ތިމާވެށްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓު ހެދުމާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 2012-27) އަށް 6 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު
(ގަވާއިދު ނަންބަރު 2025-81)
(މި ގަވާއިދަށް އަމަލުކުރަން ފެށީ 12 އޮގަސްޓް 2025 ގައި)
ގަވާއިދު ނަންބަރު 2012-27 (ތިމާވެށްޓަށް އަސަރްުފޯރާން ވަރްުބަޔާން ކުރާ ރިޕޯޓު ހެދުމާބެހޭ ގަވާއިދު 2012) އަންނަނި އިސްލާހުތައް ގެނައުން.
1 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 7 ވަނަ މާއްދާގެ (ހ) އެއީ އެ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރު ކަމުގައި ހަމަޖައްސައި، އެ މާއްދާގެ (1) ވަނަ ނަންބަރުގެ ފަހަތަށް، (2) ވަނަ ނަންބަރާއި، (3) ވަނަ ނަންބަރާއި (4) ވަނަ ނަންބަރު އިތުރުކުރުން.
ތިމާވެށީގެ ގޮތުން ނިންމިގޮތުގެ ލިޔުން ހޯދުމަށް އެދި ހުށަހެޅުން 7 (ހ).
(1) މި ގަވާއިދުގެ 8 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދައިން ތިމާވެށީގެ ގޮތުން ނިންމިގޮތުގެ ލިޔުން ހޯދުމަށް އެދި ހުށަހެޅުން ހުށަހަޅާ ތަރައްގީގެ މަސައްކަތެއް ފެށުމުގެ ކުރިން ތިމާވެށީގެ ގޮތުން ނިންމިގޮތުގެ ލިޔުން ހޯދުމަށް އެދި އެދިޔާރު، މިނިސްޓްރީއަށް ނުވަތަ މިނިސްޓަރު ކަނޑައަޅާ ފަރާތަކަށް ހުށަހަޅަންވާނެއެވެ.
(2) މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ހުށަހަޅާ ހުށަހެޅުންތަކުގެ ތެރެއިން، މި އަކުރުގެ (3) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން، ސަރުކާރުގެ މަށްރޫއުތަކުގެ ތެރެއިން ސަރުކާރުން ހާއްސަ އިސްކަމެއްދޭ މަށްރޫއެއްގެ ގޮތުގައި މިނިސްޓަރު ކަނޑައަޅާ މަށްރޫއުތަކުގެ ތިމާވެށީގެ ގޮތުން ނިންމިގޮތުގެ ލިޔުން ހޯދުމަށް އެދި ހުށަހެޅުމާ ހަމައަށް ނިންމަންޖެހޭ މަރުހަލާތައް ވީ އެންމެ އަވަސް މުއްދަތެއްގެ ތެރޭގައި އަދި އެއްވެސް ލަސްކަމެއް ނާންނަގޮތަށް ނިންމަންވާނެއެވެ.
(3) މި މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން، ސަރުކާރުގެ މަށްރޫއުތަކުގެ ތެރެއިން ސަރުކާރުން ހާއްސަ އިސްކަމެއްދޭ މަށްރޫއެއްގެ ގޮތުގައި، މިނިސްޓަރު ކަނޑައަޅަންވާނީ ވަޒީރުންގެ މަޖިލީހުން ނުވަތަ ވަޒީރުންގެ މަޖިލީހުގެ ކޮމިޓީއަކުން އެ މަށްރޫއުއަކީ ހާއްސަ އިސްކަމެއް ދޭންޖެހޭ ގައުމީ ތަރައްގީގެ މަށްރޫއެއް ކަމަށް ކަނޑައަޅައިފައިވާ މަށްރޫއުތަކެވެ.
(4) މި މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރާއި (3) ވަނަ ނަންބަރަށް އަމަލުކުރެވޭނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ތާރީހުން ފެށިގެން 3 (ތިނެއް) އަހަރާއި 6 (ހައެއް) މަސްދުވަހުގެ މުއްދަތަށެވެ.
2 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 7 ވަނަ މާއްދާގެ (ހ) އަށް (4) ވަނަ ނަންބަރު އަންނަނިވި ގޮތަށް އިތުރުކުރުން.
(4) 13 ވަނަ މާއްދާގެ (ޅ) ގެ (4) ވަނަ ނަންބަރުގެ ދަށުން ގޮތެއް ހޯދުމަށް އެދި ހުށަހެޅުން ނިންމުމަށް އެދޭ ނަމަ، މުރާޖައާކުރުމުގެ އުޖޫރައިގެ ގޮތުގައި، މިނިސްޓްރީއަށް އެދިޔާރު ދައްކާނީ 20,000 (ވިހި ހާސް) ރުފިޔާ އެވެ.
3 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 7 ވަނަ މާއްދާގެ (ރ) ގެ ފަހަތަށް، (ބ) ގެ ގޮތުގައި އަކުރެއް އިތުރުކުރުން.
(ބ) މި ގަވާއިދުގެ އެހެން މާއްދާއެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައި އޮތްނަމަވެސް، މި މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރަށް ފެތޭ ހުށަހެޅުންތައް ކުރިޔަށް ގެންދާނެ ގޮތް ކަނޑައެޅުމުގެ ބާރު މިނިސްޓަރަށް ލިބިގެންވެއެވެ.
4 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 13 ވަނަ މާއްދާގެ (ޅ) އަށް (4) ވަނަ ނަންބަރު އަންނަނިވި ގޮތަށް އިތުރުކުރުން.
(4) ދަރަޖަ 4: މިނިސްޓަރު ކަނޑައަޅާ މުއްދަތެއްގެ ތެރޭގައި، ތިމާވެށްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓު މުރާޖައާކޮށް ރިޕޯޓާމެދު ގޮތެއް ނިންމުން.
5 ވަނަ މާއްދާ - މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ތާރީހުން ފެށިގެންނެވެ.
ކިޔުންތެރިންގެ ހިޔާލު