-

މާލީ އިދާރާތަކުން ދައްކަންޖެހޭ ފީތަކާއި ޗާޖްތަކާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 2016-80) އަށް 4 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު

(ގަވާއިދު ނަންބަރު 2024-94)

(މި ގަވާއިދަށް އަމަލުކުރަން ފެށީ 1 އޮކްޓޫބަރު 2024 ގައި)

 

ގަވާއިދު ނަންބަރު 2016-80 (މާލީ އިދާރާތަކުން ދައްކަންޖެހޭ ފީތަކާއި ޗާޖްތަކާބެހޭ ގަވާއިދު) އަށް އަންނަނިވި އިސްލާހުުތައް ގެނައުން.

 

1 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 8 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ "ކްރެޑިޓް އިންފޮމޭށަން ސިސްޓަމް" ގެ މާނަކުރުމާއި "ބޭންކު-ނޫން މާލީ އިދާރާ" ގެ މާނަކުރުން އަންނަނިވި ގޮތަށް އިސްލާހުކޮށް، "ފައިނޭންސިންގ ކުންފުނި" ގެ މާނަކުރުން އިތުރުކުރުން.

 

ލަފުޒުތަކާއި އިބާރާތްތަކުގެ މާނަ 8.

"ކްރެޑިޓް އިންފޮމޭށަން ސިސްޓަމް" ކަމަށް ބުނެފައި އެވަނީ، ގަވާއިދު ނަންބަރު 2022-120 (ކްރެޑިޓް އިންފޮމޭށަން ސިސްޓަމްގެ ގަވާއިދު) ގައި ބަޔާންކޮށްފައިވާ ކްރެޑިޓް އިންފޮމޭށަން ސިސްޓަމަށެވެ.

"ބޭންކު-ނޫން މާލީ އިދާރާ" ކަމަށް ބުނެފައި އެވަނީ، ބޭންކ-ުނޫން މާލީ ވިޔަފާރިއެއް ކުރުމަށް އޮތޯރިޓީން ދޫކުރާ ލައިސަންސް ނުވަތަ ހުއްދަ ލިބިފައިވާ ކޮންމެ އިދާރާއަކަށެވެ. މީގެ ތެރޭގައި، ފައިނޭންސިންގ ކުންފުނިތައް، އިންށުއަރެންސް ކުންފުނިތައް، އިންށުއަރެންސް އޭޖެންޓުން، ކޮމްޕަލްސަރީ އިންށުއަރެންސް އޭޖެންޓުން، އިންށުއަރެންސް ބްރޯކަރުން، އަދި ރެމިޓެންސް ވިޔަފާރިކުރާ ފަރާތްތައް ހިމެނޭނެއެވެ.

"ފައިނޭންސިންގ ކުންފުނި" ކަމަށް ބުނެފައި އެވަނީ، ދިވެހިރާއްޖޭގައި ފައިނޭންސިންގ ވިޔަފާރި ކުރުމަށް އޮތޯރިޓީން ދޫކުރާ ލައިސަންސް ލިބިފައިވާ ކުންފުންޏަކަށެވެ.

 

2 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 8 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ "ފައިނޭންސް ކުންފުނި" ގެ މާނަކުރުމާއި "ބޭރުފައިސާ ގަނެވިއްކުމުގެ ވިޔަފާރިކުރާ ފަރާތްތައް" މާނަކުރުން އުނިކުރުން.

 

3 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ ޖަދުވަލު 2 ގައި ބަޔާންކޮށްފައިވާ، ބޭރުފައިސާ ގަނެވިއްކުމުގެ ވިޔަފާރިކުރާ ފަރާތްތަކުން ދައްކަންޖެހޭ ފީގެ ތާވަލު އުނިކުރުން.

 

4 ވަނަ މާއްދާ - މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ތާރީހުން ފެށިގެންނެވެ. 

 

މައި ގަވާއިދު

މާލީ އިދާރާތަކުން ދައްކަންޖެހޭ ފީތަކާއި ޗާޖްތަކާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 2016-80)

 

ކޮންސޮލިޑޭޓެޑް ގަވާއިދު

މާލީ އިދާރާތަކުން ދައްކަންޖެހޭ ފީތަކާއި ޗާޖްތަކާބެހޭ ގަވާއިދު (ކޮންސޮލިޑޭޓެޑް ނަންބަރު 2016-80)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު