މިލަދުންމަޑުލު އުތުރުބުރީ ނޫމަރާ ކައުންސިލުގެ ހިންގާ ގަވާއިދު
(ގަވާއިދު ނަންބަރު 2024-80)
(މި ގަވާއިދަށް އަމަލުކުރަން ފެށީ 9 ސެޕްޓެމްބަރު 2024 ގައި)
އެއްވަނަ ބާބު
އާންމު މާއްދާތައް
1 ވަނަ މާއްދާ - ތައާރުފާއި ނަން
(ހ) މި ގަވާއިދަކީ، ގާނޫނު ނަންބަރު 2010-07 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު) ގެ ދަށުން އިންތިހާބުކުރެވިފައިވ،ާމިލަދުންމަޑުލު އުތުރުބުރީ ނޫމަރާ ކައުންސިލް ހިންގުމުގައި އަމަލުކުރާނެ ގޮތް ބަޔާންކުރުމުގެ ގޮތުން، އެ ގާނޫނުގެ 108 ވަނަ މާއްދާއިން ބާރު ލިބިގެން، މިލަދުންމަޑުލު އުތުރުބުރީ ނޫމަރާ ކައުންސިލުން އެކުލަވައިލައިފައިވާ ގަވާއިދެކެވެ.
(ށ) މި ގަވާއިދަށް ކިޔާނީ، "މިލަދުންމަޑުލު އުތުރުބުރީ ނޫމަރާ ކައުންސިލުގެ ހިންގާ ގަވާއިދު" އެވެ.
2 ވަނަ މާއްދާ - މަގުސަދު
މި ގަވާއިދުގެ މަގުސަދަކީ، ގާނޫނުއަސާސީއާއި ގާނޫނު ނަންބަރު 2010-07 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު) އާއި އެ ގާނޫނުގެ ދަށުން ހަދައިފައިވާ ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތީން، މިލަދުންމަޑުލު އުތުރުބުރީ ނޫމަރާ ކައުންސިލް ހިންގުމަށާއި، ކައުންސިލުގެ މަސްއޫލިއްޔަތު ފުރިހަމަޔަށް އަދާކުރުމަށާއި، ކައުންސިލުން ނިންމަންޖެހޭ ނިންމުންތައް ނިންމުމަށް ޓަކައި ކައުންސިލުން ބާއްވަންޖެހޭ ބައްދަލުވުންތައް ބޭއްވުމާއި، އެ ބައްދަލުވުންތައް ހިންގުމާއި، އެ ބައްދަލުވުންތަކުގައި ނިންމާ ކަންކަން ނިންމުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލުތަކާއި އިޖުރާއަތުތައް ކަނޑައަޅައި ބަޔާންކުރުމެވެ.
ދެވަނަ ބާބު
ކައުންސިލުގެ ރައީސާއި، ނައިބު ރައީސާއި، މެންބަރުން
3 ވަނަ މާއްދާ - ކައުންސިލުގެ ރައީސް
ރަށު ކައުންސިލުގެ ރައީސް އިންތިހާބުކުރާނީ، ކައުންސިލް ނިސްބަތްވާ ސަރަހައްދުގެ ރައްޔިތުންގެ މެދުގައި ދީމިގްރާތީ އުސޫލުތަކުގެ މަތީން ނަގާ ސިއްރު ވޯޓަކުންނެވެ.
4 ވަނަ މާއްދާ - ކައުންސިލުގެ ނައިބު ރައީސް
(ހ) ރަށު ކައުންސިލުގެ ނައިބު ރައީސް އިންތިހާބުކުރާނީ، ކައުންސިލުގެ މެންބަރުންގެ ތެރެއިން އެ ކައުންސިލުގައި ހިމެނޭ މެންބަރުންގެ މެދުގައި ނަގާ ސިއްރު ވޯޓަކުންނެވެ.
(ށ) މި މާއްދާގެ (ހ) ގައި އެހެން އޮތް ނަމަވެސް، ކައުންސިލުގެ ނައިބު ރައީސް މަގާމުން އިސްތިއުފާ ދީފި ނަމަ، ނުވަތަ އިތުބާރު ނެތްކަމުގެ ވޯޓެއް ނަގައިފި ނަމަ، ނުވަތަ މެންބަރުކަމުން ވަކިވެއްޖެ ނަމަ، ލޯކަލް ގަވަރމަންޓް އޮތޯރިޓީއަށް އެކަން އަންގައި، ނައިބު ރައީސްގެ މަގާމު ހުސްވާ ތާރީހުން ފެށިގެން ގިނަވެގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި، އެ މަގާމަށް ކައުންސިލުގެ މެންބަރުންގެ ތެރެއިން މެންބަރަކު އިންތިހާބުކުރަންވާނެއެވެ. އެ މުއްދަތުގައި އެ މަގާމަށް މެންބަރަކު އިންތިހާބު ކުރެވިފައި ނުވާ ނަމަ، އެ މަގާ މަށް މެންބަރަކު އިންތިހާބު ކުރެވެންދެން، އެ ނޫން މައްސަލައަކާ ބެހޭގޮތުން ކައުންސިލުގައި މަށްވަރާކޮށްގެން ނުވާނެއެވެ.
5 ވަނަ މާއްދާ - ކައުންސިލުގެ ނައިބު ރައީސް އިންތިހާބުކުރުމުގައި އަމަލުކުރާނެ ގޮތް
(ހ) ކައުންސިލުގެ ނައިބު ރައީސް އިންތިހާބުކުރާނީ، ކައުންސިލުގެ އާންމު ބައްދަލުވުމެއްގައި، އަންނަނިވި ގޮތުގެ މަތީންނެވެ.
- ކައުންސިލުގެ މެންބަރުންގެ ތެރެއިން ކައުންސިލުގެ ނައިބު ރައީސްކަމަށް އިންތިހާބުވުމަށް އެދޭ މެންބަރަކު، އެ މެންބަރެއްގެ ނަން، ކައުންސިލުގެ އާންމު ބައްދަލުވުމަށް ހުށަހަޅަންވާނެއެވެ.
- ނައިބު ރައީސްކަމަށް މެންބަރަކު އިންތިހާބުކުރާނީ، ކައުންސިލުގެ އެ އާންމު ބައްދަލުވުމުގައި ބައިވެރިވި މެންބަރުންގެ މެދުގައި ނަގާ ސިއްރު ވޯޓަކުންނެވެ.
- ނައިބު ރައީސް ހޮވުމަށް ނަގާ ސިއްރު ވޯޓުގައި ބައިވެރިވާ ކޮންމެ މެންބަރަކަށް ދެވޭނީ، 1 (އެކެއް) ވޯޓެވެ.
(ށ) ކައުންސިލުގެ ނައިބު ރައީސް އިންތިހާބުކުރުމަށް ޓަކައި ނަގާ ސިއްރު ވޯޓުގެ ކަންތައްތައް ބަލަހައްޓާނީ، ސެކްރެޓަރީ ޖެނެރަލެވެ.
6 ވަނަ މާއްދާ - ކައުންސިލުގެ ރައީސް މަގާމުން އިސްތިއުފާ ދިނުން
(ހ) ކައުންސިލުގެ ރައީސް އޭނާގެ މަގާމުން އިސްތިއުފާ ދޭން ބޭނުންވެއްޖެ ނަމަ، އެކަން ލިޔުމަކުން ކައުންސިލަށް ހުށަހަޅަންވާނެއެވެ. ކައުންސިލުގެ އިދާރާއަށް އިސްތިއުފާގެ ސިޓީ ލިބުމުން އޭނާ އެ މަގާމުން ވަކިވީއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ސިޓީ، ކައުންސިލުގެ އިދާރާއަށް ލިބުމުން، އެ ސިޓީއަކީ ރައީސް ހުށަހަޅައިފައިވާ ސިޓީއެއްކަން، ކައުންސިލުގެ ސެކްރެޓަރީ ޖެނެރަލް ނުވަތަ ސެކްރެޓަރީ ޖެނެރަލްގެ މަސްއޫލިއްޔަތާ ހަވާލުވެހުރި ފަރާތުން ކަށަވަރުކުރަންވާނެއެވެ.
7 ވަނަ މާއްދާ - ކައުންސިލުގެ ނައިބު ރައީސް މަގާ މުން އިސްތިއުފާ ދިނުން
(ހ) ކައުންސިލުގެ ނައިބު ރައީސްގެ މަގާމުން އޭނާ އިސްތިއުފާ ދޭން ބޭނުންވެއްޖެ ނަމަ، އެކަން ލިޔުމަކުން ކައުންސިލަށް ހުށަހަޅަންވާނެއެވެ. ކައުންސިލުގެ އިދާރާއަށް އިސްތިއުފާގެ ސިޓީ ލިބުމުން އޭނާ އެ މަގާމުން ވަކިވީއެވެ،
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ސިޓީ، ކައުންސިލުގެ އިދާރާއަށް ލިބުމުން، އެ ސިޓީއަކީ ނައިބު ރައީސް ހުށަހަޅައިފައިވާ ސިޓީއެއްކަން، ކައުންސިލުގެ ސެކްރެޓަރީ ޖެނެރަލް ނުވަތަ ސެކްރެޓަރީ ޖެނެރަލްގެ މަސްއޫލިއްޔަތާ ހަވާލުވެހުރި ފަރާތުން ކަށަވަރުކުރަންވާނެއެވެ.
(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން، ކައުންސިލުގެ ނައިބު ރައީސްކަމުގެ މަގާމުން މެންބަރަކު އިސްތިއުފާ ދިނަސް، އެ މެންބަރެއްގެ މެންބަރުކަން ދެމިއޮންނާނެއެވެ.
8 ވަނަ މާއްދާ - ކައުންސިލުގެ ނައިބު ރައީސް މަގާ މުން ދުރުކުރުން
(ހ) ކައުންސިލުގެ ނައިބު ރައީސްގެ މައްޗަށް އިތުބާރު ނެތްކަމަށް ކައުންސިލުގެ އާންމު ބައްދަލުވުމެއްގައި ވޯޓަށް އަހަންވާނީ، އަންނަނިވި ކަންކަން ފުރިހަމަކުރުމަށް ފަހުގައެވެ.
- ގާނޫނު ނަންބަރު 2010-07 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު) ގެ ރޫހާ އެއްގޮތަށް ކައުންސިލް ހިންގުމުގައިކައުންސިލުގެ ނައިބު ރައީސް އިހުމާލުވަމުންދާކަމަށް ފާހަގަކުރެވިގެން އެ ކަންކަން އިސްލާހުކުރުމަށް 30 (ތިރީސް) ދުވަހުގެ ފުރުސަތު ދިނުން؛
- ނައިބު ރައީސްގެ އިތުބާރު ނެތްކަމުގެ ވޯޓު ނެގުމަށް ކައުންސިލުގެ އާންމު ބައްދަލުވުމަށް އެޖެންޑާކުރުން.
(ށ) މި މާއްދާގެ (ހ) ގައި އެފަދައިން ބަޔާންކޮށްފައި އޮތް ނަމަވެސް، ކައުންސިލުގެ ނައިބު ރައީސްގެ މައްޗަށް ށަރުއީ ކޯޓަކުން ޖިނާއީ ކުށެއް ސާބިތުވެގެން ހުކުމެއް ކޮށްފި ހާލަތެއްގައި މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާމަރުހަލާ ފުރިހަމަކުރުމަކާ ނުލައި، ނައިބު ރައީސްގެ މައްޗަށް އިތުބާރު ނެތްކަމުގެ ވޯޓު ނެގުމުގެ އިހްތިޔާރު ކައުންސިލަށް ލިބިގެންވެއެވެ.
(ނ) މި ގަވާއިދުގެ ދަށުން ނައިބު ރައީސްގެ އިތުބާރު ނެތްކަމުގެ ވޯޓު ނެގުމަށް ނުވަތައެ ވޯޓުގެ ކުރިން ފުރިހަމަކުރަންޖެހޭ އިޖުރާއަތު ފުރިހަމަކުރުމަށް ކައުންސިލުގެ އާންމުބައްދަލުވުމަށް ކައުންސިލުގެ މެންބަރަކު ހުށަހަޅާ ހުށަހެޅުން، އާންމު ބައްދަލުވުމަށްކަންކަން އެޖެންޑާކުރާ އުސޫލުގެ ތެރެއިން ކައުންސިލުގެ ރައީސް ނުވަތަ އެ ވަގުތަކު ކައުންސިލު ހިންގުމާ ހަވާލުވެހުރި ކައުންސިލަރަކު އެޖެންޑާ ކުރަންވާނެއެވެ.
(ރ) ކައުންސިލުގެ ބައްދަލުވުމަށް މައްސަލަ އެޖެންޑާކުރުމަށްފަހު، ކައުންސިލް ހިންގުމުގައި ނައިބު ރައީސް އިހުމާލުވިކަމަށް ފެންނަ ކަންކަން، ލިޔުމުން، ބައްދަލުވުމަށް ހުށަހަޅަންވާނެއެވެ.
(ބ) ކައުންސިލް ހިންގުމުގައި ކައުންސިލުގެ ނައިބު ރައީސް އިހުމާލުވެފައިވާކަމަށް ކައުންސިލަށް ފެންނަ ނަމަ، ކައުންސިލުގެ ޖަލްސާއަށް ހާޒިރުވެ ވޯޓުގައި ބައިވެރިވި މެންބަރުންގެ އަގުލަބިއްޔަތުން އެކަން ފާސްކޮށް، އެ ކަންކަން އިސްލާހުކުރުމަށް 30 (ތިރީސް) ދުވަހުގެ ފުރުސަތެއް ކައުންސިލުގެ ނައިބު ރައީސަށް ދޭންވާނެއެވެ.
(ޅ) ކައުންސިލް ހިންގުމުގައި ނައިބު ރައީސް އިހުމާލުވެފައިވާކަމަށް ކައުންސިލުން ދެކޭ ކަންކަން އިސްލާހުކުރުމަށް މި މާއްދާގެ (ބ) ގެ ދަށުން ދޭ މުއްދަތު ހަމަވާއިރު، އެ މުއްދަތުގެ ތެރޭގައި އެ ކަންކަން އިސްލާހުކޮށްފައި ނުވާ ނަމަ، އެ މުއްދަތު ހަމަވާ ފަހުން އެންމެ އަވަހަށް ބާއްވާ ކައުންސިލުގެ އާންމު ބައްދަލުވުމުގައި، ނައިބު ރައީސްގެ އިތުބާރު އޮތްކަމަށް ނުވަތަ ނެތްކަމަށް ކައުންސިލުން ކަނޑައަޅައި ވޯޓެއް ނަގަންވާނެއެވެ.
(ކ) ކައުންސިލް ހިންގުމުގައި ނައިބު ރައީސް އިހުމާލުވެފައިވާކަމަށް ކައުންސިލުން ދެކޭ ކަންކަން އިސްލާހުކުރުމަށް ދޭ 30 (ތިރީސް) ދުވަހުގެ މުއްދަތަށްފަހު، މި މާއްދާގެ
(ޅ) ގައި ބަޔާންކޮށްފައިވާ މަރުހަލާ ފުރިހަމަކުރުމަށްފަހުގައި ނޫނީ، ކައުންސިލުގެ ބައްދަލުވުމެއްގައި އެ ނޫން ކަމަކާމެދު މަށްވަރާކޮށްގެން ނުވާނެއެވެ.
(އ) ކައުންސިލުގެ ނައިބު ރައީސްގެ އިތުބާރު ނެތްކަމުގެ ވޯޓު ނެގޭނީ، މުޅި ކައުންސިލުގެ ޖުމުލަ އަގުލަބިއްޔަތުން އެކަން ފާސްވުމުންނެވެ.
(ވ) ކައުންސިލުގެ ނައިބު ރައީސް މަގާމުން ވަކިކުރި ކަމުގައި ވިޔަސް، އެ މެންބަރެއްގެ މެންބަރުކަން ދެމިއޮންނާނެއެވެ.
(މ) ކައުންސިލުގެ ނައިބު ރައީސްގެ މައްޗަށް ކައުންސިލުން އިތުބާރު ނެތްކަމުގެ ވޯޓު ނެގުމަށްފަހު، އެފަދައިން ކައުންސިލުން ފާސްކޮށްފައިވަނީ މި ގަވާއިދާއި، ގަވާއިދު ނަންބަރު 2024-19 (ލޯކަލް ކައުންސިލްތަކުގެ އާންމު އިޖުރާއީ ގަވާއިދު) ގައި ބަޔާންކޮށްފައިވާ އިޖުރާއަތުތަކާ އެއްގޮތަށްކަން ކަށަވަރު ކުރުމަށް ޓަކައި، ކައުންސިލުން އެކަން ފާސްކުރާތާ ރަސްމީ 3 (ތިނެއް) ދުވަހުގެ ތެރޭގައި އަންނަނިވި ލިޔެކިޔުމާއެކު، ކައުންސިލުން، ލޯކަލް ގަވަރމަންޓް އޮތޯރިޓީއަށް ފޮނުވަންވާނެއެވެ.
- އިސްލާހުކުރުމަށް ފުރުސަތު ދިން ބައްދަލުވުމުގެ އެޖެންޑާއާއި، އިތުބާރުނެތްކަމުގެ ވޯޓު ނެގި ބައްދަލުވުމުގެ އެޖެންޑާ؛
- އިސްލާހުކުރުމަށް ފުރުސަތު ދިން ބައްދަލުވުމާއި، އިތުބާރު ނެތްކަމުގެ ވޯޓު ނެގި ބައްދަލުވުން ބޭއްވުމުގެ 2 (ދޭއް) ދުވަހުގެ ކުރިން ބައްދަލުވުމުގެ އެޖެންޑާ ފޮނުވިކަން އެނގޭ ލިޔެކިޔުން؛
- އިސްލާހުކުރުމަށް ފުރުސަތު ދިން ބައްދަލުވުމާއި، އިތުބާރު ނެތްކަމުގެ ވޯޓު ނެގި ބައްދަލުވުމުގެ ޔައުމިއްޔާ؛
- އިސްލާހުކުރުމަށް ފުރުސަތު ދިން ބައްދަލުވުމާއި، އިތުބާރު ނެތްކަމުގެ ވޯޓު ނެގި ބައްދަލުވުމުގެ ނިންމުން އާންމުކުރިކަމުގެ ހެކި؛
- އިހުމާލުވި ކަންކަން ބަޔާންކޮށް ކައުންސިލުގެ ބައްދަލުވުމަށް ހުށަހެޅިލިޔުންތައް؛
- އިސްލާހުކުރަންވީ ކަންކަމާއި، އެ ކަންކަން އިސްލާހުކުރުމަށް ދިން މުއްދަތު އަންގައި ކައުންސިލުގެ ނައިބު ރައީސަށް ހަވާލުކުރި ލިޔުމާއި، ލިޔުން ހަވާލުކުރި ތާރީހު އެނގޭނެ ލިޔެކިޔުން؛
- ކަމާ ގުޅޭ އެހެނިހެން ލިޔެކިޔުން.
(ފ) މި މާއްދާގެ (މ) ގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތަކުގެ އިތުރަށް އެހެން ލިޔުމެއް ނުވަތަ މައުލޫމާތެއް ހޯދުމަށް ލޯކަލް ގަވަރމަންޓް އޮތޯރިޓީން އެދިއްޖެ ނަމަ، އެ ލިޔުމެއް ނުވަތަ އެ މައުލޫމާތެއް، ރަސްމީ 3 (ތިނެއް) ދުވަހުގެ ތެރޭގައި ކައުންސިލުން ފޯރުކޮށްދޭންވާނެއެވެ.
(ދ) ގާނޫނު ނަންބަރު 2010-07 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު) ގެ ރޫހާ އެއްގޮތަށް ކައުންސިލު ހިންގުމުގައި އިހުމާލުވަމުންދާކަމަށް ފާހަގަކުރެވިގެން ނައިބު ރައީސްގެ އިތުބާރު ނެތްކަމަށް ފާސްކުރުމަށްފަހު، އެފަދައިން ކައުންސިލުން ފާސްކޮށްފައިވަނީ މި ގަވާއިދާއި، ގަވާއިދު ނަންބަރު 2024-19 (ލޯކަލް ކައުންސިލްތަކުގެ އާންމު އިޖުރާއީ ގަވާއިދު) ގައި ބަޔާންކޮށްފައިވާ އިޖުރާއަތުތަކާ އެއްގޮތަށްކަން ކަށަވަރުކުރުމަށް ޓަކައި، ލޯކަލް ގަވަރމަންޓް އޮތޯރިޓީއަށް ކައުންސިލުން ހުށަހެޅުމުން، ރަސްމީ 14 (ސާދަ) ދުވަހުގެ ތެރޭގައި، އެ ކަމުގައި ގޮތެއް ކަނޑައަޅައިފައި، ލޯކަލް ގަވަރމަންޓް އޮތޯރިޓީން ކައުންސިލަށް އަންގަންވާނެއެވެ.
(ތ) ލޯކަލް ގަވަރމަންޓް އޮތޯރިޓީން އިތުބާރު ނެތްކަމުގެ ވޯޓު ކަށަވަރުކުރުމާ ހަމަޔަށް، އިތުބާރު ނެތްކަމުގެ ވޯޓު ނެގުނު ނައިބު ރައީސް އޭނާގެ މަގާމުގެ މަސްއޫލިއްޔަތުތަކާއި ޒިންމާތަކުން ވަގުތީގޮތުން ދުރުވާންވާނެއެވެ.
(ލ) ކައުންސިލުގެ ނައިބު ރައީސްގެ އިތުބާރު ނެތްކަމުގެ ވޯޓު ނެގުމަށްފަހު އެ މަގާމަށް މެންބަރަކު އިންތިހާބުކުރަންވާނީ، މި ގަވާއިދުގެ 14 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދައިން، އިތުބާރު ނެތްކަމުގެ ވޯޓު ނެގުމުގައި މި ގަވާއިދުގައިވާ އިޖުރާއަތުތައް ފުރިހަމަކޮށްފައިވާކަން ކަށަވަރުކުރުމަށް ލޯކަލް ގަވަރމަންޓް އޮތޯރިޓީއަށް ފޮނުވައި،އެ އޮތޯރިޓީން ވަކިގޮތެއް ކަނޑައެޅުމުންނެވެ.
(ގ) އިތުބާރު ނެތްކަމުގެ ވޯޓު ނެގުމުގައި މި ގަވާއިދުގައި ބަޔާންކޮށްފައިވާ އިޖުރާއަތުތައްފުރިހަމަކަމަށް އޮތޯރިޓީން ކަނޑައަޅައި ކައުންސިލަށް އެކަން އަންގާތާ 30 (ތިރީސް) ދުވަހުގެ ތެރޭގައި، ހުސްވެފައިވާ ކައުންސިލުގެ ނައިބު ރައީސްގެ މަގާމަށް ކައުންސިލުގެމެންބަރުންގެ ތެރެއިން މެންބަރަކު އިންތިހާބުކުރަން ވާނެއެވެ. އެ މުއްދަތުގައިއެ މަގާމަށް މެންބަރަކު އިންތިހާބު ކުރެވިފައި ނުވާ ނަމަ، އެ މަގާމަށް މެންބަރަކު އިންތިހާބު ކުރެވެންދެން، ކައުންސިލުގައި އެ ނޫން މައްސަލައަކާ ބެހޭގޮތުން މަށްވަރާކޮށްގެން ނުވާނެއެވެ.
(ޏ) މި މާއްދާގެ (ބ) ގައި ބަޔާންކޮށްފައިވާ 30 (ތިރީސް) ދުވަހުގެ މުއްދަތު ގުނާނީ، އިސްލާހުކުރަންވީ ކަންކަމާއި އެ ކަންކަން އިސްލާހު ކުރުމަށް ދެވޭ މުއްދަތު ކައުންސިލުގެ ނައިބު ރައީސަށް އެންގި ތާރީހުން ފެށިގެން، ރަސްމީ ބަންދު ދުވަސްތައް ހިމެނޭ ގޮތަށެވެ.
(ސ) ކައުންސިލް ހިންގުމުގައި ކައުންސިލުގެ ނައިބު ރައީސް އިހުމާލުވެފައިވާކަމަށް ކައުންސިލުން ދެކޭ ކަންކަން އިސްލާހުކުރުމަށް ފުރުސަތު ދިނުމަށް ފާސްކުރި ބައްދަލުވުމުގައި ކައުންސިލުގެ ނައިބު ރައީސް ބައިވެރިވެފައިވާ ނަމަ، އިސްލާހުކުރުމަށް އެންގުމަށް ބައްދަލުވުމުން ނިންމިކަން، ކައުންސިލުގެ ނައިބު ރައީސަށް އެންގުނުކަމަށް ބެލެވޭނެއެވެ. އަދި އެކަން ބަޔާންކޮށް އަލުން ލިޔުމުން އެންގުން ލާޒިމެއް ނޫނެވެ. ނަމަވެސް، އެ ބައްދަލުވުމުގައި ނައިބު ރައީސް ބައިވެރިވެފައި ނުވާ ނަމަ، ކައުންސިލުގެ ނިންމުން ނައިބު ރައީސަށް ލިޔުމުން އެންގިކަން ކައުންސިލުން ކަށަވަރުކުރަންވާނެއެވެ. އަދި އެ ހާލަތުގައި 30 (ތިރީސް) ދުވަހުގެ މުއްދަތު ގުނާނީ، ކައުންސިލުގެ ނިންމުން ލިޔުމުން އެންގި ތާރީހުން ފެށިގެންނެވެ.
(ޑ) މި މާއްދާގެ (ސ) ގެ ދަށުން ނައިބު ރައީސަށް އަންގާ އެންގުމާ ހަވާލުވުމަށް ނައިބު ރައީސް އިންކާރުކުރާ ނަމަ، ލިޔުން ހަވާލުކުރަން މަސައްކަތްކުރުމުން ލިޔުމާ ހަވާލުވުމަށް އިންކާރުކުރިކަމަށް 2 (ދޭއް) ފަރާތަކުން ހެކިކޮށް ސޮއިކުރުވަން ވާނެއެވެ. މި ހާލަތުގައި ނައިބު ރައީސަށް ލިޔުމުން ހަވާލުކުރިކަމަށް ބަލައި، އެ ތާރީހުން ފެށިގެން 30 (ތިރީސް) ދުވަހުގެ މުއްދަތު ގުނޭނެއެވެ.
9 ވަނަ މާއްދާ - ކައުންސިލުގެ ރައީސްގެ ވާޖިބުތައް
ކައުންސިލުގެ ރައީސްގެ ވާޖިބުތައް، ތިރީގައި ބަޔާންކޮށްފައި މިވަނީއެވެ.
(ހ) ކައުންސިލުގެ މަސްއޫލިއްޔަތުތައް އަދާކުރުމަށް ކައުންސިލުން ނިންމާ ނިންމުންތައް ށާއިއުކުރުމާއި ތަންފީޒުކުރުން.
(ށ) ކައުންސިލުގެ ހިންގުމަށް ކުރަންޖެހޭ މަސައްކަތްތައް ރާވައި ހިންގުން.
(ނ) ކައުންސިލުގެ މަގުސަދުތައް ހާސިލުކުރުމަށް ކައުންސިލުން އެކަށައަޅާ ތަރައްގީގެ ޕްލޭނާއި ފައިނޭންށަލް ޕްލޭނުގެ މަގުސަދުތައް ހާސިލުކުރެވޭނެ ގޮތަށް އިދާރާގެ މަސައްކަތްތައް ބައްޓަންކުރުން.
(ރ) ކައުންސިލުގެ މަށްވަރާގެ މަތީން އިދާރާގެ އޮނިގަނޑު އެކުލަވައިލައި، ޑިވިޜަންތަކާއި ސެކްށަންތަކާއި ޔުނިޓުތަކުގެ މަސައްކަތްތައް ކަނޑައަޅައި ތަންފީޒުކުރުން.
(ބ) ކައުންސިލުގެ ޖަލްސާތައް ގަވާއިދުން ބޭއްވުމާއި ޖަލްސާތަކުގެ ރިޔާސަތު ބެލެހެއްޓުން.
(ޅ) ކައުންސިލުގެ ހަރަކާތްތައް ހިނގަމުންދަނީ ކައުންސިލުގެ މަގުސަދާ އެއްގޮތްވާ ގޮތުގެ މަތީންތޯ ބެލުން.
(ކ) ކައުންސިލުން އެކުލަވައިލަން ލާޒިމުކުރާ ޕްލޭންތަކާއި ރިޕޯޓުތައް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުމާއި، އާންމުކުރަންޖެހޭ ނިންމުންތައް އާންމުކުރެވޭކަން ކަށަވަރުކުރުން.
(އ) ކައުންސިލް ތަމްސީލުކުރަންޖެހޭ ތަންތަނުގައި ކައުންސިލް ތަމްސީލުކުރުން.
(ވ) ކައުންސިލް ހިނގަމުންދަނީ ގާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތީންކަން ކަށަވަރުކުރުން.
(މ) ކައުންސިލުގެ މާލީ ޒިންމާތަކާއި، ކައުންސިލުގެ މާލީ ޒިންމާދާރު ވެރިޔާގެ މަސްއޫލިއްޔަތުތައް، ގަވާއިދު ނަންބަރު 2023-158 (ދައުލަތުގެ މާލިއްޔަތުގެ ގަވާއިދު) އާ އެއްގޮތްވާ ގޮތުގެ މަތީން އަދާކުރަމުން އަންނަކަން ކަށަވަރުކުރުން.
(ފ) ކައުންސިލުގެ މަސްއޫލިއްޔަތާއި ޒިންމާތަކާ ގުޅިގެން ރައްޔިތުންނަށާއި، މަސްއޫލު އިދާރާތަކަށް ޖަވާބުދާރީވުން.
(ދ) ގައުމީ އިދާރާތަކާއި އެކިއެކި ޖަމުއިއްޔާތަކާއި ޖަމާއަތްތަކާއި ކައުންސިލާ ދެމެދު އެކުވެރިކަމާއި އެއްބާރުލުން ދެމެހެއްޓުމަށް މަސަކަތްކުރުން.
(ތ) އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ އިދާރީ ކަންކަން އިންތިޒާމުކޮށްދިނުން.
(ލ) ކައުންސިލުން ކަނޑައަޅާ އެހެނިހެން ކަންކަން ކުރުން.
10 ވަނަ މާއްދާ - ކައުންސިލުގެ ނައިބު ރައީސްގެ ވާޖިބުތައް
ކައުންސިލުގެ ނައިބު ރައީސްގެ ވާޖިބުތައް ތިރީގައި ބަޔާންކޮށްފައި މިވަނީއެވެ.
(ހ) ކައުންސިލުގެ މަސައްކަތާ ބެހޭގޮތުން ކައުންސިލުގެ ރައީސަށް އެހީތެރިވެދިނުން.
(ށ) ކައުންސިލުގެ ރައީސްގެ މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމަށް އޭނާ ނުކުޅެދިއްޖެ ހާލަތެއްގައި، ނުވަތަ އުޒުރުވެރިވެއްޖެ ހާލަތެއްގައި، ނުވަތަ އެ މަގާމު ހުސްވެއްޖެ ހާލަތެއްގައި، ކައުންސިލުގެ ރައީސްގެ މަގާމުގެ މަސްއޫލިއްޔަތުތައް ވަގުތީގޮތުން އަދާކުރުން.
(ނ) ކައުންސިލުގެ ރައީސް ހަވާލުކުރާ މަސްއޫލިއްޔަތުތައް އަދާކުރުން.
(ރ) ރަށު ކައުންސިލުން ކަނޑައަޅާ އެހެނިހެން ކަންކަން ކުރުން.
11 ވަނަ މާއްދާ - ކައުންސިލު މެންބަރުންގެ މަސްއޫލިއްޔަތުތައް
ކައުންސިލުގެ މެންބަރުންގެ މަސްއޫލިއްޔަތުތައް ތިރީގައި ބަޔާންކޮށްފައި މިވަނީއެވެ.
(ހ) ރަށުގެ ރައްޔިތުންނަށް ދަތިވެފައިވާ ކަންކަން ކައުންސިލުގެ ސަމާލުކަމަށް ގެނައުމާއި،އެ ކަންކަން ހައްލުކުރުމަށް މަސައްކަތްކުރުން.
(ށ) ކައުންސިލުގެ ޖަލްސާތަކުގައި ބައިވެރިވުން.
(ނ) ކައުންސިލުގެ މަގުސަދުތައް ހާސިލުކުރުމަށް ޓަކައި މަސައްކަތްކުރުން.
(ރ) ކައުންސިލުން އެކުލަވައިލަންޖެހޭ ޕްލޭންތަކާއި، އަހަރީ މަސައްކަތު ތާވަލާއި، އަހަރީ ބަޖެޓާއި، ސަޕްލިމެންޓްރީ ބަޖެޓު އެކުލަވައިލުމުގައި އަމަލީގޮތުން ބައިވެރިވުން.
(ބ) ކައުންސިލުގެ މަސްއޫލިއްޔަތުތަކާ ގުޅިގެން ރަށު ކައުންސިލުގެ ރައީސް ހަވާލުކުރާ އެހެނިހެން މަސައްކަތްތައް ކުރުން.
(ޅ) ރަށު ކައުންސިލުން ކަނޑައަޅާ އެހެނިހެން ކަންކަން ކުރުން.
ތިންވަނަ ބާބު
ކައުންސިލުގެ ބައްދަލުވުން
12 ވަނަ މާއްދާ - ކައުންސިލުގެ ބައްދަލުވުން
ކައުންސިލުގެ ބައްދަލުވުންތައް ބެހިގެންވަނީ، އަންނަނިވި 2 (ދޭއް) ބާވަތުގެ މައްޗަށެވެ.
(ހ) ކައުންސިލުގެ އާންމު ބައްދަލުވުން.
(ށ) ކައުންސިލުގެ ކުއްލި ބައްދަލުވުން.
13 ވަނަ މާއްދާ - ބައްދަލުވުމުގެ ގާނޫނީ އަދަދު
(ހ) ކައުންސިލުގެ ބައްދަލުވުމެއް ބޭއްވޭނީ، ކައުންސިލުގެ ޖުމު ލަ މެންބަރުންގެ ދެބައިކުޅައެއްބަޔަށްވުރެ ގިނަ މެންބަރުން ހާޒިރުވެ ތިބެގެންނެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގާނޫނީ އަދަދު ހަމަނުވާ ނަމަ، އެ އަދަދު ހަމަވަންދެން، އެ ބައްދަލުވުމެއް މެދުކަނޑައިލުމުގެ އިހްތިޔާރު ނުވަތަ އެހެން ވަގުތަކަށް ނުވަތަ އެހެން ދުވަހަކަށް ބައްދަލުވުން ފަސްކުރުމުގެ އިހްތިޔާރު، ކައުންސިލުގެ ރައީސަށް ނުވަތަ ކައުންސިލުގެ ބައްދަލުވުމުގެ ރިޔާސަތު ބަލަހައްޓާ ފަރާތަށް ލިބިގެންވެއެވެ.
(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގާނޫނީ އަދަދު ހަމަނުވެގެން ބައްދަލުވުން މެދުކަނޑައިލުމަށް ނުވަތަ ފަސްކުރުމަށް ނުވަތަ ބައްދަލުވުން ނުބޭއްވުމަށް މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ރިޔާސަތުން ނިންމައިފި ނަމަ، ޔައުމިއްޔާކުރަންވާނެއެވެ.
14 ވަނަ މާއްދާ - ޒަމާނީ މުއާސަލާތީ ވަސީލަތްތައް ބޭނުންކޮށްގެން ކައުންސިލުގެ ބައްދަލުވުންތައް ބޭއްވުން
(ހ) ކައުންސިލުގެ މެންބަރުން އެއްތަނަކަށް ޖަމާވެގެން ބައްދަލުވުންތައް ބޭއްވެން ނެތް ހާލަތުގައި ނުވަތަ ބައްދަލުވުމުގެ ގާނޫނީ އަދަދު ހަމަނުވާ ހާލަތުގައި، މެންބަރުން އެއްތަނަކަށް ޖަމާވުމުގެ ބަދަލުގައި ޒަމާނީ މުއާސަލާތީ ވަސީލަތްތައް ބޭނުންކޮށްގެން ކައުންސިލުގެ ބައްދަލުވުންތައް ބޭއްވުމުގެ އިހްތިޔާރު ކައުންސިލުގެ ރައީސަށް ލިބިގެންވެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދައިން ޒަމާނީ މުއާސަލާތީ ވަސީލަތްތައް ބޭނުންކޮށްގެން ކައުންސިލުގެ ބައްދަލުވުން ބޭއްވިކަމުގައި ވިޔަސް، އެ ބައްދަލުވުމެއްގެ ބާވަތަށް ބަލައި، އެ ބައްދަލުވުމަކާ ގުޅޭގޮތުން މި ގަވާއިދުގެ ދަށުން ފުރިހަމަކުރަންޖެހޭ އެންމެހައި ކަންކަން ފުރިހަމަކުރަން ޖެހޭނެއެވެ.
(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން، ޒަމާނީ ވަސީލަތްތައް މެދުވެރިކޮށް ބާއްވާ ބައްދަލުވުންތަކުގައި ވޯޓު ދިނުމުގައްޔާއި، ބައްދަލުވުމުގައި މެންބަރުން ބައިވެރިވުމުގައްޔާއި، ބައްދަލުވުން ކުރިޔަށް ގެންދިއުމުގައި، އަންނަނިވި ކަންކަން ފުރިހަމަވާންވާނެއެވެ.
- ބައްދަލުވުމުގައި ކޮންމެ މެންބަރަކު ވެސް ބައިވެރިވާންވާނީ، އެ ބައްދަލުވުމެއް ބޭއްވުމަށް ބޭނުންކުރާ ޒަމާނީ މުއާސަލާތީ ވަސީލަ ތެއް ނުވަތަ އެޕްލިކޭށަނެއްގައި އެ މެންބަރަކަށް ހާއްސަކޮށްގެން ކައުންސިލުގެ އިދާރާއިން ކަނޑައަޅައިފައިވާ ވަކި ލޮގިންއެއް ނުވަތަ ލިންކެއް ނުވަތަ ނުވަތަ އައިޑީއެއް މެދުވެރިކޮށްގެންނެވެ.
- އެ ފަދަ ވަސީލަތެއް ނުވަތަ އެޕްލިކޭށަނެއްގައި ކަނޑައަޅައިފައިވާ ލޮގިން މެދުވެރިކޮށް ބައްދަލުވުމުގައި ބައިވެރިވި މެންބަރުންނާއި ނުވަތަ ބައްދަލުވުމުގައި ބައިވެރިވި މެންބަރުން ވޯޓު ދިން ގޮތުގެ ތަފުސީލާއި އެހެނިހެން މައުލޫމާތު ކައުންސިލުގެ އިދާރާއިން ލިޔެ ބަލަހައްޓަން ވާނެއެވެ.
- ޒަމާނީ މުއާސަލާތީ ވަސީލަތްތައް ބޭނުންކޮށްގެން ބާއްވާ ބައްދަލުވުންތަކުގައި ވޯޓު ދޭއިރު ބަހުސްކޮށް ވޯޓަށް އަހާ މައްސަލަތަކުގައި ވޯޓު ދޭންވާނީ، އަތް މައްޗަށް އުފުލުމާއެކު، އެ މައްސަލައެއްގައި އެ މެންބަރަކު ވޯޓުދޭ ގޮތް އޯޑިއޯއާއި ވީޑިއޯއިން ވެސް ސާފުވާނެ ގޮތަށް އަނގަބަހުން ހާމަކުރުމާއެކުގައެވެ. އަދި ބައްދަލުވުން ބޭއްވުމަށް ބޭނުންކުރާ ޒަމާނީ މުއާސަލާތީ ވަސީލަތުގައި ނުވަތަ އެޕްލިކޭށަނުގައި އެ މެންބަރަކަށް ކަނޑައެޅިފައިވާ ލޮގިން މެދުވެރިކޮށް ވަކި ގޮތަކަށް ވޯޓު ދެވޭނެ ފަދަ ގޮތެއް ކަނޑައެޅިފައިވާ ނަމަ އެގޮތަށް ވެސް ވޯޓު ދެވިދާނެއެވެ.
- މި އަކުރުގެ (3) ވަނަ ނަންބަރުގައި އެފަދައިން ބަޔާންކޮށްފައި އޮތް ނަމަވެސް، ސިއްރު ވޯޓެއް ނެގުމަށް މި ގަވާއިދު ލާޒިމުކުރާ ހާލަތުގައި، ވޯޓުގެ ސިއްރުކަން ކަށަވަރުކުރެވޭނެ ގޮތެއްގެ މަތީން މެނުވީ، ޒަމާނީ މުއާސަލާތީ ވަސީލަތްތައް ބޭނުންކޮށްގެން ބާއްވާ ބައްދަލުވުމެއްގައި، ސިއްރު ވޯޓެއް ނަގައިގެން ނުވާނެއެވެ.
- ކައުންސިލުގެ ބައްދަލުވުމުގެ ބޭނުމަށް އޮންލައިންކޮށް ނުވަތަ ޒަމާނީ މުއާސަލާތީ ވަސީލަތްތައް ބޭނުންކޮށްގެން މެންބަރުން ސޮއިކުރަންޖެހޭ އެއްވެސް ލިޔެކިޔުމެއް އޮތް ނަމަ، އެ މެންބަރެއްގެ "ޑިޖިޓަލް ސިގްނޭޗަރ" އެ ލިޔެކިޔުމެއްގައި ކުރެވިދާނެއެވެ. އެގޮތުން، ބައްދަލުވުމުގެ ލިޔެކިޔުންތަކުގައި ކައުންސިލަރުންގެ ސޮއި ކުރުވޭކަން، ކައުންސިލުގެ ސެކްރެޓަރީ ޖެނެރަލް ކަށަވަރުކުރަން ވާނެއެވެ.
- ޒަމާނީ މުއާސަލާތީ ވަސީލަތް ނުވަތަ އެޕްލިކޭށަން މެދުވެރިކޮށް ބައްދަލުވުމުގައި ބައިވެރިވުމަށް ކައުންސިލުގެ އިދާރާއިން ކައުންސިލަރުންނަށް ދޭ ލޮގިން ނުވަތަ ލިންކު ނުވަތަ އައިޑީ، އެހެން ފަރާތަކާ ހިއްސާކޮށްގެން ނުވާނެއެވެ.
(ރ) މި މާއްދާގެ ބޭނުމަށް ޒަމާނީ މުއާސަލާތީ ވަސީލަތްތައް ބޭނުންކޮށްގެން ކައުންސިލުގެ ބައްދަލުވުންތައް ބޭއްވުމުގައި ބޭނުންކުރެވޭނެ އެޕްލިކޭށަންތަކާއި ގޮތްތައް ކައުންސިލުން ކަނޑައަޅަންވާނެއެވެ.
(ބ) ބައްދަލުވުމުގައި ނަގާ ވޯޓެއްގެ ސިއްރުކަން ކަށަވަރުކުރުމުގެ ގޮތުން އެފަދަ އިލެކްޓްރޯނިކް ޒަރީއާތައް މެދުވެރިކޮށް ނަގާ ވޯޓުގެ ސިއްރު ހިފެހެއްޓޭ ފަދަ ގޮތަކަށް ބައްދަލުވުން އިންތިޒާމުކުރެވޭކަން ކައުންސިލުން ޔަގީންކުރަންވާނެއެވެ. އަދި އެފަދައިން ވޯޓުގެ ސިއްރުކަން ޔަގީން ނުކުރެވޭ ނަމަ، ޒަމާނީ މުއާސަލާތީ ވަސީލަތްތައް ބޭނުންކޮށްގެން ބާއްވާ ބައްދަލުވުމެއްގައި، ސިއްރު ހިފަހައްޓަންޖެހޭ ވޯޓެއް ނަގައިގެން ނުވާނެއެވެ.
(ޅ) ޒަމާނީ މުއާސަލާތީ ވަސީލަތްތައް ބޭނުންކޮށްގެން ބާއްވާ ބައްދަލުވުމުގައި މެންބަރުން މަށްވަރާކުރާ ސިއްރު މައުލޫމާތު ކައުންސިލުން ބޭރު ފަރާތްތަކަށް ހާމަކޮށްގެން ނުވާނެއެވެ. އަދި އެފަދަ ބައްދަލުވުމެއްގައި ބައިވެރިވާ ފަރާތްތަކުން ބައިވެރިވާންވާނީ، ބައްދަލުވުމުގައި ހިއްސާކުރާ މައުލޫމާތެއްގެ ސިއްރު ހިފެހެއްޓޭ ފަދަ މާހައުލަކުންނެވެ.
15 ވަނަ މާއްދާ - ކައުންސިލުގެ ބައްދަލުވުންތަކުގައި ބައިވެރިވުމުގެ ފުރުސަތު ދިނުން
(ހ) ކައުންސިލުގެ ބައްދަލުވުންތަކަކީ އާންމުކޮށް ހުޅުވައިލައިގެން ބާއްވާ ބައްދަލުވުންތަކެކެވެ. އެހެންކަމުން، އެކަމަށް އެދޭ ފަރާތްތަކަށް ކައުންސިލުން ހަމަޖައްސާ ގޮތެއްގެ މަތީން ފުރުސަތު ދެވޭނެއެވެ.
(ށ) ކައުންސިލުގެ ބައްދަލުވުމުގެ އަޑުއަހަން ވަންނަ އެއްވެސް ފަރާތަކަށް ކައުންސިލުގެ ބައްދަލުވުމުގައި އެއްވެސް ވާހަކައެއް ދެއްކުމާއި، ބަހުސްގައި އެއްވެސް ހައިސިއްޔަތަކުން ބައިވެރިވުމުގެ ފުރުސަތެއް ނުދެވޭނެއެވެ.
(ނ) ބައްދަލުވުން އަޑުއަހަން ވަންނަ އެއްވެސް ފަރާތަކުން، ބައްދަލުވުން ކުރިޔަށް ގެންދިއުމަށް ދަތިވާ ފަދަ އެއްވެސް އަމަލެއް ހިންގުމަކީ މަނާ ކަމެކެވެ. އަދި އެ ފަދަ އަމަލެއް ހިންގި ކޮންމެ މީހަކު، ބައްދަލުވުން ބާއްވާ މާލަމުން ވަގުތުން ބޭރުކުރުމާއި، އޭގެ ފަހުގެ އެއްވެސް ބައްދަލުވުމަކަށް ނުވެއްދުމަށް ނުވަތަ ވަކި މުއްދަތަކަށް އެއްވެސް ބައްދަލުވުމަކަށް ނުވެއްދުމަށް ނިންމުމުގެ އިހްތިޔާރު، ކައުންސިލުގެ ރައީސަށް ނުވަތަ އެ ވަގުތަކު ރިޔާސަތު ބަލައްޓާ ފަރާތަކަށް ލިބިގެންވެއެވެ.
(ރ) ކައުންސިލުގެ ބައްދަލުވުންތަކުގައި، ކައުންސިލުގެ މެންބަރުންގެ އިތުރަށް ކައުންސިލުގައި އެޖެންޑާކޮށްފައިވާ ކަމަކާ ގުޅިގެން އެ ފަރާތެއްގެ މައުލޫމާތު ނުވަތަ މަށްވަރާ ކައުންސިލަށް ދެވިދާނެ އެކިއެކި ފަރާތްތަކަށް، ކައުންސިލުގެބައްދަލުވުންތަކުގައި ބައިވެރިވުމަށް ދައުވަތުދިނުމުގެ ބާރު، ކައުންސިލުގެ ރައީސަށް ލިބިގެންވެއެވެ. ނަމަވެސް މިގޮތަށް މަށްވަރާއާއި މައުލޫމާތު ހޯދުމަށް ކައުންސިލުގެ ޖަލްސާގައި ބައިވެރިވުމަށް ދައުވަތުދޭ ފަރާތްތަކަށް ކައުންސިލުގެ ޖަލްސާގައި ވޯޓެއް ނުދެވޭނެއެވެ.
16 ވަނަ މާއްދާ - ކައުންސިލުގެ އާންމު ބައްދަލުވުން ބާއްވާ ދުވަސް
(ހ) މި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން، ކައުންސިލުގެ ތާވަލުކުރެވިފައިވާ އާންމު ބައްދަލުވުމެއް، ކޮންމެ ހަފުތާއަކު 1 (އެކެއް) ފަހަރު ބާއްވަންވާނެއެވެ. އާންމުކޮށް ބައްދަލުވުން ބާއްވާނީ، ހަފުތާގެ ބުދަދުވަހުއެވެ. އަދި އެއްވެސް ސަބަބަކާހުރ،ެ ތާވަލު ކުރެވިފައިވާ ބައްދަލުވުން ނުބޭއްވިއްޖެ ނަމަ، ޖެހިގެން އަންނަ ރަސްމީ ދުވަހު އެ ބައްދަލުވުން ބާއްވަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި އެފަދައިން ބަޔާންކޮށްފައި އޮތް ނަމަވެސް، ކައުންސިލުގެ ރައީސަށް ނުވަތަ ކައުންސިލުގެ މެންބަރުންގެ އަގުލަބިއްޔަތަށް ފެނިއްޖެ ނަމަ، ހަފުތާއަކު 1 (އެކެއް) އާންމު ބައްދަލުވުމަށް ވުރެ ގިނަ އާންމު ބައްދަލުވުން ބޭއްވުމަކަށް މި ގަވާއިދު ހުރަހެއް ނާޅައެވެ.
17 ވަނަ މާއްދާ - ކައުންސިލުގެ އާންމު ބައްދަލުވުން ބާއްވާ ތަނާއި، ވަގުތާއި، އެޖެންޑާ
(ހ) ކައުންސިލުން އެހެން ގޮތަކަށް ނުނިންމާހައި ހިނދަކު، ކައުންސިލުގެ އާންމު ބައްދަލުވުން ބާއްވާނީ، ކައުންސިލުގެ އިދާރާގައެވެ. ބައްދަލުވުމުގެ ވަގުތާއި އެޖެންޑާ ކަނޑައަޅާނީ، ކައުންސިލުގެ ރައީސެވެ.
(ށ) ކައުންސިލުގެ އާންމު ބައްދަލުވުން ބޭއްވުމަށް ކަނޑައަޅާ ތަނާއި، ގަޑިއާއި އެޖެންޑ،ާ އެ ބައްދަލުވުމެއް ބޭއްވުމުގެ މަދުވެގެން 2 (ދޭއް) ދުވަހުގެ ކުރިން، ކައުންސިލުގެ ރައީސް، ކައުންސިލުގެ މެންބަރުންނަށް ލިޔުމުން ފޮނުވަންވާނެއެވެ.
(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ކައުންސިލުގެ އާންމު ބައްދަލުވުމުގެ އެޖެންޑ،ާ ބައްދަލުވުމުގެ 2 (ދޭއް) ދުވަހުގެ ކުރިން ފޮނުވި ގޮތުގެ ރިކޯޑުތައް ކައުންސިލުގެ ސެކްރެޓަރީ ޖެނެރަލް ބަލަހައްޓަންވާނެއެވެ.
18 ވަނަ މާއްދާ - ކައުންސިލުގެ އާންމު ބައްދަލުވުމުގެ އެޖެންޑާ
(ހ) ކައުންސިލަށް ހުށަހެޅޭ ހުރިހާ ކަމެއް، އެ ހުށަހެޅޭ ތަރުތީބުން، ކައުންސިލުގެ ރައީސް
އެޖެންޑާ ކުރަންވާނެއެވެ.
(ށ) ކައުންސިލުގެ މެންބަރަކު ޖަލްސާގެ އެޖެންޑާގައި ކަމެއް ހިމެނުމަށް ބޭނުންވާ ނަމަ، އާންމު ބައްދަލުވުން ތާވަލުކޮށްފައިވާ ދުވަހުގެ 3 (ތިނެއް) ދުވަހުގެ ކުރިން، ކައުންސިލުގެ ރައީސަށް ލިޔުމަކުން އަންގަންވާނެއެވެ.
(ނ) ކައުންސިލުގެ ދާއިރާގެ ރައްޔިތަކު ނުވަތަ އަމިއްލަ ފަރާތަކުން، ކައުންސިލަށް ވަކި ކަމެއް ހުށަހަޅަން ބޭނުންވާ ނަމަ، ކައުންސިލުގެ އިދާރާ މެދުވެރިކޮށް ކައުންސިލަށް އެ ކަމެއް ހުށަހެޅިދާނެއެވެ.
(ރ) ކައުންސިލުގެ އާންމު ބައްދަލުވުމެއްގެ އެޖެންޑާގައި ހިމެނުމަށް ހުށަހެޅޭ ކޮންމެ މައްސަލައަކީ ވެސް، ގާނޫނުއަސާސީއާއި ގާނޫނުތަކާއި ގަވާއިދުތަކުގެ ދަށުން ކައުންސިލަށް ބެލުމުގެ އިހްތިޔާރާއި ބާރު އޮތް މައްސަލައަކަށް ވާންވާނެއެވެ.
19 ވަނަ މާއްދާ - ކައުންސިލުގެ ކުއްލި ބައްދަލުވުން
އަންނަނިވި ހާލަތަކުންކުރެ ހާލަތެއްގައި، ކައުންސިލުގެ ކުއްލި ބައްދަލުވުމެއް ބާއްވަންވާނެއެވެ.
(ހ) ކައުންސިލުގެ ކުއްލި ބައްދަލުވުމެއް ބޭއްވުމަށް، މަދުވެގެން ކައުންސިލުގެ ތިންބައިކުޅައެއްބައި މެންބަރުން އެދުން.
(ށ) ކައުންސިލުގެ ކުއްލި ބައްދަލުވުމެއް ބޭއްވުމަށް، ލޯކަލް ގަވަރމަންޓް އޮތޯރިޓީން އެދުން.
(ނ) ކައުންސިލުގެ ކުއްލި ބައްދަލުވުމެއް ބާއްވައިދިނުމަށް، އެ ކައުންސިލެއްގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީން އެދުމުން، އެފަދަ ޖަލްސާއެއް ބާއްވަން ކައުންސިލުގެ ރައީސަށް ފެނުން.
(ރ) އެކަށީގެންވާ ސަބަބަކާހުރެ ކައުންސިލުގެ ރައީސަށް މިފަދަ ބައްދަލުވުމެއް ބާއްވަން ފެނުން.
20 ވަނަ މާއްދާ - ކައުންސިލުގެ ކުއްލި ބައްދަލުވުމެއް ބާއްވަން ހުށަހެޅުން
ކައުންސިލުގެ ކުއްލި ބައްދަލުވުމެއް ބާއްވަން އެދުމުގައި، އެ ޖަލްސާއެއް ބާއްވަން ބޭނުންވާ ސަބަބާއި ތާރީހ،ު ކައުންސިލުގެ ރައީސަށް ލިޔުމުން ހުށަހަޅަންވާނެއެވެ.
21 ވަނަ މާއްދާ - ކައުންސިލުގެ ކުއްލި ބައްދަލުވުން ބާއްވާ ތަނާއި، ވަގުތާއި، އެޖެންޑާ
(ހ) މި ގަވާއިދުގައިވާ ގޮތުގެ މަތީން، ކައުންސިލުން ބާއްވާ ކުއްލި ބައްދަލުވުން ބާއްވާނެ ތަނާއި ވަގުތާއި އެޖެންޑާ ކަނޑައަޅާނީ، އެ ބައްދަލުވުމެއް ބޭއްވުމަށް ހުށަހެޅި ފަރާތަކުން ލިޔުމުން ހުށަހަޅައިފައިވާ ހުށަހެޅުމާ އެއްގޮތްވާ ގޮތުގެ މަތީން، ކައުންސިލުގެ ރައީސެވެ.
(ށ) ކައުންސިލުގެ ކުއްލި ބައްދަލުވުން ބޭއްވުމަށް ކައުންސިލުގެ ރައީސް ކަނޑައަޅާ ތަނާއި ގަޑިއާއި އެޖެންޑ،ާ ވީ އެންމެ އަވަހަކަށް، ކައުންސިލުގެ ރައީސް، ކައުންސިލުގެ މެންބަރުންނަށް ލިޔުމުން ފޮނުވަންވާނެއެވެ.
22 ވަނަ މާއްދާ - ކުއްލި ބައްދަލުވުމެއްގައި ނުނިންމޭނެ ކަންތައްތައް
އަންނަނިވި ކަންކަމުން ކުރެ ކަމެއް ކައުންސިލުގެ ކުއްލި ބައްދަލުވުމެއްގައި ނިންމައިގެން ނުވާނެއެވެ.
(ހ) ނައިބު ރައީސްގެ މަގާމަށް މެންބަރަކު ހޮވުމާއި، ނައިބު ރައީސްގެ އިތުބާރު ނެތްކަމުގެ ވޯޓު ނެގުން.
(ށ) ކައުންސިލުގެ ގަވާއިދުތަކާއި އުސޫލުތަކަށް އެއްވެސް އުނިއިތުރެއް ގެނައުން.
(ނ) ދަރަންޏަށް ޒިންމާވާ ގޮތަށް އެއްވެސް ލޯނެއް ނެގުން ނުވަތަ ވިޔަފާރީގެ އެއްވެސް މުއާމަލާތެއް ހިންގުމަށް ފާސްކުރުން.
(ރ) ކައުންސިލުގެ ބަޖެޓު ކަނޑައެޅުމާއި ބަޖެޓު ފާސްކުރުން.
(ބ) ކައުންސިލުގެ ޕްލޭންތައް އެކުލަވައިލުމާއި ފާސްކުރުން.
(ޅ) ކައުންސިލުގެ އިދާރީ މުވައްޒަފަކާމެދު އެއްވެސް ފިޔަވަޅެއް އެޅުން.
23 ވަނަ މާއްދާ - ބައްދަލުވުމަށް ހާޒިރުވުން
(ހ) ދިމާވާ މުހިންމު ސަބަބަކާހުރެ ކައުންސިލުގެ ބައްދަލުވުމަކަށް ނުވަތަ ކައުންސިލުން ކުރުމަށް ނިންމައިފައިވާ ކަމެއް ކުރުމަށް މެންބަރަކު ހާޒިރުވުމަށް އުޒުރުވެރިވާ ނަމަ، ވީ އެންމެ އަވަސް ފުރުސަތެއްގައި ކައުންސިލުގެ ރައީސަށް އެކަން އަންގަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެ މަތީން ކައުންސިލުގެ ބައްދަލުވުމަކަށް ނުވަތަ މަސައްކަތެއް ކުރުމަށް ބާއްވާ ބައްދަލުވުމަކަށް މެންބަރަކު ސަލާމް ބުނެފި ނަމަ، އެ ބައްދަލުވުމެއްގެ ނުވަތަ އެ ކޮމިޓީގެ ޔައުމިއްޔާއާއި ހާޒިރީގައި އެ މެންބަރެއްގެ ނަން ފާހަގަކުރާނީ ސަލާމުގައި ހުރި މެންބަރެއްގެ ގޮތުގައެވެ.
(ނ) މި މާއްދާގެ (ހ) ގައިވާ ގޮތުގެ މަތީން ކައުންސިލުގެ ރައީސަށް ނާންގައި ނުވަތަ މި ގަވާއިދުގައިވާ ގޮތުގެ މަތީން ޗުއްޓީ ނުނަގައި، މެންބަރަކު ކައުންސިލުގެ ބައްދަލުވުމަށް ނުވަތަ ކައުންސިލުން ކުރުމަށް ނިންމާ ކަންތައްތައް ކުރުމަށް ހާޒިރުނުވެ ހުރެގެން ނުވާނެއެވެ.
(ރ) ޗުއްޓީގައި ހުންނަ ކައުންސިލަރަކަށް، ކައުންސިލުގެ އެދުމުގެ މަތީން ނުވަތަ އެ ކައުންސިލަރެއްގެ އެދުމުގެ މަތީން، ކައުންސިލުގެ ޖަލްސާގައި ބައިވެރިވެވިދާނެއެވެ.
(ބ) ބައްދަލުވުންތަކަށް ހާޒިރުނުވުމުގެ ސަބަބުން ނުވަތަ ކައުންސިލުގެ މަސްއޫލިއްޔަތު އަދާނުކުރުމުގެ ސަބަބުން ކައުންސިލުން ރައްޔިތުންނަށް ދޭންޖެހޭ ހިދުމަތްތައް ދިނުމަށް ހުރަސްއެޅޭކަމަށް އެ ކައުންސިލަކަށާއި ލޯކަލް ގަވަރމަންޓް އޮތޯރިޓީއަށް ފެނިއްޖެ ހިނދެއްގައި، ތިރީގައިވާ ގޮތުގެ މަތީން އެ ކައުންސިލަރަކާމެދު ކައުންސިލުން އަމަލުކުރަންވާނެއެވެ.
- މި މާއްދާގައި ބަޔާންކޮށްފައިވާ ގޮތްތަކާ ހިލާފަށް ވިދިވިދިގެން ކައުންސިލުގެ 2 (ދޭއް) ބައްދަލުވުމަށް ކައުންސިލަރަކު ހާޒިރުނުވެއްޖެ ނަމަ، އެ ކައުންސިލުން ނަސޭހަތްދިނުން ؛
- މި މާއްދާގައި ބަޔާންކޮށްފައިވާ ގޮތަކާ ހިލާފަށް ވިދިވިދިގެން ކައުންސިލުގެ 3 (ތިނެއް) ބައްދަލުވުމަށް ކައުންސިލަރަކު ހާޒިރު ނުވެއްޖެ ނަމަ، ނުވަތަ މި އަކުރުގެ (1) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ކަންތައް ތަކުރާރުވާ ނަމަ، ކައުންސިލުން ލިޔުމުން އެކަން ހަނދާންކޮށްދީފައި، ލޯކަލް ގަވަރމަންޓް އޮތޯރިޓީއަށް އެންގުން.
24 ވަނަ މާއްދާ - ކައުންސިލުގެ ބައްދަލުވުންތަކުގެ ރިޔާސަތު ބެލެހެއްޓުން
(ހ) ރައީސް ނެތް ހާލަތެއްގައި ރިޔާސަތު ބަލަހައްޓާނީ، ކައުންސިލުގެ ނައިބު ރައީސެވެ. ކައުންސިލުގެ ރައީސާއި ނައިބު ރައީސް ނެތް ހާލަތެއްގައި ކައުންސިލުގެ މެންބަރުންގެ ތެރެއިން ކައުންސިލް ހިންގުމާ ހަވާލުވެހުރި މެންބަރެކެވެ.
(ށ) ކައުންސިލުގެ ރައީސާއި ނައިބު ރައީސް އެއްފަހަރާ ކައުންސިލުގެ ހިންގުމާ އެކަހެރިވާންވާނީ، ކައުންސިލުގެ ޖަލްސާއެއް ބާއްވައި، ކައުންސިލާ ހަވާލުވާނޭ މެންބަރަކު، މެންބަރުންގެ ތެރެއިން އައްޔަނު ކުރުމަށް ފަހުގައެވެ.
(ނ) ނައިބު ރައީސް ބައްދަލުވުމުގެ ރިޔާސަތު ބަލަހައްޓަމުން ދަނިކޮށް ކައުންސިލުގެ ރައީސް ބައްދަލުވުމުގައި ބައިވެރިވެއްޖެ ނަމަ، ނުވަތަ މި މާއްދާގެ (ށ) ގަ އި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ކައުންސިލް ހިންގާނެ މެންބަރަކު އައްޔަނުކޮށްގެން ކައުންސިލުގެ ބައްދަލުވުމެއް ކުރިޔަށް ގެންދަނިކޮށް، ކައުންސިލުގެ ރައީސް ނުވަތަ ނައިބު ރައީސް ބައްދަލުވުމުގައި ބައިވެރިވެއްޖެ ނަމަ، އެ ވަގުތުން ފެށިގެން، މި މާއްދާގެ (ހ) އަށް އަމަލުކުރަން ވާނެއެވެ.
25 ވަނަ މާއްދާ - ކައުންސިލުގެ ބައްދަލުވުންތައް ފެށުމާއި ނިންމުން
(ހ) މި ގަވާއިދުގައިވާ ގޮތުގެ މަތީން ކައުންސިލުން ބާއްވާ ކޮންމެ ބައްދަލުވުމެއްގެ ފެށުމާއި ނިންމުން، ބައްދަލުވުމުގެ ރިޔާސަތުން އިއުލާނު ކުރަންވާނެއެވެ. މިގޮތުން، ބައްދަލުވުން ފަށަމުން "ކައުންސިލުގެ ބައްދަލުވުން ފެށުނީ" މިގޮތަށް އަދި ބައްދަލުވުން ނިންމަމުން ކައުންސިލުގެ ބައްދަލުވުން ނިމުނީ" މި ގޮތަށް ބައްދަލުވުމުގެ ރިޔާސަތުން އިއުލާނު ކުރަންވާނެއެވެ.
(ށ) ބައްދަލުވުން ބޭއްވުމަށް ކަނޑައަޅައިފައިވާ ގަޑިޖެހުމުން، އެ ބައްދަލުވުމުގެ ގާނޫނީ އަދަދު ހަމަވޭތޯ ރިޔާސަތުން ބަލަންވާނެއެވެ. ގާނޫނީ އަދަދު ހަމަވާ ނަމަ، މެންބަރުންގެ އަދަދު ރިޔާސަތުން އިއުލާނުކުރުމަށްފަހު ބައްދަލުވުން ފަށާނީއެވެ. ބައްދަލުވުން ފެށުމަށް ހަމަޖެހިފައިވާ ގަޑިޖެހޭއިރު ގާނޫނީ އަދަދު ހަމަނުވާ ނަމަ، އެ އަދަދު ހަމަވޭތޯ 15 )ފަނަރަ( މިނިޓު ވަންދެން ބަލަންވާނެއެވެ. މި ވަގުތު ފަހަނަޅައި ދިއުމުން ވެސް ގާނޫނީ އަދަދު ހަމަނުވާ ނަމަ، ރިޔާސަތުން އެކަން އިއުލާނު ކުރަންވާނެއެވެ.
26 ވަނަ މާއްދާ - އެޖެންޑާ އިއްވުމާއި ފާސްކުރުން
(ހ) ބައްދަލުވުން ފެށުމަށްފަހު، އެ ބައްދަލުވުމަކަށް ކަނޑައެޅިފައިވާ އެޖެންޑ،ާ ރިޔާސަތުން އިއްވަންވާނެއެވެ. މިގޮތުގެ މަތީން ރިޔާސަތުން އެޖެންޑާ އިއްވުމުން، ކައުންސިލުން އެ އެޖެންޑާ ފާސްކުރަންވާނެއެވެ.
(ށ) އެޖެންޑާގެ ތަރުތީބަށް ބަދަލު ގެނައުމަށް ކައުންސިލުގެ ބައްދަލުވުމުން ފާސްކުރެވިދާނެއެވެ.
(ނ) އާންމު ބައްދަލުވުމުގެ 2 (ދޭއް) ދުވަހުގެ ކުރިން ފޮނުވި އެޖެންޑާގައި ނުހިމެނޭ ކަމެއް،އާންމު ބައްދަލުވުމުގެ އެޖެންޑާއަށް އިތުރެއް ނުކުރެވޭނެއެވެ. އަދި އެޖެންޑާގައި ހިމެނޭ ކަމެއް އެޖެންޑާއިން އުނިކޮށްގެން ވެސް ނުވާނެއެވެ.
27 ވަނަ މާއްދާ - އެޖެންޑާއާ އެއްގޮތަށް ބައްދަލުވުން ކުރިޔަށް ގެންގޮސް ބަހުސަށް ހުޅުވައިލުން
(ހ) ބައްދަލުވުމުގެ އެޖެންޑާ ފާސްކުރުމަށްފަހު، އެ އެޖެންޑާގައި ކަނޑައެޅިފައިވާ ތަރުތީބުން، އެޖެންޑާގައި ހިމަނައިފައިވާ ކަންކަން، ރިޔާސަތުން ކަނޑައަޅާ ގޮތެއްގެ މަތީން ބައްދަލުވުމަށް ހުށަހަޅައި، އެކަމަކާ ބެހޭގޮތުން ބަހުސްކުރުމުގެ ފުރުސަތު ބައްދަލުވުމުގެ ރިޔާސަތުން ހުޅުވައިލަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެ މަތީން ބަހުސްގެ ފުރުސަތު ހުޅުވައިލުމުގައި، މައްސަލައިގެ ކުޑަބޮޑުމިނަށް ބަލައި، މުޅި ބަހުސަށް ދެވޭނެ ޖުމުލަ ވަގުތާއި، ކޮންމެ މެންބަރަކަށް ދެވޭ ފުރުސަތުގެ ދިގުމިން ކަނޑައެޅުމުގެ އިހްތިޔާރު ބައްދަލުވުމުގެ ރިޔާސަތަށް ލިބިގެންވެއެވެ. މިގޮތުގެ މަތީން ފުރުސަތުގެ ދިގުމިން ކަނޑައަޅަން ރިޔާސަތުން ނިންމައިފި ނަމަ، ބަހުސްގެ ޖުމުލަ ދިގުމިނާއި، ކޮންމެ މެންބަރަކަށް ލިބޭނެ ފުރުސަތުގެ ދިގުމިން، ބަހުސް ފެށުމުގެ ކުރިން ރިޔާސަތުން އިއުލާނު ކުރަންވާނެއެވެ. މިގޮތަށް މެންބަރުންނަށް ފުރުސަތު ދޭންވާނީ، ހަމަހަމަ އުސޫލަކުންނެވެ.
28 ވަނަ މާއްދާ - ބައްދަލުވުމުގައި ވާހަކަދެއްކުމަށް ފުރުސަތަށް އެދުން
(ހ) މި ގަވާއިދުގެ 27 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެ މަތީ ން ބަހުސަށް ހުޅުވައިލުމުން، އެ ބައްދަލުވުމަކަށް ހުށަހެޅިފައިވާ މައްސަލައިގެ ބަހުސުގައި ބައިވެރިވާން ބޭނުންވާ މެންބަރުން، އަތް އުފުލައިގެން ރިޔާސަތަށް އެކަމަށް އެދޭނީއެވެ.
(ށ) ބަހުސްގައި ބައިވެރިވުމަށް ފުރުސަތަށް އެދޭ މެންބަރުންނަށް، އެ ބަހުސަކަށް ކަނޑައެޅިފައިވާ ވަގުތު ހަމަވަންދެން، ނުވަތަ ބަހުސް އެއްކޮށް ނިމެންދެން، ފުރުސަތަށް މެންބަރުން އެދުނު ތަރުތީބުކަމަށް ރިޔާސަތަށް ނޯޓުކުރެވިފައިވާ ތަރުތީބުން ފުރުސަތު ދޭންވާނެއެވެ.
29 ވަނަ މާއްދާ - ބަހުސްގައި ވާހަކަދެއްކުމުގެ އަދަބުތައް
ކައުންސިލުގެ ބައްދަލުވުންތަކުގައި ވާހަކަދެއްކުމުގައި، ކޮންމެ މެންބަރަކު ވެސް، އަންނަނިވި އުސޫލުތަކަށް ތަބާވާންވާނެއެވެ.
(ހ) މެންބަރަކު ވާހަކަދައްކަމުންދާ ވަގުތު އޭނާއާއި ރިޔާސަތާ ދެމެދު އެއްވެސް ހުރަހެއް ނުހުރުމާއި، މެންބަރަކު ވެސް އެ ދެމެދަށް ހުރަސް ނޭޅުން.
(ށ) ހުށަހަޅައިފައިވާ މައްސަލައެއްގެ މައްޗަށް މެންބަރުންގެ ވާހަކަ ބިނާކުރުން.
(ނ) އިސްލާމްދީނުގެ އަސްލުތަކާއި، ދިވެހިރާއްޖޭގެ ގާނޫނުތަކާއި ގަވާއިދުތަކާ ހިލާފުނުވ،ެ ވާހަކަދެއްކުމުގެ އަދަބުތަކަށް ހުރުމަތްތެރިކޮށް ހިތައިގެން، ކައުންސިލާއި ކައުންސިލުގެ އެއްވެސް މެންބަރެއްގެ އިއްޒަތާއި ކަރާމާތަށް އުނިކަމެއް ނާންނާނޭ ގޮތުގެ މަތީން ވާހަކަދެއްކުން.
30 ވަނަ މާއްދާ - ބަހުސް ނިންމުން
(ހ) ކައުންސިލުގެ ބައްދަލުވުމަށް ހުށަހެޅި ބަހުސްކުރަމުންދާ މައްސަލައިގެ ބަހުސް ނިމުމުން ނުވަތަ ބަހުސަށް ކަނޑައެޅިފައިވާ ޖުމުލަ ވަގުތު ހަމަވުމުން، އެ ބަހުސްކުރި މައްސަލައެއް ހުށަހެޅި މެންބަރަކަށް، ޖަވާބުދާރީވުމަށާއި ފަހުބަސް ބުނުމަށް މަދުވެގެން 3 (ތިނެއް) މިނިޓުގެ ވަގުތު ދޭންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން، މައްސަލަ ހުށަހެޅި މެންބަރަށް ފަހުބަސް ބުނުމުގެ ފުރުސަތު ރިޔާސަތުން ދިނުމާއެކު، މުޅި ބަހުސާ ގުޅިގެން ނިންމި ނިންމުން ރިޔާސަތުން އިއުލާނު ކުރުމުން، އެ މައްސަލައެއްގެ ބަހުސް ނިމުނީއެވެ.
31 ވަނަ މާއްދާ - މައްސަލައާ ގުޅޭގޮތުން ހުށަހަޅާ ކަންކަން
(ހ) ކައުންސިލުގެ ބައްދަލުވުމަށް ހުށަހެޅި ބަހުސްކުރެވެމުންދާ މައްސަލައިގެ ބަހުސް ނިމުމުން، މައްސަލައާމެދު އަމަލުކުރަން ފެންނަ ގޮތްތައް ހުށަހެޅުމަށް ބައްދަލުވުމުގެ ރިޔާސަތުން ހުޅުވައިލަންވާނެއެވެ. އަދި އެފަދައިން ފުރުސަތަށް އެދުމާއި ފުރުސަތު ދިނުމުގައި އަމަލުކުރަންވާނީ، މި ގަވާއިދުގެ 30 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުގެ މަތީންނެވެ.
(ށ) މި މާއްދާގެ (ހ) ގައި އެފަދައިން ބަޔާންކޮށްފައި އޮތް ނަމަވެސް، ބަހުސްގެ މަރުހަލާގެ ތެރެއިން، މައްސަލައާމެދު އަމަލުކުރުމަށް ފެންނަ ގޮތް ހުށަހެޅުމުގެ އިހްތިޔާރު ކައުންސިލަރުންނަށް ލިބިގެންވެއެވެ.
32 ވަނަ މާއްދާ - ވާހަކައިގެ މެދުތެރެއިން ހުއްޓައިލަންޖެހުން
މެންބަރަކު ވާހަކަދައްކަމުން ދަނިކޮށް، އަންނަނިވި ކަންކަމުން ކުރެ ކަމެއް ދިމާވެއްޖެ ނަމަ، އެ މެންބަރަކު ދައްކަމުންދިޔަ ވާހަކަ ހުއްޓައިލަންވާނެއެވެ.
(ހ) މެންބަރަކު ދައްކާ ވާހަކައަކީ އިސްލާމްދީނުގެ އަސްލުތަކާއި، ދިވެހިރާއްޖޭގެ ގާނޫނުތަކާއި ގަވާއިދުތަކާ ހިލާފުވާ ގޮތަށް ދައްކާ ވާހަކައެއްކަމަށް ރިޔާސަތަށް ފެނިގެން ވާހަކަ ހުއްޓައިލުމަށް އެންގުން.
(ށ) ކައުންސިލުގައި ވާހަކަދެއްކުމުގެ އަދަބުތައްކަމަށް މި ގަވާއިދުގައި ބަޔާންކޮށްފައިވާކަމަކާ ތައާރުޒުވާ ގޮތަށް މެންބަރަކު ވާހަކަދައްކާކަމަށް ރިޔާސަތަށް ފެނިގެން ވާހަކަ ހުއްޓައިލުމަށް އެންގުން.
(ނ) މެންބަރަކު ދައްކާ ވާހަކައަކީ އެޖެންޑާގައި ހިމެނިގެންވާ ކަމަކާ ގުޅުމެއް ނެތް ވާހަކައެއްކަމަށް ރިޔާސަތަށް ފެނިގެން ވާހަކަ ހުއްޓައިލުމަށް އެންގުން.
33 ވަނަ މާއްދާ - ވާހަކަ ހުއްޓައިލަން އެންގި ސަބަބު ބަޔާންކުރުން
މެންބަރެއްގެ ވާހަކަ ހުއްޓައިލުމަށް ރިޔާސަތުން އަންގައިފި ނަމަ، އެ ވާހަކައެއް ހުއްޓައިލުމަށް އަންގާ ސަބަބ،ު ރިޔާސަތުން ސާފުކޮށް ބަޔާންކުރަންވާނެއެވެ.
34 ވަނަ މާއްދާ - ކައުންސިލުގެ ބައްދަލުވުމެއްގައި ކުރުން ހުއްދަ ނޫން ކަންކަން
ކައުންސިލުގެ އެއްވެސް ބައްދަލުވުމެއްގައި، ކައުންސިލުގެ މެންބަރަކު، އަންނަނިވި ކަންކަމުންކުރެ ކަމެއް ކޮށްގެން ނުވާނެއެވެ.
(ހ) މެންބަރަކު ވާހަކަދައްކަމުން ގެންދާއިރު އޭނާއަށް އުނދަގޫވާ ފަދަ އެއްވެސް ކަމެއް ކުރުން.
(ށ) ބައްދަލުވުން ހިނގަމުންދާއިރު، ކައުންސިލުގެ ހުރުމަތް ކެނޑޭ ފަދަ ގޮތަކަށް، ނޫސް މަޖައްލާ ފަދަ ތަކެތި ކިޔުމާއި، އެހެނިހެން މެންބަރުންނާ ވާހަކަދައްކައި ހެދުމާއި، ބައްދަލުވުމުގެ އަޑުއެހުމަށް އައިސްތިބޭ މީހުންނަށް އިށާރާތްކޮށް މުއާމަލާތުކޮށްހެދުން.
(ނ) ކައުންސިލުން ކަނޑައަޅާ ގޮތެއްގެ މަތީން ކައުންސިލުގެ ބޭ ނުމަށް ފިޔަވައި، ކެސެޓް ރިކޯޑަރ، ނުވަތަ ޓޭޕް ރިކޯޑަރ، ނުވަތަ ކެމެރ،ާ ނުވަތަ މަންޒަރު ނުވަތަ އަޑު ރިކޯޑުކުރެވިދާނެ އެ ނޫން ވެސް އެއްޗެހި ކައުންސިލުގެ ބައްދަލުވުންތަކުގައި ބޭނުންކުރުން.
(ރ) މެންބަރަކު ވާހަކަދައްކަމުން ގެންދަނިކޮށް އެ މެންބަރަކާ ރިޔާސަތާ ދެމެދަށް ހުރަސް އެޅުން.
(ބ) ބައްދަލުވުމުގެ ތެރޭގައި މޯބައިލް ފޯނުން ފޯނުކުރުމާއި، ފޮޓޯއާއި ވީޑިއޯ ނެގުމާއި، އަޑު ރިކޯޑުކުރުން.
(ޅ) ކައުންސިލާއި، ކައުންސިލުގައި ހިމެނޭ މެންބަރުންނާއި، އެހެނިހެން ފަރާތްތަކުގެ އިއްޒަތާއި ކަރާމާތަށް އުނިކަން އަންނަ ގޮތަށް ވާހަކަދެއްކުން.
35 ވަނަ މާއްދާ - ކައުންސިލުން ކަމެއް ނިންމުން
(ހ) މި ގަވާއިދުގައި ކަނޑައެޅިގެން އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހައި ހިނދަކު، ކައުންސިލުގެ ބައްދަލުވުމަށް ހުށަހެޅޭ ކަންކަން ނިންމޭނީ، ކައުންސިލުގެ ބައްދަލުވުމަކަށް އެ ކަމެއް ހުށަހެޅ،ި އެ ބައްދަލުވުމަށް ހާޒިރުވެ ވޯޓުގައި ބައިވެރިވި މެންބަރުންގެ އަގުލަބިއްޔަތުންނެވެ.
(ށ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، އަންނަނިވި ކަންކަމުން ކުރެ ކަމެއް ފާސްކުރެވޭނީ، މުޅި ކައުންސިލުގެ ޖުމު ލަ މެންބަރުންގެ އަގުލަބިއްޔަތުންނެވެ.
- ކައުންސިލުގެ ނައިބު ރައީސް މަގާމުން ދުރުކުރުން؛
- އެއްވެސް ބާވަތެއްގެ ވިޔަފާރިއެއްގައި ނުވަތަ ވިޔަފާރި ކުންފުންޏެއްގައި ބައިވެރިވުން ނުވަތަ އިންވެސްޓުކުރުން؛
- ކައުންސިލުގެ އަހަރީ ބަޖެޓު ފާސްކުރުން؛
- ލޭންޑް ޔޫޒް ޕްލޭން ފާސްކުރުން؛
- ސަޕްލިމެންޓަރީ ބަޖެޓު ފާސްކުރުން.
(ނ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، އަންނަނިވި ކަންކަމުންކުރެ ކަމެއް ފާސްކުރެވޭނީ، މުޅި ކައުންސިލުގެ ޖުމުލަ މެންބަރުންގެ ތިންބައިކުޅަދެބައިގެ އަގުލަބިއްޔަތު ލިބިގެންނެވެ.
- އާންމު ތަންތަނަށް ދީފައިވާ ނަން ބަދަލުކުރުން؛
- ރަށްރަށުގެ މަގުމަގާއި ޕާކުތަކާއި މައިޒާން ފަދަ އާންމު ތަންތަން ދާއިމީގޮތުގައި ބަންދުކުރުން؛
- ކައުންސިލުން ހޯދާ އުފުލޭ މުދަލާއި ނޫފުލޭ މުދަލެއް ނައްތައިލުން ނުވަތަ އެފަދަ މުދަލެއް އެހެން ފަރާތްތަކަށް ދިނުން ނުވަތަ ވިއްކުން؛
- ކައުންސިލުން މާލީ ކަންކަމުގައި ލުއިދިނުން.
36 ވަނަ މާއްދާ - ކައުންސިލުން ކަމެއް ނިންމުމުގައި ރިއާޔަތްކުރަންޖެހޭ ކަންތައްތައް
ކައުންސިލުން ކަމެއް ނިންމުމުގައި ރައްޔިތުންގެ ލާބަޔާއި މަންފާއަށް އިސްކަން ދޭންވާނެއެވެ. އަދި ކައުންސިލުން ކަންކަން ނިންމަންވާނީ، ގާނޫނުތަކާއި ގަވާއިދުތަކާއި ސަރުކާރުގެ ސިޔާސަތުތަކާއި ރަށުގެ ތަރައްގީގެ ޕްލޭނާއި ގައުމީ ތަރައްގީގެ ޕްލޭނާ ތައާރުޒުނުވާ ގޮތުގެ މަތީންނެވެ.
37 ވަނަ މާއްދާ - މާލީ ކަންކަން ނިންމުން
(ހ) ކައުންސިލުގެ ބަޖެޓު ކަނޑައެޅުން ހިމެނޭ ގޮތުން، ކައުންސިލްތަކަށް ލިބިދީފައިވާ ބާރުތަކުގެ ތެރެއިން މާލީ އެންމެހައި ކަންކަމުގައި ކައުންސިލްތަކުން އަމަލުކުރަންވާނީ، ދައުލަތުގެ މުދަލާއި ފައިސާއާބެހޭ އެންމެހައި ގާނޫނުތަކާއި، ގާނޫނު ނަންބަރު 2010-07 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު) އާއި، އެ ގާނޫނުތަކުގެ ދަށުން އެކުލަވައިލައިފައިވާ ގަވާއިދުތަކާއި، ދައުލަތުގެ ފައިސާއާބެހޭ ކަންކަމުގައި އަމަލުކުރަންޖެހޭ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތީންނެވެ.
(ށ) ކައުންސިލްތަކުން ކުއްޔަށް ދޫކޮށްފައިވާ ބިންތަކާއި އެކި ފަރާތްތަކާއެކު ވެފައިވާ އެއްބަސްވުންތަކާ ގުޅިގެން ނުވަތަ އެ ނޫން ވެސް ގޮތަކުން ކައުންސިލަށް ލިބެންޖެހޭ ކުއްޔެއް ނުވަތަ ޖޫރިމަނާއެއް ނުވަތަ އެ ނޫން ވެސް އެހެން ފައިސާއެއް މާފުކުރަން ނުވަތަ ފަސްކުރަން ނުވަތަ ލުޔެއް ދިނުމަށް އެދޭ ނަމަ، އެކަން ކުރަންވާނީ، ގަވާއިދު ނަންބަރު 2023-158 (ދައުލަތުގެ މާލިއްޔަތުގެ ގަވާއިދު) ގައި ބަޔާންކޮށްފައިވާގޮތުގެ މަތީންނެވެ.
38 ވަނަ މާއްދާ - ވޯޓު ދިނުން
(ހ) ކައުންސިލުން ސިއްރު ވޯޓަކުން ގޮތެއް ކަނޑައަޅަންޖެހޭ ކަންކަން ކަމަށް ކައުންސިލުން ކަނޑައަޅާ ކަންކަން ފިޔަވައި، އެހެނިހެން ކަންކަން ނިންމުމުގައި ކައުންސިލުން ވޯޓުދޭނީ، އަތް އުފުލައިގެންނެވެ.
(ށ) ކައުންސިލުގެ ކޮންމެ މެންބަރަކަށް ވެސް ދެވޭނީ، ވޯޓު ނަގާ ކޮންމެ ކަމަކަށް 1 (އެކެއް) ވޯޓެވެ.
(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތަށް ވޯޓަށް އަހަންވާނީ، ފެންނަކަމަށް ނުވަތަ ނުފެންނަކަމަށް އަހައިގެންނެވެ. އަދި ސިއްރު ވޯޓަކުން ނިންމާ ކަންކަން ފިޔަވައި އެ ނޫން ކަންކަމުގައި މެންބަރުން ވޯޓު ދިން ގޮތުގެ ތަފުސީލު އެ ބައްދަލުވުމުގެ ޔައުމިއްޔާގައި ހިމަނަންވާނެއެވެ.
(ރ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތަށް ވޯޓަށް އަހާނީ، ބައްދަލުވުމަށް ހުށަހެޅިފައިވާ މައްސަލައަކާ ގުޅިގެން ހުށަހެޅުން ހުށަހަޅައިފައިވާ ތަރުތީބުންނެވެ.
(ބ) މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ގޮތަށް ވޯޓަށް އަހާއިރު، ވަކިކޮޅަކަށް ވޯޓުދީފައި ނުވާ ނަމަ، އެ މެންބަރެއްގެ ވޯޓު ބެލެވޭނީ، ފާސްކުރުމަށް ނުފެންނަކަމަށް ވޯޓު ދިން މެންބަރެއްގެ ގޮތުގައެވެ.
39 ވަނަ މާއްދާ - ރިޔާސަތުން ވޯޓުގައި ބައިވެރިވުން
ކައުންސިލުން ކަންކަން ނިންމުމުގައި ރިޔާސަތުން ވޯޓުގައި ބައިވެރިވާންވާނެއެވެ.
40 ވަނަ މާއްދާ - ވޯޓު ގުނައި ތަފުސީލު ރިކޯޑުކުރުމާއި ނަތީޖާ އިއުލާނުކުރުން
ވޯޓު ގުނައި، އޭގެ ތަފުސީލު ރިކޯޑުކުރާނީ، ކައުންސިލުގެ ސެކްރެޓަރީ ޖެނެރަލް ނުވަތަ ސެކްރެޓަރީ ޖެނެރަލް ކަނޑައަޅާ ކައުންސިލުގެ އިދާރާގެ މުވައްޒަފެކެވެ. އަދި ވޯޓުގެ ނަތީޖާ އިއުލާނު ކުރާނީ، ބައްދަލުވުމުގެ ރިޔާސަތުންނެވެ.
41 ވަނަ މާއްދާ - މަސްލަހަތު ފުށުއަރާ ހާލަތު
ކައުންސިލުގެ އެއްވެސް މެންބަރެއްގެ އަނބިމީހާގެ ނުވަތަ ފިރިމީހާގެ ނުވަތަ ދަރިއެއްގެ ނުވަތަ މަންމަގެ ނުވަތަ ބައްޕަގެ ނުވަތަ އެއްބަނޑުއެއްބަފާ މީހެއްގެ ނުވަތަ އެއްބަނޑު މީހެއްގެ ނުވަތަ އެއްބަފާ މީހެއްގެ މަސްލަހަތު ހިމެނޭ ނުވަތަ އެ މެންބަރެއްގެ އަމިއްލަ ފައިދާއެއް ނުވަތަ ދައުރެއް އޮތް ކަމަކާމެދު ކައުންސިލުގައި މަށްވަރާކުރާ ނަމަ، އެ މެންބަރަކު އެ ބައްދަލުވުމުގައި ބައިވެރިވެގެން ނުވާނެއެވެ.
42 ވަނަ މާއްދާ - ނިންމުންތައް ހާމަކުރުން
(ހ) ކައުންސިލުން ފާސްކުރާ ގަރާރުތަކާއި އަމުރުތަކާއި ނިންމުންތަކާއި ކަންތައްތައް އާންމުކޮށް ހާމަކުރަންވާނެއެވެ. މިގޮތަށް ހާމަނުކުރާ ގަރާރުތަކާއި އަމުރުތަކާއި ނިންމުންތަކާއި ކަންތައްތަކަކީ ސައްހަ އެއްޗެހިކަމުގައެއް ނުބެލެވޭނެއެވެ.
(ށ) ކައުންސިލުން ފާސްކުރާ ގަރާރުތަކާއި، އަމުރުތަކާއި، ނިންމުންތަކާއި ކަންތައްތައް އާންމުކޮށް ހާމަކުރުމަށް ޓަކައި ކައުންސިލުގެ ސިއްކަ ޖެހުމަށްފަހު ކައުންސިލުގެ އިދާރާގެ ނޯޓިސްބޯޑާއި، ކައުންސިލުގެ ވެބްސައިޓާއި، ކައުންސިލުގެ ރަސްމީ ސޯށަލް
މީޑިއާ ޕްލެޓްފޯމުތަކުގައި އާންމުކުރަންވާނެއެވެ.
(ނ) މި މާއްދާގެ (ހ) އާއި (ށ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ކައުންސިލުގެ ގަރާރުތަކާއި އަމުރުތަކާއި ނިންމުންތައް އާންމުކުރުމަށްފަހު، ކައުންސިލުގެ އިދާރާއިން އެކަން ރިކޯޑުކޮށް ބަލަހައްޓަންވާނެއެވެ.
43 ވަނަ މާއްދާ - ބައްދަލުވުންތަކުގެ ޔައުމިއްޔާ ލިޔެ ބެލެހެއްޓުން
ކައުންސިލުގެ ބައްދަލުވުންތަކުގެ ޔައުމިއްޔާ ލިޔެ ތައްޔާރުކުރުމުގެ އިންތިޒާމު ހަމަޖައްސައި ކައުންސިލުގެ މެންބަރުންނަށް ފަސޭހައިން ފެންނާނޭހެން ބެލެހެއްޓުމަކީ ކައުންސިލުގެ އިދާރާގެ ސެކްރެޓަރީ ޖެނެރަލްގެ މަސްއޫލިއްޔަތެކެވެ.
44 ވަނަ މާއްދާ - ބައްދަލުވުންތަކުގެ ޔައުމިއްޔާ
(ހ) ކައުންސިލުގެ ކޮންމެ ބައްދަލުވުމެއްގެ ޔައުމިއްޔ،ާ އެ ބައްދަލުވުމެއްގައި ބައިވެރިވި މެންބަރުންގެ އިއްތިފާގުން ފާސްކޮށް އެ ޔައުމިއްޔާގައި މެންބަރުން ސޮއިކުރަންވާނެއެވެ.
(ށ) އެ ބައްދަލުވުމެއްގައި ކައުންސިލުން ނިންމި ކަންކަމާއި، ބައްދަލުވުމުގައި ބައިވެރިވި މެންބަރުންނާއި، ބައްދަލުވުމުގައި ބައިވެރިނުވި މެންބަރުން ބައިވެރިނުވި ސަބަބާއި، ބައްދަލުވުން ބޭއްވި ތާރީހާއި ތަނާއި ވަގުތާއި، އެ ބައްދަލުވުމުގައި ކައުންސިލަރުންގެ އިތުރުން އެހެން ފަރާތަކުން ބައިވެރިވެފައިވާ ނަމަ، އެކަމުގެ މައުލޫމާތު ވެސް ބައްދަލުވުމުގެ ޔައުމިއްޔާގައި ސާފުކޮށް ބަޔާންކޮށްފައި އޮންނަންވާނެއެވެ.
(ނ) މި މާއްދާގެ (ހ) ގައި ބަޔާން ކޮށްފައިވާ ފަދައިން ކައުންސިލުގެ ބައްދަލުވުމުގެ ޔައުމިއްޔާ ފާސްކުރުމަށް ވޯޓު ނުދޭ މެންބަރުން، ޔައުމިއްޔާ އިސްލާހުކުރާނެ ގޮތެއް ފާހަގަކޮށްފައި ނުވާ ނަމަ ބެލެވޭނީ، ޔައުމިއްޔާ ރަނގަޅުކަމަށް ރުހޭކަމަށެވެ.
(ރ) ކައުންސިލްތަކުގެ ބައްދަލުވުންތަކުގެ ޔައުމިއްޔާއާއި ނިންމުންތަކުގައި ގަވާއިދު ނަންބަރު 2024-19 (ލޯކަލް ކައުންސިލްތަކުގެ އާންމު އިޖުރާއީ ގަވާއިދު) ގެ ޖަދުވަލު 2 އާއި ޖަދުވަލު 3 ގައިވާ މައުލޫމާތު ހިމަނައިފައި ހުންނަވާނެއެވެ.
ހަތަރުވަނަ ބާބު
ކައުންސިލުގެ އިދާރާ
45 ވަނަ މާއްދާ - ކައުންސިލުގެ އިދާރާ
ކައުންސިލުގެ މަސްއޫލިއްޔަތާއި ވާޖިބުތައް އަދާކުރުމަށް އެހީތެރިވެދީ، ކައުންސިލުގެ އިދާރީ ކަންކަން ކުރާނީ، އެކަމަށް ޓަކައި، ގާނޫނު ނަންބަރު 2010-07 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު) ގެ ދަށުން ގާއިމުކުރާ އިދާރާއިންނެވެ.
46 ވަނަ މާއްދާ - ކައުންސިލުގެ ސެކްރެޓަރީ ޖެނެރަލް
(ހ) ކައުންސިލުގެ އެންމެ އިސް އިދާރީ މުވައްޒަފެއްގެ ގޮތުގައި، ކައުންސިލުގެ ލަފަޔާއެކު، ކައުންސިލުގެ ސެކްރެޓަރީ ޖެނެރަލްކަމުގެ މަގާމަށް މީހަކު އައްޔަނުކުރާނީ، ސިވިލް ސަރވިސް ކޮމިށަނުންނެވެ.
(ށ) ކައުންސިލުގެ އެންމެހައި އިދާރީ ކަންކަމުގައި ކައުންސިލަށް ޖަވާބުދާރީވާނީ، ކައުންސިލުގެ ސެކްރެޓަރީ ޖެނެރަލެވެ. އަދި ކައުންސިލުން ނިންމާ ނިންމުންތައް ތަންފީޒުކުރުމުގައި ކައުންސިލަށް ބޭނުންވާ އިދާރީ އެހީތެރިކަން ފޯރުކޮށްދިނުމުގެ އެންމެ އިސް ފަރާތަކީ ވެސް، ކައުންސިލުގެ ސެކްރެޓަރީ ޖެނެރަލެވެ.
47 ވަނަ މާއްދާ - ސެކްރެޓަރީ ޖެނެރަލްގެ މަސްއޫލިއްޔަތުތައް
ކައުންސިލުގެ ސެކްރެޓަރީ ޖެނެރަލްގެ މަސްއޫލިއްޔަތުތައް، ތިރީގައި ބަޔާންކޮށްފައި މިވަނީއެވެ. ހިންގުމަށް ބޭނުންވާ އެންމެހައި އިންތިޒާމުތައް ހަމަޖައްސައި، ކައުންސިލުގެ އިދާރާގެ މަސައްކަތްތައް ހިންގައި ބެލެހެއްޓުން.
(ށ) ކައުންސިލުގެ އިދާރާގެ މަސައްކަތްތަކާ ގުޅޭގޮތުން ކައުންސިލުގެ ރައީސް، ނުވަތަ ނައިބު ރައީސް ނުވަތަ ކައުންސިލް ހިންގުމާ އެ ވަގުތަކު ހަވާލުވެހުރި ކައުންސިލަރަށް ރިޕޯޓުކޮށް ޖަވާބުދާރީވުން.
(ނ) ކައުންސިލުން ނިންމާ ނިންމުންތަކާއި، ކަނޑައަޅާ ގަވާއިދުތަކާއި އުސޫލުތައް ތަންފީޒުކުރުން.
(ރ) ކައުންސިލުން ފޯރުކޮށްދޭ މުނިސިޕަލް ހިދުމަތްތައް، ކައުންސިލުގެ އިދާރާގެ މުވައްޒަފުން މެދުވެރިކޮށް ފޯރުކޮށްދެވޭނެ އިންތިޒާމު ހަމަޖައްސައި، ކައުންސިލުން ކަނޑައަޅައިފައިވާ އުސޫލުތަކާ އެއްގޮތަށް އެ ހިދުމަތްތައް ފޯރުކޮށްދިނުން.
(ބ) ކައުންސިލުގެ މަސައްކަތްތަކާއި ހަރަކާތްތަކާއި އިންސާނީ ވަސީލަތްތަކާ ގުޅޭގޮތުން ކައުންސިލުގެ ރައީސަށް ނުވަތަ ކައުންސިލަށް ލަފާދިނުން.
(ޅ) ކައުންސިލުން ކުރާ މަސައްކަތްތަކާއި ހިންގާ ހަރަކާތްތަކުގައި ގާނޫނުތަކާއި ގަވާއިދުތަކަށް ތަބާވާކަން ކަށަވަރުކުރުން.
(ކ) ކައުންސިލުން ތައްޔާރުކުރަންޖެހޭ ޕްލޭންތަކާއި ބަޖެޓުތަކާއި ރިޕޯޓުތައް ތައްޔާރުކުރުމާއި ކައުންސިލުން ނިންމާ ގޮތެއްގެ މަތީން ތަންފީޒުކުރުން.
(އ) ކައުންސިލުގެ މަސައްކަތްތައް ތަރައްގީކޮށް ހިދުމަތްތަކުގެ ފެންވަރު މަތިކޮށް ހަރުދަނާކުރުމަށް ގެންނަންޖެހޭ ބަދަލުތަކާ ގުޅޭ ފަންނީ ދިރާސާތައް ކޮށް، އޭގެ އަލީގައި ކައުންސިލުގެ ހިދުމަތްތަކާއި މަސައްކަތްތައް ތަރައްގީކުރުމަށް ކައުންސިލުގެ ރައީސަށް ލަފާދިނުން.
(ވ) ގާނޫނު ނަންބަރު 2006-03 (ދައުލަތުގެ މާލިއްޔަތުގެ ގާނޫނު) ގެ ބޭނުމަށް، ކައުންސިލުގެ ރައީސްގެ ލަފާގެ މަތީން، ކައުންސިލުގެ މާލީ ޒިންމާދާރު ވެރިޔާގެ މަސްއޫލިއްޔަތު އަދާކުރުން.
(މ) ކައުންސިލުގެ ޖަލްސާތަކުގެ އިދާރީ ކަންކަން ބެލެހެއްޓުމަށް ޓަކައި ކައުންސިލުގެ އެންމެ އިސް އިދާރީ މުވައްޒަފުގެ ހައިސިއްޔަތުން ބައިވެރިވުން.
(ފ) ކައުންސިލުގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީއަށް ކައުންސިލުން ފޯރުކޮށްދޭންޖެހޭ ވަސީލަތްތަކާއި އެހީތެރިކަމާއި ލަފަޔާއި މަށްވަރާ ފޯރުކޮށްދެވޭކަން ކަށަވަރުކުރުން.
(ދ) ކައުންސިލުގެ އެންމެ އިސް އިދާރީ މުވައްޒަފުގެ ހައިސިއްޔަތުން ސިވިލް ސަރވިސް ކޮމިށަނުން ހަވާލުކުރާ މަސައްކަތްތައް ކުރުން.
(ތ) ކައުންސިލުގެ މަސައްކަތާ ގުޅޭގޮތުން ކައުންސިލުގެ ރައީސް ނުވަތަ ނައިބު ރައީސް އަންގާ އެހެނިހެން ކަންތައްތައް ކުރުން.މީޑިއާއަށް މައުލޫމާތު ދިނުން. 48 ކައުންސިލުން ކުރާ މަސައްކަތްތަކާ ގުޅޭގޮތުން މީޑިއާއަށް މައުލޫމާތު ދޭނީ ކައުންސިލުގެ ނިންމުމެއްގެ މައްޗަށް ބިނާކޮށް، ކައުންސިލުގެ ރައީސް ނުވަތަ ނައިބު ރައީސް ނުވަތަ އެ މަސައްކަތާ ހަވާލުވެތިބި އިސް މުވައްޒަފުންގެ ތެރެއިން ކައުންސިލުން ކަނޑައަޅާ މުވައްޒަފުން ނުވަތަ މުވައްޒަފެކެވެ.
ފަސްވަނަ ބާބު
އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީއާ އޮންނަ ގުޅުން
49 ވަނަ މާއްދާ - ކައުންސިލުން އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީއަށް އެހީތެރިކަން ފޯރުކޮށްދިނުން
ކައުންސިލުން، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއަށް އެހީތެރިވުމުގެ ގޮތުން އަންނަނިވި ކަންކަން ކުރަންވާނެއެވެ.
(ހ) އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއަށް މަސައްކަތްކުރެވޭނެ ވެށްޓެއް ގާއިމުކޮށްދިނުން.
(ށ) ރަށުގެ ތަރައްގީގެ ޕްލޭނާއި، ފައިނޭންށަލް ޕްލޭނާއި، މަސައްކަތު ތާވަލާއި، ލޭންޑް ޔޫޒް ޕްލޭން އެކުލަވައިލުމާއި ތަންފީޒުކުރުމުގައި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައިވެރިވުމާއި ލަފަޔާއި މަށްވަރާ ހޯދުން.
(ނ) އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މަސައްކަތް ހިނގާނުހިނގާ ގޮތް ބަލައި، ކޮމެޓީގެ ހަރަކާތްތަކާއި މަސައްކަތްތައް ރަނގަޅުކޮށް ހަރުދަނާކުރުމުގައި ލަފަޔާއި މަށްވަރާ ދިނުން.
(ރ) މަދުވެގެން މަހަކު 1 (އެކެއް) ފަހަރު، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީއާ ބައްދަލުކުރުން. އަދި ކައުންސިލާ އިތުރަށް ބައްދަލުކުރަން، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީން އެދިއްޖެ ނަމަ، އެ ކޮމެޓީއާ ބައްދަލުކުރުން.
(ބ) އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ހަރަކާތްތަކާއި މަސައްކަތްތައް ވިލަރެސްކުރުން.
(ޅ) ކައުންސިލުތަކުން އާންމުކޮށް ހާމަކުރާ ރިޕޯޓުތަކާއި މައުލޫމާތު ދިނުމުގައި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައިވެރިވުން ހޯދުން.
(ކ) އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީން ހިންގުމަށް ކަނޑައަޅާ ހަރަކާތްތައް ރަށުގެ ތަރައްގީގެ ޕްލޭނުގައި ހިމެނުމާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މަސައްކަތު ތާވަލާއި ބަޖެޓު އެކުލަވައިލުމުގައި ކޮމިޓީއަށް އެހީތެރިކަން ފޯރުކޮށްދިނުން.
(އ) އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއަށް ބޭނުންވާ އިދާރީ ގާބިލުކަމާއި ފަންނީ ގާބިލުކަން އިތުރުކުރުމަށް ޓަކައި ދޭންޖެހޭ ތަމްރީނުތަކާއި އެހެނިހެން ވަސީލަތްތައް ފޯރުކޮށްދިނުން.
(ވ) އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ ހަރަކާތްތަކާއި މަސައްކަތްތަކަށް ބޭނުންވާ އެންމެހައި އިދާރީ އެހީތެރިކަން ފޯރުކޮށްދިނުން.
(މ) އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ މަސްއޫލިއްޔަތުގެ ދާއިރާއިން ކައުންސިލުގެ އެހީތެރިކަމަށް ކޮމެޓީން އެދިއްޖެ ނަމަ، ކޮމެޓީއަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުން.
ހަވަނަ ބާބު
ސަރުކާރާއި ކައުންސިލާ އޮންނަ ގުޅުން
50 ވަނަ މާއްދާ - ގައުމީ އިދާރާއާ އޮންނަ ގުޅުން
ގާނޫނު ނަންބަރު 2010-07 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު) ބަޔާންކުރާ ގޮތުގެ މަތީން، މުއައްސަސާތަކުން އިދާރީ ދާއިރާތަކުގައި އަދާކުރަންޖެހޭ ވާޖިބުތައް އަދާކުރުމަށް ޓަކައި ހިންގާ ހަރަކާތްތަކުގައި އެ މުއައްސަސާއަކުން ބޭނުންވާ އެއްބާރުލުމެއް ކައުންސިލުން ދޭންވާނެއެވެ.
ހަތްވަނަ ބާބު
އެހެނިހެން ކަންކަން
51 ވަނަ މާއްދާ - ގަވާއިދަށް އިސްލާހު ގެނައުން
(ހ) މި ގަވާއިދަށް ނުވަތަ ގަވާއިދުގެ އެއްވެސް މާއްދާއަކަށް އިސްލާހެއް ނުވަތަ ބަދަލެއް ގެނެވޭނީ، އެ އިސްލާހެއް ނުވަތަ ބަދަލެއް ގެނައުމަށް، ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ލަފާ ހޯދުމަށްފަހު، ގަވާއިދަށް އެ އިސްލާހެއް ނުވަތަ ބަދަލެއް ގެނައުމަށް ކައުންސިލުގެ ބައްދަލުވުގައި ފާސްކޮށް ދިވެހި ސަރުކާރުގެ ގެޒެޓުގައި ށާއިއުކުރުމުންނެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން މި ގަވާއިދަށް ގެންނަ އިސްލާހުތައް، ކައުންސިލުގެ އިދާރާގެ ނޯޓިސްބޯޑާއި، ކައުންސިލުގެ ރަސްމީ ވެބްސައިޓާއި، ކައުންސިލުގެ ރަސްމީ ސޯށަލް މީޑިއާ ޕްލެޓްފޯމުތަކުގައި އާންމުކުރަން ވާނެއެވެ.
52 ވަނަ މާއްދާ - ގަވާއިދުގައި ނެތްކަމެއް ދިމާވުން
މި ގަވާއިދުގައި ހިމެނިފައި ނުވާ ކަމެއް ދިމާވެއްޖެ ނަމަ، އެ ކަމެއްގައި އަމަލުކުރާނެ ގޮތެއް ނިންމާނީ، ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ލަފާގެ މަތީން ކައުންސިލުގެ ޖުމުލަ މެންބަރުންގެ އަގުލަބިއްޔަތުންނެވެ.
53 ވަނަ މާއްދާ - އިޖުރާއީ ގަވާއިދާ ފުށުއެރުން
މި ގަވާއިދުގައި ބަޔާންކޮށްފައިވާ އެއްވެސް މާއްދާއެއް، ގަވާއިދު ނަންބަރު 2014-19 (ލޯކަލް ކައުންސިލުތަކުގެ އާންމު އިޖުރާއީ ގަވާއިދު) އާ ފުށުއަރައިފި ނަމަ އިސްކަންދޭންވާނީ، ލޯކަލް ކައުންސިލުތަކުގެ އާންމު އިޖުރާއީ ގަވާއިދަށެވެ.
54 ވަނަ މާއްދާ - މާނަކުރުން
މި ގަވާއިދުގައި އިބާރާތެއް ނުވަތަ ލަފުޒެއް ބޭނުންކޮށްފައިވާ ގޮތުން ކަނޑައެޅިގެން އެހެން މާނައެއް ދޭހަނުވާހައި ހިނދަކު، އަންނަނިވި އިބާރާތްތަކާއި ލަފުޒުތަކަށް ދީފައި އެވަނީ، އެ އިބާރާތްތަކާއި ލަފުޒުތަކާ ގުޅިގެން، ތިރީގައިވާ އަކުރުތަކުގައި ދީފައިވާ މާނަކުރުމެވެ. އަދި މި ގަވާއިދުގައި މުފްރަދު މާނަ ދޭހަވާގޮތަށް ބޭނުންކޮށްފައިވާ މާނައިގައި ޖަމްއުކޮށް ބޭނުންކުރާ މާނަ ވެސް ހިމެނިގެންވެއެވެ.
(ހ) "ކައުންސިލް" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2010-07 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު) ގެ ދަށުން އިންތިހާބުކޮށްފައިވ،ާ ހައްދުންމަތީ މާމެންދޫ ކައުންސިލަށެވެ.
(ށ) "ކައުންސިލަރުން" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2010-07 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު) ގެ ދަށުން އިންތިހާބުކޮށްފައިވ،ާ ހައްދުންމަތީ މާމެންދޫ ކައުންސިލުގެ މެންބަރުންނަށެވެ.
(ނ) "ސެކްރެޓަރީ ޖެނެރަލް" ކަމަށް ބުނެފައި އެވަނީ، ކައުންސިލުގެ އިދާރާގެ އެންމެ އިސް އިދާރީ މުވައްޒަފުކަމަށް ސިވިލް ސަރވިސް ކޮމިށަނުން ކަނޑައަޅާ ފަރާތަށް ނުވަތަ އެ މަގާމުގެ މަސްއޫލިއްޔަތާ ވަގު ތީގޮތުން ހަވާލުވެހުރި މުވައްޒަފަށެވެ.
(ރ) "ގައުމީ އިދާރާ" ކަމަށް ބުނެފައި އެވަނީ، ސަރުކާރުގެ މިނިސްޓްރީތަކާއި އޮފީސްތަކާއި މި ތަންތަނުގެ ސީދާ ބެލުމުގެ ދަށުން ހިންގާ އިދާރާތަކާއި ގާނޫނުއަސާސީގެ ދަށުން އުފައްދައި ހިންގަމުންގެންދާ ދައުލަތުގެ މިނިވަން މުސްތަގިއްލު މުއައްސަސާތަކަށެވެ.
55 ވަނަ މާއްދާ - ގަވާއިދު ފާސްކުރި ތާރީހު
މި ގަވާއިދު ފާސްކޮށްފައިވަނީ، 15 އޮގަސްޓު 2024 ގައި ބޭއްވި، މިލަދުންމަޑުލު އުތުރުބުރީ ނޫމަރާ ކައުންސިލުގެ 4 ވަނަ ދައުރުގެ 139 ވަނަ ބައްދަލުވުމުގައެވެ.
56 ވަނަ މާއްދާ - ގަވާއިދަށް އަމަލުކުރަން ފެށުން
މި ގަވާއިދަށް އަމަލުކުރަން ފަށާނީ، މިލަދުންމަޑުލު އުތުރުބުރީ ނޫމަރާ ކައުންސިލުން މި ގަވާއިދު ފާސްކޮށް، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ތާރީހުން ފެށިގެންނެވެ.
މައި ގާނޫނު
އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު (ގާނޫނު ނަންބަރު 2010-07)
ކިޔުންތެރިންގެ ހިޔާލު