ސިވިލް ސަރވިސްގެ ގަވާއިދު 2014 (ގަވާއިދު ނަންބަރު 2014-311) އަށް 14 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު
(ގަވާއިދު ނަންބަރު 2025-129)
(މި ގަވާއިދަށް އަމަލުކުރަން ފެށީ/ފަށާނީ 30 ޑިސެމްބަރު 2025 ގައި)
ގަވާއިދު ނަންބަރު 2014-311 (ދިވެހި ސިވިލް ސަރވިސް ސަރވިސްގެ ގަވާއިދު) އަށް އަންނަނިވި އިސްލާހުައް ގެނައުން.
1 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 230 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.
ވަޒީފާއިން މުސްކުޅިކޮށްފައިވާ މުވައްޒަފުން ދައުލަތުގެ މަގާ މަކަށް އަލުން އައްޔަނުކުރުމާއި ޕެންށަން ދިނުން 230.
(ހ) މި ގަވާއިދުގެ ދަށުން ވަޒީފާއިން މުސްކުޅިކޮށްފައިވާ މުވައްޒަފަކު، އަލުން ދައުލަތުގެ މަގާމަކަށް އިންތިހާބުވެއްޖެ ނަމަ ނުވަތަ ދައުލަތުގެ ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގެ ވަޒީފާއެއް ހަމަޖެހިއްޖެ ނަމަ، އެ ވަޒީފާގައި ދެމި ހުންނަ މުއްދަތުގައި އެ ފަރާތަކަށް މުސްކުޅިކުރުމުގެ އިނާޔަތެއް ނުލިބޭނެއެވެ. މިގޮތުން، ކުރިން ލިބެމުންދިޔަ މުސްކުޅިކުރުމުގެ އިނާޔަތުގެ ފައިސާ މަހުންމަހަށް ދޫކުރަން ފެށޭނީ އެ ވަޒީފާއިން ވަކިވާ މަހާ ޖެހިގެން އަންނަ މަހުން ފެށިގެންނެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދަ ހާލަތުގައި ހުންނަ ފަރާތަކުން، ވަޒީފާއިން މުސްކުޅިކުރުމަށްފަހު އަލުން އަދާކުރަން ފެށި ދައުލަތުގެ އިންތިހާބީ މަގާމު ނުވަތަ ދައުލަތުގެ ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގެ ވަޒީފާ އަދާކުރަން ފަށައިފައިވާކަން މޯލްޑިވްސް ޕެންށަން އެޑްމިނިސްޓްރޭށަން އޮފީހަށް އަންގަންވާނެއެވެ. އަދި އެގޮތުގެ މަތީން އަންގަންޖެހޭ އެންގުން ނާންގައި އޮތުމުގެ ސަބަބުން އެފަދަ ވަޒީފާއެއްގައި ހުރި މުއްދަތުގައި އެ ފަރާތަކަށް މުސްކުޅިކުރުމުގެ އިނާޔަތް ދޫކުރެވިއްޖެ ނަމަ، އެ ފައިސާ އަނބުރާ ދައްކަންވާނެއެވެ.
(ނ) މި ގަވާއިދަށް އަމަލުކުރަން ފަށާއިރ،ު މި ގަވާއިދުގެ ދަށުން ވަޒީފާއިން މުސްކުޅިކޮށްފައިވާ މުވައްޒަފަކު، އަލުން ދައުލަތުގެ މަގާމަކަށް އިންތިހާބުވެފައިވާ ނަމަ ނުވަތަ ދައުލަތުގެ ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގެ ވަޒީފާއެއް ހަމަޖެހިފައިވާ ނަމަ، އެ ވަޒީފާގައި ދެމިހުންނަ މުއްދަތަށް އެ މީހަކަށް މުސްކުޅިކުރުމުގެ އިނާޔަތް ދިނުން ހުއްޓައިލެވޭނެއެވެ. އަދި ކުރިން ލިބެމުންދިޔަ މުސްކުޅިކުރުމުގެ އިނާޔަތުގެ ފައިސާ މަހުންމަހަށް ދޫކުރަން ފެށޭނ،ީ އެ ވަޒީފާއިން ވަކިވާ މަހާ ޖެހިގެން އަންނަ މަހުން ފެށިގެންނެވެ.
(ރ) ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ޕެންށަން ދެވޭނީ ގާނޫނު ނަންބަރު 2009-08 (ދިވެހިރާއްޖޭގެ ޕެންށަނާބެހޭ ގާނޫނު) އާއ،ި އެ ގާނޫނުގެ ދަށުން ހަދައިފައިވާ ގަވާއިދުގައިވާ ގޮތުގެ މަތީންނެވެ.
2 ވަނަ މާއްދާ - މި ގަވާއިދަށް އަމަލުކުރަން ފަށާނ،ީ ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.
މައި ގަވާއިދު
ސިވިލް ސަރވިސްގެ ގަވާއިދު 2014 (ގަވާއިދު ނަންބަރު 2014-311)
ކޮންސޮލިޑޭޓެޑް ގަވާއިދު
ސިވިލް ސަރވިސްގެ ގަވާއިދު 2014 (ކޮންސޮލިޑޭޓެޑް ނަންބަރު 2014-311)
ކިޔުންތެރިންގެ ހިޔާލު