ކްރޮސް ސަބްސިޑީގެ ގޮތުގައި ފަތުރުވެރިކަމުގެ ބޭނުމަށް ރަށް، ބިން ނުވަތަ ފަޅު ކުއްޔަށް ދިނުމާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 2022-125) އަށް 4 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު
(ގަވާއިދު ނަންބަރު 2025-61)
(މި ގަވާއިދަށް އަމަލުކުރަން ފެށީ 28 މޭ 2025 ގައި)
ގަވާއިދު ނަންބަރު 2022-125 (ކްރޮސް ސަބްސިޑީގެ ގޮތުގައި ފަތުރުވެރިކަމުގެ ބޭނުމަށް ރަށް، ބިން ނުވަތަ ފަޅު ކުއްޔަށް ދިނުމާބެހޭ ގަވާއިދު) އަށް އަންނަނިވި އިސްލާހުތައް ގެނައުން.
1 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 1 ވަނަ މާއްދާގެ (ހ) އަންނަނިވި ގޮތަށް އިސްލާހުކުރުން.
ތައާރުފު 1.
(ހ) މި ގަވާއިދަކީ، ދައުލަތުގެ އާންމު މަންފާއަކަށް ޓަކައި ހާސިލުކުރަން ބޭނުންވާ އިގްތިސާދީ ސިޔާސަތެއްގެ ދަށުން ނުވަތަ އިޖުތިމާއީ ސިޔާސަތެއްގެ ދަށުން، ނުވަތަ ސަރުކާރުން ކަނޑައަޅާ އެނޫންވެސް މުހިންމު ސިޔާސަތެއްގެ ދަށުން، ދުރާލައި އިއުލާނުކޮށްފައިވާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތީން ސަރުކާރުން ކަނޑައަޅާ މުހިންމު މަށްރޫއެއް ހަވާލުކުރެވޭ ފަރާތަކަށް ނުވަތަ އެފަދަ މަށްރޫއަކަށް ހަރަދުކުރާ ފަރާތަކަށް ކްރޮސް ސަބްސިޑީގެ ގޮތުގައި، ޓޫރިސްޓް ރިޒޯޓެއް ނުވަތަ އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓެއް ތަރައްގީ ކުރުމަށް ރަށެއް ނުވަތަ ބިމެއް ނުވަތަ ފަޅެއް ކުއްޔަށް ދޫކުރުމުގެ އުސޫލުތައް ބަޔާންކުރުމުގެ ގޮތުން، ގާނޫނު ނަންބަރު 1999-02 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ގާނޫނު) ގެ 5 ވަނަ މާއްދާގެ (ހ) ގެ (3) ވަނަ ނަންބަރަށް ރިއާޔަތްކޮށް، އެ ގާނޫނުގެ 5 ވަނަ މާއްދާގެ (މ) ގެ (9) ވަނަ ނަންބަރުގެ ދަށުން ބާރު ލިބިގެން އެކުލަވައިލެވިފައިވާ ގަވާއިދެކެވެ.
2 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 2 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން،
މަގުސަދު 2.
މި ގަވާއިދުގެ މަގުސަދަކީ، ގާނޫނު ނަންބަރު 1999-02 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ގާނޫނު) ގެ 5 ވަނަ މާއްދާގެ (ހ) ގެ (3) ވަނަ ނަންބަރުގައިވާ ގޮތަށް ދައުލަތުގެ އާންމު މަންފާއަކަށް ޓަކައި ހާސިލުކުރަން ބޭނުންވާ އިގްތިސާދީ ސިޔާސަތެއްގެ ދަށުން ނުވަތަ އިޖުތިމާއީ ސިޔާސަތެއްގެ ދަށުން ނުވަތަ ސަރުކާރުން ކަނޑައަޅާ އެނޫންވެސް މުހިންމު ސިޔާސަތެއްގެ ދަށުން، ދުރާލައި އިއުލާނުކޮށްފައިވާ އުސޫލުތަކަކާ އެއްގޮތްވާ ގޮތުގެ މަތީން ސަރުކާރުން ކަނޑައަޅާ މުހިންމު މަށްރޫއެއް ހަވާލުކުރެވޭ ފަރާތަކަށް ނުވަތަ އެ ފަދަ މަށްރޫއަކަށް ހަރަދުކުރާ ފަރާތަކަށް ކްރޮސް ސަބްސިޑީގެ ގޮތުގައި، ޓޫރިސްޓް ރިޒޯޓެއް ނުވަތަ އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓެއް ތަރައްގީ ކުރުމަށް، ގާނޫނު ނަންބަރު 1999-02 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ގާނޫނު) ގެ 5 ވަނަ މާއްދާގެ (މ) ގައި ބަޔާންކޮށްފައިވާ ގޮތަށް ރަށެއް ނުވަތަ ބިމެއް ނުވަތަ ފަޅެއް ކުއްޔަށް ދޫކުރުމާބެހޭ އުސޫލުތައް ކަނޑައެޅުމެވެ.
3 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 3 ވަނަ މާއްދާގެ (ހ) އަންނަނިވި ގޮތަށް އިސްލާހުކުރުން،
މަށްރޫއު ކަނޑައެޅުން 3.
(ހ) ދައުލަތުގެ އާންމު މަންފާއަކަށް ޓަކައި ހާސިލުކުރަން ބޭނުންވާ އިގްތިސާދީ ސިޔާސަތެއްގެ ދަށުން ނުވަތަ އިޖުތިމާއީ ސިޔާސަތެއްގެ ދަށުން ނުވަތަ ސަރުކާރުން ކަނޑައަޅާ އެނޫންވެސް މުހިންމު ސިޔާސަތެއްގެ ދަށުން، ހިންގުމަށް ކަނޑައެޅޭ މަށްރޫއުތަކުގެ ތެރެއިން، އެ މަށްރޫއެއް ހިންގުމުގެ މުގާބިލުގައި ނުވަތަ އެ މަށްރޫއަކަށް ހަރަދުކުރުމުގެ މުގާބިލުގައި ކްރޮސް ސަބްސިޑީގެ އުސޫލުން ރަށެއް ނުވަތަ ބިމެއް ނުވަތަ ފަޅެއް ކުއްޔަށް ދޫކުރާނ،ެ މުހިންމު މަށްރޫއުތައް ރައީސުލްޖުމްހޫރިއްޔާގެ ގަރާރަކުން ކަނޑައަޅައި ކޮންމެ އަހަރަކު ދިވެހި ސަރުކާރުގެ ގެޒެޓުގައި ށާއިއުކުރަންވާނެއެވެ.
4 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 10 ވަނަ މާއްދާގެ (ށ) އަންނަނިވި ގޮތަށް އިސްލާހުކުރުން،
މާނަކުރުން 10.
(ށ) "ކްރޮސް ސަބްސިޑީ" ކަމަށް ބުނެފައި އެވަނީ، ދައުލަތުގެ އާންމު މަންފާއަކަށް ޓަކައި ހާސިލުކުރަން ބޭނުންވާ އިގްތިސާދީ ސިޔާސަތެއްގެ ދަށުން ނުވަތަ އިޖުތިމާއީ ސިޔާސަތެއްގެ ދަށުން ނުވަތަ ސަރުކާރުން ކަނޑައަޅާ އެނޫންވެސް މުހިންމު ސިޔާސަތެއްގެ ދަށުން، ދުރާލައި އިއުލާނުކޮށްފައިވާ އުސޫލުތަކެއްގެ މަތީން ހިންގާ މަށްރޫއެއް ހަވާލުކުރެވޭ ފަރާތަކުން، ދުރާލައި ކަނޑައަޅައިފައިވާ އަދަދަކަށް، އެ ފަރާތުގެ އަމިއްލަ ފައިސާ އިންވެސްޓްކޮށްގެން އެ މަސައްކަތް ކުރާކަމަށް ޓަކައި، އެ މަސައްކަތުގެ އަގުގެ މުގާބިލުގައި ދައުލަތުން އެ ފަރާތަށް ދޭ އިނާޔަތެއްގެ ގޮތުގައި ނުވަތަ ލުޔެއްގެ ގޮތުގައި ނުވަތަ ބަދަލެއްގެ ގޮތުގައި ދޫކުރާ ރަށް ނުވަތަ ބިން ނުވަތަ ފަޅަށެވެ.
5 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ ޖަދުވަލު 1 ގައިވާ "ކްރޮސް ސަބްސިޑީގެ ގޮތުގައި ފަތުރުވެރިކަމުގެ ބޭނުމަށް ރަށް، ބިން ނުވަތަ ފަޅު ކުއްޔަށް ހިފުމަށް އެދި ޕްރޮޕޯޒަލް ހުށަހެޅުމާއި، އެފަދަ ޕްރޮޕޯޒަލްތަކާމެދު ގޮތެއް ނިންމުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލު" އިސްލާހުކުރުން،
6 ވަނަ މާއްދާ - މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ތާރީހުން ފެށިގެންނެވެ.
ޖަދުވަލު 1
ކްރޮސް ސަބްސިޑީ ގެ ގޮތުގައި ފަތުރުވެރިކަމުގެ ބޭނުމަށް ރަށް، ބިން ނުވަތަ ފަޅު ކުއްޔަށް ހިފުމަށް އެދި ޕްރޮޕޯޒަލް ހުށަހެޅުމާއި، އެފަދަ ޕްރޮޕޯޒަލްތަކާމެދު ގޮތެއް ނިންމުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލު
1 ވަނަ މާއްދާ - ތައާރުފު
މިއީ، މި ގަވާއިދުގެ ދަށުން، ކްރޮސް ސަބްސިޑީ ގެ ގޮތުގައި ފަތުރުވެރިކަމުގެ ބޭނުމަށް ރަށް ނުވަތަ ބިން ނުވަތަ ފަޅު ކުއްޔަށް ހިފުމަށް އެދި ހުށަހެޅޭ ޕްރޮޕޯޒަލްތައް ހުށަހެޅުމާއި، އެފަދަ ޕްރޮޕޯޒަލްތަކާމެދު ގޮތެއް ނިންމުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލެވެ.
2 ވަނަ މާއްދާ - ޕްރޮޕޯޒަލުގެ ބާވަތްތައް
މި އުސޫލުގެ ދަށުން ސަރުކާރަށް ހުށަހެޅޭނީ ތިރީގައި ބަޔާންކޮށްފައިވާ ފަދަ ޕްރޮޕޯޒަލްތަކެވެ.
(ހ) މި ގަވާއިދުގެ 3 ވަނަ މާއްދާއާ އެއްގޮތްވާ ގޮތުގެ މަތީން ދިވެހި ސަރުކާރުގެ ގެޒެޓުގައި ށާއިއުކުރެވޭ މަށްރޫއެއް ހިންގުމަށް އެދި ހުށަހަޅާ ޕްރޮޕޯޒަލް.
(ށ) މި ގަވާއިދުގެ 3 ވަނަ މާއްދާއާ އެއްގޮތްވާ ގޮތުގެ މަތީން ދިވެހި ސަރުކާރުގެ ގެޒެޓުގައި ށާއިއުކުރެވޭ މަށްރޫއެއް ހިންގުމަށް ހަރަދުކުރުމަށް އެދި ހުށަހެޅޭ ޕްރޮޕޯޒަލް.
3 ވަނަ މާއްދާ - ޕްރޮޕޯޒަލުގައި ހިމަނަންޖެހޭ ބައިތައް
މި އުސޫލުގެ ދަށުން ޕްރޮޕޯޒަލް ހުށަހަޅަންވާނީ ތިރީގައިވާ ބައިތައް ހިމެނޭ ގޮތަށެވެ.
(ހ) އެޕްލިކޭށަން ފޯމު.
(ށ)
- ޕްރޮޕޯޒަލް ހުށަހަޅާ ފަރާތަކީ ރާއްޖޭގައި ނުވަތަ ރާއްޖެއިން ބޭރުގައި ރަޖިސްޓަރީ ކޮށްފައިވާ ކުންފުންޏެއް ނުވަތަ ޕާރޓްނަރށިޕެއް ނަމަ، ރަޖިސްޓަރީ ކޮށްފައިވާކަމުގެ ސެޓުފިކެޓުގެ ކޮޕީ އާއި، އަސާސީ ގަވާއިދުގެ ކޮޕީ އާއި، ހިންގާ ގަވާއިދުގެ ކޮޕީ ނުވަތަ އެނޫންވެސް ގާނޫނީ އެފަދަ ލިޔެކިޔުންތަކުގެ ކޮޕީ؛
- ޕްރޮޕޯޒަލް ހުށަހަޅާ ފަރާތަކީ ދިވެހި އަމިއްލަ ފަރުދެއް ނަމަ، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ؛
- ޕްރޮޕޯޒަލް ހުށަހަޅާ ފަރާތަކީ ބިދޭސީ އެއް ނަމަ، އެ ފަރާތުގެ ޕާސްޕޯޓުގެ އެޓެސްޓްކޮށްފައިވާ ކޮޕީ.
(ނ) ޕްރޮޕޯޒަލް ހުށަހަޅާ ފަރާތުގެ މާލީ ގާބިލުކަން ހުރި މިންވަރު އަންގައިދޭ ލިޔެކިޔުން.
(ރ) ޕްރޮޕޯޒަލް ހުށަހަޅާ ފަރާތުގެ ވޭތުވެދިޔަ 3 (ތިނެއް) އަހަރުދުވަހުގެ އޮޑިޓްކޮށްފައިވާ މާލީ ބަޔާންތަކުގެ ކޮޕީ (މި އަކުރު މިހެން އޮތްކަމުގައި ވިޔަސް، ހުށަހެޅިފައިވާ ޕްރޮޕޯޒަލުގައި ހިމެނޭ ކަންކަމުގެ ކުޑަބޮޑުމިނަށް ބަލައި، 3 (ތިނެއް) އަހަރަށް ވުރެ ދިގު މުއްދަތުގެ އޮޑިޓުކޮށްފައިވާ މާލީ ބަޔާން ހުށަހެޅުމަށް އެންގުމުގެ އިހުތިޔާރު މިނިސްޓްރީއަށް ލިބިގެންވެއެވެ.
(ބ) މި އުސޫލުގެ ދަށުން ހުށަހެޅޭ ޕްރޮޕޯޒަލަކީ މަށްރޫއެއް ހިންގުމަށް އެދި ހުށަހަޅާ ޕްރޮޕޯޒަލެއް ނަމަ، އެ މަށްރޫއުގެ ދާއިރާގައި ޕްރޮޕޯޒަލް ހުށަހަޅާ ފަރާތުގެ ފަންނީ ގާބިލުކަން ހުރި މިންވަރު އަންގައިދޭ ލިޔެކިޔުން.
4 ވަނަ މާއްދާ - ޕްރޮޕޯޒަލް ހުށަހެޅުން
(ހ) ޕްރޮޕޯޒަލް ހުށަހަޅާނީ، މިނިސްޓްރީގެ އަންނަނިވި އެޑްރެހަށެވެ.
މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް
5 ވަނަ ފަންގިފިލާ، ވެލާނާގެ، އަމރު އަހްމަދު މަގު، މާލެ، ދިވެހިރާއްޖެ
ފޯނު: 2200 302 +960
އީމެއިލް: cross-subsidy@tourism.gov.mv
(ށ) ޕްރޮޕޯޒަލް ތައްޔާރުކުރުމުގައި އެއްވެސް މައުލޫމާތެއް ސާފުކުރަން ބޭނުންވެއްޖެ ނަމަ، އެ ކަމެއް ސާފުކުރުމަށް ޓަކައި މަތީގައި ބަޔާންކޮށްފައިވާ އީމެއިލް އެޑްރެހަށް ފޮނުވައިގެން ނުވަތަ މިނިސްޓްރީން ކަނޑައަޅާ ގޮތެއްގެ މަތީން އެ ކަމެއް ސާފުކުރުމަށް ހުށަހެޅިދާނެއެވެ.
(ނ) ޕްރޮޕޯޒަލެއް ހުށަހެޅުމަށްފަހު، ޕްރޮޕޯޒަލާއި އެ ޕްރޮޕޯޒަލަކާއެކު ހުށަހަޅާ ހުރިހާ ލިޔުންތަކުގެ މިލްކުވެރިކަން ސަރުކާރަށް ލިބިގެންދާނެއެވެ. އެހެންނަމަވެސް، ޕްރޮޕޯޒަލުގައި ހިމެނިފައިވާ އެންމެހައި މައުލޫމާތުތަކުގެ ފިކުރީ މިލްކުވެރިކަމުގެ ހަމައެކަނި ހައްގުވެރި ފަރާތަކީ ޕްރޮޕޯޒަލް ހުށަހަޅާ ފަރާތެވެ.
(ރ) ޕްރޮޕޯޒަލް ހުށަހެޅުމުގައި ހިނގާ ހުރިހާ ހަރަދަކަށް ޒިންމާވާނީ، ޕްރޮޕޯޒަލް ހުށަހަޅާ ފަރާތުންނެވެ.
(ބ) މިނިސްޓްރީއަށް ޕްރޮޕޯޒަލެއް ލިބުމުން، އެ ޕްރޮޕޯޒަލް ލިބުނުކަމުގެ ރަސީދެއް، ޕްރޮޕޯޒަލް ހުށަހެޅި ފަރާތަށް ދޭންވާނެއެވެ.
5 ވަނަ މާއްދާ - އެސެސްމަންޓާއި ޕްރޮޕޯޒަލާމެދު ގޮތެއް ނިންމުން
މި ގަވާއިދުގެ ދަށުން ހުށަހެޅޭ ޕްރޮޕޯޒަލްތައް އެސެސްކޮށް ޕްރޮޕޯޒަލާމެދު ގޮތެއް ނިންމާނީ ތިރީގައިވާ މަރުހަލާތަކަށް ބަހައިލައިގެންނެވެ.
(ހ) ފުރަތަމަ މަރުހލާ:
- ޕްރޮޕޯޒަލް ހުށަހެޅުމުގައި ކަނޑައަޅައިފައިވާ އަސާސީ މިންގަނޑުތަކަށް ޕްރޮޕޯޒަލް ފެތޭތޯ ބެލުން؛
- ޕްރޮޕޯޒަލާ ގުޅޭ ޑީޓެއިލްޑް އެސެސްމަންޓެއް ހެދުން.
- ޕްރޮޕޯޒަލް، ވަޒީރުންގެ މަޖިލީހަށް ނުވަތަ ވަޒީރުންގެ މަޖިލީހުގެ ކޮމިޓީއަށް ހުށަހެޅުމާމެދު އެގްޒެކެޓިވް ކޮމިޓީން ގޮތެއް ނިންމުން.
(ށ) ދެވަނަ މަރުހަލާ:
- ޕްރޮޕޯޒަލާމެދު ގޮތެއް ނިންމުމަށް ޓަކައި ވަޒީރުންގެ މަޖިލީހަށް ނުވަތަ ވަޒީރުންގެ މަޖިލީހުގެ ކޮމިޓީއަށް ހުށަހެޅުން؛
- މަށްރޫއުގެ ނުވަތަ ފައިސާ ދައްކާނެ ގޮތުގެ ޓަރމްސް ނެގޯށިއޭޓްކޮށް ފައިނަލައިޒްކުރުން.
(ނ) ތިންވަނަ މަރުހަލާ:
- ފޮރިން އިންވެސްޓްމަންޓް އަދި/ނުވަތަ ވިޔަފާރި ރަޖިސްޓަރީ ކުރުން އަދި/ނުވަތަ އެ ނޫންވެސް ބޭނުންވާ ހުއްދައެއް ހޯދުން؛
- މަށްރޫއު ހިންގުމަށް ނުވަތަ މަށްރޫއަށް ހަރަދުކުރުމާ ގުޅޭ އެއްބަސްވުމުގައްޔާއި ކްރޮސް ސަބްސިޑީގެ ގޮތުގައި ދޫކުރެވޭ ރަށުގެ ކުލީގެ އެއްބަސްވުމުގައި ސޮއިކުރުން.
ފުރަތަމަ މަރުހަލާ
6 ވަނަ މާއްދާ - އިނީށަލް އެސެސްމަންޓް
(ހ) ޕްރޮޕޯޒަލް ހުށަހެޅުމުން ހެދޭ އިނީށަލް އެސެސްމަންޓުގައި، މި އުސޫލާ އެއްގޮތްވާ ގޮތުގެ މަތީން ޕްރޮޕޯޒަލުގައި ހިމަނަންޖެހޭ ބައިތައް ހިމަނައިފައިވޭތޯ، މިނިސްޓްރީން ކަށަވަރުކުރަންވާނެއެވެ.
(ށ) މި އުސޫލުގެ ދަށުން ހުށަހެޅޭ ޕްރޮޕޯޒަލެއްގައި ހިމަނަންޖެހޭކަމަށް މި އުސޫލުގައި ބަޔާންކޮށްފައިވާ ބައިތައް ޕްރޮޕޯޒަލުގައި ފުރިހަމައަށް ހިމަނައިފައިނުވާކަމަށް، މި މާއްދާގެ (ހ) ގައިވާ ގޮތުގެ މަތީން ހަދާ އިނީށަލް އެސެސްމަންޓުން މިނިސްޓްރީއަށް ފެންނަ ހާލަތުގައި، އެގްޒެކެޓިވް ކޮމެޓީ ގެ ލަފާގެ މަތީން، އެ ޕްރޮޕޯޒަލް ބަލައިގަތުމަށް ނުވަތަ އެ ޕްރޮޕޯޒަލް ފުރިހަމަކޮށްފައި އަލުން ހުށަހެޅުމަށް ނުވަތަ އެ ޕްރޮޕޯޒަލް ބާތިލުކުރުމަށް މިނިސްޓްރީއަށް ނިންމިދާނެއެވެ. މިގޮތުގެ މަތީން ނިންމާ ނިންމުން، އެގޮތަށް ނިންމި ސަބަބުތައް ބަޔާންކޮށް، ޕްރޮޕޯޒަލް ހުށަހެޅި ފަރާތަށް މިނިސްޓްރީން އަންގަންވާނެއެވެ.
7 ވަނަ މާއްދާ - ޑީޓެއިލްޑް އެސެސްމަންޓް
(ހ) މި އުސޫލުގެ 6 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އިނީށަލް އެސެސްމަންޓް ހެދުމަށްފަހު ބަލައިގަތުމަށް ނިންމާ ޕްރޮޕޯޒަލްތަކުގެ ޑީޓެއިލްޑް އެސެސްމަންޓެއ،ް ތިރީގައިވާ ކަންކަން ހިމެނޭގޮތަށް، މިނިސްޓްރީން ތައްޔާރުކުރަންވާނެއެވެ.
- ހުށަހަޅައިފައިވާ ޕްރޮޕޯޒަލަކީ ވަކި މަށްރޫއެއް ހިންގުމަށް އެދި ހުށަހަޅައިފައިވާ ޕްރޮޕޯޒަލެއް ނަމަ، ތިރީގައިވާ ކަންކަން ހިމެނޭގޮތަށް، އެ ޕްރޮޕޯޒަލް ހުށަހެޅި ފަރާތުގެ ފަންނީ ގާބިލުކަމާއި މާލީ ގާބިލުކަންހުރި މިންވަރު؛
1.1 ޕްރޮޕޯޒަލް ހުށަހަޅާ ފަރާތުން ހުށަހަޅައިފައިވާ މަށްރޫއާއި އެފަދަ އެހެނިހެން މަށްރޫއުތައް ހިންގުމުގައި މަސައްކަތްކޮށްފައިވާ މިންވަރާއި، އެކަމުގެ ތަޖުރިބާ،
1.2 ހުށަހަޅައިފައިވާ މަށްރޫއު ހިންގުމުގެ މާލީ ތަނަވަސްކަން ހުރި މިންވަރު.
1.3 މަށްރޫއަށް ފަންޑުކުރުމަށް ރާވައިފައިވާ ގޮތް.
1.4 އެއްވެސް އިތުރު ކޮމާށަލް ޓަރމްއެއް ހުށަހެޅިފައިވާ ނަމަ، އެފަދަ ޓަރމްތައް ސަރުކާރަށް ގަބޫލުކުރެވޭ މިންވަރު. - ހުށަހަޅައިފައިވާ ޕްރޮޕޯޒަލަކީ ވަކި މަށްރޫއެއް ހިންގުމަށް ހަރަދުކުރުމަށް އެދި ހުށަހަޅައިފައިވާ ޕްރޮޕޯޒަލެއް ނަމަ، ތިރީގައިވާ ކަންކަން ހިމެނޭގޮތަށް، އެ ޕްރޮޕޯޒަލް ހުށަހެޅި ފަރާތުގެ ފަންނީ ގާބިލުކަމާއި މާލީ ގާބިލުކަންހުރި މިންވަރު؛
2.1 ހުށަހަޅައިފައިވާ މަށްރޫއު ހިންގުމުގެ މާލީ ތަނަވަސްކަން ހުރި މިންވަރު.
2.2 މަށްރޫއަށް ފަންޑުކުރުމަށް ރާވައިފައިވާ ގޮތް.
2.3 ކޮމާށަލް އިތުރު އެއްވެސް ޓަރމްއެއް ހުށަހެޅިފައިވާ ނަމަ، އެފަދަ ޓަރމްތައް ސަރުކާރަށް ގަބޫލުކުރެވޭ މިންވަރު. - ތިރީގައިވާ ކަންކަން ހިމެނޭގޮތަށް، އެ ޕްރޮޕޯޒަލް ހުށަހެޅި ފަރާތުގެ ޑިއު ޑިލިޖަންސް؛
3.1 އެތިކަލް މިންގަނޑުތައް: ޕްރޮޕޯޒަލް ހުށަހަޅައިފައިވާ ފަރާތަކީ ބައިނަލްއަގުވާމީ، ގައުމީ ބްލެކްލިސްޓެއްގައި ނުވަތަ ވޮޗްލިސްޓެއްގައި ނަން ހިމެނިފައިވާ ފަރާތެއްތޯ ބަލައި، އަދި ރާއްޖޭގައި ކުރީގައި ހިންގައިފައިވާ މަށްރޫއުތަކުގެ ތަޖުރިބާއާއި ޕާފޯމަންސް ހިމެނޭގޮތަށް ޑިއު ޑިލިޖަންސް ހެދުން.
3.2 އިންސޯލްވަންސީ: ޕްރޮޕޯޒަލް ހުށަހަޅައިފައިވާ ފަރާތަކީ ދަރަނިވެރިވެފައިވާ ނުވަތަ ބަނގުރޫޓުވެފައިވާ ފަރާތެއްތޯ ނުވަތަ ނޫންތޯ.
3.3 ޕްރޮޕޯޒަލް ހުށަހަޅައިފައިވާ ފަރާތް ނިސްބަތްވާ ގައުމުން ލާޒިމުކުރާ ގާނޫނީ ޒިންމާތައް އަދާކޮށްފައިވާ މިންވަރު.
3.4 ކުށުގެ ރިކޯޑު: ޕްރޮޕޯޒަލް ހުށަހަޅައިފައިވާ ފަރާތަކީ ނުވަތަ އެ ފަރާތުގެ ޑައިރެކްޓަރުންނަކ މަސައްކަތާ ގުޅުންހުރި ކަމަކުން ޖިނާއީ ކުށުގެ ރިކޯޑެއް އޮތް ފަރާތެއްތޯ ނުވަތަ ނޫންތޯ ބެލުން. - ހުށަހަޅައިފައިވާ ޕްރޮޕޯޒަލުގައި، ކްރޮސް ސަބްސިޑީގެ ދަށުން ކުއްޔަށް ހިފުމަށް ހުށަހަޅައިފައިވާ ރަށް ނުވަތަ ބިން ނުވަތަ ފަޅަށް ކަނޑައެޅޭ އެންމެ ކުޑަ އެކުއިޒިށަން ކޮސްޓު އަދި ޕްރޮޕޯޒަލް ހުށަހެޅި ފަރާތުން އެކުއިޒިށަން ކޮސްޓުގެ ގޮތުގައި ހުށަހަޅައިފައިވާ އަދަދު.
(ށ) މި މާއްދާގައި ބަޔާންކޮށްފައިވާ ޑީޓެއިލްޑް އެސެސްމަންޓް ތައްޔާރުކުރުމުގައި ކަމާގުޅޭ އެންމެހައި ވުޒާރާތައް ބައިވެރިކުރަންވާނެއެވެ. އަދި މިކަމުގެ ފަންނީ ތަޖުރިބާކާރުންގެ އެހީއަށް ބޭނުންވެއްޖެ ހިނދެއްގައި ގާނޫނީ ދާއިރާއާއި، މާލީ ދާއިރާއާއި، ތިމާވެށީގެ ދާއިރާ ހިމެނޭހެން، ކަމާ ގުޅޭ މުއައްސަސާތަކުގެ އެހީތެރިކަން ވެސް ހޯދިދާނެއެވެ.
(ނ) ޕްރޮޕޯޒަލުގެ އިނީށަލް އެސެސްމަންޓާއި، ޑީޓެއިލްޑް އެސެސްމަންޓަށްފަހު މިނިސްޓްރީން ތައްޔާރުކުރާ ރިޕޯޓު، އެގްޒެކެޓިވް ކޮމެޓީ އަށް ހުށަހަޅަންވާނެއެވެ.
(ރ) މި މާއްދާގެ (ނ) ގައިވާ ގޮތުގެ މަތީން އެގްޒެކެޓިވް ކޮމެޓީ އަށް ރިޕޯޓު ހުށަހެޅުމުން، އެ ރިޕޯޓު ދިރާސާކުރުމަށްފަހު، އެގްޒެކެޓިވް ކޮމެޓީން އެ ޕްރޮޕޯޒަލަކާމެދު އަންނަނިވި ގޮތްތަކުންކުރެ ގޮތަކަށް ނިންމަންވާނެއެވެ.
- އެ ޕްރޮޕޯޒަލަކީ ވަޒީރުންގެ މަޖިލީހަށް ނުވަތަ ވަޒީރުންގެ މަޖިލީހުގެ ކޮމިޓީއަށް ހުށަހަޅަން އެ ވަގުތަށް މުނާސަބު ޕްރޮޕޯޒަލެއް ނޫންކަމަށް ކޮމެޓީން ނިންމައިފި ނަމަ، ވަޒީރުންގެ މަޖިލީހަށް ނުވަތަ ވަޒީރުންގެ މަޖިލީހުގެ ކޮމެޓީއަށް އެ ޕްރޮޕޯޒަލް ހުށަހަޅަން ނުފެންނަކަމަށް ނިންމުން. އެގްޒެކެޓިވް ކޮމެޓީން އެގޮތަށް ނިންމައިފި ނަމަ، އެގޮތަށް ނިންމި ސަބަބުތައް ބަޔާންކޮށް ޕްރޮޕޯޒަލް ހުށަހެޅި ފަރާތަށް މިނިސްޓްރީން އަންގަންވާނެއެވެ.
- އެ ޕްރޮޕޯޒަލަކީ ވަޒީރުންގެ މަޖިލީހަށް ނުވަތަ ވަޒީރުންގެ މަޖިލީހުގެ ކޮމިޓީއަށް ހުށަހަޅަން މުނާސަބު ޕްރޮޕޯޒަލެއްކަމަށް އެގްޒެކެޓިވް ކޮމެޓީ އަށް ފެނިއްޖެ ނަމަ، އެ ޕްރޮޕޯޒަލާމެދު ގޮތެއް ނިންމުމަށް ވަޒީރުންގެ މަޖިލީހަށް ނުވަތަ ވަޒީރުންގެ މަޖިލީހުގެ ކޮމިޓީއަށް ހުށަހަޅަންވާނެއެވެ. އަދި މިގޮތަށް ހުށަހެޅުމުން، އަންނަނިވި ގޮތްތަކުގެ ތެރެއިން ގޮތަކަށް ނިންމުމުގެ އިހުތިޔާރު، ވަޒީރުންގެ މަޖިލީހަށް ނުވަތަ ވަޒީރުންގެ މަޖިލީހުގެ ކޮމިޓީއަށް ލިބިގެންވެއެވެ.
2.1 ހުށަހަޅައިފައިވާ ގޮތަށް ކުރިޔަށް ގެންދަން ނިންމުމަށް؛
2.2 ސީދާ މަށްވަރާއަކަށް ދިއުމަށް ނިންމުމަށް؛
2.3 ކުރިޔަށް ގެންދިޔުމަށް ނުފެންނަކަމަށް ނިންމުމަށ.ް
(ބ) މި މާއްދާގެ (ރ) ގެ (2) ވަނަ ނަންބަރުގެ 2.3 ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ވަޒީރުންގެ މަޖިލީހުން ނުވަތަ ވަޒީރުންގެ މަޖިލީހުގެ ކޮމިޓީއަކުން ނިންމައިފި ނަމަ، އެގޮތަށް ނިންމި ސަބަބުތައް ސާފުކޮށް ބަޔާންކޮށްފައި، ޕްރޮޕޯޒަލް ހުށަހެޅި ފަރާތަށް މިނިސްޓްރީން އަންގަންވާނެއެވެ.
8 ވަނަ މާއްދާ - ދެވަނަ މަރުހަލާ ޕްރޮޕޯޒަލާ ގުޅޭ މަށްވަރާތައް ކުރިޔަށް ގެންދިޔުމާއި، ކޮމާށަލް ޓަރމްސް ފައިނަލައިޒްކުރުން
(ހ) ޕްރޮޕޯޒަލުގައި ހިމެނިފައިވާ ކަންކަމާ ގުޅޭގޮތުން ޕްރޮޕޯޒަލް ހުށަހެޅި ފަރާތާއި ސަރުކާރާއެކު، މި އުސޫލުގެ 7 ވަނަ މާއްދާގެ (ރ) ގެ (2) ވަނަ ނަންބަރުގެ 2.2 ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ސީދާ މަށްވަރާއަށް ދިޔުމަށް ވަޒީރުންގެ މަޖިލީހުން ނުވަތަ ވަޒީރުންގެ މަޖިލީހުގެ ކޮމިޓީން ނިންމައިފި ނަމަ، އެ ނިންމުމާ އެއްގޮތްވާ ގޮތުގެ މަތީން ޕްރޮޕޯޒަލް ހުށަހެޅި ފަރާތާއެކު މިނިސްޓްރީން ސީދާ މަށްވަރާއަށް ގޮސް މަށްރޫއުގެ ޓަރމްސްތައް ފައިނަލައިޒް ކުރަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެ މަތީން ޕްރޮޕޯޒަލް ހުށަހެޅި ފަރާތާއި ސަރުކާރާއެކު ސީދާ މަށްވަރާއަށް ދިޔުމަށް ވަޒީރުންގެ މަޖިލީހުގެ ނުވަތަ ވަޒީރުންގެ މަޖިލީހުގެ ކޮމިޓީން ނިންމާ ހާލަތުގައި، މަށްރޫއުގެ ޓަރމްސްތަކާމެދު ސީދާ މަށްވަރާއަށް ދިޔުމުގެ ކުރިން އެކަމަށް މަގު ފަހިކުރުމުގެ ގޮތުން ޕްރޮޕޯޒަލް ހުށަހެޅި ފަރާތާއެކު ފަހުމުނާމާ (މެމޮރަންޑަމް އޮފް އަންޑަސްޓޭންޑިންގ) އެއްގައި ސޮއިކުރުމަށް ދެފަރާތުންކުރެ ފަރާތަކަށް ފެންނަ ނަމަ، އެފަދަ ފަހުމުނާމާއެއްގައި ސޮއިކުރެވިދާނެއެވެ.
(ނ) މި މާއްދާގެ (ހ) ގައިވާ ގޮތުގެ މަތީން ޕްރޮޕޯޒަލް ހުށަހެޅި ފަރާތާއި ސަރުކާރާއެކު ސީދާ މަށްވަރާތައް ކުރުމުގައި ކަމާގުޅޭ އެންމެހައި ވުޒާރާތައް ބައިވެރިކުރަންވާނެއެވެ. އަދި މިކަމުގެ ފަންނީ ތަޖުރިބާކާރުންގެ އެހީއަށް ބޭނުންވެއްޖެ ހިނދެއްގައި ގާނޫނީ ދާއިރާއާއި، މާލީ ދާއިރާއާއި، ތިމާވެށީގެ ދާއިރާ ހިމެނޭހެން، ކަމާގުޅޭ މުއައްސަސާތަކުގެ އެހީތެރިކަން ވެސް ހޯދިދާނެއެވެ.
(ރ) މި މާއްދާގައިވާ ގޮތުގެ މަތީން ކުރެވޭ ސީދާ މަށްވަރާތައް ނިމިގެންދާގޮތަށް ރިއާޔަތްކޮށް، ދެފަރާތުގެ ދެމެދުގައި އެއްބަސްވެވޭ މައިގަނޑު ޓަރމްސްއާމެދު ވަޒީރުންގެ މަޖިލީހުގެ ނުވަތަ ވަޒީރުންގެ މަޖިލީހުގެ ކޮމިޓީގެ ހުއްދަ ހޯދުމަށް، އެގްޒެކެޓިވް ކޮމެޓީ ގެ ލަފާގެ މަތީން، ވަޒީރުންގެ މަޖިލީހަށް ނުވަތަ ވަޒީރުންގެ މަޖިލީހުގެ ކޮމިޓީއަށް، މިނިސްޓްރީން ހުށަހަޅަންވާނެއެވެ.
9 ވަނަ މާއްދާ - ފޮރިން އިންވެސްޓްމަންޓް އަދި/ނުވަތަ ވިޔަފާރި ރަޖިސްޓަރީ ކުރުން
މި ގަވާއިދުގެ ދަށުން ޕްރޮޕޯޒަލް ހުށަހަޅައިފައިވާ ފަރާތަކީ، ދިވެހިރާއްޖޭގައި މަށްރޫއެއް ހިންގުމަށް ޓަކައި ފޮރިން އިންވެސްޓްމަންޓެއް ނުވަތަ ވިޔަފާރިއެއް ރަޖިސްޓަރީ ކުރަންޖެހޭ ފަރާތެއް ކަމުގައި ވާނަމަ، މި އުސޫލުގެ 10 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން މަށްރޫއު ހިންގުމަށް ނުވަތަ މަށްރޫއަށް ހަރަދުކުރުމާ ގުޅޭ އެއްބަސްވުމުގައި ސޮއިކުރުމުގެ ކުރިން އެކަންކަމުގެ ގާނޫނީ އިޖުރާއަތު ފުރިހަމަކުރަންވާނެއެވެ.
10 ވަނަ މާއްދާ - އެއްބަސްވުމުގައި ސޮއިކުރުން
(ހ) މި މަރުހަލާގައި، ސަރުކާރާއި ޕްރޮޕޯޒަލް ހުށަހަޅައިފައިވާ ފަރާތާ ދެމެދު މަށްރޫއު ހިންގުމަށް ނުވަތަ މަށްރޫއަ ށް ހަރަދުކުރުމާ ގުޅޭ އެއްބަސްވުމުގައި ސޮއިކުރުމުގެ މަސައްކަތްތައް ކުރިޔަށް ގެންދެވޭނެއެވެ. މި އެއްބަސްވުން ބިނާކުރެވޭނީ، ދެފަރާތުގެ ދެމެދުގައި އެއްބަސްވުމަކަށް އާދެވިފައިވާ އަދި ވަޒީރުންގެ މަޖިލީހުން ނުވަތަ އެ މަޖިލީހުގެ ކޮމިޓީން ހުއްދަދީފައިވާ ޓަރމްސްގެ މައްޗަށެވެ.
(ށ) މި ގަވާއިދުގެ ދަށުން މަށްރޫއެއް ހިންގުމަށް ނުވަތަ މަށްރޫއަށް ހަރަދުކުރުމަށް އެދި ހުށަހަޅާ ފަރާތްތަކާއެކު މަށްރޫއު ހިންގުމަށް ނުވަތަ މަށްރޫއަށް ހަރަދުކުރުމާ ގުޅޭ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރާނީ މިނިސްޓްރީންނެވެ.
(ނ) މި ގަވާއިދުގެ ދަށުން ހުށަހެޅޭ ޕްރޮޕޯޒަލްތަކާ ގުޅިގެން ކްރޮސް ސަބްސިޑީގެ ގޮތުގައި ދޫކުރެވޭ ރަށެއް ނުވަތަ ބިމެއް ނުވަތަ ފަޅެއް ކުއްޔަށް ދޫކުރުމާބެހޭ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރާނީ މިނިސްޓްރީންނެވެ.
11 ވަނަ މާއްދާ - ޒިންމާތަކާއި މަސްއޫލިއްޔަތުތައް ޕްރޮޕޯޒަލް ހުށަހަޅާ ފަރާތުގެ ޒިންމާ
މި ގަވާއިދުގެ ދަށުން ޕްރޮޕޯޒަލް ހުށަހަޅާ ފަރާތުގެ ޒިންމާތައ،ް ތިރީގައި ބަޔާންކޮށްފައި މިވަނީއެވެ.
(ހ) މި އުސޫލުގައި ބަޔާންކޮށްފައިވާ ގޮތަށް ޕްރޮޕޯޒަލް ތައްޔާރުކޮށްފައި ހުށަހެޅުން.
(ށ) ޕްރޮޕޯޒަލް އެސެސްކުރުމުގައި އިތުރު މައުލޫމާތު ބޭނުންވެއްޖެ ހިނދެއްގައި، މިނިސްޓްރީން ކަނޑައަޅާ ގޮތެއްގެ މަތީން އެ މައުލޫމާތު ހުށަހެޅުން.
(ނ) ޕްރޮޕޯޒަލާއެކު ހުށަހަޅާ މައުލޫމާތަކީ ސައްހަ މައުލޫމާތުކަން ކަށަވަރުކުރުން.
12 ވަނަ މާއްދާ - މިނިސްޓްރީގެ ޒިންމާތަކާއި މަސްއޫލިއްޔަތުތައް
(ހ) ހުށަހެޅޭ ޕްރޮޕޯޒަލްތައް ބަލައިގަތުމުގައްޔާއި، އެ ޕްރޮޕޯޒަލްތައް އެނަލައިޒް ކުރުމުގައްޔާއި، މި ކަންކަން ވިލަރެސްކުރުމުގައި އެންމެ އިސް ދައުރު އަދާކުރުން.
(ށ) ޕްރޮޕޯޒަލްތައް ލިބޭ މިންވަރަކުން ގަވާއިދުން އެކަން ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް އަންގަމުން ގެންދިއުން.
(ނ) ހުށަހަޅައިފައިވާ ޕްރޮޕޯޒަލް ފުރިހަމަތޯ ބެލުން.
(ރ) ޕްރޮޕޯޒަލް އެސެސްކުރުމުގެ މަރުހަލާގައި، ކަމާ ގުޅޭ އެހެނިހެން ވުޒާރާތަކާއި އިދާރާތައް ބައިވެރިކުރުމުގެ ކަންކަން ހަމަޖެއްސުން.
(ބ) ޕްރޮޕޯޒަލް ހުށަހަޅާ ފަރާތުގެ ކިބައިން އިތުރު މައުލޫމާތެއް ހޯދަން ބޭނުންވާ ނަމަ، އެ މައުލޫމާތެއް ފޯރުކޮށްދިނުމަށް އެދުން.
(ޅ) ޕްރޮޕޯޒަލް ހުށަހެޅި ފަރާތަށް އެ ޕްރޮޕޯޒަލުގެ ކޮމްޕްލައެންސް ނުވަތަ ނޮނ-ްކޮމްޕްލައެންސް އެންގުން.
(ކ) މި އުސޫލުގައި ކަނޑައަޅައިފައިވާ އެސެސްމަންޓް ކްރައިޓީރިއާގެ ދަށުން ޕްރޮޕޯޒަލް އެސެސްކުރުން.
(އ) ޕްރޮޕޯޒަލާ ގުޅޭ ހުށަހެޅުންތަކުގެ އިނީށަލް އެސެސްމަންޓާއި، ސްޓްރެޓީ ޖިކް އެސެސްމަންޓާއި، ޑީޓައިލްޑް އެސެސްމަންޓް ހެދުން.
(ވ) ޕްރޮޕޯޒަލާ ގުޅޭގޮތުން މަށްވަރާކުރުމަށް ހާއްސަ ޕެނަލެއް އެކުލަވައިލެވިއްޖެ ނަމަ، އެ ޕެނެލުގެ މަސައްކަތްތަކަށް އެހީތެރިވެދިނުން.
13 ވަނަ މާއްދާ - ވަޒީރުންގެ މަޖިލީހުގެ ނުވަތަ ވަޒީރުންގެ މަޖިލީހުގެ ކޮމިޓީގެ ދައުރު
(ހ) އެގްޒެކެޓިވް ކޮމިޓީން ހުށަހަޅާ ފުރަތަމަ މަރުހަލާ ކަޑައްތުކޮށްފައިވާ ޕްރޮޕޯޒަލްތަކާމެދު،މި އުސޫލުގެ 7 ވަނަ މާއްދާގެ (ރ) ގެ (2) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ އިހުތިޔާރުގެ ދަށުން ގޮތެއް ނިންމުން.
(ށ) މަށްރޫއުގެ މައިގަނޑު ޓަރމްސްއަށް ހުއްދަދިނުން.
(ނ) ކުރިން އެއްބަސްވެފައިވާ ޓަރމްސްއަށް ނުވަތަ މަށްރޫއާބެހޭ މުހިންމު އެއްވެސް ކަމަކަށް ބަދަލެއް އަތުވެއްޖެ ހާލަތެއްގައި، އެ ބަދަލަކާ އެއްގޮތަށް ކުރިޔަށް ގެންދިޔުމާމެދު ގޮތެއް ނިންމުން.
14 ވަނަ މާއްދާ - އެހެނިހެން މައުލޫމާތު ހާމަކުރުން
(ހ) މި އުސޫލުގެ ދަށުން ހުށަހެޅޭ ޕްރޮޕޯޒަލްތަކުގެ ތެރެއިން އެއްބަސްވުމަކާ ހަމަޔަށް ގެންދެވޭ ޕްރޮޕޯޒަލްތަކުގެ މައުލޫމާތު މިނިސްޓްރީގެ ވެބްސައިޓުގައި ށާއިއުކުރަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދައިން ށާއިއުކުރެވޭ މައުލޫމާތުގެ ތެރޭގައި، ޕްރޮޕޯޒަލް ހުށަހެޅި ފަރާތުގެ މައުލޫމާތާއި، ހުށަހަޅައިފައިވާ ޕްރޮޕޯޒަލުގެ ސްކޯޕް ހިމަނަންވާނެއެވެ.
(ނ) ވިޔަފާރީގެ ގޮތުން ހައްސާސް މައުލޫމާތުތައް ރައްކައުތެރިކުރެވޭނެކަން ކަށަވަރުކުރުމަށް ޓަކައި އެއްވެސް މައުލޫމާތެއް ހާމަކުރުމުގެ ކުރިން، އެ ޕްރޮޕޯޒަލް ހުށަހެޅި ފަރާތާއެކު މިނިސްޓްރީން މަށްވަރާކުރަންވާނެއެވެ.
15 ވަނަ މާއްދާ - އާންމު މާއްދާ
(ހ) މި ގަވާއިދުގައި ސާފުކޮށް ބަޔާންކޮށްފައި ނެތް ކަމަކަށް އަމަލުކުރާއިރު، ޕްރޮޕޯޒަލް އެސެސްކުރުމުގެ އެންމެހައި މަރުހަލާތަކުގައްޔާއި އެއްބަސްވުމުގައި ސޮއިކުރުމުގެ އެންމެހައި މަސައްކަތްތައް ކުރިޔަށް ގެންދަންވާނީ، ދިވެހިރާއްޖޭގެ ގާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތީންނެވެ.
(ށ) މި އުސޫލުގައި ބަޔާންކޮށްފައިނުވާ ހާލަތެއް މެދުވެރިވެއްޖެ ނަމަ، އެކަމާމެދު ގޮތެއް ނިންމާނީ، ވަޒީރުންގެ މަޖިލީހުން ނުވަތަ ވަޒީރުންގެ މަޖިލީހުގެ ކޮމިޓީންނެވެ.
16 ވަނަ މާއްދާ - މާނަކުރުން
މި އުސޫލުގައި އިބާރާތެއް ނުވަތަ ލަފުޒެއް ބޭނުންކޮށްފައިވާ ގޮތުން ކަނޑައެޅިގެން އެހެން މާނައެއް ދޭހަނުވާހައި ހިނދަކު، އަންނަނިވި އިބާރާތްތަކާއި ލަފުޒުތަކަށް ދީފައި އެވަނީ، އެ އިބާރާތްތަކާއި ލަފުޒުތަކަށް ތިރީގައިވާ އަކުރުތަކުގައި ދީފައިވާ މާނަކުރުމެވެ.
(ހ) "އެގްޒެކެޓިވް ކޮމެޓީ" ކަމަށް ބަޔާންކޮށްފައި އެވަނީ، މިނިސްޓްރީ ހިންގުމާ ހަވާލުވެ ހުންނަ ވަޒީރާއި، ޕްރޮޕޯޒަލުގައި ހިމެނޭ މަށްރޫއުގެ ދާއިރާއާ ގުޅޭ ވުޒާރާ ހިންގުމާ ހަވާލުވެ ހުންނަ ވަޒީރާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ކޯޕަރޭޓް ޑިވެލޮޕްމަންޓް އޮފީސް ހިންގުމާ ހަވާލުވެ ހުންނަ އެންމެ އިސްވެރިޔާގެ މައްޗަށް އެކުލެވިގެންވާކޮމިޓީއަށެވެ.
(ށ) "އެސެސްމަންޓް" ކަމަށް ބަޔާންކޮށްފައި އެވަނީ، ހުށަހަޅައިފައިވާ ޕްރޮޕޯޒަލްތައް ބަލައި، އެ ޕްރޮޕޯޒަލްތަކުގެ ފެންވަރުބަލައި، ސަރުކާރުގެ މަސްލަހަތާ އެއްގޮތްވޭތޯ ބެލުމަށެވެ.
(ނ) "މަސައްކަތާ ގުޅުންހުރި ކަމަކުން ޖިނާއީ ކުށުގެ ރިކޯޑު އޮތުން" ކަމަށް ބަޔާންކޮށްފައި އެވަނީ، ވިޔަފާރ،ި މާލިއްޔަތު، ޓޫރިޒަމް، ކޮންސްޓްރަކްށަން، އެންވަޔަރަންމަންޓް ނުވަތަ މަސައްކަތުގެ ދާއިރާއާ ސީދާ ގުޅުންހުރި ޖިނާއީ ކުށެއްގެ ރިކޯޑެއް އޮތުން ކަމަށެވެ.
(ރ) "ޑީޓެއިލްޑް އެސެސްމަންޓް "ކަމަށް ބަޔާންކޮށްފައި އެވަނީ، ޕްރޮޕޯޒަލް ހުށަހެޅި ފަރާތުގެ ފަންނީ ގާބިލުކަމާއި، މާލީ ގާބިލުކަމާއި، އެތިކަލް ސްޓޭންޑަޑްތަކާއި، ޕްރޮޖެކްޓުގެ ވަޔަބިލިޓީ އާއި އިމްޕެކްޓް ބަލާ ތަފުސީލީ ދިރާސާއަށެވެ.
މައި ގަވާއިދު
ކޮންސޮލިޑޭޓެޑް ގަވާއިދު
ކިޔުންތެރިންގެ ހިޔާލު