މާލިއްޔަތުގެ ގަވާއިދު (ގަވާއިދު ނަންބަރު 2023-158) އަށް 3 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު
(ގަވާއިދު ނަންބަރު 2025-27)
(މި ގަވާއިދަށް އަމަލުކުރަން ފެށީ 26 ފެބުރުއަރީ 2025 ގައި)
ގަވާއިދު ނަންބަރު 2023-158 (މާލިއްޔަތުގެ ގަވާއިދު) އަށް އަންނަނިވި އިސްލާހުތައް ގެނައުން.
1 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 10.20 ވަނަ މާއްދާގެ (ހ) އަންނަނިވި ފަދައިން އިސްލާހުކުރުން.
"ސިންގަލް ސޯސްޕްރޮކިއުމަންޓް" ގެ އުސޫލުން ތަކެތި ގަތުން ނުވަތަ ހިދުމަތް ހޯދުން ނުވަތަ މަސައްކަތް ކުރުވުން 10.20.
(ހ) "ސިންގަލް ސޯސް ޕްރޮކިއުމަންޓް" އަކީ ވާދަވެރިކަމަށް ހުޅުވައިނުލައި، ސީދާ ވަކި ފަރާތަކުން ތަކެތި ނުވަތަ ހިދުމަތް ހޯދުން ނުވަތަ މަސައްކަތެއް ކުރުވުމެވެ.
2 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 10.20 ވަނަ މާއްދާގެ (ށ) ގެ ފަހަތަށް (ށ-1) ގެ ގޮތުގައި އަކުރެއް އިތުރުކުރުން.
(ށ-1) މި މާއްދާގެ (ށ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، އާންމު ރައްޔިތުންގެ އަސާސީ ބޭނުންތަކާއި، ދިރިއުޅުމުގެ ފެންވަރު ރަނގަޅުކޮށްދޭ ބާވަތުގެ މަށްރޫއުތަކާއި، ސަލާމަތީ ހިދުމަތްތަކަށް ހާއްސަ މަށްރޫއުތަކުގެ ގޮތުގައި ކަމާގުޅޭ ދައުލަތުގެ އޮފީހަކުން މިނިސްޓްރީއަށް ހުށަހަޅައި، މިނިސްޓްރީން ކަނޑައަޅާ އުސޫލެއްގެ ދަށުން، ވަޒީރުންގެ މަޖިލީހުން ނުވަތަ ވަޒީރުންގެ މަޖިލީހުގެ ކޮމިޓީއަކުން ކަނޑައަޅާ މަށްރޫއުތައް "ސިންގަލް ސޯސް ޕްރޮކިއުމަންޓް" ގެ އުސޫލުން ކުރިއަށް ގެންދެވިދާނެއެވެ.
3 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 10.20 ވަނަ މާއްދާގެ (ރ) ގެ (6) ވަނަ ނަންބަރުގެ ފަހަތަށް (7) ވަނަ ނަންބަރުގެ ގޮތުގައި ނަންބަރެއް އިތުރުކުރުން.
(7) އާންމު ރައްޔިތުންގެ އަސާސީ ބޭނުންތަކާއި، ދިރިއުޅުމުގެ ފެންވަރު ރަނގަޅުކޮށްދޭ ބާވަތުގެ މަށްރޫއުތަކާއި، ސަލާމަތީ ހިދުމަތްތަކަށް ހާއްސަ މަށްރޫއުއެއްގެ ގޮތުގައި ވަޒީރުންގެ މަޖިލީހުން ނުވަތަ ވަޒީރުންގެ މަޖިލީހުގެ ކޮމިޓީއަކުން ކަނޑައެޅުން.
4 ވަނަ މާއްދާ - ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ 10.22 ވަނަ މާއްދާގެ ފަހަތަށް 1-10.22 ގެ ގޮތުގައި މާއްދާއެއް އިތުރުކުރުން.
"ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕުރޮގުރާމު" ގެ ވަކި މަށްރޫއުތަކެއް ހިންގާ ފަރާތްތަކަށް ދެވޭ ހާއްސަ އިސްތިސްން 1-10.22.
(ހ) މި ގަވާއިދުގެ އެހެން މާއްދާއެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައި އޮތް ނަމަވެސް، "ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕުރޮގުރާމު" ގެ ތެރެއިން، ދައުލަތުގެ އޮފީހަކުން މިނިސްޓްރީއަށް ހުށަހަޅައި، މިނިސްޓަރުގެ ލަފާގެ މަތިން، ވަޒީރުންގެ މަޖިލީހުން ނުވަތަ ވަޒީރުންގެ މަޖިލީހުގެ ކޮމިޓީއަކުން ކަނޑައަޅާ ވަކި މަށްރޫއެއ،ް މި ގަވާއިދުގެ 10.22 ވަނަ މާއްދާގެ (ހ) ގެ ދަށުން ހަވާލުކުރުމަށް ނިންމައިފި ނަމަ، އެ މަށްރޫއަށް ބިޑު ސެކިއުރިޓީއާއި ޕަރފޯމަންސް ގެރެންޓީ ނުވަތަ ސެކިއުރިޓީ ނެގުން އިސްތިސްނާކުރުމުގެ އިހުތިޔާރު މިނިސްޓަރަށް ލިބިގެންވެއެވ.ެ މި މާއްދާގެ ދަށުން އިސްތިސްނާ ދެވޭ މަށްރޫއުތައް ބަލަހައްޓާ، ކަމާބެހޭ ވުޒާރާއަކުން، އެ މަށްރޫއުތަކުގެ ޕްރޮގްރެސް ރިޕޯޓު އަދާހަމަކޮށް، މިނިސްޓްރީން އަންގާ ގޮތުގެ މަތީން މިނިސްޓްރީއަށް ފޮނުވަމުން ގެންދަންވާނެއެވެ.
(ށ) މި ގަވާއިދުގެ 10.22 ވަނަ މާއްދާ (ހ) ގެ (5) ވަނަ ނަންބަރުގައި އެހެންގޮތަކަށް ބަޔާންކޮށްފައި އޮތް ނަމަވެސް، މި މާއްދާގެ (ހ) ގެ ދަށުން އިސްތިސްނާ ދެވޭ މަށްރޫއު ހަވާލުކުރާ ކުންފުނީގެ މާލީ ގާބިލުކަން ކަށަވަރުކުރުމުގައި، މިނިސްޓްރީން ކަނޑައަޅާ ހާއްސަ މިންގަނޑެއް ބޭނުންކުރުމަށް މި ގަވާއިދު ހުރަހެއް ނާޅައެވެ.
(ނ) މި މާއްދާއަށް އަމަލުކުރެވޭނ،ީ މި ގަވާއިދު، ދިވެހި ސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ތާރީހުން ފެށިގެން 2 (ދޭއް) އަހަރުދުވަހުގެ މުއްދަތަށެވެ.
5 ވަނަ މާއްދާ - މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ތާރީހުން ފެށިގެންނެވެ.
މައި ގަވާއިދު
މާލިއްޔަތުގެ ގަވާއިދު (ގަވާއިދު ނަންބަރު 2023-158)
ކިޔުންތެރިންގެ ހިޔާލު