-

ގާނޫނީ ވަކީލުންގެ ސުލޫކީ މައްސަލަ ބެލުމާބެހޭ ގަވާއިދު

(ގަވާއިދު ނަންބަރު 2020-47)

1 ވަނަ މާއްދާ - ތައާރަފާއި ނަން

(ހ) މި ގަވާއިދަކީ، ގާނޫނު ނަންބަރު 2019-05 (ދިވެހިރާއްޖޭގެ ގާނޫނީ ފަންނުގެ ގާނޫނު) ގެ 75 ވަނަ މާއްދާގެ (ހ) އިން ބާރުލިބިގެން، ގާނޫނީ ހިދުމަތް ދިނުމުގައި އަމަލުކުރަންޖެހޭ އުސޫލުތަކާއި ސުލޫކީ މިންގަނޑާ ހިލާފުވާ ފަރާތްތަކާމެދު ފިޔަވަޅު އެޅުމުގެ އިޖުރާއަތުތައް ބަޔާންކުރާ ގަވާއިދެވެ.

(ށ) މި ގަވާއިދަށް ކިޔާނީ، "ގާނޫނީ ވަކީލުންގެ ސުލޫކީ މައްސަލަ ބެލުމާބެހޭ ގަވާއިދު" އެވެ.

 

2 ވަނަ މާއްދާ - ސުލޫކީ ށަކުވާ ހުށަހެޅުން

(ހ) ގާނޫނީ ވަކީލަކާ ހަވާލުކުރާ މަސައްކަތަކާ ގުޅިގެން އެ ގާނޫނީ ވަކީލަކު އަމަލުކުރާ ގޮތެއްގެ ސަބަބުން ވަކީލުން އަމަލުކުރަންޖެހޭ ސުލޫކާ ހިލާފުވެއްޖެނަމަ، އެ މައްސަލައަކާ ސީދާގޮތުން ގުޅުންހުރި ކޮންމެ ފަރާތަކަށް ނުވަތަ އެފަދަ އަމަލެއް ހިނގީ ށަރުއީ ކޯޓެއްގެ ތެރޭގައިނަމަ، އެ ކޯޓަކަށް އެ ގާނޫނީ ވަކީލެއްގެ ށަކުވާ، ބާ ކައުންސިލަށް ހުށަހެޅުމުގެ ހައްގު ލިބިގެންވެއެވެ.

(ށ) ވަކީލުން އަމަލުކުރަންޖެހޭ ސުލޫކާ ހިލާފުވެއްޖެކަމުގެ މައުލޫމާތެއް، ބާ ކައުންސިލަށް ލިބިއްޖެނަމަ، ނުވަތަ އެފަދަ ކަމެއް ހިނގައިފައިވާކަމަށް، ބާ ކައުންސިލަށް ފެނިގެން އެ މައްސަލައެއް، ބާ ކައުންސިލުގެ އިސްނެގުމުގެމަތިން ބެލުމުގެ އިހްތިޔާރު، ބާ ކައުންސިލަށް ލިބިގެންވެއެވެ.

(ނ) މި ގަވާއިދުގެ ބޭނުމަށްޓަކައި ވަކީލުން އަމަލުކުރަންޖެހޭ ސުލޫކީ މިންގަނޑާ ހިލާފުވުންކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2019-05 (ދިވެހިރާއްޖޭގެ ގާނޫނީ ފަންނުގެ ގާނޫނު) ގައްޔާއި، އެ ގާނޫނުގެ ދަށުން އެކުލަވައިލެވޭ ވަކީލުން އަމަލުކުރަންޖެހޭ ސުލޫކީ މިންގަނޑު ބަޔާންކުރާ ގަވާއިދުގައި، ގާނޫނީ ވަކީލުން ކޮށްގެން ނުވާނެކަމަށް ބަޔާންކޮށްފައިވާ ކަމެއް ކުރުން، ނުވަތަ ވަކީލުން އަމަލުކުރަން ޖެހޭނެކަމަށް ބަޔާންކޮށްފައިވާ ސުލޫކީ މިންގަނޑާ ހިލާފުވުމަށެވެ.

 

3 ވަނަ މާއްދާ - ށަކުވާ ހުށަހެޅުމުގެ މުއްދަތު

(ހ) ވަކީލުން އަމަލުކުރަންޖެހޭ ސުލޫކާ ހިލާފުވެފައިވާކަމަށް ބުނެ، ބާ ކައުންސިލަށް ހުށަހަޅާ ށަކުވާއަކީ، އެ ށަކުވާގައި ބަޔާންކޮށްފައިވާ އަމަލު ހިނގިފަހުން 2 (ދޭއް) އަހަރުދުވަސް ވެފައިވާ ށަކުވާއަކަށް ވެގެން ނުވާނެއެވެ.

(ށ) ބާ ކައުންސިލަށް ހުށަހަޅާ ސުލޫކީ ށަކުވާއަކީ، ގާނޫނު ނަންބަރު 2019-05 (ދިވެހިރާއްޖޭގެ ގާނޫނީ ފަންނުގެ ގާނޫނު) އަށް އަމަލުކުރަން ފެށި ތާރީހު ކަމުގައިވާ 27 ޖޫން 2019 ގެ ކުރިން ހިނގައިފައިވާ އަމަލެއްގެ މައްޗަށް ބިނާވެފައިވާ ށަކުވާއަކަށް ވެގެން ނުވާނެއެވެ.

(ނ) މި މާއްދާ (ހ) ގައި ބަޔާންކޮށްފައިވާ މުއްދަތު ފާއިތުވުމަށްފަހު، ސުލޫކީ މައްސަލަ އެ މުއްދަތުގެ ތެރޭގައި ހުށަނޭޅުނު ސަބަބު ބަޔާންކޮށް ސުލޫކީ މައްސަލައެއް، ބާ ކައުންސިލަށް ހުށަހެޅުމުން، އެއީ މަގްބޫލު ސަބަބެއް އޮވެގެން ލަސްވި ލަސްވުމެއްކަމަށް، ދިވެހިރާއްޖޭގެ ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީއަށް ފެނިއްޖެނަމަ، އެ މައްސަލައެއް ބަލައިގަތުމުގެ އިހްތިޔާރު، ބާ ކައުންސިލަށް ލިބިގެންވެއެވެ.

 

4 ވަނަ މާއްދާ - ގަވާއިދަށް އަމަލުކުރަން ފެށުމުގެ ކުރިން ހުށަހަޅައިފައިވާ ށަކުވާ

ވަކީލުން އަމަލުކުރަންޖެހޭ ސުލޫކާ ހިލާފުވެފައިވާކަމަށް ބުނެ މި ގަވާއިދަށް އަމަލުކުރަން ފެށުމުގެ ކުރިން ހުށަހަޅައިފައިވާ ށަކުވާތައް ބަލަންވާނީ، މި ގަވާއިދުގައި، ސުލޫކީ މައްސަލަ ބެލުމަށް ކަނޑައަޅައިފައިވާ އިޖުރާއަތުތަކާ އެއްގޮތްވާގޮތުގެ މަތިންނެވެ.

 

5 ވަނަ މާއްދާ - ށަކުވާ ހުށަހަޅާނެ ގޮތް

(ހ) ށަކުވާ ހުށަހަޅާ ފަރާތުން، ތިރީގައިމިވާ ވަސީލަތްތައް މެދުވެރިކޮށް، ބާ ކައުންސިލަށް ށަކުވާ ހުށަހެޅިދާނެއެވެ.

  1. ބާ ކައުންސިލަށް ށަކުވާ ހުށަހަޅާ ފޯމުން؛
  2. ބާ ކައުންސިލުގެ ވެބްސައިޓުގައިވާ ށަކުވާ ހުށަހަޅާ އޮންލައިން ފޯމުން؛
  3. ލިޔުމުން.

(ށ) ށަކުވާއެއް ހުށަހަޅާއިރު، ށަކުވާ ހުށަހަޅާ ފަރާތުން އަންނަނިވި މައުލޫމާތު ހުށަހަޅަންވާނެއެވެ.

  1. ށަކުވާ ހުށަހަޅާ ފަރާތަކީ ކާކުކަން އަންގައިދޭ މައުލޫމާތު؛
  2. ށަކުވާ ރައްދުވާ ގާނޫނީ ވަކީލުގެ މައުލޫމާތު؛
  3. ގާނޫނީ ވަކީލުން އަމަލުކުރަންޖެހޭ ސުލޫކީ މިންގަނޑާ ހިލާފުވިކަމަށް ގަބޫލުކުރާ ސަބަބު ނުވަތަ ސަބަބުތައް؛
  4. ށަކުވާއާ ގުޅުންހުރި ހެކިންގެ މައުލޫމާތު؛
  5. ށަކުވާއާ ގުޅުންހުރި އެންމެހައި ލިޔުންތައް؛
  6. މައްސަލަ ބެލުމަށް ބާރަކަށްވެދާނެ އިތުރު މައުލޫމާތެއްވާނަމަ، އެ މައުލޫމާތެއް.

(ނ) ހުށަހަޅާ ށަކުވާއެއްގައި، މި މާއްދާގައި ބަޔާންކޮށްފައިވާ މައުލޫމާތެއް ފުރިހަމަ ނުވާނަމަ، އެ މައުލޫމާތެއް ފުރިހަމަކުރުމަށްފަހު، ރަސްމީ 7 (ހަތެއް) ދުވަހުގެ ތެރޭގައި އަލުން ހުށަހެޅުމަށް އެންގިދާނެއެވެ. އަދި މައުލޫމާތު ފުރިހަމަކުރުމަށް އަންގާ އެންގުމަކާ އެއްގޮތަށް އަމަލުނުކޮށްފިނަމަ، އެ ށަކުވާ ބަލައިނުގަތުމުގެ އިހްތިޔާރު، ބާ ކައުންސިލަށް ލިބިގެންވެއެވެ.

 

6 ވަނަ މާއްދާ - ށަކުވާ ދަފުތަރުކުރުން

(ހ) މި ގަވާއިދުގައި ބުނެފައިވާ މައުލޫމާތުތައް ފުރިހަމަކޮށް ށަކުވާއެއް، ބާ ކައުންސިލަށް ހުށަހެޅުމުން، އެ ށަކުވާއެއް، ބާ ކައުންސިލަށް ބަލައިގަނެ، ށަކުވާ ބަލައިގަތްކަމުގެ ލިޔުން ށަކުވާ ހުށަހެޅި ފަރާތަށް ދީ، އެ ށަކުވާއާ ގުޅޭ މައުލޫމާތު ދަފުތަރުކުރަންވާނެއެވެ.

(ށ) މި މާއްދާގައި ބަޔާންކޮށްފައިވާ ގޮތަށް ށަކުވާ ދަފުތަރުކުރާއިރު، ށަކުވާ ހުށަހެޅުނު ތަރުތީބަށް ބިނާކޮށް، ކޮންމެ ށަކުވާއަކަށް ހާއްސަ ނަންބަރެއް ކަނޑައަޅަންވާނެއެވެ.

 

7 ވަނަ މާއްދާ - ށަކުވާ ބެލުމާމެދު ގޮތެއް ނިންމުން

(ހ) ގާނޫނީ ވަކީލަކާމެދު ސުލޫކީ ށަކުވާއެއް، ބާ ކައުންސިލަށް ހުށަހެޅުމުން، އެ ށަކުވާ ދަފުތަރުކޮށް، އެ ށަކުވާ ހުށަހެޅިފައިވާކަން އެގްޒެކެޓިވް ކޮމިޓީގެ ސަމާލުކަމަށް ސެކްރެޓޭރިއެޓުން ގެންނަންވާނެއެވެ.

(ށ) މި ގަވާއިދުގައި ބަޔާންކޮށްފައިވާގޮތަށް، ބާ ކައުންސިލަށް ހުށަހެޅުމުން، ދަފުތަރުކުރެވޭ ސުލޫކީ ށަކުވާ ބެލުމާމެދު އެގްޒެކެޓިވް ކޮމިޓީގެ ބައްދަލުވުމަކުން ގޮތެއް ނިންމަންވާނެއެވެ.

(ނ) ގާނޫނީ ވަކީލަކާމެދު ހުށަހަޅައިފައިވާ ސުލޫކީ ށަކުވާ އެގްޒެކެޓިވް ކޮމިޓީގެ ބައްދަލުވުމަކަމަށް ހުށަހެޅުމުން، އަންނަނިވި ގޮތްތަކުގެ ތެރެއިން ގޮތަކަށް އެ ށަކުވާއަކާމެދު އަމަލުކުރުމަށް ނިންމިދާނެއެވެ.

  1.  އެ ށަކުވާގައި ބަޔާންކޮށްފައިވާ ކަންތައްތަކަށް ބަލާއިރު، ވަކީލުން އަމަލުކުރަންޖެހޭ ސުލޫކާ ހިލާފުވެފައިވާކަމަށް ބެލެވޭ އެކަށީގެންވާ ގާނޫނީ ސަބަބުތަކެއް ހުރިކަމަށް ވާނަމަ، އެ ށަކުވާއެއް ބެލުމަށް؛
  2. އެ ށަކުވާގައި ބަޔާންކޮށްފައިވާ ކަންތައްތަކަށް ބަލާއިރު، ވަކީލުން އަމަލުކުރަންޖެހޭ ސުލޫކާ ހިލާފުވެފައިވާކަމަށް ބެލެވޭ އެކަށީގެންވާ ގާނޫނީ ސަބަބުތަކެއް ނެތްނަމަ، އެ ށަކުވާއެއް ނުބެލުމަށް.

(ރ) މި މާއްދާގައި ބަޔާންކޮށްފައިވާ ގޮތަށް ށަކުވާ ބެލުމާމެދު ނިންމި ގޮތް، އެ ށަކުވާއެއް، ބާ ކައުންސިލުގައި ދަފުތަރުކުރި ތާރީހުން ފެށިގެން، ގިނަވެގެން 14 (ސާދަ) ދުވަހުގެ ތެރޭގައި، ށަކުވާ ހުށަހެޅި ފަރާތަށް، ބާ ކައުންސިލުން އަންގަންވާނެއެވެ.

 

8 ވަނަ މާއްދާ - ޖިނާއީ ކުށެއް ފާހަގަވާނަމަ ރިޕޯޓްކުރުން

(ހ) މި ގަވާއިދުގައިވާ ގޮތަށް ށަކުވާއެއް ބެލުމާމެދު ގޮތެއް ނިންމުމަށް ބެލި ބެލުމުގައި، އެ ށަކުވާގައި ބަޔާންކޮށްފައިވާ ކަންތައްތަކަކީ ޖިނާއީ ކުށަކާ ގުޅުންހުރި ކަމެއްކަމުގައި ގަބޫލުކުރެވޭނަމަ، އެ ފަދަ ޖިނާއީ މައްސަލައެއް ބެލުމަށް ގާނޫނުން ލާޒިމުކޮށްފައިވާ ތަހުގީގީ އިދާރާއަކަށް އެ ށަކުވާއެއް ރިޕޯޓުކުރަންވާނެއެވެ.

(ށ) މި މާއްދާގައި ބަޔާންކޮށްފައިވާގޮތަށް އެ ށަކުވާއެއް ތަހުގީގީ އިދާރާއަކަށް ރިޕޯޓުކުރިކަމުގައިވިޔަސް، އެ ށަކުވާއެއް މި ގަވާއިދާ އެއްގޮތަށް ބަލައި ފިޔަވަޅު އެޅުމަކަށް މި މާއްދާ ހުރަހެއް ނާޅައެވެ.

 

9 ވަނަ މާއްދާ - ށަކުވާ ބެލުމުގެ ޕެނަލް

(ހ) މި ގަވާއިދުގެ ދަށުން، ބާ ކައުންސިލަށް ހުށަހެޅޭ ށަކުވާއެއް ބެލުމަށް ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީން ނިންމައިފިނަމަ، އެ މައްސަލަ ބެލުމަށްޓަކައި އެތިކްސް ކޮމިޓީގެ މެންބަރުންގެ ތެރެއިން 3 (ތިނެއް) މެންބަރުންގެ މައްޗަށް އެކުލެވޭ ޕެނަލެއް އެގްޒެކެޓިވް ކޮމިޓީން އެކުލަވައިލައި، އެ ށަކުވާއެއް

ށަކުވާ ހުށަހެޅި ފަރާތަށް މައްސަލަ ނުބަލަން ނިންމުނު ސަބަބުތައް ލިޔުމުން އެންގުން.
ށަކުވާ ހުށަހެޅި ފަރާތަށް މައްސަލަ ނުބަލަން ނިންމުނު ސަބަބުތައް ލިޔުމުން އެންގުން.
ބެލުމަށް އެ ޕެނަލަށް ފޮނުވަންވާނެއެވެ.

(ށ) މި މާއްދާގެ ދަށުން އެކުލަވައިލެވޭ ޕެނަލުން މައްސަލައިގެ ހަގީގަތްތައް ދެނެގަތުމަށްޓަކައި، މައްސަލަ ތަހުގީގުކޮށް އެ މައްސަލައިގައި ހިމެނޭ ފަރާތްތަކަށް ހެކިބަސް ދިނުމަށް ހާޒިރުވުމަށް އަންގައި، އެ ފަރާތްތަކުގެ ކިބައިން ބަޔާން ނަގައި، ލިޔެކިޔުންތައް ހުށަހެޅުމަށް އަމުރުކުރުމުގެ ބާރު އެ ޕެނަލަށް ލިބިގެންވެއެވެ.

(ނ) މި މާއްދާގެ ދަށުން އެކުލަވައިލެވޭ ޕެނަލް ދެމިއޮންނާނީ، އެ ޕެނަލަކުން ބަލަމުންދާ ށަކުވާއެއް ބަލައި، އެ ޕެނަލަކުން ދޭ ލަފާ، ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީއަށް ފޮނުވުމާ ހަމައަށެވެ.

 

10 ވަނަ މާއްދާ - ޕެނަލްގެ ބައްދަލުވުންތައް

(ހ) ށަކުވާ ބެލުމުގެ ޕެނަލްގެ ފުރަތަމަ ބައްދަލުވުމުގައި، އެ ޕެނަލްގެ މެންބަރުންގެ އަޣުލަބިއްޔަތުން، އެ ޕެނަލްގެ ޗެއަރޕަރސަނެއް އިންތިހާބު ކުރަން ވާނެއެވެ.

(ށ) ށަކުވާ ބެލުމުގެ ޕެނަލްގެ ބައްދަލުވުންތަކުގެ ޔައުމިއްޔާއާއި ނިންމުންތައް ބަލަހައްޓައި، ޕެނަލްގެ މަސައްކަތުގެ އިދާރީ ކަންކަން އިންތިޒާމުކޮށް، ޕެނަލަށް ބޭނުންވާ އެންމެހައި އެހީތެރިކަން ފޯރުކޮށްދިނުމަކީ، ބާ ކައުންސިލުގެ ސެކްރެޓޭރިއެޓުގެ ޒިންމާއެކެވެ.

 

11 ވަނަ މާއްދާ - މަސްލަހަތު ފުށުއަރާ ފަރާތްތައް ހާމަކުރުން

(ހ) މި ގަވާއިދާ އެއްގޮތަށް ސުލޫކީ މައްސަލަ ބެލުމަށް އެކުލަވައިލާ ޕެނަލްގައި ހިމެނޭ މެންބަރަކާއި އެގްޒެކެޓިވް ކޮމިޓީން ބަލަން ކަނޑައެޅި މައްސަލައިގައި ހިމެނޭ ފަރާތްތަކުގެ ތެރެއިން އެއްވެސް ފަރާތަކާ، ސީދާގޮތުން ނަމަވެސް ނުވަތަ ނުސީދާގޮތުން ނަމަވެސް މަސްލަހަތުގެ ފުށުއެރުމެއްވާނަމަ، އެ މެންބަރަކު އެކަން އެގްޒެކެޓިވް ކޮމިޓީއަށް އެންގުމާއެކު، އެ މައްސަލައާ ގުޅޭ އެންމެހައި މަސައްކަތްތަކުން ތަނާޒުލުވާންވާނެއެވެ.

(ށ) މި މާއްދާގައި ބަޔާންކޮށްފައިވާ ހާލަތު މެދުވެރިވެގެން ށަކުވާ ބެލުމުގެ ޕެނަލުން ވަކިވާ މެންބަރެއްގެ ބަދަލުގައި، ށަކުވާ ބެލުމުގެ ޕެނަލަށް އިތުރު މެންބަރަކު، ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީން އައްޔަނު ކުރަންވާނެއެވެ.

 

12 ވަނަ މާއްދާ - ޑިއު ޕްރޮސެސް

ބާ ކައުންސިލަށް ހުށަހެޅޭ މައްސަލަތައް ބަލަންވާނީ އެކަށީގެންވާފަދަ އަވަސް މިނެއްގައި، އިޖުރާއީ އަދުލުވެރިކަމުގެ ހަމަތަކާ އެއްގޮތްވާ ގޮތުގެ މަތިންނެވެ. އަދި މިގޮތުން ބަލާ ށަކުވާގެ މައްސަލަތައް ބަލައި، އެއްވެސް ބާވަތެއްގެ ފިޔަވަޅެއް އަޅަންވާނީ، ށަކުވާ ރައްދުވާ ވަކީލަށް ޖަވާބުދާރީވުމުގެ ފުރުސަތުދީ، ހާމަކަމާއި ހަމަހަމަކަމާއެކުގައެވެ.

 

13 ވަނަ މާއްދާ - މައްސަލަ ބެލުމުގެ އިޖުރާއަތު

(ހ) ށަކުވާ ބެލުމުގެ ޕެނަލްގެ ފުރަތަމަ ބައްދަލުވުމުގައި، އެ ޕެނަލުން ބެލުމަށް ހަވާލުކޮށްފައިވާ މައްސަލަ ބެލުމުގެ މަސައްކަތް ކުރިއަށްގެންދާނެގޮތުގެ ޓައިމްލައިނެއް އެކުލަވައިލައި، އެ ޓައިމްލައިން ފާސްކުރަންވާނެއެވެ.

(ށ) މި މާއްދާގައި ބަޔާންކޮށްފައިވާ ޓައިމްލައިނާ އެއްގޮތަށް ށަކުވާ ބެލުމުގެ ޕެނަލުން މަސައްކަތްކުރަމުން ގެންދޭތޯ ބަލައި، އެކަން އެގްޒެކެޓިވް ކޮމިޓީއަށް ރިޕޯޓު ކުރުމަކީ، ބާ ކައުންސިލުގެ ސެކްރެޓަރީ ޖެނެރަލްގެ ޒިންމާއެކެވެ.

(ނ) ށަކުވާ ބެލުމުގެ ޕެނަލުން އެ މައްސަލައިގެ ލިޔެކިޔުންތައް ބަލައި، އިތުރަށް މައުލޫމާތާއި ލިޔެކިޔުން ހޯދަންޖެހޭކަމަށް ނިންމާ ހާލަތުގައި، މައްސަލައިގައި ހިމެނޭ ފަރާތްތަކުގެ ތެރެއިން އެ މައުލޫމާތާއި ލިޔެކިޔުން ހުރި ފަރާތްތަކަށް، އެ މައުލޫމާތާއި ލިޔެކިޔުން، ބާ ކައުންސިލާ ހިއްސާކޮށްދިނުމަށް އެންގުމުގެ ބާރު، ށަކުވާ ބެލުމުގެ ޕެނަލަށް ލިބެގެންވެއެވެ.

(ރ) މި މާއްދާގައި ބަޔާންކޮށްފައިވާފަދަ އެންގުމެއް އެންގޭ ފަރާތަކުން، އެ އެންގުމުގައިވާ މުއްދަތުގެ ތެރޭގައި އެ މައުލޫމާތު ނުވަތަ ލިޔެކިޔުން، ބާ ކައުންސިލާ ހިއްސާކުރަންވާނެއެވެ.

(ބ) ށަކުވާ ބެލުމުގެ ޕެނަލަށް އެ މައްސަލައެއް ބެލުމުގެ މަސައްކަތް ކުރިއަށް ގެންދިޔުމަށް ބޭނުންވާވަރަށް އެކަށޭނެ މައުލޫމާތާއި ހެކި ލިބިއްޖެކަމަށް ފެނިއްޖެ ހާލަތުގައި، ށަކުވާ ބެލުމުގެ ޕެނަލުން، ށަކުވާ ރައްދުވާ ގާނޫނީ ވަކީލަށް، އެ ވަކީލެއްގެ ސުލޫކީ މައްސަލަ ބެލުމަށް، ބާ ކައުންސިލުން ނިންމާފައިވާކަން ލިޔުމުން އަންގަންވާނެއެވެ. އެ އެންގުމުގައި އަންނަނިވި މައުލޫމާތު ހިމަނަންވާނެއެވެ.

  1. އެ ވަކީލަކާ ދެކޮޅަށް ހުށަހެޅުނު ށަކުވާ؛
  2. ށަކުވާ ހުށަހެޅި ފަރާތުގެ މައުލޫމާތު؛
  3. މައްސަލައާ ގުޅިގެން ހެކީގެ ގޮތުގައި ލިބިފައިވާ އެންމެހައި ލިޔެކިޔުންތަކުގެ ކޮޕީ؛
  4. ވަކީލަކު އައްޔަނު ކުރަން ބޭނުންވާނަމަ، އެ ފުރުސަތު ލިބިގެންވާކަން.

(ޅ) މި މާއްދާގެ (ބ) ގެ (2) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ މައުލޫމާތު ހާމަކުރުމަކީ މައްސަލަ ހުށަހެޅި ފަރާތަށް އޭގެ ސަބަބުން ތަކުލީފުތަކެއް އުފުލަން ޖެހިދާނެ ކަމެއްކަމަށް އެކަށިގެންވާ ސަބަބުތަކެއްގެ މައްޗަށް ބިނާކޮށް ށަކުވާ ބެލުމުގެ ޕެނަލަށް ފެނިއްޖެ ހާލަތެއްގައި އެ މައުލޫމާތު ސިއްރުކުރަންވާނެއެވެ.

(ކ) މި މާއްދާއާ އެއްގޮތަށް ސުލޫކީ މައްސަލަ ބެލުމަށް، ބާ ކައުންސިލުން ނިންމާފައިވާކަން އަންގާއިރު، ބަލަމުންދާ މައްސަލައާ ގުޅިގެން ށަކުވާ ރައްދުވާ ވަކީލު ހުށަހަޅަން ބޭނުންވާ ލިޔުންތަކާއި، ހެކިންގެ މައުލޫމާތު ހުށަހެޅުމަށް ރަސްމީ 10 (ދިހައެއް) ދުވަހުގެ މުއްދަތެއް ދޭންވާނެއެވެ.

(އ) ށަކުވާ ބެލުމުގެ ޕެނަލުން، އެ މައްސަލައަކާ ގުޅިގެން ތަހުގީގަށް ހާޒިރުކުރަން ބޭނުންވާ މީހުންނަށް ހާޒިރުކުރަން ބޭނުންވާ ތާރީހުގެ ރަސްމީ 5 (ފަހެއް) ދުވަހުގެ ކުރިން، ބާ ކައުންސިލުން އަންގާ ތަނަކަށް ހާޒިރުވުމަށް އެ މީހަކަށް ލިޔުމުން އަންގަންވާނެއެވެ. އަދި މި ލިޔުމުގައި އަންނަނިވި މައުލޫމާތު ހިމަނަންވާނެއެވެ.

  1. އެ ފަރާތެއް ހާޒިރުކުރެވޭ ބޭނުން؛
  2. ހާޒިރުވާންޖެހޭ ތަނާއި، ހާޒިރުވާންޖެހޭ ގަޑި؛
  3. ވަކީލަކު އައްޔަނު ކުރަން ބޭނުންވާނަމަ، އެ ފުރުސަތު ލިބިގެންވާކަން؛

(ވ) މި މާއްދާގައި ބަޔާންކޮށްފައިވާ އެންގުންތައް، އެ އެންގުން ރައްދުވާ ފަރާތުން، ބާ ކައުންސިލަށް ދީފައިވާ، ނުވަތަ ބާ ކައުންސިލުގައި ދަފުތަރުކޮށްފައިވާ އެ ފަރާތެއްގެ އީ-މެއިލް އެޑްރެހަށް، ނުވަތަ އެ ފަރާތެއްގެ ފޯނު ނަންބަރަށް ފޮނުވުމުން، އެ ފަރާތަށް އެ އެންގުން ލިބުނީ ކަމުގައި ބެލެވޭނެއެވެ.

(މ) ބާ ކައުންސިލަށް ހާޒިރުވުމަށް އަންގާ ގަޑިއަށް، އެ އެންގުން ރައްދުވި ފަރާތުން ހާޒިރުވާންވާނެއެވެ. މަގްބޫލު އުޒުރެއް އޮވެގެން ހާޒިރުވުމަށް އަންގައިފައިވާ ގަޑިއަށް ހާޒިރުވެވެން ނެތްނަމަ، ހާޒިރުވާންޖެހޭ ގަޑީގެ ލަސްވެގެން 2 (ދޭއް) ގަޑިއިރުގެ ކުރިން، ސަބަބު ބަޔާންކޮށް، ލިޔުމުން ނުވަތަ އީ-މެއިލުގެ ޒަރީއާއިން އެކަން، ބާ ކައުންސިލަށް އަންގަންވާނެއެވެ.

(ފ) މި މާއްދާގައި ބަޔާންކޮށްފައިވާ ގޮތަށް ހާޒިރުވާން އެންގި ފަރާތަށް ހާޒިރު ނުވެވިއްޖެނަމަ، އެ ފަރާތެއް ދެވަނަ ފަހަރަށް ހާޒިރުކުރަން ބޭނުންވާ ތާރީހުގެ 3 (ތިނެއް) ދުވަހުގެ ކުރިން ހާޒިރުވުމަށް އެންގިދާނެއެވެ.

(ދ) މި މާއްދާގައި ބަޔާންކޮށްފައިވާ އެންގުމަކާ ގުޅިގެން، ބާ ކައުންސިލަށް ހާޒިރުވާންޖެހޭ ފަރާތްތަކުން، އެ އެންގުމާ އެއްގޮތަށް، ބާ ކައުންސިލަށް ހާޒިރުވާއިރު، އެ ފަރާތެއްގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު، ނުވަތަ އެ މީހަކީ ކާކުކަން އެނގޭނެ ރަސްމީ ލިޔުމެއް ގެންނަންވާނެއެވެ.

 

14 ވަނަ މާއްދާ - ގާނޫނީ ވަކީލަކު އައްޔަނު ކުރުމުގެ ފުރުސަތު ދިނުން

(ހ) ށަކުވާ ބެލުމުގެ ކަންކަން ކުރިއަށްދާއިރު، ށަކުވާ ރައްދުވާ ވަކީލު ތަމްސީލުކުރާނެ ގާނޫނީ ވަކީލެއް އައްޔަނު ކުރުމުގެ އިހްތިޔާރު، ށަކުވާ ރައްދުވާ ގާނޫނީ ވަކީލަށް ލިބިގެންވާކަން، ށަކުވާ ރައްދުވާ ގާނޫނީ ވަކީލުގެ ބަޔާންނަގަން ފެށުމުގެ ކުރިން އަންގައި ލިޔުމުން ރެކޯޑުކުރަންވާނެއެވެ.

(ށ) ށަކުވާ ރައްދުވާ ގާނޫނީ ވަކީލު، ކުރިއަށް ގެންދަން ބޭނުންވަނީ ގާނޫނީ ވަކީލަކާއެކުކަމަށް މައްސަލަ ބެލުމުގެ އެއްވެސް މަރުހަލާއެއްގައި ބުނެފިނަމަ، އެ ވަގުތަކުން ފެށިގެން ރަސްމީ 5 (ފަހެއް) ދުވަހުގެ މުއްދަތެއް، ގާނޫނީ ވަކީލެއް އައްޔަނު ކުރުމަށް، ށަކުވާ ރައްދުވާ ގާނޫނީ ވަކީލަށް ދޭންވާނެއެވެ.

(ނ) ބާ ކައުންސިލުން ބަލަމުންދާ މައްސަލައަކާ ގުޅިގެން، ގާނޫނީ ވަކީލަކު އައްޔަނު ކުރަން ބޭނުންވާ ފަރާތްތަކުން، ގާނޫނީ ވަކީލަކު އައްޔަނު ކުރާނީ، ބާ ކައުންސިލުގެ ވެބްސައިޓުގައި އެކަމަށް ކަނޑައަޅައިފައިވާ ފޯމުންނެވެ.

(ރ) މި މާއްދާގައި ބަޔާންކޮށްފައިވާ ގޮތަށް އައްޔަނުކުރާ ގާނޫނީ ވަކީލަކީ، އަންނަނިވި ށަރުތުތައް ފުރިހަމަވާ ފަރާތަކަށް ވާންވާނެއެވެ.

  1. ދިވެހިރާއްޖޭގައި ގާނޫނީ ވަކީލުކަން ކުރުމުގެ ހުއްދަ އޮތް މީހަކަށް ވުން؛
  2. ބަލަމުންދާ މައްސަލައިގައި ސުވާލުކުރެވޭ އެހެން މީހެއްގެ ގާނޫނީ ވަކީލެއްކަމުގައި ނުވުން؛
  3. ބަލަމުންދާ މައްސަލައާ އެއްވެސް ގުޅުމެއް ނެތް ވަކީލަކަށް ވުން.

 

15 ވަނަ މާއްދާ - ތަހުގީގު ކުރިއަށްދިޔުން

(ހ) ބަލަމުންދާ މައްސަލައަކީ ހެކިންގެ ބަޔާންނަގަންޖެހޭ މައްސަލައެއްނަމަ، ތަހުގީގު ކުރިއަށް ގެންދާނީ އަންނިވި ގޮތުގެ މަތިންނެވެ.

  1. ށަކުވާ ރައްދުވާ ގާނޫނީ ވަކީލުގެ ބަޔާން ފުރަތަމަ ނެގުން؛
  2. ށަކުވާ ރައްދުވާ ގާނޫނީ ވަކީލުގެ ހާޒިރުގައި ހެކިވެރިންގެ ބަޔާންނެގުން؛
  3. ހެކިވެރިންނާ ސުވާލުކުރަން ބޭނުންވާނަމަ، ށަކުވާ ރައްދުވާ ގާނޫނީ ވަކީލަށް އެ ފުރުސަތު ދިނުން؛

(ށ) ބަލަމުންދާ މައްސަލައަކީ ހެކިންގެ ބަޔާންނަގަން ނުޖެހޭ މައްސަލައެއްނަމަ، ށަކުވާ ރައްދުވާ ގާނޫނީ ވަކީލުގެ ބަޔާންނަގައި، ޖަވާބުދާރީވުމުގެ ފުރުސަތު، ށަކުވާ ރައްދުވާ ގާނޫނީ ވަކީލަށް ދޭންވާނެއެވެ.

 

16 ވަނަ މާއްދާ - ޖަވާބުދާރީވުމުގެ ފުރުސަތު ދިނުން

މައްސަލައިގެ ތަހުގީގު މަރުހަލާ ނިމުމުން، ހުށަހެޅިފައިވާ އެންމެހައި ލިޔުންތަކާއި، ހެކިން ދީފައިވާ ބަޔާންތަކާ ގުޅިގެން ޖުމުލަގޮތެއްގައި ޖަވާބުދާރީވުމަށް 20 (ވިހި) ދުވަހުގެ ފުރުސަތެއް، ށަކުވާ ރައްދުވާ ގާނޫނީ ވަކީލަށް ދޭންވާނެއެވެ.

 

17 ވަނަ މާއްދާ - އިނީށިއަލް ރިޕޯޓް އެގްޒެކެޓިވް ކޮމިޓީއާ ހިއްސާކުރުން

(ހ) މައްސަލަގެ ތަހުގީގަށް ލިބިފައިވާ ލިޔެކުންތަކާއި، ނެގިފައިވާ ހެކިންގެ ބަޔާންތަކަށާއި، މައްސަލަ ރައްދުވާ ގާނޫނީ ވަކީލު ދިން ޖަވާބަށް ރިއާޔަތްކޮށް މައްސަލައިގެ އިނީށިއަލް ރިޕޯޓެއް އެކުލަވައިލައި، އެ ރިޕޯޓް، ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީއަށް ހުށަހަޅަންވާނެއެވެ.

(ށ) މި މާއްދާގައި ބަޔާންކޮށްފައިވާ ގޮތަށް އިނީށިއަލް ރިޕޯޓް އެގްޒެކެޓިވް ކޮމިޓީއަށް ހުށަހެޅުމުން، އެގްޒެކެޓިވް ކޮމިޓީން ފާހަގަކުރާ ކަންތައްތައް، ރަސްމީ 7 (ހަތެއް) ދުވަހުގެ ތެރޭގައި، މައްސަލަ ބަލާ ޕެނަލަށް އަންގަންވާނެއެވެ.

(ނ) ރަސްމީ 7 (ހަތެއް) ދުވަހުގެ ތެރޭގައި ވަކިގޮތެއް އެގްޒެކެޓިވް ކޮމިޓީން ނާންގައިފިނަމަ، އެ މައްސަލައިގެ ފައިނަލް ރިޕޯޓް ތައްޔާރުކޮށް އެގްޒެކެޓިވް ކޮމިޓީއަށް ފޮނުވަންނާނެއެވެ.

 

18 ވަނަ މާއްދާ - ރިޕޯޓު ކުރުން

(ހ) ށަކުވާ ބެލުމުގެ ޕެނަލުން އަންނަނިވި މައުލޫމާތު ހިމެނޭގޮތަށް މައްސަލައިގެ ފައިނަލް ރިޕޯޓް ތައްޔާރުކޮށް، ބާ ކައުންސިލުގެ އެކްޒެކެޓިވް ކޮމިޓީއަށް ފޮނުވަންވާނެއެވެ.

  1. އެ ވަކީލަކާ ދެކޮޅަށް ހުށަހެޅުނު ށަކުވާ؛
  2. މި ގަވާއިދުގެ 13 ވަނަ މާއްދާގެ (ޅ) ގައިވާ ފަދައިން ށަކުވާ ހުށަހަޅާ ފަރާތުގެ މައުލޫމާތު ސިއްރުކުރަން، ށަކުވާ ބެލުމުގެ ޕެނަލުން ނިންމާފައި ނުވާނަމަ، އެ މައުލޫމާތު؛
  3. މައްސަލައާ ގުޅިގެން ހޯދުނު ލިޔުންތަކާއި، މައުލޫމާތާއި، ނެގުނު ބަޔާންތައް؛
  4. މައްސަލައިގައި ފާހަގަކުރެވުނު ކަންތައްތައް؛
  5. މައްސަލަ ނިންމަން ހުށަހަޅާ ގޮތް؛
  6. ފިޔަވަޅެއް އަޅަންޖެހޭކަމަށް ގަބޫލުކުރެވޭނަމަ، އަޅަންޖެހޭކަމަށް ފެންނަ ފިޔަވަޅާއި، ފިޔަވަޅުއަޅަން ފެންނަ ސަބަބު؛
  7. އެ މައްސަލަ ބެލުމަށް އައްޔަނުކުރި ޕެނަލް މެންބަރުންގެ މައުލޫމާތު؛

(ށ) ބާ ކައުންސިލުން ބަލަން ކަނޑައެޅި މައްސަލައާ ގުޅިގެން ހޯދާ އެންމެހައި ލިޔެކިޔުންތަކުގެ އަސްލާއި، ބަޔާންތަކުގެ ރިކޯޑިންގތައް، ބާ ކައުންސިލުގެ ސެކްރެޓޭރިއޭޓުން ބަލަހައްޓަންވާނެއެވެ.

 

19 ވަނަ މާއްދާ - ށަކުވާ ބެލުމުގެ ޕެނަލްގެ ރިޕޯޓަށް ރިއާޔަތްކޮށް ފިޔަވަޅު އެޅުން

(ހ) ށަކުވާ ބެލުމުގެ ޕެނަލުން ފޮނުވާ ރިޕޯޓަށް ބެލުމަށްފަހު، އެ ށަކުވާއަކާ ގުޅިގެން ގޮތެއް ނިންމާނީ، ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީންނެވެ. އަދި އެ ށަކުވާއަކީ އެކަށީގެންވާ ހެކި ލިބިފައިވާ އަދި އަސާސެއް އޮތް ށަކުވާއެއްކަމަށް، ބާ ކައުންސިލުން ކަނޑައަޅާނަމަ، އަންނަނިވި ގޮތްތަކުންކުރެ ގޮތަކަށް އަމަލުކުރުމުގެ ބާރު، ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީއަށް ލިބިގެންވެއެވެ.

  1. ނަސޭހަތް ދިނުން؛
  2. އިންޒާރުދިނުން؛
  3. 100,000 (އެއްލައްކަ) ރުފިޔާއަށްވުރެ ބޮޑުނޫން އަދަދަކުން ޖޫރިމަނާކުރުން؛
  4. ކަނޑައެޅޭ ވަކި މުއްދަތަކަށް ހުއްދަ ހިފެހެއްޓުން؛
  5. ގާނޫނީ ވަކީލުކަމުގެ ހުއްދަ ބާތިލުކުރުން.

(ށ) މި މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ގާނޫނީ ވަކީލަކާމެދު، ބާ ކައުންސިލުން ފިޔަވަޅު އަޅާ ހާލަތުގައި، ގާނޫނީ ވަކީލު ހިންގައިފައިވާ އަމަލުގެ ކުޑަ ބޮޑު މިނަށް ބަލައި، މަތީގައި ބަޔާންކޮށްފައިވާ ފިޔަވަޅުތަކުގެ ތެރެއިން އެންމެ އެކަށީގެންވާ ފިޔަވަޅެއް އެޅުމުގެ ބާރު، ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީއަށް ލިބިގެންވެއެވެ.

 

20 ވަނަ މާއްދާ - މައްސަލަ ނިމުނުގޮތް އެންގުމާއި، ރިޕޯޓް ދޫކުރުން

(ހ) މި ގަވާއިދުގައިވާ ގޮތުގެ މަތިން، ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީން ނިންމި ނިންމުން، މައްސަލަ ރައްދުވާ ގާނޫނީ ވަކީލަށް އަންގަންވާނެއެވެ. އަދި އެ މައްސަލައިގައި އެއްވެސް ފިޔަވަޅެއް އެޅުމަށް ނިންމާފައިވާނަމަ، އެ މައްސަލައިގެ މައުލޫމާތު، ބާ ކައުންސިލުގެ ވެބްސައިޓުގައި ށާއިއުކުރަންވާނެއެވެ.

(ށ) މި ގަވާއިދުގެ ދަށުން ހުށަހެޅޭ މައްސަލައެއް ބަލައި ނިމުމުން، އެ މައްސަލަ ނިމުނު ގޮތުގެ ރިޕޯޓް، އެ ށަކުވާ ހުށަހެޅި ފަރާތަށާއި އެ މައްސަލަ ރައްދުވާ ފަރާތުން އެދިއްޖެނަމަ، ނުވަތަ އެ މައްސަލައިގެ މަސްލަހަތެއް އޮތްކަމަށް ފެންނަ އެއްވެސް ފަރާތަކުން އެދިއްޖެނަމަ، އެ ރިޕޯޓް އެ ފަރާތްތަކަށް ދޫކުރަންވާނެއެވެ.

 

21 ވަނަ މާއްދާ - އިސްތިއުނާފު ކުރުން

(ހ) މި ގަވާއިދުގައިވާ ގޮތުގެ މަތީން ގާނޫނީ ވަކީލަކާމެދު، ބާ ކައުންސިލުން އަޅާ ފިޔަވަޅަކާމެދު ގާނޫނީ ވަކީލު ހިތްހަމަނުޖެހޭނަމަ، އެ ނިންމުން ނިންމާ ތާރީހުން ފެށިގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި، ބާ ކައުންސިލުން އެކަމަށް ކަނޑައަޅައިފައިވާ ފޯމުން، ބާ ކައުންސިލުގެ އިސްތިއުނާފު ކޮމިޓީއަށް އެ މައްސަލައެއް ހުށަހެޅުމުގެ ހައްގު އެ ގާނޫނީ ވަކީލަކަށް ލިބިގެންވެއެވެ.

(ށ) އިސްތިއުނާފު ކޮމިޓީއަށް ހުށަހެޅޭ މައްސަލަތައް ބަލާނީ، ގާނޫނީ ފަންނުގެ ގާނޫނުގެ ދަށުން އެކުލަވައިލެވޭ އިސްތިއުނާފު ކޮމިޓީން މައްސަލަ ބެލުމުގައި އަމަލުކުރުމަށް ކަނޑައަޅައިފައިވާ ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތީންނެވެ.

(ނ) މި މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން އިސްތިއުނާފު ކޮމިޓީއަށް ހުށަހެޅުމަށްފަހު، އެ ކޮމިޓީން ނިންމާ ނިންމުމާމެދު ހިތްހަމަނުޖެހޭނަމަ، އެ ނިންމުން ނިންމާ ތާރީހުން ފެށިގެން 15 (ފަނަރަ) ދުވަހުގެ ތެރޭގައި އެ މައްސަލައެއް އިސްތިއުނާފު ކުރުމަށް ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅިދާނެއެވެ.

(ރ) މި މާއްދާގައިވާ ގޮތުގެ މަތިން ދިވެހިރާއްޖޭގެ ހައިކޯޓަށް އިސްތިއުނާފަށް ހުށަހަޅާ ށަކުވާއެއްގައި، ދިވެހިރާއްޖޭގެ ހައިކޯޓުން ކަނޑައެޅިގެން އެހެން ގޮތަކަށް އަމުރުނުކުރާހައި ހިނދަކު، އެ ށަކުވާއާ ގުޅިގެން، ބާ ކައުންސިލުން ނިންމާފައިވާ ނިންމުމާ އެއްގޮތަށް އަމަލުކުރަންވާނެއެވެ.

 

22 ވަނަ މާއްދާ - ގަވާއިދުގައި ހިމެނިފައިނުވާ ކަމެއް މެދުވެރިވުން

މި ގަވާއިދުގައި ހިމެނިފައިނުވާ ކަމެއް މެދުވެރިވެއްޖެނަމަ، އެ ކަމެއް ނިންމާނީ، އެތިކްސް ކޮމިޓީގެ ލަފަޔާއެކު، ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީންނެވެ.

 

23 ވަނަ މާއްދާ - ގަވާއިދަށް އަމަލުކުރަން ފެށުން

މި ގަވާއިދަށް އަމަލު ކުރަން ފަށާނީ، ދިވެހިސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ތާރީހުން ފެށިގެންނެވެ.

 

މި ގަވާއިދަށް ގެނެވުނު އިސްލާހު

1 ވަނަ އިސްލާހު

 

ކޮންސޮލިޑެޓެޑް ގަވާއިދު

ގާނޫނީ ވަކީލުންގެ ސުލޫކީ މައްސަލަ ބެލުމާބެހޭ ގަވާއިދު (ކޮންސޮލިޑޭޓެޑް ނަންބަރު 2020-47)

 

މައި ގާނޫނު

ގާނޫނީ ފަންނުގެ ގާނޫނު (ގާނޫނު ނަންބަރު 2019-05)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު