ބްރޯޑްކާސްކުރުމުގެ ގަވާއިދު (ގަވާއިދު ނަންބަރު 2022-16) އަށް 1 ވަނަ އިސްލާހު ގެނައު
(ގަވާއިދު ނަންބަރު - މި ގަވާއިދަށް ނަންބަރެއް ދެވިފައިނުވޭ)
(މި ގަވާއިދަށް އަމަލުކުރަން ފަށާނީ ގެޒެޓުގައި ށާއިއުކުރާ ދުވަހުން ކަމަށް 5 ވަނަ މާއްދާގައި ބަޔާންވެފައި ވީ ނަމަވެސް މި ގަވާއިދު ގެޒެޓުކުރެވިފައި ނުވާ ކަމާއި ހަމައެކަނި ކޮމިށަނުގެ ވެބްސައިޓުގައި އެކަނި)
ގަވާއިދު ނަންބަރު 2022-16 (ބްރޯޑްކާސްކުރުމުގެ ގަވާއިދު) އަށް އަށް 1 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު
1 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 17 ވަނަ މާއްދާގެ ފަހަތަށް ބާބެއް އިތުރުކުރުން.
2 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 17 ވަނަ މާއްދާގެ ފަހަތަށް އިތުރުކުރާ ބާބުގެ ނަމަކީ، "ކޮމިއުނިޓީ ބްރޯޑްކާސްޓިންގ" ކަމުގައި ހަމަޖެއްސުން.
3 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 17 ވަނަ މާއްދާގެ ފަހަތަށް ތިރީގައި ބަޔާންކުރާގޮތަށް މާއްދާތައް އިތުރުކުރުން.
ކޮމިއުނިޓީ ބްރޯޑްކާސްޓިންގ 17.1
ބްރޯޑްކާސްޓްކުރުމުގެ ގާނޫނުގެ 2 ވަނަ މާއްދާގައި ބަޔާންކުރާ ދިވެހިރާއްޖޭގެ ބްރޯޑްކާސްޓްކުރުމުގެ ސިޔާސަތުތަކުގެ ތެރޭގައި ހިމެނޭ މަގުސަދުތައް ކޮމިއުނިޓީ ބްރޯޑްކާސްޓްކުރުމުގެ ތެރެއިން ހާސިލްވާންވާނެއެވެ.
ކޮމިއުނިޓީ ބްރޯޑްކާސްޓްކުރުން 17.2.
(ހ) ކޮމިއުނިޓީ ބްރޯޑްކާސްޓްކުރުމުގެ ހިދުމަތް ބިނާވެފައިވަނީ އަންނަނިވި މައިގަނޑު ހަމަތަކުގެ މައްޗަށެވެ.
- ކޮމިއުނިޓީ ބްރޯޑްކާސްޓިންގގެ ހިދުމަތަކީ، އެ ހިދުމަތް ފޯރުކޮށްދޭ ސަރަހައްދެއްގެ ރަށްވެހި ފަރާތެއްގެ މިލްކުވެރިކަމުގެ ދަށުން ހިންގާ، ކޮންޓްރޯލްކުރާ އަދި ސިޔާސީ މަގްސަދެއް ނުހިމެނޭ ގޮތަށް ދެވޭ ބްރޯޑްކާސްޓިންގގެ ހިދުމަތެކެވެ.
- ކޮމިއުނިޓީ ބްރޯޑްކާސްޓްކުރުމުގެ ހިދުމަތަކީ މާލީ މަންފާއެއް ހޯދުމުގެ ބޭނުމުގައި ފޯރުކޮށްދޭ ހިދުމަތެއް ނޫނެވެ.
- ކޮމިއުނިޓީ ބްރޯޑްކާސްޓްކުރުމުގެ ލައިސަންސް ދޫކުރެވޭނީ ވަކި ސަރަހައްދަކަށް (ސިޓީއަކަށް ނުވަތަ ރަށަކަށް) ނުވަތަ ވަކި ސަރަހައްދެއްގެ ހާއްސަ ށައުގުވެރިކަމެއް ހިމެނޭ ކަންކަން ކުރިއެރުވުމަށްޓަކައެވެ.
ކޮމިއުނިޓީ ބްރޯޑްކާސްޓްކުރުމުގެ ހިދުމަތުގެ ބާވަތްތައް 17.3.
(ހ) ކޮމިއުނިޓީ ބްރޯޑްކާސްޓްކުރުމުގެ ލައިސަންސް ދޫކުރާނީ ހިދުމަތުގެ 2 (ދޭއް) ބާވަތަށެވެ. އެއީ:
- ކޮމިއުނިޓީ ރޭޑިއޯ އަދި
- ކޮމިއުނިޓީ ޓެލެވިޜަން
(ށ) ކޮމިއުނިޓީ ބްރޯޑްކާސްޓްކުރުމުގެ ހިދުމަތް ދިނުމަށް، ލައިސަންސް ދޫކުރާނީ ކޮމިށަނުން ހުއްދަދީފައިވާ މީޑިއަމްއެއްގެ ޒަރީއާއިން އެ ހިދުމަތް ދިނުމަށެވެ.
ކޮމިއުނިޓީ ބްރޯޑްކާސްޓްކުރުމުގެ ލައިސަންސް 17.4.
(ހ) ކޮމިއުނިޓީ ބްރޯޑްކާސްޓްކުރުމުގެ ހިދުމަތް ދިނުމަށް، ލައިސަންސް ދޫކުރެވޭނީ މިކަމަށް ށައުގުވެރިކަން ފާޅުކޮށް، ހުށަހަޅާ ފަރާތްތަކުގެ ތެރެއިން މި ގަވާއިދުގެ 17.5 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ށަރުތުތައް ފުރިހަމަވާ ފަރާތްތަކަށެވެ.
(ށ) ކޮމިއުނިޓީ ބްރޯޑްކާސްޓްކުރުމުގެ ލައިސަންސް ދޫކުރެވޭނީ ކޮންމެވެސް އެއް ސަރަހައްދެއް (ސިޓީއެއް ނުވަތަ ރަށެއް) ގައި ހިދުމަތް ދިނުމަށެވެ. ނަމަވެސް ކޮމިއުނިޓީ ރޭޑިއޯ ބްރޯޑްކާސްޓްކުރުމުގެ ލައިސަންސް ލިބިފައިވާ ފަރާތަކަށް އެ ސަރަހައްދުގައި ކޮމިއުނިޓީ ޓީވީ ބްރޯޑްކާސްޓްކުރުމުގެ ލައިސަންސްއަށް އެދި ހުށަހެޅިދާނެއެވެ. އަދި، ކޮމިއުނިޓީ ޓީވީ ބްރޯޑްކާސްޓްކުރުމުގެ ލައިސަންސް ލިބިފައިވާ ފަރާތަކަށް އެ ސަރަހައްދުގައި ކޮމިއުނިޓީ ރޭޑިއޯ ބްރޯޑްކާސްޓްކުރުމުގެ ލައިސަންސްއަށް އެދި ހުށަހެޅިދާނެއެވެ. މީގެތެރޭގައި މުޅި ރާއްޖެއަށް ބްރޯޑްކާސްޓްކުރުމުގެ ލައިސަންސް ލިބިފައިވާ ފަރާތްތައް ނުހިމެނޭނެއެވެ.
(ނ) ކޮމިއުނިޓީ ބްރޯޑްކާސްޓްކުރުމުގެ ލައިސަންސްއަށް އެދި ހުށަހަޅަންވާނީ އެ މުޖްތަމައުއަކަށް މުހިއްމުވާ ށައުގުވެރިކަންހުރި ބައިތަކަށް އަމާޒުކޮށް، ހިދުމަތް ދޭން ގަސްދުކުރާ ފަރާތްތަކެވެ.
ކޮމިއުނިޓީ ބްރޯޑްކާސްޓްކުރުމުގެ ލައިސަންސް ދޫކުރެވޭ ފަރާތްތައް 17.5.
މި ގަވާއިދުގެ ދަށުން ކޮމިއުނިޓީ ބްރޯޑްކާސްޓްކުރުމުގެ ހިދުމަތް ދިނުމަށް ލައިސަންސް ދޫކުރާނީ، ބްރޯޑްކާސްޓްކުރުމުގެ ގާނޫނުގެ 29 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަރާތްތަކަށެވެ.
ކޮމިއުނިޓީ ބްރޯޑްކާސްޓްކުރުމުގެ ލައިސަންސްއަށް އެދި ހުށަހެޅުން 17.6.
(ހ) ކޮމިއުނިޓީ ބްރޯޑްކާސްޓްކުރުމުގެ ހިދުމަތް ދިނުމުގެ ލައިސަންސްއަށް އެދި ހުށަހަޅާނީ، މި ގަވާއިދުގެ ޖަދުވަލު 1 ގައިވާ "ބްރޯޑްކާސްޓްކުރުމުގެ ލައިސަންސްއަށް އެދޭ ފޯމު" މެދުވެރިކޮށެވެ.
(ށ) ކޮމިއުނިޓީ ބްރޯޑްކާސްޓްކުރުމުގެ ހިދުމަތް ދިނުމުގެ ލައިސަންސްއަށް އެދި ހުށަހަޅަންވާނީ، އަންނަނިވި ލިޔުންތައް ފުރިހަމަކުރުމަށްފަހުގައެވެ.
- ކޮމިއުނިޓީ ބްރޯޑްކާސްޓްކުރުމުގެ ލައިސަންސްއަށް އެދޭ ފޯމް
- ކޮމިއުނިޓީ ބްރޯޑްކާސްޓްކުރުމުގެ ލައިސަންސްއަށް އެދޭ ފަރާތަކީ ކޮބައިކަން އަންގައިދޭ ރަސްމީ ލިޔުމުގެ ނަކަލު
- ކޮމިއުނިޓީ ބްރޯޑްކާސްޓްކުރުމުގެ ލައިސަންސްއަށް އެދޭ މުއްދަތަށް އެކުލަވާލައިފައިވާ ފައިނޭންށިއަލް ޕްލޭން، އެޑިޓޯރިއަލް ޕޮލިސީ އަދި ޓެކްނިކަލް ޕްލޭން ހިމެނޭ ގޮތަށް ތައްޔާރުކޮށްފައިވާ ރިޕޯޓް ނުވަތަ ޕްރޮޕޯޒަލް
- ކޮމިއުނިޓީ ޓެލެވިޜަންގެ ލައިސަންސްއަށް އެދި ހުށަހަޅާނަމަ، ޗެނަލް އައިޑެންޓިފިކޭށަން ލޯގޯގެ ސޮފްޓް ކޮޕީ އަދި ހާޑް ކޮޕީ (ކުލަކޮށް ތައްޔާރުކޮށްފައިވާ)
- ކޮމިއުނިޓީ ރޭޑިއޯގެ ލައިސަންސްއަށް އެދި ހުށަހަޅާނަމަ، ޗެނަލް އައިޑެންޓިފިކޭށަން ލޯގޯގެ ސޮފްޓް ކޮޕީ، ހާޑް ކޮޕީ (ކުލަކޮށް ތައްޔާރުކޮށްފައިވާ) އަދި ޖިންގަލް
- އަމިއްލަ ވަސީލަތެއް ފިޔަވާ އެހެން ފަރާތެއްގެ ވަސީލަތެއް ބޭނުންކޮށްގެން ބްރޯޑްކާސްޓްކުރާނަމަ، އެފަރާތާ އެކު ހަދާފައިވާ އެއްބަސްވުމުގެ ކޮޕީ ނުވަތަ އެކަން އަންގައިދޭ ލިޔުން
- އެއްބަސްވުމެއްގެ ދަށުން ދޭ ހިދުމަތެއް ނަމަ ހިދުމަތް ލިބިގަންނަ ފަރާތާ އެކު ހަދާފައިވާ އެއްބަސްވުމުގެ ކޮޕީ ނުވަތަ އެކަން އަންގައިދޭ ލިޔުން
- މުއާމަލާތް ކުރާނެ އިސް ފަރާތް / ޖަވާބުދާރީ ވާނެ ފަރާތުގެ މައުލޫމާތު ފޯމް (ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއާއެކު)
- ބްރޯޑްކާސްޓްކުރާ ކޮންޓެންޓް ލައިވް ސްޓްރީމިންގކުރާނެ ގޮތުގެ މައުލޫމާތު
(ނ) ކޮމިއުނިޓީ ބްރޯޑްކާސްޓްކުރުމުގެ ލައިސަންސްއަށް އެދި ހުށަހަޅާފައިވާ ފަރާތަށް، ލައިސަންސް ދިނުމުގެ ކުރިން، ހުށަހެޅުމާ ގުޅިގެން އެ ފަރާތުގެ ނުވަތަ އެކަމާ ގުޅުންހުރި އިތުރު މައުލޫމާތެއް ސާފުކުރަން ބޭނުންވެއްޖެނަމަ އެމައުލޫމާތެއް ހޯދުމަށް ކޮމިށަނަށް އެދެވޭނެއެވެ.
އަދި މި ހާލަތުގައި ކޮމިއުނިޓީ ބްރޯޑްކާސްޓްކުރުމުގެ ލައިސަންސް ދެވޭނީ، ކޮމިށަނުން ފުރިހަމަކުރުމަށް އެދިފައިވާ މައުލޫމާތު ފުރިހަމަކުރުމުންނެވެ.
ކޮމިއުނިޓީ ބްރޯޑްކާސްޓް ލައިސަންސްގެ މުއްދަތު 17.7.
މި ގަވާއިދުގެ ދަށުން ކޮމިއުނިޓީ ބްރޯޑްކާސްޓްކުރުމަށް ދޫކުރެވޭ ލައިސަންސްގެ މުއްދަތަކީ މިލާދީ ގޮތުން 3 (ތިނެއް) އަހަރު ދުވަހެވެ.
ކޮމިއުނިޓީ ބްރޯޑްކާސްޓިންގ ހިދުމަތް ފެށުން 17.8.
ކޮމިށަނުން ލައިސަންސް ދޫކުރާ ތާރީހުން ފެށިގެން ގިނަވެގެން 180 (އެއްސަތޭކަ އަށްޑިހަ) ދުވަހުގެ ތެރޭގައި ހިދުމަތް ފަށަންވާނެއެވެ.
ސްޓޭށަން ކޯޑިނޭޓަރެއް ކަނޑައެޅުން 17.9.
(ހ) ކޮމިއުނިޓީ ބްރޯޑްކާސްޓްކުރުމުގެ ލައިސަންސް ލިބިފައިވާ ފަރާތުން، ސްޓޭށަންގައި ދުވަހުން ދުވަހަށް ކުރަންޖެހޭ މަސައްކަތްކޮށް ހިންގުމަށް ސްޓޭށަން ކޯޑިނޭޓަރެއް އައްޔަންކުރަންވާނެއެވެ.
(ށ) ކޮމިއުނިޓީ ބްރޯޑްކާސްޓިންގ ހިދުމަތް ދިނުމުގެ ލައިސަންސް ލިބިފައިވާ ފަރާތުން، ކޮމިށަނާ މުއާމަލާތްކޮށް ޖަވާބުދާރީވާނެ ފަރާތަކީ ސްޓޭށަން ކޯޑިނޭޓަރެވެ. އަދި އެ ފަރާތް ނުވަތަ އެ ފަރާތުގެ މައުލޫމާތެއް ބަދަލުވެއްޖެނަމަ، އެކަން 10 (ދިހައެއް) ދުވަހުގެ ތެރޭގައި ކޮމިށަނަށް އަންގަންވާނެއެވެ.
ކޮންޓެންޓް ލައިވް ސްޓްރީމް ކުރުން 17.10.
ކޮމިއުނިޓީ ބްރޯޑްކާސްޓް ސްޓޭށަނުން ލައިވް ސްޓްރީމް ބޭނުންކޮށްގެން ބްރޯޑްކާސްޓްކުރާ ކޮންޓެންޓް ކޮމިށަނަށް ބެލޭނެ އިންތިޒާމް ހަމަޖައްސަންވާނެއެވެ.
ކޮމިއުނިޓީ ބްރޯޑްކާސްޓިންގ ކޮންޓެންޓް ރައްކައުކޮށް ބެލެހެއްޓުން 17.11.
ކޮމިއުނިޓީ ބްރޯޑްކާސްޓްކުރުމުގެ ލައިސަންސް ލިބިފައިވާ ކޮންމެ ފަރާތަކުންވެސް، އެތަނަކުން ބްރޯޑްކާސްޓްކުރާ ކޮންޓެންޓްގެ މާސްޓަރ ރެކޯޑިންގ އާއި އޮން-އެއަރ ލޮގް، ބްރޯޑްކާސްޓްކުރާ ދުވަހުން ފެށިގެން މަދުވެގެން 1 (އެކެއް) މަސް ދުވަހަށް ބަހައްޓަން ވާނެއެވެ.
އަދި ކޮމިށަނުން އެދިއްޖެ ހިނދެއްގައި އެބްރޯޑްކާސްޓެއްގެ މާސްޓަރ ރެކޯޑިންގ އާއި އޮން-އެއަރ ލޮގް ކޮމިށަނަށް ހުށަހަޅަންވާނެއެވެ.
ކޮމިއުނިޓީ ބްރޯޑްކާސްޓިންގ 17.12.
(ހ) މި ގަވާއިދުގެ 17.2 ވަނަ މާއްދާގެ (ހ)ގެ 2 ވަނަ ނަންބަރުގައި އެހެން އޮތް ނަމަވެސް، އިށްތިހާރު ފޮނުވުން، ކޮމިއުނިޓީ ބްރޯޑްކާސްޓްކުރަން ލައިސަންސް ލިބިފައިވާ ފަރާތުން އަންނަނިވި ހަމަތަކުގެ މަތިން އިށްތިހާރަށް ވަގުތު ވިއްކައިގެން، ފައިސާ ހޯދިދާނެއެވެ.
- އިށްތިހާރަށް ދޫކުރާ ވަގުތު ގަޑިއަކު 3 (ތިނެއް) މިނެޓަށްވުރެ އިތުރުވެގެން ނުވާނެއެވެ.
- އިށްތިހާރަށް ވަގުތު ދޫކުރުމުގައި، ކޮމިއުނިޓީ ބްރޯޑްކާސްޓް ހިދުމަތްދޭ ސަރަހައްދުގައި ހިންގާ އިޖްތިމާއީ ހަރަކާތްތައް ކުރިއަށްގެންދާ ފަރާތްތަކަށް އިސްކަންދޭންވާނެއެވެ.
- އިށްތިހާރަށް ވަގުތު ދޫކުރުމުގައި، ކޮމިއުނިޓީ ބްރޯޑްކާސްޓް ހިދުމަތްދޭ ސަރަހައްދުގައި ވިޔަފާރިކުރާ ފަރާތްތަކަށާއި އެ ސަރަހައްދަށް މުދަލާއި ހިދުމަތްފޯރުކޮށްދޭ ފަރާތްތަކަށް އިސްކަންދޭންވާނެއެވެ.
ކޮމިއުނިޓީ ބްރޯޑްކާސްޓް ކޮންޓެންޓަށް ޒިންމާވުން 17.13.
(ހ) ކޮމިއުނިޓީ ބްރޯޑްކާސްޓްކުރުމުގެ ލައިސަންސް ލިބިފައިވާ ފަރާތުން ފޮނުވާ ކޮންމެ ކޮންޓެންޓަކަށް ޒިންމާ އުފުލާނީ އެ ފަރާތަކުންނެވެ.
(ށ) ކޮމިއުނިޓީ ބްރޯޑްކާސްޓްކުރަން ލައިސަންސް ލިބިފައިވާ ފަރާތުން، ބްރޯޑްކާސްޓްކުރުމުގެ ކޯޑް އޮފް ޕްރެކްޓިސްގެ ހަމަތަކާ އެއްގޮތްވާ ގޮތުގެމަތިން އަމަލު ކުރަންވާނެއެވެ.
(ނ) ކޮމިއުނިޓީ ބްރޯޑްކާސްޓްކުރަން ލައިސަންސް ލިބިފައިވާ ފަރާތުން އެހެން ފަރާތަކުން ތައްޔާރުކޮށްފައިވާ ކޮންޓެންޓެއް ބްރޯޑްކާސްޓްކުރާނަމަ، އެ ކޮންޓެންޓްގެ ވެރިފަރާތުގެ މައުލޫމާތު، އެ ކޮންޓެންޓެއް ބްރޯޑްކާސްޓްކުރަން ފެށުމުގެ ކުރިންނާއި ނިމުމުން ގެނެސްދޭންވާނެއެވެ.
ކޮމިއުނިޓީ ބްރޯޑްކާސްޓް ލައިސަންސް އާއި ގުޅޭ އަހަރީ ރިޕޯޓު ހުށަހެޅުން 17.14.
ކޮމިއުނިޓީ ބްރޯޑްކާސްޓްކުރުމަށް ލައިސަންސް ލިބިފައިވާ ފަރާތުން ކޮންމެ އަހަރެއްގެ ޑިސެންބަރު މަހުގެ ނިޔަލަށް ތިރީގައި ބަޔާންކޮށްފައިވާ ކަންކަން ހިމަނައި މި ގަވާއިދުގެ ޖަދުވަލު 3 ގައި ހިމެނޭ އަހަރީ ރިޕޯޓް ހުށަހަޅަންވާނެއެވެ.
(ހ) ޕްރޮގްރާމް ފޮނުވިގޮތުގެ ށެޑިއުލް
(ށ) ޗެނަލް އޮޕަރޭށަން އާބެހޭ މައުލޫމާތު
(ނ) އޯޑިއަންސް ސަރވޭގެ މައުލޫމާތު
(ރ) ފައިނޭންށަލް ސްޓޭޓަސް
(ޅ) ހިދުމަތް ފޯރުކޮށްދިނުމުގައި ކުރިމަތިވި ގޮންޖެހުންތައް
ކޮމިއުނިޓީ ބްރޯޑްކާސްޓްކުރުމުގެ ލައިސަންސް ބާތިލުކުރުން 17.15.
ކޮމިއުނިޓީ ބްރޯޑްކާސްޓްކުރުމުގެ ލައިސަންސް ބާތިލުކުރެވޭނީ ތިރީގައި ބަޔާންކުރާ ހާލަތްތަކުގައެވެ.
(ހ) ލައިސަންސް ލިބިފައިވާ ފަރާތް އެދިގެން ބާތިލްކުރުން
(ށ) ހިދުމަތް ފެށުމަށް ކަނޑައަޅާފައިވާ މުއްދަތުގައި ހިދުމަތް ފަށާފައިނުވުން
(ނ) ރަސްމީކޮށް ހިދުމަތް ދޭން ފެށުމަށްފަހު، ކޮމިށަންގެ ހުއްދައަކާ ނުލައި 60 (ފަސްދޮޅަސް) ދުވަހަށްވުރެ ދިގު މުއްދަތަކަށް، ހިދުމަތް މެދުކަނޑާލާފައި އޮތުން
17.16 ގާނޫނާއި ގަވާއިދަށް އަމަލުކުރުން
(ހ) ކޮމިއުނިޓީ ބްރޯޑްކާސްޓްކުރުމުގެ ލައިސަންސް ލިބިފައިވާ ފަރާތުން ބްރޯޑްކާސްޓްކުރުމުގެ ގާނޫނާއި ކަމާގުޅޭ އުސޫލުތަކާއި، ކޯޑް އޮފް ޕްރެކްޓިސް (ސުލޫކީ މިންގަނޑު) އާ އެއްގޮތްވާ ގޮތުގެމަތިން އަމަލުކުރަންވާނެއެވެ.
(ށ) ކޮމިއުނިޓީ ބްރޯޑްކާސްޓްކުރުމުގެ ލައިސަންސް ލިބިފައިވާ ފަރާތަކުން މި ގަވާއިދާއި ނުވަތަ ބްރޯޑްކާސްޓްކުރުމުގެ ގާނޫނާއި، ނުވަތަ ބްރޯޑްކާސްޓްކުރުމުގެ ކޯޑް އޮފް ޕްރެކްޓިސްއާއި އެނޫންވެސް ކަމާގުޅޭ އެހެން ގާނޫނަކާ ހިލާފުވެފައިވާކަމަށް އެއްވެސް ފަރާތަކަށް ފެނިއްޖެނަމަ، އެކަމުގެ ށަކުވާ ހުށަހަޅަންވާނީ "ކޮމިށަނުން ގާއިމްކޮށްފައިވާ ށަކުވާ ހުށަހެޅުމާއި ށަކުވާ ބެލުމުގެ ނިޒާމް" ގައި ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިންނެވެ.
(ނ) މި މާއްދާގެ (ށ) ގެ ދަށުން ހުށަހެޅޭ ށަކުވާތައް ބެލުމުގައި ކޮމިށަނުން އަމަލުކުރާނީ، ކޮމިށަނުން ގާއިމްކޮށްފައިވާ "ށަކުވާ ހުށަހެޅުމާއި ށަކުވާ ބެލުމުގެ ނިޒާމް" ގައި ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިންނެވެ.
4 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 18 ވަނަ މާއްދާ ފެށެނީ، އެ ގަވާއިދުގެ ފަސްވަނަ ބާބުން ކަމުގައި ހަމަޖެއްސުން.
5 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ ފަސްވަނަ ބާބުން ފެށިގެން، ތިރިއަށް ތަރުތީބުވާ ބާބުތައް ހިސާބު އަކުރުން ތަރުތީބުކުރުން.
5 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ ޖަދުވަލު 2 އަންނަނިވި ގޮތަށް އިސްލާހު ކުރުން
ހިދުމަތްދޭ ފަރާތްތަކުން ނަގާ ފީގެ ތާވަލު
ލައިސަންސް ދޫކުރެވޭނީ އަންނަނިވި ގޮތުގެ މަތީން ފީ ދެއްކުމުންނެވެވެ.
ހިދުމަތުގެ އަސްލު |
ރެޖިސްޓްރޭށަން ފީ |
| ރޭޑިއޯ | 500 (ފަސްސަތޭކަ) ރުފިޔާ |
| ޓީވީ | 500 (ފަސްސަތޭކަ) ރުފިޔާ |
| ކޮމިއުނިޓީ ބްރޯޑްކާސްޓިން | 100 (ސަތޭކަ) ރުފިޔާ |
ބްރޯޑްކާސްޓްކުރާ ކޮންމެ ފަރާތަކުން އެ ފަރާތަކަށް ދޫކޮށްފައިވާ ބްރޯޑްކާސްޓްކުރުމުގެ ލައިސަންސްގެ އަހަރީ ފީ، އަންނަނިވި ގޮތުގެ މަތީން ދައްކަންވާނެއެވެ.
ހިދުމަތުގެ އަސްލު |
ރެޖިސްޓްރޭށަން ފީ |
| ރޭޑިއޯގެ ހިދުމަތް | 10،000 (ދިހަހާސް) ރުފިޔާ |
| ޓީވީގެ ހިދުމަތް | 20،000 (ވިހިހާސް) ރުފިޔާ |
| އޯ.ޓީ.ޓީ. އޯޑިއޯ | 2،000 (ދެހާސް) ރުފިޔާ |
| އޯ.ޓީ.ޓީ. ވިޒުއަލް | 2،000 (ދެހާސް) ރުފިޔާ |
| ކޮމިއުނިޓީ ބްރޯޑްކާސްޓިންގ | 500 (ފަސްސަތޭކަ) ރުފިޔާ |
7 ވަނަ މާއްދާ - އަމަލުކުރަން ފެށުން
މި އިސްލާހަށް އަމަލުކުރަންފަށާނީ، މި އިސްލާހު ދިވެހި ސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.
މައި ގަވާއިދު
ބްރޯޑްކާސްޓް ކުރުމުގެ ގަވާއިދު (ގަވާއިދު ނަންބަރު 2022-16)
ކޮންސޮލިޑޭޓެޑް ގަވާއިދު
ބްރޯޑްކާސްޓް ކުރުމުގެ ގަވާއިދު (ކޮންސޮލިޑޭޓެޑް ނަންބަރު 2022-16)
ކިޔުންތެރިންގެ ހިޔާލު