ޓެކްސީ ގަވާއިދު (ގަވާއިދު ނަންބަރު 2022-132) އަށް 4 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު
(ގަވާއިދު ނަންބަރު 2026-03)
(މި ގަވާއިދަށް އަމަލުކުރަން ފެށީ 28 ޖަނަވަރީ 2026 ގައި)
ޓެކްސީ ގަވާއިދު (ގަވާއިދު ނަންބަރު 2022-132) އަށް، އަަންނަނިވި އިސްލާހުތައް ގެނައުން.
1 ވަނަ ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 1 ވަނަ މާއްދާ އަންނަނިވި ފަދައިން އިސްލާހުކުރުން.
ތައާރުފު 1.
މިއީ، ދިވެހިރާއްޖޭގައި ޓެކްސީގެ ހިދުމަތް ދިނުމަށް ލައިސަންސް ދޫކުރުމާއި، ޓެކްސީގެ ހިދުމަތް ދިނުމުގެ މިންގަނޑުތައް ބަޔާންކުރުމާއި، ޓެކްސީގައި ކުރާ ދަތުރުތަކަކީ މަގުމަތި ބޭނުންކުރާ އެންމެންނަށް ވެސް ރައްކައުތެރި އަމާން ދަތުރުތަކަކަށް ހެދުމާއި، ޓެކްސީގެ ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމާއި، ޓެކްސީގެ ހިދުމަތް ލިބިގަންނަ ފަރާތްތަކާއި ހިދުމަތްދޭ ފަރާތްތަކުގެ ޒިންމާއާއި ވާޖިބުތައް ކަނޑައެޅުމާއި، ޓެކްސީގެ ހިދުމަތް ދިނުމުގެ އުސޫލުތައް ބަޔާންކުރުމުގެ ގަވާއިދެވެ.
2 ވަނަ ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 7 ވަނަ މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރާއި، (3) ވަނަ ނަންބަރާއި، 4 ވަނަ ނަންބަރު، އަންނަނިވި ގޮތަށް އިސްލާހުކުރުން.
ޓެކްސީ ސެންޓަރުގެ ށަރުތުތައް 7(ހ).
(2) ޓެކްސީ ސެންޓަރު ހިންގުމަށް ޓަކައި، އަންނަނިވި މިންގަނޑުތަކަށް ފެތޭ އޮފީހެއް ގާއިމުކޮށްފައިވުން؛
2.1 މީހުން ދިރިއުޅޭ ތަންތަނާ ވަކިން ވަދެނުކުމެވޭ ގޮތަށް ގާއިމުކޮށްފައިވާ ތަނަކަށް ވުން.
2.2 ޓެކްސީ ސެންޓަރު ހިންގުމަށް ބޭނުންވާ ލެޕްޓޮޕް/ކޮމްޕިއުޓަރު، ޕްރިންޓަރު ފަދަ ވަސީލަތްތައް ގާއިމުކޮށްފައިވުން.
2.3 ޓެކްސީ ސެންޓަރުގެ ލައިސަންސް ކޮޕީއާއި ވިޔަފާރި ރަޖިސްޓަރީގެ ކޮޕީ ފެންނަ ގޮތަށް ބަހައްޓައި ފައިވުން.
2.4 ޓެކްސީ ސެންޓަރަށް ޒިޔާރަތްކުރާ ޓެކްސީ ޑްރައިވަރުންނާއި އާންމު ފަރާތްތަކަށް އިށީނދެ ތިބެވޭނެ ގޮތަށް އިންތިޒާމުކޮށްފައިވާ، އިށީނދެއުޅެވޭ ސަރަހައްދެއް ހުރުން.
2.5 ޓެކްސީ ސެންޓަރުގެ ފޯނު އޮޕަރޭޓަރަށް ފަސޭހަކަމާއެކު މަސައްކަތްކުރެވޭނެ ގޮތަށް ޑިޒައިންކޮށްފައިވާ ވޯކް ސްޓޭށަނެއް ގާއިމުކޮށްފައިވުން.
2.6 ޓެކްސީ ސެންޓަރާއި ޓެކްސީ ޑްރައިވަރުންނާ ދެމެދު މުވާސަލާތުކުރުމަށް ބޭނުންކުރާ މުވާސަލާތީ ނިޒާމު ގާއިމުކޮށްފައި އޮތުން.
2.7 ޓެކްސީ ސެންޓަރަކީ 24 (ސައުވީސް) ގަޑިއިރު ހިދުމަތްދޭ ތަނަކަށްވާތީ، އޮފީހުގައި މަސައްކަތްކުރާ ފޯނު އޮޕަރޭޓަރުންގެ ޑިއުޓީ ރޯސްޓަރ ފަސޭހައިން ފެންނާނޭހެން ބަހައްޓައިފައި ހުރުން.
(3) ގްރޭޓަރ މާލެ ސަރަހައްދުގައި އޮޕަރޭޓްކުރަން ރަޖިސްޓަރީކުރާ ޓެކްސީ ސެންޓަރެއް ނަމަ، އެ ސެންޓަރުގައި ރަޖިސްޓަރީކުރުމަށް ލިސްޓުކޮށްފައިވާ ޓެކްސީކުރުމަށް ބޭނުންކުރެވޭނެ 50 (ފަންސާސް) އުޅަނދު އޮތުން.
(4) ޓެކްސީ ސެންޓަރުގައި ރަޖިސްޓަރީކުރުމަށް ލިސްޓުކޮށްފައިވާ ޓެކްސީކުރުމަށް ބޭނުންކުރެވޭ އުޅަނދު ދުއްވުމުގެ ލައިސަންސް ލިބިފައިވާ، މަދުވެގެން 50 (ފަންސާސް) ޑްރައިވަރުން ތިބުން.
3 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 7 ވަނަ މާއްދާގެ (ށ) އަންނަނިވި ގޮތަށް އިސްލާހުކޮށް، އެ މާއްދާގެ ފަހަތަށް (ނ) އާއި، (ރ) އާއި، (ބ) ގެ ގޮތުގައި 3 (ތިނެއް) އަކުރު އިތުރުކުރުން.
ޓެކްސީ ސެންޓަރުގެ ށަރުތުތައް 7.
(ށ) މި މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރާއި، (3) ވަނަ ނަންބަރާއި، (4) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ށަރުތު، ޓެކްސީ ސެންޓަރަކުން އުނިވެއްޖެ ނަމަ، އެ ށަރުތު ފުރިހަމަކުރުމަށް އެ ޓެކްސީ ސެންޓަރަކަށް 60 (ފަސްދޮޅަސް) ދުވަހުގެ މުއްދަތެއް ދޭންވާނެއެވެ.
(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތަށް، ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ޓެކްސީ ސެންޓަރުން އެ ށަރުތެއް ފުރިހަމަ ނުކުރެވިއްޖެ ހާލަތެއްގައި، އެފަދަ ސެންޓަރަކަށް ދޫކޮށްފައިވާ ޓެކްސީ ސެންޓަރ ލައިސަންސް ބާތިލުކުރެވޭނެއެވެ.
(ރ) މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ޓެކްސީ ސެންޓަރަކަށް ދޫކޮށްފައިވާ ލައިސަންސް ބާތިލުކުރެވޭ ހާލަތުގައި، އެ ސެންޓަރެއްގައި ރަޖިސްޓަރީކޮށްފައިވާ ނުވަތަ ލިސްޓުކޮށްފައިވާ ޓެކްސީތަކަށް ދޫކޮށްފައިވާ ކާރު ޓެކްސީ ލައިސަންސް ބާތިލުވާނެއެވެ. އަދި މިފަދައިން ލައިސަންސް ބާތިލުވާ އުޅަނދުތައް އެހެން ސެންޓަރެއްގައި ރަޖިސްޓަރިވުމަށް ހުށަހެޅުމުން، މި ގަވާއިދުގައި ބަޔާންކޮށްފައިވާ ށަރުތުތައް އެފަދަ އުޅަނދުތަކުގައި ފުރިހަމަވާ ނަމަ، ރަސްމީ 10 (ދިހައެއް) ދުވަހުގެ ތެރޭގައި ކާރު ޓެކްސީ ލައިސަންސް ދޭންވާނެއެވެ.
(ބ) ގްރޭޓަރ މާލެ ސަރަހައްދުން ބޭރުގައި ޓެކްސީ ސެންޓަރެއް ރަޖިސްޓަރީކުރުމަށް ހުށަހެޅުމުން، އެ ސަރަހައްދެއްގެ އާބާދީގެ ނިސްބަތާއި، ރަޖިސްޓަރީކޮށްފައިވާ އުޅަނދުފަހަރުގެ ނިސްބަތަށް ރިއާޔަތްކޮށް، މި މާއްދާގެ (ހ) ގެ (3) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ޓެކްސީ ސެންޓަރު ލައިސަންސް ދޫކުރުމަށް ބޭނުންވާ އުޅަނދުގެ އަދަދާއި، މި މާއްދާގެ (ހ) ގެ (4) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ޓެކްސީ ޑްރައިވަރުންގެ އަދަދު ކަނޑައަޅާނީ މިނިސްޓްރީންނެވެ.
4 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 8 ވަނަ މާއްދާގެ (ހ) ގެ (3) ވަނަ ނަންބަރާއި (6) ވަނަ ނަންބަރު އިސްލާހުކޮށް، (7) ވަނަ ނަންބަރުގެ ގޮތުގައި ނަންބަރެއް އިތުރުކުރުން.
ޓެކްސީ ސެންޓަރ ލައިސަންސަށް އެދި ހުށަހަޅަންޖެހޭ ތަކެތި 8.
(ހ) (3) ޓެކްސީ ސެންޓަރުގައި ރަޖިސްޓަރީކުރުމަށް ލިސްޓުކޮށްފައިވާ އުޅަނދުގެ ރަޖިސްޓަރީގެ ކޮޕީއާއި، ޓެކްސީ ސެންޓަރުގައި އުޅަނދު ލިސްޓުކުރުމަށް ޓަކައި އެ ފަރާތާއި ޓެކްސީ ސެންޓަރާ ދެމެދުގައި ވެފައިވާ އެއްބަސްވުމުގެ ކޮޕީ؛
(6) ޓެކްސީ ސެންޓަރުގެ ފޯނު ނަންބަރުގެ މައުލޫމާތު (މި ނަންބަރަކީ، އެ ސެންޓަރުގެ ނަމުގައި ނުވަތަ އެ ސެންޓަރުގެ ވެރިފަރާތުގެ ނަމުގައި ރަޖިސްޓަރީކޮށްފައިވާ ނަންބަރަކަށް ވާންވާނެއެވެ.)
(7) ފޯމުގައި ހުށަހެޅުމަށް ކަނޑައަޅައިފައިވާ އެހެނިހެން ލިޔެކިޔުންތައް.
5 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 8 ވަނަ މާއްދާގެ (ށ) ގެ ފަހަތަށް (ނ) ގެ ގޮތުގައި އަކުރެއް އިތުރުކުރުން.
ޓެކްސީ ސެންޓަރ ލައިސަންސަށް އެދި ހުށަހަޅަންޖެހޭ ތަކެތި 8.
(ނ) މި މާއްދާގެ ދަށުން ޓެކްސީ ސެންޓަރު ހިންގުމުގެ ލައިސަންސް ދޫކޮށްފައިވާ ފަރާތްތަކުން މިނިސްޓްރީގައި ރަޖިސްޓަރީކޮށްފައިވާ ފޯނު ނަންބަރު ފިޔަވައި އެހެން ވަސީލަތެއް (އޭގެ ތެރޭގައި ވެބްސައިޓް، އޮންލައިން ޕޯޓަލް ނުވަތަ މޯބައިލް އެޕްލިކޭށަން ހިމެނޭގޮތުން) މެދުވެރިކޮށް ދަތުރު ހަމަޖެއްސުމުގެ ހިދުމަތް ދޭން ގަސްތުކުރާ ނަމަ، އެފަދަ ހިދުމަތެއް ފެށުމުގެ ކުރިން މިނިސްޓްރީއަށް ލިޔުމުން ހުށަހަޅައި، އެކަމުގެ ހުއްދަ ހޯދަންވާނެއެވެ. މިނިސްޓްރީގެ ހުއްދަ ލިބިފައިނުވާ އެއްވެސް ވަސީލަތެއް މެދުވެރިކޮށް އިސްވެ ބަޔާންކުރި ހިދުމަތް ދިނުމަކީ މި ގަވާއިދުގެ ދަށުން މަނާ ކަމެކެވެ.
6 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 15 ވަނަ މާއްދާގެ (ނ) ގެ (5) ވަނަ ނަންބަރާއި، އެ މާއްދާގެ (ރ) ގެ (5) ވަނަ ނަންބަރު އަންނަނިވި ފަދައިން އިސްލާހުކުރުން.
ކާރު ޓެކްސީ ލައިސަންސް 15.
(ނ) (5) ޓެކްސީ ލައިސަންސް ދޫކުރުމަށް އެދޭ އުޅަނދަކީ ޓެކްސީ ސެންޓަރެއްގައި ލިސްޓުކޮށްފައިވާ ނުވަތަ އަލަށް ރަޖިސްޓަރީ ކުރުމަށް ހުށަހަޅާ ސެންޓަރެއްގައި ރަޖިސްޓަރީ ކުރުމަށް ނުވަތަ ލިސްޓު ކުރުމަށް ކަނޑައަޅައިފައިވާ އުޅަނދަކަށް ވުން؛
(ރ) (5) ޓެކްސީ ލައިސަންސް ދޫކުރުމަށް އެދޭ އުޅަނދަކީ ޓެކްސީ ސެންޓަރެއްގައި ލިސްޓުކޮށްފައިވާ ނުވަތަ އަލަށް ރަޖިސްޓަރީ ކުރުމަށް ހުށަހަޅާ ސެންޓަރެއްގައި ރަޖިސްޓަރީ ކުރުމަށް ނުވަތަ ލިސްޓު ކުރުމަށް ކަނޑައަޅައިފައިވާ އުޅަނދެއްކަން އަންގައިދޭ ލިޔުން؛
7 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 17 ވަނަ މާއްދާގެ އަރިމަތީ ސުރުހީ އިސްލާހުކޮށް، އެ މާއްދާގެ (ހ) އާއި (ބ) އަންނަނިވި ގޮތަށް އިސްލާހުކޮށް، އެ މާއްދާގެ (ބ) ގެ ފަހަތަށް (ޅ) ގެ ގޮތުގައި އަކުރެއް އިތުރުކުރުން.
ކާރު ޓެކްސީ ޑްރައިވަރ ލައިސަންސް ދޫކުރުން 17.
(ހ) މި ގަވާއިދުގެ ދަށުން ކާރު ޓެކްސީ ލައިސަންސް ލިބިފައިވާ އުޅަނދެއް ދުއްވަންވާނ،ީ ކާރު ޓެކްސީ ޑްރައިވަރ ލައިސަންސް ލިބިފައިވާ ފަރާތްތަކުން އެކަންޏެވެ. މިފަދަ ޑްރައިވަރުންނަށް އެއްފަހަރާ މަސައްކަތްކުރެވޭނީ ގިނަވެގެން 2 (ދޭއް) ޓެކްސީ ސެންޓަރުގައެވެ.
(ބ) މި މާއްދާގެ (ހ) ގެ ދަށުން ކާރު ޓެކްސީ ޑްރައިވަރ ލައިސަންސް ދޫކުރެވޭ ފަރާތްތަކުން، އެ ވަގުތަކު މަސައްކަތްކުރާ ސެންޓަރުތަކުގެ މައުލޫމާތު، މިނިސްޓްރީއަށް ލިޔުމުން ހުށަހަޅަންވާނެއެވެ.
(ޅ) މި މާއްދާގެ (ހ) ގެ ދަށުން ކާރު ޓެކްސީ ޑްރައިވަރ ލައިސަންސް ދޫކުރެވޭނ،ީ ހިދުމަތުގެ އަގުގެ ގޮތުގައި 250 (ދުއިސައްތަ ފަންސާސް) ރުފިޔާ ދެއްކުމުންނެވެ.
8 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދަށް 1-41 ވަނަ މާއްދާގެ ގޮތުގައި މާއްދާއެއް އިތުރުކުރުން.
ސަރުކާރު ހިއްސާވާ ކުންފުންފުނިތަކުން އާންމު ދަތުރުފަތުރުގެ ހިދުމަތް ދިނުން 1-41.
(ހ) ސަރުކާރު ހިއްސާވާ ކުންފުންޏަކުން ނުވަތަ ސަރުކާރުގެ މަށްރޫއެއްގެ ދަށުން އާންމު ދަތުރުފަތުރުގެ ހިދުމަތް ދިނުމަށް ކަނޑައަޅައި، އެ ކުންފުންޏެއްގެ ހިންގާ ގަވާއިދުން އެ ހިދުމަތެއް ދިނުމަށް ހުއްދަކުރާ ނަމަ، މި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން އެފަދަ ހިދުމަތެއް ރަޖިސްޓަރީކޮށް، އާންމު ދަތުރުފަތުރުގެ ހިދުމަތް ދިނުމުގެ ލައިސަންސް މިނިސްޓްރީން ދޭންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގެ ދަށުން އާންމު ދަތުރުފަތުރުގެ ހިދުމަތް ދިނުމަށް، އެފަދަ ހިދުމަތެއް ރަޖިސްޓަރީކޮށް، އާންމު ދަތުރުފަތުރުގެ ހިދުމަތް ދިނުމުގެ ލައިސަންސަށް އެދޭއިރު، ހިދުމަތް ދިނުމާ ގުޅޭ ޕްލޭން މިނިސްޓްރީއަށް ހުށަހަޅައި، މިނިސްޓްރީން އެ ޕްލޭން ފާސްކުރަންވާނެއެވެ. މި ޕްލޭނު ގައި، އެންމެ މަދުވެގެން ވެސް، އަންނަނިވި މައުލޫމާތު ހިމަނަންވާނެއެވެ.
- ހިދުމަތް ފޯރުކޮށްދޭ ސަރަހައްދާއި، ހިދުމަތް ފޯރުކޮށްދިނުމަށް ބޭނުންކުރާ ޕްލެޓްފޯމް؛
- ހިދުމަތް ދިނުމަށް ކަނޑައަޅައި ފައިވާ އުޅަނދުފަހަރާއި ޑްރައިވަރުންގެ އަދަދު؛
- ހިދުމަތްދިނުމަށް ބޭނުންކުރާ އުޅަނދުގައި ގާއިމުކޮށްފައިވާ ވަސީލަތްތައް (ސަލާމަތީ ވަސީލަތްތަކާއި، ކެމެރާ އާއި، އެހެނިހެން ވަސީލަތްތައް)؛
- ޑްރައިވަރުންގެ ގޮތުގައި ކަނޑައަޅާ ފަރާތްތަކުން ފުރިހަމަކޮށްފައިވާ ތަމްރީނުތައް؛
- ހިދުމަތް ދިނުމަށް ބޭނުންކުރާ އުޅަނދުތަކާއި މައި އޮޕަރޭޓަރާ މުއާމަލާތުކުރުމަށް ގާއިމުކޮށްފައިވާ މުވާސަލާތީ ނިޒާމުގެ މައުލޫމާތު ؛
- ކަސްޓަމަރުންނާއ،ި ޑްރައިވަރުންނާއ،ި މައި އޮޕަރޭޓަރާ މުއާމަލާތުކުރުމަށް ގާއިމުކޮށްފައިވާ މުވާސަލާތީ ނިޒާމު؛
- ހިދުމަތަށް ނަގާ އަގުގެ މައުލޫމާތ.ު
(ނ) މި ގަވާއިދުގައި އެހެން ގޮތަކަށް ކަނޑައެޅިގެން ބަޔާންކޮށްފައި ނުވާ ހައި ހިނދަކު، ދިވެހި ސަރުކާރުގެ ހިއްސާ އެކުލެވޭ ކުންފުންޏަކުން ސަރުކާރުގެ މަށްރޫއެއްގެ ދަށުން އާންމު ދަތުރުފަތުރުގެ ހިދުމަތް ފޯރުކޮށްދޭ ނަމަ، އެ ހިދުމަތް ދޭންވާނީ މި ގަވާއިދުގައި ކަނޑައަޅައިފައިވާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތީންނެވެ.
9 ވަނަ މާއްދާ - މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.
މައި ގަވާއިދު
ޓެކްސީ ގަވާއިދު (ގަވާއިދު ނަންބަރު 2022-132)
ކިޔުންތެރިންގެ ހިޔާލު