-

މާލިއްޔަތުގެ ގަވާއިދު (ގަވާއިދު ނަންބަރު 2023-158) އަށް 4 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު

(ގަވާއިދު ނަންބަރު 2025-100)

(މި ގަވާއިދަށް އަމަލުކުރަން ފެށީ 13 ފެބުރުއަރީ 2025 ގައި)

 

ގަވާއިދު ނަންބަރު 2023-158 (މާލިއްޔަތުގެ ގަވާއިދު) އަށް އަންނަނިވި އިސްލާހުތައް ގެނައުން.

 

1 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 10.20 ވަނަ މާއްދާގެ (ށ-1) އަންނަނިވި ފަދައިން އިސްލާހުކުރުން.

(ށ-1) މި މާއްދާގެ (ށ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، އާންމު ރައްޔިތުންގެ އަސާސީ ބޭނުންތަކާއި، ދިރިއުޅުމުގެ ފެންވަރު ރަނގަޅުކޮށްދޭ ބާވަތުގެ މަށްރޫޢުތަކާއި، ސަލާމަތީ ހިދުމަތްތަކަށް ހާއްސަ މަށްރޫޢުތަކުގެ ގޮތުގައި، ކަމާގުޅޭ ދައުލަތުގެ އޮފީހަކުން ވަޒީރުންގެ މަޖިލީހަށް ނުވަތަ ވަޒީރުންގެ މަޖިލީހުގެ ކޮމިޓީއަކަށް ހުށަހެޅުމުން، ވަޒީރުންގެ މަޖިލީހުން ނުވަތަ ވަޒީރުންގެ މަޖިލީހުގެ ކޮމިޓީއަކުން ކަނޑައަޅާ މަށްރޫޢުތައް "ސިންގަލް ސޯސް ޕްރޮކިއުމަންޓް" ގެ އުސޫލުން ކުރިޔަށް ގެންދެވިދާނެއެވެ.

 

2 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 10.20 ވަނަ މާއްދާގެ (ރ) ގެ (7) ވަނަ ނަންބަރު އަންނަނިވި ފަދައިން އިސްލާހުކުރުން.

(7) އާންމު ރައްޔިތުންގެ އަސާސީ ބޭނުންތަކާއި، ދިރިއުޅުމުގެ ފެންވަރު ރަނގަޅުކޮށްދޭ ބާވަތުގެ މަށްރޫޢުތަކާއި، ސަލާމަތީ ހިދުމަތްތަކަށް ހާއްސަ މަށްރޫޢުއެއްގެ ގޮތުގައި ވަޒީރުންގެ މަޖިލީހުން ނުވަތަ ވަޒީރުންގެ މަޖިލީހުގެ ކޮމިޓީއަކުން ވަކި ބަޔަކު ނުވަތަ ވަކި ފަރާތެއް ކަނޑައެޅުން.

 

3 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 10.20 ވަނަ މާއްދާގެ (ހ) ގެ (3) ވަނަ ނަންބަރުގެ ފަހަތަށް އަންނަނިވި ފަދައިން ނަންބަރެއް އިތުރުކުރުން.

(4) މި މާއްދާގެ (ހ) ގެ (3) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ހާލަތުގައި ހުއްދަ ދޭނީ، ވަޒީރުންގެ މަޖިލީހުން ނުވަތަ ވަޒީރުންގެ މަޖިލީހުގެ ކޮމިޓީއަކުންނެވެ.

 

4 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 10.22 ވަނަ މާއްދާގެ (ހ) ގެ (6) ވަނަ ނަންބަރު އަންނަނިވި ފަދައިން އިސްލާހުކުރުން.

(6) މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގެ ދަށުން މަސައްކަތް ހަވާލުކުރާ ހާލަތުގައި، މަސައްކަތް ހަވާލުކުރާނޭ ފަރާތެއް ކަނޑައަޅަންވާނީ މަސައްކަތުގެ ބާވަތާއި، މަސައްކަތުގެ އަގާއި މަސައްކަތް ހަވާލުކުރާ ފަރާތް ހިމެނޭގޮތަށް އެ އޮފީހެއްގެ މާލީ ޒިންމާދާރު ވެރިޔާ، މި މާއްދާގެ ދަށުން އެ ފަރާތަކަށް މަސައްކަތް ހަވާލުކުރަން ނިންމި ސަބަބު ބަޔާންކޮށް މިނިސްޓްރީއަށް އެ މަޢުލޫމާތު ހުށަހަޅައި، މިނިސްޓްރީގެ ލަފާގެ މަތީން، މި ގަވާއިދުގެ 10.05 ވަނަ މާއްދާގެ ދަށުން ހުއްދަ ހޯދައިގެންނެވެ.

 

5 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 1-10.22 ވަނަ މާއްދާގެ (ހ) އާއި، (ނ) އަންނަނިވި ފަދައިން އިސްލާހުކުރުން.

(ހ) މި ގަވާއިދުގެ އެހެން މާއްދާއެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައި އޮތް ނަމަވެސް، "ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމް" ގެ ތެރެއިން ދައުލަތުގެ އޮފީހަކުން މިނިސްޓްރީއަށް ހުށަހަޅައި، މިނިސްޓްރީގެ ލަފާގެ މަތީން، ވަޒީރުންގެ މަޖިލީހުން ނުވަތަ ވަޒީރުންގެ މަޖިލީހުގެ ކޮމިޓީއަކުން ކަނޑައަޅާ ވަކި މަށްރޫޢެއް، މި ގަވާއިދުގެ 10.22 ވަނަ މާއްދާގެ (ހ) ގެ ދަށުން ހަވާލުކުރުމަށް ނިންމައިފި ނަމަ، އެ މަށްރޫޢަށް ބިޑު ސެކިއުރިޓީއާއި ޕަރފޯމަންސް ގެރެންޓީ ނުވަތަ އެޑްވާންސް ޕޭމަންޓް ގެރެންޓީ ނެގުން އިސްތިސްނާކުރުމުގެ އިހްތިޔާރު މިނިސްޓަރަށް ލިބިގެންވެއެވެ. މި ގަވާއިދުގެ 10.61 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގައި އެހެން ގޮތަކަށް ބަޔާންކޮށްފައި އޮތް ނަމަވެސް، މި މާއްދާގެ ދަށުން ކަނޑައަޅާ މަށްރޫޢު ހަވާލުވާ ފަރާތުން އެޑްވާންސްގެ ގޮތުގައި ފައިސާ ދޫކޮށްދިނުމަށް އެދިއްޖެ ނަމަ ޖުމުލަ އަގުގެެ- %15 ފަނަރަ (އިންސައްތަ އަށްވުރެ ބޮޑުނުވާ އަދަދަކަށ. -ފައިސާ ދެވިދާނެއެވެ އަދި މި  މާއްދާގެ -ދަށުން އިސްތިސްނާ- ދެވޭ މަށްރޫޢުތައް ބަލަައްޓާ ކަމާބެހޭ ވުޒާރާއަކުން، އެ މަށްރޫޢުތަކުގެ- -ޕްރޮގްރެސް ރިޕޯޓު- އަދާހަމަކޮށް މިނިސްޓްރީް އަންގާ ގެ ގޮތުގެ މަތީން މިނިސްޓްރީއަށް: ފޮނުވަމުން -ގެންދަންވާނެއެވެ.

(ނ) މި "މާއްދާއަށް ޢަމަލުކުރެވޭނީ ގަވާއިދު ނަންބަރު، 2025-27 ގަވާއިދު ނަންބަރު 158-2023 ދައުލަތުގެ މާލިއްޔަތުގެ ގަވާއިދަށް 3 ވަނަ އިސްލާހު ގެނައުމުގެ (ގަވާއިދު، އަށް ޢަމަލުކުރަން، ފެށި ތާރީހުން، "ފެށިގެން 2 (ދޭއް) އަހަރުދުވަހުގެ. މުއްދަތަށެވެ

 

6 ވަނަ މާއްދާ - ޖަދުވަލު 2 ގެ 3 ވަނަ މާއްދާ އުނިކުރުން

 

7 ވަނަ މާއްދާ - ގަވާއިދަށް، ޢަމަލުކުރަން، ފަށާނީ،، ދިވެހި ސަރުކާރުގެ ގެޒެޓުގައި ގަވާއިދު، ށާއިޢުކުރާ ދުވަހުން، ފެށިގެންނެވެ.

 

މައި ގަވާއިދު

މާލިއްޔަތުގެ ގަވާއިދު (ގަވާއިދު ނަންބަރު 2023-158)

 

ކޮންސޮލިޑޭޓެޑް ގަވާއިދު

މާލިއްޔަތުގެ ގަވާއިދު (ކޮންސޮލިޑޭޓެޑް ނަންބަރު 2023-158)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު