އެއްމެދު އިމާރާތު ގެ މެނޭޖްމަންޓް ކޯޕަރޭށަން ހިންގުމުގެ ގަވާއިދު (ގަވާއިދު ނަންބަރު 2024-25) އަށް 1 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު
(ގަވާއިދު ނަންބަރު 2025-94)
(މި ގަވާއިދަށް އަމަލުކުރަން ފެށީ 18 ސެޕްޓެމްބަރު 2025 ގައި)
ގަވާއިދު ނަންބަރު 2024-25 (އެއްމެދު އިމާރާތު ގެ މެނޭޖްމަންޓް ކޯޕަރޭށަން ހިންގުމުގެ ގަވާއިދު) އަށް އަންނަނިވި އިސްލާހުތައް ގެނައުން.
1 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 18 ވަނަ މާއްދާގެ (ނ) އާއި 21 ވަނަ މާއްދާގެ (ށ) އުނިކުރުމަށްފަހު، 22 ވަނަ މާއްދާގެ ފަހަތަށް 1-22 ގެ ގޮތުގައި އަންނަނިވި މާއްދާ އިތުރުކުރުން.
ޖަލްސާތަކަށް ނޯޓިސް ދިނުމާއި ގާނޫނީ އަދަދު 1-22.
(ހ) މި ގަވާއިދުގެ 18 ވަނަ މާއްދާއާއި، 21 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ޖަލްސާއެއް ބޭއްވުމަށް ޓަކައި، ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވާ ތާރީހުގެ، މަދުވެގެން 14 (ސާދަ) ދުވަހުގެ ކުރިން، މެނޭޖްމަންޓް ކޯޕަރޭށަނުގެ ކޮންމެ މެންބަރަކަށް، އަންނަނިވި މައުލޫމާތު އެކުލެވޭ ނޯޓިހެއް ފޮނުވަންވާނެއެވެ.
- ޖަލްސާ ބާއްވަން ހަމަޖެހިފައިވާ ތާރީހާއި، ތަނާއި، ވަގުތު؛
- ޖަލްސާގެ މަގުސަދާއި، ޖަލްސާއަށް އެޖެންޑާކޮށްފައިވާ ކަންކަން؛
- ހުރިހާ މެންބަރުންގެ ވޯޓުން ފާސްކުރަންޖެހޭ ނިންމުމެއް އޮތް ނަމަ، އެ މައްސަލައާ ގުޅޭ ހުލާސާއެއް.
(ށ) މެނޭޖްމަންޓް ކޯޕަރޭށަނުގެ އާންމު ޖަލްސާތަކުގެ ގާނޫނީ އަދަދަކީ ހުރިހާ ޔުނިޓުތަކުގެ ވެރިފަރާތްތަކަށް ކަނޑައެޅިފައިވާ މުޅި ޖުމުލަ ހިއްސާގެ އަދަދުގެ ތެރެއިން %50 (ފަންސާސް އިންސައްތަ) ހިއްސާއަށް ނިސްބަތްވާ މިންވަރެވެ.
(ނ) މެނޭޖްމަންޓް ކޯޕަރޭށަނުގެ އާންމު ޖަލްސާގެ ނޯޓިސް، މި މާއްދާގެ (ހ) ގައިވާ ގޮތުގެ މަތީން ދިނުމަށްފަހު، މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ މިންވަރަށް މެންބަރުން ހާޒިރުނުވެގެން ޖަލްސާ ނުބޭއްވިއްޖެ ނަމަ، މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުން ފެށިގެން (3) ވަނަ ނަންބަރުގެ ނިޔަލަށް ބަޔާންކޮށްފައިވާ އެންމެހައި މައުލޫމާތާއެކު، މަދުވެގެން 7 (ހަތެއް) ދުވަހުގެ ނޯޓިހެއް ދޭންވާނެއެވެ.
(ރ) މި މާއްދާގެ (ނ) ގައިވާ ގޮތުގެ މަތީން ނޯޓިސް ދެވިފައިވާ ޖަލްސާތައް، މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ މެންބަރުންގެ ގާނޫނީ އަދަދު ހަމަނުވިނަމަވެސް، އެ ޖަލްސާއަކަށް ހާޒިރުވި މެންބަރުންނާއެކު ކުރިޔަށް ގެންދެވޭނެއެވެ.
2 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 30 ވަނަ މާއްދާގެ (ށ) އަންނަނިވި ގޮތަށް އިސްލާހުކުރުން.
އާރޓިކަލް އޮފް އިންކޯޕަރޭށަން 30.
(ށ) "އާރޓިކަލް އޮފް އިންކޯޕަރޭށަން" މިނިސްޓްރ އަށް ހުށަހަޅައި ފާސްކުރުމަށްފަހު، އެ ލިޔުމަކަށް އެއްވެސް ބަދަލެއް ނުވަތަ އިސްލާހެއް ގެނެވޭނީ މި ގަވާއިދުގައިވާ ގޮތުގެ މަތީން ބާއްވާ އާންމު ބައްދަލުވުމަށް ހުށަހަޅައި ފާސްކޮށްގެންނެވެ.
3 ވަނަ މާއްދާ - މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ތާރީހުން ފެށިގެންނެވެ.
މައި ގަވާއިދު
އެއްމެދު އިމާރާތު ގެ މެނޭޖްމަންޓް ކޯޕަރޭށަން ހިންގުމުގެ ގަވާއިދު (ގަވާއިދު ނަންބަރު 2024-25)
ކޮންސޮލިޑޭޓެޑް ގަވާއިދު
އެއްމެދު އިމާރާތު ގެ މެނޭޖްމަންޓް ކޯޕަރޭށަން ހިންގުމުގެ ގަވާއިދު (ކޮންސޮލިޑޭޓެޑް ނަންބަރު 2024-25)
ކިޔުންތެރިންގެ ހިޔާލު