-

ގާނޫނީ ވަކީލުންގެ ސުލޫކީ މައްސަލަ ބެލުމާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 2020-47) އަށް 2 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު

(ގަވާއިދު ނަންބަރު 2025-20)

(މި ގަވާއިދަށް އަމަލުކުރަން ފެށީ 11 ފެބްރުއަރީ 2025 ގައި)

 

ގާނޫނީ ވަކީލުންގެ ސުލޫކީ މައްސަލަ ބެލުމާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 2020-47) އަށް އަންނަނިވި އިސްލާހުތައް ގެނައުން.

 

1 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 6 ވަނަ މާއްދާގެ ފަހަތަށް އަންނަނިވި ގޮތަށް 2 މާއްދާ އިތުރުކޮށް، މާއްދާތައް ތަރުތީބުކުރުން.

ސުލޫކީ ށަކުވާ އަނބުރާ ގެންދިއުން 1-6.

(ހ) ސުލޫކީ ށަކުވާ ހުށަހެޅި ފަރާތުން ބޭނުންވެއްޖެ ހިނދެއްގައި، އެ ފަރާތުން ކޮށްފައިވާ ށަކުވާ އެކުގައި ނުވަތަ އެ ށަކުވާއިން ބައެއް އަނބުރާ ގެންދިއުމަށް ހުށަހެޅިދާނެއެވެ. ހުށަހެޅިފައިވާ ސުލޫކީ ށަކުވާއެއް، ށަކުވާ ހުށަހެޅި ފަރާތުން އަނބުރާ ގެންދަން އެދިއްޖެ ނަމަ، އަންނަނިވި ގޮތުގެ މަތީން އަމަލުކުރެވޭނެއެވެ.

  1. ސުލޫކީ ށަކުވާ ހުށަހެޅި ފަރާތުން، އެ މައްސަލަ އަނބުރާ ގެންދިއުމަށް އެދިފައިވަނީ ށަކުވާ ދަފުތަރުކޮށް އެގްޒެކެޓިވް ކޮމިޓީއަށް ހުށަހެޅުމުގެ ކުރިން ކަމުގައި ވާ ނަމަ، ށަކުވާ ހުށަހެޅި ފަރާތުން ލިޔުމުން އެކަން ހުށަހެޅުމުން، އެ މައްސަލަ ބެލުމާމެދު ގޮތެއް ކަނޑައެޅުމަށް އެގްޒެކެޓިވް ކޮމިޓީއަށް ހުށަހެޅުމަކާ ނުލައި، ޖެނެރަލް ކައުންސެލް ނުވަތަ ޖެނެރަލް ކައުންސެލްގެ މަސްއޫލިއްޔަތާ ހަވާލުކޮށްފައިވާ ފަރާތާއި ސެކްރެޓަރީ ޖެނެރަލް ނިންމާ ޮތެއްގެ މަތީން، އެ މައްސަލަ އަނބުރާ ގެންދިއުމުގެ އިހުތިޔާރު، ށަކުވާ ހުށަހެޅި ފަރާތަށް ލިބިގެންވެއެވެ.
  2. މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ގޮތަށް މައްސަލަ އަނބުރާ ގެންދިއުމަށް ނިންމުމާމެދ،ު ޖެނެރަލް ކައުންސެލްއާއި ސެކްރެޓަރީ ޖެނެރަލް ހިޔާލު ތަފާތުވެއްޖެ ނަމަ، އެ މައްސަލަ އަނބުރާ ގެންދިއުމާމެދު ގޮތެއް ނިންމާނީ، އެގްޒެކްޓިވް ކޮމިޓީންނެވެ.
  3. ސުލޫކީ ށަކުވާ ހުށަހެޅި ފަރާތުން، އަނބުރާ ގެންދިއުމަށް އެދިފައިވާ ށަކުވާއަކީ، ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީން ބެލުމަށް ނިންމައި، މި ގަވާއިދުގެ 9 ވަނަ މާއްދާގައިވާ ގޮތުގެ މަތީން ކުރިޔަށް ގެންގޮސްފައިވާ މައްސަލައެއް ކަމުގައި ވާ ނަމަ، މައްސަލަ ބެލުމަށް ހަވާލުކޮށްފައިވާ ޕެނަލަށް އެކަން ހުށަހަޅައި، އެ ޕެނަލުން މައްސަލަ އަނބުރާ ގެންދިއުމާ ގުޅޭގޮތުން ދޭ ލަފާގެ މައްޗަށް ރިއާޔަތްކޮށް އެގްޒެކެޓިވް ކޮމިޓީން ނިންމާ ގޮތެއްގެ މަތީން، އެ މައްސަލަ އަނބުރާ ގެންދިއުމުގެ އިހުތިޔާރު، ށަކުވާ ހުށަހެޅި ފަރާތަށް ލިބިގެންވެއެވެ.
  4. މި މާއްދާގެ ދަށުން ލަފާދޭއިރު، އެ ށަކުވާ ރައްދުވާ ފަރާތުން ކޮށްފައިވާކަމަށް ފާހަގަކޮށްފައިވާ އަމަލަކީ، ގާނޫނީ ވަކީލުން އަމަލުކުރަން ކަނޑައަޅައިފައިވާ ސުލޫކީ ހަމަތަކާއި އުސޫލުތަކާ ހިލާފު އަދި ގާނޫނީ ފަންނުގެ ދާއިރާގެ އިތުބާރު ގެއްލޭ ފަދަ އަމަލެއް ކަމުގައި ވާ ނަމަ، އެ މައްސަލަ އަނބުރާ ގެންދިއުމަށް ހުއްދަ ނުދިނުމަށް ލަފާދޭންވާނެއެވެ.

(ށ) މި މާއްދާގެ ދަށުން އަނބުރާ ގެންދާ ސުލޫކީ ށަކުވާއެއް، އެ ށަކުވާ އަނބުރާ ގެންދާ ފަރާތުން އަލުން ހުށައެއް ނޭޅޭނެއެވެ.

 

އަނބުރާ ގެންދިއުމަށް އެދި ހުށަހަޅާ މައްސަލައެއް، ބާ ކައުންސިލުގެ އަމިއްލަ އިސްނެގުމުގައި ބެލުމަށް ނިންމުން  2-6.

(ހ) މި ގަވާއިދުގެ 1-6 ވަނަ މާއްދާގެ ދަށުން އަނބުރާ ގެންދިއުމަށް އެދި ހުށަހަޅައިފައިވާ މައްސަލައަކީ އަންނަނިވި ހާލަތްތަކަށް ފެތޭ މައްސަލައެއް ކަމުގައި ވާ ނަމަ، އެ މައްސަލަ ހުށަހެޅި ފަރާތުން އެ މައްސަލަ އަނބުރާ ގެންދިއުމުން، އެ މައްސަލައެއް، ބާ ކައުންސިލުން އަމިއްލަ އިސްނެގުމުގައި ބެލުމަށް ނިންމަންވާނެއެވެ.

  1. ގާނޫނު ނަންބަރު 2019-05 (ދިވެހިރާއްޖޭގެ ގާނޫނީ ފަންނުގެ ގާނޫނު) ގެ 54 ވަނަ މާއްދާގެ (ނ) ގެ ދަށުން ގާނޫނީ ވަކީލުން އަމަލުކުރަން ކަނޑައަޅައިފައިވާ ސުލޫކީ ހަމަތަކާއި އުސޫލުތަކާ ހިލާފު އަމަލަކަށްވުން؛
  2. ގާނޫނު ނަންބަރު 2019-05 (ދިވެހިރާއްޖޭގެ ގާނޫނީ ފަންނުގެ ގާނޫނު) ގެ 54 ވަނަ މާއްދާގެ (ނ) ގެ ދަށުން ގާނޫނީ ފަންނުގެ ދާއިރާގެ އިތުބާރު ގެއްލޭ ފަދަ އަމަލަކަށް ވުން.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ށަރުތުތައް ފުރިހަމަވާ މައްސަލައެއް، މައްސަލަ ހުށަހަޅާ ފަރާތުން އަނބުރާ ގެންދިއުމުން، އުސޫލު ނަންބަރު 2023-37 (އަމިއްލަ އިސްނެގުމުގެ މަތިން ސުލޫކީ މައްސަލަ ބެލުމާބެހޭ އުސޫލު) ގެ ދަށުން ޖެނެރަލް ކައުންސެލް ނުވަތަ ޖެނެރަލް ކައުންސެލްގެ މަސްއޫލިއްޔަތާ ހަވާލުކޮށްފައިވާ ފަރާތުން އެ މައްސަލަ، ބާ ކައުންސިލުގެ އަމިއްލަ އިސްނެގުމުގައި ބެލުމާމެދު ގޮތެއް ކަނޑައެޅުމަށް އެގްޒެކެޓިވް ކޮމިޓީއަށް ހުށަހަޅަންވާނެއެވެ.

 

2 ވަނަ މާއްދާ - މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހިސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ތާރީހުން ފެށިގެންނެވެ.

 

މައި ގަވާއިދު

ގާނޫނީ ވަކީލުންގެ ސުލޫކީ މައްސަލަ ބެލުމާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 2020-47)

 

ކޮންސޮލިޑެޓެޑް ގަވާއިދު

ގާނޫނީ ވަކީލުންގެ ސުލޫކީ މައްސަލަ ބެލުމާބެހޭ ގަވާއިދު (ކޮންސޮލިޑޭޓެޑް ނަންބަރު 2020-47)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު