-

މަގު ކޮނުމާއ،ި މަގުގައި އެއްޗެތި ވަޅުލުމާބެހޭ ގަވާއިދު - ހދ. ކުޅުދުއްފުށި

(ގަވާއިދު ނަންބަރު 2024-75)

(މި ގަވާއިދަށް އަމަލުކުރަން ފެށީ 28 އޮގަސްޓް 2024 ގައި)

(މި ގަވާއިދުގެ 12 ވަނަ މާއްދާއިން ވަނީ ގަވާއިދު ނަންބަރު 2014-181 އުވާލެވިފައި)

 

1 ވަނަ މާއްދާ - ތައާރުފާއި ނަން

(ހ) މިއ،ީ ގާނޫނު ނަންބަރު 2010-07 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު) ގެ 148 ވަނަ މާއްދާއިން ކުޅުދުއްފުށީ ސިޓީ ކައުންސިލަށް ލިބިދޭ ބާރުގެ ދަށުން، ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ މަށްވަރާޔާއެކު އެ މާއްދާގެ (ލ) ގެ ދަށުން ކައުންސިލުން އެކުލަވައިލައިފައިވާ، ކުޅުދުއްފުށީގެ މަގުތައް ކޮނުމާއި މަގުތަކުގައި އެއްޗެތި ވަޅުލުމާބެހޭ ގަވާއިދެވެ.

(ށ) މި ގަވާއިދަށް ކިޔާނީ، "މަގު ކޮނުމާއި، މަގުގައި އެއްޗެތި ވަޅުލުމާބެހޭ ގަވާއިދު - ހދ. ކުޅުދުއްފުށި" އެވެ.

 

2 ވަނަ މާއްދާ - މަގުސަދު

މި ގަވާއިދުގެ މަގުސަދުތައް، ތިރީގައި މިވަނީއެވެ.

(ހ) މަގު ކޮނުމުގެ މަސައްކަތް ކުރުމުގައި ދިމާވެދާނެ ނުރައްކާތެރި ހާދިސާތަކުން އާންމު އެންމެހައި ފަރާތްތަކަށް ސަލާމަތްތެރިކަން ހޯދައިދިނުން.

(ށ) މަގުތަކާ ގުޅޭ އެންމެހައި އިންތިޒާމުތައް ތަރުތީބުކޮށް، މަގު ބޭނުންކުރާ ފަރާތްތަކަށް ދަތިނުވާނޭހެން ބެލެހެއްޓުން.

 

3 ވަނަ މާއްދާ - ކުރީގައި ހިނގައިފައިވާ ކަންކަމަށް މި ގަވާއިދު ހިންގުން 

މަގު ކޮނުމުގެ މަސައްކަތް ކުރުމުގައި، ބިމުގައި ވަޅުލައިފައިވާ، ފެނާއި ނަރުދަމާ ހޮޅިއާއި، ކަރަންޓާއި، ޓެލެފޯނާއި، ޓީވީ ކޭބަލް ފަދަ ވަސީލަތްތަކަށް ލިބޭ ގެއްލުން ކުޑަކުރުމާއެކު، މަގު ކޮނުމުގެ މަސައްކަތްކުރާ ފަރާތްތައް ޒިންމާދާރުކުރުވުން.

 

4 ވަނަ މާއްދާ - މަގު ކޮންނަން ހުއްދަ ހޯދުން 

މި ގަވާއިދަށް އަމަލުކުރަން ފެށުމުގެ ކުރިން ހިނގައިފައިވާ ނުވަތަ ކޮށްފައިވާ ކަމެއްގެ މައްޗަކަށް މި ގަވާއިދެއް ނުހިނގާނެއެވެ. ނަމަވެސް މި ގަވާއިދަށް އަމަލުކުރަން ފެށުމަށްފަހު، މި ގަވާއިދުގައި ވަކިކަމެއް ލާޒިމުކޮށްފައިވާ ނަމަ، އެ ކަމެއް މި ގަވާއިދުގެ ދަށުން ހިނގާނެއެވެ.

(ހ) އެއްވެސް ބޭނުމަކަށް ޓަކައި ކުޅުދުއްފުށީގައި މަގު ކޮނުމުގެ އެއްވެސް މަސައްކަތެއް ކުރަންވާނީ، ކުޅުދުއްފުށީ ސިޓީ ކައުންސިލުން ހޯދަންޖެހޭ ހުއްދައަށް އެދ،ި މި ގަވާއިދުގެ ޖަދުވަލު 1 ގައިވާ ފޯމު ހުށަހަޅައި ހުއްދަހޯދުމަށްފަހުގައެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ހުއްދަ ދޫކުރެވޭނީ، އަސާސީ ހިދުމަތްތަކަށާއި ސިނާއީ މަސައްކަތް ކުރާ ފަރާތްތަކަށް އެ މަސައްކަތް ކުރުމަށް ބޭނުންވާ ކޭބަލް ވަޅުލުމަށް ނުވަތަ ހޮޅި ވަޅުލުމަށެވެ.

(ނ) މަގު ކޮނުމުގެ ހުއްދައަށް އެދެންވާނީ، މަގުގައި ތަކެތި ވަޅުލައިގެން ހިދުމަތް ފޯރުކޮށްދޭ ފަރާތުންނެވެ. މި މާއްދާގެ މަގުސަދަށް ޓަކައި ހިދުމަތް ފޯރުކޮށްދ ފަރާތަކީ މަގު ކޮނުމުގެ މަސައްކަތް އައުޓުސޯސްކުރެވިފައިވާ ފަރާތް ކަމުގައި ވެގެން ނުވާނެއެވެ.

(ރ) މަގު ކޮނުމުގެ މަސައްކަތަށް ހުއްދަ ދެވޭނީ، ހެނދުނު 6:30 އިން ފެށިގެން އިރުއޮއްސި 6:00 އާ ދެމެދުގައި މަސައްކަތް ކުރިޔަށްގެންދިއުމަށެވެ. ނަމަވެސް، ކަރަންޓާއި ފެން ފަދަ އަސާސީ ހިދުމަތެއް މެދުކެނޑިއްޖެ ހާލަތެއްގައި އެ ހިދުމަތެއް ދިނުމަށް ޓަކައި، މި މާއްދާގައި ބަޔާންކޮށްފައިވާ ވަގުތުތައް ފިޔަވައި އެހެން ވަގުތުތަކުގައި ވެސް މަސައްކަތްކުރުމަށް ހުއްދަ ދިނުމުގެ އިހްތިޔާރު، ކުޅުދުއްފުށީ ސިޓީ ކައުންސިލަށް ލިބިގެންވެއެވެ.

(ބ) މި ގަވާއިދުގެ ދަށުން މަގު ކޮނުމުގެ ހުއްދަ ދޫކުރެވޭނީ، 7 (ހަތެއް) ދުވަހުގެ ތެރޭގައި މަސައްކަތްކޮށް ނިންމާ ގޮތަށެވެ.

(ޅ) މި މާއްދާގެ (ބ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ނެޓްވާރކް އަޕްގްރ ޑްކުރުމާއި، މަގުހެދުމާއި، ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ އަސާސީ އެހެނިހެން ހިދުމަތެއް ދިނުމާ ގުޅޭ މަސައްކަތަކަށް، އެ މަސައްކަތެއްގެ ކުޑަބޮޑުމިނަށް ބަލައި 7 (ހަތެއް) ދުވަހަށްވުރެ ދިގު މުއްދަތެއް ކަނޑައެޅުމުގެ އިހްތިޔާރު ކައުންސިލަށް ލިބިގެންވެއެވެ.

(ކ) މަގު ކޮނުމުގެ ހުއްދަ ދޫކޮށްފައިވާ ފަރާތަކަށް ދޫކޮށްފައިވާ ހުއްދައިގެ މުއްދަތު ހަމަވެއްޖެ ނަމަ، މަސައްކަތް ކުރިޔަށް ގެންދެވޭނީ އަލުން ހުއްދަ ހޯދައިގެންނެވެ. ދޫކޮށްފައިވާ ހުއްދައިގެ މުއްދަތު ހަމަވުމަށްފަހު، ހުއްދަ އައުނުކޮށް މަސައްކަތްކުރާ ނަމަ،މި ގަވާއިދުގެ 8 ވަނަ މާއްދާގެ (ށ) ގެ ދަށުން އެ ފަރާތް ޖޫރިމަނާ ކުރެވޭނެއެވެ.

(އ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ހުއްދައިގެ ދަށުން މަގު ކޮނުމުގެ މަސައްކަތް ކުރަންވާނީ، މި ގަވާއިދުގެ 5 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކުޅުދުއްފުށީ ސިޓީ ކައުންސިލުން ދޫކޮށްފައިވާ "މަގު ކޮނުމުގެ ލައިސަންސް" އޮންނަ ފަރާތްތަކާ ހަވާލުކޮށްގެން އެ ލައިސަންސް ދޫކުރެވޭ މުއްދަތުގެ ތެރޭގައެވެ.

(ވ) މި މާއްދާގެ (ހ) އާއި (ށ) އާއި (އ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، މަގުހެދުން ފަދަ ސަރުކާރުގެ ޕްރޮޖެކްޓްތައް ކުރިޔަށް ގެންދިއުމުގެ ތެރޭގައި ލިބޭ ގެއްލުން ކުޑަކުރުމުގެ ގޮތުން، މަގުގައި ހޮޅިއާއި ކޭބަލް ވަޅުލައިފައިވާ ފަރާތްތަކާއި ކުޅުދުއްފުށީ ސިޓީ ކައުންސިލާއެކު ވެވ އެއްބަސްވުމެއްގެ ދަށުން ލައިސަންސެއް ނުވަތަ ހުއްދައެއް ނެގުމެއް ނެތި އެފަދަ ޕްރޮޖެކްޓުތައް ކުރިޔަށް ގެންދެވިދާނެއެވެ.

(މ) މި ގަވާއިދުގެ ދަށުން މަގު ކޮނުމުގެ ހުއްދަ ލިބުނު ނަމަވެސް، މަގެއް ކޮނުމަށް ޓަކައި މަގެއް ބަންދުކުރަންޖެހޭ ނަމަ، އެ މަގެއް ކޮންނަންވާނީ، ގަވާއިދު ނަންބަރު 2024-69 (ވަގުތީގޮތުން މަގު ބަންދުކުރުމާބެހޭ ގަވާއިދު – ހދ.ކުޅުދުއްފުށި) ގައިވާ ގޮތުގެ މަތީން މަގު ބަންދުކުރުމުގެ ހުއްދަ ހޯދުމަށްފަހު، އެ މަގެއް ވަގުތީގޮތުން ބަންދުކުރާ ބޯޑު ނުވަތަ ބެރިކޭޑް ބަހައްޓައިގެންނެވެ.

 

5 ވަނަ މާއްދާ - މަގު ކޮނުމުގެ ލައިސަންސް

(ހ) މަގު ކޮނުމުގެ ލައިސަންސް ދޫކުރެވޭނީ، ގަވާއިދު ނަންބަރު 2019-1019 (އިމާރާތް ކުރުމުގެ އަމަލީ މަސައްކަތްކުރާ ފަރާތްތަކުގެ ގަވާއިދު) ގެ ދަށުން ރަޖިސްޓަރީވެފައިވާ ފަރާތްތަކުން، ކުޅުދުއްފުށީ ސިޓީ ކައުންސިލަށް އެކަމަށް އެދ ފޯމުން ހުށަހެޅުމުން، 1 (އެކެއް) އަހަރުދުވަހުގެ މުއްދަތަށެވެ.

(ށ) މަގު ކޮނުމުގެ ލައިސަންސް ދިނުމުގައި ތިރީގައިވާ ގޮތުގެ މަތީން އަމަލުކުރަންވާނެއެވެ.

  1. މަގު ކޮނުމުގެ ލައިސަންސަށް އެދޭނީ، ކައުންސިލުން އެކަމަށް ކަނޑައަޅާ ފޯމެއްމެދުވެރިކޮށެވެ. މި މާއްދާގައި ބަޔާންކޮށްފައިވާ ފޯމު، ކައުންސިލުގެ ވެބްސައިޓުން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. އަދި މި ފޯމު، ކައުންޓަރުން ވެސް ލިބެން ހުންނާނެއެވެ. މި ފޯމު، މި ގަވާއިދުގެ ޖަދުވަލު 1 ގައި ހިމަނައިފައިވާނެއެވެ.
  2. ދޫކުރާ، މަގުކޮނުމުގެ ކޮންމެ ލައިސަންސަކަށް 2,000 (ދެހާސް) ރުފިޔާގެ ފީއެއް ނެގ ނެއެވެ.
  3. މަގު ކޮނުމުގެ ލައިސަންސަށް އެދ ފަރާތްތަކަށް، ލައިސަންސާއެކު، ކުޅުދުއްފުށީ ސިޓީ ކައުންސިލުން ދޫކުރާ މަގު ކޮނުމުގެ މަސައްކަތް ކުރިޔަށްދާކަން އަންގައިދޭ ބޯޑު، 1 (އެކެއް) އަހަރުދުވަހުގެ މުއްދަތަށް ދޫކުރެވޭނެއެވެ. މިގޮތަށް ދޫކުރެވޭ ބޯޑުތައް، މަގުކޮނުމުގެ މަސައްކަތް ފިޔަވައި އެހެން މަސައްކަތްތަކަށް ބޭނުންކުރުމަކީ މަނާކަމެކެވެ.
  4. މި މާއްދާގެ (ށ) ގެ (3) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ބޯޑަށް ގެއްލުމެއްނުލިބޭނެ ފަދަ ގޮތަކަށް ބޯޑު ދޫކުރެވުނު ފަރާތުން ރައްކައުތެރިކަމާއެކު ބަލަހައްޓަންވާނެއެވެ. އަދި އެ ބޯޑަށް ގެއްލުމެއް ލިބިއްޖެ ނަމަ، މަގު ކޮނުމުގެލައިސަންސް ލިބިފައިވާ ފަރާތުން އެކަމުގެ ޒިންމާ އުފުލަންވާނެއެވެ.
  5. މި މާއްދާގެ (ށ) ގެ (3) ވަނަ ނަންބަރުގައިވާ ބޯޑު، ލައިސަންސްގެ މުއްދަތު ހަމަވާތ،ާ މަސައްކަތު 5 (ފަހެއް) ދުވަހުގެ ތެރޭގައި އަނބުރާ ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ އިދާރާއާ ހަވާލުކުރަންވާނެއެވެ. ބޯޑު އަނބުރާ ހަވާލުކުރާއިރު ހުންނަންވާނީ، ބޯޑު ދޫކުރިއިރު ހުރި ފެންވަރުގައެވެ. ބޯޑު ހަވާލުކުރާއިރު ބޯޑަށް ގެއްލުމެއް ވެފައި ހުރެއްޖެ ނަމަ، ނުވަތަ ކައުންސިލުން ދޫކުރިއިރު ހުރި ފެންވަރަށްވުރެ ދަށް ފެންވަރެއްގައި ހުރެއްޖެ ނަމަ، މި ގަވާއިދުގެ 8 ވަނަ މާއްދާގެ

(ނ) ގެ ދަށުން ޖޫރިމަނާކުރުމާއެކު، ބޯޑު މަރާމާތުކުރުމުގެ ހަރަދު ހޯދުމުގެ އިހްތިޔާރު، ކައުންސިލަށް ލިބިގެންވެއެވެ. މަގު ކޮނުމުގެ ލައިސަންސްގެ މުއްދަތު ހަމަވުމުގެ ކުރިން މަސައްކަތް ކުރިޔަށް ގެންދަން ބޭނުންވާ ފަރާތްތަކުން އެކަމަށް އެދި ހުށަހަޅާ ލައިސަންސް އައުކުރަންވާނެއެވެ.

(ރ) މަގު ކޮންނަ ފަރާތްތަކުން މި ގަވާއިދަށް އަމަލު ކުރަމުން ނުދާ ނަމަ، ކަމުގެ ކުޑަބޮޑުމިނަށް ބަލައި، މަގު ކޮނުމުގެ ލައިސަންސް ބާތިލުކުރުމުގެ އިހްތިޔާރު ނުވަތަ މި ގަވާއިދުގެ 8 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުގެ މަތީން ޖޫރިމަނާ ކުރުމުގެ އިހްތިޔާރު، ކުޅުދުއްފުށީ ސިޓީ ކައުންސިލަށް ލިބިގެންވެއެވެ.

(ބ) މި މާއްދާގެ (ރ) ގައިވާ ގޮތުގެ މަތީން މަގު ކޮނުމުގެ ލައިސަންސް ބާތިލުކޮށްފި ނަމަ، އެ ފަރާތަށް އަލުން ލައިސަންސް ދޫކުރެވޭނީ، 6 )ހައެއް( މަސްދުވަހުގެ މުއްދަތަކަށް ފަހުގައެވެ.

 

6 ވަނަ މާއްދާ - ހުއްދައަށް އެދޭ ފަރާތު ގެ ޒިންމާ 

(ހ) މަގު ކޮނުމަށް ދޫކުރާ ހުއްދައިގެ ދަށުން މަގު ކޮނުމުގެ މަސައްކަތުގެ ތެރޭގައި އެއްވެސް ފަރާތަކަށް ނުވަތަ ތަނަކަށް ނުވަތަ ވަސީލަތަކަށް ލިބޭ ގެއްލުމެއްގެ ފުރިހަމަ ޒިންމާ، ހުއްދައަށް އެދ ފަރާތުން އުފުލަންވާނެއެވެ.

(ށ) މަގު ކޮނުމުގެ މަސައްކަތް ކުރިޔަށްގެންދާއިރު މަސައްކަތް ފެށުމުގެ ކުރިންނާއި މަސައްކަތް ނިމުމުން އެކަން ލިޔުމުން ކައުންސިލަށް އަންގަންވާނެއެވެ.

(ނ) މަގު ކޮނުމުގެ ކުރިން، މަގުގައި ތަކެތި ވަޅުލައިފައިވާ ފަރާތްތައް ކަމުގައިވާ، ކަރަންޓުގެހިދުމަތްދ ފަރާތާއި، ފެނާއި ނަރުދަމާގެ ހިދުމަތްދ ފަރާތާއި، ކޭބަލް ޓީވީގެ ހިދުމަތްދޭ ފަރާތާއި، އިންޓަނެޓުގެ ހިދުމަތްދ ފަރާތާއި، އެފަދަ އެހެނިހެން ހިދުމަތް ފޯރުކޮށްދޭ ތަންތަނަށް، މަގުން ކޮންނަ ސަރަހައްދާއި ކޮންނަ ބޭނުން ދުރާލައި ލިޔުމުން އަންގައި، އެ ފަރާތްތަކުން އަންގާ ގޮތެއްގެ މަތީން ރައްކައުތެރިކަމުގެ ފިޔަވަޅު އަޅަންވާނެއެވެ.

(ރ) މަގުކޮނުމުގެ މަސައްކަތް ކުރުމުގައި ބިމުން ފެން ނަގަންޖެހޭ ފަދަ ހާލަތެއް މެދުވެރިވެއްޖެ ނަމަ، ގަވާއިދު ނަންބަރު 2021-20 (އިމާރާތް ކުރުމަށާއި ސިނާއީ އެހެނިހެން މަށްރޫއުތަކަށް ބިމުން ފެން ނަގައި، އެ ފެން ބޭރުކުރުމުގެ ގަވާއިދު) ގައިވާ ގޮތުގެ މަތީން ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީއަށް ނުވަތަ އެކަމާ ގުޅޭ ސަރުކާރުގެ އިދާރާތަކަށް ހުށަހަޅައިގެން އެކަމަށް ހުއްދަ ހޯދަންވާނެއެވެ.

(ބ) މަގު ކޮނުމުގެ މަސައްކަތ،ް ހަވީރު 6:00 ގެ ކުރިން ނުނިމިއްޖެ ނަމަ، ކައުންސިލަށް އެކަން އަންގަންވާނެއެވެ. އަދި ފަސްނުލައި އޮތް ބައިގެ ވަށައިގެން 3 (ތިނެއް) ފޫޓުގެ އުސްމިނުގައި ކޮށްޓެއް ހަދައި، އެ ކޮށި ވަށައިގެން އިންޑިކޭޓިންގ ޓެޕް ދަމައި، ވޯރނިންގ ލައިޓް ބަހައްޓައި، ރައްކައުތެރިކަމުގެ ފިޔަވަޅު އަޅަންވާނެއެވެ.

(ޅ) މަގު ކޮންނަމުންދާއިރު، ދުއްވާ ތަކެއްޗަށާއި މަގުން ހިނގާ މީހުންނަށް ފެންނާނޭ ހެން، މަސައްކަތް ކުރާކަން އަންގައިދ ބޯޑު ބަހައްޓަންވާނެއެވެ.

(ކ) ކޮންނަ މަގަކީ ނުވަތަ ގޯޅިއަކީ 15 (ފަނަރަ) ފޫޓަށްވުރެ ފުޅާ މަގެއް ނުވަތަ ގޯޅިއެއްކަމުގައިވާ ނަމަ، އަދި ކޮންނަން ޖެހިފައިވަނީ މަގުގެ ނުވަތަ ގޯޅީގެ ހުރަހަށް ކަމުގައިވާ ނަމަ، މަގުގެ ނުވަތަ ގޯޅީގެ ފުޅާމިނުގެ ދެބައިކުޅައެއްބައި ކޮނުމަށްފަހު، ކޮނުނު ބައިގައި ކުރަންޖެހޭ މަސައްކަތް ކޮށް، އެ ބަޔަށް ފަސްއަޅައި ފޮރުވުމަށްފަހުގައި ނޫނީ، އެ މަގުގެ ނުވަތަ ގޯޅީގެ އަނެއް ބައި ކޮނެގެން ނުވާނެއެވެ.

(އ) އާންމުގޮތެއްގައި މީހުން ވަދެ ނުކުމެހަދާ ތަނެއްގެ ދޮރުމަތި ކޮންނަ ނަމަ ކޮންނަންވާނީ، އެ ތަނަކަށް ވަދެ ނުކުތުމަށް ދަތިނުވާނޭހެން ރައްކައުތެރިކަމުގެ ފިޔަވަޅުތައް އަޅައިގެންނެވެ. އެގޮތުން އެފަދަ ތަނަކަށް ވަނުމަށް ޓަކައި ކޮންނަ ކޯރު ހުރަސްކޮށް ގެއަށް ނުވަތަ އިމާރާތަށް ވަދެ ނުކުމެވޭ ގޮތަށް ލަކުޑިން ނުވަތަ ދަގަނޑު ށީޓުން ނުވަތަ މިނޫންވެސް ބާވަތެއް ބޭނުންކޮށްގެން ހަދައިފައިވާ، ހަނިވެގެން 2 (ދޭއް) ފޫޓު ފުޅާމިނުގެ ފާލަމެއް ބާއްވައިދޭން ވާނެއެވެ.

(ވ) މަގު ކޮނުމުގެ މަސައްކަތް ކުރިޔަށްދާއިރު، މަސައްކަތް ހިނގާ ގޮތް ބެލުމަށާއި، ޖަވާބުދާރީވާންޖެހޭ ކަންކަމުގައި ޖަވާބުދާރީވުމަށް ޓަކައި، މަސައްކަތްކުރާ ތަން ސުޕަވައިޒްކުރާނެ ދިވެއްސެއް، މަސައްކަތްކުރާ ހުރިހާ ވަގުތެއްގައި ވެސް އެ ތަނުގައިހުންނަންވާނެއެވެ.

(މ) ގައު އަތުރައިގެން ރަނގަޅު ފެންވަރަކަށް ހަދައިފައިވާ މަގެއް ނަމަ، އެ މަގެއްގެ ދުވާރުމަތިންނާއި މަގުމަތިން ގައުތައް ނަގަންވާނީ، ގައުތަކަށް ގެއްލުން ނުލިބޭނެ ފަދަ އެއްޗެއް ބޭނުންކޮށްގެންނެވެ. އަދި ގައު ނެގުމުގައި ގަލަކަށް ގެއްލުމެއް ލިބިއްޖެ ނަމަ،ލިބުނު ގެއްލުމުގެ ޒިންމާ، ހުއްދައަށް އެދ ފަރާތުން އުފުލައި، އަތުރައިފައިވާ ގަލާ އެއްފެންވަރެއްގެ ގަލަކަށް އެ ގައު ބަދަލުކުރަންވާނެއެވެ.

(ފ) މި މާއްދާގެ (މ) ގައި ބަޔާންކޮށްފައިވާ ފަދަ މަގެއްގައި ނުވަތަ ދުވާރުމަތީގައިކުރިޔަށްގެންދިޔަ މަގު ކޮނުމުގެ މަސައްކަތް ނިންމުމަށްފަހު، މަގުމަތިންނާއި ދުވާރުމަތިން ނެގި ގައުތައް އަލުން އަތުރާއިރު، ބިންތެޅިން ބިންހަރުކުރުމަށްފަހު، އިންޗިއެއްހައި ބޯމިނަށް ދޮންވެލި ފަތުރަންވާނެއެވެ. އަދި އެއަށްފަހު އެ ވެލިގަނޑު މަތީގައި ގައުތައް އަތުރާއިރު،ގައުތަކުގެ މައްޗަށް ދޮންވެލި އަޅައި، ގައުތަކުގެ ދޭތެރެ ފުރައިލަންވާނެއެވެ.

(ދ) ރަނގަޅު ފެންވަރަށް ހަދައިފައިވާ މަގުތަކުގެ ތެރެއިން ތާރު އަޅައިގެން ނުވަތަ ސިމެންތިއަޅައިގެން ހަދައިފައިވާ މަގެއް ކޮންނަން ޖެހިއްޖެ ނަމަ، އެ ތަނުން ތާރު ނުވަތަ ސިމެންތިކަނޑައި ނެގުމުގައްޔާއި މަސައްކަތް ނިމުމުން އެ ތަނެއް ކުރިން ހުރި ފެންވަރަށް ހެދުމުގައި އަމަލުކުރާނީ ކައުންސިލުން އަންގާ ގޮތެއްގެ މަތީންނެވެ. އަދި އެ މަސައްކަތް ކުރަން ފަށާ ދުވަހުން ފެށިގެން 7 (ހަތެއް) ދުވަހުގެ ތެރޭގައި ތާރު ނުވަތަ ސިމެންތި ކެނޑިތަން ހަދައިމަސައްކަތް ނިންމަންވާނެއެވެ.

(ތ) މަގު ކޮނުމުގެ މަސައްކަތެއް ކުރުމުގައި ނުވަތަ ތަކެތި ވަޅުލުމުގައި ނުވަތަ މަސައްކަތް ނިންމުމަށްފަހު ކުރިންހުރި ފެންވަރަށް އެ ތަނެއް ހެދުމުގައި، އެއްވެސް ފަރާތެއްގެ އެއްޗަކަށް ނުވަތަ މުދަލަކަށް ގެއްލުމެއް ލިބިއްޖެ ނަމަ، އެ ކަމެއްގެ ބަދަލު ކަނޑައަޅާނީ، އެ ގެއްލުން ލިބުނު އެއްޗެއްގެ ވެރިފަރާތާއި މަސައްކަތްކުރުމަށް ހުއްދަ ދީފައިވާ ފަރާތާ ދެފަރާތުން ވާހަކަދައްކައި އެއްބަސްވާ ގޮތެއްގެ މަތީންނެވެ.

(ލ) މަގު ކޮނުމުގެ ތެރޭގައި، ކުރިން ވަޅުލައިފައިވާ ތަކެއްޗަށް ގެއްލުމެއްވެއްޖެކަން އެނގޭ ހިސާބުން، އެ އެއްޗެއްގެ ވެރިފަރާތަށް އެންގުމާއެކު، ގެއްލުންވުމުގެ ކުރިން ހުރި ފެންވަރަށް އެ އެއްޗެއް މަރާމާތު ކޮށްދޭން ވާނެއެވެ. އަދި އެގޮތަށް އެ އެއްޗެއް މަރާމާތުކުރުމަށްފަހު މެނުވީ ކޮނެފައިވާ ތަނަށް ފަސްއަޅައި ފޮރުވައިގެން ނުވާނެއެވެ. މިގޮތަށް އަމަލުނުކޮށްފި ނަމަ، ދިމާވި މައްސަލަ ކައުންސިލުން ހައްލުކޮށް، އެކަމަށް ހޭދަވި ހަރަދު،
މަގު ކޮނުމުގެ ހިދުމަތަށް އެދުނު ފަރާތެއްގެ އަތުން ނެގ ނެއެވެ.

(ގ) މަގު ކޮންނަ ސަރަހައްދުގެ ނެޓްވޯރކްތަކަށް މަގު ކޮންނައިރު ލިބިފައިވާ ގެއްލުން ދެނެގަނެވެނީ ވާރެވެހުން ފަދަ ކަމެއް ދިމާވުމުން ކަމުގައިވާތީ، މިފަދަ މައްސަލައެއް ފާހަގަވެއްޖެ ނަމަ، އެ ސަރަހައްދެއް ކޮނުމަށް އެންމެފަހުން ހުއްދަދެވުނު ފަރާތުން ޒިންމާއުފުލައި، ދިމާވެފައިވާ މައްސަލައެއް ހައްލުކޮށްދޭންވާނެއެވެ. އަދި އެކަށީގެންވާ މުއްދަތެއްގައި މިގޮތަށް އަމަލުނުކޮށްފި ނަމަ، ދިމާވި މައްސަލަ ހައްލުކޮށް، އެކަމަށް ހޭދަވި ހަރަދު، ހުއްދަ ދެވުނު ފަރާތެއްގެ އަތުން، ކައުންސިލުން ހޯދަންވާނެއެވެ.

 

7 ވަނަ މާއްދާ - ހުއްދަ ދޭ ފަރާތުގެ ޒިންމާ 

(ހ) މި ގަވާއިދުގެ 5 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ހުއްދައަށް އެދި ހުށަހެޅުމުން،ރަސްމީ މަސައްކަތު 3 (ތިނެއް) ދުވަހުގެ ތެރޭގައި، ހުއްދައަށް އެދ ފަރާތަށް، ހުއްދަ ދޫކުރަންވާނެއެވެ.

(ށ) މަގު ކޮނުމުގެ މަސައްކަތް ފެށުމުގެ ކުރިންނާއި ނިމުމުން، މި ގަވާއިދުގެ 6 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން އެކަން ކައުންސިލަށް އެންގުމުން، ކައުންސިލުން ކަނޑައަޅާ ފަރާތެއް އެ ސަރަހައްދަށް ގޮސް، ކޮންނަންޖެހޭ ސަރަހައްދު ރަނގަޅަށް އިންސްޕެކްޓް ކުރަންވާނެއެވެ. އަދި ކޮނުމުގެ ފަހުން މައްސަލައެއް ފާހަގަވާ ނަމަ، އެކަން ރަނގަޅުކުރަން، ހުއްދަ ދެވުނު ފަރާތަށް އަންގަންވާނެއެވެ. އަދި މިގޮތަށް ފާހަގަވާ މައްސަލަތައް، ކައުންސިލުން އަންގާ މުއްދަތެއްގެ ތެރޭގައި އިސްލާހުކުރަންވާނެއެވެ. މިގޮތަށް އަމަލުނުކުރާ ފަރާތްތަކާމެދު، މި ގަވާއިދުގެ 5 ވަނަ މާއްދާގެ (ރ) ގައިވާ ގޮތުގެ މަތީން އަމަލުކުރެވޭނެއެވެ. 

(ނ) ހުއްދަ ދޫކޮށްފައިވާ ސަރަހައްދުގައި މަސައްކަތްކުރަނީ، އާންމުންނަށް ފެންނާނޭހެން މަސައްކަތްކުރާކަން އަންގައިދ ބޯޑު ބަހައްޓައިގެންކަން، ހުއްދަދ ފަރާތުން ކަށަވަރުކުރަންވާނެއެވެ.

(ނ) މަގު ކޮނުމުގެ މަސައްކަތް ހަވާލުކުރަނީ ކުޅުދުއްފުށީ ސިޓީ ކައުންސިލުން ދޫކުރާ، މަގު ކޮނުމުގެ ލައިސަންސް އޮތް ފަރާތަކަށްކަން ކައުންސިލުން ޔަގީންކުރަންވާނެއެވެ.

(ރ) މި ގަވާއިދުގެ 6 ވަނަ މާއްދާގެ (ކ) ގައިވާ ފަދައިން މަސައްކަތްކުރެވެން ނެތް ހާލަތެއްގައި، މަސައްކަތްކުރުމުގައި އަމަލީގޮތުން ދަތިކަން ދިމާވެދާނެ ކަމަކަށް ރިއާޔަތްކޮށް، މި ނޫން ގޮތަކަށް މަސައްކަތް ކުރިޔަށް ގެންދިއުމުގެ ހުއްދަ ދިނުމުގެ އިހްތިޔާރު ސިޓީ ކައުންސިލަށް ލިބިގެންވެއެވެ.

 

8 ވަނަ މާއްދާ - ފީއާއި ޖޫރިމަނާ 

(ހ) މަގު ކޮނުމުގެ ހުއްދައަށް އެދި ހުށަހަޅާ ކޮންމެ ފޯމަކަށް، އިދާރީ ފީއެއްގެ ގޮތުގައި 50 (ފަންސާސް) ރުފިޔާ ނެގޭނެއެވެ.

(ށ) މި ގަވާއިދާ ހިލާފުވާ ފަރާތްތަކާމެދު، އެހެން ގާނޫނަކުން ނުވަތަ ގަވާއިދަކުން ވަކިގޮތަކަށް އަމަލުކުރުމަށް ކަނޑައަޅައިފައިނުވާ ކަންކަމުގައި ޖޫރިމަނާކުރަންޖެހޭ ހާލަތްތަކުގައި، އެ ކުރި ކަމެއް އިސްލާ ހުކުރުމަށް އެންގުމާއެކު، އަންނަނިވި ގޮތުގެ މަތީން ޖޫރިމަނާކުރުމުގެ އިހްތިޔާރު، މި ގަވާއިދުގެ ދަށުން ކައުންސިލަށް ލިބިގެންވެއެވެ.

  1. ފުރަތަމަ ފަހަރު 500 (ފަސްސަތޭކަ) ރުފިޔާއާއި 1,000 (އެއްހާސް) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުން؛
  2. ދެވަނަ ފަހަރު ކުށް ތަކުރާރުކޮށްފި ނަމަ، 1,000 (އެއްހާސް) ރުފިޔާއާއި 3,000 (ތިންހާސް) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުން؛
  3. ތިން ފަހަރު ކުށް ތަކުރާރުކޮށްފި ނަމަ، 3,000 (ތިންހާސް) ރުފިޔާއާ 5,000 (ފަސްހާސް) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުން؛
  4. ތިން ފަހަރަށްވުރެ އިތުރަށް ކުށް ތަކުރާރުކުރާ ކޮންމެ ފަހަރަކު 5,000 (ފަސްހާސް) ރުފިޔާއިން ޖޫރިމަނާކުރުން.

(ނ) މި ގަވާއިދުގެ ދަށުން އެއްވެސް ފަރާތެއް ޖޫރިމަނާކުރެވޭނީ، އެ ފަރާތެއް އެ ކުރި ކުށް ކައުންސިލުން ބަލައި، ކުށުގެ ހާދިސާ ދިރާސާކުރުމަށް ފަހުގައެވެ.

(ރ) މި ގަވާއިދުގައި ހިމެނޭ އެންމެހައި ޖޫރިމަނާތަކާއި ފީތައް ދައްކަންވާނީ، ކުޅުދުއްފުށީ ސިޓީ ކައުންސިލަށް ނުވަތަ ކުޅުދުއްފުށީ ސިޓީ ކައުންސިލުން ކަނޑައަޅާ ފަރާތަކަށެވެ.

 

9 ވަނަ މާއްދާ - ކައުންސިލުން ކަނޑައަޅާ ކަންކަން އާންމުކުރުން

މި ގަވާއިދު ތަންފީޒުކުރުމުގެ ގޮތުން ކައުންސިލުން ކަނޑައަޅާ ކަންކަން، ކައުންސިލުން އާންމުކޮށް އިއުލާނުކުރުމާއެކު، އާންމުކޮށް ފެންނާނ ހެން ބަހައްޓަންވާނެއެވެ. 

 

10 ވަނަ މާއްދާ - މާނަކުރުން 

(ހ) މި ގަވާއިދުގައި އިބާރާތެއް ނުވަތަ ލަފުޒެއް ބޭނުންކޮށްފައިވާ ގޮތުން ކަނޑައެޅިގެން އެހެން މާނައެއް ދޭހަނުވާހައި ހިނދަކު، އަންނަނިވި އިބާރާތްތަކާއި ލަފުޒުތަކަށް ދީފައި އެވަނީ، އެ އިބާރާތްތަކާއި ލަފުޒުތަކަށް ތިރީގައިވާ އަކުރުތަކުގައި ދީފައިވާ މާނަކުރުމެވެ.

(ށ) "ކައުންސިލް" ކަމަށް ބުނެފައި އެވަނީ، ކުޅުދުއްފުށީ ސިޓީ ކައުންސިލް އިދާރާއަށެވެ. "މަގު ކޮނުމުގެ ހުއްދައަށް އެދ ފަރާތް" ކަމަށް ބުނެފައި އެވަނީ، މި ގަވާއިދުގެ ދަށުން މަގު ކޮނުމުގެ ހުއްދައަށް އެދ ފަރާތަށެވެ. މިއ،ީ މަގުމަތީގައި ތަކެތި ވަޅުލައިގެން ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކެވެ.

(ނ) "މަގު ކޮނުމުގެ ހުއްދަދ ފަރާތް" ކަމަށް ބުނެފައި އެވަނީ، ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ އިދާރާއަށެވެ.

 

11 ވަނަ މާއްދާ - އަމަލުކުރަން ފަށާ ތާރީހު

މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

 

12 ވަނަ މާއްދާ - އުވައިލެވޭ ގަވާއިދު 

މި ގަވާއިދަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން، ގަވާއިދު ނަންބަރު 2014-181 (މަގު ކޮނުމާއި މަގުގައި އެއްޗެތި ވަޅުލުމާބެހޭ ގަވާއިދު - ހދ. ކުޅުދުއްފުށި) އުވުނީއެވެ.

 

އުވުނު ގަވާއިދު

މަގު ކޮނުމާއ،ި މަގުގައި އެއްޗެތި ވަޅުލުމާބެހޭ ގަވާއިދު - ހދ. ކުޅުދުއްފުށި (ގަވާއިދު ނަންބަރު 2014-181)

 

މައި ގާނޫނު

އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު (ގާނޫނު ނަންބަރު 2010-07) 

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު