފާރިއާއި ކުންފުނި ހިމެނޭ އިންޑަސްޓަރީއާއި އޮފަރިންގއާ ގުޅުވައިގެން ހާމަކުރަންވާނެއެވެ.

(ށ) ކޮންމެ ހިރާސަކާ ގުޅޭ ސުރުހީގެ ދަށުން ހާމަކުރާ މައުލޫމާތު ހުންނަންވާނީ، އެންމެ ބޮޑަށް އަސަރުކުރާނެ ހިރާސްތައް ފާހަގަކޮށްލެވޭގޮތަށް އެ ސުރުހީއެއްގެ ދަށުން އެ ކަންކަން އެންމެ ފުރަތަމަ ހާމަކުރާ އުސޫލުންނެވެ.

(ނ) ހިރާސްތަކުގެ ބޭނުމަކީ، އިންވެސްޓަރުން ސަމާލުކުރުވުމުގެ މަގުސަދުގައި ކަމާ ނުހުރި ގޮތެއްގައި މައުލޫމާތު ފޯރުކޮށްދިނުމެވެ. އަދި މި މަގުސަދު ހާސިލުނުކުރެވޭ ފަދަ ޑިސްކްލައިވަރ ބަޔާންތައް ހިމަނައިގެން ނުވާނެއެވެ. މިސާލަކަށް

"ތިރީގައި ބަޔާންކޮށްފައިވާ ހިރާސްތަކާއި އިންވެސްޓްމަންޓް ކޮންސިޑެރޭށަންތަކަކީ މިހާރު، ކުންފުންޏަށް ކުރިމަތިވެފައިވާ ނުވަތަ ކުރިޔަށް އޮތްތަނުގައި ކުރިމަތިވެދާނޭ ގޮންޖެހުންތަކުގެ ފުރިހަމަ ނުވަތަ އެކްސްކްލޫސިވް ލިސްޓެއް ނޫނެވެ. އެނގިފައިވާ ނުވަތަ ނޭނގި އޮތް އިތުރު ހިރާސްތަކެއްގެ ސަބަބުން ކުރިޔަށް އޮތްތަނުގައި ކުންފުންޏަށާއި ކުންފުނީގެ ހިއްސާތަކަށް މެޓީރިއަލް ނޭދެވޭ އަސަރުތަކެއް ކޮށްފާނެއެވެ.

(ރ) ހިރާސްތަކުގެ މައުލޫމާތު ހާމަކުރުމުގައި، އޮޅުންއަރާ ފަދަ އަދި ޖެނެރިކްކޮށް މައުލޫމާތު ހާމަކޮށްފައި ހުރެގެން ނުވާނެއެވެ. އެޔާ ހިލާފަށް، ހިރާސްތަކުގެ މައުލޫމާތު ހާމަކޮށްފައި ހުންނަންވާނީ އިށުއަރއާ ގުޅޭ ހިރާސްތަކާއި، އަންސަރޓައިނިޓީސްތަކަށް ސްޕެސިފިކްކޮށެވެ. މި ގޮތުން ހިރާސްތަކުގެ މައުލޫމާތު ހާމަކުރުމުގައި، ދެ ހިރާސްތައް ކުރިމަތިވުމަށް މެދުވެރިވާ ހަގީގަތްތަކާއި، ހާލަތުތަކަށް އެކަނި ބިނާކޮށް ހާމަކޮށްފައި ހުރެގެން ނުވާނެއެވެ. އަދި ހިރާސްތައް ހާމަކުރަންވާނީ، ކޮންމެ ހިރާސްއެއް ވެސް އެ ހިރާސްގެ ކޮންޓެކްސްޓުގައި އިންވެސްޓަރުންނަށް ރަނގަޅަށް ފަހުމުވާގޮތަށް، އެކަމުގެ ޒާތާއި، ހާލަތާއި، ކުންފުނީގެ ވިޔަފާރިއަށާއި، ހިއްސާއަށާއި މި އޮފަރިންގއަށް ކުރާ އަސަރު ދެނެގަނެވޭ އުސޫލުންނެވެ.

 

މިސާލު:

ކުންފުނީގެ ބިޒްނަސް އޯވަރވިއު ހާމަކުރާއިރު، "މޭޖަރ" ކަސްޓަމަރަކަށް ބަރޯސާވާ ކަމަށް އެކަނި ހާމަކުރުމުގެ ބަދަލުގައި، އެކަށީގެންވާ ގޮތަށް މި ހިރާސްގެ މައުލޫމާތު ހާމަކުރިކަމުގައިވާނީ ފަދަ މޭޖަރ ކަސްޓަމަރަކަށް ކުންފުނި ބަރޯސާވާ މިންވަރު، ވަރަށް ސާފުކޮށް އަންގައިދިނުމާއެކު، ކުންފުނީގެ ރެވެނިއުގައި އެ ފަދަ ކަސްޓަމަރެއް ހިއްސާވާ މިންވަރު ބަޔާންކުރުމެވެ. ފަދައިން، މި މައުލޫމާތު ހާމަކުރުމުން މި ފަދަ ކަސްޓަމަރުންގެ މައްޗަށް ކުންފުނީގެ ބަރޯސާވުން އޮތް މިންވަރު އިންވެސްޓަރުންނަށް ފަސޭހައިން ދެނެގަނެވޭނެއެވެ. މީގެ އިތުރުން، މޭޖަރ ކަސްޓަމަރއާ ބެހޭގޮތުން ހާމަކުރާ މައުލޫމާތުގައި އެ ފަރާތުގެ ނަމާއި، ކުންފުންޏާ ދެމެދު އޮތް ވިޔަފާރީގެ ގުޅުމާއި، އެ ފަދަ ކަސްޓަމަރުން ކުންފުނީގެ ސޭލްސްގައި ހިއްސާވާ މިންވަރާއި، މި ފަދަ ކަސްޓަމަރަކާ އޮތް ވިޔަފާރީގެ ގުޅުން ނިމުމަކަށް އަތުވެއްޖެ ނަމަ، އޭގެ ސަބަބުން ކުންފުންޏަށް ކުރާނެ މެޓީރިއަލް ނޭދެވޭ އަސަރު ހިމަނަންވާނެއެވެ.

މޭޖަރ ސަޕްލަޔަރުންނަށް ބަރޯސާވާ ނަމަ އެ ފަދަ ސަޕްލަޔަރުންގެ ނަމާއި ކުންފުންޏާ ދެމެދު އޮތް ވިޔަފާރީގެ ގުޅުމާއި، ކުންފުނީގެ ޕަރޗޭސްތަކުގައި ސަޕްލަޔަރުން ހިއްސާވާ މިންވަރާއި "ސަޕްލަޔަރުންނާއެކު އޮތް ވިޔަފާރީގެ ގުޅުން ނިމުމަކަށް އަތުވެއްޖެ ނަމަ، އޭގެ ސަބަބުން، ކުންފުންޏަށް ކުރާނެ މެޓީރިއަލް ނޭދެވޭ އަސަރު ހިމެނުމެއް ނެތި ހަމަ އެކަނި "މޭޖަރ ސަޕްލަޔަރަކަށް ބަރޯސާވާ ކަމަށް ހާމަކުރުމަކީ އެކަށީގެންވާ ގޮތެއްގައި މި ހިރާސްގެ މައުލޫމާތު ހާމަކުރުން ކަމުގައެއް ނުބެލެވޭނެ؛ ނުވަތަ

ލައިސަންސެއް ނުވަތަ ޕަރމިޓެއްގެ މައްޗަށް ކުންފުނީގެ ވިޔަފާރި ބަރޯސާވާ ނަމަ، އެ ފަދަ ލައިސަންސެއް ނުވަތަ ޕަރމިޓެއް އައުނުކުރެވުމުގެ ހިރާސް އޮތްކަމަށް ހަމައެކަނި ބަޔާންކުރުމަކުން ނުފުދޭނެއެވެ. އޭގެ ބަދަލުގައި އެ ފަދަ ހިރާސްއެއް އޮންނަ ހާލަތުގައި، އެ ގޮތަށް މެދުވެރިވެދާނެކަމަށް ފެންނަ ހަގީގީ ސަބަބުތައް ބަޔާންކުރުން.

(ބ) ހިރާސްއަކާ ގުޅިގެން ހާމަކުރާ މައުލޫމާތުގައި އެ ހިރާސަކުން ކޮށްފާނެ ނޭދެވޭ އަސަރާ މެދު ނުވަތަ އެ ފަދަ ހިރާސްއެއްގެ މެޓީރިއަލިޓީއާ މެދު ހަގީގަތް އޮޅޭ ފަދަ ހިލާފު އުފެދޭ މައުލޫމާތު ހިމަނައިގެން ނުވާނެއެވެ.

 

ހަތްވަނަ ބައި: ގުޅުންހުރި ފަރާތްތަކާއެކު ކޮށްފައިވާ މުއާމަލާތުތައް (ރިލޭޓެޑް ޕާޓީ ޓްރާންސެކްށަންސް)

 

68 ވަނަ މާއްދާ - ގުޅުންހުރި ފަރާތްތަކާއެކު ކޮށްފައިވާ މުއާމަލާތުތައް (ރިލޭޓެޑް ޕާޓީ ޓްރާންސެކްށަންސް)

ގުޅުންހުރި ފަރާތްތަކާއެކު ކޮށްފައިވާ މުއާމަލާތު (ރިލޭޓެޑް ޕާޓީ ޓްރާންސެކްށަންސް) ތަކުގެ އަންނަނިވި މައުލޫމާތު ޕްރޮސްޕެކްޓަސްގައި ހާމަކުރަންވާނެއެވެ.

(ހ) މާލީ މައުލޫމާތު ހާމަކޮށްފައިވާ މުއްދަތުގައި، ގުޅުންހުރި އެއްވެސް ފަރާތަކާއެކު ކޮށްފައިވާ މެޓީރިއަލް މުއާމަލާތުތަކުގެ ޒާތާއި މިންވަރު

(ށ) މާލީ މައުލޫމާތު ހާމަކޮށްފައިވާ މުއްދަތުގައި، އާންމު ހާލަތު ނޫން ގޮތެއްގައި ގުޅުންހުރި އެއްވެސް ފަރާތަކާއެކު ކޮށްފައިވާ މުއާމަލާތުތަކުގެ ޒާތާއި މިންވަރު.

(ނ) މާލީ މައުލޫމާތު ހާމަކޮށްފައިވާ މުއްދަތުގައި، ގުޅުންހުރި އެއްވެސް ފަރާތަކާއެކު ކޮށްފައިވާ ލޯނު ދިނުމުގެ މެޓީރިއަލް މުއާމަލާތުތަކާ ގުޅޭގޮތުން އަންނަނިވި މައުލޫމާތު.

  1. އެންމެ ފަހުގެ ޕްރެކްޓިކަބަލް ތާރީހަކާ ހަމަޔަށް ލޯނަށް އޫކުރި ފައިސާއިން ނުލިބި ބާކީ އޮތް އަދަދު.
  2. މި އަދަދުގެ ތެރެއިން ކުރު މުއްދަތާއި ދިގު މުއްދަތުތަކުގެ އަދަދު، ވަކިވަކީން.
  3. ލޯނު ދީފައިވަނީ ބޭރު ފައިސާއިން ނަމަ، ލޯނަށް ދިން ފައިސާއިން ނުލިބި ބާކީ އޮތް އަދަދު ބޭރު ފައިސާއިން ހާމަކުރުން.
  4. މި ފަދަ ކޮންމެ ލޯނެއްގެ މަގުސަދާއި، ލޯނު ދިނުމަށް އެއްބަސްވެފައިވާ ށަރުތުތައް.

(ރ) ގުޅުންހުރި އެއްވެސް ފަރާތަކަށް މާލީ އެހީގެ ގޮތުގައި ދޫކުރި ފައިސާގެ އަދަދު.

(ބ) މާލީ މައުލޫމާތު ހާމަކޮށްފައިވާ މުއްދަތުގައި ގުޅުންހުރި ފަރާތްތަކާއެކު ކޮށްފައިވާ މި ފަދަ މުއާމަލާތުތައް ވަކިވަކީން ބަލާއިރު މެޓީރިއަލް ކަމުގައި ނުބެލެވުނު ކަމުގައި ވިޔަސް، އެ މުއާމަލާތުތަކުގެ ޒާތަށް ބަލާއިރު އެކަށީގެންވާ ގޮތެއްގައި ގުރޫޕުކުރެވިދާނެ މުއާމަލާތުތަކެއް ކަމުގައި ވެފައި، އެ ގޮތުން، އެ މުއާމަލާތުތައް ގުރޫޕްކޮށްގެން ބަލާއިރު ކުންފުނީގެ މެޓީރިއަލް މުއާމަލާތަކަށް ވެއްޖެ ނަމަ، ގުރޫޕްކޮށްފައިވާ އެ ފަދަ މުއާމަލާތުތަކުގެ ޒާތާއި މިންވަރާއި ތަފުސީލު ހާމަކުރަންވާނެއެވެ.

(މ) މާލީ މައުލޫމާތު ހާމަކޮށްފައިވާ މުއްދަތުގެ ފަހުން، ޕްރޮސްޕެކްޓަސްގެ ތާރީހާ ހަމަޔަށް ގުޅުންހުރި ފަރާތްތަކާއެކު ކޮށްފައިވާ މެޓީރިއަލް މުއާމަލާތުތަކުގެ ތެރެއިން، އަންނަނިވި މުއާމަލާތުތަކުގެ ޒާތާއި މިންވަރު ހާމަކުރަންވާނެއެވެ.

  1. މާލީ މައުލޫމާތު ހާމަކޮށްފައިވާ މުއްދަތުގެ ފަހުން އަމަލުކުރަން ފަށައިފައިވާ މުއާމަލާތުތައް؛
  2. އެ ފަދަ މުއާމަލާތަކަށް އެއްބަސްވެފައިވާ ނަމަވެސް، ހިންގައިފައިނުވާ މުއާމަލާތުތައް

 

69 ވަނަ މާއްދާ - ގުޅުންހުރި ފަރާތްތަކާއެކު ކޮށްފައިވާ މުއާމަލާތްތަކުގެ އިތުރު މައުލޫމާތު

ގުޅުންހުރި ފަރާތްތަކާއެކު ކޮށްފައިވާ މެޓީރިއަލް މުއާމަލާތްތަކުގެ ގޮތުގައި މި ގަވާއިދުގެ 68 ވަނަ މާއްދާގެ ދަށުން ހާމަކޮށްފައިވާ މުއާމަލާތްތަކާ ގުޅޭގޮތުން އަންނަނިވި ކަންކަން ބަޔާންކުރަންވާނެއެވެ.

(ހ) އެ މުއާމަލާތްތައް ކޮށްފައިވަނީ، މަސްލަހަތު ފުށުއެރުމުގެ އެއްވެސް ފުރުސަތެއް ނެތްގޮތުގައިކަން

(ށ) އެ މުއާމަލާތްތައް ކޮށްފައިވަނީ މަސްލަހަތު ފުށުއެރުމުގެ ފުރުސަތެއް އޮތް ގޮތުގައި ނަމަ، ކުރިޔަށް އޮތް ތަނުގައި، މި ފަދަ މުއާމަލާތްތައް ކުރުމުގައި މަސްލަހަތު ފުށުއެރުމުގެ އެއްވެސް ފުރުސަތެއް ނުދިނުމަށް ކަނޑައަޅައިފައިވާ އިޖުރާތްތަކުގެ މައުލޫމާތު

 

70 ވަނަ މާއްދާ - ގުޅުންހުރި ފަރާތްތަކާއެކު ކޮށްފައިވާ މެޓީރިއަލް މުއާމަލާތްތަކާ ގުޅޭ ގައިޑަންސް ނޯޓު

ގުޅުންހުރި ފަރާތްތަކާއެކު ކޮށްފައިވާ މެޓީރިއަލް މުއާމަލާތްތަކުގެ ޒާތާއި މިންވަރު ހާމަކުރުމުގައި އަންނަނިވި މައުލޫމާތު ފުރިހަމަވާންވާނެއެވެ.

(ހ) ގުޅުންހުރި ފަރާތްތަކާއި އިށްއަރއާ ދެމެދު އޮތް ގުޅުމުގެ ބާވަތް

(ށ) ގުޅުންހުރި ފަރާތްތަކާއެކު ކޮށްފައިވާ މުއާމަލާތްތަކުގެ ބާވަތް؛ އެ ގޮތުން ތަކެތި ނުވަތަ ހިދުމަތް ސަޕްލައިކުރުމާއި ކުއްޔަށް ހިފުމާއި، ވިއްކުން ފަދަ މުއާމަލާތްތައް

(ނ) މި ފަދަ މުއާމަލާތްތައް ކޮށްފައިވަނީ ކަނޑައެޅިފައި އޮތް ވަކި މުއްދަތަކަށް ނަމަ، އެ ފަދަ މުއްދަތެއް ހަމަވާ ތާރީހު؛

(ރ) ފަދަ މުއާމަލާތްތަކުގެ މުއްދަތު ހަމަވާ ތާރީހަކީ، ލިސްޓުކުރުމުގެ ފަހުން އަންނަ ތާރީހެއް ނަމަ އެ މުއާމަލާތުގެ މައިގަނޑު ސިފަތަކާއި، ވަގުތާއިި، އެއްބަސްވުން އައުކުރުމުގެ ށަރުތުތަކާއި، އެއްބަސްވުން ބާތިލުކުރުމުގެ ށަރުތުތައް ނުވަތަ އެއްބަސްވުމުން ވަކިވުމަށް ލިބިފައި އޮތް ހައްގުތަކާއި، ތަންފީޒީ ފިޔަވަޅު އެކުލެވޭ މާއްދާތައް ހާމަކުރުން.

(ބ) މުއާމަލާތުގައި ހިމެނޭ ފައިސާގެ އަދަދު.

(ޅ) މި ފަދަ މުއާމަލާތު ތަކުނަ، ކުންފުނީގެ ރެވެނިއު، ކޮސްޓް އޮފް ސޭލްސް، ނެޓް އެސެޓްސް ނުވަތަ ލަޔަބިލިޓީސް ނުވަތަ ޓެކްސް ކެނޑުމަށްފަހު ލިބޭ ފައިދާއަށް އަސަރުކުރާ ނަމަ، މި އިން ކޮންމެ ލައިން އައިޓަމެއްގެ ނިސްބަތުން އެ މުއާމަލާތުގެ އިންސައްތަ.

 

 

 އަށްވަނަ ބައި: މަސްލަހަތު ފުށުއެރުން 

 

71 ވަނަ މާއްދާ - ޑިރެކްޓަރުންނާއި ސަބްސްޓޭންށަލް ހިއްސާދާރުންގެ މަސްލަހަތު ފުށުއެރުން

ސީދާގޮތުން ނުވަތަ ނުސީދާގޮތުން ނަމަވެސް، ކުންފުނީގެ ޑިރެކްޓަރެއް ނުވަތަ ސަބްސްޓޭންށަލް ހިއްސާދާރެއްގެ މަސްލަހަތު ހިމެނޭ ކަމެއް، ކުންފުނީގެ ވިޔަފާރިއާ އެއްފަދަ އެހެން ވިޔަފާރިއެއްގައި ނުވަތަ ކުންފުނީގެ ކަސްޓަމަރެއް ނުވަތަ ސަޕްލައަރެއްގައި އޮތް ނަމަ އަންނަނިވި މައުލޫމާތު ހާމަކުރަންވާނެއެވެ.

(ހ) އެ ށަހްސެއްގެ ނަން.

(ށ) އެ ށަހްސަކުން ހިންގާ މައިގަނޑު ހަރަކާތް.

(ނ) ށާމިލުވާ ޑިރެކްޓަރުގެ ނުވަތަ ސަބްސްޓޭންށަލް ހިއްސާދާރުގެ ނަން.

(ރ) ށާމިލުވާ ޑިރެކްޓަރުގެ ނުވަތަ ސަބްސްޓޭންށަލް ހިއްސާދާރުގެ، އެ ށަހުސުގައި އޮތް މަސްލަހަތުގެ ޒާތާއި، މިންވަރާއި، ސީދާގޮތުންވިޔަސް ނުވަތަ ނުސީދާގޮތުން ވިޔަސް ޑިރެކްޓަރުގެ ނުވަތަ ސަބްސްޓޭންށަލް ހިއްސާދާރުގެ ބައިވެރިވުން އެ ށަހްސުގެ މެނޭޖްމަންޓުގައި އޮތް މިންވަރު.

(ބ) މަސްލަހަތު ފުށުއެރުން ހައްލުކުރުމަށް ނުވަތަ މަސްލަހަތު ފުށުއެރުން ނައްތައިލުމަށް ނުވަތަ މަސްލަހަތު ފުށުއެރުން ކުޑަކުރުމަށް އަޅައިފައިވާ ފިޔަވަޅުތައް.

(ޅ) ސަބްސްޓޭންށަލް ހިއްސާދާރުގެ މަސްލަހަތު ފުށުއަރާ ފަދަ ކަމެއް ނެތްކަން ސާބިތުކޮށްދެވެނޭ ގޮތެއް އޮތް ނަމަ، އެ ގޮތުގެ މައުލޫމާތު ހާމަކުރަންވާނެއެވެ.

 

72 ވަނަ މާއްދާ - ތަޖުރިބާކާރުންގެ މަސްލަހަތު ފުށުއެރުން

ތަޖުރިބާކާރުންގެ ގޮތުގައި ހިމަނައިފައިވާ ފަރާތްތަކުގެ މަސްލަހަތު ފުށުއެރުމެއް އޮތް ނަމަ، ނުވަތަ މަސްލަހަތު ފުށުއެރުމުގެ ފުރުސަތެއް އޮތް ނަމަ، އެކަމުގެ އިގުރާރެއް އަންނަނިވި ކަންކަމާ ގުޅިގެން ހާމަކުރަންވާނެއެވެ.

(ހ) ތަޖުރިބާކާރުގެ ހައިސިއްޔަތު ފިޔަވައި އެހެން ހައިސިއްޔަތަކުން އެއްވެސް މަސްލަހަތެއް ކުންފުންޏާ ގުޅިގެން އޮތްކަމުގައި ވާ ނަމަ، އެކަން؛ ނުވަތަ

(ށ) މަސްލަހަތު ފުށުއަރާ އެއްވެސް އެހެން ގުޅުމެއް، ކުންފުންޏާއެކު އަދި ކުންފުނި ހިމެނޭ ގުރޫޕުގެ އެހެން ކުންފުނިތަކާ ގުޅިގެން، އޮތް ނަމަ އޮތްކަން ނުވަތަ ނެތްކަން.

 

73 ވަނަ މާއްދާ - ވަސްތޫރަ ފުށުއެރުމާ ބެހޭ ހިދާޔަތު ނޯޓު

އަންނަނިވި ކަންކަމަކީ، ސަބްސްޓޭންށަލް ހިއްސާދާރެއްގެ މަސްލަހަތު ފުށުއަރާ ކަމެއް ނެތް ކަމުގައި، އޮތޯރިޓީން އާންމުގޮތެއްގައި ބަލާނެ ކަންކަމުގެ މިސާލުތަކެވެ.

(ހ) ސަބްސްޓޭންށަލް ހިއްސާދާރުގެ ސިޔާސަތަކީ ނުވަތަ މަގުސަދަކީ، ހަމައެކަނި އިންވެސްޓްމަންޓުގެ ބޭނުމަށް އޮންނަ ސިޔާސަތެއް ކަމުގައި ވެއި، އެ ހިއްސާދާރުގެ ދައުރަކީ، ކުންފުނީގެ ވިޔަފާރިއާއި، ހިންގުމުގެ ސިޔާސަތާ ފުށުއެރުމެއްނުވާ ގޮތުގެ މަތީން، އެ ހިއްސާދާރުގެ އިންވެސްޓްމަންޓް ޕޯޓްފޯލިއޯގެ ސިޔާސަތުތައް ބިނާކުރުން ކަމުގައި ވުމާއި، ކުންފުނީގެ މެނޭޖްމަންޓުގައި، އެ ހިއްސާދާރުގެ އެއްވެސް ބައިވެރިވުމެއް ނެތްކަމުގައި ވާ ނަމަ؛ ނުވަތަ

(ށ) ނުވަތަ ސަބްސްޓޭންށަލް ހިއްސާދާރަކީ އިށުއަރއާ ވާދަވެރިވުމުގެ ފުރުސަތު އޮތް ވިޔަފާރިއެއް ހިންގާ ފަރާތެއް ނަމަ، ޓާގެޓް ކަސްޓަމަރުން ބެހިފައިވާ ސެގްމަންޓްތަކާއި ވިޔަފާރި ގާއިމުކޮށްފައިވާ ސަރަހައްދުތަކާއި ވިއްކާ މުދާ (ޕްރޮޑަކްޓްސް) ތަކާއި، ނުވަތަ ހިދުމަތް (ސަރވިސަސް) ތަކާއި، ނުވަތަ މެނޭޖްމަންޓް ޓީމުތަކަކީ، ސާފުކަން ބޮޑުގޮތެއްގައި ވަކިކުރެވިފައި ހުރި ކަންކަމުގައި ވާ ނަމައެވެ.

 

 

 ނުވަވަނަ ބައި: މާލީ މައުލޫމާ ތާއި ރިޕޯޓު ތައް 

 

74 ވަނަ މާއްދާ - ކުންފުނީގެ މާލީ މައުލޫމާތާއި ރިޕޯޓުތައް

(ހ) ޕްރޮސްޕެކްޓަސްގައި މާލީ މައުލޫމާތު ހާމަކުރުމުގައި، އެހެން ގޮތަކަށް ބަޔާންކޮށްފައިނުވާ ހާލަތުގައި، ކުންފުނިކަމަށް ބުނެފައި ހިމެނޭ، ގާނޫނީ ށަހްސުތަކެއް ހިމެނޭ ގުރޫޕެއްގެ ހޯލްޑިންގ ކުންފުންޏެއް ނަމަ، އެ ގުރޫޕުގެ ކުންފުނިތައް ހިމެނޭ ގޮތުގެ މަތީންނެވެ.

(ށ) މި ބައިގައި ކަނޑައަޅައިފައިވަނީ ކުންފުނީގެ މާލީ މައުލޫމާތު ހާމަކުރުމުގައި، އަމަލުކުރަންޖެހޭ އަސާސީ މިންގަނޑެވެ.

 

75 ވަނަ މާއްދާ - މާލީ މައުލޫމާތު

(ހ) ޕްރޮސްޕެކްޓަސްގައި ހާމަކުރި އޮޑިޓްކޮށްފައިވާ މާލީ ބަޔާންތައް ހުންނަންވާނީ ކަނޑައެޅިފައިވާ އެކައުންޓިންގ ސްޓޭންޑަޑްތަކާ އެއްގޮތްވާ ގޮތުގެ މަތީންނެވެ.

(ށ) އަންނަނިވި ހާލަތުތަކުގައި، ޕްރޮސްޕެކްޓަސްގައި ހާމަކުރި އޮޑިޓްކޮށްފައިވާ މާލީ ބަޔާންތަކުގައި ހިމެނޭ ހުލާސާ މާލީ މައުލޫމާތުތައް ހާމަކުރަންވާނެއެވެ.

  1. ހިއްސާ ލިސްޓުކުރުމަށް ހުށަހަޅައިފައިވަނީ މެއިން މާކެޓުގެ މެއިން ބޯޑުގައި ޕްރޮފިޓް ޓެސްޓު އުސޫލުން ނަމަ، މަދުވެގެން 2 (ދޭއް) އަހަރާއި 5 (ފަހެއް) އަހަރާ ދެމެދުގެ އޮޑިޓްކޮށްފައިވާ މާލީ ބަޔާންތަކަށް ބިނާކޮށް ހާމަކުރުން؛
  2. ހިއްސާ ލިސްޓުކުރުމަށް ހުށަހަޅައިފައިވަނީ މެއިން މާކެޓުގެ މެއިން ބޯޑުގައި މާކެޓް ކެޕިޓަލައިޒޭށަން ޓެސްޓު އުސޫލުން ނަމަ، މަދުވެގެން 2 (ދޭއް) އަހަރުދުވަހުގެ ނުވަތަ އެޔަށްވުރެ ކުރު މުއްދަތަކަށް ކުންފުނިން ވިޔަފާރި ހިންގައިފައި އޮތް ނަމަ، އެ މުއްދަތުގެ އޮޑިޓްކޮށްފައިވާ މާލީ ބަޔާންތަކަށް ބިނާކޮށް ހާމަކުރުން؛
  3. ހިއްސާ ލިސްޓުކުރުމަށް ހުށަހަޅައިފައިވަނީ މެއިން މާކެޓުގެ ސެކަންޑް ބޯޑުގައި ޕްރޮފިޓް ޓެސްޓު އުސޫލުން ނަމަ، އެންމެ ފަހުގެ 2 (ދޭއް) އަހަރުދުވަހުގެ އޮޑިޓްކޮށްފައިވާ މާލީ ބަޔާންތަކަށް ބިނާކޮށް ހާމަކުރުން؛
  4. ހިއްސާ ލިސްޓުކުރުމަށް، ހުށަހަޅައިފައިވަނީ މެއިން މާކެޓުގެ ސެކަންޑް ބޯޑުގައި މާކެޓް ކެޕިޓަލައިޒޭށަން ޓެސްޓު އުސޫލުން ނަމަ، މަދުވެގެން 2 (ދޭއް) އަހަރުދުވަހުގެ ނުވަތަ އެޔަށް ވުރެ ކުރު މުއްދަތަކަށް ކުންފުނިން ވިޔަފާރި ހިންގައިފައި އޮތް ނަމަ، އެ މުއްދަތުގެ އޮޑިޓްކޮށްފައިވާ މާލީ ބަޔާންތަކަށް ބިނާކޮށް ހާމަކުރުން. އެންމެ ފަހުގެ މާލީ އަހަރު ނިމުނު ތާރީހުން ފެށިގެން، ޕްރޮސްޕެކްޓަސް ތާރީހާ ދެމެދު 12 (ބާރަ) މަސްދުވަހަށް ވުރެ ދިގު މުއްދަތެއް ފާއިތުވެފައި އޮވެގެން ނުވާނެއެވެ.

(ނ) އެއްވެސް ހާލަތެއްގައި 12 (ބާރަ) މަސްދުވަހަށް ވުރެ ދިގު މުއްދަތެއް ފާއިތުވެފައި އޮތް ނަމަ، އެ ހިނގައިދިޔަ މުއްދަތުގެ މެނޭޖްމަންޓް އެކައުންޓްސްގެ މައުލޫމާތާއި ހުލާސާ މާލީ މައުލޫމާތު ހާމަކުރަންވާނެއެވެ.

(ރ) ހުލާސާ މާލީ މައުލޫމާތު ހާމަކުރުމުގައި އެންމެ މަދުވެގެން ވެސް، އަންނަނިވި މައުލޫމާތު ހާމަކުރަންވާނެއެވެ. އަދި، މެނޭޖްމަންޓް އެކައުންޓްސް ހާމަކޮށްފައިވާ ނަމަ މި މައުލޫމާތު ހާމަކުރަންވާނީ، އެ މުއްދަތު ހިމެނޭ ގޮތަށް ތާވަލެއްގައި، އޭގެ ކޮރެސްޕޮންޑިންގ މުއްދަތުގެ މައުލޫމާތު ވެސް ހިމެނޭ ގޮތުގެ މަތީންނެވެ. މި ގޮތުން ހާމަކުރާ ކޮމްޕެރިޓިވް މެނޭޖްމަންޓް އެކައުންޓްސް އޮޑިޓްކޮށްފައި އޮތުން ލާޒިމެއް ނޫނެވެ.

  1. ރެވެނިއު؛
  2. ގްރޮސް ޕްރޮފިޓާއި ގްރޮސް ޕްރޮފިޓް މާރޖިން؛
  3. އެނިހެން އިންކަމް؛
  4. ޑިޕްރިސިއޭށަން އެންޑް އެމޮޓައިޒޭށަން؛
  5. ފައިނޭންސް ކޮސްޓް؛
  6. ށެއަރ އޮފް ޕްރޮފިޓްސް އެންޑް ލޮސެސް އޮފް އެސޯސިއޭޓްސް އެންޑް ޖޮއިންޓް ވެންޗަރސް؛
  7. ޕްރޮފިޓް އޯރ ލޮސް ބިފޯރ ޓެކްސް އެންޑް ޕްރޮފިޓް މާރޖިން؛
  8. ޓެކްސް އެކްސްޕެންސް؛
  9. ޑިވިޑެންޑް؛
  10. ޕްރޮފިޓް އޯރ ލޮސް، އެޓްރިބިއުޓަބަލް ޓު މައިނޯރިޓީ އިންޓްރަސްޓް، އެންޑް އިކުއިޓީ ހޯލްޑަރސް އޮފް ދި ޕޭރަންޓް؛
  11. ބޭސިކް އެންޑް ޑައިލިއުޓެޑް އަރނިންގސް ޕަރ ށެއަރ؛
  12. ޓޯޓަލް ނޮން-ކަރެންޓް އެސެޓްސް، އެންޑް ޓޯޓަލް ނޮން-ކަރެންޓް ލައިބިލިޓީސް؛
  13. ޓޯޓަލް ކަރެންޓް އެސެޓްސް، އެންޑް ޓޯޓަލް ކަރެންޓް ލައިބިލިޓީސް؛
  14. ޓޯޓަލް އެސެޓްސް، އެންޑް ޓޯޓަލް ލައިބިލިޓީސް؛
  15. ނެޓް އެސެޓްސް، އެންޑް ނެޓް ލަޔަބިލިޓީސް؛
  16. އިށޫޑް ކެޕިޓަލް އެންޑް ރިޒަރވްސް؛
  17. ނޮން-ކޮންޓްރޯލިންގ އިންޓްރަސްޓް؛
  18. އަރނިންގސް ޕަރ ށެއަރ؛
  19. ކޭށް ފްލޯ ޕަރ ށެއަރ؛
  20. ނެޓް އެސެޓްސް ޕަރ ށެއަރ.

 

76 ވަނަ މާއްދާ - ކެޕިޓަލައިޒޭށަނާއި ދަރަނިތައް (އިންޑެޓެޑްނެސް)

ޕްރޮސްޕެކްޓަސް ތާރީހުގެ ކުރިން 60 (ފަސްދޮޅަސް) ދުވަހަށް ވުރެ ދިގުނޫން މުއްދަތެއްގައި، ކުންފުނީގެ ކެޕިޓަލައިޒޭށަންގެ ބަޔާނާއި އިންޑެޓެޑްނެސްގެ ބަޔާނެއް ހާމަކުރަންވާނެއެވެ. މި ގޮތުން ކުންފުނީގެ ކެޕިޓަލައިޒޭށަންގެ ގޮތުގައި ހުރި އަދަދާއި، ދަރަނީގެ ގޮތުގައި ހުރި އަދަދު، އޭގެ ތެރޭގައި ގެރެންޓީ ދީފައިވާ އަދި ގެރެންޓީ ދީފައިނުވާ، ސެކިއޯޑް އިންޑެޓެޑްނެސްއާއި، އަންސެކިއޯޑް އިންޑެޓެޑްނެސް ވަކިވަކިން އެނގޭނެ ގޮތަށް ހާމަކުރަންވާނެއެވެ. އިންޑެޓެޑްނެސްގެ ތެރޭގައި އިންޑިރެކްޓް ލަޔަބިލިޓީސްއާއި ކޮންޓިންޖެންޓް ލަޔަބިލިޓީސް ވެސް ހިމެނެއެވެ. އަދި އެޕްލިކަބަލް ނަމަ، މި އޮފަރިންގގެ ޕްރޮސީޑްސް އިން، (ހޭދަކުރާނެ) ގޮތްވެސް ސާފުކޮށް، ފެންނާނެ (ގޮތަށް) ކުންފުނީގެ ކެޕިޓަލައިޒޭށަނަށާއި އިންޑެޓެޑްނެސްއަށް އަންނާނެ ބަދަލު ވަކިވަކީން، ފެންނާނޭ ގޮތަށް، ހާމަކުރަންވާނެއެވެ.

 

77 ވަނަ މާއްދާ - މެނޭޖްމަންޓުގެ ޑިސްކަށަނާއި މާލީ ހާލަތުގެ އެނަލިސިސް

މާލީ މައުލޫމާތު ހާމަކޮށްފައިވާ މުއްދަތުގައި ކޮންމެ އަހަރަކަށް، ވަކިވަކީން ކުންފުނީގެ މާލީ ހާލަތާއި، މާލީ ހާލަތަށް އައިސްފައިވާ ބަދަލުތަކާއި ވިޔަފާރި ޕަރފޯމަންސާ ގުޅިގެން މެނޭޖްމަންޓުގެ، އެނަލިސިސްއެއް، އަންނަނިވި ކަންކަން ހިމެނޭ ގޮތުން، ހާމަކުރަންވާނެއެވެ.

(ހ) މި ޕްރޮސްޕެކްޓަސްގައި، ހިމަނައިފައިވާ ހުލާސާ މާލީ މައުލޫމާތަށް އަހަރުން އަހަރަށް، އައިސްފައިވާ މެޓީރިއަލް ބަދަލުތައް ވިޔަފާރީގެ ޒާތާއި ހާލަތާއި ވިޔަފާރީގެ ހިރާސް (ރިސްކު) ތަކާއި ވިޔަފާރި ހިންގުމާއި، އިގުތިސާދީ ހާލަތު.

(ށ) ކުންފުނީގެ ވިޔަފާރި ނުވަތަ ކުންފުނިން ހަރަކާތްތެރިވާ އިންޑަސްޓްރީގެ ޒާތަށް ހާއްސަ ކުންފުންޏަށް، ހާއްސަ އެކައުންޓިންގ ޕޮލިސީތައް ވިޔަފާރީގެ ހާލަތު.

(ނ) ކުންފުނީގެ ވިޔަފާރީގެ ހާލަތު (ރިޒަލްޓްސް) ތަކާ ގުޅިގެން ކުންފުންޏަށް ހާއްސަ ކަންތައްތައް ހިމެނޭ ގޮތުން ހާމަކުރަންވާނެ ކަންތައްތައް.

 

78 ވަނަ މާއްދާ - ވިޔަފާރީގެ ހާލަތު )ރިޒަލްޓް އޮފް އޮޕަރޭށަންސް

ވިޔަފާރީގެ ހާލަތު (ރިޒަލްޓްސް) އޮފް (އޮޕަރޭށަންސް) ކުންފުނީގެ ވިޔަފާރީގެ ހާލަތު (ރިޒަލްޓްސް) އޮފް އޮޕަރޭށަންސް، ގެ ކަންތައްތައް ހިމެނޭ ގޮތުން މައުލޫމާތު، ހާމަކުރަންވާނެއެވެ.

(ހ) ހާއްސަ ހާލަތު ގޮތުގައި، ނުވަތަ އާންމުގޮތެއްގައި، ނޫން ނަމަވެސް، ވިޔަފާރީގެ ފައިދާއަށް މެޓީރިއަލް، އަސަރެއް، ކުރުމުގެ، ފުރުސަތު އޮވެދާނެ ފަދަ ކަމެއް އޮތް ނަމަ އެ ފަދަ ކަމެއްގެ މައުލޫމާތާއި، އެ ކަމުން ވިޔަފާރީގެ ފައިދާއަށް އަސަރުކުރާނެ މިންވަރު، ހާމަކުރުން. އަދި ކުންފުނީގެ ވިޔަފާރީގެ، ހާލަތު އިންވެސްޓަރުންނަށް ފަހުމުކޮށްދިނުމަށް ޓަކައި، ރެވެނިއުއާއި އެކްސްޕެންޑިޗަރގެ މައިގަނޑު ކޮމްޕޯނެންޓުތައް ހާމަކުރުން.

(ށ) ހާމަކޮށްފައިވާ މާލީ ބަޔާންތަކުގައި ކުންފުނީގެ ރެވިނިއުއަށް މެޓީރިއަލް ބަދަލުތަކެއް އައިސްފައިވާ ނަމަ، އެ ބަދަލުތަކަކީ ކުންފުނީގެ ވިޔަފާރި މުދާ (ޕްރޮޑަކްޓް) ނުވަތަ ހިދުމަތް، (ސަރވިސް) ތަކުގެ އަގަށް އައިސްފައިވާ ބަދަލުތަކެއްގެ ނުވަތަ ވިއްކައިފައިވާ އަދަދު، (ވޮލިއުމް) އަށް އައިސްފައިވާ ބަދަލުތަކެއްގެ ސަބަބުން ކަމުގައި ވާ، ނަމަ، އަހަރުން އަހަރަށް، ކުންފުނީގެ އާމްދަނީއަށް ކޮށްފައިވާ އަސަރާއި، އެ ކަމުގެ މިންވަރާ ބެހޭ އެނަލިސިސް.

(ނ) ފޮރިން އެކްސްޗޭންޖް ރޭޓުތަކަށް އަންނަ ބަދަލުތައް ނުވަތަ އިންޓްރެސްޓް ރޭޓުތަކަށް އަންނަ ބަދަލުތަކުގެ ސަބަބުން، ކުންފުނީގެ ވިޔަފާރިއަށް މެޓީރިއަލް އަސަރެއް ކުރާ ނަމަ، އެ ފަދަ އަސަރުތަކަށް ހުށަހެޅިފައިވާ މިންވަރާއި، އެ ފަދައިން ކުރާ އަސަރުތަކާ ގުޅިގެން، ކުންފުނީގެ ހުށަހެޅިފައިވާ ފޮރިން ކަރެންސީ އެކްސްޕޯށަރއާއި އިންވެސްޓްމަންޓްތައް ހެޖްކޮށްފައިވާ މިންވަރު.

(ރ) އިންފްލޭށަންގެ ސަބަބުން ކުންފުނީގެ ވިޔަފާރިއަށް މެޓީރިއަލް އަސަރުކުރާކަން ނުވަތަ ނޫންކަން.

(ބ) ދައުލަތުގެ އިގުތިސާދީ ޕޮލިސީއަށް ނުވަތަ ފިސްކަލް ޕޮލިސީއަށް ނުވަތަ މަނިޒަރީ ޕޮލިސީއަށް ނުވަތަ އެހެން ވެސް ޕޮލިސީތަކާ ގުޅިގެން ކުންފުނީގެ ވިޔަފާރިއަށް މެޓީރިއަލް އަސަރެއް ކޮށްފައި އޮތް ނަމަ، ނުވަތަ ކުރުމުގެ ފުރުސަތު އޮތް ނަމަ، އެ ފަދަ މައުލޫމާތު

 

79 ވަނަ މާއްދާ - ލިކުއިޑިޓީއާއި ކެޕިޓަލް ރިސޯސަސް

ވިޔަފާރީގެ ލިކުއިޑިޓީއާއި ކެޕިޓަލް ރިސޯސަސްއާ ގުޅިގެން (ކުރު މުއްދަތާއި ދިގު މުއްދަތުގެ) ކަންކަމުގެ މައުލޫމާތު ހާމަކުރަންވާނެއެވެ:

(ހ) ވިޔަފާރީގެ ލިކުއިޑިޓީއާ ގުޅޭ އަންނަނިވި މައުލޫމާތު:

  1. ވިޔަފާރިއަށް ބޭނުންވާ ލިކުއިޑިޓީ ހަމަޖެއްސުމުގައި އިންޓަރނަލް އަދި އެކްސްޓަރނަލްކޮށް ނަމަވެސް، ކުންފުނިން ބޭނުންކޮށްފައި ނެތް މެޓީރިއަލް ލިކުއިޑިޓީ ވަސީލަތްތަކުގެ ތަފުސީލް. މި ގޮތުން ހާމަކުރާ ތަފުސީލުގައި މި ޕްރޮސްޕެކްޓަސްގެ ތާރީހުން ފެށިގެން 12 (ބާރަ) މަސްދުވަހުގެ މުއްދަތަށް ކުންފުންޏަށް ބޭނުންވާ ވަރކިންގ ކެޕިޓަލް ހަމަޖެއްސޭނެ ލިކުއިޑިޓީ ވަސީލަތްތައް ކުންފުންޏަށް ފަހިވެފައި އޮތްކަމުގައި ޑިރެކްޓަރުން ދީފައިވާ ބަޔާނެއް މި ތަފުސީލާއެކު ހިމެނުން ނުވަތަ އެ ފަދަ ވަސީލަތެއް ފަހިވެފައި ނެތް ނަމަ، އޭގެ ބަދަލުގައި ކުންފުންޏަށް ކޮންމެހެން ބޭނުންވާނެކަމަށް ކަނޑައަޅައިފައިވާ އިތުރު ވަރކިންގ ކެޕިޓަލް ހަމަޖައްސާނެ ގޮތް؛
  2. މާލީ މައުލޫމާތު ހާމަކޮށްފައިވާ ކޮންމެ އަހަރަކަށް ވަކިވަކީން (މެނޭޖްމަންޓް އެކައުންޓްސް ހާމަކޮށްފައިވާ ނަމަ، އެ މުއްދަތުގެ މައުލޫމާތު ހިމެނޭ ގޮތަށް) ކުންފުނީގެ ހިންގުމުގެ ހަރަކާތްތަކުންނާއި އިންވެސްޓު ކުރުމުގެ ހަރަކާތްތަކުންނާއި، ފައިނޭންސް ކުރުމުގެ ހަރަކާތްތަކުން ފައިސާ ލިބޭ މެޓީރިއަލް ވަސީލަތްތަކުގެ އިވެލުވޭށަންއަކާއި އޭގެ އަދަދުތައް ހާމަކުރުން؛ މި ގޮތުން ހާމަކުރާ މައުލޫމާތުގައި ކުންފުނީގެ ސަބްސިޑިއަރީީ ކުންފުނިތަކުން ކުންފުންޏަށް ނަގުދު ފައިސާއިން ދެވޭ ޑިވިޑެންޑާއި، ދެވޭ ލޯނު ނުވަތަ އެޑްވާންސްގެ އެއްވެސް ފައިސާއެއް ފޯރުކޮށްދިނުމުގައި (ޓްރާންސްފަރ ކުރުމުގައި)، ގާނޫނީ ގޮތުން ނުވަތަ މާލީ ގޮތުން ނުވަތަ އިގުތިސާދީ ގޮތުން އެއްވެސް ހުރަހެއް އޮތް ނަމަ، އެ ފަދައިން އޮތް ހުރަހަކާއި، އެ ހުރަހެއް އޮތް މިންވަރާއި އެ ފަދަ ހުރަހެއްގެ ސަބަބުން ކުންފުނިން އަދާކުރަންޖެހޭ މާލީ ޒިންމާތަކަށް ފުދޭ މިންވަރަށް ފައިސާ ލިބުމުގައި ދަތިކަން އޮތް ނަމަ ނުވަތަ ދަތިކަމެއް އޮތުމުގެ ފުރުސަތު އޮތް ނަމަ، އެ ފަދަ ދަތިކަމެއް އޮތް މިންވަރު ހިމެނުން؛
  3. މާލީ މައުލޫމާތު ރިވިއު ކޮށްފައިވާ މުއްދަތު ނިމުނުއިރު، ކުންފުނިން ދަރަނި ނަގައިފައިވާ މިންވަރާއި، ދަރަންޏަށް ފައިސާ ނެގުމުގެ ބޭނުންތައް އޮތް ގޮތާއި، ދަރަނިތައް ހަލާސްކުރުމަށް ކުންފުންޏަށް ލިބިފައިވާ މުއްދަތުތަކާއި ދަރަންޏަށް ފައިސާ ނެގުމަށް މިހާރު ކަނޑައެޅިފައި ހުރި ފެސިލިޓީތަކާއި، އެ ފެސިލިޓީތައް ބޭނުންކުރުމުގައި އެއްވެސް ހުރަހެއް އޮތް ނަމަ، އެކަން ހާމަކުރުން؛ އަދި ރާއްޖެއިން ބޭރުން ދަރަނި ނަގައިފައި ހުރި ނަމަ އެ ފަދަ ދަރަނިތައް ނަގައިފައިވާ ފައިސާއިން ދަރަނީގެ އަދަދު ބަޔާންކުރުން؛ މީގެ އިތުރުން، މި މުއްދަތުގައި ގިއަރިންގ ރޭށިއޯތައް ހާމަކުރުން؛
  4. އިށުއަރ ނުވަތަ އިށުއަރ ހިމެނޭ ގުރޫޕުގެ އެއްވެސް ކުންފުންޏަކުން ކްރެޑިޓް އެރޭންޖްމަންޓެއް، ނުވަތަ ބޭންކު ލޯނެއް ފައިނޭންސިންގއާ ގުޅުންހުރި ށަރުތުތަކާއި ކޮވެނަންޓްތަކާ ހިލާފުވެފައިވާ ނަމަ، އެ ފަދަ ހިލާފުވުމެއްގެ ސަބަބުން، ކުންފުނީގެ ފައިނޭންށަލް ޕޮޒިށަނާއި ވިޔަފާރީގެ ހާލަތަށް ނުވަތަ ހިއްސާދާރުންގެ އިންވެސްޓްމަންޓަށް މެޓީރިއަލް އަސަރެއް ކުރުމުގެ ފުރުސަތު އޮތް ނަމަ އަންނަނިވި މައުލޫމާތު ހާމަކުރަންވާނެއެވެ.
    1. އެ ފަދަ ހިލާފުވުމެއް ވެފައި އޮތް ނަމަ، އެކަމުގެ ބަޔާން؛
    2. އެ ފަދަ ކްރެޑިޓް އެރޭންޖްމަންޓެއްގެ ނުވަތަ ބޭންކު ލޯނެއްގެ މައުލޫމާތު؛
    3. އެ ފަދަ ހިލާފުވުމެއް އިސްލާހުކުރުމަށް އަޅައިފައިވާ ފިޔަވަޅުތައް ނުވަތަ އަޅަން ގަސްތުކޮށްފައިވާ ފިޔަވަޅުތައް؛ (އެއްވެސް ރީސްޓްރަކްޗަރ ކުރުމުގެ ނެގޯށިއޭށަނެއް ނުވަތަ އެއްބަސްވުމެއް އޮތް ނަމަ، އެކަމުގެ މައުލޫމާތު ވެސް ހިމެނޭ ގޮތުގެ މަތިން) އާ ބެހޭ މައުލޫމާތު (އެޕްލިކަބަލް ނަމަ)؛

(ށ) އެންމެ ދެ ފަހުގެ މާލީ އަހަރުން ފެށިގެން އެންމެ ފަހުގެ ޕްރެކްޓިކަބަލް ތާރީހާ ހަމަޔަށް އަދި މެނޭޖްމަންޓް އެކައުންޓްސް ހާމަކޮށްފައިވާ ނަމަ އެ މުއްދަތު ވެސް ހިމަނައިގެން ކުންފުނިން ނަގައިފައިވާ ދަރަނިތަކުގެ އިންޓްރެސްޓް ޕޭމަންޓުތައް އަދި ނުވަތަ ޕްރިންސިޕަލް އަދަދުތައް ދެއްކުމުގައި އެއްވެސް ޑިފޯލްޓެއް ވެފައި އޮތް ނަމަ، އެކަމުގެ ބަޔާން (އެޕްލިކަބަލް ނަމަ)؛

(ނ) ދަރަނި ނެގުމަށް ބޭނުންކޮށްފައިވާ މާލީ އިންސްޓްރުމަންޓްތަކުގެ ބާވަތާއި މެޗްރިޓީ ޕްރޮފައިލާއި ކަރެންސީއާއި އިންޓްރެސްޓް ރޭޓް ސްޓްރަކްޗަރގެ މައުލޫމާތު ހާމަކުރުން؛ އަދި ފައިނޭންސް ހޯދުމާއި މާލީ ކަންކަން ކޮންޓްރޯލުކުރުމާ ގުޅޭ ޕޮލިސީތަކާއި މަގުސަދުތަކާއި ފައިސާއާއި ފައިސާއާ އެއްގޮތް ތަކެތި (ކޭށް އެންޑް ކޭށް އިކުވިލަންޓްސް)، ދިވެހި ފައިސާ ނޫން ފައިސާއަކުން ހުރި ނަމަ، އެއިން ކޮންމެ ފައިސާއެއްގެ ތަފުސީލާއި ފިކްސްޑް ރޭޓުތަކުގައި ދަރަނި ނަގައިފައިވާ މިންވަރާއި ހެޖްކުރުމުގެ މަގުސަދުގައި އެއްވެސް މާލީ އިންސްޓްރުމަންޓެއް ބޭނުންކުރާ ނަމަ، - އެފަދަ އިންސްޓްރުމަންޓްތަކުގެ މައުލޫމާތު (އެޕްލިކަބަލް ނަމަ)؛

(ރ) އެންމެ ފަހުގެ ޕްރެކްޓިކަބަލް ތާރީހާ ހަމަޔަށް މެޓީރިއަލް ކެޕިޓަލް ހަރަދެއް ކުރުމަށް ގަސްތުކޮށްފައި އޮތް ނަމަ، އެ ހަރަދެއްގެ މައުލޫމާތާއި އެ ކަމުގެ މަގުސަދާއި، އެ ހަރަދު ކުރުމަށް ފަންޑު ހޯދަން ހަމަޖެހިފައިވާ ގޮތް ހާމަކުރުން.

(ބ) ޕްރޮސްޕެކްޓަސް ތާރީހުގެ ކުރިން އަދި މިހާރު ހިނގަމުންދާ ނުވަތަ އިފްލާސްކުރުމުގެ ރިސީވަރށިޕް ނުވަތަ އެފަދަ އެހެން ކަމަކާ ގުޅިގެން ކުންފުނީގެ މައްޗަށް ދައުލަތުން ހިންގާ ނުވަތަ ގާނޫނީގޮތުން ހިންގާ ނުވަތަ އަރބިޓްރޭށަނުގެ އުސޫލުން ހިންގާ އިޖުރާތެއްގެ ސަބަބުން ކުންފުނީގެ މާލީ ހާލަތަށް މެޓީރިއަލް އަސަރެއް ކުރުމުގެ ފުރުސަތު އޮތް ނަމަ، އެ ކަމުގެ މައުލޫމާތު އަދި ދައުލަތުން ހިންގާ އެފަދަ އިޖުރާތަކާ ގުޅިގެން ނިމި އޮތް ނިންމުމެއް އޮތް ނަމަ، ނުނިމި އޮތްކަން ބަޔާންކުރުމާއި ނެތް ނަމަ، ނެތްކަން ބަޔާންކުރުން.

 

80 ވަނަ މާއްދާ - ވިޔަފާރީގެ ޓްރެންޑާ ގުޅޭ މައުލޫމާތު

ކުންފުނީގެ ޓްރެންޑާ ގުޅޭ އަންނަނިވި މައުލޫމާތު ހާމަކުރަންވާނެއެވެ.

(ހ) ކުންފުނީގެ ރެވެނިއުއާއި، މިހާރު ހިނގަމުންދާ ވިޔަފާރިތަކުން ލިބޭ އާމްދާނީއާއި ވިޔަފާރީގެ ފައިދާއާއި ލިކުއިޑިޓީއަށް ނުވަތަ ކެޕިޓަލް ރިސޯސްތަކަށް މެޓީރިއަލް އަސަރެއް ކުރާ ފަދަ ކަންކަން، އެ ގޮތުން ކުންފުންޏަށް އެނގިފައި ހުރި ޓްރެންޑްތަކާއި، ކަށަވަރުވެފައި ނެތް ޓްރެންޑްތަކާއި، ޑިމާންޑާއި، ކޮމިޓްމަންޓުތަކާއި އެފަދަ އިވެންޓުތައް ހުރި ނަމަ، އެކަން ނުވަތަ ނެތް ނަމަ، ނެތްކަމުގެ ބަޔާނެއް.

(ށ) ކުންފުނީގެ މާލީ ހާލަތާއި، ވިޔަފާރީގެ ހާލަތަށް މެޓީރިއަލް އަސަރެއް ކުރުމުގެ ފުރުސަތު އޮތް ކަންކަމުގެ ތެރެއިން ކަށަވަރުކޮށް އެނގިފައި ހުރި ކަންކަން ބަޔާންކުރުން ނުވަތަ އެ ކަންކަމަކީ ކުންފުނީގެ މާލީ ހީ ބަޔާންތަކުން އެކަށީގެންވާ ގޮތެއްގައި ކުންފުނީގެ ކުރިމަގަށް ލަފާކުރާ މާލީ ޕަރފޯމަންސް ދެނެގަނެވިދާނެ ކަންކަން ނޫންކަމުގައި ވާ ނަމަ، އެ ކަމުގެ ބަޔާނެއް.

(ނ) އެންމެ ފަހުގެ މާލީ އަހަރުގައި ނުވަތަ މުއްދަތުގައި ކުންފުނީ ގެ ސޭލްސް (އޯޑަރ ބުކް) ހުރި ގޮތާއި، އެ މައުލޫމާތަކީ ކުންފުނީ ގެ ވިޔަފާރިއާ ގުޅުންހުރި މައުލޫމާތެއް ނޫން ނަމަ، ސަބަބު ހިމެނޭ ގޮތުން އެ ކަމުގެ ބަޔާނެއް. 

 

81 ވަނަ މާއްދާ - ޑިވިޑެންޑް

ކުންފުނީ ގެ ޑިވިޑެންޑާ ގުޅުންހުރި އަންނަނިވި މައުލޫމާތު ހާމަކުރަންވާނެއެވެ.

(ހ) މާާލީ މައުލޫމާތު ހާމަކޮށްފައިވާ ކޮންމެ އަހަރަކަށް އަދި މެނޭޖްމަންޓް އެކައުންޓްސް ހާމަކޮށްފައި އޮތް ނަމަ އެ މުއްދަތު ވެސް ހިމެނޭ ގޮތަށް، ޑިވިޑެންޑް ބަހައިފައިވާ ނަމަ ނުވަތަ ބެހުމަށް ކަނޑައަޅައިފައި އޮތް ނަމަ، ކޮންމެ އަހަރަކަށް ވަކިވަކީން އެ ޑިވިޑެންޑުގެ އަދަދު ހާމަކުރަންވާނެއެވެ. 

(ށ) އެންމެ ފަހުގެ މާލީ އަހަރުގެ ފަހުން އަދި ލިސްޓުކުރާ ތާރީހުގެ ކުރިޔަށް ދީފައިވާ ނުވަތަ ކަނޑައަޅައިފައިވާ ޑިވިޑެންޑް (އެޕްލިކަބަލް ނަމަ) އާ ގުޅޭ އަންނަނިވި މައުލޫމާތު

  1. ޑިވިޑެންޑުގެ ގޮތުގައި ދީފައިވާ ނުވަތަ ކަނޑައަޅައިފައިވާ ޖުމުލަ އަދަދު؛
  2. ޑިވިޑެންޑު ދިނުމަށް ޓަކައި ފަންޑު ހަމަޖައްސައިފައިވާ ސޯސް؛
  3. ކަނޑައެޅުމަށްފަހު ބަހައިފައި ނެތް ޑިވިޑެންޑް ބެހުމަށް ކަނޑައަޅައިފައިވާ މުއްދަތު؛
  4. މި ގޮތަށް ދެވޭ ޑިވިޑެންޑެއްގެ ސަބަބުން، ކުރިޔަށް ރާވައިފައިވާ ކަންކަމާއި ސްޓްރެޓެޖ ތަކަށް އެއްވެސް އަސަރެއް ކުރުމުގެ ފުރުސަތު އޮތްކަން ނުވަތަ ނެތްކަން.

(ނ) ކުރިޔަށްއޮތް 2 (ދޭއް) އަހަރު ދުވަހަށް ކުންފުނިން ޑިވިޑެންޑް ދޭނެކަމަށް ލަފާކުރެވޭ ނަމަ އެ މައުލޫމާތ.ު

(ރ) ޑިވިޑެންޑް ދިނުމަށް އެއްވެސް ހުރަހެއް އޮތްކަން ނުވަތަ ނެތްކަން ހާމަކުރަންވާނެއެވެ.

 

82 ވަނަ މާއްދާ - ޓެކްޒޭށަން

ކުންފުނިން ދައްކަންޖެހޭ ޓެކްސްތަކާ ގުޅޭގޮތުން އަންނަނިވި މައުލޫމާތު ހާމަކުރަންވާނެއެވެ.

(ހ) ޓެކްސް ވިތުހޯލްޑް ކުރުމުގެ ޕްރޮވިށަންސް ހިމެނޭ ގޮތަށް، ކުންފުނިން ދައްކަންޖެހޭ ޓެކްސްތަކުގެ މައުލޫމާތު. އެ ފަދަ ޓެކްސްތަކަކީ ހިއްސާދާރުންނަށް އަސަރުކުރާނެ ޓެކްސްތަކެއް ނަމަ، ޓެކްސް ވިތުހޯލްޑް ކުރުމުގެ އެއްވެސް ޒިންމާއެއް ކުންފުނީގެ މައްޗަށް އޮތްކަން ނުވަތަ ނޫންކަން.

(ށ) ޓެކްސް ވިތުހޯލްޑް ކުރުމުގެ އެއްވެސް ޒިންމާއެއް ކުންފުނީގެ މައްޗަށް އޮތްކަން ނުވަތަ ނޫންކަން.

 

83 ވަނަ މާއްދާ - ސިގްނިފިކަންޓް ބަދަލުތައް

އެންމެ ފަހުގެ މާލީ ބަޔާންތަކުގެ ތާރީހުން ފެށިގެން ހިނގައިދިޔަ މުއްދަތުގައި މެނޭޖްމަންޓް އެކައުންޓްސް ހާމަކޮށްފައިވާ ނަމަ އެ މުއްދަތު ވެސް ހިމެނޭ ގޮތަށް، ސިގްނިފިކަންޓް ބަދަލެއް އައިސްފައިވާ ނަމަ އެ ކަމާއި، އެ ފަދަ ބަދަލުގެ ސަބަބުން ކުންފުނީގެ މާލީ ހާލަތަށާއި ވިޔަފާރީގެ ހާލަތަށް މެޓީރިއަލް އަސަރެއް ކޮށްފައިވާ ނަމަ އެ ކަން ނުވަތަ ސިގްނިފިކަންޓް ބަދަލެއް އައިސްފައި ނުވާ ނަމަ އެ ކަމުގެ ބަޔާން ހާމަކުރަންވާނެއެވެ.

 

84 ވަނަ މާއްދާ - ޕްރޮ ފޯމާ މާލީ މައުލޫމާތު

ޕްރޮ ފޯމާ ސްޓޭޓްމަންޓް އޮފް ފައިނޭންށަލް ޕޮޒިށަން ތައްޔާރުކުރަންވާނީ އެންމެ ފަހުގެ އޮޑިޓްކޮށްފައިވާ މާލީ އަހަރަށް ބިނާކޮށް، އަންނަނިވި ކަންކަމަށް އެޑްޖަސްޓް ކުރުމަށް ފަހުގައެވެ.

(ހ) މި އޮފަރިންގއާ ގުޅޭގޮތުން ރީސްޓްރަކްޗަރިންގއެއް ނުވަތަ އެކުއިޒިށަނެއް ނުވަތަ ޑިސްޕޯސަލެއް ކުރިޔަށްގެންދިއުމަށް ހަމަޖެހިފައިވާ ނަމަ.

(ށ) ހުށަހަޅައިފައިވާ ޕަބްލިކް އޮފަރިންގ ލިބޭނެ ކަމަށް ލަފާކުރެވޭ ފައިސާއާއި އޮފަރިންގ ހިއްސާދާރުންގެ އިކްވިޓީއަށް ކުރާނެ އަސަރާއި، ހޯދާ ފައިސާ ބޭނުންކުރަން ގަސްތުކުރާ ގޮތް ހާމަކުރުން.

(ނ) މެނޭޖްމަންޓް އެކައުންޓްސް ހާމަކޮށްފައިވީ ނަމަވެސް، މި މާއްދާގެ ދަށުން ހާމަކުރާ ޕްރޮ ފޯމާ ސްޓޭޓްމަންޓް އޮފް ފައިނޭންށަލް ޕޮޒިށަން ތައްޔާރުކޮށްފައި އޮންނަންވާނީ އޮޑިޓްކޮށްފައިވާ އެންމެ ފަހުގެ މާލީ ފީ މުއްދަތަށް ބިނާކޮށެވެ.

(ރ) އެންމެ ފަހުގެ މާލީ އަހަރު ފެށޭ ތާރީހުން ފެށިގެން އެންމެ ފަހުގެ ޕްރެކްޓިކަބަލް ތާރީހާ ހަމަޔަށް މެޓީރިއަލް ވިޔަފާރިއެއް އެކުއަރ ކޮށްފައިވާ ނަމަ، ނުވަތަ ޑިސްޕޯސް ކޮށްފައިވާ ނަމަ، ނުވަތަ އެ ފަދަ އެއްބަސްވުމެއް ވެފައި އޮތް ނަމަ، ޕްރޮ ފޯމާ ސްޓޭޓްމަންޓް އޮފް ކޮމްޕްރިހެންސިވް އިންކަމްއާއި ކޭށް ފްލޯ، ޕްރޮ ފޯމާ އަރނިންގސް ޕާރ ށެއަރ ހިމެނޭ ގޮތުން ތައްޔާރުކޮށް ހާމަކުރަންވާނެއެވެ.

(ބ) މި މާއްދާގައި ބަޔާންކޮށްފައިވާ ޕްރޮ ފޯމާ ސްޓޭޓްމަންޓްތައް ތައްޔާރުކުރަންވާނީ، އެންމެ ފަހުގެ މާލީ އަހަރު ފެށުނު ތާރީހުން ފެށިގެން، އެއްވެސް އެކުއިޒިށަނެއް ނުވަތަ ޑިސްޕޯސަލެއް، އެ މުއްދަތުގައި ކުރުމަށް ގަސްތުކޮށްފައި އޮތް ނަމަ، ނުވަތަ އެ ފަދަ އެއްބަސްވުމެއް ވެފައި އޮތް ހާލަތުގައި، އެކަން ހިނގައި ނިމިފައި އޮތްކަމަށް ބަލައިގެންނެވެ.

(ޅ) އެންމެ ފަހުގެ މާލީ އަހަރު ފެށޭ ތާރީހުން ފެށިގެން، އެންމެ ފަހުގެ ޕްރެކްޓިކަބަލް ތާރީހު ހަމަޔަށް، އަންނަނިވި ކަންކަން ހިނގައިފައި އޮތް ނަމަ، ޕްރޮ ފޯމާ ސްޓޭޓްމަންޓް އޮފް ފައިނޭންށަލް ޕޮޒިށަން ތައްޔާރުކޮށް ހާމަކުރަންވާނެއެވެ.

  1. މެޓީރިއަލް ށަހްސެއް ނުވަތަ ވިޔަފާރިއެއް އެކުއަޔަރ ކޮށްފައިވާ ނަމަ، ނުވަތަ ޑިސްޕޯސް ކޮށްފައިވާ ނަމަ؛
  2. މެޓީރިއަލް ށަހްސެއް ނުވަތަ ވިޔަފާރިއެއް، އެކުއަޔަރ ކުރުމަށް ނުވަތަ ޑިސްޕޯސް ކުރުމަށް، އެއްބަސްވެފައިވާ ނަމަ، ނުވަތަ
  3. މެޓީރިއަލް ޑިސްޓްރިބިއުށަނެއް ހިމެނޭ ގޮތުގެ މަތީން ކެޕިޓަލް ސްޓްރަކްޗަރ އަށް ސިގްނިފިކަންޓް ބަދަލެއް އައިސްފައިވާ ނަމަ.

(ކ) މި މާއްދާގައި ބަޔާންކޮށްފައިވާ ޕްރޮ ފޯމާ ސްޓޭޓްމަންޓްތައް ތައްޔާރުކޮށްފައި އޮންނަންވާނީ، އަންނަނިވި ކަންކަމަށް ރިއާޔަތްކޮށްގެންނެވެ.

  1. އެންމެ ފަހުގެ މާލީ އަހަރު ނިމުނު ތާރީހުގައި، ޕްރޮ ފޯމާ ބަޔާން ތައްޔާރުކުރާއިރު، މި މާއްދާގެ (ޅ) ގައި ބަޔާންކޮށްފައިވާ ކަންކަން ހިނގައިފައި އޮތީ، އެންމެ ފަހު މާލީ އަހަރު ނިމުނު ތާރީހުގައި ކަމުގައި ބެލުން؛ ނުވަތަ
  2. މެނޭޖްމަންޓް އެކައުންޓްސް ހާމަކޮށްފައި އޮތް ނަމަ، ޕްރޮ ފޯމާ ބަޔާން ތައްޔާރުކުރާއިރު މި މާއްދާގެ (ޅ) ގައި ބަޔާންކޮށްފައިވާ ކަންކަން އެ މުއްދަތު ނިމޭ ތާރީހުގައި ހިނގައިފައި އޮތްކަމުގައި ބެލުން.

(އ) މާއްދާތަކުގައި ބަޔާންކޮށްފައިވާ ގާނޫނީ ށަހުސެއްގެ ނުވަތަ ވިޔަފާރިއެއްގެ އެކުއިޒިށަން ނުވަތަ ޑިސްޕޯސަލްގެ މެޓީރިއަލިޓީ ކަނޑައެޅުމުގައި، އަންނަނިވި ކަންކަން އަޅައިބަލަންވާނެއެވެ. އެ ގޮތުން އަޅައިބަލަންވާނީ، ރީސްޓްރަކްޗަރ ކުރުމުން އަންނާނެ ބަދަލުތަކަށް އެޖަސްޓްކުރުމަށްފަހު، އެޕްލިކަބަލް ނަމަ، އެކުއަޔަރ ކުރެވޭ ނުވަތަ ޑިސްޕޯސް ކުރެވޭ ގާނޫނީ ށަހްސު ނުވަތަ ވިޔަފާރިއާއި ކުންފުންޏާ ދެމެދުގައި، އަންނަނިވި ކަންކަމަށް ބިނާކޮށެވެ. އަދި އެ ކަންކަމުގެ އަދަދުތައް ކުންފުންޏާ އަޅައިބަލާއިރު، %10 (ދިހައެއް) އިންސައްތައަށް ވުރެ އިތުރުވާ ކަމުގައި ވާ ނަމަ، މެޓީރިއަލް ކަމެއްގެ ގޮތުގައި ބެލެވޭނެއެވެ.

  1. އެގްރިގޭޓްކޮށްފައިވާ ނެޓް އެސެޓްސް ނުވަތަ ލަޔަބިލިޓީޒް؛
  2. ޓެކުހުގެ ކުރިޔަށް އެގްރިގޭޓްކޮށްފައިވާ ވިޔަފާރީގެ ފައިދާ ނުވަތަ ގެއްލުން.

(ވ) ޕްރޮ ފޯމާ މާލީ މައުލޫމާތު ހާމަކުރުމުގައި، އަންނަނިވި ކަންކަން ބަޔާންކުރަންވާނެއެވެ.

  1. ޕްރޮ ފޯމާ މާލީ މައުލޫމާތު އެކުލަވައިލެވިފައިވާ އަސާސްތައް؛
  2. ޕްރޮ ފޯމާ މާލީ މައުލޫމާތުތައް ތައްޔާރުކުރުމުގައި ބޭނުންކޮށްފައިވާ މާލީ ބަޔާންތައް ތައްޔާރުކޮށްފައިވަނީ ދިވެހިރާއްޖޭގައި އެކައުންޓިންގ ސްޓޭންޑަޑްތައް ކަނޑައެޅުމުގެ ގާނޫނީ އިހްތިސާސް ލިބިފައިވާ ފަރާތުން ފާސްކޮށްފައިވާ އެކައުންޓިންގ ސްޓޭންޑަޑްތަކާ އެއްގޮތްވާ ގޮތުގެ މަތީންކަން؛ އަދި މި މާލީ ބަޔާންތަކާ ގުޅިގެން އޮޑިޓަރުންގެ ކޮލިފިކޭށަން ދީފައި އޮތް ނަމަ، އެ މައުލޫމާތު؛
  3. ޕްރޮ ފޯމާ މާލީ މައުލޫމާތުތައް ތައްޔާރުކޮށްފައިވަނީ ކުންފުނީގެ މާލީ ބަޔާންތައް ތައްޔާރުކޮށްފައިވާ ފޯމެޓާ އެއްގޮތަށްކަމާއި، އެކައުންޓިންގ ޕޮލިސީތަކާ އެއްގޮތްވާ ގޮތުގެ މަތީންކަން؛
  4. އެއްވެސް މެޓީރިއަލް އެޖަސްޓްމަންޓެއް ގެނެސްފައި އޮތް ނަމަ، އެކަމާއި ގެނެސްފައި އޮތް އެޖަސްޓްމަންޓަކީ ޕްރޮ ފޯމާ މާލީ މައުލޫމާތު ތައްޔާރުކުރުމަށް އެކަށީގެންވާ އެޖަސްޓްމަންޓެއްކަން.

(މ) މި ގަވާއިދުގެ ތިންވަނަ ބާބުގެ ދިހަވަނަ ބައިގެ ދަށުން ހާމަކުރާ އޮޑިޓް ރިޕޯޓު ފަދަ ރިޕޯޓެއް، ޕްރޮ ފޯމާ މާލީ މައުލޫމާތާއެކު ހާމަކުރަންވާނެއެވެ.

 

85 ވަނަ މާއްދާ - ކުރިމަގަށް ލަފާކުރާ މާލީ މައުލޫމާތު

ކުރިމަގަށް ލަފާކުރާ މާލީ މައުލޫމާތު ހާމަކުރާ ހާލަތުގައި، އެ މައުލޫމާތު ތައްޔާރުކޮށްފައި ހުންނަންވާނީ އެކަށީގެންވާ އަސާސްތަކާއި އެޒަމްޕްށަންތަކަށް ބިނާކޮށެވެ. އަދި އެ މައުލޫމާތު ތައްޔާރުކޮށްފައި ހުންނަންވާނީ އަންނަނިވި ކަންކަމަށް ރިއާޔަތްކޮށްގެންނެވެ.

(ހ) މައުލޫމާތު ތައްޔާރުކޮށްފައި ހުންނަންވާނީ އޮޅުމެއް ނާރާ ގޮތަށް ސާފުކޮށް. މައުލޫމާތު ތައްޔާރުކޮށްފައިވަނީ ކުންފުނީގެ އެކައުންޓިންގގެ އަސާސްތަކާއި ޕޮލިސީތަކާ އެއްގޮތަށްކަން ހާމަކުރުން.

(ށ) މި މައުލޫމާތު ހުށަހަޅައިފައިވަނީ ކުންފުނިން އަމަލުކުރަންޖެހޭ އެކައުންޓިންގ ސްޓޭންޑަޑްތަކާ އެއްގޮތްވާ ގޮތުގެ މަތީންކަން ހާމަކުރުން.

(ނ) އިންވެސްޓަރުންގެ އިންވެސްޓްމަންޓް ނިންމުމަށް އެކަށީގެންވާ މައުލޫމާތު ލިބިދިނުމުގެ ގޮތުން، ކުންފުނިން ހާމަކޮށްފައިވާ ކުރިމަގަށް ލަފާކުރާ މާލީ މައުލޫމާތު ތައްޔާރުކުރުމުގައި ބޭނުންކޮށްފައިވާ އަސާސްތަކާއި އެޒަމްޕްށަންތަކާއި އިންވެސްޓަރުންނަށް ބޭނުންވުން އެކަށީގެންވާ ތަފުސީލީ މައުލޫމާތު ހާމަކުރަންވާނެއެވެ.

(ރ) ކުރިމަގަށް ލަފާކުރާ މާލީ މައުލޫމާތު ހާމަކުރާ ހާލަތުގައި، ލިބޭނެކަމަށް ލަފާކޮށްފައިވާ އާމްދަނީ ބިނާކޮށްފައިވާ ކޮންޓްރެކްޓުތައް ނުވަތަ އޯޑަރުތައް ކުންފުންޏަށް ކަށަވަރުކުރެވޭ މިންވަރު ބަޔާންކުރަންވާނެއެވެ. މި ގޮތުން ބަޔާންކޮށްފައިވާ ލަފާކުރި އާމްދަނީއާއި ވިޔަފާރީގެ ފައިދާ ނުވަތަ ކޭށް ފްލޯ، މި މިންވަރަށް ލިބޭނެކަމަށް ގަބޫލުކުރެވޭ ސަބަބުތައް ހާމަކުރަންވާނެއެވެ. އަދި
ކުރިމަގަށް ލަފާކުރާ މާލީ މައުލޫމާތުގައި ހިމަނައިފައިވާ ވިޔަފާރިއަށާއި ވިޔަފާރީ ގެ ހިންގުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރާނެ އަސަރުތައް ބަޔާންކުރަންވާނެއެވެ.

(ބ) ކުރިމަގަށް ލަފާކުރާ މާލީ މައުލޫމާތު ތައްޔާރުކުރުމުގައި ބޭނުންކޮށްފައިވާ އެކައުންޓިންގ ޕޮލިސީ ތަކާއި އެޒަމްޕްށަންތަކާ ގުޅޭގޮތުން އޮޑިޓަރުގެ ރިވިއުއެއް، ރިޕޯޓުގައި ހާމަކުރަންވާނެއެވެ. 

 

86 ވަނަ މާއްދާ - މާލީ މައުލޫމާ ތުތަކާބެހޭ ގައިޑަންސް ނޯޓު

(ހ) އިންވެސްޓަރުންގެ އިންވެސްޓްމަންޓް ނިންމުމަށް އެކަށީގެންވާ މައުލޫމާތު ލިބިދިނުމުގެ ގޮތުން ހާމަކޮށްފައިވާ މާލީ މައުލޫމާތު ތައްޔާރުކޮށްފައި ހުންނަންވާނީ، އެކަށީގެންވާ ގޮތެއްގައި ކުންފުނީ ގެ މުޅި ވިޔަފާރީ ގެ މަންޒަރު ފެންނާނޭ ގޮތަށެވެ. މި ގޮތުން މި މާއްދާގެ ދަށުން ބަޔާންކޮށްފައި ހުރި ގައިޑަންސް ނޯޓުތަކުގައި މިކަމާ ގުޅޭ މިސާލުތަކުގެ (ނޮނ-ްއެގްޒޯސްޓިވް) ލިސްޓެއް ހިމަނައިފައިވާނެއެވެ. 

(ށ) އަންނަނިވި ކަންކަމާ ގުޅޭގޮތުން ކުންފުނީ ގެ އެޑްވައިޒަރުން އިތުރަށް ސާފުކުރަންޖެހޭ މައުލޫމާތެއް އޮތް ނަމަ، އެކަމާމެދު މި އޮތޯރިޓީ އާއެކު ދުރާލައި މަށްވަރާކުރުން އެދެވިގެންވެއެވެ. މިސާލަކަށް؛

މާލީ މައުލޫމާތު ހާމަކޮށްފައިވާ މުއްދަތުގައި، ސިގްނިފިކަންޓް އެކުއިޒިށަނެއް ކޮށްފައި އޮތް ނަމަ އަދި އެ ފަދައިން އެކުޔަރ ކުރެވުނު ވިޔަފާރި ނުވަތަ ގާނޫނީ ށަހުސު އެކުއަޔަރ ކުރެވުނު ތާރީހުގެ ކުރިޔަށް ހުރި މާލީ މައުލޫމާތު ފޯރުކޮށްދިނުން އެކަށީގެންވާ ނަމަ؛ އަދި

ކުރިމަގަށް ލަފާކުރާ މާލީ މައުލޫމާތު ހިމެނުމަށް ގަސްތުކޮށްފައިވާ ހާލަތުގައި.

 

87 ވަނަ މާއްދާ - އޮޑިޓްކޮށްފައިވާ މާލީ ބަޔާންތަކާ ގުޅޭ ގައިޑަންސް

ކުުންފުންޏާއި އޭގެ ސަބްސިޑިއަރީ ތަކުގެ އޮޑިޓްކޮށްފައިވާ މާލީ ބަޔާންތައް، ދިވެހިރާއްޖޭގައި އެކައުންޓިންގ ސްޓޭންޑަޑްތައް ކަނޑައެޅުމުގެ ގާނޫނީ އިހުތިސާސް ލިބިފައިވާ ފަރާތުން ފާސްކޮށްފައިވާ މިންގަނޑުތަކާ އެއްގޮތަށް ތައްޔާރުކޮށްފައި ނުވާ ނަމަ، އަދި އެ ބަޔާންތައް ތައްޔާރުކޮށްފައިވަނީ ހަމައެކަނި އޮޑިޓް ރިޕޯޓުގައި ހިމެނުމުގެ މަގުސަދުގައި ކަމުގައި ވާ ނަމަ، އެ ފަދަ ބަޔާނެއް ހާމަކުރަންވާނެއެވެ.

 

88 ވަނަ މާއްދާ - ވިޔަފާރީގެ ހާލަތު (ރިޒަލްޓް އޮފް އޮޕަރޭށަން) އާ ގުޅޭ ގައިޑަންސް ނޯޓު

(ހ) ކުންފުނީގެ ވިޔަފާރީގައި ހިމެނޭ ސެގްމަންޓުތަކުން ލިބިފައިވާ އާމްދަނީއާއި ވިޔަފާރީގެ ފައިދާ ނުވަތަ ގެއްލުމުގެ އެނަލިސިސްއެއް، މި ގޮތުން ކޮންމެ މުދަލެއް (ޕްރޮޑަކްޓެއް) ނުވަތަ ހިދުމަތެއް (ސަރވިސްއެއް) އަދި މާކެޓެއް ނުވަތަ ވިޔަފާރި ހިނގާ ސަރަހައްދުތައް ވަކިވަކިން ހާމަކުރަންވާނެއެވެ.

(ށ) ރިސީވަބަލްސްއާއި ޕޭޔަބަލްސް އޭޖިންގ އެނަލިސިސްއެއް ވެސް ހިމަނައިގެން، އިންވެންޓަރީ ޓަރންއޯވަރއާއި ކަރަންޓް ރޭށިއޯ ވެސް ހިމެނޭ ގޮތުން، މަދުވެގެން ވޭތުވެދިޔަ 2 (ދޭ) އަހަރުދުވަހުގެ ނުވަތަ ކުންފުނީގެ ވިޔަފާރި ހިންގައިފައި އޮތީ، އެޔަށް ވުރެ ކުރު މުއްދަތަކަށް ނަމަ، އެ މުއްދަތަކަށް، އަދި މެނޭޖްމަންޓް އެކައުންޓްސް ހިމަނައިފައި ވާ ނަމަ، އެ މުއްދަތު (އެޕްލިކަބަލް) ނަމަ ހިމެނޭ ގޮތަށް، ކުންފުނީގެ މުހިންމު ފައިނޭންށަލް ރޭށިއޯތައް ހާމަކުރަންވާނެއެވެ.

 

89 ވަނަ މާއްދާ - ލިކުއިޑިޓީއާއި ކެޕިޓަލް ރިސޯސަސްއާ ގުޅޭ ގައިޑަންސް ނޯޓު

ލިކުއިޑިޓީއާއި ކެޕިޓަލް ރިސޯސަސްއާ ބެހޭގޮތުން ހާމަކޮށްފައިވާ މައުލޫމާތުގެ އަލީގައި، ކުންފުނީގެ ލިކުއިޑިޓީ ސާފުކޮށް ދެނެގަނެވެން ނެތް ހާލަތުގައި، ލިކުއިޑިޓީ ދެނެގަތުމުގައި ބޭނުންކުރެވޭނެ ސްޓޭޓްމަންޓް އޮފް ކޮމްޕްރިހެންސިވް އިންކަމާއި، ސްޓޭޓްމަންޓް އޮފް ކޭށް ފްލޯއާއި، ސްޓޭޓްމަންޓް އޮފް ފައިނޭންށަލް ޕޮޒިށަންގެ ލައިން އައިޓަމްތައް ބަޔާންކުރަންވާނެއެވެ.

 

90 ވަނަ މާއްދާ - ވިޔަފާރި ޓްރެންޑްތަކާ ގުޅޭ ގައިޑަންސް ނޯޓު

ވިޔަފާރިއަށް ކޮށްފައިވާ އަސަރުތައް ބަޔާންކޮށްފައިވާއިރު، އެއާ ގުޅުންހުރި އެހެނިހެން ކަންކަމުގެ އިތުރުން، ކުންފުނި ހަރަކާތްތެރިވާ އިންޑަސްޓްރީގައި ހުރި ފުރުސަތްތަކާއި ކުރިމަގަށް ކުންފުނިން ރާވައިފައި ހުރި ރޭވުންތަކާއި ސްޓްރެޓެޖީތަކަށް ކުރާނެ އަސަރު ވެސް ބަޔާންކުރަންވާނެއެވެ.

 

91 ވަނަ މާއްދާ - ކުރިމަގަށް ލަފާކުރާ މާލީ މައުލޫމާތާ ގުޅޭ ގައިޑަންސް ނޯޓު

ކުރިމަގަށް ލަފާކުރާ މާލީ މައުލޫމާތު ބިނާކޮށްފައިވާ އަސާސްތަކާއި އެޒަމްޕްށަންތަކަށް ބާރުދިނުމުގެ ގޮތުން ހާމަކުރާ މައުލޫމާތުގައި، އަންނަނިވި ކަންކަން ފުރިހަމަވާންވާނެއެވެ.

(ހ) ކުރިމަގަށް ލަފާކުރާ މާލީ މައުލޫމާތުގައި ހުރި ކަންކަން، ކުރިމަގުގައި ހާސިލުވުމަށް ހުރަސްއެޅިދާނެ ފަދަ މެޓީރިއަލް އަސަރެއް ކުރުން އެކަށީގެންވާ، ނަމަވެސް ކުންފުންޏަށް މުޅިން ކަށަވަރުވެފައި ނެތް ކަންކަމަށް، އިންވެސްޓަރުން ސަމާލުކުރުވުން

(ށ) ކުރިމަގަށް ލަފާކުރާ މާލީ މައުލޫމާތުގައި ހަގީގަތް ހާމަވާނެ ގޮތަށް ސާފުކޮށް، ސަރީހަކޮށް އިބާރާތްކުރުމާއި، އާންމު މާނައެއް ދޭހަވާ ގޮތަށް އަދި އެކަށޭނަ ތަފުސީލު ނެތި ނުވަތަ ހަގީގަތް ވަޒަންކުރެވޭނެ މައުލޫމާތު ނެތި، ހަގީގަތް ހާމަނުވާ ފަދަ ފުޅާ ދާއިރާއަކަށް ނިސްބަތްވާ ގޮތަށް އިބާރާތް ބޭނުންނުކުރުން.

(ނ) ކުރިމަގަށް ލަފާކޮށްފައިވާ މާލީ މައުލޫމާތު ހާމަކޮށްފައިވަނީ ސާފުކޮށް، ސަރީހަކޮށް ކަމަށާއި، އެ ފަދައިން އެ މައުލޫމާތު ހާމަވެފައި އޮތްކަން ކަށަވަރުކޮށްދިނުމުގެ ގޮތުން، މި މައުލޫމާތަށް ޒިންމާވާ ކުންފުނީގެ ޑިރެކްޓަރުން އެ މައުލޫމާތު މުރާޖާކޮށްފައިވުން.

(ރ) ކުރިމަގަށް ލަފާކޮށްފައިވާ މާލީ މައުލޫމާތާ މެދު އަންނަނިވި ކަންކަން އިންވެސްޓަރުންނަށް ދެނެގަތުމުގެ މަގު ކުންފުނިން ފަހިކޮށްދިނުން.

  1. ކުރިމަގަށް ލަފާކޮށްފައިވާ މާލީ މައުލޫމާތު އެ މައްޗަށް ބިނާކުރެވިފައި ހުރި އަސާސްތަކުގެ ސައްހަކަން؛
  2. ކުރިމަގަށް ލަފާކޮށްފައިވާ މާލީ މައުލޫމާތު އެ މައްޗަށް ބިނާކުރެވިފައި ހުރި އަސާސްތައް އެ ފަދައިން މެދުވެރިވުމުގެ ފުރުސަތު އޮތް ނެތް މިންވަރު ނުވަތަ އެކަމުގެ ކަށަވަރުކަން އޮތް ނެތް މިންވަރު؛
  3. އެޒަމްޕްށަންތަކަށް ބަދަލެއް އައުމުގެ ސަބަބުނަ، ކުރިމަގަށް ލަފާކޮށްފައިވާ މާލީ މައުލޫމާތަށް ކުރާނެ އަސަރު؛
  4. ކުރިމަގަށް ލަފާކޮށްފައިވާ މާލީ މައުލޫމާތަކީ، ހާލަތާ ނުބައްދަލު ނޫނަ، އަދި އެ މައްޗަށް ބުރަވެވިދާނެ މައުލޫމާތަކަށް ވުން. އެ ގޮތުން ކުންފުނިން ހާމަކޮށްފައި ހުރި ކަންކަމަކީ، އެޔާމެދު އެކަށޭނަ ސަބަބުތައްހުރި ކަމެއްތޯ ބަލައި، އެ މައްޗަށް އިންވެސްޓަރުންގެ އަމިއްލަ ވިސްނުމެއް ބިނާކުރެވޭނެ މައުލޫމާތަކަށް ވުން؛
  5. ކުރިމަގަށް ލަފާކޮށްފައިވާ މާލީ މައުލޫމާތަށް ބާރުދިނުމުގެ ގޮތުން ހާމަކޮށްފައިވާ ކަންކަމަކީ، އެ ކަންކަމާމެދު އެކަށީގެންވާ ސަބަބުތަކެއް ހުރި ކަމެއްކަން ދައްކައިދިނުމާއެކު، ތެދު ހަގީގަތްތަކެއް ކަމުގައި ވުމާއި، ދިމާވުން އެކަށީގެންވާ ހާލަތުތަކެއް ކަމުގައި ވުން.

(ބ) މި ގަވާއިދުގެ 85 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކަންކަމުގެ އިތުރުން، ކުރިމަގަށް ލަފާކޮށްފައިވާ މާލީ މައުލޫމާތު ބިނާކުރި އަސާސްތަކާއި އެޒަމްޕްށަންތަކަކީ، އެކަށީގެންވާ އަސާސްތަކެއްކަމާއި އެޒަމްޕްށަންތަކެއް ކަމާ މެދުގައި ކުންފުންޏާއި ކުންފުނީގެ ޕްރިންސިޕަލް އެޑްވައިޒަރުގެ ޔަގީންކަން އޮތުން. އަދި އެ އަސާސްތަކާއި އެޒަމްޕްށަންތަކުގެ އެކަށޭނަކަން ވަޒަންކޮށްފައި އޮންނަންވާނީ، އެއިން ކޮންމެ ކަމަކާ ގުޅުންހުރި ތެދު ހަގީގަތްތަކާއި ހާލަތުތަކުގެ މައްޗަށް ބިނާކޮށް، އަދި އާންމު ވިސްނުމަކުން ބަލާއިރު، ކުރިމަގަށް ލަފާކުރާ މާލީ މައުލޫމާތަކީ، އިންވެސްޓަރުންގެ އިންވެސްޓްމަންޓް ނިންމުމުގައި މައުލޫމާތު ލިބިތިބެގެން ނިންމާ ނިންމުމަކަށް ވުމުގެ މަގު ފަހިކޮށްދޭ މައުލޫމާތަކަށް ވުން.

(ޅ) މި ގޮތުން ކުރިމަގަށް ލަފާކޮށް ހާމަކޮށްފައިވާ މާލީ މައުލޫމާތު ބިނާކުރި އަސާސްތަކާއި އެޒަމްޕްށަންތަކަކީ އެކަށީގެންވާ އަސާސްތަކެއްކަމާއި، އެޒަމްޕްށަންތަކެއްކަމާ މެދުގައި ކުންފުންޏާއި ކުންފުނީގެ ޕްރިންސިޕަލް އެޑްވައިޒަރު ޔަގީންކުރުމުގައި އަންނަނިވި ކަންކަމަށް ރިއާޔަތް ކުރަންވާނެއެވެ. އަދި ބައެއް ހާލަތުތަކުގައި، މި އަސާސްތަކާއި އެޒަމްޕްށަންތަކަކީ އެކަށީގެންވާ އަސާސްތަކަކާއި އެޒަމްޕްށަންތަކެއް ކަމަށް ކަނޑައެޅުމަށް ހަމައެކަނި މި ކަންކަމަށް ރިއާޔަތްކޮށްގެން ނުފުދުން އެކަށީގެންވެއެވެ. އެހެންކަމުން، ކުރިމަގަށް ލަފާކުރާ މާލީ މައުލޫމާތު ތައްޔާރުކުރުމުގައި، މި އަސާސްތަކާއި އެޒަމްޕްށަންތައް އެކަށީގެންވާކަން ކަނޑައެޅުމުގައި، މިއާ ގުޅުންހުރި އެ ފަދަ އެހެން ކަންކަމަށް، ކުންފުންޏާއި ކުންފުނީގެ ޕްރިންސިޕަލް އެޑްވައިޒަރު ބަލަންވާނެއެވެ.

  1. އެ ފަދަ އަސާސްތަކާއި އެޒަމްޕްށަންތައް ބިނާކޮށްފައިވަނީ ކޮންޓްރެކްޓްތަކުގެ ޒަރީއާއިން، ކޮންޓްރެކްޓްތަކުގެ މުއްދަތަށް އެކަށީގެންވާ ގޮތެއްގައި ކަށަވަރުކަން ލިބިފައިހުރި ކުރިމަގަށް ލަފާކުރެވޭ ކުންފުނީގެ ހަރަދުތަކާއި އާމްދަނީއަށް ބިނާކޮށް ކަމުގައި ވުން؛
  2. އެ ފަދަ އަސާސްތަކާއި އެޒަމްޕްށަންތައް ބިނާކޮށްފައިވަނީ، ކުންފުނި ހިމެނޭ އިންޑަސްޓްރީގެ ތަޖުރިބާކާރުންގެ ރިޕޯޓުތަކުން ނުވަތަ މިނިވަން އޮޑިޓަރުންގެ ރިޕޯޓުތަކުން ބާރުލިބިގެން ކަމުގައި ވެފައި، އެ ފަދަ ރިޕޯޓުތަކުގައި އެ އަސާސްތަކާއި އެޒަމްޕްށަންތަކަކީ، ދިމާވުން އެކަށީގެންވާ ކަމެއް ކަމުގައި ބަޔާންކޮށްފައިވުން؛
  3. އެ ފަދަ އަސާސްތަކާއި އެޒަމްޕްށަންތައް ބިނާކޮށްފައިވަނީ، މިހާރު ހިނގަމުންދާ ވިޔަފާރިއެއްގެ ކުރު މުއްދަތުގެ އަންދާޒާތަކަށް، އަދި ކުންފުނީގެ މެނޭޖްމަންޓަށް އެކަށީގެންވާ ގޮތެއްގައި ހިނގާނެކަމަށް ގަބޫލުކުރެވޭ އިވެންޓުތަކަށް، ނުވަތަ އެކްށަންތަކަށް ބިނާކޮށް ކަމުގައިވުން؛

(ކ) ކުރިމަގަށް ލަފާކޮށް ހާމަކޮށްފައިވާ މާލީ މައުލޫމާތު ތައްޔާރުކޮށްފައިވަނީ އެކަށޭނަ އަސާސްތަކަކާއި އެޒަމްޕްށަންތަކަށް ބިނާކޮށް ނޫންކަމުގައި އަންނަނިވި ހާލަތުތަކުގައި ބެލެވިދާނެއެވެ. މި ހާލަތުތަކަށް ހަމައެކަނި (ހަނިނުކޮށް) ބެލެވިދާނެއެވެ. މި އަސާސްތަކާއި އެޒަމްޕްށަންތަކަކީ، އޭގެ މައްޗަށް ބުރަވެވިދާނެ އެކަށޭނަ ކަމެއްކަން ކަނޑައަޅައިދިނުން ކުންފުންޏަށް ދަތި ނަމަ، މިކަމާމެދު ކުންފުންޏާއި ކުންފުނީގެ ޕްރިންސިޕަލް އެޑްވައިޒަރު، އޮތޯރިޓީއާއެކު މަށްވަރާކުރަންވާނެއެވެ.

  1. ކުރިމަގަށް ލަފާކޮށްފައިވާ މާލީ މައުލޫމާތު ތައްޔާރުކޮށްފައިވަނީ، އެ ބިނާކޮށްފައިވާ އެޒަމްޕްށަންތަކަށް ބާރު ލިބިދޭ އެހެނިހެން ކަންކަން ދައްކައިދިނުމެއް ނެތި، ހަމައެކަނި ހީކުރެވިފައި އޮތް އެޒަމްޕްށަންތަކަށް ބިނާކޮށް ކަމުގައި ވުން؛ 
  2. ކުރިމަގަށް ލަފާކޮށްފައިވާ މާލީ މައުލޫމާތު، އެ މައްޗަށް ބިނާކުރެވިފައި ހުރި އަސާސްތަކާއި އެޒަމްޕްށަންތަކަކީ އެކަށޭނަ ކަންތައްތަކެއް ކަމަށް ބަޔާންކޮށްފައިވީ ނަމަވެސް، އެ ކަންކަން ކަށަވަރުކުރެވޭނެ ސަބަބުތައް ހިމަނައިފައި ނެތުން.
  3. މި އަންދާޒާއަކީ ޑިރެކްޓަރުންގެ ނަޒަރުގައި، ކުންފުނިން ކޮށްފައިވާ އެންމެ ރަނގަޅު "އަންދާޒާ" ފަދަ ހަ އިބާރާތެއް ބޭނުންކޮށްފައި އޮތުން. އަދި މި ގޮތުން ކުރިމަގަށް ލަފާކޮށްފައިވާ މާލީ މައުލޫމާތު ތައްޔާރުކުރުމުގައި ކުންފުނިން ބޭނުންކޮށްފައިވާ އަސާސްތަކާއި އެޒަމްޕްށަންތަކަކީ، މި ގައިޑަންސް ނޯޓުތަކުގައި ބަޔާންވެފައި ނެތް ނަމަވެސް ގުޅުންހުރި ކަންކަން ހިމަނައިގެން ހަގީގީ ނަޒަރަކުން ބަލާއިރު އެ ކަންކަމަކީ ވުން އެކަށޭނަ ސަބަބުތަކެއް ހުރި ކަންކަން ކަމުގައި ވުމާއި، ކުންފުނީގެ ޑިރެކްޓަރުންގެ ނަޒަރުގައި ތެދު ނަމަވެސް، ވުން އެކަށީގެންނުވާ ކަންކަމަށް ބިނާކުރެވޭ އަސާސްތަކާއި، އެޒަމްޕްށަންތަކެއް ކަމުގައި ވުން.

 

 

ދިހަވަނަ ބައި: އޮޑިޓް ރިޕޯޓު

 

92 ވަނަ މާއްދާ - އޮޑިޓް ރިޕޯޓު

(ހ) ކުންފުންޏަކީ ހޯލްޑިންގ ކުންފުންޏެއް ނަމަ އެހެން ގޮތަށް ބަޔާންކޮށްފައި ނުވާހައި ހިނދަކު، މި ބައިގެ ބޭނުމަށް ކުންފުނިކަމުގައި ބަލާނީ، ގުރޫޕުގައި ހިމެނޭ ކުންފުނިތައް އެކުގައެވެ.

(ނ) މާލީ މައުލޫމާތު ހާމަކޮށްފައިވާ މުއްދަތުގައި، ކޮންމެ އަހަރަކަށް ވަކިވަކިން އޮޑިޓްކޮށްފައިވާ މާލީ ބަޔާންތަކާ ގުޅިގެން، އޮޑިޓަރަކު ތައްޔާރުކޮށްފައިވާ އޮޑިޓް ރިޕޯޓެއް ހާމަކުރަންވާނެއެވެ.

(ށ) އެ ގޮތުން ހާމަކުރާ އޮޑިޓް ރިޕޯޓުގައި އަންނަނިވި މައުލޫމާތު ހާމަކުރަންވާނެއެވެ.

  1. ކުންފުނިން ތައްޔާރުކޮށްފައިވާ މާލީ ބަޔާންތަކާއި އިންޓެރިމް މާލީ ރިޕޯޓު (އެޕްލިކަބަލް ނަމަ)، އަދި މި ބަޔާންތަކާއި ރިޕޯޓު އޮޑިޓުކޮށްފައިވުން.
  2. މާލީ ބަޔާންތަކާއި މެނޭޖްމަންޓް އެކައުންޓްސް (ނަމަ އެޕްލިކަބަލް) އާމެދު އޮޑިޓަރުގެ އޮޕީނިއަން، ތައްޔާރުކޮށްފައިވަނީ، ފާސްކޮށްފައިވާ އޮޑިޓްކުރުމުގެ މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެ މަތީން ކަމުގެ ބަޔާނެއް
  3. އެކައުންޓަންޓްސް ރިޕޯޓު ތައްޔާރުކޮށްފައިވަނީ، ޕްރޮސްޕެކްޓަސްގައި ހިމެނުމަށް ކަމުގައި އޮޑިޓަރު ދީފައިވާ ބަޔާނެއް
  4. އެކައުންޓަންޓްސް ރިޕޯޓު ތައްޔާރުކޮށްފައިވަނީ، ޕްރޮސްޕެކްޓަސްގައި ހިމެނުމަށް ކަމުގައި، ދިވެހިރާއްޖޭގައި، ސްޓޭންޑަޑްތައް ކަނޑައެޅުމުގެ ގާނޫނީ އިހްތިސާސް ލިބިފައިވާ ފަރާތުން ފާސްކޮށްފައިވާ، ޓައިމްފްރޭމް ހިމެނޭ ގޮތަށް ކަމުގެ ބަޔާނެއް

 

93 ވަނަ މާއްދާ - އޮޑިޓް ރިޕޯޓުގެ ޓައިމްފްރޭމް

އޮޑިޓް ރިޕޯޓުގައި، މަދުވެގެން 2 (ދޭއް) އަހަރުދުވަހާއި، 5 (ފަހެއް) އަހަރުދުވަހާ ދެމެދުގެ ނުވަތަ އެޔަށް ވުރެ ކުރު، މުއްދަތަކަށް ކުންފުނީގެ ވިޔަފާރި ހިންގައިފައި އޮތް ނަމަ، އެ މުއްދަތުގެ މާލީ ބަޔާންތަކާ ގުޅޭގޮތުން، އޮޑިޓަރު ރިޕޯޓުކޮށްފައި އޮންނަންވާނެއެވެ.

 

94 ވަނަ މާއްދާ - ޕްރޮ ފޯމާ މާލީ މައުލޫމާތު ހާމަކޮށްފައިވާ ނަމަ އޮޑިޓަރު އޮޑިޓް ރިޕޯޓުގައި އަންނަނިވި ކަންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ

(ހ) ޕްރޮ ފޯމާ މާލީ މައުލޫމާތާ ގުޅިގެން ގަވާއިދުގެ 84 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ، ދިވެހިރާއްޖޭގައި ބޭނުންކުރެވޭ ސްޓޭންޑަޑްތަކާ އެއްގޮތްވާ ގޮތުގެ މަތީން ތައްޔާރުކޮށްފައިވާ ކަން

(ށ) ގަވާއިދުގެ 84 ވަނަ މާއްދާ ގުޅިގެން، ދިވެހިރާއްޖޭގައި، ސްޓޭންޑަޑްތައް ކަނޑައެޅުމުގެ ގާނޫނީ އިހްތިސާސް ލިބިފައިވާ ފަރާތުން ފާސްކޮށްފައިވާ، އެށުއަރެންސް ސްޓޭންޑަޑްތަކާ އެއްގޮތްވާ ގޮތުގެ މަތީންކަން.

(ނ) ގަވާއިދުގެ 84 ވަނަ މާއްދާ ގުޅިގެން މެޓީރިއަލް ވިޔަފާރިއެއް އެކުއަޔަރކޮށްފައި ވޮވެގެން ނުވަތަ އެ ފަދަ އެކުއިޒިށަން އެއްބަސްވުމެއް ވެފައި އޮވެގެން، ޕްރޮ ފޯމާ މާލީ މައުލޫމާތު ހާމަކޮށްފައި އޮތް ނަމަ، އެ އެކުއަޔަރ ކުރެވުނު ނުވަތަ ކުރުމަށް ގަސްތުކޮށްފައިވާ ވިޔަފާރީގެ މާލީ ބަޔާންތައް އޮޑިޓްކުރި، އޮޑިޓަރުންގެ މައުލޫމާތު ހާމަކުރަންވާނެއެވެ.

 

95 ވަނަ މާއްދާ - ކުރިމަގަށް ލަފާކޮށްފައިވާ، މާލީ މައުލޫމާތާ ގުޅޭގޮތުން، އޮޑިޓަރުގެ ޒިންމާ

މި ގަވާއިދުގެ 85 ވަނަ މާއްދާއާ ގުޅިގެން އޮޑިޓް ރިޕޯޓުގައި އަންނަނިވި ކަންކަން ބަޔާންކުރަންވާނެއެވެ.

(ހ) މި އެންގޭޖްމަންޓުގައި އަމަލުކޮށްފައިވަނީ، ދިވެހިރާއްޖޭގައި އެ ސްޓޭންޑަޑްތައް ކަނޑައެޅުމުގެ ގާނޫނީ އިހްތިސާސް ލިބިފައިވާ ފަރާތުން ފާސްކޮށްފައިވާ އެށުއަރެންސް ސްޓޭންޑަޑްތަކާ އެއްގޮތްވާ ގޮތުގެ މަތީން ކަމުގެ ބަޔާނެއް

(ށ) ކުރިމަގަށް ލަފާކޮށްފައިވާ މާލީ މައުލޫމާތު ތައްޔާރުކޮށްފައިވަނީ، އެ ކަމަށް ޑިރެކްޓަރުން ކަނޑައަޅައިފައިވާ އެޒަމްޕްށަންތަކުގެ މައްޗަށް ބިނާކޮށް ކަމަށާއި، ހުށަހަޅައިދީފައިވަނީ ކުންފުނީގެ މާލީ ބަޔާންތަކުގެ ފޯމެޓާއި، އެކައުންޓިންގ ޕޮލިސީތަކާ އެއްގޮތްވާ ގޮތުގެ މަތީން ކަމަށް އޮޑިޓަރު ދެކޭކަމުގެ ބަޔާނެއް

(ނ) ކުރިމަގަށް ލަފާކޮށްފައިވާ މާލީ މައުލޫމާތު ތައްޔާރުކުރުމުގައި ބަރޯސާވެފައިވާ އެޒަމްޕްށަންތަކަކީ އެކަށީގެންވާ އެޒަމްޕްށަންތަކެއް ނޫންކަމުގައި ބެލެވިދާނެ އެއްވެސް ކަމެއް އޮޑިޓަރުގެ ސަމާލުކަމަށް އައިސްފައި ނެތްކަމުގެ ބަޔާނެއް

 

96 ވަނަ މާއްދާ - ތަޖުރިބާކާރުގެ ރިޕޯޓު

(ހ) ތަޖުރިބާކާރުގެ ރިޕޯޓެއް ޕްރޮސްޕެކްޓަސްގައި ހިމަނައިފައިވާ ނަމަ، އެ ފަރާތުގެ ޕްރޮފެށަނަލް ތަޖުރިބާގެ މައުލޫމާތު ހާމަކުރަންވާނެއެވެ.

(ށ) ތަޖުރިބާކާރުގެ ރިޕޯޓު އޮންނަންވާނީ، ތާރީހު ބަޔާންކުރުމާއެކު ސޮއިކޮށްފައެވެ.

(ނ) ތަޖުރިބާކާރުގެ ރިޕޯޓު، ތާރީހު ބަޔާންކޮށް ސޮއިކޮށްފައިވާ ހާލަތުގައި، ތަޖުރިބާކާރުގެ ރިޕޯޓު ހިމަނައިފައިވާ ނަމަ، ތަޖުރިބާކާރުގެ ތަޖުރިބާ ހާމަކޮށްފައިވާ ހާލަތުގައި، ފަދަ ވެލުވޭށަންތަކުގެ ކުރު ހުލާސާއެއް ހާމަކުރަންވާނެއެވެ.

(ރ) ތަޖުރިބާކާރުގެ ރިޕޯޓެއްގައި އެ ފަރާތްތަކުގެ ޒިންމާ ހަނިކުރުމުގެ މަގުސަދުގައި އެއްވެސް ޑިސްކްލެއިމަރއެއް ހިމަނައިފައި އޮވެގެން ނުވާނެއެވެ.

 

97 ވަނަ މާއްދާ - ތަޖުރިބާކާރުގެ ރިޕޯޓާބެހޭ އެވިޑަންސް ނޯޓު

ތަޖުރިބާކާރުގެ ރިޕޯޓުގައި ސޮއިކޮށްފައިވާ ތާރީހަކީ، ޕްރޮސްޕެކްޓަސް ތާރީހާ ވީހައި އެންމެ ކައިރި ތާރީހެއް ކަމުގައި ވުން، މި ގޮތުން އާންމު އުސޫލުން ބަލާއިރު، އެންމެ ފަހުގެ ޕްރެކްޓިކަލް ތާރީހެއް ކަމުގައި ވާންވާނެއެވެ.

 

 

އެގާރަވަނަ ބައި: އިތުރު މައުލޫމާތު 

 

98 ވަނަ މާއްދާ - ދުސްތޫރުގައި ހިމެނޭ މުހިންމު މާއްދާތައް

ކުންފުނީގެ ދުސްތޫރުގައި އަންނަނިވި ކަންކަން ހިމެނޭ ނަމަ، އެ މާއްދާއެއް ނުވަތަ މާއްދާތަކުގެ ހުލާސާއެއް ޕްރޮސްޕެކްޓަސްގައި ހިމަނަންވާނެއެވެ.

(ހ) ޑިރެކްޓަރުންގެ ރެމިއުނަރޭށަންއާއި ޑިރެކްޓަރުންނަށް ލިބިފައި ހުރި ބާރު

(ށ) ހިއްސާގެ ރައުސްމާލަށް ބަދަލުގެނައުމުގެ އުސޫލު.

(ނ) ހިއްސާ ޓްރާންސްފަރ ކުރުމުގެ އުސޫލު.

(ރ) ކޮންމެ ގިންތިއެއްގެ ހިއްސާއާ ގުޅިގެން ލިބިދެވޭ ހައްގުތައް. އޭގެ ތެރޭގައި އިމްތިޔާޒުތަކާއި ރިސްޓްރިކްށަންތައް ހިމެނޭ. އެ ގޮތުން ވޯޓުލުމާއި، ޑިވިޑެންޑާއި، ލިކުއިޑޭށަނާއި، ހާއްސަ އެހެނިހެން ހައްގުތައް ހިމެނޭ. މީގެ އިތުރުން ކޮންމެ ގިންތިއެއްގެ ހިއްސާއާ ގުޅިގެން ލިބިދެވޭ ހައްގުތައް ވެސް ހިމެނޭ. އޭގެ ތެރޭގައި އިމްތިޔާޒުތަކާއި ރިސްޓްރިކްށަންތަކަށް ގެނެވޭ ބަދަލުތައް ފާސްކުރުމަށް އޮންނަ އިޖުރާތުގެ މައުލޫމާތު ހިމެނޭ.

(ބ) ނޮން ރެސިޑެންޓް ނުވަތަ ބިދޭސީ ހިއްސާދާރުންނަށް ހިއްސާ މިލްކުކުރުމާއި، ވޯޓުލުމުގެ ހައްގުތަކާ ގުޅިގެން އެއްވެސް ހިފެހެއްޓުމެއް ކުންފުނީގެ ދުސްތޫރުގައި ނުވަތަ އެއްވެސް ގާނޫނަކުން ކަނޑައެޅިފައި އޮތް ނަމަ، އެކަމުގެ މައުލޫމާތު ނުވަތަ ނެތް ނަމަ، އެކަމުގެ ބަޔާނެއް ހާމަކުރަންވާނެއެވެ.

 

99 ވަނަ މާއްދާ - ށެއަރ ކެޕިޓަލް

މާލީ މައުލޫމާތު ހާމަކޮށްފައިވާ މުއްދަތަށް، ކުންފުނީގެ ށެއަރ ކެޕިޓަލާއި، ށެއަރ ކެޕިޓަލަށް އައިސްފައިވާ ބަދަލުތަކުގެ މައުލޫމާތު އަންނަނިވި ކަންކަން ހިމެނޭ ގޮތަށް ހާމަކުރަންވާނެއެވެ. ކުންފުންޏަކީ ހޯލްޑިންގ ކުންފުންޏެއް ނަމަ ގްރޫޕުގައި ހިމެނޭ މެޓީރިއަލް ކޮންމެ ސަބްސިޑިއަރީއަކަށާއި އެސޯސިއޭޓެޑް ކުންފުންޏަކަށް ވަކިވަކިން މި މައުލޫމާތު ހާމަކުރަންވާނެއެވެ.

(ހ) އެލޮޓްކުރެވުނު ތާރީހު.

(ށ) އެލޮޓްކުރެވުނު ހިއްސާގެ އަދަދު،

(ނ) ހިއްސާގެ އަގުގެ ގޮތުގައި ދައްކައިފައިވާ ފައިސާ އަދަދު، އެ ގޮތުން އެއްވެސް ޑިސްކައުންޓެއް ނުވަތަ އިމްތިޔާޒީ ނުވަތަ އިންސްޓޯލްމަންޓް އިންތިޒާމެއް ނުވަތަ އެ ފަދަ ކަމެއް ނެތް ނަމަ، ނެތްކަމުގެ ބަޔާނެއް

(ރ) ޕެއިޑް-އަޕް ށެއަރ ކެޕިޓަލް.

(ބ) ކިއުމުލޭޓިވް ށެއަރ ކެޕިޓަލް:

(ޅ) އެއްވެސް ވޮރަންޓެއް ނުވަތަ އޮޕްށަނެއް، ނުވަތަ ކޮންވަރޒަށް ސެކިއުރިޓީއެއް ވާ ނަމަ، އެ ފަދަ ސެކިއުރިޓީޒުގެ އަދަދާއި، ދޫކުރެވުނު ތާރީހާއި، އަގާއި، ބަދަލުކުރެވޭ ހިއްސާގެ އަދަދާއި، ބަދަލުކުރެވޭ ށަރުތުތަކާއި، ބަދަލުކުރުމުގެ ކުރިޔަށް ފުރިހަމަކުރަންޖެހޭ، އެހެނިހެން ކަންކަމުގެ މައުލޫމާތާއި، ފައިސާ ދައްކަން އަންގައިފައި ނެތް ކެޕިޓަލުގެ މައުލޫމާތު،

(ކ) ފާއިތުވެދިޔަ 3 (ތިނެއް) އަހަރުން ފެށިގެން، އެންމެ ފަހުގެ ޕްރެކްޓިކަބަލް ތާރީހަކާ ހަމަޔަށް އަގު އަދާކޮށް ނިމިފައިވާ ށެއަރ ކެޕިޓަލުގެ ތެރެއިން %10 (ދިހައެއް އިންސައްތަ) ނުވަތަ އެޔަށް ވުރެ ބޮޑު އަދަދެއް، ފައިސާ ނޫން މުގާބިލަކުން އަގު އަދާކޮށްފައިވާ ނަމަ އެކަމުގެ ތަފުސީލު ހާމަކުރަންވާނެއެވެ.

(އ) އޮޕްށަނެއް އެކުލެވޭ ކެޕިޓަލް ވަކި ށަރުތުތަކެއް ހިމަނައިގެން ނުވަތަ ނުހިމަނައި ކަމުގައި ވިޔަސް ނަމަ، އަންނަނިވި މައުލޫމާތު ހާމަކުރަންވާނެއެވެ.

  1. މި ފަދަ އޮޕްށަނެއް ލިބިދީފައިވާ ފަރާތްތަކުގެ މައުލޫމާތު،
  2. އޮޕްށަނުގެ ގޮތުގައި ލިބިދީފައިވާ ހިއްސާގެ އަދަދާއި އެއާ ގުޅޭ މައުލޫމާތު؛
  3. އޮޕްށަން އެކްސަސައިޒްކުރުމަށް ދީފައިވާ މުއްދަތު. އެ ގޮތުން މުއްދަތު ހަމަވާ ތާރީހެއް ނުވަތަ މުއްދަތެއް ކަނޑައެޅިފައި ނެތް ނަމަ އެ ކަން؛
  4. އޮޕްށަން އެކްސަސައިޒްކުރުމަށް ކަނޑައެޅިފައިވާ އަގު؛
  5. އޮޕްށަން ގަތުމަށް ކަނޑައަޅައިފައިވާ އަގު. ނުވަތަ ކޮންސިޑަރޭށަން.

(ވ) އަންނަނިވި ފަރާތްތަކަށް އެއްވެސް، އޮޕްށަނެއް ދީފައިވާ -ނަމަ ނުވަތަ ދިނުމަށް- ކަޑައަޅައިފައިވާ ނަމަ، މި މައުލޫމާތު، ހާމަކުރުމުގައި، -ވަނަވަރު، ހާމަނުކުރި ކަމުގައި ވިޔަސް-. ފުދޭނެއެވެ:

  1. އޮޕްށަން ދީފައިވަނީ ހުރިހާ ހިއްސާދާރުންނަށް ކަމުގައި ވާ ނަމަ
  2. އޮޕްށަން ދީފައިވަނީ ހުރިހާ ޑެޓް ސެކިއުރިޓީޒް ހޯލްޑަރުންނަށް ކަމުގައި ވާ ނަމަ؛
  3. އޮޕްށަން ދީފައިވަނީ ހުރިހާ ޑިރެކްޓަރުންނާއި މުވައްޒަފުންނަށް ށެއަރ ޮޕްށަން ސްކީމެއްގެ ދަށުން ކަމުގައި ވާ ނަމަ.

(މ) ދޫކޮށްފައިވާ ހިއްސާގެ އަދަދާއި، އޭގެ ތެރެއިން، އަގު. އަދާކޮށްފައިވާ ހިއްސާގެ އަދަދާއި،، އަގުގެ. ގޮތުގައި ލިބިފައިވާ ޖުމުލަ ފައިސާގެ އަދަދު (ކޮންމެ ކުލާހަކަށް (ވަކިވަކީން).

(ފ) ދޫކޮށްފައިވާ ހިއްސާގެ ތެރެއިން ލިސްޓުކޮށްފައިވާ ހިއްސާގެ އަދަދާއި ލިސްޓުނުކޮށް ދޫކޮށްފައިވާ. ހިއްސާގެ އަދަދާއި، އަގު. އަދާކޮށްފައިވާ، ހިއްސާގެ އަދަދާއި ލިބިފައިވާ ޖުމުލަ ފައިސާގެ: އަދަދު (ކޮންމެެ ކުލާހަކަށް ވަކިވަކީން)

 

100 ވަނަ މާއްދާ - އިސްޕްކް ށަނަށް ލިޔެކިޔުން ފޯރުކޮށްދިނުން

އަންނަނިވި ކޮންމެ ލިޔެކިޔުމެއްގެ ކޮޕީއެއް، ޕްރޮސްޕެކްޓަސް ތާރީހުން ފެށިގެން 6 (ހައެއް) މަސްދުވަހުގެ މުއްދަތަށް އިންސްޕެކްޓު ކުރުމަށް، ދިވެހިރާއްޖޭގައި ހުރި ކުންފުނީގެ ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ އޮފީހުގައި ނުވަތަަ ކުންފުނީގެ ރަޖިސްޓަރީ ކުރެވިފައިވާ އޮފީސް ހުރީ ދިވެހިރާއްޖޭގައި ނޫންކަމުގައި ވާ ނަމަ، މި ބޭނުމަށް ޒަކައި ކުންފުނިން ކަނޑައަޅާ. ދިވެހިރާއްޖޭގައި ހުރި ތަނެއްގައި- "ފޯރުކޮށްދެވޭނެ، ކަމުގެ ބަޔާނެއް ޕްރޮސްޕެކްޓަސްގައި، ހާމަކުރަންވާނެއެވެ.

(ހ) ކުންފުނީގެ ދުސްތޫރީ ލިޔެކިޔުން

(ށ) ޕްރޮސްޕެކްޓަސްގައި ލިޔުމަކަށް ހަވާލާދީފައިވާ އަންނަނިވި ިޔެކިޔުން.

  1. މެޓީރިއަލް ކޮންޓްރެކްޓުތައް، އެ ގޮތުން ލިޔުމުން ނެތް ކޮންޓްރެކްޓުތައް ހުރި ނަމަ މެމޮރޭންޑަމެއް މެދުވެރިކޮށް ކޮންޓްރެކްޓުގެ ފުރިހަމަ ތަފުސީލު، ހޯދުން؛
  2. ޑިރެކްޓަރުން ނުވަތަ ސީނިއަރ މެނޭޖްމަންޓް ނުވަތަ ޓެކްނިކަލް ފަރާތްތަކުގެ އިސް މެންބަރުންނާއި ކުންފުންޏާ ދެމެދު މިހާރު ވެފައި ހުރި ނުވަތަ ކުރިމަގަށް ހުށަހެޅިފައި ހުރި ހިދުމަތުގެ ކޮންޓްރެކްޓްތައް، (އެ ފަދަ ކޮންޓްރެކްތައް ނިމުމަކަށް އައުމާ ވިދިގެން އެއްވެސް އިނާޔަތެއް ލިބިދެވޭ ގޮތަށް ހެދިފައިވާ ކޮންޓްރެކްޓްތަކެއް ނަމަ، ރިޕޯޓާއި ސިޓީއާއި އެހެނިހެން ލިޔެކިޔުންތަކާއި ވެލުވޭށަންތަކާއި ތަޖުރިބާކާރުންގެ ރިޕޯޓުތައް)؛
  3. ޕްރޮސްޕެކްޓަސްގައި މި ގޮތުން، ލިޔެކިޔުމަކުން ނަގައިފައިވާ ބައެއް ނުވަތަ ހަވާލާދީފައިވާ ބައެއް ހިމެނޭ ނަމަ، އެ ފަދަ ލިޔެކިޔުން؛ މި ގޮތުން އެއްވެސް ތަޖުރިބާކާރަކު ދީފައިވާ ރިޕޯޓެއްގެ ހުލާސާ ޕްރޮސްޕެކްޓަސްގައި ހިމަނައިފައި އޮތް ނަމަ، މުޅި ރިޕޯޓު ފޯރުކޮށްދިނުން؛
  4. ޕްރޮސްޕެކްޓަސްގައި ރިޕޯޓުތައް ހާމަކޮށްފައިވާ ފަރާތްތަކުން، އެ ފަރާތްތަކުގެ ރިޕޯޓުތައް ހާމަކުރުމަށް ދީފައި އޮތް އިއްތިރާޒެއް ނެތްކަމުގެ ލިޔުން؛
  5. ޕްރޮސްޕެކްޓަސް ތާރީހުގެ ކުރިން، މަދުވެގެން އެންމެ ފަހުން ނިމިދިޔަ މާލީ 2 (ދޭއް) އަހަރުދުވަހުގެ (ނުވަތަ ކުންފުނިން ވިޔަފާރި ހިންގައިފައި އޮތީ އެޔަށް ވުރެ ކުރު މުއްދަތަކަށް ނަމަ، އެ މުއްދަތަކަށް) ކުންފުންޏާއި ކުންފުނީގެ ސަބްސިޑިއަރީ ކުންފުނިތަކުގެ އޮޑިޓްކޮށްފައިވާ މާލީ ބަޔާންތައް؛
  6. އެޕްލިކަބަލް ނަމަ، މެނޭޖްމަންޓް އެކައުންޓްސް، ދިވެހި ސަރުކާރުގެ ގެޒެޓް 

 

 

ބާރަވަނަ ބައި: ހިއްސާ ގަތުމަށް އެދި ހުށަހަޅާ އެޕްލިކޭށަން

 

101 ވަނަ މާއްދާ - އެޕްލިކޭށަން ހުށަހެޅުން

ހިއްސާ ގަތުމަށް ހާމަކުރަންވާނެއެވެ. އެޕްލިކޭށަން ހުށަހެޅުމުގެ އިޖުރާތު، ޕްރޮސްޕެކްޓަސްގައި، ފައިސާ ދެއްކުން،

 

102 ވަނަ މާއްދާ - ފައިސާ ދެއްކުން

ސަބްސްކްރިޕްށަން ފައިސާ، ދައްކަން ކަނޑައަޅައިފައިވާ ގޮތްތަކުގެ މައުލޫމާތު ޕްރޮސްޕެކްޓަސްގައި ހާމަކުރަންވާނެއެވެ.

 

103 ވަނަ މާއްދާ - ހިއްސާ އެލޮޓްކުރުން،

ހިއްސާ އެލޮޓްކުރުމާބެހޭ އަންނަނިވި ކަންކަމުގެ މައުލޫމާތު، ޕްރޮސްޕެކްޓަސްގައި ހާމަކުރަންވާނެއެވެ.

(ހ) ހިއްސާ އެލޮކޭޓްކުރުމަށްފަހު، އޭގެ ނަތީޖާ އާންމުކުރާނެ ގޮތް:

(ށ) ކަނޑައެޅިފައި ހުރި އަދަދަށް ވުރެ އިތުރަށް ހިއްސާއަށް ސަބްސްކްރައިބުކޮށް، ފައިސާ ލިބިފައިވާ ނަމަ، އެ ފައިސާ އަނބުރާ އިއާދަ، (ރިފަންޑް) ކޮށްދެވޭނެކަމާއި އެކަން ކުރާނެ ގޮތް:

(ނ) އޯތަރައިޒްކޮށްފައިވާ ޑިޕޮޒިޓަރީގެ މައުލޫމާތު، އިންވެސްޓަރުންނަށް ލިބެން ހުންނާނެ ގޮތުގެ ބަޔާނެއް ހާމަކުރަންވާނެއެވެ.

 

104 ވަނަ މާއްދާ - ފައިސާ އަނބުރާ އިއާދަކޮށްދިނުމުގެ އިޖުރާތުތަކާއި ޓައިމްލައިންގެ މައުލޫމާތު.

ހިއްސާ ގަތުމަށް އެދި ހުށަހަޅާ، ފުރިހަމަކޮށްފައިނުވާ އެޕްލިކޭށަންތަކާއި، ބަލައިނުގަތުމަށް ނިންމައިފައިވާ އެޕްލިކޭށަންތަކުގެ ސަބްސްކްރިޕްށަން ފައިސާ އަނބުރާ އިއާދަކޮށްދިނުމުގެ އިޖުރާތުތަކާއި، ޓައިމްލައިންގެ މައުލޫމާތު، ޕްރޮސްޕެކްޓަސްގައި ހާމަކުރަންވާނެއެވެ.

 

105 ވަނަ މާއްދާ - ޕްރޮސްޕެކްޓަސްގައި ހިމެނޭ މައުލޫމާތަކާ ފުށުއެރުން

ހިއްސާ ގަތުމަށް އެދި ހުށަހަޅާ ފޯމުގައި، ޕްރޮސްޕެކްޓަސްގައި ހިމެނޭ އެއްވެސް މައުލޫމާތަކާ ފުށުއަރާ ކަމެއް އޮވެގެން ނުވާނެއެވެ.

 

 

ހަތަރުވަނަ ބާބު

ޕްރޮސްޕެކްޓަސްގައި ހިމަނަންޖެހޭ ބައިތައް (ދޫކުރާ ސެކިއުރިޓީޒްއަކީ ކޯޕަރޭޓް ބޮންޑާއި ސުކޫކް ނަމަ)

 

106 ވަނަ މާއްދާ - އަމަލުކުރަންޖެހޭ ފަރާތްތައް

(ހ) މެއިން މާކެޓާއި ޕްރައިވެޓް ސެކިއުރިޓީޒް ސެގްމަންޓް މެދުވެރިކޮށް، ކޯޕަރޭޓް ބޮންޑު ނުވަތަ ސުކޫކް ދޫކުރުމަށް، ތައްޔާރުކުރާ ޕްރޮސްޕެކްޓަސްއާ ގުޅިގެން، މި ބާބުގައިވާ އުސޫލުތަކަށް އަމަލުކުރަންވާނެއެވެ.

(ށ) ކޯޕަރޭޓް ބޮންޑް ނުވަތަ ސުކޫކް ދޫކުރާ ފަރާތްތަކުން މި ބާބަށް އަމަލުކުރުމުގައި އަންނަނިވި ކަންކަމަށް ރިއާޔަތް ކުރަންވާނެއެވެ.

  1. އެ ފަރާތަކުން ސްޓޮކް އެކްސްޗޭންޖުގެ މެއިން މާކެޓްގައި އިކުއިޓީ ލިސްޓުކޮށްފައި ނުވާ ނަމަ، މި ބާބުގެ ދަށުން ހާމަކުރަން ޖެހޭކަމަށް ކަނޑައަޅައިފައިވާ މައުލޫމާތާއި، މި ގަވާއިދުގެ ތިންވަނަ ބާބުގެ ފަސްވަނަ ބައިގެ ދަށުން، ހާމަކުރަންޖެހޭ ކުންފުނީގެ މައުލޫމާތާއި، ނުވަވަނަ ބައިގެ ދަށުން ހާމަކުރަންޖެހޭ މާލީ މައުލޫމާތާއި ރިޕޯޓުތައް (85 ވަނަ މާއްދާގެ ދަށުން ހާމަކުރަންޖެހޭ ކުރިމަގަށް ލަފާކުރާ މާލީ މައުލޫމާތު ފިޔަވައި) އިހަވަނަ ބައިގެ ދަށުން ހާމަކުރަންޖެހޭ އޮޑިޓް ރިޕޯޓު ހާމަކުރަންވާނެއެވެ.
  2. އެ ފަރާތަކުން ސްޓޮކް އެކްސްޗޭންޖުގެ މެއިން މާކެޓުގައި އިކުއިޓީ ލިސްޓުކޮށްފައިވާ ނަމަ، ކޯޕަރޭޓް ބޮންޑް ނުވަތަ ސުކޫކް ދޫކުރުމުގައި، މައުލޫމާތު ހާމަކުރަންވާނީ މި ބާބުގައި ކަނޑައަޅައިފައިވާ ގޮތަށެވެ.
  3. ވަނަ ނަންބަރުގެ ބޭނުމަށް، އަލަށް ދޫކުރި ކޯޕަރޭޓް ބޮންޑު ނުވަތަ ސުކޫކުގެ ފަހުން، އިތުރު ކޯޕަރޭޓް ބޮންޑް ނުވަތަ ސުކޫކް ދޫކުރަން ގަސްތުކުރާ ނަމަ، ކޯޕަރޭޓް ބޮންޑް ނުވަތަ ސުކޫކް ދޫކުރުމުގެ ފަހުން އަމަލުކުރަންޖެހޭ ގަވާއިދު ނަންބަރު 2019-1050 (ސެކިއުރިޓީޒް ދޫކުރާ ފަރާތްތަކުގެ މައުލޫމާތު ހާމަކުރުމުގެ ޒިންމާއާބެހޭ ގަވާއިދު) އަށް އަމަލުކުރުމާއެކު، މި ބާބުގައި ޕްރޮސްޕެކްޓަސްގައި ހިމަނަންޖެހޭ ބައިތަކުގެ ގޮތުގައި ބަޔާންކޮށްފައިވާ ކޯޕަރޭޓް ބޮންޑް ނުވަތަ ސުކޫކް އޮފަރކުރުމާ ގުޅޭ މައުލޫމާތު ހާމަކުރެވިދާނެއެވެ. ނަމަވެސް، އެއްވެސް ސަބަބަކާހުރެ، އިށުއަރ، ދޫކޮށްފައި އޮތް ކޯޕަރޭޓް ބޮންޑް ނުވަތަ ސުކޫކް: މެއިން މާކެޓުގައި ލިސްޓުކޮށްފައި ނެތި ނުވަތަ ދޫކޮށްފައިވާ ހުރިހާ ކޯޕަރޭޓް ބޮންޑެއް ނުވަތަ ސުކޫކެއް މެޗުއަރވި ފަހުން އެއްވެސް މުއްދަތެއް ފާއިތުވެފައި އޮވެ އަދި އޭގެ ފަހުން ކޯޕަރޭޓް ބޮންޑެއް ނުވަތަ ސުކޫކެއް އޮފަރކުރާ ނަމަ، އެ ހާލަތުގައި އެ އޮފަރކުރާ ފަރާތަކީ، އަލަށް އޮފަރކުރާ ފަރާތެއް ކަމުގައި ބެލެވޭނެއެވެ.

 

107 ވަނަ މާއްދާ - ސްޕެށަލް ޕަރޕަސް އެންޓިޓީ

އިށުއަރއަކީ، ސްޕެށަލް ޕަރޕަސް އެންޓިޓީ (އެސްޕީއީ) އެއް ކަމުގައި ވާ ނަމަ، ޑިވިޒަންގައި އިށުއަރގެ މައްޗަށް ލާޒިމުކޮށްފައިވާ އުސޫލުތައް އެޕްލިކަބަލް (ނަމަ)، އޮބްލިގޯރގެ މައްޗަށް ވެސް ލާޒިމުވާނެއެވެ.

 

108 ވަނަ މާއްދާ - ރެޖިސްޓްރޭށަން ދެމިއޮންނާނެ މުއްދަތު

ޕްރޮސްޕެކްޓަސް: ރަޖިސްޓަރީކުރާ ތާރީހުން ފެށިގެން، 12 (ބާރަ) މަސްދުވަހުގެ މުއްދަތަށް، މި ރެޖިސްޓްރޭށަން ދެމިއޮންނާނެއެވެ.

 

109 ވަނަ މާއްދާ - ޑެޓް ނުވަތަ ސުކޫކް ޕްރޮގުރާމު ޕްރޮސްޕެކްޓަސް

ޑެޓް ނުވަތަ ސުކޫކް ޕްރޮގުރާމެއްގެ ޕްރޮސްޕެކްޓަސް، އަންނަނިވި އުސޫލުތަކުގެ ދަށުން ނެރެވިދާނެއެވެ.

(ހ) ޕްރޮސްޕެކްޓަސް ރަޖިސްޓަރީކުރާ ތާރީހުން ފެށިގެން 12 (ބާރަ) މަސްދުވަހުގެ މުއްދަތަށް ދެމިއޮންނަ ގޮތަށް، އެއް ލިޔުމެއްގެ ގޮތުގައި އޮންނަ ޕްރޮސްޕެކްޓަސްއެއް ނެރުން ނުވަތަ

(ށ) ޕްރޮސްޕެކްޓަސް ރަޖިސްޓަރީކުރާ ތާރީހުން ފެށިގެން 24 (ސައުވީސް) މަސްދުވަހުގެ މުއްދަތަށް ދެމިއޮންނަ ގޮތަށް ޕްރައިސިންގ ސަޕްލިމެންޓެއް ހިމެނޭ ގޮތުގެ މަތީން ބޭސް ޕްރޮސްޕެކްޓަސްއެއް ގޮތުގައި ނެރުން.

 

110 ވަނަ މާއްދާ - ބޭސް ޕްރޮސްޕެކްޓަސް

ބޭސް ޕްރޮސްޕެކްޓަސްއާއި، ޕްރައިސިންގ ސަޕްލިމަންޓް ވެސް، ތައްޔާރުކޮށްފައި އޮންނަންވާނީ މި ބާބުގައި ކަނޑައަޅައިފައިވާ އުސޫލުތަކުގައިވާ ގޮތުގެ މަތީންނެވެ. ބޭސް ޕްރޮސްޕެކްޓަސްގައި އިށުއަރއާ ބެހޭ މައުލޫމާތު ހުންނަންވާނެއެވެ. އަދި ޕްރައިސިންގ ސަޕްލިމެންޓުގައި ޑެޓް ނުވަތަ ސުކޫކް ޕްރޮގުރާމުގައި ހިމެނޭ ކޮންމެ ޓްރާންޗެއްގެ ދަށުން ހުޅުވައިލެވޭ އޮފަރއާ ބެހޭ ހާއްސަ މައުލޫމާތު ހުންނަންވާނެއެވެ. މީގެ އިތުރުން، ބޭސް ޕްރޮސްޕެކްޓަސްއާއި ކޮންމެ ޕްރައިސިންގ ސަޕްލިމެންޓެއްގައި ވެސް، މި 2 (ދޭއް) ލިޔުން އެކުއެކީގައި ކިޔުމަށް، އަންގައި، ބަޔާނެއް ހާމަކުރަންވާނެއެވެ.

 

111 ވަނަ މާއްދާ - ބޭސް ޕްރޮސްޕެކްޓަސް އިށްކުރެވޭނެ ހާލަތު

ބޭސް ޕްރޮސްޕެކްޓަސްއެއްގެ ދަށުން، ޑެޓް ނުވަތަ ސުކޫކް ޕްރޮގްރާމުގެ ކޮންމެ އޮފަރިންގއެއް، ހިންގޭނީ އަންނަނިވި ކަންކަން ފިޔަވައި އެހެނިހެން، މާއްދާތަކާއި ށަރުތުތަކަށް ބަދަލެއް ނާންނަ ނަމައެވެ:

(ހ) އިށޫގެ ސައިޒް،

(ށ) ރީލް-ޓު-މެޗޫރިޓީ،

(ނ) މުއްދަތު،

(ރ) ކޫޕަން ނުވަތަ ޕްރޮފިޓް ނުވަތަ ރެންޓަލް ރޭޓާއި ޕޭމަންޓުގެ މުއްދަތު ލިސްޓުކުރުމުގެ ސްޓޭޓަސް،

(ބ) ވިއްކުމުގައި ކަނޑައެޅިފައި ހުރި ރިސްޓްރިކްށަންތައް،

(ޅ) ވިއްކުމުގައި ކަނޑައެޅިފައި ހުރި ރިސްޓްރިކްށަންތައް،

(ކ) ރޭޓިންގ،

(އ) ލީޑް މެނޭޖަރ،

(ވ) ށަރީއާ އެޑްވައިޒަރ،

 

 

ޕްރޮސްޕެކްޓަސްގައި ހިމަނަންޖެހޭ ބައިތައް (ދޫކުރާ ސެކިއުރިޓީޒްއަކީ ކޯޕަރޭޓް ބޮންޑާއި ސުކޫކް ނަމަ)

އެއްވަނަ ބައި: ކަވަރ ޕޭޖާއި ފުރަތަމަ ސަފުހާ

 

112 ވަނަ މާއްދާ - ކަވަރ ޕޭޖް

ކަވަރ ޕޭޖުގައި، އަންނަނިވި މައުލޫމާތާއި ބަޔާންތައް ހާމަކުރަންވާނެއެވެ.

(ހ) އިށޫއަރގެ މައުލޫމާތު، އެގޮތުން، ފުރިހަމަ ނަމާއި ރެޖިސްޓްރޭށަން ނަންބަރާއި، އިންކޯޕަރޭޓްކޮށްފައިވާ ތަން

(ށ) ޕްރޮސްޕެކްޓަސް ތާރީހު.

(ނ) ކޯޕަރޭޓް ބޮންޑުގެ، ނުވަތަ ސުކޫކުގެ މައިގަނޑު ސިފަތައް. އެގޮތުން، ބާވަތާއި މުއްދަތާއި، މޫނުމަތީ އަގާއި، ކޫޕަން ނުވަތަ ޕްރޮފިޓް ނުވަތަ ރެންޓަލް ރޭޓާއި، ވިއްކަން ހުށަހަޅާ އަގާއި ސުކޫކް ބިނާކޮށްފައިވާ ށަރީއާ ހުއްދަކުރާ އުސޫލުތައް.

(ރ) ސްޓޮކް އެކްސްޗޭންޖުގައި ކޯޕަރޭޓް ބޮންޑް ނުވަތަ ސުކޫކް ލިސްޓުކޮށްގެން، ނުވަތަ އޮތޯރިޓީން ފާސްކޮށްފައިވާ އެހެން ވެސް އިންތިޒާމެއްގެ ތެރެއިން ދޫކުރާ ނަމަ، އަދި އިންވެސްޓަރުންނަށް ކޯޕަރޭޓް ބޮންޑް ނުވަތަ ސުކޫކް ދޫކުރަން ކަނޑައެޅޭ ގޮތްތަކުގެ ބަޔާނެއް.

(ބ) ޕްރިންސިޕަލް އެޑްވައިޒަރާއި، ލީޑް އެރޭންޖަރާއި، އަންޑަރރައިޓަރުގެ ނަން.

(ޅ) ތިރީގައިވާ ބަޔާން ފާހަގަވާ ގޮތަށް ފެވި ލިޔުމުން،

"މި ޕްރޮސްޕެކްޓަސްގެ ކޮންޓެންޓްސް ކިޔައި ފަހުމްކުރުމަށް އިންވެސްޓަރުންނަށް ނަސޭހަތްތެރިވަމެވެ. ށައްކު އުފެދޭ ނަމަ، ޕްރޮފެށަނަލް އެޑްވައިޒަރެއްގެ ލަފާ ހޯދާށެވެ. ޕްރޮސްޕެކްޓިވް އިންވެސްޓަރުން ސަމާލުވާންޖެހޭ ހިރާސް (ރިސްކް ފެކްޓަރސް) އާ ބެހޭ މައުލޫމާތު، މި ޕްރޮސްޕެކްޓަސްގެ ސަފުހާ "XX" ގައި ހިމަނައިފައިވާނެއެވެ.

(ކ) ބަދަލުނުކުރެވޭ ގޮތަށް (ނޮން-ޓްރާންސްފަރަބަލް) އަދި ގަނެ ނުވިއްކޭ ގޮތަށް (ނޮން-ޓްރޭޑަބަލް) އުސޫލުން، ކޯޕަރޭޓް ބޮންޑް ނުވަތަ ސުކޫކް ދޫކުރާ ނަމަ، އަންނަނިވި ބަޔާން ފެވި ލިޔުމުން:

"މި ކޯޕަރޭޓް ބޮންޑަކީ ނުވަތަ ސުކޫކަކީ ބަދަލުނުކުރެވޭ ގޮތަށް (ނޮން-ޓްރާންސްފަރަބަލް) އަދި ގަނެ ނުވިއްކޭ ގޮތަށް (ނޮން-ޓްރޭޑަބަލް) ދޫކޮށްފައިވާ ކޯޕަރޭޓް ބޮންޑެއްކަން ނުވަތަ ސުކޫކެއްކަން އިންވެސްޓަރުންގެ ސަމާލުކަމަށް ގެންނަމެވެ."

(އ) ކުންފުނި ލިސްޓުކުރަނީ ސްޓޮކް އެކްސްޗޭންޖުގެ ޕްރައިވެޓް ސެކިއުރިޓީޒް ސެގްމެންޓުގައި ކަމަށް ވާ ނަމަ، ފާހަގަވާ ގޮތަށް އަންނަނިވި ބަޔާންތައް ފެވި ލިޔުމުން ހިމަނަންވާނެއެވެ.

  1. "ސްޓޮކް އެކްސްޗޭންޖުގެ ޕްރައިވެޓް ސެކިއުރިޓީޒް ސެގްމެންޓުގެ ދަށުން ލިސްޓުކުރެވޭ އިށޫއަރއަކީ، މެއިން ބޯޑުގައި ލިސްޓުކުރެވޭ އެސްޓަބްލިށްޑް ކުންފުނިތަކަށް ވުރެ، އިންވެސްޓްމަންޓް ރިސްކް ބޮޑު ކުންފުނިތަކަކަށް ވުމަކީ، އެކަށީގެންވާ ކަމެކެވެ. އަދި މި މާކެޓަކީ ސެކިއުރިޓީޒުގެ މުއާމަލާތުކުރުމަށް އެކަށޭނެ ލިކުއިޑިޓީ އޮންނާނެ މާކެޓެއްކަމުގެ ކަށަވަރުކަމެއް ނުދެވޭނެއެވެ. މި ފަދަ ކުންފުނިތަކުގައި އިންވެސްޓުކުރުމުގައި، އެ އިންވެސްޓްމަންޓުގައި ހިމެނޭ ރިސްކުތައް ދެނެގަތުމަށް ފަހުގައި މެނުވީ، އިންވެސްޓް ކުރުމުގެ ނިންމުން ނުނިންމުމަށް ސަމާލުވާންވާނެއެވެ."
  2. "ޕްރައިވެޓް ސެކިއުރިޓީޒް ސެގްމަންޓު މެދުވެރިކޮށް ދޫކުރާ ކޯޕަރޭޓް ބޮންޑަކީ ނުވަތަ ސުކޫކަކީ ރެގިއުލޭޓް ކުރެވިގެން ހިންގޭ، ޕްރައިވެޓް ޕްލޭސްމަންޓް ފްރޭމްވަރކްގެ ދަށުން، ހަމައެކަނި މި ޕްލެޓްފޯމްގައި ރަޖިސްޓަރީކޮށްފައިވާ އިންވެސްޓަރުންނަށް ބައިވެރިވެވޭ ގޮތަށް ހުޅުވައިލެވޭ އޮފަރިންގއެކެވެ. އަދި، ގޮތަށް ހުޅުވައިލެވޭ އޮފަރިންތަކުގައި، ރަޖިސްޓަރީކޮށްފައިވާ އިންވެސްޓަރުންގެ ތެރެއިން އިށޫއަރ އިހުތިޔާރުކުރާ ވަކި އިންވެސްޓަރުންތަކަކަށް އޮފަރކުރުމުގެ ފުރުސަތު އިށޫއަރއަށް ލިބިގެންވެއެވެ. އަދި މިގޮތުން، ލިސްޓުކުރެވޭ ކޯޕަރޭޓް ބޮންޑުގެ ނުވަތަ ސުކޫކުގެ ސެކަންޑަރީ މާކެޓް މުއާމަލާތުތައް ކުރެވޭނީ ގަނެ ވިއްކުމަށް ހުއްދަ ދީފައިވާ ސްޓޮކް އެކްސްޗޭންޖް މެކޭނިޒަމުންނެވެ."
  3. "ކޯޕަރޭޓް ބޮންޑް ނުވަތަ ސުކޫކް އޮފަރކޮށްފައިވަނީ ކޯޕަރޭޓް ބޮންޑް ނުވަތަ ސުކޫކް ޕްރޮގްރާމެއްގެ ދަށުން ބޭސް ޕްރޮސްޕެކްޓަސްއެއް މެދުވެރިކޮށް ނަމަ، މި މާއްދާގެ (ނ) އާއި (ރ) ގައި ބަޔާންކޮށްފައިވާ ކަންކަން ބޭސް ޕްރޮސްޕެކްޓަސްގައި ހާމަކުރުމުގެ ބަދަލުގައި ހާމަކުރަންވާނީ ޕްރައިސިންގ ސަޕްލިމެންޓުގައެވެ."

 

113 ވަނަ މާއްދާ - ޒިންމާގެ ބަޔާންތައް

ޕްރޮސްޕެކްޓަސްގެ ފުރަތަމަ ސަފުހާގައި އަންނަނިވި ބަޔާންތައް ހާމަކުރަންވާނެއެވެ.

(ހ) "އިށުއަރގެ" ޑިރެކްޓަރުން ވަނީ މި ޕްރޮސްޕެކްޓަސް ބަލައި ފާސްކޮށްފައެވެ. އިށުއަރގެ ޑިރެކްޓަރުން އެކުގައްޔާއި، ވަކިވަކިން ވެސް، ޕްރޮސްޕެކްޓަސްގައި ހިމެނޭ މައުލޫމާތުގެ ސައްހަކަމުގެ ފުރިހަމަ ޒިންމާ އުފުލަމެވެ. ޕްރޮސްޕެކްޓަސްއާ ބެހޭގޮތުން ބަލަންޖެހޭ އެންމެހައި ކަންކަން އެކަށީގެންވާ މިންވަރަށް ބަލައިފައިވާކަމާއި ޑިރެކްޓަރުންނަށް ލިބިފައިވާ މައުލޫމާތުގެ މައްޗަށް ބިނާކޮށް، ޕްރޮސްޕެކްޓަސްގައި އެއްވެސް ދޮގު މައުލޫމާތެއް ނުވަތަ އޮޅުވައިލުމުގެ ބަޔާނެއް ނުވާކަމާއި އެނޫން ވެސް ހަގީގަތްތަކެއް ފޮރުވުމުގެ މަގުސަދެއްގައި، މައުލޫމާތެއް ހާމަނުކޮށް ނެތްކަން ކަށަވަރުކޮށްދެމެވެ.

(ށ) "ޕްރިންސިޕަލް އެޑްވައިޒަރު/ލީޑް އެރޭންޖަރގެ (ނަން)، ޕްރިންސިޕަލް އެޑްވައިޒަރު/ލީޑް އެރޭންޖަރގެ ހައިސިއްޔަތުން، ލިބިފައިހުރި ހުރިހާ މައުލޫމާތެއްގެ އަލީގައި، ލިބިފައިހުރި އިލްމާއި، ގަބޫލުކުރާ ހަމަތަކަށް ބިނާކޮށް، މި ޕްރޮސްޕެކްޓަސްގައި މި އޮފަރިންގއާ ގުޅޭގޮތުން ހާމަކޮށްފައިހުރި މެޓީރިއަލް ފެކްޓްތަކަކީ ތެދު އަދި ހަގީގީ މައުލޫމާތު ކަމުގައި ދެކެމެވެ."

(ނ) ކުރިމަގަށް ލަފާކުރާ މާލީ މައުލޫމާތު ހާމަކޮށްފައިވާ ނަމަ، އަންނަނިވި ބަޔާން:

"ކުރިމަގަށް ލަފާކޮށް، ހާމަކޮށްފައިވާ މާލީ ބަޔާންތައް ތައްޔާރުކުރުމުގައި ބަރޯސާވެފައިވާ އަސާސްތަކާއި، އެޒަމްޕްށަންތަކަކީ، އެކަށީގެންވާ ކަންތައްތަކެއްކަން އިށުއަރގެ ޑިރެކްޓަރުން ކަށަވަރުކޮށްދެމެވެ. ޕްރިންސިޕަލް އެޑްވައިޒަރު/ލީޑް އެރޭންޖަރގެ (ނަން) ޕްރިންސިޕަލް އެޑްވައިޒަރު/ލީޑް އެރޭންޖަރގެ ހައިސިއްޔަތުން، ކުރިމަގަށް ލަފާކޮށް، ހާމަކޮށްފައިވާ މާލީ ބަޔާންތައް ތައްޔާރުކުރުމުގައި ބަރޯސާވި އަސާސްތަކާއި ލަފާތަކަކީ އެކަށީގެންވާ ކަންކަން ކަމަށް ގަބޫލުކުރަމެވެ."

 

114 ވަނަ މާއްދާ - އަންނަނިވި ޑިސްކްލެއިވަރ ބަޔާންތައް ހިމަނަންވާނެއެވެ.

(ހ) "މި ޕްރޮސްޕެކްޓަސް ވަނީ ގާނޫނު ނަންބަރު 2006-02 (ދިވެހިރާއްޖޭގެ މާލީ ސެކިއުރިޓީޒްއާ ބެހޭ ގާނޫނު) މާލީ ސެކިއުރިޓީޒްއާ ބެހޭ ގާނޫނު، އާ އެއްގޮތްވާ ގޮތުގެ މަތިން، ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ (ސީއެމްޑީއޭ) ގައި ރަޖިސްޓަރީކޮށްފައެވެ. މި ޕްރޮސްޕެކްޓަސް ރަޖިސްޓަރީކޮށްފައި ވުމަކީ މި ޕްރޮސްޕެކްޓަސްގައި ހިމެނޭ އޮފަރިންގގައި އިންވެސްޓްކުރުމަށް އޮތޯރިޓީން ދީފައިވާ ލަފައެއް، ނުވަތަ މި ޕްރޮސްޕެކްޓަސްގައި، ހިމަނައިފައިވާ އެއްވެސް ބަޔާނެއްގެ ނުވަތަ އޮޕީނިއަންއެއްގެ ނުވަތަ ރިޕޯޓެއްގެ ސައްހަކަން މި އޮތޯރިޓީން ކަށަވަރުކޮށްދޭ ކަމެއް ކަމުގައި ބަލައިގެން ނުވާނެއެވެ. މި ޕްރޮސްޕެކްޓަސް މެދުވެރިކޮށް، އިންވެސްޓްކުރުމަށް ދޫކުރާ ކޯޕަރޭޓް ބޮންޑުގެ ނުވަތަ ސުކޫކުގެ މެރިޓަށް އެއްވެސް މިންވަރަކަށް އޮތޯރިޓީން ބަލައިފައެއް ނުވާނެއެވެ. އިށުއަރ ހާމަނުކުރާ އެއްވެސް މައުލޫމާތެއްގެ ނުވަތަ ޕްރޮސްޕެކްޓަސްގައި ހިމެނޭ އެއްވެސް މައުލޫމާތެއްގެ ޒިންމާއެއް އޮތޯރިޓީއަކުން ނޫފުލާނެއެވެ. އަދި މި ޕްރޮސްޕެކްޓަސްގައި ހިމެނޭ މައުލޫމާތުގެ ސައްހަކަމާއި ފުރިހަމަކަމާ ގުޅޭގޮތުން އޮތޯރިޓީއަކުން ޒިންމާއެއް ނޫފުލާނެއެވެ. މި ޕްރޮސްޕެކްޓަސްގައިވާ އެއްވެސް މައުލޫމާތަކަށް ނުވަތަ އެއިން ބަޔަކަށް ބިނާކޮށް ނިންމާ ނިންމުމަކުން ކުރިމަތިވެދާނެ ގެއްލުމެއްގެ ޒިންމާ އޮތޯރިޓީއަކުން ނޫފުލާނެއެވެ.

(ށ) އެޕްލިކަބަލް ނަމަ:

(ނ) "މި ޕްރޮސްޕެކްޓަސްގެ ބޭނުމަށް ހަދައިފައިވާ ވެލުއޭށަނަކީ އޮތޯރިޓީން ސަބްޖެކްޓް އެސެޓްސްގެ ވެލިއުގެ މައްޗަށް ދީފައިވާ އެންޑޯސްމަންޓެއްގެ ގޮތުގައި އެއްވެސް ހާލެއްގައި ބަލައިގެން ނުވާނެއެވެ."

(ރ) ކޯޕަރޭޓް ބޮންޑް ނުވަތަ ސުކޫކް ސްޓޮކް އެކްސްޗޭންޖުގައި ލިސްޓުކުރުމަށް އަދި ގަނެވިއްކޭ ގޮތަށް ދޫކުރާ ނަމަ އަންނަނިވި ބަޔާން:

"ސްޓޮކް އެކްސްޗޭންޖުގެ އޮފިށަލް ލިސްޓުގައި ހިމެނުމަކީ މި އޮފަރިންގ ނުވަތަ އިށުއަރ ނުވަތަ ކޯޕަރޭޓް ބޮންޑުގެ ނުވަތަ ސުކޫކުގެ މެރިޓަށް ސްޓޮކް އެކްސްޗޭންޖުން ދީފައިވާ އެންޑޯޒްމަންޓެއް ގޮތުގައި އެއްވެސް ހާލެއްގައި ބަލައިގެން ނުވާނެއެވެ."

 

115 ވަނަ މާއްދާ - އެހެނިހެން ބަޔާންތައް

ތިރީގައިވާ އެހެނިހެން ބަޔާންތައް ޕްރޮސްޕެކްޓަސްގައި ހިމަނަންވާނެއެވެ.

(ހ) ގާނޫނު ނަންބަރު 2006-02 (ދިވެހިރާއްޖޭގެ މާލީ ސެކިއުރިޓީޒްއާ ބެހޭ ގާނޫނު) އާ ހިލާފަށް، ޕްރޮސްޕެކްޓަސްގައި ދޮގު މައުލޫމާތެއް ނުވަތަ ހަގީގަތް އޮޅުވައިލުމުގެ، މަގުސަދުގައި އެއްވެސް، މައުލޫމާތެއް ހިމެނުން ނުވަތަ ހަގީގަތް އޮޅުވައިލުމުގެ މަގުސަދުގައި، އެއްވެސް، މައުލޫމާތެއް ނުހިމެނުން ނުވަތަ ޕްރޮސްޕެކްޓަސްއާ ގުޅިގެން އޮޅުވައިލުމުގެ އެއްވެސް، އަމަލެއް. އިށުއަރ ނުވަތަ މި ޕްރޮސްޕެކްޓަސްއާ ގުޅުންހުރި އެއްވެސް، ފަރާތަކުން، ކޮށްފައިވާ ނަމަ، މި ގާނޫނުގެ ދަށުން، ބަދަލު ހޯދުމަށް، ހުށަހެޅުމުގެ ފުރުސަތު އިންވެސްޓަރުންނަށް ލިބިގެންވާކަން "އަންގައިދެމެވެ."

(ށ) "މި އޮފަރިންގގައި، ކޯޕަރޭޓް ބޮންޑް ނުވަތަ ސުކޫކް ދޫކުރުމަށް، ހުޅުވައިލައިފައިވަނީ ހުރިހާ މެޓީރިއަލް މައުލޫމާތެއް ސައްހަކަމާއެކު ފުރިހަމަޔަށް ހިމެނޭ ގޮތުގެ މަތީންކަމުގައި، ގާނޫނު ނަންބަރު 2006-02 (ދިވެހިރާއްޖޭގެ މާލީ ސެކިއުރިޓީޒްއާ ބެހޭ ގާނޫނު) މާލީ ސެކިއުރިޓީޒްއާ ގުޅޭ ގާނޫނު، ގައި ޕްރޮސްޕެކްޓަސްއާ ގުޅުންހުރި ފަރާތްތަކުގެ ގޮތުގައި ކަނޑައަޅައިފައިވާ އެންމެހައި، ފަރާތްތަކުން ޒިންމާވާ "ގޮތަށެވެ."

(ނ) އަންނަނިވި ބަޔާންތައް:

  1. އެއް ލިޔުމެއްގެ ގޮތުގައި ނެރޭ، ޕްރޮސްޕެކްޓަސްއަކަށް ބިނާކޮށް، އޮފަރިންގ، ހުޅުވައިލައިފައި އޮތް ނަމަ، އެ ޕްރޮސްޕެކްޓަސް ތާރީހުން ފެށިގެން 12 (ބާރަ) މަސްދުވަހުގެ ފަހުން ކޯޕަރޭޓް ބޮންޑް ނުވަތަ ސުކޫކް އޮފަރ، ނުކުރާނެކަން، ނުވަތަ
  2. ބޭސް ޕްރޮސްޕެކްޓަސް އުސޫލުން، އޮފަރިންގ ހުޅުވައިލައިފައި އޮތް ނަމަ، އެ ޕްރޮސްޕެކްޓަސް ތާރީހުން ފެށިގެން (24 ބަވީސް) މަސްދުވަހުގެ ފަހުން ކޯޕަރޭޓް ބޮންޑް ނުވަތަ ސުކޫކް އޮފަރ ނުކުރާނެކަން

(ރ) ސްޓޮކް އެކްސްޗޭންޖުގައި ލިސްޓުކޮށް އަދި ސެކަންޑަރީ މާކެޓުގައި، ގަނެވިއްކޭ ގޮތަށް ދޫކުރާ ކޯޕަރޭޓް ބޮންޑާއި ސުކޫކާ ގުޅޭގޮތުން، އަންނަނިވި ބަޔާންތައް ޕްރޮސްޕެކްޓަސްގައި ހާމަކުރުން:

  1. މި ކޯޕަރޭޓް ބޮންޑް ނުވަތަ ސުކޫކް ސްޓޮކް އެކްސްޗޭންޖުގައި ނުވަތަ އެހެން ގައުމެއްގެ ސްޓޮކް އެކްސްޗޭންޖެއްގައި، ލިސްޓުކުރުމާއި، ސެކަންޑަރީ މާކެޓުގައި، ގަނެވިއްކަން ހުޅުވައިލުމަށް ސްޓޮކް އެކްސްޗޭންޖުގެ ހުއްދަ ލިބިފައިވާ ކަމުގެ ބަޔާނެއް؛
  2. އަންނަނިވި ބަޔާން
    "ހުއްދަ ލިބިފައި އޮތް"، "އިންޕްރިންސިޕަލް"، "ހުއްދ، އޮފަރިންގގެ ނަތީޖާއަށް ބިނާކޮށް ބާތިލުކުރުމަށް ސްޓޮކް އެކްސްޗޭންޖުން ނިންމައިފި ނަމަ، އެޕްލިކޭށަންތަކާއެކު ލިބިފައިވާ ފައިސާ އިންޓްރެސްޓް ނުހިނގާނެ ގޮތުގެ މަތީން އިންވެސްޓަރުންނަށް އަނބުރާ ދެވޭނެއެވެ."
  3. އޮފަރިންގ ބަންދުކުރާ ތާރީހުން ފެށިގެން މާކެޓް ދުވަހުގެ 14 (ސާދަ) ދުވަހުގެ ތެރޭގައި ސްޓޮކް އެކްސްޗޭންޖުގެ ހުއްދަ ލިސްޓުކުރުމަށް ލިބިފައިނުވާ ނަމަ، ލިބިފައި އޮތް "އިންޕްރިންސިޕަލް" ހުއްދަ ބާތިލުވީކަމަށް ބެލެވޭނެކަމުގެ ބަޔާނެއް.

(ބ) އެ ކުންފުންޏެއްގެ ކޯޕަރޭޓް ބޮންޑް ނުވަތަ ސުކޫކް، ސްޓޮކް އެކްސްޗޭންޖުގައި ލިސްޓުކުރުމަށް އެދިފައިނުވާ ކަމުގައި ވާ ނަމަ ލިޔުމުން އަދި ފާހަގަވާނެ ކުލަޔަކުން އަންނަނިވި ބަޔާންތައް ހާމަކުރުން.

  1. "މި ކުންފުންޏަކީ، ކޯޕަރޭޓް ބޮންޑް ނުވަތަ ސުކޫކް ސްޓޮކް އެކްސްޗޭންޖުގައި ލިސްޓުކުރުމަށް އެދިފައިނުވާ ކުންފުންޏެކެވެ. ސްޓޮކް އެކްސްޗޭންޖުގައި ލިސްޓުކޮށްފައި އޮތް ކުންފުންޏަކާ އަޅައިބަލާއިރު، މި ކުންފުނީގެ ހިއްސާގައި ކުރާ އިންވެސްޓްމަންޓުގެ އިންވެސްޓްމަންޓް ރިސްކު ބޮޑުވާނެއެވެ. ސްޓޮކް އެކްސްޗޭންޖުގައި ލިސްޓުކުރަން އެދިފައިނުވާ ކުންފުންޏެއްގެ ކޯޕަރޭޓް ބޮންޑަކީ ނުވަތަ ސުކޫކަކީ ސްޓޮކް އެކްސްޗޭންޖުގައި އާންމުކޮށް ގަނެވިއްކަން ލިބެން ހުންނާނެ ސެކިއުރިޓީޒަށް ނުވުމާއެކު، މި ހިއްސާގެ ލިކުއިޑިޓީ ދަށްވާނެއެވެ. ވީމާ، ސެކިއުރިޓީޒުގައި އިންވެސްޓްކުރުމަށް ނިންމުމުގެ ކުރިން، މި އިންވެސްޓްމަންޓުގައި ހިމެނޭ ރިސްކުތައް ދެނެގަތުމަށް ސަމާލުވާންވާނެއެވެ."
  2. ކުންފުނީގެ ކޯޕަރޭޓް ބޮންޑް، ނުވަތަ ސުކޫކް، ސްޓޮކް އެކްސްޗޭންޖް ފިޔަވައި، އޮތޯރިޓީން ހުއްދަ ދީފައިވާ އެހެން ނިޒާމަކުން ގަނެވިއްކޭނެ މަގު ފަހިކޮށްދިނުމަށް ގަސްދުކޮށްފައި އޮތް ނަމަ، އެ ނިޒާމުގެ ތަފްސީލީ މައުލޫމާތު ހިމެނޭ ބަޔާނެއް

 


ދެވަނަ ބައި: ޓައިމްލައިނާއި ކޯޕަރޭޓް ޑައިރެކްޓަރީ

 

116 ވަނަ މާއްދާ - އިންޑިކޭޓިވް ޓައިމްލައިން

އަންނަނިވި މުހިންމު ތާރީހުތައް ހިމެނޭ ގޮތުގެ މަތީން އޮފަރިންގ ޓައިމްލައިނެއް ހާމަކުރަންވާނެއެވެ.

(ހ) އޮފަރ ހުޅުވައިލާ ތާރީހާއި ބަންދުކުރާ ތާރީހު

(ށ) ހާއްސަ އެއްވެސް އިވެންޓެއް ހިމެނޭ ނަމަ، އެ ފަދަ އިވެންޓުތަކުގެ ތާރީހުތައް. އެގޮތުން، އެޕްލިކޭށަން ހުށަހަޅަންޖެހޭ ތާރީހާއި، އެލޮޓްމަންޓުގެ ތާރީހާއި ލިސްޓުކުރެވޭނެ ތާރީހު ހިމެނުން

 

117 ވަނަ މާއްދާ - އޮފަރ ބަންދުކުރާ ތާރީހު ފަސްކުރުން

އޮފަރ ބަންދުކުރާ ތާރީހު ފަސްކުރުމުގެ އިހުތިޔާރު ޑިރެކްޓަރުންނަށް ދީފައި އޮތް ނަމަ، އެކަން ހާމަކުރަންވާނެއެވެ.

 

118 ވަނަ މާއްދާ - ޓައިމްލައިނަށް އަންނަ ބަދަލު ހާމަކުރާނެ ވަސީލަތް

އޮޮފަރގެ ޓައިމްލައިނަށް އަންނަ އެއްވެސް ބަދަލެއް މާކެޓަށް އަންގާނެ ވަސީލަތްތައް ހާމަކުރަންވާނެއެވެ. 

 

119 ވަނަ މާއްދާ - ކޯޕަރޭޓް ޑައިރެކްޓަރ 

އަންނަނިވި ތަފުސީލު، ޑައިރެކްޓަރީގައި ހާމަކުރަންވާނެއެވެ.

(ހ) އިށުއަރ ރަޖިސްޓަރީކޮށްފައިވާ އޮފް ހާއި، ހެޑް އޮފް ހުގެ އެޑްރެހާއި، ޓެލެފޯނު ނަންބަރާއި، އީމެއިލް އެޑްރެހާއި، ވެބްސައިޓް އެޑްރެސް.

(ށ) ކޮމްޕެނީ ސެކްރެޓަރީގެ ނަމާއި، އެޑްރެހާއި، ޕްރޮޕެށަނަލް ބޮޑ އެއްގެ މެންބަރެއް ކަމުގައިވާ ނަމަ، މެންބަރށިޕް ނަންބަރު.

(ނ) އަންނަނިވި ފަރާތްތަކުގެ ނަމާއި، އެޑްރެހާއި، ޓެލެފޯން ނަންބަރު (އެޕްލިކަބަލް ނަމަ).

  1. ޕްރިންސިޕަލް އެޑްވައިޒަރ؛
  2. ލީޑް އެރޭންޖަރ؛
  3. ޕޭއިންގ އޭޖެންޓް؛
  4. ލީގަލް އެޑްވައިޒަރ (ޕްރޮސްޕެކްޓަސްއާ ގުޅިގެން އައްޔަނުކުރާ)؛
  5. ކްރެޑިޓް ރޭޓިންގ އޭޖެންސީ؛
  6. ކޯޕަރޭޓް ބޮންޑް ނުވަތަ ސުކޫކް: ޓްރަސްޓީ؛
  7. ގެރެންޓަރ؛
  8. އަންޑަރ ރައިޓަރ؛
  9. ށަރީއާ އެޑްވައިޒަރ؛
  10. އޮޑިޓަރ؛
  11. މި ޕްރޮސްޕެކްޓަސްގައި ހަވާލާދީފައިވާ ރިޕޯޓެއް ނުވަތަ ރިޕޯޓެއްގެ ހުލާސާއެއް ފޯރުކޮށްދީފައިވާ ތަޖުރިބާކާރުން؛
  12. މި ޕްރޮސްޕެކްޓަސްއާ ގުޅުންހުރި، އެހެނިހެން ފަރާތްތައް.

 

 

ތިންވަނަ ބައި: ކޯޕަރޭޓް ބޮންޑު ނުވަތަ ސުކޫކާ ބެހޭ މައުލޫމާތު

 

120 ވަނަ މާއްދާ - ކޯޕަރޭޓް ބޮންޑާ ބެހޭ ނުވަތަ ސުކޫކާ ބެހޭ މައުލޫމާތު

އޮފަރކުރެވޭ ކޯޕަރޭޓް ބޮންޑާ ނުވަތަ ސުކޫކާ ގުޅޭގޮތުން ކަނޑައަޅައިފައިވާ މައިގަނޑު މާއްދާތަކާއި ށަރުތުތަކުގެ މައުލޫމާތު ހާމަކުރަންވާނެއެވެ.

 

121 ވަނަ މާއްދާ - ކްރެޑިޓް ރޭޓިންގ ރިޕޯޓުގެ ހުލާސާ

ކޯޕަރޭޓް ބޮންޑް ނުވަތަ ސުކޫކް ދޫކުރުމާ ގުޅޭގޮތުން ކްރެޑިޓް ރޭޓިންގ އޭޖެންސީއަކުން ށާއިއުކޮށްފައިވާ ކްރެޑިޓް ރޭޓިންގ ރިޕޯޓުގެ ހުލާސާއެއް ޕްރޮސްޕެކްޓަސްގައި ހާމަކުރަންވާނެއެވެ.

 

122 ވަނަ މާއްދާ - އިށުއަރ އަމަލުކުރަންޖެހޭ، ޓެކުހާ ގުޅޭ ގަވާއިދުތައް

ކޯޕަރޭޓް ބޮންޑާ ނުވަތަ ސުކޫކާ ގުޅިގެން އިށުއަރ އަމަލުކުރަންޖެހޭ ޓެކުހާ ގުޅޭ ގަވާއިދުތަކުގެ މައިގަނޑު މާއްދާތައް ހާމަކުރަންވާނެއެވެ. އެ ގޮތުން، ކޯޕަރޭޓް ބޮންޑަށް ނުވަތަ ސުކޫކަށް ހެދޭ ޕޭމަންޓުތަކާ ގުޅިގެން، ޓެކްސް ވިތުހޯލްޑްކުރުމުގެ ޒިންމާއެއް އިށުއަރގެ މައްޗަށް އޮތް ނަމަ، އެ ފަދަ މައުލޫމާތު ހާމަކުރަންވާނެއެވެ.

 

123 ވަނަ މާއްދާ - ކޯޕަރޭޓް ބޮންޑް ނުވަތަ ސުކޫކް އޮފަރކުރުމުގެ ހަރަދުތައް

ކޯޕަރޭޓް ބޮންޑް ނުވަތަ ސުކޫކް އޮފަރކުރުމުގެ ހަރަދުތަކާ ގުޅިގެން، އެއިން ކޮންމެ ހަރަދެއް ނިސްބަތްވާ މައިގަނޑު ކެޓަގަރީތަކަށް ބަހައިލައިގެން، އެއިން ކޮންމެ ހަރަދެއްގެ އަދަދު ވަކިވަކިން ހާމަކުރަންވާނެއެވެ. އެއިން އެއްވެސް ހަރަދެއްގެ އަދަދު އެނގެން ނެތް ނަމަ، އެ ފަދަ ހަރަދުތަކުގެ އަންދާޒާ، އެ އަންދާޒާ ދެނެގަނެވިފައިވާ ގޮތުގެ ތަފުސީލާއެކު ހާމަކުރަންވާނެއެވެ. އަދި އިށުއަރގެ ފަރާތުން، އިށުއަރ ނޫން ފަރާތެއް މިއިން ހަރަދަކަށް ޒިންމާވާ ނަމަ، އެކަން ވެސް ހާމަކުރަންވާނެއެވެ.

 

124 ވަނަ މާއްދާ - އިންށުއަރެންސް

ދޫކުރުމަށް ހަމަޖެހިފައިވާ ކޯޕަރޭޓް ބޮންޑާ ނުވަތަ ސުކޫކާ ގުޅިގެން އެއްވެސް ބާވަތެއްގެ އިންށުއަރެންސެއް ނަގައިފައި އޮތް ނަމަ، އެ ފަދަ އިންށުއަރެންސެއްގެ މައުލޫމާތު ހާމަކުރަންވާނެއެވެ.

 

125 ވަނަ މާއްދާ - ހިއްސާއަށް ބަދަލުކުރެވޭ ކޯޕަރޭޓް ބޮންޑުގެ ނުވަތަ ސުކޫކުގެ މައުލޫމާތު

ދޫކުރެވޭ ކޯޕަރޭޓް ބޮންޑަކީ، ނުވަތަ ސުކޫކަކީ ސްޓޮކް އެކްސްޗޭންޖުގައި ލިސްޓުކުރެވޭނެ ހިއްސާއަށް ބަދަލުކުރެވޭ ގޮތުގައި ނުވަތަ ތޭގައި ވޮރަންޓްސް ޑިޓޭޗްކުރެވޭ ނުވަތަ ނުކުރެވޭ ގޮތަށް، ނަމަވެސް އެކުލެވޭ ގޮތަށް ދޫކުރާ ބޮންޑެއް ނުވަތަ ސުކޫކެއް ނަމަ، އަންނަނިވި މައުލޫމާތު އެޕްލިކަބަލް ނަމަ، ހާމަކުރަންވާނެއެވެ.

(ހ) ބަދަލުކުރެވޭނެ ނުވަތަ އެކްސްޗޭންޖު ކުރެވޭނެ އުސޫލު

(ށ) ބަދަލުކުރެވޭނެ ނުވަތަ އެކްސްޗޭންޖު ކުރެވޭނެ މުއްދަތު

(ނ) ބަދަލުކުރެވޭނެ ނުވަތަ އެކްސްޗޭންޖު ކުރެވޭނެ ރޭށިއޯ

(ރ) ބަދަލުކުރެވޭނެ ނުވަތަ އެކްސްޗޭންޖު ކުރެވޭނެ އަގު

(ބ) ވޮރަންޓުގެ އަދަދު

(ޅ) ވޮރަންޓުގެ އަގު

(ކ) ވޮރަންޓާ ގުޅިގެން ލިބިދެވޭ ހައްގުތައް.

(އ) ވޮރަންޓް އެކްސަސައިޒްކުރުމަށް ލިބިދެވޭ މުއްދަތު.

(ވ) ވޮރަންޓް އެކްސަސައިޒްކުރެވޭ އަގު.

(މ) މި އޮފަރއާއި، ކޮންވަރށަންގެ ސަބަބުން އިށުއަރގެ، އަރނިންގސް ޕަރ ށެއަރއަށާއި ނެޓް ޓޭންޖިބަލް އެސެޓްސް ނުވަތަ ނެޓް އެސެޓްސް ޕަރ ށެއަރއަށް ކުރާނެ އަސަރު.

(ފ) މި އޮފަރއާއި ކޮންވަރށަނުން ލިބޭ ޕްރޮސީޑްސް ހޭދަކުރުމަށް ހުށަހަޅައިފައިވާ ކަންކަމުގެ ތަފްސީލު.

(ދ) އިށުއަރގެ ހިއްސާގެ ރައުސްމާލަށް ބަދަލު އަތުވެދާނެ ހާލަތުތަކާއި އެ ބަދަލުތަކާއި، އެއިން ކޮންމެ ހާލަތެއްގައި ކޮންވަރޓްކުރެވޭ އަގު އެޑްޖަސްޓްކުރެވޭނެ ގޮތް ވަކިވަކިން ހާމަކުރުން.

(ތ) ކޮންވަރޓުކުރެވޭ ގޮތަށް ނުވަތަ އެކްސްޗޭންޖުކުރެވޭ ގޮތަށް ދޫކުރާ ބޮންޑު ނުވަތަ ސުކޫކާ ގުޅިގެން، ޕޮޓެންށަލް އިންވެސްޓަރަކަށް ބޭނުންވާނެ ކަމުގައި ގަބޫލުކުރެވޭ މިފަދަ އެހެނިހެން މައުލޫމާތު.

 

126 ވަނަ މާއްދާ - ކޯޕަރޭޓް ބޮންޑް ނުވަތަ ސުކޫކް ބަދަލުކުރެވޭ ހިއްސާގެ މައުލޫމާތު

ހިއްސާއަށް ބަދަލުކުރެވޭ ގޮތަށް ދޫކުރާ ކޯޕަރޭޓް ބޮންޑަކީ ނުވަތަ ސުކޫކަކީ ސްޓޮކް އެކްސްޗޭންޖުގައި މިހާރު ވެސް ލިސްޓުކުރެވިފައިވާ ކޯޕަރޭޓް ބޮންޑެއް ނުވަތަ ސުކޫކެއް ކަމުގައި ވާ ނަމަ، އެ ފަދަ ހިއްސާއާ ގުޅޭގޮތުން، އަންނަނިވި މައުލޫމާތު ހާމަކުރަންވާނެއެވެ.

(ހ) އެންމެ ފަހުގެ 3 (ތިނެއް) މާލީ އަހަރުގެ ތެރޭގައި، ކޮންމެ އަހަރަކަށް ވަކިވަކިން، އަދި އެންމެ ފަހު މާލީ އަހަރުގެ ފަހު 6 (ހައެއް) މަސްދުވަހުގައި، ކޮންމެ މަސްދުވަހަކަށް ވަކިވަކިން، އެ ހިއްސާ މުއާމަލާތުކޮށްފައިވާ އެންމެ މަތީ އަގާއި އެންމެ ދަށް އަގު.

(ށ) ކުރިޔަށް ހިނގައިދިޔަ 3 (ތިނެއް) އަހަރުގެ ތެރޭގައި، އެއްވެސް ޓްރޭޑިންގ ސަސްޕެންށަނެއް އިށުއަރގެ މައްޗަށް ތަންފީޒުކޮށްފައިވާ ނަމަ، އެކަމުގެ މައުލޫމާތު.

(ނ) މި ހިއްސާއަކީ، ސްޓޮކް އެކްސްޗޭންޖުގައި އާންމު، އުސޫލުން، މުއާމަލާތު ކުރެވެމުންނުދާ ހިއްސާއެއް ކަމުގައި ވާ ނަމަ، ލިކުއިޑިޓީ ނެތްކަމުގެ މައުލޫމާތު.

 

127 ވަނަ މާއްދާ - ދިފޯލްޓް

ދޫކުރުމަށް، ހަމަޖެހިފައިވާ ކޯޕަރޭޓް ބޮންޑާ ނުވަތަ ސުކޫކާ ގުޅޭގޮތުން އަންނަނިވި މައުލޫމާތު. 127 ހާމަކުރަންވާނެއެވެ.

(ހ) ޑިފޯލްޓްވީކަމަށް ބެލެވޭނެ ހާލަތުތައް.

(ށ) ކްރޮސް ޑިފޯލްޓްވީކަމަށް ބެލެވޭނެ ހާލަތުތައް.

(ނ) ޑިފޯލްޓްވެއްޖެ ހާލަތުގައި އަމަލުކުރަން، ކަނޑައަޅައިފައިވާ އިޖުރާތުތައް.

 

 

ހަތަރުވަނަ ބައި: ހިރާސްތައް (ރިސްކް ފެކްޓަރސް)

 

128 ވަނަ މާއްދާ - ހިރާސްތައް

(ހ) އިށުއަރއާއި، އިށުއަރގެ ގްރޫޕާއި، އިންޑަސްޓްރީއާއި، އޮފަރކުރެވޭ ކޯޕަރޭޓް ބޮންޑަށް ނުވަތަ ސުކޫކަށް ހާއްސަ ހިރާސްތަކުގެ މައުލޫމާތު ހާމަކުރަންވާނެއެވެ. އެ ގޮތުން ކޯޕަރޭޓް ބޮންޑަށް ނުވަތަ ސުކޫކަށް ހާއްސަ ހިރާސްތަކުގެ ތެރޭގައި ކްރެޑިޓް ރިސްކުގެ މިންވަރު ހާމަކުރަންވާނެއެވެ. ހިރާސްތަކުގެ ޑިސްކްލެއިވަރ ބަޔާންތަކުގައި އެ ފަދަ ހިރާސްތަކާ ގުޅިގެން، ހާމަކޮށްފައި، ހުރި މައުލޫމާތުގެ ބޭނުންތެރިކަން ގެއްލޭ ފަދަ ގޮތަކަށް، އިބާރާތްކޮށްފައި އޮވެގެން، ނުވާނެއެވެ.

(ށ) ރިސްތައް ޑިސްކްލޯޒްކޮށް، ދޫކޮށްލެވޭ ކޯޕަރޭޓް ބޮންޑާ ނުވަތަ ސުކޫކާ ގުޅޭ ތަފްސީލީ ހިރާސްތައް ހިމަނަންވާނެ ތަންތަން ތިލަ ކޮށްދޭ ތަފްސީލީ ހިރާސްތަކުގެ ތެރޭގައި ހިމެނޭ ތިލަ ކޮށްދޭ ތަފްސީލީ ހިރާސްތަކުގެ ތެރޭ ހިމެނޭ.

 

 

ފަސްވަނަ ބައި: އިށުއަރ، ސަބްސްޓޭންށަލް ހިއްސާދާރުން، ޑިރެކްޓަރުން، ސީނިއަރ މެނޭޖްމަންޓުގެ އިސް މެންބަރުން އަދި ގެރެންޓަރގެ މައުލޫމާތު

 

129 ވަނަ މާއްދާ - އިށުއަރގެ މައުލޫމާތު

އިށުއަރއާ ގުޅޭގޮތުން އަންނަނިވި މައުލޫމާތު ހާމަކުރަންވާނެއެވެ.

(ހ) އިށުއަރއާއި، އިށުއަރގެ ސަބްސިޑިއަރީތަކާއި، އެސޯސިއޭޓެޑް ކުންފުނިތަކުގެ ބެކްގްރައުންޑާއި، ވިޔަފާރީގެ މައިގަނޑު ހަރަކާތްތަކާއި، އިށުއަރ ހިމެނޭ އިންޑަސްޓްރީގެ އޯވަރވިއުއެއް.

(ށ) އިށްއަރގެ ސަބްސިޑިއަރީތަކާއި އެސޯސިއޓެޑް ކުންފުނިތަކުގެ ލިސްޓެއް، އެގޮތުން އެ ކުންފުނިތަކުގައި އިށްއަރގެ ހިއްސާ އޮތް އިންސައްތަ، މަސްލަހަތު އޮތް މިންވަރު) އާއި، ގުރޫޕުގައި ހިމެނޭ ކުންފުނިތަކުގެ އޮނިގަނޑު

(ނ) އިށްއަރގެ ސަބްސްޓޭންށަލް ހިއްސާދާރުންނާ ގުޅޭ އަންނަނިވި މައުލޫމާތު:

  1. ނަމާއި، ބެކްގްރައުންޑް މައުލޫމާތު؛
  2. ގައުމިއްޔަތު ނުވަތަ އިންކޯޕަރޭޓްކޮށްފައިވާ ގައުމު؛
  3. ސީދާގޮތުންނާއި ނުސީދާގޮތުން އެ ފަރާތްތަކުން އިށްއަރގައި ހިއްސާވާ އަދަދާއި، ނޮމިނީ ނުވަތަ ކޯޕަރޭށަން، ނުވަތަ ޓްރަސްޓީ އެރޭންޖްމަންޓްތަކުގެ ދަށުން އެ ފަދަ ހިއްސާތަކުގެ ނިހާއީ މިލްކުވެރިކަން (ބެނެފިށަލް އޯނަރށިޕް) އޮތް ފަރާތް.

 

130 ވަނަ މާއްދާ - ޑިރެކްޓަރުން ގެ މައުލޫމާތާއި ޗީފް އެގްކެޓިވްގެ މައުލޫމާތު

ޑިރެކްޓަރުންގެ މައުލޫމާތާއި ޗީފް އެގްޒެކެޓިވްއާ ގުޅޭގޮތުން އަންނަނިވި މައުލޫމާތު ހާމަކުރަންވާނެއެވެ. ޗީފް އެގްޒެކެޓިވްގެ މައުލޫމާތު.

(ހ) ނަމާއި، އެޑްރެހާއި، ޕްރޮފެށަނާއި، ކޮލިފިކޭށަނާއި، ވަނަވަރު، ވިޔަފާރިއާއި މެނޭޖްމަންޓް ދާއިރާގެ ތަޖުރިބާ.

(ށ) މަގާމު ނުވަތަ އަދާކުރާ މަސްއޫލިއްޔަތުތައް، އެގްޒެކެޓިވް ނުވަތަ ނޮން-އެގްޒެކެޓިވް، އަދި އިންޑިޕެންޑެންޓް ނުވަތަ ނޮން-އިންޑިޕެންޑެންޓް މަގާމެއް ނަމަ، އެ މައުލޫމާތު.

(ނ) ކޯޕަރޭޓް ހިއްސާދާރަކު ތަމްސީލުކުރާ ފަރާތެއް ނަމަ، އެ ކަން (އެޕްލިކަބަލް ނަމަ)؛

(ރ) ސީދާގޮތުންނާއި ނުސީދާގޮތުން އިށްއަރގައި، އެ ފަރާތުގެ ހިއްސާގެ މިލްކުވެރިކަން އޮތް ނަމަ، އެ މައުލޫމާތު.

(ބ) މި ވަގުތު ފުރަމުންދާ ޑިރެކްޓަރުކަމުގެ މަގާމުތަކާއި، ތިން (3) އަހަރުދުވަހުގެ ތެރޭގައި އަދާކޮށްފައިވާ ޑިރެކްޓަރުކަމުގެ މަގާމުތައް.

(ޅ) އިށުއަރގެ ޑިރެކްޓަރުންގެ ބޯޑުގެ އޮޑިޓް ކޮމިޓީގެ ޗެއަރމަންކަން ކުރާ ފަރާތެއް ނަމަ ނުވަތަ މެންބަރުކަން ކުރާ ފަރާތެއް ނަމަ، 1 މައުލޫމާތު.

 

131 ވަނަ މާއްދާ - ސީނިއަރ މެނޭޖްމަންޓާއް ޓެކްނިކަލް ފަރާތްތަކުގެ އިސް މެންބަރުން

ސީނިއަރ މެނޭޖްމަންޓާއި ޓެކްނިކަލް ފަރާތްތަކުގެ އިސް މެންބަރުންނާ ގުޅޭގޮތުން އަންނަނިވި މައުލޫމާތު ހާމަކުރަންވާނެއެވެ.

(ހ) ނަމާއި، ކޮލިފިކޭށަނާއި ވަނަވަރު: ވިޔަފާރިއާއި މެނޭޖްމަންޓް ދާއިރާގެ ތަޖުރިބާ ނުވަތަ ފަންނީ ތަޖުރިބާ.

(ށ) މަގާމު ނުވަތަ އަދާކުރާ މަސްއޫލިއްޔަތުތައް.

(ނ) ސީދާގޮތުންނާއި ނުސީދާގޮތުން އިށުއަރގައި، އެ ފަރާތުގެ ހިއްސާގެ މިލްކުވެރިކަން އޮތް ނަމަ، އެ މައުލޫމާތު.

 

132 ވަނަ މާއްދާ - ލިޓިގޭށަންތައް، އަރބިޓްރޭށަން އަދި ކޮންޓިންޖެންޓް ލަޔަބިލިޓީ ތައް

މިހާރު ހިނގަމުން އަންނަ ނުވަތަ ކުރިއްސުރެ ހިނގަމުން އައިސްފައިވާ ލިޓިގޭށަން ނުވަތަ އަރބިޓްރޭށަން ޕްރޮސީޑިންގއާއި ކޮންޓިންޖެންޓް ލަޔަބިލިޓީތަކުގެ މައުލޫމާތު ހާމަކުރަންވާނެއެވެ. އެ ގޮތުން އެ ފަދަ ކަންކަން ތަންފީޒުކުރެވުމުން، އިށުއަރގެ މާލީ ހާލަތަށް އެ ފަދަ ކަންކަމުން ކުރާނެ އަސަރުގެ މައުލޫމާތު ހާމަކުރަންވާނެއެވެ.

 

133 ވަނަ މާއްދާ - ގެރެންޓަރގެ މައުލޫމާތު

ގެރެންޓަރއަކީ ސަރުކާރު ނުވަތަ މާލީ އިދާރާއެއް ފިޔަވައި އެހެން ފަރާތެއް ނަމަ، ގެރެންޓަރގެ އަންނަނިވި މައުލޫމާތު ހާމަކުރަންވާނެއެވެ.

(ހ) ވިޔަފާރީގެ އޯވަރވިއު.

(ށ) މި ގަވާއިދުގެ 134 ވަނަ މާއްދާގައި ހިމެނޭ މާލީ މައުލޫމާތު ވޭތުވެދިޔަ 2 (ދޭއް) މާލީ އަހަރުގެ ތެރޭގައި އަދި (އެޕްލިކަބަލް ނަމަ) އެންމެ ފަހުގެ މާލީ އަހަރަށް.

(ނ) މި ގަވާއިދުގެ 136 ވަނަ މާއްދާގައިވާ ގޮތުގެ މަތީން ކެޕިޓަލައިޒޭށަންގެ ބަޔާނާއި އިންޑެޓެޑްނަސް ބަޔާން.

(ރ) ކޯޕަރޭޓް ބޮންޑާ ނުވަތަ ސުކޫކާ ގުޅިގެން ދީފައި އޮތް ގެރެންޓީގެ މައިގަނޑު ސިފަތަކާއި ށަރުތުތައް.

 

 

ހަވަނަ ބައި: މާލީ މައުލޫމާތު

 

134 ވަނަ މާއްދާ - މާލީ މައުލޫމާތު

އިށުއަރއަކީ، ހޯލްޑިންގ ކުންފުންޏެއް ނަމަ، ވޭތުވެދިޔަ 2 (ދޭއް) އަހަރު ނުވަތަ އެޔަށް ވުރެ ކުރު މުއްދަތެއްގައި، އިށުއަރ ނުވަތަ ގުރޫޕުގެ ވިޔަފާރި ހިންގައިފައި އޮތް ނަމަ، މުއްދަތަކަށް. އަދި އެޕްލިކަބްލް ނަމަ މާލީ ހިސާބު ތައްޔާރުކޮށްފައި އޮތް އެންމެ ފަހުގެ މުއްދަތު ވެސް ހިމެނޭ ގޮތަށް، އިށުއަރގެ މާލީ މައުލޫމާތާއި، ގުރޫޕުގެ މާލީ މައުލޫމާތު ތާވަލެއްގައި ހާމަކުރަންވާނެއެވެ. އަދި މި މައުލޫމާތު ބިނާކޮށްފައި އޮންނަންވާނީ، އިށުއަރއަށާއި ގުރޫޕުގެ އޮޑިޓްކޮށްފައިވާ މާލީ ބަޔާންތަކަށެވެ. މިގޮތުން، އަންނަނިވި މައުލޫމާތު ތާވަލެއްގައި ހާމަކުރަންވާނެއެވެ:

(ހ) ރެވެނިއު.

(ށ) ގްރޮސް ޕްރޮފިޓާއި ގްރޮސް ޕްރޮފިޓް މާޖިން.

(ނ) އަރނިންގސް ބިފޯ އިންޓްރަސްޓް، ޓެކްސޭށަން، ޑިޕްރިސިއޭށަން އެންޑް އެމޮޓައިޒޭށަން (EBITDA).

(ރ) އެހެނިހެން އިންކަމް.

(ބ) ފައިނޭންސް ކޮސްޓް.

(ޅ) ށެއަރ އޮފް ޕްރޮފިޓްސް އެންޑް ލޮސެސް އޮފް އެސޯސިއޭޓްސް އެންޑް ޖޮއިންޓް ވެންޗަރސް.

(ކ) ޕްރޮފިޓް އޯރ ލޮސް ބިފޯރ ޓެކްސް އެންޑް ޕްރޮފިޓް މާޖިން.

(އ) ޓެކްސް އެކްސްޕެންސް.

(ވ) ޑިވިޑެންޑް.

(މ) ޕްރޮފިޓް އޯރ ލޮސް ފޮރ ދި އިޔަރ އެންޑް ޕްރޮފިޓް އޯރ ލޮސް މާޖިން.

(ފ) ޕްރޮފިޓް އޯރ ލޮސް އެޓްރިބިއުޓަބަލްޓު މައިނޯރިޓީ އިންޓްރަސްޓް އެންޑް އިކުއިޓީ ހޯލްޑަރސް އޮފް ދި ޕޭރަންޓް.

(ދ) ބޭސިކް އެންޑް ޑައިލިއުޓެޑް އަރނިންގސް ޕަރ ށެއަރ.

(ތ) އިށޫޑް އެންޑް ޕެއިޑް-އަޕް ށެއަރ ކެޕިޓަލް.

(ލ) ރީޓެއިންޑް ޕްރޮފިޓްސް އޯރ އެކިއުމުލޭޓެޑް ލޮސެސް.

(ގ) ށެއަރހޯލްޑަރސް ފަންޑްސް.

(ޏ) ފައިނޭންށަލް ރޭށިއޯސް، އެގޮތުން، ގިއަރިންގ، ލިކުއިޑިޓީ، ޑެޓް ޓު އިކުއިޓީ ރޭށިއޯ، ފިކްސްޑް ޗަރޖް ކަވަރ ރޭށިއޯ އަދި ރިސީވަބަލްސް އެންޑް ޕޭޔަބަލްސް ޓަރންއޯވަރ. މިގޮތުން، މައިގަނޑު މާލީ ރޭށިއޯތަކާ ގުޅޭގޮތުން، އެ ރޭށިއޯތައް ހިސާބުކުރުމުގައި ބޭނުންކުރި ފޯމިއުލާ ހާމަކުރަންވާނެއެވެ.

 

135 ވަނަ މާއްދާ - މެނޭޖްމަންޓް އެކައުންޓްސް

ޕްރޮސްޕެކްޓަސް ތާރީހަކީ، އެންމެ ފަހުން ނިމިދިޔަ މާލީ އަހަރުގެ (ބާރަ) މަސްދުވަހުގެ ފަހުގެ ތާރީހެއް ނަމަ، ޕްރޮސްޕެކްޓަސް ތާރީހާ ހަމަޔަށް ހިނގައިދިޔަ މުއްދަތަށް، މި ގަވާއިދުގެ 134 ވަނަ މާއްދާގައިވާ މައުލޫމާތު ހިމެނޭ ގޮތަށް ތައްޔާރުކޮށްފައިވާ މެނޭޖްމަންޓް އެކައުންޓްސް ހާމަކުރަންވާނެއެވެ.

 

136 ވަނަ މާއްދާ - އިށުއަރގެ ކެޕިޓަލައިޒޭށަންގެ ބަޔާނާއި އިންޑެޓެޑްނަސްގެ ބަޔާން

އިށުއަރގެ ކެޕިޓަލައިޒޭށަންގެ ބަޔާނާއި އިންޑެޓެޑްނަސްގެ ބަޔާން - އެންމެ ފަހުގެ މާލީ ބަޔާން ތައްޔާރުކޮށްފައިވާ މުއްދަތުގައި އަދި އޭގެ ފަހުން އައިސްފައިވާ ބަދަލުތައް ހިމެނޭ ގޮތަށް އިށުއަރގެ ކެޕިޓަލައިޒޭށަންގެ ބަޔާނާއި އިންޑެޓެޑްނަސްގެ ބަޔާނެއް ހާމަކުރަންވާނެއެވެ. (މިގޮތުން އިށުއަރގެ ކެޕިޓަލައިޒޭށަންގެ ގޮތުގައި ހުރި އަދަދާއި ދަރަނީގެ ގޮތުގައި ހުރި އަދަދު އިންޑެޓެޑްނަސް) ހިމަނަންވާނެއެވެ. އޭގެ ތެރޭގައި ގެރެންޓީ ދީފައިވާ ދަރަންޏާއި، ގެރެންޓީ ދީފައިނުވާ ދަރަންޏާއި، ސެކިއޯޑް ދަރަންޏާއި، އަންސެކިއޯޑް ދަރަނި ވަކިވަކިން އެނގޭނެ ގޮތަށް، އިންޑެޓެޑްނެސް ބަޔާން ހާމަކުރަންވާނެއެވެ.

 

137 ވަނަ މާއްދާ - ކެޕިޓަލައިޒޭށަންގެ ބަޔާނުގައްޔާއި އިންޑެޓެޑްނަސް ބަޔާނުގައި ހިމަނަންޖެހޭ މައުލޫމާތު

ޕްރޮސްޕެކްޓަސްގައި، ކެޕިޓަލައިޒޭށަނާއި އިންޑެޓެޑްނަސްއާ ބެހޭ އަންނަނިވި މައުލޫމާތު ހާމަކުރަންވާނެއެވެ.

(ހ) އިށުއަރ ހޯދައިފައިވާ ލޯނުތަކާއި، އެހެނިހެން ފައިނޭންސިންގ ވަސީލަތްތަކުގެ ތަފުސީލީ މައުލޫމާތު، އެކި ގިންތިތަކަށް ބަހައިލައިގެން ވަކިވަކިން ހާމަކުރަންވާނެއެވެ. މި ހާމަކުރުމުގައި، ދިގު މުއްދަތުގެ ލޯނުތަކާއި، ކުރު މުއްދަތުގެ ލޯނުތައް ވަކިން، އިންޓްރެސްޓް ބެއަރިންގ ލޯނުތަކާއި ނޮން-އިންޓްރެސްޓް ބެއަރިންގ ލޯނުތައް ވަކިން، އަދި ދިވެހި ރުފިޔާ ފިޔަވައި ބޭރު އެހެން ފައިސާއަކުން ނަގައިފައިވާ ލޯނުތައް ވަކިން ބަޔާންކުރަންވާނެއެވެ. އަދި ބޭރު ފައިސާއިން ނަގައިފައިވާ ލޯނުތަކުގެ އަދަދު، ކޮންމެ ފައިސާއަކަށް، ވަކިވަކިން ހާމަކުރަންވާނެއެވެ.

މި އިން އެއްވެސް މާލީ ޒިންމާއެއް އަދާނުކުރެވިދާނެ ހާލަތެއް ފާހަގަކުރެވިފައި އޮތް ނަމަ، އެ ފަދަ ހާލަތެއް މެދުވެރިނުވާނެ ގޮތަކަށް، އެ ކަން ހައްލުކުރުމަށް އިށްއަރ ފިޔަވަޅު އަޅައިފައިވާ އިސްލާހީ ފިޔަވަޅުތައް ހާމަކުރުން. މި ގޮތުން، ހާމަކުރާ ބަޔާނުގައި އެންމެ ފަހަށް ނިމިދިޔަ މާލީ އަހަރާއި އޭގެ ފަހުން ޕްރޮސްޕެކްޓަސްގެ ތާރީހާ ދެމެދުގައި، ފާއިތުވެފައި އޮތް މުއްދަތެއް އޮތް ނަމަ، އެ މުއްދަތެއްގައި އިށްއަރ ދައްކަންޖެހި ނަމަވެސް ދައްކައިފައިނުވާ ދަރަނީގެ އިންޓްރެސްޓް ނުވަތަ ފައިނޭންސް ކުރުމުގެ ހަރަދު އަދި/ނުވަތަ ޕްރިންސިޕަލް އަދަދެއް އޮތް ނަމަ، އެ މައުލޫމާތު ހާމަކުރުން.

(ށ) އިށްއަރ ނުވަތަ އިށްއަރ ހިމެނޭ ގްރޫޕުގެ އެއްވެސް ކުންފުންޏަކުން ކްރެޑިޓް އެރޭންޖްމަންޓެއް ނުވަތަ ބޭންކު ލޯނެއް/ފައިނޭންސިންގއާ ގުޅުންހުރި ށަރުތުތަކާއި ކޮވެނަންޓްތަކާ ހިލާފުވެފައިވާ ނަމަ، އެ ފަދަ ހިލާފުވުމެއްގެ ސަބަބުން އިށްއަރގެ ފައިނޭންށަލް ޕޮޒިށަނާއި ވިޔަފާރީގެ ހާލަތަށް ނުވަތަ ސެކިއުރިޓީޒް ހޯލްޑަރުންގެ އިންވެސްޓްމަންޓަށް މެޓީރިއަލް އަސަރެއް ކުރުމުގެ ފުރުސަތު އޮތް ނަމަ، އެ މައުލޫމާތު ހާމަކުރުން. މި ގޮތުން ހާމަކުރާ މައުލޫމާތުގެ ތެރޭގައި، އެ ވަދަ ހިލާފުވުމެއް ވެފައި އޮތް ނަމަ، އެކަމުގެ ބަޔާނެއް ހިމެނުމާއި، އެ ވަދަ ކްރެޑިޓް އެރޭންޖްމަންޓެއްގެ ނުވަތަ ބޭންކު ލޯނެއްގެ/ފައިނޭންސިންގއެއްގެ މައުލޫމާތާއި، އެ ފަދަ ހިލާފުވުމެއް އިސްލާހުކުރުމަށް އަޅައިފައިވާ ފިޔަވަޅުތައް ނުވަތަ އަޅަން ގަސްތުކޮށްފައިވާ ފިޔަވަޅުތައް، އަދި އެއްވެސް ރީސްޓްރަކްޗަރކުރުމުގެ ނެގޯށިއޭށަނެއް ނުވަތަ އެއްބަސްވުމެއް އޮތް ނަމަ، އެކަމުގެ މައުލޫމާތު ވެސް ހިމެނޭ ގޮތުގެ މަތީން، (އެޕްލިކަބަލް ނަމަ) ހާމަކުރުން.

 

138 ވަނަ މާއްދާ - ޕްރޮ ފޯމާ މާލީ މައުލޫމާތު

(ހ) ކޯޕަރޭޓް ބޮންޑް ނުވަތަ ސުކޫކް ދޫކުރުމުގެ ސަބަބުން އިށުއަރ ނުވަތަ ގުރޫޕުގެ އެސެޓްތަކަށާއި ލަޔަބިލިޓީތަކަށް ނުވަތަ އަރނިންގސްއަށް މެޓީރިއަލް އަސަރެއް ކުރާނެ ނަމަ ޕްރޮފޯމާ މާލީ މައުލޫމާތު ހާމަކުރަންވާނެއެވެ.

(ށ) ޕްރޮފޯމާ މާލީ މައުލޫމާތު، ނުވަތަ ކުރިމަގަށް ލަފާކޮށްފައިވާ މާލީ މައުލޫމާތު، ހާމަކޮށްފައިވާ ނަމަ، މި ގަވާއިދުގެ ތިންވަނަ ބާބުގެ ނުވަވަނަ ބައި (މާލީ މައުލޫމާތު) އާއި ދިހަވަނަ ބައި (ރިޕޯޓު) ގައި ބަޔާންކޮށްފައިވާ މައުލޫމާތު ހާމަކުރަންވާނެއެވެ.

 

ހަތްވަނަ ބައި: ގުޅުންހުރި ފަރާތްތަކާއެކު ކޮށްފައިވާ މުއާމަލާތުތައް ރިލޭޓެޑް ޕާޓީ (ޓްރާންސެކްށަންސް) އަދި މަސްލަހަތު ތައާރުޒުވުން (ކޮންފްލިކްޓް އޮފް އިންޓްރަސްޓް):

 

139 ވަނަ މާއްދާ - ގުޅުންހުރި ފަރާތްތަކާއެކު ކޮށްފައިވާ މުއާމަލާތުތައް

ގުޅުންހުރި ފަރާތްތަކާއެކު ކޮށްފައިވާ މުއާމަލާތުތައް ރިލޭޓެޑް ޕާޓީ ޓްރާންސެކްށަންސް، އަދި މަސްލަހަތު ތައާރުޒުވުން ކޮންފްލިކްޓް އޮފް އިންޓްރަސްޓް، ހާމަކުރަންވާނީ އަންނަނިވި މިންގަނޑާ އެއްގޮތްވާ ގޮތުގެ މަތީން، ނިމިދިޔަ 2 (ދޭއް) މާލީ އަހަރުން ފެށިގެން ޕްރޮސްޕެކްޓަސް ތާރީހާ ހަމަޔަށް ހިނގައިފައި އޮތް މުއްދަތަށެވެ.

(ހ) ގުޅުންހުރި ފަރާތްތަކާއެކު މިހާރު ކުރެވިފައި ހުރި މުއާމަލާތުތަކާއި، ކުރުމަށް ރާވައިފައި ހުރި މުއާމަލާތުތައް. އެ މުއާމަލާތުތަކަކީ، އިށުއަރއާ ގުޅުންހުރި ފަރާތްތަކަށް މެޓީރިއަލް މުއާމަލާތުތަކެއް ކަމުގައިވާ ނަމަ، ނުވަތަ އެ މުއާމަލާތުތަކަކީ އޭގެ ޒާތް (ނޭޗަރ) އަށް ބަލާއިރު އާންމު ހާލަތުގައި ނޫން ގޮތަކަށް ހިންގައިފައިވާ ނުވަތަ އާންމުކޮށް ނުހުންނަ ބާވަތުގެ ށަރުތުތައް ހިމެނޭ ޒާތުގެ މުއާމަލާތުތަކެއް ކަމުގައި ވާ ނަމަ ނުވަތަ އެ ފަދަ މުއާމަލާތުތަކުގައި ބައިވެރިވާ ފަރާތްތަކުގެ ތެރޭގައި އިށުއަރގެ ޕޭރަންޓް ކުންފުނި ނުވަތަ ސަބްސިޑިއަރީ ކުންފުނިތައް ހިމެނޭ ނަމ، އެ ފަދަ މުއާމަލާތުތަކުގެ ޒާތް (ނޭޗަރ) އާއި މިންވަރު (އެކްސްޓެންޓް).

(ށ) އިށްއަރ ނުވަތަ އިށްއަރގެ ޕޭރަންޓް ކުންފުނި ނުވަތަ ސަބްސިޑިއަރީ ކުންފުނިތަކުން ގުޅުންހުރި އެއްވެސް ފަރާތަކަށް ނުދައްކައި ހުރި ލޯނުތަކުގެ އަދަދާއި (އެއްވެސް ބާވަތެއްގެ ގެރެންޓީއެއް ދީފައިވާ ލޯނުތައް ވެސް ހިމެނޭ "ގޮތުން) ހާމަކުރުން، މި ގޮތުން ހާމަކުރާ މައުލޫމާތުގައި، ދިގު މުއްދަތާއި ކުރު މުއްދަތުގެ ލޯނުތައް ވަކިވަކިން ބަޔާންކުރުން.

 

140 ވަނަ މާއްދާ - ގުޅުންހުރި ފަރާތްތަކުގެ މަސްލަހަތު ފުށުއެރުން

ގުޅުންހުރި، އެއްވެސް ފަރާތަކާ ދެމެދު، ހިންގައިފައި، އޮތް މި ފަދަ ކޮންމެ މުއާމަލާތެއް ވެސް އިށުއަރ ހިންގައިފައި އޮތީ އެ މުއާމަލާތާ ގުޅޭގޮތުން ހިންގައިފައިވާ ނުވަތަ ހިންގުމަށް ގަސްތުކޮށްފައިވާ ހުރިހާ އިޖުރާތެއްގައި ވެސް މަސްލަހަތު ފުށުއެރުމުގެ އެއްވެސް ފުރުސަތެއް ނެތް ގޮތުގައިކަން ނުވަތަ ނޫންކަން އަދި އެ ފަދަ އިޖުރާތްތަކުގެ މައުލޫމާތު ހާމަކުރަންވާނެއެވެ.

 

141 ވަނަ މާއްދާ - ތަޖުރިބާކާރުންގެ މަސްލަހަތު ފުށުއެރުން

އިށުއަރއާއި އިށުއަރ ހިމެނޭ ގުރޫޕުގެ އެއްވެސް ކުންފުންޏަކާ ގުޅިގެން ތަޖުރިބާކާރުންގެ މަސްލަހަތު ފުށުއަރާކަމެއް ނުވަތަ މަސްލަހަތު ފުށުއެރުން އެކަށީގެންވާ ކަމެއް އޮތްކަން ނުވަތަ ނޫންކަން، އަދި އެ ފަދަ ކަމެއް އޮތް ނަމަ، ތަޖުރިބާކާރުންގެ އެ ފަދަ ބަޔާނެއް އެ ގޮތުން ކޮންފްލިކްޓްގެ ޒާތާއި، ކޮންފްލިކްޓް ހައްލުކުރުމަށް އަޅައިފައިވާ ފިޔަވަޅުތަކުގެ މައުލޫމާތު ހާމަކުރަންވާނެއެވެ.

 

 

އަށްވަނަ ބައި: ކޯޕަރޭޓް ބޮންޑް ނުވަތަ ސުކޫކް ހޯލްޑަރުންގެ ހައްގުތައް

 

142 ވަނަ މާއްދާ - ކޯޕަރޭޓް ބޮންޑް ނުވަތަ ސުކޫކް ހޯލްޑަރުންގެ ހައްގުތަކުގެ ހުލާސާ

ކޯޕަރޭޓް ބޮންޑް ނުވަތަ ސުކޫކް ހޯލްޑަރުންނަށް ލިބިދީފައިވާ ކޫޕަން ޕޭމަންޓާއި، ޕްރިންސިޕަލް ޕޭމަންޓާއި، ޕޭމަންޓް ށެޑިއުލާއި އެހެނިހެން ހައްގުތަކުގެ ކުރު ހުލާސާއެއް ހާމަކުރަންވާނެއެވެ. އެ ގޮތުން އެ ފަރާތްތަކުގެ މައްޗަށް ހިނގާ މާއްދާތަކާއި ށަރުތުތަކާއި ހައްގުތަކަށް ބަދަލުގެނެވޭނެ އުސޫލު ހާމަކުރަންވާނެއެވެ.

 

143 ވަނަ މާއްދާ - ސުކޫކް ހޯލްޑަރުންގެ ބައްދަލުވުންތައް

ކޯޕަރޭޓް ބޮންޑް ނުވަތަ ސުކޫކް ހޯލްޑަރުންގެ ބައްދަލުވުންތައް ބޭއްވޭ ގޮތަށް ކަނޑައަޅައިފައިވާ ނަމަ، އެ ފަދަ ބައްދަލުވުންތައް ބޭއްވުމާއި، ހާޒިރުވުމާއި، ވޯޓުދިނުމުގެ މައިގަނޑު އުސޫލުތަކުގެ މައުލޫމާތު ހާމަކުރަންވާނެއެވެ. އަދި އެ ފަދަ ބައްދަލުވުމެއް ބޭއްވުމުގައި ކަނޑައަޅައިފައިވާ ހަމަތަކާއި، ކޯރަމާއި، ބައްދަލުވުމުގައި ބައިވެރިކޮށްދިނުމުގެ އިޖުރާތުތަކާއި ގަރާރެއް ފާސްކުރުމަށް ބޭނުންވާ އެންމެ މަދު ވޯޓުގެ އަދަދު ހާމަކުރަންވާނެއެވެ.

 

144 ވަނަ މާއްދާ - ކޯޯޕަރޭޓް ބޮންޑް ނުވަތަ ސުކޫކް ހޯލްޑަރުންނަށް ލިބިދީ ފައިވާ ރިކޯސް

ކޯޕަރޭޓް ބޮންޑް ނުވަތަ ސުކޫކް ހޯލްޑަރުންނަށް ލިބިދީފައިވާ ރިކޯސް ޑިފޯލްޓެއް ނުވަތަ ޓާރމިނޭށަނެއް ނުވަތަ ޕޭމަންޓެއް ނުދެއްކި، ފަސްވެފައިވާ ހާލަތުގައި (ޑިފޯލްޓެއްކަމުގައި ނުބެލެވުނު ނަމަވެސް) ކޯޕަރޭޓް ބޮންޑް ނުވަތަ ސުކޫކް ހޯލްޑަރުންނަށް ލިބިދީފައިވާ ރިކޯސްއާ ބެހޭ މައުލޫމާތު ހާމަކުރަންވާނެއެވެ.

 

 

ނުވަވަނަ ބައި - ކޯޕަރޭޓް ބޮންޑުގެ ނުވަތަ ސުކޫކުގެ ޓްރަސްޓީއާއި ޓްރަސްޓް ޑީޑްއާ ބެހޭ މައުލޫމާތު

 

145 ވަނަ މާއްދާ - ކޯޕަރޭޓް ބޮންޑް ނުވަތަ ސުކޫކް ޓްރަސްޓީ

މި ގަވާއިދުގެ ބޭނުމަށް، ކޯޕަރޭޓް ބޮންޑް ނުވަތަ ސުކޫކް ޓްރަސްޓީއާ ބެހޭ ގޮތުން އަންނަނިވި މައުލޫމާތު ޕްރޮސްޕެކްޓަސްގައި ހާމަކުރަންވާނެއެވެ.

(ހ) ޓްރަސްޓީގެ މަސްއޫލިއްޔަތުތަކާއި ޒިންމާތައް

(ށ) ޓްރަސްޓީގެ ހައިސިއްޔަތުން އެއްވެސް ޒިންމާއެއް އަދާކުރުމުގެ ކުރީގައި، ފުރިހަމަވާންޖެހޭ ށަރުތުތައް. މިސާލަކަށް، ވަކި އިންސައްތައެއް ތަމްސީލުކުރާ ބޮންޑް ނުވަތަ ސުކޫކް ހޯލްޑަރުންގެ އިންސްޓްރަކްށަން ލިބުމުން ޓްރަސްޓީ އަމަލުކުރަންޖެހޭ ކަންކަމާއި ބާވަތުގެ އެހެނިހެން ކަންކަން

(ނ) އިށުއަރގެ ޕްރޮޕަރޓީއެއްގެ މައްޗަށް "ލިއެނ" އެއް ތަންފީޒުކުރުމުގެ ކުރިން ނުވަތަ ބޮންޑް ނުވަތަ ސުކޫކް ހޯލްޑަރުންގެ އެދުމުގެ މަތިން އެހެން އެއްވެސް ފިޔަވަޅެއް އެޅުމުގެ ކުރިން ޓްރަސްޓީއަށް "އިންޑެމްނިފިކޭށަން" އެއް އޮތުމަށް ށަރުތުކޮށްފައި ހި އޮތް ނަމަ އެކަން

 

146 ވަނަ މާއްދާ - ޓްރަސްޓް ޑީޑް

މި ގަވާއިދުގެ ބޭނުމަށް ކޯޕަރޭޓް ބޮންޑް ނުވަތަ ސުކޫކް ޓްރަސްޓް ޑީޑްއާ ބެހޭ ގޮތުން، އަންނަނިވި މައުލޫމާތު ޕްރޮސްޕެކްޓަސްގައި ހާމަކުރަންވާނެއެވެ.

(ހ) ޓްރަސްޓް ޑީޑްގެ މައިގަނޑު މާއްދާތައް

(ށ) އިށުއަރގެ މާލީ ހާލަތު ދަށަށް ގޮސްފައިވާ ހާލަތުގައި، ބޮންޑް ނުވަތަ ސުކޫކް ހޯލްޑަރުންނަށް ކުރިޔާލައި އަވަސް އިށާރާތެއް ދިނުމަށް ޓަކައި ޕީރިއޮޑިކް ޑިސްކްލޯށަރ ހުށަހަޅަންޖެހޭ ނަމަ އެ ކަން. މިސާލަކަށް ޑިފޯލްޓެއް ނުވާނެކަމާއި، ކޮންޓްރެކްޓުގެ ށަރުތުތަކަށް ފުރިހަމަޔަށް އަމަލުކުރަމުންދާ ނަމަ، އެ ފަދަ ކަންކަން 

 

 

ދިހަވަނަ ބައި: ތަޖުރިބާކާރުގެ ރިޕޯޓުތައް

 

147 ވަނަ މާއްދާ - ތަޖުރިބާކާރުގެ ރިޕޯޓުގެ ށަރުތުތައް

(ހ) ޕްރޮސްޕެކްޓަސްގައި ތަޖުރިބާކާރުގެ ރިޕޯޓު ހިމަނައިފައިވާ ނަމަ، އެ ފަރާތުގެ ޕްރޮފެށަނަލް ތަޖުރިބާގެ މައުލޫމާތު ހާމަކުރަންވާނެއެވެ. ތަޖުރިބާކާރުގެ ރިޕޯޓު އޮންނަންވާނީ، ފަދަ ރިޕޯޓުގެ ތާރީހު ބަޔާންކުރުމާއެކު ސޮއިކޮށްފައެވެ.

(ށ) ތަޖުރިބާކާރުގެ ރިޕޯޓު ހިމަނައިފައިވާ ހާލަތުގައި، ޕްރޮޕަރޓީ އެސެޓްތަކުގެ ވެލުވޭށަންތައް ހާމަކޮށްފައިވާ ހާލަތުގައި، އެ ފަދަ ވެލުވޭށަންތަކުގެ ކުރު ހުލާސާއެއް ހާމަކުރަންވާނެއެވެ.

(ނ) އޮފަރކޮށްފައިވަނީ ސުކޫކް ކަމުގައިވާ ނަމަ، ށަރީއާ އެޑްވައިޒަރު ފޯރުކޮށްދީފައި އޮތް ށަރީއާގެ އިންގަނޑުތަކަށް އޮފަރކުރެވޭ ސުކޫކް ފެތޭކަމަށާއި، ށަރުއީ ސަބަބުތަކާއި ޖަސްޓިފިކޭށަންތައް ޕްރޮސްޕެކްޓަސްގައި ހާމަކުރަންވާނެއެވެ.

(ރ) ތަޖުރިބާކާރުގެ ރިޕޯޓު ތައްޔާރުކޮށްފައި ރިޕޯޓުގައި ސޮއިކުރި ތާރީހަކީ، ޕްރޮސްޕެކްޓަސްގެ ތާރީހާ އަމަލީ ގޮތުން އެންމެ ކައިރިކޮށް ތައްޔާރުކުރެވޭނެ ތާރީހަކަށް ވާންވާނެއެވެ. އަދި އެންމެ ފަހުގެ ޕްރެކްޓިކަބަލް ތާރީހުގެ ކުރީގެ ތާރީހަކަށް ވެގެން ނުވާނެއެވެ.

 

 

އެގާރަވަނަ ބައި: އިންސްޕެކްށަނަށް ފޯރުކޮށްދެވޭ ލިޔެކިޔުން

 

148 ވަނަ މާއްދާ - އިންސްޕެކްށަނަށް ލިޔެކިޔުން ފޯރުކޮށްދިނުން

އަންނަނިވި ކޮންމެ ލިޔެކިޔުމެއް ނުވަތަ (ކޮޕީއެއް)، ޕްރޮސްޕެކްޓަސްގެ ތާރީހުން ފެށިގެން 12 (ބާރަ) މަސްދުވަހުގެ މުއްދަތަށް، އިންސްޕެކްޓުކުރުމަށް އިށުއަރ ކަނޑައަޅައިފައިވާ ދިވެހިރާއްޖޭގައި ހުރި ތަނެއްގައި ފޯރުކޮށްދެވޭނެކަމުގެ ބަޔާނެއް ހާމަކުރަންވާނެއެވެ.

(ހ) އިށުއަރގެ ދުސްތޫރީ ލިޔެކިޔުން.

(ށ) ޓްރަސްޓް ޑީޑް (އެޕްލިކަބަލް ނަމަ).

(ނ) ޕްރޮސްޕެކްޓަސްގައި، އެ ލިޔެކިޔުމަކަށް ހަވާލާދީފައިވާ ލިޔެކިޔުން. ގޮތުން މެޓީރިއަލް ކޮންޓްރެކްޓުތައް ލިޔުމުން ނެތް ކޮންޓްރެކްޓުތައް ހުރި ނަމަ، މެމޮރޭންޑަމެއް މެދުވެރިކޮށް އެ ކޮންޓްރެކްޓްތައް ވެސް (ހިމެނޭ ގޮތުން)، އެ ކޮންޓްރެކްޓްތަކުގެ ފުރިހަމަ ތަފުސީލު.

(ރ) ރިޕޯޓާއި ސިޓީއާއި، އެހެނިހެން ލިޔެކިޔުންތަކާއި ވެލުވޭށަންތަކާއި ތަޖުރިބާކާރުންގެ ބަޔާންތައް (މި ގޮތުން): ހެ ޕްރޮސްޕެކްޓަސްގައި މި އިން އެއްވެސް ލިޔެކިޔުމަކުން ނަގައިފައިވާ ބައެއް ނުވަތަ ހަވާލާދީފައިވާ ބައެއް ހިމެނޭ ނަމަ އެ ފަދަ ލިޔެކިއުން މި ގޮތުން އެއްވެސް ތަޖުރިބާކާރަކު ދީފައިވާ ރިޕޯޓެއްގެ ހުލާސާ، ޕްރޮސްޕެކްޓަސްގައި ހިމަނައިފައި އޮތް ނަމަ، އެ ފަދަ ލިޔެކިޔުމުގެ މުޅި ރިޕޯޓު ފޯރުކޮށްދިނުން.

(ބ) އެއްވެސް ފަރާތަކުން، އެ ފަރާތެއްގެ ރިޕޯޓު ޕްރޮސްޕެކްޓަސްގައި ހިމެނުމަށް ދީފައި އޮތް، އިއުތިރާޒެއް ނެތްކަމުގެ ލިޔުން،

(ޅ) ޕްރޮސްޕެކްޓަސް ތާރީހުގެ ކުރިޔަށް މަދުވެގެން 2 (ދެ) ފަހު މާލީ އަހަރަށް ނުވަތަ އެޔަށް ވުރެ ކުރު މުއްދަތަކަށް ނަމަ، އެ މުއްދަތަށް، އިށުއަރގެ އަދި އިށުއަރއަކީ ހޯލްޑިންގ ކުންފުނި ނަމަ ގުރޫޕުގެ އަދި އިށުއަރގެ ސިގްނިފިކަންޓް ސަބްސިޑިއަރީތަކުގެ އޮޑިޓްކޮށްފައިވާ މާލީ ބަޔާންތައް،

(ކ) މިހާރު ހިނގަމުންދާ މާލީ އަހަރަށް އިށުއަރގެ، އަދި އިށުއަރއަކީ ހޯލްޑިންގ ކުންފުންޏެއް ނަމަ، ގުރޫޕުގެ އަދި އިށުއަރގެ ސިގްނިފިކަންޓް ސަބްސިޑިއަރީތަކުގެ މެނޭޖްމަންޓް އެކައުންޓްސް.

 

 

ބާރަވަނަ ބައި: ކޯޕަރޭޓް ބޮންޑަށް ނުވަތަ ސުކޫކަށް ސަބްސްކްރައިބް ކުރުމުގެ އެޕްލިކޭށަން

 

149 ވަނަ މާއްދާ - ސަބްސްކްރައިބް ކުރުމުގެ އެޕްލިކޭށަން:

(ހ) ކޯޕަރޭޓް ބޮންޑަށް ނުވަތަ ސުކޫކަށް ސަބްސްކްރައިބް ކުރުމުގެ އެޕްލިކޭށަން ހުށަހެޅުމުގެ އިޖުރާތު ހާމަކުރަންވާނެއެވެ.

(ށ) ކޯޕަރޭޓް ބޮންޑަށް ނުވަތަ ސުކޫކަށް ސަބްސްކްރައިބް ކުރުމުގެ އެޕްލިކޭށަނުގައި ޕްރޮސްޕެކްޓަސްއާ ތައާރުޒުވާ އެއްވެސް މައުލޫމާތެއް ހިމަނައިފައި އޮވެގެން ނުވާނެއެވެ.

 

150 ވަނަ މާއްދާ - އޮފަރ ބަންދުކުރުމުގެ ތާރީހު ފަސްކުރުން

އޮފަރ ބަންދުކުރުމުގެ ތާރީހު ފަސްކުރުމުގެ އިހްތިޔާރު، ޑިރެކްޓަރުންނަށް ލިބިދީފައި ފަސްކުރުން އޮތް ނަމަ، އެކަން ހާމަކުރަންވާނެއެވެ.

 

151 ވަނަ މާއްދާ - އިންސާފުވެރި އަދި ހަމަހަމަ އުސޫލުން އެލޮޓްކުރުން 

ކޯޕަރޭޓް ބޮންޑުގެ ނުވަތަ ސުކޫކުގެ ތެރެއިން ސަބްސްކްރައިބްނުވެ ބާކީ ހުރި ނަމަ، އެ ފަދައިން ބާކީވެފައިވާ ކޯޕަރޭޓް ބޮންޑް ނުވަތަ ސުކޫކް އެލޮކޭޓްކުރާ ހާލަތުތަކުގައި، އެލޮކޭޓްކުރަންވާނީ އިންސާފުވެރި އަދި ހަމަހަމަ އުސޫލަކުންނެވެ. އަދި އެފަދަ ކޯޕަރޭޓް ބޮންޑް ނުވަތަ ސުކޫކް އެލޮކޭޓްކުރާނީ އިންސާފުވެރި އަދި ހަމަހަމަ އުސޫލަކުންކަން، ޕްރޮސްޕެކްޓަސްގައި ބަޔާންކުރަންވާނެއެވެ.

 

 

ފަސްވަނަ ބާބު

ޕްރޮސްޕެކްޓަސް ރެޖިސްޓްރޭށަނުގެ އިޖުރާތުތައް - އިށޫކުރާ ސެކިއުރިޓީޒްއަކީ (މި ބާބުގެ) އިކުއިޓީ ނަމަ

 

152 ވަނަ މާއްދާ - އާންމު ބައިތައް

(ހ) މި ގަވާއިދުގެ ތިންވަނަ ބާބުގެ ދަށުން ތައްޔާރުކުރާ ޕްރޮސްޕެކްޓަސް، އޮތޯރިޓީން ފާސްކުރުމަށް އެދި ހުށަހަޅަންވާނީ މި ބާބުގައި ބަޔާންކޮށްފައިވާ އިޖުރާތުތަކާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.

(ށ) ޕްރޮސްޕެކްޓަސްއާއި، އެއާއެކު، އޮތޯރިޓީއަށް ހުށަހަޅާ ލިއެކިޔުންތައް އޮންނަންވާނީ، އިލެކްޓްރޯނިކް ފޯމެޓުގައި، އެ ލިޔެކިޔުންތަކުން ޓެކްސްޓް ސަރޗްކުރެވޭ ޕޯޓަބަލް ޑޮކިއުމަންޓް ފޯމެޓް (ޕީޑީއެފް) ގައެވެ.

(ނ) ޕްރޮސްޕެކްޓަސްގައި ހާމަކޮށްފައިވާ ރިޕޯޓުތަކުގައި، އެ ރިޕޯޓުތަކަކީ ސަރޓިފައިޑް ޓްރޫ ކޮޕީ ކަމުގައި އެނގެން އޮންނަންވާނެއެވެ. ޕްރޮސްޕެކްޓަސްގައި ތަޖްރިބާކާރެއްގެ ރިޕޯޓެއްގެ ހުލާސާ މައުލޫމާތު ހާމަކޮށްފައިވާ ނަމަ، އެފަދަ ހުލާސާތަކުގެ ފުރިހަމަ ރިޕޯޓު އޮތޯރިޓީއަށް ހުށަހަޅަންވާނެއެވެ.

(ރ) ޕްރޮސްޕެކްޓަސްގައި ހާމަކޮށްފައިވާ ކޮންމެ ރިޕޯޓެއް ވެސް، އޮންނަންވާނީ، އެފަދަ ރިޕޯޓުތަކުގެ ތާރީހާއި ސޮޔާއެކުގައެވެ.

 

153 ވަނަ މާއްދާ - އިސްތިސްނާއަށް އެދި ހުށަހެޅުން

މި ގަވާއިދުގައި ކަނޑައަޅައިފައިވާ އެއްވެސް ކަމަކަށް އިސްތިސްނާއަކަށް އެދި ހުށަހަޅާ ނަމަ، އޮތޯރިޓީއަށް ޕްރޮސްޕެކްޓަސް ހުށަހެޅުމުގެ މަދުވެގެން 14 (ސާދަ) މާކެޓް ދުވަހުގެ ކުރިން، އެ ކަންކަމުގެ ތަފުސީލާއެކު ހުށަހަޅަންވާނެއެވެ.

 

154 ވަނަ މާއްދާ - ޕްރޮސްޕެކްޓަސް ރެޖިސްޓްރޭށަނަށް ހުށަހެޅުން (ސްޓޭޖް 1)

ޕްރޮސްޕެކްޓަސްގެ އިލެކްޓްރޯނިކް ކޮޕީއެއް، އަންނަނިވި ލިއެކިޔުންތަކާއެކު ޕްރޮސްޕެކްޓަސް ރެޖިސްޓްރޭށަނުގެ ބޭނުމަށް، އޮތޯރިޓީއަށް ޕްރިންސިޕަލް އެޑްވައިޒަރު ހުށަހަޅަންވާނެއެވެ.

(ހ) ޕްރިންސިޕަލް އެޑްވައިޒަރުގެ ފަރާތުން ޒިންމާވާ 1 (އެކެއް) ފަރާތުގެ ސޮއިކޮށްފައި އޮތް "ކަވަރ ލެޓަރ" އެއް، އަންނަނިވި ކަންކަން ހިމެނޭގޮތުން ހުށަހެޅުން

  1. ޕްރޮސްޕެކްޓަސް ރަޖިސްޓަރީކުރުމުގެ އެޕްލިކޭށަނާއެކު އަމަލުކޮށްފައިވާކަމުގެ ކޮމްޕްލަޔަންސް ޗެކްލިސްޓު؛
  2. ޕްރޮސްޕެކްޓަސް ތައްޔާރުކޮށްފައިވަނީ ގާނޫނާއި މި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތީންކަމުގައި ބަޔާންކުރުން؛
  3. ޕްރޮސްޕެކްޓަސްއާއެކު ހުށަހަޅާ ހުރިހާ ލިޔެކިޔުމެއް އޭގެ ތާރީހާއި ސޮއި ހިމެނޭގޮތުން ހުށަހަޅައިފައިވާކަން ބަޔާންކުރުން، އޮތޯރިޓީން ކަނޑައަޅައިފައިވާ ރެޖިސްޓްރޭށަން ފީ ދެއްކުން.

(ށ) ހިލޭ ސާބަހަށް ހިލޭ ސާބަހަށް ހިލޭ ސާބަހަށް ހިލޭ ސާބަހަށް ހިލޭ ސާބަހަށް ހިލޭ ސާބަހަށް ހިލޭ ސާބަހަށް

  1. ޕްރޮސްޕެކްޓަސް ރެޖިސްޓްރޭށަން ފީ (ތިރީސް ފަސް ހާސް) 35,000 ރުފިޔާ؛
  2. ށަރީއާ ހުއްދަކުރާ އުސޫލުން ދޫކުރާ މާލީ ސެކިއުރިޓީޒް ނަމަ، ށަރީއާ ކްލެސިފިކޭށަން ފީގެގޮތުގައި ދައްކަންޖެހޭ 35,000 (ތިރީސް ފަސް ހާސް) ރުފިޔާ؛
  3. އިތުރަށް، ހުށަހަޅާ ކޮންމެ ސަޕްލިމެންޓަރީ ނުވަތަ ރިޕްލޭސްމަންޓް ޕްރޮސްޕެކްޓަސްއެއް ރަޖިސްޓަރީކުރުމަށް 5,000 (ފަސް ހާސް) ރުފިޔާ
    ފީގެގޮތުގައި.

(ނ) ޑިރެކްޓަރުންނާއި ޕްރޮމޯޓަރުން ޕްރޮސްޕެކްޓަސްއަށް ޒިންމާވާކަމުގެ ބަޔާނެއް އަދި އެޕްލިކަބަލް ނަމަ، އޮފަރަރގެ އެ ފަދަ ބަޔާނެއް ހުށަހެޅުން.

(ރ) ޕްރޮސްޕެކްޓަސްގައި އެއްވެސް، ފަރާތެއްގެ ބަޔާނެއް ހަމާކޮށްފައިވާ ނަމަ ނުވަތަ އެ ފަދަ ބަޔާނެއް ނުވަތަ ބަޔާންތަކެއްގެ މައްޗަށް ޕްރޮސްޕެކްޓަސް ބިނާކޮށްފައި އޮތް ނަމަ އެ ފަދަ ކޮންމެ ބަޔާނެއް ދީފައިވާ ކޮންމެ ފަރާތްތަކުން ދޭ އިއުތިރާޒެއް ނެތްކަމުގެ ސިޓީ ހުށަހަޅަންވާނެއެވެ. މި ގޮތުން ހުށަހަޅާ އިއުތިރާޒެއް ނެތްކަމުގެ ސިޓީ އޮންނަންވާނީ މި އޮތޯރިޓީން ކަނޑައަޅާ ޓެމްޕްލޭޓާ އެއްގޮތްވާ ގޮތުގެ މަތީންނެވެ.

(ބ) އިށްއަރގެ ދުސްތޫރާއި ރެޖިސްޓްރޭށަން ސެޓްފިކެޓުގެ "ސަރޓިފައިޑް ޓްރޫ "ކޮޕީ" އޮތޯރިޓީއަށް ހުށަހެޅުން.

(ޅ) ޕްރޮސްޕެކްޓަސްގައި ހަވާލާދީފައިވާ ހުރިހާ މެީރިއަލް ކޮންޓްރެކްޓްތަކުގެ (އެ ފަދަ ކޮންޒްރެކްޓްތަކަކީ އިށްއަރގެ، ވިޔަފާރީގެ އާންމު ދާއިރާގެ ތެރެއިން: ނުވަތަ އާންމު ދާއިރާގެ ތެރެއިން ނޫންގޮތުގައި. ކޮށްފައިހުރި ކޮންޓްރެކްޓްތަކެއް ކަމުގައި ވިޔަސް) "ސަރޓިފައިޑް ޑެޓްރޫ ކޮޕ" އޮތޯރިޓީއަށް ހުށަހަޅަންވާނެއެވެ. މި ގޮތުން ލިޔުމުން ނެތް ކޮންޓްރެކްޓެއް އޮތް ނަމަ، އެ ފަދަ ކޮންޓްރެކްޓެއްގެ ފުރިހަމަ މައުލޫމާތު ހިމެނޭ މެޮރެންޑަމެއް، ލީގަލް، އެޑްވައިޒަރު ކަށަވަރުކޮށްދިނުމާއި "ޑިއު ޑިލިޖަންސް" އާއެކު ހުށަހެޅުން.

(ކ) ޕްރޮސްޕެކްޓަސްގައި މާލީ މައުލޫމާތު ހާމަކޮށްފައި އޮތް މުއްދަތުގައި ކޮންމެ މާލީ އަހަރެއްގެ އޮޑިޓްކޮށްފައިވާ މާލީ ބަޔާންތަކުގެ "ސަރޓިފައިޑް ޓްރޫ ކޮފީ" އިލެކްޓްރޯނިކް ފޯމެޓުގައި، ވަކިވަކީން ހުށަހެޅުން.

(އ) ހޯލްޑިންގ ކުންފުންޏެއް ނަމަ ނުވަތަ ގުރޫޕަކަށް ނިސްބަްވާ ކުންފުންޏެއް ނަމަ، ޕްރޮސްޕެކްޓަސްގަި މާލީ މައުލޫމާތު ހާމަކޮށްފައި އޮތް މުއްދަތުގައި، ކޮންމެ މާލީ އަހަރަކަށް ވަކިަކީން ސަބްސިޑިއަރީ ކުންފުނިތަކުގެ އޮޑިޓްކޮށްފައިވާ ކޮންސޯލިޑޭޓެޑް މާލީ ބަޔާންތަކުގެ "ސަރޓިފައިޑް ޓްރޫ ކޮޕީ" އިލެކްޓްރޯނިކް ފޯމެޓުގައި، ހުށަހެޅުން، ޕްރޮސްޕެކްޒަސްގައި ހާމަކޮށްފައިވާ "ސަރޓިފައިޑް ޓްރޫ ކޮޕީ" ހުށަހެޅުން.

(ވ) ޕްްރޮސްޕެކްޓަސްގައި ހާމަކޮށްފައިވާ ތަޖުރިބާކާރުންގެ ރިޕޯޓުތަކުގެ "ސަރޓިފައިޑް ޓްރޫ ކޮޕ" ހުށަހެޅުން. 

(މ) ޕްރޮސްޕެކްޓަސްގައި ހާމަކޮށްފައިވާ، މިހާރު ހިނގަމުންދާ ނުވަތަ ހުށަހެޅިފައި އޮތް ހިދުމަތުގެ ކޮންޓްރެކްޓްތަކުގެ ތެރެއިން، މަގާމުން ވަކިވުމުން އިނާޔަތެއް ލިބިދޭ ގޮތަށް ކޮށްފައި އޮތް ކޮން ޓްރެކްޓެއް ނަމަ، އެ ފަދަ ކޮންޓްރެކްޓްތަކުގެ "ސަރޓިފައިޑް ޓްރޫ ކޮޕީ" ހުށަހެޅުން.

(ފ) އޮތޯރިޓީން ފާސްކޮށްފައިވާ ޕްރޮސްޕެކްޓަސްއަކަށް އެއްވެސް އިސްލާހެއް ގެންނަ ނަމަ، އަންނަނިވި ލިޔެކިޔުން އޮތޯރިޓީ އަށް ހުށަހެޅުން.

  1. ގެނެސްފައިވާ އިސްލާހުތައް ފާހަގަވާގޮތަށް ޓްރެކްކޮށްފައިވާ ޕްރޮސްޕެކްޓަސްގެ ކޮޕީއެއް، އިލެކްޓްރޯނިކް ފޯމެޓުގައި؛
  2. އަންނަނިވި ކަންކަމާ ގުޅިގެން ޕްރިންސިޕަލް އެޑްވައިޒަރު ދީފައިވާ ކަށަވަރުކަމުގެ ބަޔާނެއް؛
    1. ޕްރޮސްޕެކްޓަސްއަށް ގެނެސްފައިވާ އިސްލާހުތައް، ޕްރިންސިޕަލް އެޑްވައިޒަރު ބަލައި ކަށަވަރުކޮށްފައި އޮތްކަން؛
    2. ޕްރޮސްޕެކްޓަސްއަށް ގެނެސްފައިވާ އިސްލާހުތައް ހުރީ، ގާނޫނާއި މި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތީންކަން.

 

155 ވަނަ މާއްދާ - ޕްރޮސްޕެކްޓަސް އެކްސްޕޯށަރއަށް ހުއްދަ ހޯދުން

ޕްރޮސްޕެކްޓަސްގެ އެކްސްޕޯށަރ ބޭނުންވާ ހާލަތުތަކުގައި އެ ޕްރޮސްޕެކްޓަސްއެއްގެ އިލެކްޓްރޯނިކް ކޮޕީ، ޕްރިންސިޕަލް އެޑްވައިޒަރު، އޮތޯރިޓީ އަށް ހުށަހަޅަންވާނެއެވެ. އަދި ޕްރޮސްޕެކްޓަސްގެ ކަވަރ ޕޭޖުގައި، ފެވި ލިޔުމުން އަދި ތަފާތު ކުލަޔަކުން، އަންނަނިވި ބަޔާން ލިޔެފައި އޮންނަންވާނެއެވެ.

"މި ޕްރޮސްޕެކްޓަސްއަކީ، ކެޕިޓަލް މާރކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ (އޮތޯރިޓީ) ގައި ރަޖިސްޓަރީކޮށް ފައިވާ ޕްރޮސްޕެކްޓަސްއެއް ނޫނެވެ. މި ޕްރޮސްޕެކްޓަސް ރަޖިސްޓަރީކުރުމުގެ ކުރިން މި ޕްރޮސްޕެކްޓަސްގައި ހާމަކޮށްފައިވާ މައުލޫމާ ތަށް ބަދަލުއައުން އެކަށ ގެންވެއެވެ. އެއްވެސް ހާލެއްގައި މި ޕްރޮސްޕެކްޓަސްއަކީ ސަބްސްކްރައިބް ކުރުމަށް ހުޅުވައިލެވިފައިވާ އޮފަރިންގއެއްގެ ގޮތުގައި ނުވަތަ ސަބްސް ކްރައިބް ކުރުމަށް ދީފައި އޮތް ދައު ވަތެއްގެ ގޮތުގައި ބަލައިގެން ނުވާނެއެވެ."

 

156 ވަނަ މާއްދާ - ޕްރޮސްޕެކްޓަސް ރަޖިސްޓަރީ ކުރުމަށް ހުށަހެޅުން (ސްޓޭޖް 2)

ސްޓޭޖް 1 ގެ ހުއްދަ ލިބުމުން، ޕްރޮސްޕެކްޓަސް ރަޖިސްޓަރީކުރުމަށް ގަސްތުކޮށްފައިވާ ތާރީހުގެ މަދުވެގެން މާކެޓު ދުވަހުގެ 14 (ސާދަ) ދުވަހުގެ ކުރިން، މި ގަވާއިދުގެ 157 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ހުރިހާ ލިޔެކިޔުމެއް، ޕްރިންސިޕަލް އެޑްވައިޒަރު، އޮތޯރިޓީއަށް ހުށަހަޅަންވާނެއެވެ.

 

157 ވަނަ މާއްދާ - މާލީ މައުލޫމާ ތަށް ބަދަލުއައުން

މި ގަވާއިދުގެ 156 ވަނަ މާއްދާގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، މި ގަވާއިދުގެ 154 ވަނަ މާއްދާގެ ދަށުން އޮތޯރިޓީ އަށް ހުށަހެޅިފަހުން މާލީ މައުލޫމާތަށް އިސްލާހެއް ގެނެސްފައި އޮތް ނަމަ، ޕްރޮސްޕެކްޓަސް ރަޖިސްޓަރީ ކުރުމަށް ގަސްތުކޮށްފައިވާ ތާރީހުގެ މާކެޓު ދުވަހުގެ 14 (ސާދަ) ދުވަހުގެ ކުރިން، އިސްލާހުކުރި ޕްރޮސްޕެކްޓަސް، އޮތޯރިޓީ އަށް ހުށަހަޅަންވާނެއެވެ.

 

158 ވަނަ މާއްދާ - ޕްރޮސްޕެކްޓަސްއާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް 

ޕްރޮސްޕެކްޓަސްއާއެކު، އަންނަނިވި ލިޔެކިޔުން ހުށަހަޅަންވާނެއެވެ.

(ހ) ޕްރިންސިޕަލް އެޑްވައިޒަރުގެ ފަރާތުން ޒިންމާވާ 1 (އެކެއް) ފަރާތުން ސޮއިކޮށް، "ކަވަރ ލެޓަރ" އަކާއެކު، އަންނަނިވި ކަންކަން ހިމެނޭ ގޮތުން، ޕްރޮސްޕެކްޓަސް ރަޖިސްޓަރީ ކޮށްދިނުމަށް ހުށަހެޅުން.

  1. ޕްރޮސްޕެކްޓަސް ނެރުމުގެ ކުރިޔަށް، ހުއްދަ ލިބިގަތުމަށް އަމަލުކުރަންޖެހޭ ހުރިހާ ށަރުތުތަކަށް އަމަލުކޮށްފައިވާކަން ބަޔާންކުރުން؛
  2. ކަމާ ގުޅުންހުރި އެހެން ހުރިހާ އިދާރާއަކުން ހޯދަންޖެހޭ ހުއްދަތައް ލިބިފައި އޮތްކަމުގެ ކަށަވަރުކަން؛
  3. ޕްރޮސްޕެކްޓަސްގައި ހިމަނައިފައި އޮތް އެއްވެސް ފަރާތެއްގެ ބަޔާނަކަށް ނުވަތަ އެ ފަރާތަކުން ދީފައި އޮތް ބަޔާނެއްގެ މައްޗަށް ބިނާކޮށް ޕްރޮސްޕެކްޓަސްގައި ހާމަކޮށްފައި އޮތް ބަޔާނަކާ ގުޅިގެން، އެ ފަދަ ފަރާތަކުން ދީފައި އޮތް އިއުތިރާޒު ނެތްކަމުގެ ލިޔުން އަނބުރާ ގެންގޮސްފައިނުވާކަމުގެ ކަށަވަރުކަން.

(ށ) މި ގަވާއިދުގެ 52 ވަނަ މާއްދާގެ ދަށުން މެޓީރިއަލް ކޮންޓްރެކްޓްތަކުގެ (އެ ފަދަ ކޮންޓްރެކްޓްތަކަކީ، ކުންފުނީގެ ވިޔަފާރީ ގެ އާންމު ދާއިރާއިގެ ތެރެއިން ނުވަތަ އާންމު ދާއިރާގެ ތެރެއިން ނޫންގޮތެއްގައި ކޮށްފައިހުރި ކޮންޓްރެކްޓްތަކެއް ކަމުގައި ވިޔަސް) "ސަރޓިފައިޑް ޓްރޫ ކޮޕީ" އޮތޯރިޓީ އަށް ހުށަހެޅިފަހުން
އެ ކޮންޓްރެކްޓްތަކަށް އިސްލާހެއް ގެނެސްފައި އޮތް ނަމަ ނުވަތަ އެ ފަދަ އައު ކޮންޓްރެކްޓެއް ކޮށްފައި އޮތް ނަމަ، އެ ފަދަ ލިޔެކިޔުން ހުށަހެޅުން.

(ނ) މި ގަވާއިދުގެ 157 ވަނަ މާއްދާގެ ދަށުން އޮތޯރިޓީ އަށް މާލީ މައުލޫމާތު ހުށަހެޅި ފަހުން އިސްލާހުކޮށްފައިވާ ނަމަ، އެ މާލީ އަހަރަކަށް ނުވަތަ މުއްދަތަކަށް އިސްލާހުކޮށްފައިވާ އޮޑިޓްކުރި މާލީ ބަޔާންތަކުގެ "ސަރޓިފައިޑް ޓްރޫ ކޮޕީ" އެޕްލިކަބަލް ނަމަ ހުށަހެޅުން.

(ރ) ހޯލްޑިންގ ކުންފުންޏެއް ނަމަ، ކޮންމެ މާލީ އަހަރަކަށް ސަބްސިޑިއަރ ކުންފުނިތަކުގެ އޮޑިޓްކޮށްފައިވާ މާލީ ބަޔާންތަކުގެ "ސަރޓިފައިޑް ޓްރޫ ކޮޕީ" އިލެކްޓްރޯނިކް ފޯމެޓުގައި ހުށަހެޅުން.

(ބ) އޮތޯރިޓީން ފާސްކޮށްފައިވާ ޕްރޮސްޕެކްޓަސްއަކަށް އެއްވެސް އިސްލާހެއް ގެންނަ ނަމަ، އަންނަނިވި ލިޔެކިޔުން އޮތޯރިޓީ އަށް ހުށަހެޅުން.

  1. ގެނެސްފައިވާ އިސްލާހުތައް ފާހަގަވާގޮތަށް ޓްރެކްކޮށްފައިވާ ޕްރޮސްޕެކްޓަސްގެ ކޮޕީ؛
  2. އަންނަނިވި ކަންކަމާ ގުޅިގެން ޕްރިންސިޕަލް އެޑްވައިޒަރު ދީފައިވާ ކަށަވަރުކަމުގެ ބަޔާނެއ.ް
    1. ޕްރޮސްޕެކްޓަސްއަށް ގެނެސްފައިވާ އިސްލާހުތައް، ޕްރިންސިޕަލް އެޑްވައިޒަރު ބަލައި ކަށަވަރުކޮށްފައި އޮތްކަން؛
    2. ޕްރޮސްޕެކްޓަސްއަށް ގެނެސްފައިވާ އިސްލާހުތައް ހުރީ، ގާނޫނާއި މި ގަވާއިދުގައި ހާމަކުރުމަށް ކަނޑައަޅައިފައިވާ މައުލޫމާތާ އެއްގޮތްވާ ގޮތުގެ މަތީންކަން 

 

159 ވަނަ މާއްދާ - ސަޕްލިމެންޓަރީ ޕްރޮސްޕެކްޓަސް އާއި ރިޕްލޭސްމަންޓް ޕްރޮސްޕެކްޓަސް

ސަޕްލިމެންޓަރީ ޕްރޮސްޕެކްޓަސްއެއް ރަޖިސްޓަރީ ކުރަން ހުށަހަޅާ ނަމަ، އެ ފަދަ ޕްރޮސްޕެކްޓަސްއެއް ރަޖިސްޓަރީ ކުރުމަށް ގަސްތުކޮށްފައި އޮތް ތާރީހުގެ މާކެޓު ދުވަހުގެ 7 (ހަތެއް) ދުވަހުގެ ކުރިން އޮތޯރިޓީއަށް ސަޕްލިމެންޓަރީ ޕްރޮސްޕެކްޓަސް ހުށަހަޅަންވާނެއެވެ.

(ށ) ރިޕްލޭސްމަންޓް ޕްރޮސްޕެކްޓަސްއެއް ރަޖިސްޓަރީ ކުރަން ހުށަހަޅާ ނަމަ، އެފަދަ ޕްރޮސްޕެކްޓަސްއެއް ރަޖިސްޓަރީ ކުރުމަށް ގަސްތުކޮށްފައި އޮތް ތާރީހުގެ މާކެޓު ދުވަހުގެ 7 (ހަތެއް) ދުވަހުގެ ކުރިން، އޮތޯރިޓީއަށް، ރިޕްލޭސްމަންޓް ޕްރޮސްޕެކްޓަސް ހުށަހަޅަންވާނެއެވެ.

(ނ) ސަޕްލިމެންޓަރީ ޕްރޮސްޕެކްޓަސްއެއް ނުވަތަ ރިޕްލޭސްމަންޓް ޕްރޮސްޕެކްޓަސްއެއް ރަޖިސްޓަރީ ކުރުމަށް، ޕްރިންސިޕަލް އެޑްވައިޒަރު ހުށަހެޅުމުގައި އަންނަނިވި
ލިޔެކިޔުން ހިމަންނަވާނެއެވެ.

  1. މި ގަވާއިދުގެ 158 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ލިޔެކިޔުން، އެޕްލިކަބަލް ނަމަ ހުށަހެޅުން؛
  2. ކުރިން ރަޖިސްޓަރީ ކުރި ޕްރޮސްޕެކްޓަސްގައި ހާމަކޮށްފައިވާ އަސްލު ބަޔާންތައް އެނގޭނޭ ގޮތަށް ފާހަގަކޮށްފައިވާ ލިސްޓަކާއި، އިސްލާހުކޮށްފައިވާ ބަޔާންތައް އެނގޭނޭ ގޮތަށް ފާހަގަކޮށްފައިވާ ލިސްޓެއް ހުށަހެޅުން.

 

160 ވަނަ މާއްދާ - ޕްރޮސްޕެކްޓަސްއެއް އަނބުރައި ފޮނުވައިލުމުގެ ބާރު

އަންނަނިވި ހާލަތުތަކުގައި، އޮތޯރިޓީ އަށް ގަބޫލުކުރެވޭ ނަމަ، ޕްރޮސްޕެކްޓަސް ރަޖިސްޓަރީ ނުކޮށް އަނބުރާ ފޮނުވައިލުމުގެ ބާރު، އޮތޯރިޓީއަށް ލިބިގެންވެއެވެ.

(ހ) ޕްރޮޕސްޕެކްޓަސްގައި ހާމަކޮށްފައިވާ މައުލޫމާތު ފުރިހަމަނުވުން.

(ށ) މުޅި ޕްރޮސްޕެކްޓަސްގެ ފައިނަލް ހުށަހަޅައިފައި ނުވުމާއި، ފުރިހަމަގޮތުގައި ހުށަހަޅައިފައި ނުވުން. ނުވަތަ

(ނ) ޕްރޮސްޕެކްޓަސްއާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ފުރިހަމައަށް ހިމަނައިފައި ނުވުން.

 

161 ވަނަ މާއްދާ - ޕްރޮސްޕެކްޓަސް ރެޖިސްޓްރޭށަންގެ އިޖުރާތުތައް - އާންމު ބައިތަކުގެ ގައިޑަންސް ނޯޓު

(ހ) އޮޮތޯރިޓީއަށް ހުށަހެޅުމަށްފަހ،ު ޕްރޮސްޕެކްޓަސްއާއި އެ ޔާއެކު ހުށަހަޅައިފައިވާ އެއްވެސް ލިޔެކިޔުމަކަށް އިސް ލާހެއް ގެނެސްފައިވާ ނަމަ، އެ އިސްލާހު ޓްރެކްކޮށްފައިވާ އެ ލިޔެކިޔުމެއްގެ ކޮޕީ (މައުލޫމާތެއް އުނިކޮށްފައިވާ ނަމަ އެ މައުލޫމާތެއް ވެސް ފާހަގަވާނޭ ގޮތަށް) އޮތޯރިޓީ އަށް ހުށަހަޅަންވާނެއެވެ.

(ށ) ޕްރޮސްޕެކްޓަސްއާއި އެއާ ގުޅިގެން ހުށަހަޅާ އެންމެހައި ލިޔެކިޔުންތަކުގައި ސޮއިކުރާ ފަރާތްތަކުގެ ނަމާއި މަގާމު ލިޔަންވާނެއެވެ. ނަމާއި މަގާމު ލިޔެފައި އޮންނަންވާނީސޮއިގެ ތިރީގައެވެ.

(ނ) އިއުތިރާޒެއް ނެތްކަމުގެ ލިޔުމާއި ސިޓީ އާއި ރިޕޯޓު އޮތޯރިޓީ އަށް ހުށަހަޅައިފައިވަނީ ވިޔަފާރި ނުވަތަ ޕްރޮޕެށަނަލް ފަރމްއަކުން ނަމަ، އެ ފަދަ ލިޔެކިޔުމުގައި ސޮއިކޮށްފައި އޮންނަންވާނީ އެ ފަރމްއަކުން އަދި އެ ފަރމްއަކުން ސޮއިކުރުމަށް ކަނޑައަޅައިފައިވާ ފަރާތްތަކުން، އެ ފަރާތްތަކުގެ ނަމުގައެވެ.

(ރ) އޮޑިޓްކޮށްފައިވާ އިންޓެރިމް މާލީ ރިޕޯޓު ނެތް ހާލަތުގައި:

  1. އޮތޯރިޓީ ގައި ޕްރޮސްޕެކްޓަސް ރަޖިސްޓަރީކުރުމަށް (ސްޓޭޖް 1 ގައި) ހުށަހަޅާއިރު، ޕްރޮސްޕެކްޓަސްގައި ހާމަކޮށްފައި އޮތް އެންމެފަހު މާލީ އަހަރު ނިމުނު ތާރީހުން ފެށިގެން 12 (ބާރަ) މަސްދުވަހަށް ވުރެ ދިގު މުއްދަތެއް ފާއިތުވެފައި ނެތުން؛
  2. އޮތޯރިޓީ ގައި ޕްރޮސްޕެކްޓަސް ރަޖިސްޓަރީ ކުރުމަށް (ސްޓޭޖް 1 ގައި) ހުށަހަޅައިފައިވަނީ، ޕްރޮސްޕެކްޓަސްގައި ހާމަކޮށްފައި އޮތް އެންމެ ފަހު މާލީ އަހަރު ނިމުނު ތާރީހުން ފެށިގެން 12 ( ބާރަ) މަސްދުވަހަށް ވުރެ ދިގު މުއްދަތެއް ފާއިތުވިފަހުން ކަމުގައިވާ ނަމަ؛
    1. މެނޭޖްމަންޓް އެކައުންޓްސްގެ ކޮޕީ އަކާއެކު، އެއާ ގުޅޭގޮތުން މެނޭޖްމަންޓުން ކޮށްފައިހުރި މަށްވަރާތަކާއި އެނަލިސިސް، އޮތޯރިޓީއަށް ހުށަހެޅުން؛
    2. މެނޭޖްމަންޓް އެކައުންޓްސް ނިމޭ ތާރީހުން ފެށިގެން، ޕްރޮސްޕެކްޓަސް ރަޖިސްޓަރީ ކުރުމަށް އޮތޯރިޓީ އަށް ހުށަހަޅާ ތާރީހާ ހަމަޔަށް، 3 (ތިނެއް) މަސްދުވަސް ވެފައި ނެތުން.

 

162 ވަނަ މާއްދާ - ރިޕޯޓުތަކާއި، ސިޓީ ތަކާ ގުޅޭ ގައިޑަންސް ނޯޓު

އޮޮތޯރިޓީއަށް ހުށަހަޅަންޖެހޭ ރިޕޯޓުތަކާއި ސިޓީ ތަކުގައި ތާރީހުޖަހައި ސޮއިކޮށްފައި ހުރުމާއި، ޖަހައިފައިވާ ތާރީހަކީ، އެންމެ ފަހުގެ ޕްރެޓިކަބަލް ތާރީހުގެ ކުރީގެ ތާރީހަކަށް ނުވުމާއި، އޭގެ ފަހުގެ އެކަށީ ގެންވާ ތާރީހެއް ކަމުގައި ވާންވާނެއެވެ.

 

163 ވަނަ މާއްދާ - އިސްތިސްނާއަށް އެދި ހުށަހެޅުމާ ގުޅޭ ގައިޑަންސް ނޯޓު

(ހ) އިސްތިސްނާއަށް އެދި ހުށަހަޅަންވާނީ އެކަމާ ގުޅޭ އެންމެހައި ލިޔެކިޔުންތަކާ އެކުގައެވެ.

(ށ) އިސްތިސްނާކޮށްދިނުމަށް އެދި އެއްވެސް ކަމެއް އޮތޯރިޓީ އަށް ހުށަހެޅުމުގެ ކުރިން ކުންފުނިންނާއި އެ ފަރާތުގެ ޕްރިންސިޕަލް އެޑްވައިޒަރު ވެސް އެ ފަދަ އިސްތިސްނާތަކާމެދު އޮތޯރިޓީއާ މަށްވަރާކުރުން އެދެވިގެންވެއެވެ.

(ނ) އިިސްޕެކްށަންގެ ބޭނުމަށް ފޯރުކޮށްދެވޭ މެޓީރިއަލް ކޮންޓްރެކްޓްތަކުގެ ބައެއް މާއްދާތައް ހާމަކުރުމުގައި އިސްތިސްނާއެއް ބޭނުންވާ ނަމަ، އެއިން ހާމަކުރުމަށް އުޒުރުވެރިވާ (އުނިކުރަން އެދޭ) ކޮންމެ މާއްދާއަކަށް އިސްތިސްނާއަށް އެދޭ ސަބަބާއެކު އޮތޯރިޓީ އަށް ވަކިވަކީން ހުށަހަޅަންވާނެއެވެ. 

 

164 ވަނަ މާއްދާ - ޕްރޮސްޕެކްޓަސްގެ ފުރިހަމަކަން ކަށަވަރުކުރުމާ ގުޅޭ ގައިޑަންސް ނޯޓު

ފުރިހަމަކޮށްފައި ނެތް މައުލޫމާ ތަކީ، އެ މައުލޫމާތުގެ ޒާތަށް ބަލާއިރު، ކަމާބެހޭ އިދާރާތަކުން ލިބެންޖެހޭ ހުއްދަތައް ލިބިގެން މެނުވީ ފުރިހަމަކުރެވެން ނެތް އަދި ހާމަކުރެވެން ނެތް ބައިތައް ކަމުގައި ވާ ނަމަ، އެ ފަދަ މައުލޫމާތެއް ފިޔަވައި، ޕްރޮސްޕެކްޓަސްގައި ހާމަކޮށްފައިވާ އެންމެހައި މައުލޫމާތަކީ، އެ މައުލޫމާތު ފުރިހަމަކުރެވެން އޮތް އެންމެ ބޮޑަކަށް ފުރިހަމަކޮށްފައި ހުށަހަޅައިފައިވާ މައުލޫމާތުކަމުގައި ވާންވާނެއެވެ. މި ގޮތުން ފުރިހަމަކޮށްފައި ހުށަހެޅުން އިސްތިސްނާކުރެވިދާނެ މައުލޫމާތުގެ ތެރޭގައި އަންޑަރރައިޓްކުރުމުގެ އެއްބަސްވުންތަކުގެ ލިޔެކިޔުން ހިމެނެއެވެ.

 

165 ވަނަ މާއްދާ - އިއުތިރާޒެއް ނެތްކަމުގެ ސިޓީއާ ގުޅޭ ގައިޑަންސް ނޯޓު

އަންނަނިވި ފަރާތްތަކުން ދީފައި އޮތް ރަސްމީ ބަޔާނަކަށް ހަވާލާދީ، އެ ފަދަ ބަޔާނަކުން ބައެއް ޕްރޮސްޕެކްޓަސްގައި ހާމަކޮށްފައިވާ ހާލަތުގައި، އިއުތިރާޒެއް ނެތްކަމުގެ ލިޔުން ހުށަހެޅުން މި ގަވާއިދު ލާޒިމެއް ނުކުރެއެވެ.

(ހ) ދިވެހި ސަރުކާރާއި، އެހެން ގައު މެއްގެ ސަރުކާރުން (އޭގެ ތެރޭގައި މަރުކަޒީ ސަރުކާރާއި، ސަރަހައްދީ ސަރުކާރާއި، ސަރުކާރުގެ މާނައިގައި ހިމެނޭ
އެހެން ވެސް އެ ފަދަ ގޮފިތައް ހިމެނޭ ގޮތުން) އަދި ރެގިއުލޭޓަރީ އޮތޯރިޓީތަކާއި، ރެގިއުލޭޓަރ އޮތޯރިޓީއެއްގެ މަސްއޫލިއްޔަތު މަތިކުރެވިފައިވާ
އެ ފަދަ އެހެން ވެސް އިދާރާތައ.ް

(ށ) އެކުވެރި ދައުލަތްތަކުގެ ޖަމުއިއްޔާއާއި، އެ ޖަމާއަތުގައި ހިމެނޭ އެ ޖަމާއަތުގެ އެހެން ވެސް ގުނަވަންތައް.

 

166 ވަނަ މާއްދާ - އެކްސްޕޯށަރ ޑްރާފްޓާ ގުޅޭ ގައިޑަންސް ނޯޓު

(ހ) އަންނަނިވި މައުލޫމާތު ކިޔަން ނޭނގޭނެ ގޮތަށް ކަނޑައިލުމަށްފަހ،ު ޕްރޮސްޕެކްޓަސްގެ އިލެކްޓްރޯނިކް ކޮޕީ ގައި ހާމަކުރެވިދާނެއެވެ.

  1. އޮފަރކުރުމަށް ހުޅުވައިލެވޭ ހިއްސާ އަގުކޮށްފައިވާ ގޮތާއި، ވިއްކާ ހިއްސާއިން ލިބޭ ޕްރޮސީ ޑްސްއާއި ސެކިއުރިޓީޒް އޮފަރިންގއާ ގުޅިގެން އަންނާނެކަމުގައި ބެލެވޭ ޕްރޮ ފޯމާ ބަދަލުތައް ފަދ،ަ އެ އަގުކުރުމާ ގުޅުންހުރި އެހެނިހެން މައުލޫމާތު؛
  2. ލިސްޓުކުރުމާ ގުޅޭ އިންޑިކޭޓިވް ޓައިމްލައިން؛
  3. އަންޑަރރައިޓް ކުރުމުގެ އެއްބަސްވުން ފަދަ އެއްބަސްވުންތައް ހުރި ނަމަ، އެ ފަދަ އެއްބަސްވުންތަކުގެ މައިގަނޑު މާއްދާތައ.ް

(ށ) ޕްރޮސްޕެކްޓަސްގައި ހިމެނޭ އޮޑިޓްކޮށްފައިވާ މާލީ ބަޔާންތަކާއި، ޕްރޮ ފޯމާ ސިޓީތައް، ޕްރޮސްޕެކްޓަސް އެކްސްޕޯށަރ ޑްރާފްޓުގެ ބޭނުމަށް، ސޮޔާއި ތާރީހު
ހިމެނުން ލާޒިމެއް ނޫނެވެ.

 

 

ހަވަނަ ބާބު

ޕްރޮސްޕެކްޓަސް ރެޖިސްޓްރޭށަންގެ އިޖުރާތުތައް (ދޫކުރާ ސެކިއުރިޓީޒްއަކީ ކޯޕަރޭޓް ބޮންޑާއި ސުކޫކް ނަމަ)

 

167 ވަނަ މާއްދާ - އާންމު ބައިތައް 

(ހ) މި ގަވާއިދުގެ ހަތަރުވަނަ ބާބުގެ ދަށުން އޮތޯރިޓީން ފާސްކުރުމަށް އެދި ޕްރޮސްޕެކްޓަސް ހުށަހަޅަންވާނީ، މި ބާބުގައި ބަޔާންކޮށްފައިވާ އިޖުރާތުތަކާ އެއްގޮތްވާ ގޮތުގެ މަތީންނެވެ.

(ށ) ޕްރޮސްޕެކްޓަސްއާއި، ޕްރައިސިންގ ސަޕްލިމެންޓާއި، އެޔާއެކު ހުށަހަޅަންޖެހޭ އެހެނިހެން ލިޔެކިޔުންތައް އޮތޯރިޓީ އަށް ހުށަހަޅަންވާނީ، އިލެކްޓްރޯނިކް ފޯމެޓުގައި، އެ ލިޔެކިޔުންތަކުން ޓެކްސްޓް ސަރޗްކުރެވޭ ޕޯޓަބަލް ޑޮކިއުމަންޓް ފޯމެޓް (ޕީ.ޑީ.އެފް.) ގައެވެ.

(ނ) ޕްރޮސްޕެކްޓަސްގައި ހަވާލާދީ ފައިވާ ހުރިހާ ރިޕޯޓުތަކާއި ސިޓީ ތަކެއްގެ "ސަރޓިފައިޑް ޓުރޫ ކޮޕީ" ޕްރޮސްޕެކްޓަސް ރަޖިސްޓަރީ ކުރުމުގެ އެޕްލިކޭށަނުގެ ބޭނުމަށް ހުށަހަޅަންވާނެއެވެ. ޕްރޮސްޕެކްޓަސްގައި ތަޖުރިބާކާރެއްގެ ރިޕޯޓެއްގެ ހުލާސާ މައުލޫމާތު ހާމަކޮށްފައިވާ ނަމަ، އެ ފަދަ ހުލާސާތަކުގެ ފުރިހަމަ ރިޕޯޓ،ު އޮތޯރިޓީ އަށް ހުށަހަޅަންވާނެއެވެ. 

(ރ) ޕްްރޮސްޕެކްޓަސްގައި ހާމަކޮށްފައިވާ ކޮންމެ ރިޕޯޓެއް ވެސް އޮންނަންވާނީ، އެ ފަދަ ރިޕޯޓުތަކުގެ ތާރީހާއި ސޮއި ހިމަނައިފައެވެ.

 

168 ވަނަ މާއްދާ - އިސްތިސްނާއަށް އެދި ހުށަހެޅުން

މި ގަވާއިދުގައި ކަނޑައަޅައިފައިވާ އެއްވެސް ކަމަކަށް އިސްތިސްނާއަކަށް އެދި ހުށަހަޅާ ނަމަ، އޮތޯރިޓީ އަށް ޕްރޮސްޕެކްޓަސް ހުށަހެޅުމުގެ މަދުވެގެން މާކެޓް ދުވަހުގެ 14 (ސާދަ) ދުވަހުގެ ކުރިން، އެ ކަންކަމުގެ ތަފުސީލާއެކު ހުށަހަޅަންވާނެއެވެ.

 

169 ވަނަ މާއްދާ - ްރޮސްޕެކްޓަސް ރެޖިސްޓްރޭށަން ހޯދުމަށް ހުށަހެޅުން (ސްޓޭޖް 1)

ޕްްރިންސިޕަލް އެޑްވައިޒަރު މެދުވެރިކޮށް އަންނަނިވި ލިޔެކިޔުންތައް ޕްރޮސްޕެކްޓަސް ރެޖިސްޓްރޭށަންގެ ބޭނުމަށް އޮތޯރިޓީ އަށް ހުށަހަޅަންވާނެއެވެ. 

(ހ) ޕްްރިންސިޕަލް އެޑްވައިޒަރުގެ ފަރާތުން ޒިންމާވާ 1 (އެކެއް) ފަރާތުގެ ސޮއިކޮށްފައި އޮތް، "ކަވަރ ލެޓަރ" އެއް، އަންނަނިވި ކަންކަން ހިމެނޭ ގޮތުން ހުށަހެޅުން.

  1. ޕްރޮސްޕެކްޓަސް ރަޖިސްޓަރީ ކުރުމުގެ އެޕްލިކޭށަނާއެކު، މި ގަވާއިދަށް އަމަލުކޮށްފައިވާކަމުގެ ކޮމްޕްލަޔަންސް ޗެކްލިސްޓު؛
  2. ޕްރޮސްޕެކްޓަސް ތައްޔާރުކޮށްފައިވަނީ، ގާނޫނާއި މި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތީންކަމުގެ ބަޔާނެއް؛
  3. ޕްރޮސްޕެކްޓަސްއާއެކު ހުށަހަޅާ ހުރިހާ ލިޔެކިޔުންތައް އޭގެ ތާރީހާއި ސޮއި ހިމެނޭ ގޮތުން ހުށަހަޅައިފައިވާކަމުގެ ބަޔާނެއ.ް

(ށ) އޮތޯރިޓީން ކަނޑައަޅައިފައިވާ ރެޖިސްޓްރޭށަން ފީ ދެއްކުން.

  1. ޕްރޮސްޕެކްޓަސް ރަޖިސްޓަރީ ކުރުމަށް 35,000 (ތިރީސް ފަސްހާސް) ރުފިޔާ؛
  2. އިތުރަށް ހުށަހަޅާ ކޮންމެ ސަޕްލިމެންޓަރ ނުވަތަ ރިޕްލޭސްމަންޓް ޕްރޮސްޕެކްޓަސްއެއް ރަޖިސްޓަރީ ކުރުމަށް 5,000 (ފަސް ހާސް) ރުފިޔ.ާ

(ނ) މި ޕްރޮސްޕެކްޓަސްއަށް ޑިރެކްޓަރުން ޒިންމާވާކަމުގެ ބަޔާން ހުށަހެޅުން.

(ރ) ޕްރޮސްޕެކްޓަސް ރަޖިސްޓަރީ ކުރަން އޮތޯރިޓީ އަށް ހުށަހެޅުމަށް ޑިރެކްޓަރުންގެ ބޯޑުން ހުއްދަ ދީ ފައި އޮތް ގަރާރު ހުށަހެޅުން.

(ބ) ޕްރޮސްޕެކްޓަސްގައި އެއްވެސް ފަރާތެއްގެ ބަޔާނެއް ހަމާކޮށްފައިވާ ނަމަ ނުވަތަ އެ ފަދަ ބަޔާނެއް ނުވަތަ ބަޔާންތަކަށް ޕްރޮސްޕެކްޓަސް ބިނާކޮށްފައި އޮތް ނަމަ، އެ ފަދަ ކޮންމެ ބަޔާނެއް ފޯރުކޮށްދީ ފައިވާ ކޮންމެ ފަރާތަކުން ދޭ އިއުތިރާޒެއް ނެތްކަމުގެ ސިޓީތަކުގެ "ސަރޓިފައިޑް ޓްރޫ ކޮޕީ" ހުށަހެޅުން.

(ޅ) އިށުއަރގެ ދުސްތޫރާއި ރަޖިސްޓްރޭށަން ސެޓުފިކެޓުގެ "ސަރޓިފައިޑް ޓްރޫ ކޮޕީ" އޮތޯރިޓީ އަށް ހުށަހެޅުން.

(ކ) ޕްރޮސްޕެކްޓަސްގައި ހަވާލާދީ ފައިވާ ހުރިހާ މެޓީރިއަލް ކޮންޓްރެކްޓްތަކުގެ "ސަރޓިފައިޑް ޓްރޫ ކޮޕީ" އޮތޯރިޓީ އަށް ހުށަހެޅުން. މި ގޮތުން ލިޔުމުން ނެތް ކޮންޓްރެކްޓެއް އޮތް ނަމަ، އެ ފަދަ ކޮންޓްރެކްޓެއްގެ ފުރިހަމަ މައުލޫމާތު ހިމެނޭ މެމޮރެންޑަމެއް، ލީގަލް އެޑްވައިޒަރު ކަށަވަރުކޮށްދިނުމާއި، "ޑިއު ޑިލިޖަންސް" އާއެކު ހުށަހެޅުން.

(އ) ޕްރޮސްޕެކްޓަސްގައި ހާމަކޮށްފައިވާ ތަޖުރިބާކާރުންގެ ރިޕޯޓުތަކުގެ "ސަރޓިފައިޑް ޓްރޫ ކޮޕީ" ހުށަހެޅުން.

(ވ) މާލީ ކޮންމެ އަހަރެއްގެ އަދި މާލީ މުއްދަތެއްގެ އޮޑިޓްކޮށްފައިވާ މާލީ ބަޔާންތަކުގެ "ސަރޓިފައިޑް ޓްރޫ ކޮޕީ" ވަކިވަކީން ހުށަހެޅުން.

(މ) ހޯލްޑިންގ ކުންފުންޏެއް ނަމަ ނުވަތަ ގުރޫޕަކަށް ނިސްބަތްވާ ކުންފުންޏެއް ނަމަ، މާލީ ކޮންމެ އަހަރަކަށާއި މާލީ މުއްދަތަށް ވަކިވަކި ސަބްސިޑިއަރ ކުންފުނިތަކުގެ އޮޑިޓްކޮށްފައިވާ ކޮންސޯލިޑޭޓެޑް މާލީ ބަޔާންތަކުގެ "ސަރޓިފައިޑް ޓްރޫ ކޮޕީ" އިލެކްޓްރޯނިކް ފޯމެޓުގައި ހުށަހެޅުން.

(ފ) ޕްރޮސްޕެކްޓަސްގެ އެކްޕޯށަރ ބޭނުންވާ ހާލަތުތަކުގައި އެ ޕްރޮސްޕެކްޓަސްއެއްގެ އިލެކްޓްރޯނިކް ކޮޕީ، ޕްރިންސިޕަލް އެޑްވައިޒަރ، އޮތޯރިޓީއަށް ހުށަހަޅަންވާނެއެވެ. އަދި ޕްރޮސްޕެކްޓަސްގެ ކަވަރ ޕޭޖުގައި ފެވި ލިޔުމުން އަދި ތަފާތު ކުލަޔަކުން، އަންނަނިވި ބަޔާން ލިޔެފައި އޮންނަންވާނެއެވެ.

"މި ޕްރޮސްޕެކްޓަސްއަކީ، ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީގައި ރަޖިސްޓަރީކޮށް ފައިވާ ޕްރޮސްޕެކްޓަސްއެއް ނޫނެވެ. މި ޕްރޮސްޕެކްޓަސް ރަޖިސްޓަރީކުރުމުގެ ކުރިން މި ޕްރޮސްޕެކްޓަސްގައި ހާމަކޮށްފައިވާ މައުލޫމާތަށް ބަދަލުއައުން އެކަށ ގެންވެއެވެ. އެއްވެސް ހާލެއްގައި މި ޕްރޮސްޕެކްޓަސްއަކީ ސަބްސްކްރައިބްކުރުމަށް ހުޅުވައިލެވިފައިވާ އޮފަރިންގއެއްގެ ގޮތުގައި ބަލައިގެން ނުވާނެއެވެ.

 

170 ވަނަ މާއްދާ - ޕްރޮސްޕެކްޓަސް ރެޖިސްޓްރޭށަން ހޯދުމަށް ހުށަހެޅުން (ސްޓޭޖް 2)

އޮފަރއާ ގުޅިގެން ސްޓޭޖް 1 ގެ ހުއްދަ ލިބުމަށްފަހު (އެޕްލިކަބަލް ނަމަ)، ޕްރޮސްޕެކްޓަސް ރަޖިސްޓަރީ ކުރުމަށް ގަސްތުކުރާ ތާރީހުގެ މަދުވެގެން 7 (ހަތެއް) މާކެޓު ދުވަހުގެ ކުރިން، މި ގަވާއިދުގެ 171 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތައް، ޕްރިންސިޕަލް އެޑްވައިޒަރު އޮތޯރިޓީއަށް ހުށަހަޅަންވާނެއެވެ.

 

171 ވަނަ މާއްދާ - ޕްރޮސްޕެކްޓަސްއާއެކު

ޕްރޮސްޕެކްޓަސްއާއެކު، އަންނަނިވި ލިޔެކިޔުންތައް ހުށަހަޅަންވާނެއެވެ.

(ހ) ޕްްރިންސިޕަލް އެޑްވައިޒަރުގެ ފަރާތުން ޒިންމާވާ 1 (އެކެއް) ފަރާތުގެ ސޮއިކޮށްފައި އޮތް، ޕްރޮސްޕެކްޓަސް ރަޖިސްޓަރީ ކުރުމުގެ އެޕްލިކޭށަންގެ "ކަވަރ ލެޓަރ" އެއް، އަންނަނިވި ކަންކަން ހިމެނޭ ގޮތުން ހުށަހެޅުން.

  1. ޕްރޮސްޕެކްޓަސް އާންމުކުރުމުގެ ކުރިން، ޕްރޮސްޕެކްޓަސްއަށް ހުއްދަދިނުމާ ގުޅޭ އެންމެހައި ށަރުތުތަކަށް ފުރިހަމަޔަށް އަމަލުކޮށްފައިވާކަން ކަށަވަރުކަމުގެ ބަޔާނެއް؛
  2. ކަމާބެހޭ އެހެން ހުރިހާ އިދާރާތަކުން، ޕްރޮސްޕެކްޓަސްއާ ގުޅޭގޮތުން ހޯދަންޖެހޭ އެންމެހައި ހުއްދަތައް ލިބިފައިވާކަން ކަށަވަރުކަމުގެ ބަޔާނެއް؛
  3. މި ޕްރޮސްޕެކްޓަސްގައި ހާމަކޮށްފައި އޮތް ބަޔާނަކާ ގުޅިގެން ނުވަތަ މި ޕްރޮސްޕެކްޓަސް އެ މައްޗަށް ބިނާކޮށްފައި އޮތް ބަޔާނަކާ ގުޅިގެން، އެ ފަދަ ބަޔާނެއް ދީފައި އޮތް އެއްވެސް ފަރާތަކުން، އެ ފަރާތުގެ ބަޔާން އަނބުރާ ގެންގޮސްފައި ނުވާކަމުގެ ބަޔާނެއް.

(ށ) މި ގަވާއިދުގެ 169 ވަނަ މާއްދާގެ ދަށުން އޮތޯރިޓީ އަށް ޕްރޮސްޕެކްޓަސް ހުށަހެޅުމުގެ ފަހުން، މެޓީރިއަލް ކޮންޓްރެކްޓެއް ކޮށްފައި އޮތް ނަމަ ނުވަތަ ޕްރޮސްޕެކްޓަސްގައި ހާމަކޮށްފައި އޮތް މެޓީރިއަލް ކޮންޓްރެކްޓަކަށް ނުވަތަ ރިޕޯޓަކަށް، އަދި ޕްރޮސްޕެކްޓަސްގައި ހަވާލާދީފައި އޮތް އެހެން ވެސް ލިޔެކިޔުމަކަށް އިސްލާހެއް ގެނެސްފައި އޮތް ނަމަ، އެ ފަދަ ލިޔެކިޔުންތަކުގެ "ސަރޓިފައިޑް ޓްރޫ ކޮޕީ" ހުށަހެޅުން.

(ނ) މި ގަވާއިދުގެ 169 ވަނަ މާއްދާގެ ދަށުން، ޕްރޮސްޕެކްޓަސްއަށް ގެނެސްފައިވާ އިސްލާހުތަކާ ގުޅިގެންނާއި އޮތޯރިޓީން ފާސްކޮށްފައިވާ އިސްލާހުތަކާ ގުޅިގެން، އަންނަނިވި ކަންކަން ބަޔާންކޮށް ޕްރިންސިޕަލް އެޑްވައިޒަރުގެ ސިޓީއެއް ހުށަހެޅުން.

  1. ޕްރިންސިޕަލް އެޑްވައިޒަރު އެ އިސްލާހުތައް ބަލައި ކަށަވަރުކޮށްފައި އޮތްކަން؛
  2. ގާނޫނާއި ގަވާއިދުތަކަށް މި ޕްރޮސްޕެކްޓަސްގައި މައުލޫމާތު ހާމަކުރުމުގައި އަމަލުކޮށްފައިވާކަން، ޕްރިންސިޕަލް އެޑްވައިޒަރު ބަލައި، ކަށަވަރުކޮށްފައި އޮތްކަން.

 

172 ވަނަ މާއްދާ - ޕްރައިސިންގ ސަޕްލިމެންޓް 

ޕްްރައިސިންގ ސަޕްލިމެންޓު ރަޖިސްޓަރީ ކުރުމަށް ޕްރިންސިޕަލް އެޑްވައިޒަރު ނުވަތަ ކުންފުނިން ހުށަހަޅާއިރު، ޕްރިންސިޕަލް އެޑްވައިޒަރުގެ ފަރާތުން ޒިންމާވާ 1 (އެކެއް) ފަރާތުގެ ސޮއިކޮށްފައި އޮތް، "ކަވަރ ލެޓަރ" އެއް، އަންނަނިވި ކަންކަން ހިމެނޭ ގޮތުން ހުށަހަޅައިފައިވާކަން ކަށަވަރު ކުރަންވާނެއެވެ.

(ހ) ޕްރައިސިންގ ސަޕްލިމެންޓު ރަޖިސްޓަރީ ކުރުމުގެ އެޕްލިކޭށަން.

(ށ) ޕްރައިސިންގ ސަޕްލިމެންޓު ތައްޔާރުކޮށްފައިވަނީ، ގާނޫނާއި މި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތީންކަން ކަށަވަރުކަމުގެ ބަޔާނެއް.

 

173 ވަނަ މާއްދާ - ސަޕްލިމެންޓަރ ޕްރޮސްޕެކްޓަސް ނުވަތަ ރިޕްލޭސްމަންޓް ޕްރޮސްޕެކްޓަސް

(ހ) ރަޖިސްޓަރީ ކުރަން ހުށަހަޅަނީ ސަޕްލިމެންޓަރީ ޕްރޮސްޕެކްޓަސްއެއް ނަމަ، ރަޖިސްޓަރީ ކުރުމަށް ހުށަހަޅަންވާނީ، ހުށަހެޅެން އޮތް އެންމެ އަވަހަކަށް ނުވަތަ އެންމެ ލަސްވެގެން، އެ ސަޕްލިމެންޓަރީ ޕްރޮސްޕެކްޓަސް ރަޖިސްޓަރީކުރަން ގަސްތުކޮށްފައި އޮތް ތާރީހުގެ 7 (ހަތެއް) މާކެޓު ދުވަހުގެ ކުރިންނެވެ.

(ށ) ރަޖިސްޓަރީ ކުރަން ހުށަހަޅަނީ ރިޕްލޭސްމަންޓް ޕްރޮސްޕެކްޓަސްއެއް ނަމަ، އެންމެ ލަސްވެގެން، އެ ރިޕްލޭސްމަންޓް ޕްރޮސްޕެކްޓަސް ރަޖިސްޓަކުރުމަށް ގަސްތުކޮށްފައި އޮތް ތާރީހުގެ 7 (ހަތެއް) މާކެޓު ދުވަހުގެ ކުރިން ރަޖިސްޓަރީ ކުރަން އޮތޯރިޓީއަށް ހުށަހަޅަންވާނެއެވެ.

(ނ) ސަޕްލިމެންޓަރ ޕްރޮސްޕެކްޓަސް ނުވަތަ ރިޕްލޭސްމަންޓް ޕްރޮސްޕެކްޓަސް ރަޖިސްޓަރީ ކުރުމަށް ޕްރިންސިޕަލް އެޑްވައިޒަރު ހުށަހަޅާއިރު، އެޔާއެކު، މި ގަވާއިދުގެ 169 ވަނަ މާއްދާއާއި 172 ވަނަ މާއްދާ (އެޕްލިކަބަލް ނަމަ)، އަދި އެންމެ ފުރަތަމަ ރަޖިސްޓަރީކުރި ޕްރޮސްޕެކްޓަސްގައި ހުރި ބަޔާންތައް ފާހަގަވެ އެނގޭގޮތަށް ބަޔާންކޮށްފައި އޮތް ލިސްޓަކާއި، އިސްލާހުކޮށްފައިވާ ބަޔާން ހުށަހަޅަންވާނެއެވެ.

 

174 ވަނަ މާއްދާ - ރަޖިސްޓަރީ ކުރުމުގެ ފަހުން ޕްރިންސިޕަލް އެޑްވައިޒަރުގެ ޒިންމާ 

ޕްރޮސްޕެކްޓަސް އިށޫކުރި ތާރީހުގައި، އިށޫކޮށްފައި އޮތް ޕްރޮސްޕެކްޓަސްއަކީ، އޮތޯރިޓީން ރަޖިސްޓަރީ ކޮށްދީފައި އޮތް ޕްރޮސްޕެކްޓަސްކަން، ޕްރިންސިޕަލް އެޑްވައިޒަރު ކަށަވަރުކޮށްދޭންވާނެއެވެ.

 

175 ވަނަ މާއްދާ - ޕްރޮސްޕެކްޓަސް ރަޖިސްޓަރީ ކޮށްނު ދިނުމުގެ ބާރު

އަންނަނިވި ހާލަތު ތަކުގައި ޕްރޮސްޕެކްޓް އަނބުރާ ފޮނުވައިލުމުގެ އިހުތިޔާރު، އޮތޯރިޓީއަށް ލިބިގެންވެއެވެ.

(ހ) ޕްރޮސްޕެކްޓަސްގައި ހާމަކުރަންޖެހޭ މައުލޫމާތު ފުރިހަމަނުވުމާއި، އެކަށީގެންވާ މިންވަރަށް ހާމަކޮށްފައި ނެތުން.

(ށ) ޕްރޮސްޕެކްޓަސް ހުށަހަޅައިފައި އޮތީ، އެ ލިޔުން އޮންނަންޖެހޭކަމަށް ކަނޑައަޅައިފައިވާ އެންމެ ފަހުގެ ފުރިހަމަ ގޮތަށް ކަމުގައި ނުވުން؛ ނުވަތަ

(ނ) ޕްރޮސްޕެކްޓަސް ހުށަހަޅައިފައި އޮތީ، އެޔާއެކު ހުށަހަޅަންޖެހޭ އެންމެހައި ލިޔެކިޔުންތައް ފުރިހަމަޔަށް ނުހިމަނައިކަމުގައި ވުން.

 

176 ވަނަ މާއްދާ - ޕްރޮސްޕެކްޓަސް ރަޖިސްޓަރީ ކުރުމާބެހޭ އާންމު ބައިތަކުގެ ގައިޑަންސް ނޯޓު

(ހ) އޮޮތޯރިޓީއަށް ހުށަހެޅުމަށްފަހު އެ ލިޔެކިޔުންތަކަށް އެއްވެސް ބަދަލެއް ގެނެސްފައިވާ ނަމަ، އެ ފަދައިން ބަދަލުކުރުމަށް އުނިކުރި މައުލޫމާތު ވެސް ހިމެނޭ ގޮތުން، ގެނައި ބަދަލު ފެންނަން އޮންނާނެ މާރކް-އަޕް ކޮޕ އެއް، އޮތޯރިޓީ އަށް ހުށަހަޅަންވާނެއެވެ.

(ށ) އެ ލިޔެކިޔުމެއް ސޮއިކުރި ފަރާތުން އެ ލިޔެކިޔުމެއްގައި އެ ފަރާތުގެ ނަމާއި މަގާމު ލިޔެފައި އޮންނަންވާނީ ސޮއިކޮށްފައިވާ ދިމާއިން ތިރީގައެވެ.

(ނ) ވިޔަފާރިއަކުން ނުވަތަ ޕްރޮފެށަނަލް ފަރމްއެއްގެ ސިޓީއަކާ ނުވަތަ ރިޕޯޓަކާ ގުޅިގެން، އިއުތިރާޒެއް ނެތްކަން ބަޔާންކޮށް ކަރުދާހުގައި ދީފައި އޮތް ލިޔުމެއް ނަމަ، އެ ފަދަ ލިޔުމެއް އޮތޯރިޓީއަށް ހުށަހަޅާއިރު، އެ ލިޔުން ތައްޔާރުކޮށްފައި އޮންނަންވާނީ، އެ ވިޔަފާރިއެއްގެ ނުވަތަ ޕްރޮފެށަނަލް ފަރމްގެ ލެޓަރހެޑުގައި އަދި އެ ލިޔުމުގައި ސޮއިކޮށްފައި އޮތް ފަރާތުގެ ނަން ބަޔާންކޮށްފައެވެ. 

 

177 ވަނަ މާއްދާ - އިސްތިސްނާކޮށްދިނުމަށް އެދުމާ ގުޅޭ ގައިޑަންސް ނޯޓު

(ހ) އިސްތިސްނާކޮށްދިނުމަށް އެދި ހުށަހަޅާ ނަމަ ހުށަހަޅަންވާނީ، އެފަދަ އިސްތިސްނާއަކާ ގުޅިގެން ހުށަހެޅުމަށް މި ގަވާއިދުގައި ކަނޑައަޅައިފައިވާ އެޔަށް ބާރުދޭނެ ލިޔެކިޔުންތަކާއެކުގައެވެ.

(ށ) އިސްތިސްނާކޮށްދިނުމަށް އެދި އެއްވެސް ކަމެއް އޮތޯރިޓީއަށް ހުށަހެޅުމުގެ ކުރިން ކުންފުނިންނާއި އެ ފަރާތުގެ ޕްރިންސިޕަލް އެޑްވައިޒަރު ވެސް އެ ފަދަ އިސްތިސްނާތަކާ މެދު އޮތޯރިޓީއާ މަށްވަރާކުރުން އެދެވިގެންވެއެވެ.

(ނ) މެޓީރިއަލް ކޮންޓްރެކްޓްތަކުގެ ބައެއް މާއްދާތައް، ޕަބްލިކް އިންސްޕެކްށަނަށް ލިބޭނެ ގޮތް ހެދުމުގައި އިސްތިސްނާއެއް ބޭނުންވާ ނަމަ، އެ މެޓީރިއަލް ކޮންޓްރެކްޓުގެ މާއްދާތަކުން ނުފެންނާނެ ގޮތް ހެދުމަށް ބޭނުންވާ ކޮންމެ މާއްދާއަކަށް ވަކިވަކީން މަގުބޫލު އުޒުރު ބަޔާންކޮށް އޮތޯރިޓީއަށް ހުށަހަޅަންވާނެއެވެ.

(ރ) ޕްރޮސްޕެކްޓަސްގައި ހާމަކޮށްފައިވާ އެންމެހައި މައުލޫމާތަކީ، އޭގެ ޒާތަށް ބަލާއިރު، ކަމާބެހޭ އިދާރާތަކުން ހުއްދަ ލިބިގެން މެނުވީ ފުރިހަމަކުރެވެން ނެތް އަދި ހާމަކުރެވެން ނެތް މައުލޫމާތު ފިޔަވައި، ފުރިހަމަޔަށް ނިމިފައިވާ މައުލޫމާތުކަމުގައި ވާންވާނެއެވެ. މި ގޮތުން އިސްތިސްނާ ކުރެވިދާނެ މައުލޫމާތުގެ ތެރޭގައި އަންޑަރރައިޓް ކުރުމުގެ އެއްބަސްވުންތަކުގެ ލިޔެކިޔުން ހިމެނެއެވެ. 

 

178 ވަނަ މާއްދާ - އިއުތިރާޒެއް ނެތްކަމުގެ ސިޓީއާ ގުޅޭ ގައިޑަންސް ނޯޓު

އަންނަނިވި ފަރާތްތަކުން ހާމަކޮށްފައިވާ ރަސްމީ ލިޔުމަކުން ނަގައިފައިވާ ބަޔާނެއް ޕްރޮސްޕެކްޓަސްގައި ހިމަނާ ނަމަ، އިއުތިރާޒެއް ނެތްކަމުގެ ސިޓީއެއް ބޭނުމެއް ނުވާނެއެވެ. 

(ހ) ދިވެހި ސަރުކާރާއި، އެހެން ގައު މެއްގެ ސަރުކާރުން (އޭގެ ތެރޭގައި މަރުކަޒީ ސަރުކާރާއި، ސަރަހައްދީ ސަރުކާރާއި، ސަރުކާރުގެ މާނައިގައި ހިމެނޭ އެހެން ވެސް އެ ފަދަ ގޮފިތައް ހިމެނޭ ގޮތުން) އަދި ރެގިއުލޭޓަރީ އޮތޯރިޓީ ތަކާއި، ރެގިއުލޭޓަރީ އޮތޯރިޓީއެއްގެ މަސްއޫލިއްޔަތު މަތިކުރެވިފައިވާ އެ ފަދަ އެހެން ވެސް އިދާރާތައް؛

(ށ) އެކުވެރި ދައުލަތްތަކުގެ ޖަމުއިއްޔާ (ޔުނައިޓަޑް ނޭށަންސް) އާއި، އެ ޖަމާއަތުގައި ހިމެނޭ އެހެން ވެސް ގުނަވަންތައް.

 

 

ހަތްވަނަ ބާބު

އެހެނިހެން

 

179 ވަނަ މާއްދާ - އިތުރު މައުލޫމާތު ހާމަކުރުމަށް އެންގުމުގެ ބާރު

މި ގަވާއިދުގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހައި ހިނދަކު، އޮތޯރިޓީއަށް އެކަށީގެންވާކަމަށް ފެންނަ ހާލަތުގައި އިތުރު މައުލޫމާތު ހާމަކުރުމަށް އެންގުމުގެ ބާރު އޮތޯރިޓީއަށް ލިބިގެންވެއެވެ.

 

180 ވަނަ މާއްދާ - މާނަކުރުން

މި ގަވާއިދުގައި އިބާރާތެއް ނުވަތަ ލަފުޒެއް ބޭނުންކޮށްފައިވާ ގޮތުން ކަނޑައެޅިގެން އެހެން މާނައެއް ދޭހަނުވާހައި ހިނދަކު، އަންނަނިވި އި ބާރާތްތަކާއި ލަފުޒުތައް މާނަކުރަންވާނީ އަންނަނިވި ފަދައިންނެވެ. 

(ހ) "ގާނޫނު" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2/2026 (ދިވެހިރާއްޖޭގެ މާލީ ސެކިއުރިޓީޒްއާބެހޭ ގާނޫނު) އަށެވެ.

(ށ) "ފާސްކޮށްފައިވާ އެކައުންޓިންގ ސްޓޭޑަޑްސް" ކަމަށް ބުނެފައި އެވަނީ، ދިވެހިރާއްޖޭގައި އެ ސްޓޭންޑަޑް ކަނޑައެޅުމުގެ ގާނޫނީބާރު ލިބިފައިވާ ފަރާތުން އެންޑޯސްކޮށްފައިވ،ާ އެކައުންޓިންގ ސްޓޭންޑަޑްތަކަށެވެ.

(ނ) "އޮޑިޓަރުން" ކަމަށް ބުނެފައި އެވަނީ، ދިވެހިރާއްޖޭގައި ސްޓޭންޑަޑް ކަނޑައެޅުމުގެ ގާނޫނީބާރު ލިބިފައިވާ ފަރާތުން ލައިސަންސް ދޫކޮށްފައިވާ އަދި އެ ލައިސަންސް ސަސްޕެންޑްކޮށްފައި ނެތް ފަރމްތަކަށެވެ.

(ރ) "އޮޑިޓްކޮށްފައިވާ މާލީ ބަޔާންތައް" ކަމަށް ބުނެފައި އެވަނީ، ތިރީގައި ބަޔާންކޮށްފައިވާ ކޮންމެ ހާލަތަކަށް މުނާސަބުވާ ގޮތަށް ހުންނަ މާލީ ބަޔާންތަކަށެވެ.

  1. ކުންފުނީގެ އޮޑިޓްކޮށްފައިވާ މާލީ ހިސާބުތަކަށް؛ ނުވަތަ ހޯލްޑިންގ ކުންފުންޏެއް ނަމަ ނުވަތަ ގުރޫޕަކަށް ނިސްބަތްވާ ކުންފުންޏެއް ނަމަ، އެ ކުންފުނީގެ އޮޑިޓްކޮށްފައިވާ ކޮންސޯލިޑޭޓެޑް މާލީ ހިސާބުތަކަށް ނުވަތަ އެ ކުންފުނީގެ އޮޑިޓްކޮށްފައިވާ ކޮމްބައިންޑް މާލީ ހިސާބުތަކަށް.

(ބ) "އޮތޯރިޓީ" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2006-02 (ދިވެހިރާއްޖޭގެ މާލީ ސެކިއުރިޓީޒްއާ ބެހޭ ގާނޫނު) ގެ ދަށުން އުފައްދައިފައިވާ "ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ" އަށެވެ.

(ޅ) "ކުރިމަގަށް ލަފާކުރާ މާލީ މައުލޫމާތު" ކަމަށް ބުނެފައި އެ ވަނީ، ކުރިމަގުގައި ހިނގާނޭކަމަށް ބެލެވޭ ކަންކަމާއި، އެ ކަންކަމާ ގުޅޭގޮތުން އަޅަން ނިންމައިފައިވާ ފިޔަވަޅުތަކާ ގުޅިގެން ކުންފުނީގެ ޑިރެކްޓަރުން ކަނޑައަޅާ އެޒަމްޕްށަންތަކަށް ބިނާކޮށް ތައްޔާރުކުރާ މާލީ މައުލޫމާތަށެވެ.

(ކ) "ހޯލްޑިންގ ކުންފުނި" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2023-07 (ކުންފުނީގެ ގާނޫނު) ގައި ކަނޑައަޅައިފައިވާ މާނައިގައެވެ.

(އ) "އިންޑިޕެންޑެންޓް ޑިރެކްޓަރ" ކަމަށް ބުނެފައި އެވަނީ، އޮތޯރިޓީން ފާސްކޮށްފައިވާ ކޯޕަރޭޓް ގަވަރނަންސް ކޯޑުގައި ކަނޑައަޅައިފައިވާ މާނައިގައެވެ.

(ވ) "އިންޑިޕެންޑެންޓް ވެލުއަރ" ކަމަށް ބުނެފައި އެވަނީ؛

  1. ވެލުއޭށަންގެ ހިދުމަތްދޭ ފަރާތުގެ ނުވަތަ އެ ފަރާތުގެ އެއްވެސް ޕާޓްނަރަކީ ނުވަތަ މެޖޯރިޓީ ހިއްސާދާރަކީ ނުވަތަ ޑިރެކްޓަރަކީ، ވެލުއޭށަންގެ ހިދުމަތް ލިބިގަންނަ ސެކިއުރިޓީޒް ދޫކުރާ ކުންފުނީގެ ޑިރެކްޓަރެއް ކަމުގައި ނުވާ ނުވަތަ މުވައްޒަފެއް ކަމުގައި ނުވާ ފަރާތަށެވެ.
  2. ސެކިއުރިޓީޒް ދޫކުރާ ކުންފުނީގެ މެޓީރިއަލް މާލީ މަސްލަހަތެއް، ވެލުއޭށަން ހިދުމަތް ފޯރުކޮށްދޭ ފަރމްގައި ނެތް ފަރާތަށެވެ.

(މ) "ސީނިއަރ މެނޭޖްމަންޓުގެ އިސް މެންބަރުން" ކަމަށް ބުނެފައި އެވަނީ، ކުންފުނީގެ ޑިރެކްޓަރުން ފިޔަވައި، ވިޔަފާރި ހިންގުމާއި މެނޭޖްކުރުމުގެ ބާރާއި ޒިންމާ މަތިކުރެވިފައިވާ (އެ ފަރާތްތަކުގެ މަގާމުގެ ނަމަށް ބެލުމެއް ނެތި) ފަރާތްތަކަށެވެ. އެއ މެނޭޖިންގ ޑިރެކްޓަރ ނުވަތަ ޗީފް އެގްޒެކެޓިވް އޮފިސަރާއި، ޗީފް އޮޕަރޭޓިންގ އޮފިސަރާއި، ޗީފް ފައިނޭންށަލް އޮފިސަރ ހިމެނޭ ގޮތަށެވެ.

(ފ) "އެންމެ ފަހުގެ ޕްރެކްޓިކަބަލް ތާރީހު" ކަމަށް ބުނެފައި އެ ވަނީ، ޕްރޮސްޕެކްޓަސް ތާރީހުގެ ކުރިޔަށް، ޕްރޮސްޕެކްޓަސްގައި ހިމަނައިފައިވާ މައުލޫމާތު ދީފައި އޮތް ތާރީހަކީ، އެންމެ އަދާހަމަ އަދި ރެލެވަންޓް މައުލޫމާތު ދެވެން އޮތް ތާރީހަށެވެ.

(ދ) "ލިސްޓިންގ ރޫލްސް" ކަމަށް ބުނެފައި އެވަނީ، އޮތޯރިޓީން ފާސްކޮށްފައިވާ ސްޓޮކް އެކްސްޗޭންޖުގެ ލިސްޓިންގ ރޫލްސްއަށެވެ.

(ތ) "މާކެޓް ދުވަސް" ކަމަށް ބުނެފައިވާ އެވަނީ، މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖުގެ ލިސްޓިންގ ރޫލްސްގައި ކަނޑައަޅައިފައިވާ މާނައިގައެވެ.

(ލ) "ދިވެހި ރުފިޔާ" ކަމަށް ބުނެފައި އެ ވަނީ، ދިވެހިރާއްޖޭގެ ރުފިޔާއަށެވެ.

(ގ) "އޮފަރ ނުވަތަ އޮފަރިންގ" ކަމަށް ބުނެފައި އެވަނީ، ސެކިއުރިޓީޒް ވިއްކުމަށް ހުށަހަޅާ ނުވަތަ ހުޅުވައިލާ ދައުވަތަށެވެ.

(ޏ) "ޕްރިންސިޕަލް އެޑްވައިޒަރ" ކަމަށް ބުނެފައި އެވަނީ، ޕްރިންސިޕަލް އެޑްވައިޒަރުންގެ ގަވާއިދުގެ ދަށުން އޮތޯރިޓީން ލައިސަންސް ދޫކޮށްފައިވާ ފަރާތްތަކަށެވެ.

(ސ) "ޕްރޮމޯޓަރ" ކަމަށް ބުނެފައި އެ ވަނީ؛

  1. ޕްރޮމޯޓަރެއް ކަމުގައި ޕްރޮސްޕެކްޓަސްގައި ބަޔާންކޮށްފައިވާ ކޮންމެ ފަރާތަކަށެވެ. ނުވަތަ
  2. ކުންފުނީގެ ހިންގުމުގެ މައްޗަށް ސީދާގޮތުންކަމަށް ވިޔަސް ނުވަތަ ނުސީދާގޮތުންކަމަށް ވިޔަސް، ނުފޫޒު ފޯރުވުމުގެ ބާރު އޮތް ހިއްސާދާރެއް ނުވަތަ ބޯޑު ޑިރެކްޓަރެއް ނުވަތަ އެނޫން ވެސް ފަރާތަކަށެވެ؛ ނުވަތަ
  3. އެ ފަރާތެއްގެ ލަފަޔާއި އިރުށާދަށް ނުވަތަ އަމުރަށް، ކުންފުނީގެ ބޯޑު ޑިރެކްޓަރުން ތަބާވަމުން އަންނަ ކޮންމެ ފަރާތަކަށެވެ. ނަމަވެސް، ޕްރޮޕެށަނަލް ހައިސިއްޔަތުން މަސްއޫލިއްޔަތު އަދާކުރަމުން އަންނަ އެއްވެސް ފަރާތެއް ނުހިމެނޭނެއެވެ.

(ޑ) "ޕޮރޮސްޕެކްޓަސް" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2023-07 (ކުންފުނީގެ ގާނޫނު) ގެ 172 ވަނަ މާއްދާގެ (ހ) ގެ އިތުރުން، ސެކިއުރިޓީޒް ގަތުމަށް ނުވަތަ ސަބްސްކްރައިބް ކުރުމަށް އެޕްލިކޭށަން ހުށަހެޅުމަށް ދައުވަތު ދިނުމަށް ނެރޭ ނޯޓިހާއި، ސަރކިއުލަރ އާއި، އިށްތިހާރު ނުވަތަ އެ ފަދަ އެހެން ވެސް ލިޔުންތަކާއި، ކަނޑައެޅިގެން އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހައި ހިނދަކު، މީގެ ތެރޭގައި ސަޕްލިމެންޓަރ ޕްރޮސްޕެކްޓަސްއާއި ރިޕްލޭސްމަންޓް ޕްރޮސްޕެކްޓަސް ހިމެނޭ ގޮތަށެވެ.

(ޒ) "ޕްރޮސްޕެކްޓަސް ރަޖިސްޓަރީ ކުރި ތާރީހު" ކަމަށް ބުނެފައި އެވަނީ، އޮތޯރިޓީން ޕްރޮސްޕެކްޓަސް ރަޖިސްޓަރީ ކޮށްދީފައިވާ ތާރީހަށެވެ.

(ޓ) "ޕްރޮސްޕެކްޓަސް ތާރީހު" ކަމަށް ބުނެފައި އެވަނީ، ކުންފުނިން ޕްރޮސްޕެކްޓަސް ށާއިއުކޮށްފައި އޮތް ތާރީހަށެވެ.

(ޔ) "ޕްރޮސްޕެކްޓަސް މުއްދަތު" ކަމަށް ބުނެފައި އެވަނީ، ޕްރޮސްޕެކްޓަސް ތާރީހުން ފެށިގެން، އޮފަރ ބަންދުކުރުމަށް ކަނޑައަޅައިފައި އޮތް ތާރީހާ ދެމެދު ހިނގާ މުއްދަތަށެވެ.

(ޕ) "ޕްރައިވެޓް ސެކިއުރިޓީޒް ސެގްމަންޓް" ކަމަށް ބުނެފައި އެވަނީ، ޕްރައިވެޓް ޕްލޭސްމަންޓް އުސޫލުން ސެކިއުރިޓީޒް ދޫކުރުމާއި ލިސްޓުކުރުމަށް އޮތޯރިޓީން ކަނޑައަޅައިފައިވާ އޮނިގަނޑަށް ނުވަތަ ވަސީލަތަށެވެ. 

(ޖ) "ގުޅުންހުރި ފަރާތްތައް" ކަމަށް ބުނެފައި އެވަނީ، ފާސްކޮށްފައިވާ އެކައުންޓިންގ ސްޓޭންޑަޑްސްގައި އެޔަށް ކަނޑައަޅައިފައި އޮތް މާނައިގައެވެ.

(ޗ) "ގުޅުންހުރި ފަރާތްތަކާއެކު ކޮށްފައިވާ މުއާމަލާތުތައް" ކަމަށް ބުނެފައި އެވަނީ، ފާސްކޮށްފައިވާ އެކައުންޓިންގ ސްޓޭންޑަޑްސްގައި އެޔަށް ކަނޑައަޅައިފައި އޮތް މާނައިގައެވެ.

(ހހ) "ށަރއާ އެޑްވައިޒަރ" ކަމަށް ބުނެފައި އެވަނީ، ގަވާއިދު ނަންބަރު 2013-54 (ށަރީއާ އެޑްވައިޒަރުން ރަޖިސްޓަރީ ކުރުމާބެހޭ ގަވާއިދު) ގެ
ދަށުން އޮތޯރިޓީން ލައިސަންސް ދޫކޮށްފައިވާ ކޮންމެ ފަރާތަކަށެވެ.

(ހށ) "ސަބްސިޑިއަރ " ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2023-07 (ކުންފުނީގެ ގާނޫނު) ގައި ކަނޑައަޅައިފައިވާ މާނައިގައެވެ.

(ހނ) "ސަބްސްޓޭންށަލް ހިއްސާދާރުން" ކަމަށް ބުނެފައި އެވަނީ؛

  1. ވޯޓުލުމުގެ ހައްގު ލިބިދީފައި އޮތް، އެއް ހިއްސާއަށް ވުރެ ގިނަ ހިއްސާ މިލްކުގައި އޮތް ފަރާތެއް ކަމުގައި ވެފައި، އެ ގޮތުން މިލްކުގައި ހުރި ހިއްސާއަކީ، ކުންފުނީގެ ޖުމުލަ ހިއްސާގެ %5 (ފަހެއް) އިންސައްތައަށް ވުރެ ބޮޑު ހިއްސާއެއް ލިބިފައިވާ ފަރާތަކަށް؛ ނުވަތަ
  2. ކުންފުނީގެ ށެއަރ ކެޕިޓަލް، 2 (ދޭއް) ނުވަތަ އެޔަށްވުރެ ގިނަ ގިންތިއަށް ބެހިފައިވާ ހާލަތުގައި -
    1. އެއިން ގިންތިއެއްގައި ހިމެނޭ، ހިއްސާގެ ތެރެއިން ވޯޓުލުމުގެ ހައްގު ލިބިދީފައި އޮތް 1 (އެކެއް) ހިއްސާއަށް ވުރެ ގިނަ ހިއްސާ މިލްކުގައި އޮތް ފަރާތަކަށް؛ އަދި
    2. އެ ފަރާތުގެ މިލްކުގައި އޮތް ހިއްސާއަކީ، ކުންފުނީގެ ޖުމުލަ ހިއްސާގެ %5 (ފަހެއް އިންސައްތަ) އަށް ވުރެ ބޮޑު ހިއްސާއެއް، އެއިން ގިންތިއެއްގައި ލިބިފައިވާ ފަރާތަކަށް.

(ހރ) "ސްޓޮކް އެކްސްޗޭންޖު" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2006-02 (ދިވެހިރާއްޖޭގެ މާލީ ސެކިއުރިޓީޒްއާބެހޭ ގާނޫނު) ގައި އެއަށް ކަނޑައަޅައިފައިވާ މާނައިގައެވެ.

 

181 ވަނަ މާއްދާ - މި ގަވާއިދަށް އިސްކަންދިނުން

މި ގަވާއިދަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން، ސެކިއުރިޓީޒް ދޫކުރާ ހުރިހާ ފަރާތްތަކުން ވެސް ޕްރޮސްޕެކްޓަސްއާބެހޭ ހުރިހާ ކަމެއްގައި އަމަލުކުރަންވާނީ، މި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީންނެވެ. މި ގަވާއިދައަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން، އޮތޯރިޓީގެ އެހެން އެއްވެސް ގަވާއިދެއްގައި ޕްރޮޕެކްޓަސްއާ ގުޅޭގޮތުން އަދި/ނުވަތަ ޕްރޮސްޕެކްޓަސްގައި ހިމަނަންޖެހޭ މައުލޫމާތާ ގުޅޭގޮތުން ބަޔާންކުރާ ކަންކަމުގެ މައްޗަށް، ހިނގާނީ މި ގަވާއިދުގައި ބަޔާންކޮށްފައިވާ ކަންކަމެވެ.

 

182 ވަނަ މާއްދާ - އަމަލުކުރަން ފަށާ ތާރީހު

މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ތާރީހުން ފެށިގެންނެވެ.

 

މައި ގާނޫނު

މާލިއްޔަތުގެ ގާނޫނު (ގާނޫނު ނަންބަރު 2006-03)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު