-

އޯފް ޕޯޓް ލިމިޓާއި އޯފްށޯގައި ށިޕިންގ ހިދުމަށް ދިނުމާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 2013-33) އަށް 1 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު

(ގަވާއިދު ނަންބަރު 2024-104)

(މި ގަވާއިދަށް އަމަލުކުރަން ފެށީ 15 އޮކްޓޫބަރު 2024 ގައި)

 

1 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 3 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

 

2 ވަނަ މާއްދާ -

ގަވާއިދު ހަދައި ހިންގުން 3.

މި ގަވާއިދު ހަދައި ހިންގާނ،ީ ދިވެހިރާއްޖޭގެ އޯފް ޕޯޓް ލިމިޓާއި އޯފް ށޯރގައި ށިޕިންގގެ ހިދުމަތް ދިނުމުގެ ކަންތައްތައް ރެގިއުލޭޓްކޮށް ތަންފީޒުކުރުމުގެ މަސްއޫލިއްޔަތު ހަވާލުކޮށްފައިވާ ވުޒާރާއިންނެވެ.

 

3 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 5 ވަނަ މާއްދާގެ (ށ) ގެ ފަހަތަށް (ނ) ގެ ގޮތުގައި އަކުރެއް އިތުރުކުރުން.

(ނ) އިހަވަންދިއްޕޮޅު ސަރަހައްދުގައި ކަނޑައަޅައިފައިވާ އޯފް ޕޯޓް ލިމިޓަކީ:

 

 

4 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 7 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

އޯފް ޕޯޓް ލިމިޓާއި އޯފްށޯރގެ ތެރޭގައި އޮންނަ އުޅަނދުފަހަރަށް ހުއްދަ ހޯދުން 7.

(ހ) އޯފް ޕޯޓް ލިމިޓަށް ނުވަތަ އޯފްށޯރއަށް އުޅަނދު އަންނަކަން، އެ އުޅަނދެއް އައުމުގެ ލަސްވެގެން 12 (ބާރަ) ގަޑިއިރުގެ ކުރިން ކަމާބެހޭ މުއައްސަސާތަކަށް އަންގަންވާނެއެވެ. އަދި ތިރީގައިވާ މައުލޫމާތު ކަމާބެހޭ މުއައްސަސާތަކުން ބޭނުންވެއްޖެ ހާލަތެއްގައި، އެ އުޅަނދުގެ ލޯކަލް އެޖެންޓ،ު އެ މައުލޫމާތު ފޮނުވަންވާނެއެވެ.

  1. އެ އުޅަނދު އޯފް ޕޯޓަށް ނުވަތަ އޯފްށޯރއަށް އަންނަ ބޭނުން؛ 
  2. އުޅަނދުގައި ހުރި މުދަލާއި، މުދާ ހުރި އަދަދާއި، "ޑޭންޖަރަސް ކާގޯ" އެއް ހުރި ނަމަ، އެ މުދަލުގެ ތަފުސީލު؛
  3. އެއްވެސް ހަތިޔާރެއް ހުރި ނަމަ، އެ ހަތިޔާރުތަކުގެ ތަފުސީލު؛
  4. މުއްދަތު ހަމަނުވާ "ފައިނޭންށަލް ލައިބިލިޓީ އޮން އޮއިލް ޕޮލިއުށަން ޑެމޭޖް އިންށުއަރެންސް ޕޮލިސީ" އޮތުން؛
  5. އޯފް ޕޯޓް ލިމިޓާއި އޯފްށޯރއަށް އުޅަނދު އައުމަށް ހަމަޖެހިފައިވާކަމަށް ލަފާކުރެވޭ ތާރީހާއި ގަޑި (އީ.ޓީ.އޭ.)؛
  6. އޯފް ޕޯޓް ލިމިޓާއި އޯފްށޯރއިން އުޅަނދު ފުރުމަށް ހަމަޖެހިފައިވާކަމަށް ލަފާކުރާ ތާރީހާއި ގަޑި (އީ.ޓީ.ޑީ)؛
  7. އުޅަނދުގައި ތިބި ފަޅުވެރީންނާއި ފަސިންޖަރުންގެ ލިސްޓު؛
  8. ލާސްޓް ޕޯޓް ކުލިއަރެންސްގެ ކޮޕީ.

(ށ) އޯފް ޕޯޓް ލިމިޓާއި އޯފްށޯރ ސަރަހައްދުގައި އުޅަނދުފަހަރު މަޑުކުރަންވާނީ ސަރުކާރުގެ ކަމާބެހޭ މުއައްސަސާތަކުން ނަގަންޖެހޭ ހުއްދަތައް ނެގުމަށްފަހުގައެވެ.

 

5 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 8 ވަނަ މާއްދާގެ (ރ) އުނިކޮށް، އެ މާއްދާގެ (ބ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

އޯފް ޕޯޓް ލިމިޓާއި އޯފްށޯރގެ ގޮތުގައި ކަނޑައަޅާ ސަރަހައްދުތަކުގައި އުޅަނދުފަހަރު ބަނދަރުކުރުން 8.

(ބ)

  1. އޯފް ޕޯޓް ލިމިޓާއި އޯފްށޯރގައި ބަންކަރިންގގެ ހިދުމަތްދޭ ކުންފުންޏާއި އުޅަނދުފަހަރުން އެ ހިދުމަތް ދޭންވާނީ މި ވުޒާރާއިން ލައިސަންސެއް ހޯދުމަށްފަހުގައެވެ.
  2. ބަންކަރިންގގެ ހިދުމަތްދޭ ކުންފުންޏާއި އުޅަނދުފަހަރަށް ލައިސަންސް ހޯދުމަށް މި ގަވާއިދުގެ އެނެކްސް 2 ގައި ބަޔާންކޮށްފައިވާ މައުލޫމާތު އީމެއިލްގެ ޒަރީއާއިން ވުޒާރާއަށް ހުށަހަޅަންވާނެއެވެ.
  3. ބަންކަރިންގގެ ހިދުމަތްދޭ ކުންފުންޏާއި އުޅަނދުފަހަރަށް އަހަރަކު 1 (އެކެއް) ފަހަރު ލައިސަންސް ދޫކުރަންވާނެއެވެ. އަދި ލައިސަންސްގެ މުއްދަތު ހަމަވުމުގެ 1 (އެކެއް) މަސްދުވަހުގެ ކުރިން ލައިސަންސް އައުކުރުމަށް ވުޒާރާއަށް ހުށަހަޅަންވާނެއެވެ.

 

6 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 12 ވަނަ މާއްދާ އުނިކުރުން.

 

7 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 13 ވަނަ މާއްދާގެ (ވ) ގެ ފަހަތަށް އޮތް (އ) އެއީ އެ މާއްދާގެ (މ) ކަމުގައި ހަމަޖައްސައި، އެ އަކުރުގެ ފަހަތަށް އަންނަނިވި ގޮތަށް (ފ) އާއި (ދ) އިތުރުކުރުން.

އޯފް ޕޯޓް ލިމިޓުގައްޔާއި އޯފްށޯރއިން ދެވޭނެ ހިދުމަތްތައް 13.

(ފ) އުޅަނދުގެ މާސްޓަރާއި ކްރޫން ބަދަލުކުރުން.

(ދ) ބޯޓުގެ ފަޅުވެރީންނާއި، ސްޕަރނިއުމެރީން، ސީމާށަލުން (ހަތިޔާރާއި ނުލައި) ބަދަލުކުރުން.

 

8 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ އެނެކްސް 2 އިސްލާހުކުރުން.

 

9 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ މާއްދާތަކުގެ ނަންބަރާއި އަކުރުތަކަށް އަންނަ ބަދަލާ ގުޅިގެން މާއްދާތަކާއި އަކުރުތައް ތަރުތީބުކުރުން.

 

10 ވަނަ މާއްދާ - މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ތާރީހުން ފެށިގެންނެވެ.

 

 

އެނެކްސް 2 

1 ބަންކަރިންގގެ ހިދުމަތް ދޭ ކުންފުންޏަށް ލައިސަންސް ހޯދުމަށް، ތިރީގައި ވާ މައުލޫމާތު މިނިސްޓްރީއަށް ހުށަހަޅަން ވާނެއެވެ.

(ހ) ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްފައިވާ ކުންފުންޏެއްކަން ބަޔާންކޮށް ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ދޫކޮށްފައިވާ ލިޔުން.

(ށ) ކުންފުނީގެ ޕްރޮފައިލް (މިނިސްޓްރީން ހުށަހެޅުމަށް އެންގުމުން ހުށަހެޅުމަށް).

(ނ) ބިޒްނަސް ޕްލޭން (ހުށަހަޅަންޖެހޭ ހާލަތްތަކުގައި ހުށަހެޅުމަށް).

(ރ) ބަންކަރިންގގެ ހިދުމަތްދޭ ކުންފުންޏަށް އެ ހިދުމަތް ދިނުމަށް ސަރުކާރުގެ ކަމާބެހޭ މުއައްސަސާއިން ދޫކޮށްފައިވާ ހުއްދަ.

(ބ) ބަންކަރު ސޭލްސް ކޮމިޓްމަންޓްސް (3 އަހަރުދުވަހުގެ ބަންކަރު ސޭލްސް ޕްރޮޖެކްށަން) (ހުށަހަޅަންޖެހޭ ހާލަތްތަކުގައި ހުށަހެޅުމަށް).

(ޅ) ބަންކަރުން ދޭން ގަސްތުކުރާ ތެލުގެ ތަފުސީލު.

(ކ) ބަންކަރު ދޭން ހުށަހަޅާ ސަރަހައްދުތައް (ކޯޑިނޭޓްސްތައް).

(އ) ބަންކަރު ދިނުމަށް ހުށަހަޅާ ގޮތް (ށިޕް ޓު ށިޕް/ އޯފްށޯރ/ އޯފް ޕޯޓް).

(ވ) ބަންކަރިންގގެ ހިދުމަތް ދިނުމުގައި އަމަލުކުރާނެ ގޮތުގެ ޕްރޮސީޖަރ (ހުށަހަޅަންޖެހޭ ހާލަތްތަކުގައި ހުށަހެޅުމަށް).

(މ) ކުއްލި ހާލަތުގައި އަމަލުކުރާނެ ގޮތުގެ ތަފުސީލު (ހުށަހަޅަންޖެހޭ ހާލަތްތަކުގައި ހުށަހެޅުމަށް).

(ފ) އިންޓަނޭށަނަލް ކޮންވެންށަން ފޮރ ދަ ޕްރިވެންށަން އޮފް ޕޮލިއުށަން ފްރޮމް ށިޕް (މާޕޯލް މުއާހަދާ) އާއި، ގާނޫނު ނަންބަރު 1993-04 (ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ގާނޫނު) އާއި، އެ ގާނޫނުގެ ދަށުން ހަދައިފައިވާ ގަވާއިދުތަކާ އެއްގޮތަށް ކަންކަން ކުރާނެކަމުގެ ޑިކްލަރޭށަން.

 

2 ބަންކަރިންގ ގެ ހިދުމަތްދޭ އުޅަނދަށް ލައިސަންސް ހޯދުމަށް، ތިރީގައި ވާ މައުލޫމާތު މިނިސްޓްރީއަށް ހުށަހަޅަން ވާނެއެވެ.

(ހ) އުޅަނދުގެ ރަޖިސްޓަރީގެ ކޮޕީ.

(ށ) ބަންކަރިންގގެ ހިދުމަތްދޭ ކުންފުޏަށް އެ ހިދުމަތް ދިނުމަށް ސަރުކާރުގެ ކަމާބެހޭ މުއައްސަސާއިން ދޫކޮށްފައިވާ ހުއްދަ.

(ނ) އުޅަނދުގެ ސްޓެޓިއުޓަރީ ސެޓުފިކެޓުތަކުގެ ކޮޕީ (ހުށަހަޅަންޖެހޭ ހާލަތްތަކުގައި ހުށަހެޅުމަށް).

(ރ) އިންޓަރނޭށަނަލް އެސޯސިއޭށަން އޮފް ކްލެސިފިކޭށަން ސޮސައިޓީގެ ކްލާހެއްގައި އުޅަނދު ކްލާސްކޮށްފައިވާކަމުގެ ސެޓުފިކެޓުގެ ކޮޕީ (މުއްދަތު ހަމަނުވާ)

(ބ) ށިޕް ބޯޑް އޮއިލް ޕޮލިއުށަން އިމަރޖެންސީ ޕްލޭން ސޯޕެޕް އެޕްރޫވްކޮށްފައިވާ ށީޓުގެ ކޮޕީ.

(ޅ) ވެސަލް ޕަރޓިކިއުލާސް،

(ކ) ކުންފުންޏަށް ދޫކޮށްފައިވާ ޑޮކިއުމަންޓް އޮފް ކޮމްޕްލައިންސްގެ ކޮޕީ.

(އ) ބަންކަރ އޮޕަރޭށަން ކުރިޔަށްގެންދާނެ ގޮތުގެ ޕްލޭނުގެ ކޮޕީ.

 

މައި ގަވާއިދު

އޯފް ޕޯޓް ލިމިޓާއި އޯފްށޯގައި ށިޕިންގ ހިދުމަށް ދިނުމާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 2013-33)

 

ކޮންސޮލިޑޭޓެޑް ގަވާއިދު

އޯފް ޕޯޓް ލިމިޓާއި އޯފްށޯގައި ށިޕިންގ ހިދުމަށް ދިނުމާބެހޭ ގަވާއިދު (ކޮންސޮލިޑޭޓެޑް ނަންބަރު 2013-33)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު