-

ވިސްލްބްލޯވަރ ޕްރޮޓެކްށަން ޔުނިޓު ހިންގާނެގޮތުގެ ގަވާއިދު (ގަވާއިދު ނަންބަރު 2020-05) އަށް 3 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު

(ގަވާއިދު ނަންބަރު 2024-101)

(މި ގަވާއިދަށް އަމަލުކުރަން ފެށީ 10 އޮކްޓޫބަރު 2024 ގައި)

 

ގަވާއިދު ނަންބަރު 2020-05 (ވިސްލްބްލޯވަރ ޕްރޮޓެކްށަން ޔުނިޓު ހިންގާނެގޮތުގެ ގަވާއިދު) އަށް އަންނަނިވި އިސްލާހު ގެނައުން.

 

1 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 7 ވަނަ މާއްދާގެ (ނ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

(ނ) ވިސްލްބްލޯވަރ ޕްރޮޓެކްށަން ޔުނިޓުގެ އިސްވެރިޔާގެ މަގާމުގެ މުއްދަތަކީ، އެ މަގާމަށް އައްޔަނުކުރި ތާރީހުން ފެށިގެން 5 (ފަހެއް) އަހަރުދުވަހެވެ. ނަމަވެސް، ކޮމިށަނަށް ފެނިއްޖެ ހިނދެއްގައި އެ އިސްވެރިޔަކު އިތުރު ދައުރަކަށް އަލުން އައްޔަނުކުރުމުގެ އިހްތިޔާރު ކޮމިށަނަށް ލިބިގެންވެއެވެ. އެގޮތުގެ މަތީން އައްޔަނުކުރި އިސްވެރިޔަކަށް އެންމެ ގިނަވެގެން އަދާކުރެވޭނީ 2 (ދޭއް) ދައުރެވެ. 

 

2 ވަނަ މާއްދާ - މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

 

މައި ގަވާއިދު

ވިސްލްބްލޯވަރ ޕްރޮޓެކްށަން ޔުނިޓް ހިންގާނެ ގޮތުގެ ގަވާއިދު (ގަވާއިދު ނަންބަރު 2020-05)

 

ކޮންސޮލިޑޭޓެޑް ގަވާއިދު

ވިސްލްބްލޯވަރ ޕްރޮޓެކްށަން ޔުނިޓް ހިންގާނެ ގޮތުގެ ގަވާއިދު (ކޮންސޮލިޑޭޓެޑް ނަންބަރު 2020-05)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު