ދައުލަތުގެ ބެލުމުގެ ދަށަށް ގެންނަ ކުދިން ފޮސްޓަރކުރުމާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 2024-17) އަށް 2 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު
(ގަވާއިދު ނަންބަރު 2025-84)
(މި ގަވާއިދަށް އަމަލުކުރަން ފެށީ 25 އޮގަސްޓް 2025 ގައި)
ގަވާއިދު ނަންބަރު 2024-17 (ދައުލަތުގެ ބެލުމުގެ ދަށަށް ގެންނަ ކުދިން ފޮސްޓަރކުރުމާބެހޭ ގަވާއިދު) އަށް އަންނަނިވި އިސްލާހުތައް ގެނައުން.
1 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 10 ވަނަ މާއްދާގެ (ކ) އަންނަނިވި ގޮތަށް އިސްލާހުކުރުން.
ކުދިން ބެލެހެއްޓުމަށް ހަވާލުކުރެވޭ ފަރާތެއްގެ ކިބައިގައި ފުރިހަމަވާންޖެހޭ އާންމު ށަރުތުތައް 10.
(ކ) ދައުލަތުގެ ބެލުމުގެ ދަށަށް ގެނެވޭ ކުދިންގެ ތެރެއިން ކުއްޖަކު ފޮސްޓަރކޮށްދޭ ފަރާތަކީ ދިވެހިރާއްޖެއިން ބޭރުގައި ދިރިއުޅޭ ފަރާތެއް ނަމަ، އެ ފަރާތަކީ ދިވެހިރާއްޖެއިން ބޭރުގައި ގާއިމުކޮށްފައިވާ ދިވެހިރާއްޖޭގެ އެމްބަސީއެއް ނުވަތަ ކޮންސިއުލޭޓެއް ހުރި ގައުމެއްގައި ދިރިއުޅޭ ފަރާތެއް ކަމުގައި ވާންވާނެއެވެ.
2 ވަނަ މާއްދާ - ބުނެވެދިޔަ ގަވާއިދުގެ 12 ވަނަ މާއްދާގެ ފަހަތަށް 12-1 ގެ ގޮތުގައި މާއްދާއެއް އިތުރުކުރުން.
ވަގުތީގޮތުން ފޮސްޓަރކުރެވޭ ހާލަތްތައް 1-12.
(ހ) ދައުލަތުގެ ބެލުމުގެ ދަށަށް ގެންނަ ކުއްޖަކު ވަގުތީގޮތުން ކުއްޖާ ބަލަހައްޓާ ފަރާތާ ހަވާލުކުރެވޭނީ އަންނިވި 2 (ދޭއް) ގޮތުންކުރެ ގޮތަކަށެވެ.
- ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުގެ 88 ވަނަ މާއްދާގެ (2) ވަނަ ނަންބަރުގެ ދަށުން ކުއްޖާ ވަގުތީގޮތުން އެހެން ފަރާތަކާ ހަވާލުކުރާ ހާލަތުގައި، އާއިލާގެ ފަރާތުން ކުއްޖާއާ ހަވާލުވާނޭ އެއްވެސް ފަރާތެއް ނެތް ހަލާތުގައި ނުވަތަ ކުއްޖާ ބެލެހެއްޓުން ކުއްޖާގެ އާއިލާގެ ފަރާތަކާ ހަވާލުކޮށްފި ނަމަ، ކުއްޖާގެ މަސްލަހަތަށް އުނިކަމެއް އަތުވެދާނެކަމަށް އެކަށީގެންވާ ސަބަބުތަކެއްގެ މައްޗަށް ބިނާކޮށް ގަބޫލުކުރެވޭ ނަމަ، ކުއްޖާގެ އާއިލާގެ ފަރާތަކާ ކުއްޖާ ބެލެހެއްޓުން ހަވާލުކުރުމުގެ ބަދަލުގައި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުގެ 99 ވަނަ މާއްދާގެ (ރ) ގެ (1) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ފަދައިން ވަގުތީގޮތުން ކުއްޖާ ފޯސްޓަރކުރެވިދާނެއެވެ.
- ދަައުލަތުގެ ބެލުމުގެ ދަށަށް ގެނެވި އޯލްޓަރނޭޓިވް ކެއަރ ފެސިލިޓީއަކަށް ކުއްޖާ ބަދަލުނުކޮށް ވަގުތީގޮތުން ކުއްޖާ ފޮސްޓަރކުރަން އެދޭ ފަރާތުގެ ގާތުގައި ބެހެއްޓިދާނެއެވެ.
3 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 1-12 ގެ ފަހަތަށް 2-12 ގެ ގޮތުގައި މާއްދާއެއް އިތުރުކުރުން.
ވަގުތީގޮތުން ފޮސްޓަރކުރެވޭނެ ބެލެނިވެ ރީންގެ ދަފުތަރ 2-12.
(ހ) މި ގަވާއިދުގެ ދަށުން ވަގުތީގޮތުން ފޮސްޓަރކުރެވޭނެ ބެލެނިވެރީންގެ ދަފުތަރެއް، ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްށަން ސަރވިސްގެ ފަރާތުން އެކުލަވައިލަންވާނެއެވެ.
(ށ) މި ގަވާއިދުގެ ދަށުން ވަގުތީގޮތުން ފޮސްޓަރކުރަން އެދޭ ފަރާތްތަކުގެ ނަން ދަފުތަރުގައި ހިމަނާނީ، އެ ފަރާތަކީ ފޮސްޓަރކުރެވިދާނޭ ފަރާތެއްގެ ގޮތުގައި ފޮސްޓަރ ޕެނަލުން ނިންމުމުންނެވެ.
(ނ) މި ގަވާއިދުގެ ދަށުން ވަގުތީގޮތުން ފޮސްޓަރކުރަން އެދޭ ފަރާތްތަކުގެ ތެރެއިން ދަފުތަރުގައި ނަން ހިންމަނައިފައިވާ ފަރާތްތައް، މި ގަވާއިދުގެ 10 ވަނަ މާއްދާގައި ބަޔާން ކޮށްފައިވާ ށަރުތުތައް ފުރިހަމަވޭތޯ، ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްށަން ސަރވިސްގެ ފަރާތުން، އެންމެ މަދުވެގެން ވެސް، ކޮންމެ 3 (ތިނެއް) މަސްދުވަހަކުން 1 (އެކެއް) ފަހަރު ބަލަންވާނެއެވެ.
4 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 13 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.
(ހ) މި ގަވާއިދުގެ 12 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ހާލަތުގައި، މި މާއްދާގައި ބަޔާންކޮށްފައިވާ ކޯޓު އަމުރަށް ހުށަހަޅާއިރު، ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުގެ 89 ވަނަ މާއްދާގެ (ށ) ގެ (1) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ރައްކައުތެރިކުރުމުގެ އަމުރަށް އެދެންވާނެއެވެ.
(ށ) މި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތަށް ވަގުތީގޮތުން ފޮސްޓަރކުރާ ހާލަތުގައި، މި ގަވާއިދުގެ 26 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މަރުހަލާތައް ފުރިހަމަކުރަންވާނެއެވެ.
(ނ) މި ގަވާއިދުގެ 12 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ހާލަތުގައި ކުއްޖަކު ވަގުތީގޮތުން ފޯސްޓަރކުރާއިރު، ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުގެ 99 ވަނަ މާއްދާގެ (އ) ގައި، އެއްވެސް ކުއްޖަކު ފޮސްޓަރކުރުމަށް އެހެން ފަރާތަކާ ހަވާލުކުރަންވާނީ ކޯޓު އަމުރެއްގެ ދަށުން ކަމަށް ބަޔާންކޮށްފައިވާތ،ީ ކުއްޖާ ފޮސްޓަރކުރާ ފަރާތާ ހަވާލުކުރުމަށ،ް ކަމާބެހޭ ކޯޓު އަމުރެއް ހޯދުމަށް ކޯޓަށް ހުށަހަޅާންވާނެއެވެ.
(ރ) މި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ވަގުތީގޮތުން ފޮސްޓަރކުރާ ހާލަތުގައި، ފޮސްޓަރ ބެލެނިވެރިޔާ ކަނޑައަޅާނީ، ފޮސްޓަރ ބެލެނިވެރިޔާގެ އެސެސްމަންޓ،ް ފޮސްޓަރ ޕެނަލަށް ހުށަހަޅައިގެންނެވެ.
(ބ) މި ގަވާއިދުގައި ބަޔާންކޮށްފައިވާ ވަގުތީގޮތުން ފޮސްޓަރކުރާ ހާލަތުގައި، މި ގަވާއިދުގެ 27 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތައް ފުރިހަމަކުރަންވާނެއެވެ.
(ޅ) ވަގުތީގޮތުން ކުއްޖަކު ފޮސްޓަރކުރުމަށް ނިންމަންވާނީ، މި މާއްދާގެ (ބ) ގައި ބަޔަންކޮށްފައިވާ ލިޔެކިޔުންތަކަށް ރިއާޔަތްކުރުމަށް ފަހުގައެވެ.
(ކ) ކުއްޖާ ވަގުތީގޮތުން އެހެން ފަރާތަކާ ހަވާލުކުރުމުގައި، މި ގަވާއިދުގެ 12 ވަނަ މާއްދާގެ (ހ) އާއި (ށ) ގައި ބަޔާންކޮށްފައިވާ ކަންކަމަށ،ް ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްށަން ސަރވިސްގެ އިސްވެރިޔާއާއި ކޭސް މެނޭޖްމަންޓުގެ 2 (ދޭއް) ސުޕަވައިޒަރުން ރިއާ ޔަތްކުރަންވާނެއެވެ.
(އ) ވަގުތީގޮތުން ފޮސްޓަރކުރާ ކުދިން ބެލެހެއްޓުމަށް ފޮސްޓަރ ބެލެނިވެރިޔާއަށް އެލަވަންސެއް ދިނުމަށް މިނިސްޓްރީއަށް ކަނޑައެޅިދާނެއެވެ.
5 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 19 ވަނަ މާއްދާގެ (އ) އަންނަނިވި ގޮތަށް އި ސްލާހުކޮށް މި އަކުރުގެ ފަހަތަށް (ވ) ގެ ގޮތުގައި އަކުރެއް އިތުރުކުރުން.
ފޮސްޓަރ ޕެނަލް އެކުލެވިގެންވާ ގޮތް 19.
(އ) މިނިސްޓްރީއަށް ހުށަހެޅޭ އާއިލާތަކާ ގުޅޭ މައްސަލަތައް ނުވަތަ ކުޑަކުދިންނާ ގުޅޭ މައްސަލަތައް ބެލުމުގެ މަސައްކަތް ކުރިޔަށްގެންދާ ޑިޕާޓްމަންޓުގެ އިސްފަރާތެއް.
(ވ) ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްށަން ސަރވިސްގައި ނުވަތަ މިނިސްޓްރީގައި މަސައްކަތްކުރާ ގާނޫނީ އިސް ވަކީލެއް.
6 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 38 ވަނަ މާއްދާގެ (ރ) ގެ (6) ވަނަ ނަންބަރުގެ ފަހަތަށް (7) ވަނަ ނަންބަރާއި (8) ވަނަ ނަންބަރުގެ ގޮތުގައި ނަންބަރު އިތުރުކުރުން.
ކުއްޖާ ފޮސްޓަރކޮށްދޭ ފަރާތާއެކު ވެވ،ޭ ކުއްޖާ ބެލެހެއްޓުމުގެ އެއްބަސްވުން 38.
(7) ދައުލަތުގެ ބެލުމުގެ ދަށަށް ގެންނަ ކުދިންގެ ތެރެއިން ކުއްޖަކު ފޮސްޓަރކުރަން އެދޭ ފަރާތަކީ ދިވެހިރާއްޖެއިން ބޭރުގައި އުޅޭ ފަރާތެއް ނަމަ، އަދި އެ ފަރާތް ދިރިއުޅެނީ ދިވެހިރާއްޖޭގެ އެންބަސީއެއް ނުވަތަ ކޮންސިއުލޭޓެއް ހުރި ސިޓީއެއްގައި ނަމަ، ކުއްޖާގެ ހާލަތު މޮނިޓަރކުރާނީ އެންބަސީ ނުވަތަ ކޮންސިއުލޭޓް މެދުވެރިކޮށެވެ.
(8) ދައުލަތުގެ ބެލުމުގެ ދަށަށް ގެންނަ ކުދިންގެ ތެރެއިން ކުއްޖަކު ފޮސްޓަރކުރަން އެދޭ ފަރާތަކީ މި ގަވާއިދުގެ 10 ވަނަ މާއްދާގެ (ކ) ގައި ބަޔާންކޮށްފައިވާ ގައުމެއްގައި ދިރިއުޅޭ ފަރާތަކަށް ވީނަމަވެސް، އެ ފަރާތް ދިރިއުޅެނީ ދިވެހިރާއްޖޭގެ އެންބަސީއެއް ނުވަތަ ކޮންސިއުލޭޓެއް ހުރި ސިޓީއެއްގައި ކަމުގައި ނުވާ ނަމަ، ފޮސްޓަރކުރެވޭ ކުއްޖާގެ ހާލަތު މޮނިޓަރކުރާނީ މިނިސްޓްރީގެ ފަރާތުން ކޭސްވަރކަރުން ދަތުރުކޮށްގެންނެވެ. މި ދަތުރުކުރާ ކޭސްވޯކަރުންގެ ދަތުރު ހަރަދާއި ހުރުމާއި ކެއިންބުއިމުގެ ހަރަދު ހަމަޖައްސަންވާނީ ފޮސްޓަރ ބެލެނިވެރިޔާއެވެ.
7 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 47 ވަނަ މާއްދާގެ (ށ) ގެ ފަހަތަށް (ނ) ގެ ގޮތުގައި އަކުރެއް އިތުރުކުރުން.
(ނ) މި އިސްލާހު ގެނައުމުގެ ގަވާއިދަށް އަމަލުކުރަން ފަށާއިރު، ގާނޫނު ނަންބަރު 2019-19 (ކުޑަކުދިންގެ ހައްގުތައް ރައްކާރެތިކުރުމުގެ ގާނޫނު) ގެ ކުރިން ދައުލަތުގެ ބެލުމުގެ ދަށުގައި ހުރި ކުއްޖަކު ފޮސްޓަރކުރުމަށް ނިންމައިފައިވާ ނިންމުންތަކާއި، މިހާރު އުވައިލެވިފައިވާ ގަވާއިދު ނަންބަރު 2020-30 (ދައުލަތުގެ ބެލުމުގެ ދަށަށް ގެނެވޭ ކުދިން ރީ-އިންޓެގްރޭޓް ކުރުމާ ބެހޭ ގަވާއިދު) ގެ ދަށުން ފޮސްޓަރކުރުމަށް ނިންމައިފައިވާ އެންމެހައި ނިންމުންތައް ދެމިއޮންނާނެއެވެ.
8 ވަނަ މާއްދާ - މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ތާރީހުން ފެށިގެންނެވެ.
މައި ގަވާއިދު
ދައުލަތުގެ ބެލުމުގެ ދަށަށް ގެންނަ ކުދިން ފޮސްޓަރކުރުމާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 2024-17)
ކިޔުންތެރިންގެ ހިޔާލު