ގާނޫނީ ވަކީލުން ދަރަޖަކުރުމާ ގުޅޭ ގަވާއިދު (ގަވާއިދު ނަންބަރު 2019-1089) އަށް 2 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު
(ގަވާއިދު ނަންބަރު 2025-19)
(މި ގަވާއިދަށް އަމަލުކުރަން ފެށީ 11 ފެބުރުއަރީ 2025 ގައި)
ގަވާއިދު ނަންބަރު 2019-1089 (ގާނޫނީ ވަކީލުން ދަރަޖަކުރުމާ ގުޅޭ ގަވާއިދު) އަށް އަންނަނިވި އިސްލާހު ގެނައުން.
1 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 6 ވަނަ މާއްދާގެ (ށ) އަންނަނިވި ގޮތަށް އިސްލާހުކުރުން،
ދިވެހިރާއްޖޭގެ ހައިކޯޓުގައި ވަކާލާތުކުރުމުގެ ހުއްދަ 6.
(ށ) ފަނޑިޔާރުކަމުގައި ނުވަތަ ގާނޫނު ނަންބަރު 2008-02 (ވަޒީފާއާބެހޭ ގާނޫނު) ގެ ދަށުން އުފައް ދައިފައިވާ ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ މެންބަރުކަމުގައި ނުވަތަ ގާނޫނު ނަންބަރު 2010-03 (ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނު) ގެ ދަށުން އުފައް ދައިފައިވާ ޓެކްސް އެޕީލް ޓްރައިބިއުނަލުގެ މެންބަރުކަމުގައި ނުވަތަ ގާނޫނީ ވަކީލުކަމުގައި ނުވަތަ މި ކަންކަމުގައި މަދުވެގެން 3 (ތިނެއް) އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން،
2 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 7 ވަނަ މާއްދާގެ (ނ) އަންނަނިވި ގޮތަށް އިސްލާހުކުރުން.
ހައިކޯޓުގައި ވަކާލާތުކުރުމުގެ ހުއްދައަށް އެދި ހުށަހަޅަންޖެހޭ ތަކެތި 7.
(ނ) މި ގަވާއިދުގެ 6 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ށަރުތު ފުރިހަމަވާކަން އަންގައިދޭ ށަރުއީ ކޯޓަކުން ނުވަތަ ގާނޫނު ނަންބަރު 2008-02 (ވަޒީފާއާބެހޭ ގާނޫނު) ގެ ދަށުން އުފައްދައިފައިވާ ވަޒީފާއާބެހޭ ޓްރައިބިއުނަލުން ނުވަތަ ގާނޫނު ނަންބަރު 2010-03 (ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނު) ގެ ދަށުން އުފައްދައިފައިވާ ޓެކްސް އެޕީލް ޓްރައިބިއުނަލުން ދޫކޮށްފައިވާ ލިޔުން،
3 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 9 ވަނަ މާއްދާގެ (ށ) އަންނަނިވި ގޮތަށް އިސްލާހުކުރުން.
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި ވަކާލާތުކުރުމުގެ ހުއްދަ 9.
(ށ) ފަނޑިޔާރުކަމުގައި ނުވަތަ ގާނޫނު ނަންބަރު 2008-02 (ވަޒީފާއާބެހޭ ގާނޫނު) ގެ ދަށުން އުފައްދައިފައިވާ ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ މެންބަރުކަމުގައި ނުވަތަ ގާނޫނު ނަންބަރު 2010-03 (ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނު) ގެ ދަށުން އުފައްދައިފައިވާ ޓެކްސް އެޕީލް ޓްރައިބިއުނަލުގެ މެންބަރުކަމުގައި ނުވަތަ ގާނޫނީ ވަކީލުކަމުގައި ނުވަތަ މި ކަންކަމުގައި މަދުވެގެން 5 (ފަހެއް) އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން،
4 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 10 ވަނަ މާއްދާގެ (ނ) އަންނަނިވި ގޮތަށް އިސްލާހުކުރުން،
ސުޕްރީމް ކޯޓުގައި ވަކާލާތުކުރުމުގެ ހުއްދައަށް އެދި ހުށަހަޅަންޖެހޭ ތަކެތި 10.
(ނ) މި ގަވާއިދުގެ 9 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ށަރުތު ފުރިހަމަވާކަން އަންގައިދޭ ށަރުއީ ކޯޓަކުން ނުވަތަ ގާނޫނު ނަންބަރު 2008-02 (ވަޒީފާއާބެހޭ ގާނޫނު) ގެ ދަށުން އުފައްދައިފައިވާ ވަޒީފާއާބެހޭ ޓްރައިބިއުނަލުން ނުވަތަ ގާނޫނު ނަންބަރު 2010-03 (ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނު) ގެ ދަށުން އުފައްދައިފައިވާ ޓެކްސް އެޕީލް ޓްރައިބިއުނަލުން ދޫކޮށްފައިވާ ލިޔުމާއ،ި މި ގަވާއިދުގެ 9 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ށަރުތު ފުރިހަމަވާކަން އަންގައިދޭ ށަރުއީ ކޯޓަކުން ދޫކޮށްފައިވާ ލިޔުން،
5 ވަނަ މާއްދާ - މި ގަވާއިދަށް އަމަލުކުރަން ފަށާނ،ީ ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ތާރީހުން ފެށިގެންނެވެ.
މައި ގަވާއިދު
ގާނޫނީ ވަކީލުން ދަރަޖަކުރުމާ ގުޅޭ ގަވާއިދު (ގަވާއިދު ނަންބަރު 2019-1089)
ކޮންސޮލިޑޭޓެޑް ގަވާއިދު
ގާނޫނީ ވަކީލުން ދަރަޖަކުރުމާ ގުޅޭ ގަވާއިދު (ކޮންސޮލިޑޭޓެޑް ނަންބަރު 2019-1089)
ކިޔުންތެރިންގެ ހިޔާލު