އިސްތިއުނާފު ކޮމިޓީއަށް ހުށަހެޅޭ މައްސަލަތައް ބެލުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދު (ގަވާއިދު ނަންބަރު 2021-156) އަށް 1 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު
(ގަވާއިދު ނަންބަރު 2025-79)
(މި ގަވާއިދަށް އަމަލުކުރަން ފެށީ 10 އޮގަސްޓު 2025 ގައި)
ގަވާއިދު ނަންބަރު 2021-156 (އިސްތިއުނާފު ކޮމިޓީއަށް ހުށަހެޅޭ މައްސަލަތައް ބެލުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދު) އަށް އަންނަނިވި އިސްލާހުތައް ގެނައުން.
1 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 5 ވަނަ މާއްދާގެ ފަހަތަށް އަންނަނިވި ގޮތަށް މާއްދާއެއް އިތުރުކުރުން.
ކޮމިޓީގެ މެންބަރަކު ތަނާޒުލުވުން ނުވަތަ މަގާ މެއް ހުސްވުން 1-5.
(ހ) އިސްތިއުނާފު ކޮމިޓީގެ މެންބަރަކު މައްސަލައަކުން ތަނާޒުލުވުމުން ނުވަތަ އެއްވެސް ސަބަބެއް މެދުވެރިވެގެން އިސްތިއުނާފު ކޮމިޓީގެ މެންބަރެއްގެ މަގާމު ހުސްވެއްޖެ ނަމަ، އެ މެންބަރުގެ ބަދަލުގައި، ބާ ކައުންސިލުގެ އާންމު މެންބަރުންގެ ތެރެއިން، ގަވާއިދު ނަންބަރު 2020-41 (ދާއިމީ ސަބް ކޮމިޓީތަކުގެ ހިންގާ ގަވާއިދު) ގެ 4 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ށަރުތުތައް ފުރިހަމަވާ މެންބަރަކު، ލަސްނުކޮށް އައްޔަނުކުރަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެ މަތީން އިސްތިއުނާފު ކޮމިޓީއަށް އައްޔަނުކުރާ މެންބަރުގެ ދައުރު ދެމިއޮންނާނީ އެ މައްސަލައެއް ބެލުމަށް އައްޔަނުކުރެވުނު މައްސަލަ ބަލައި ނިންމުމާ ހަމަޔަށެވެ.
2 ވަނަ މާއްދާ - މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ތާރީހުން ފެށިގެންނެވެ.
މައި ގަވާއިދު
ކިޔުންތެރިންގެ ހިޔާލު