gaanoon_logo
-

ގާނޫނީ އޮޑިޓްކުރުމާއި އެށޫރޭންސްގެ ހިދުމަތް ދިނުމުގެ ގަވާއިދު (ގަވާއިދު ނަންބަރު 2021-03) އަށް 4 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު

(ގަވާއިދު ނަންބަރު 2025-58)

(މި ގަވާއިދަށް އަމަލުކުރަން ފެށީ 19 މޭ 2025 ގައި)

ގަވާއިދު ނަންބަރު 2021-03 (ގާނޫނީ އޮޑިޓްކުރުމާއި އެށޫރޭންސްގެ ހިދުމަތް ދިނުމުގެ ގަވާއިދު) އަށް، އަންނަނިވި އިސްލާހުތައް ގެނައުން.

 

1 ވަނަ މާއްދާ -  ބުނެވިދިޔަ ގަވާއިދުގެ 3 ވަނަ މާއްދާގެ (ޅ) ގެ ފަހަތަށް އަންނިވި ގޮތަށް އަކުރުތަކެއް އިތުރުކުރުން.

(ޅ-1) މި މާއްދާގެ (ޅ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، އެ އަކުރުގައި ބަޔާންކޮށްފައިވާ ށަރުތު ފުރިހަމަނުވާ ފަރާތެއް ނަމަ، މަދުވެގެން 10 (ދިހައެއް) އަހަރުދުވަހުގެ އެކައުންޓިންގ ދާއިރާގެ ތަޖުރިބާ ލިބިފައިވުން. އަދި މީގެ ތެރެއިން މަދުވެގެން 5 (ފަހެއް) އަހަރުދުވަހުގެ ތަޖުރިބާއަކީ، އިންސްޓިޓިއުޓުން ގަބޫލުކުރާ ފެންވަރުގެ އޮޑިޓް ފާމެއްގައި ނުވަތަ މުއައްސަސާއެއްގައި މަސައްކަތްކޮށ،ް ISA ނުވަތަ ISA އަސާސެއްކަމަށް ބަލައިގެން ކުރާ އޮޑިޓުގެ އެކަށީވެންވާ ތަޖުރިބާ ކަމުގައި ވުމާއި، މި 5 (ފަހެއް) އަހަރުދުވަހުގެ ތަޖުރިބާގެ ތެރެއިން މަދުވެގެން 3 (ތިނެއް) އަހަރުދުވަހުގެ ތަޖުރިބާއަކީ، ސުޕަވައިޒަރީ ލެވެލުގައި މަސައްކަތްކޮށްގެނ،ް ދިވެހިރާއްޖޭގައި ހޯދައިފައިވާ ތަޖުރިބާއަކަށް ވުން.

(ޅ-2) މި މާއްދާގެ (ޅ-1) ދެމިއޮންނާނީ 1 ޖަނަވަރީ 2026 ގެ ނިޔަލަށެވެ. މި ތާރީހުގެ ފަހުން އަލަށް އޮޑިޓް ލައިންސަންސަށް އެދި ހުށަހަޅާ ފަރާތްތަކުން މި މާއްދާގެ (ޅ) ގައި ބަޔާންކޮށްފައިވާ ށަރުތު ފުރިހަމަނުވާ ނަމަ، މި އިންސްޓިޓިއުޓުގެ އެޑްވާންސްޑް އޮޑިޓް އެންޑް އެށޫރެންސް އިމްތިހާނުން ފާސްވެފައިވުން. 

(ޅ-3) މި މާއްދާގެ (ޅ-1) ގައި ބަޔާންކޮށްފައިވާ ތަޖުރިބާ ގުނުމުގައި، މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީގައި އޮޑިޓަރެއްގެ ގޮތުގައި ރަޖިސްޓަރީވެގެން ކުރިން ހޯދައިފައިވާ ތަޖުރިބާ ބަލައިގަނެވޭނެއެވެ.

 

2 ވަނަ މާއްދާ - މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ތާރީހުން ފެށިގެންނެވެ.

 

މައި ގަވާއިދު

ގާނޫނީ އޮޑިޓްކުރުމާއި އެށޫރޭންސްގެ ހިދުމަތް ދިނުމުގެ ގަވާއިދު (ގަވާއިދު ނަންބަރު 2021-03)

 

ކޮންސޮލިޑޭޓެޑް ގަވާއިދު

ގާނޫނީ އޮޑިޓްކުރުމާއި އެށޫރޭންސްގެ ހިދުމަތް ދިނުމުގެ ގަވާއިދު (ކޮންސޮލިޑޭޓެޑް ނަންބަރު 2021-03)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު