ވަޒީފާއާބެހޭ އާންމު ގަވާއިދު (ގަވާއިދު ނަންބަރު 2021-63) އަށް 1 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު
(ގަވާއިދު ނަންބަރު 2025-90)
(މި ގަވާއިދަށް އަމަލުކުރަން ފެށީ 14 ސެޕްޓެމްބަރު 2025 ގައި)
1 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 1 ވަނަ މާއްދާގެ (ހ) ގެ (3) ވަނަ ނަންބަރުގެ ފަހަތަށް އަންނަނިވި ގޮތަށް ނަންބަރެއް އިތުރުކުރުމާއި، އެ މާއްދާގެ (ށ) އަންނަނިވި ގޮތަށް އިސްލާހުކުރުން.
4. ގާނޫނުގެ 1-74 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ސީނިއަރ މެނޭޖްމަންޓަކީ ކޮބައިކަން ބަޔާންކޮށްދިނުމާއި، އެ ގާނޫނުގެ 97 ވަނަ މާއްދާގައި މާނަކޮށްދީފައިވާ ހިންގުމުގެ އިސް މަގާމުތަކުގައި ތިބޭ މީހުން ކަނޑައެޅުމުގައި ބަލާނެ ށަރުތުތަކާއި މިންގަނޑުތައް ބަޔާންކުރުން؛
(ށ) މި ގަވާއިދަކީ، ގާނޫނު ނަންބަރު 2008-02 (ވަޒީފާއާބެހޭ ގާނޫނު) ގެ 21 ވަނަ މާއްދާގެ (ބ) އާއި، 32 ވަނަ މާއްދާގެ (ބ) އާއި، 58 ވަނަ މާއްދާގެ (ށ) އާއި، 1-74 ވަނަ މާއްދާގެ (ނ) އާއި، 96 ވަނަ މާއްދާގެ ދަށުން ހަދައިފައިވާ ގަވާއިދެކެވެ.
2 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 20 ވަނަ މާއްދާގެ ފަހަތަށް ސުރުހީއެއް އިތުރުކޮށް، އެއީ ގަވާއިދުގެ 5 ވަނަ ބާބުގެ ގޮތުގައި ހަމަޖެއްސުން.
5 ވަނަ ބާބު
ސީނިއަރ މެނޭޖްމަންޓް ކަނޑައެޅުން
ސީނިއަރ މެނޭޖްމަންޓް 1-20.
ސީނިއަރ މެނޭޖްމަންޓު ކަމުގައި ބެލެވޭނީ، މަސައްކަތްކުރާ ތަނުގެ ހިންގުމުގެ އިސް މަގާމުތަކުގެ ގޮތުގައި، މި ގަވާއިދުގެ 2-20 ވަނަ މާއްދާގައި ކަނޑައަޅައިފައިވާ މިންގަނޑުތަކަށް ފެތޭ ގޮތުގެ މަތީން ކަނޑައަޅާ ފަރާތްތައް ހިމެނޭގޮތުންނެވެ.
ހިންގުމުގެ އިސް މަގާމެއްގެ ގޮތުގައި ކަނޑައެޅުން 2-20.
މަސައްކަތްކުރާ ތަނުގެ ހިންގުމުގެ އިސް މަގާމެއްގެ ގޮތުގައި ކަނޑައަޅަންވާނީ މި މާއްދާގައި ބަޔާންކޮށްފައިވާ މިންގަނޑުތަކުގެ ތެރެއިން މިންގަނޑަކަށް ފެތޭ ފަރާތްތަކެވެ.
(ހ) މަސައްކަތްކުރާ ތަނުގެ އިދާރީ އޮނިގަނޑުގެ ނުވަތަ މަސައްކަތުގެ އޮނިގަނޑުގެ އެންމެ މަތީ ދަރަޖައިގައި މަސައްކަތްކުރާ ފަރާތްތައް. (ށ) މަސައްކަތްކުރާ ތަނުގެ ޕޮލިސީ ކަނޑައެޅުމުގެ ބާރު ލިބިފައިވާ ފަރާތްތައް ނުވަތަ ނިންމުންތައް ނިންމުމުގެ ބާރު ލިބިފައިވާ ފަރާތްތައް.
(ނ) މަސައްކަތްކުރާ ތަނުގައި ހާސިލުކުރަން ބޭނުންވާ ލަނޑުދަނޑިތައް ކަނޑައެޅުމުގެ ހައިސިއްޔަތު ލިބިފައިވާ ފަރާތްތައް.
(ރ) މަސައްކަތްކުރާ ތަނުގައި މުވައްޒަފުންނަށް ވަޒީފާ ދިނުމުގެ ނުވަތަ ވަޒީފާއިން ވަކިކުރުމުގެ ނުވަތަ ވަޒީފާގެ ކުރިއެރުން ދިނުމުގެ ނުވަތަ މުވައްޒަފުންނަށް އިސްލާހީ ފިޔަވަޅު އެޅުމުގެ ހައިސިއްޔަތު ލިބިފައިވާ ފަރާތްތައް.
(ބ) މަސައްކަތްކުރާ ތަނުގެ ޑިޕާޓްމަންޓްތައް ނުވަތަ ސެކްށަންތައް ހިންގުމާ ހަވާލުވެފައިވާ ނުވަތަ އެހެން މުވައްޒަފުން ރިޕޯޓުކުރަންޖެހޭ ފަރާތްތައް.
(ޅ) މި މާއްދާގެ (ހ) އިން ފެށިގެން (ބ) ގެ ނިޔަލަށް އެހެން ބަޔާންކޮށްފައި އޮތްކަމުގައި ވިޔަސް، ގާނޫނު ނަންބަރު 2016-11 (ދައުލަތުގެ މުސާރައިގެ ސިޔާސަތުގެ ގާނޫނު) ގެ ދަށުން މުސާރައާއި އިނާޔަތްތައް ކަނޑައަޅާ ފަރާތްތަކުގެ ތެރޭގައި ހިމެނޭ ހިންގުމުގެ އިސް މަގާމުތައް ކަނޑައަޅާނީ ނޭށަނަލް ޕޭ ކޮމިށަނުން ކަނޑައަޅާ ހަމަތަކާއި މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެ މަތީންނެވެ.
ފިޔަވަޅު އެޅުން 3-20.
ގާނޫނުގެ 1-74 ވަނަ މާއްދާގެ (ށ) އާއި (ނ) އާ ހިލާފުވާ ފަރާތްތަކާމެދު، އަންނަނިވި ގޮތުގެ މަތީން ފިޔަވަޅު އެޅުމުގެ ބާރު، ލޭބަރ ރިލޭށަންސް އޮތޯރިޓީއަށް ލިބިގެންވެއެވެ.
(ހ) ފުރަތަމަ ފަހަރު ގާނޫނާ އެއްގޮތަށް ކަންކަން އިސްލާހުކުރުމަށް 6 (ހައެއް) މަސްދުވަހުގެ ނޯޓިހެއް ދިނުނެ.
(ށ) ދެވަނަ ފަހަރު 50,000 (ފަންސާސް ހާސް) ރުފިޔާއިން ޖޫރިމަނާ ކުރުން.
(ނ) ތިންވަނަ ފަހަރު 100,000 (އެއްލައްކަ) ރުފިޔާއިން ޖޫރިމަނާ ކުރުން.
3 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 23 ވަނަ މާއްދާގެ (ނ) އަންނަނިވި ގޮތަށް އިސްލާހުކުރުން.
"ވަޒީފާ އަދާކުރާ ފަރާތް" ނުވަތަ "މުވައްޒަފު" ކަމަށް ބަޔާންކޮށްފައި އެވަނީ، ވަޒީފާ އަދާކުރުމުގެ އެއްބަސްވުމެއްގެ ދަށުން ހިދުމަތްދޭ މީހާއަށެވެ. އެއީ މި ލަފުޒުތަކުގެ މާނައިގައި، މިނިވަންނޫން ކޮންޓްރެކްޓަރާއި ވަޒީފާދޭ ފަރާތަށް، ކުރިން މަސައްކަތް ކޮށްދީފައިވާ މުވައްޒަފުން ވެސް ހިމެނޭގޮތަށެވެ. ނަމަވެސް؛ ގާނޫނުގެ 1-74 ވަނަ މާއްދާގެ (ށ) އާއި (ނ) ގެ ބޭނުމަށް "ވަޒީފާ އަދާކުރާ ފަރާތް" ނުވަތަ "މުވައްޒަފު" ކަމަށް ބުނެފައި އެވަނީ، މަސައްކަތްކުރާ ތަނުގައި، ވަޒީފާދޭ ފަރާތަށް ކުރިން މަސައްކަތްކޮށްދީފައިވާ މުވައްޒަފުން ނުހިމެނޭ ގޮތަށް އަދި ވަޒީފާ އަދާކުރުމުގެ އެއްބަސްވުމެއްގެ ދަށުން ހިދުމަތްދޭ ވަގުތީ މުވައްޒަފުންނާއި ދާއިމީ މުވައްޒަފުން ހިމެނޭ ގޮތަށެވެ.
4 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 23 ވަނަ މާއްދާގެ (ޅ) ގެ ފަހަތަށް (ކ) ގެ ގޮތުގައި އަކުރެއް އިތުރުކުރުން.
(ކ) "މަސައްކަތްކުރާ ތަން" ކަމަށް ބުނެފައި އެވަނީ، މުވައްޒަފުން ދުވަހުން ދުވަހަށް ވަޒީފާ އަދާކުރުމަށް ނުކުންނަ ތަނަށެވެ. މި މާނައިގެ ތެރޭގައި ރިސޯޓުތަކާއި، ހޮޓާތަކާއި، ފެކުޓަރީތަކާއި، މަސައްކަތު ސައިޓްތަކާއި، މިފަދަ އެހެން ތަންތަން ހިމެނެއެވެ.
5 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 5 ވަނަ ބާބު، އެއީ އެ ގަވާއިދުގެ 6 ވަނަ ބާބުކަމުގައި ހަމަޖެއްސުން.
6 ވަނަ މާއްދާ - މި ގަވާއިދަށް އަމަލުކުރަންފެށުން 24.
(ހ) މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ތާރީހުން ފެށިގެންނެވެ.
(ށ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތްނަމަވެސް، މި ގަވާއިދުގެ 3-20 ވަނަ މާއްދާއަށް ޢަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ތާރީހުން ފެށިގެން 90 (ނުވަދިހަ) ދުވަސް ހަމަވާ ތާރީހުން ފެށިގެންނެވެ،
ކިޔުންތެރިންގެ ހިޔާލު