-

މިސްކިތްތަކާބެހޭ ގައުމީ މަޖިލީހުގެ ގަވާއިދު

(ގަވާއިދު ނަންބަރު 2024-60)

(މި ގަވާއިދަށް އަމަލުކުރަން ފެށީ 1 އޮގަސްޓް 2024 ގައި)

(މި ގަވާއިދުގެ 21 ވަނަ މާއްދާއިން ވަނީ 8 ސެޕްޓެންބަރު 1987 ގައި އެކުލަވައިލައިފައިވާ މިސްކިތްތަކާބެހޭ ގައުމީ މަޖިލީހުގެ އަސާސީ ގަވާއިދު އުވާލެވިފައި)

 

1 ވަނަ މާއްދާ - ތައާރުފާއި ނަން 

(ހ) މިިއީ، ގާނޫނު ނަންބަރު 1994-06 (ދިވެހިރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ހިމާޔަތް ކުރުމުގެ ގާނޫނު) ގެ 3 ވަނަ މާއްދާގެ (ހ) އާއި (ށ) ގެ ދަށުން ދިވެހިރާއްޖޭގައި ދީނީ ށިއާރު ފާޅުކުރުމުގެ އެންމެހައި ކަންތައްތައް ބެލެހެއްޓުމާއި ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތަކުގައި ބިނާކޮށްފައިވާ މިސްކިތްތައް ހުންނަންވާނީ މިނިސްޓްރީގެ ބެލުމުގެ ދަށުގައިކަމަށް ބަޔާންކޮށްފައިވާތީއާއި، ދީނީ ށިއާރު ފާޅުކުރުމަށް އައްޔަނުކޮށްފައި ތިބޭ އިމާމުންނާއި މުދިމުންގެ ކަންކަން ބަލަހައްޓާނީ، މިނިސްޓްރީންކަމަށް ބަޔާންކޮށްފައިވާތީއެކުލަވައިލައިފައިވާ ގަވާއިދެކެވެ.

(ށ) މި ގަވާއިދަށް ކިޔާނީ، "މިސްކިތްތަކާބެހޭ ގައުމީ މަޖިލީހުގެ ގަވާއިދު" އެވެ.

 

2 ވަނަ މާއްދާ - މަގު ސަދު

މި ގަވާއިދުގެ ބޭނުމަކީ، އަންނަނިވި މަގުސަދުތައް ހާސިލުކުރުމެވެ.

(ހ) ގާނޫނު ނަންބަރު 1994-06 (ދިވެހިރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ހިމާޔަތް ކުރުމުގެ ގާނޫނު) ގެ މަގުސަދު ހާސިލުކުރުމަށް ބާރުއެޅުން.

(ށ) މިސްކިތްތަކުގެ ދައުރު ފުޅާކުރުމަށް އިމާމުންނާއި މުދިމުންނަށް މަތިކޮށްފައިވާ ޒިންމާތަކަށް ރައްކައުތެރިވުމަށާއި އެކަމަށް ހުރުމަތްތެރިކޮށް ހިތުމަށް ބާރުއެޅުން.

(ނ) މިސްކިތްތަކާބެހޭ ގައުމީ މަޖިލިސް އެކުލެވިގެންވާ ގޮތާއި އެ މަޖިލީހުގެ ކަންކަން ކުރިޔަށްދާނެ ގޮތް ބަޔާންކުރުން.

(ރ) މިސްކިތްތަކާއި އިމާމުންނާއި މުދިމުންގެ ކަންކަމުގައި މިނިސްޓަރަށް ބޭނުންވާ އިސްތިށާރީ ލަފާދިނުން.

(ބ) މިސްކިތްތަކާއި އަޅުކަމާ ގުޅުންހުރި ކަންކަމުގައި ދީނީގޮތުން އެއް މިންގަނޑެއް ހިފެހެއްޓުމަށް ބާރުއެޅުން.

(ޅ) މިސްކިތްތަކުގެ ހާލަތު މެދުނުކެނޑި ދެނެގަނެވޭނެ ނިޒާމެއް ގާއިމުކުރުން.

(އ) ދިވެހިރާއްޖޭގައި މިސްކިތްތައް ބިނާކުރުމާއި، މިސްކިތްތަކުގެ ދައުރު ފުޅާކުރުމާއި، މިސްކިތްތަކުގެ ގަދަރު އުފުލުމަށް މަސައްކަތްކުރުން.

(އ) އިމާމުންނަކީ، ރައްޔިތުން ބަލައިގަންނަ ފަދަ ފަންނީ، ގާބިލު އަދި ދީނީ ކަންކަމަށް އަހުލުވެރި ބަޔަކަށް ހެދުމަށް ޓަކައި އިމާމުން ތަމްރީނުކުރުމާއި ހަރުދަނާކުރުން.

 

3 ވަނަ މާއްދާ - މަޖިލީހުގެ މަސްއޫލިއްޔަތާއި ޒިންމާތައް 

މިސްކިތްތަކާބެހޭ ގައުމީ މަޖިލީހުގެ މަސްއޫލިއްޔަތުތަކާއި ޒިންމާތައް ތިރީގައި މިވަނީއެވެ. 

(ހ) މިސްކިތްތަކާއި އިމާމުންގެ ކަންކަމުގައި މިނިސްޓަރަށް އިސްތިށާރީ ލަފާ ދިނުން

(ށ) މިސްކިތްތަކާ ގުޅުންހުރި ކަންކަމުގައްޔާއި އިމާމުންނާއި މުދިމުންގެ މަސްއޫލިއްޔަތުތަކާއި ޒިންމާތަކާ ގުޅިގެން އިސްލާހުކުރަންޖެހޭ ކަންކަމާ ގުޅޭގޮތުން މިނިސްޓަރަށް ލަފާދިނުން.

(ނ) މިސްކިތްތަކުގެ ހުރުމަތްތެރިކަން ދެމެހެއްޓުމަށާއި، އެ ތަންތަނުގެ ސާފުތާހިރުކަން ދެމެހެއްޓުމަށާއި، މިސްކިތްތައް ބިނާކުރުމާއި މަރާމާތުކުރުމުގެ ކަންކަމުގައި މިނިސްޓަރަށް ލަފާދިނުން.

(ރ) މިސްކިތްތަކުގެ އިމާމުން ތަމްރީނުކުރުމުގައި މިނިސްޓްރީއަށް އެހީތެރިކަންދީ އެކަމުގައި މިނިސްޓަރަށް ލަފާދިނުން.

(ބ) މިސްކިތް ބޭނުންކުރާ ގޮތާ ބެހޭގޮތުންނާއި އިމާމުންނާއި މުދިމުން އަމަލުކުރާ ގޮތާ ގުޅޭގޮތުން ހުށަހަޅޭ ށަކުވާތަކުގައި ހިމެނޭ ދީނީގޮތުން ބަލަންޖެހޭ ކަންކަމުގެ މައުލޫމާތު މިނިސްޓަރަށް ފޯރުކޮށްދިނުން.

(ޅ) މިސްކިތު ފަންޑު ތަރައްގީކުރުމުގައި މިނިސްޓަރަށް ލަފާ ދިނުން.

(ކ) މިސްކިތްތަކުގައި ގުރްއާން ކިޔަވައިދިނުމާއި ގުރްއާން ހިތުދަސްކޮށްދިނުމުގެ ކަންކަމުގައި މިނިސްޓަރަށް ލަފާދިނުން.

(އ) މިސްކިތްތަކުގެ ހާލަތު ދުވަހުން ދުވަހަށް ބަލައި މޮނިޓަރކުރުމަށް ޓަކައި ސިޓީތަކުގެ ކޮންމެ އަވަށަކުންނާއި ކޮންމެ ރަށަކުން އެކުލަވައިލަންޖެހޭ މިސްކިތު ކޮމެޓީ އެކުލަވައިލުން.

(ވ) އިސްތިށާރީ ލަފާދިނުމަށް ޓަކައި އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުގެ ރައުޔު ހޯދަންޖެހޭ ކަންކަމުގައި އެކަމަށް ބޭނުންވާ މައުލޫމާތު މިނިސްޓަރަށް ފޯރުކޮށްދިނުން.

(މ) ސިޓީތަކުގައްޔާއި ރަށްރަށުގައި ގާއިމުކުރާ މިސްކިތު ކޮމެޓީގެ މަސައްކަތްތައް ހިނގާނުހިނގާ ގޮތް ބެލުމާއި، މިސްކިތްތަކާބެހޭ ގައުމީ މަޖިލީހުގެ އަމާޒުތަކާ އެއްގޮތަށް އެ ކޮމެޓީތަކުގެ ހަރަކާތްތައް ކުރިޔަށްގެންދާކަން ކަށަވަރުކުރުން.

(ފ) ދިވެހިރާއްޖޭގެ މިސްކިތްތަކުގެ ތަފާސްހިސާބ،ު ކަމާބެހޭ ގާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތީން ބަލަހައްޓާކަމާއި، މިސްކިތްތަކުގެ ދަ ފުތަރު އަދާހަމަކޮށް ބަލަހައްޓާކަން ކަށަވަރުކުރުން.

 

4 ވަނަ މާއްދާ - މަޖިލިސް އެކުލަވައިލުން 

(ހ) މި ގަވާއިދުގެ 5 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަރާތްތައް ހިމެނޭގޮތުން މިސްކިތްތަކާބެހޭ ގައުމީ މަޖިލިސް އެކުލަވައިލާނީ މިނިސްޓަރެވެ. އަދި މިސްކިތްތަކާބެހޭ ގައުމީ މަޖިލީހުގެ މެންބަރުން ޖަވާބުދާރީވާނީ މިނިސްޓަރަށެވެ.

(ށ) މިސްކިތްތަކާބެހޭ ގައުމީ މަޖިލީހަށް ބަދަލުގެނައުމުގެ އިހްތިޔާރު މިނިސްޓަރަށް ލިބިގެންވެއެވެ. އެ މަޖިލީހަށް ބަދަލެއް އަތުވެއްޖެ ނަމަ، އެ ބަދަލެއ،ް މަޖިލީހުގެ މެންބަރުންނާ ހިއްސާކުރަންވާނެއެވެ.

 

5 ވަނަ މާއްދާ - މަޖިލިސް އެކުލެވިގެންވާ ގޮތް

މި ގަވާއިދުގެ ދަށުން އެކުލަވައިލާ މަޖިލީހުގެ މެންބަރުންގެ އަދަދަކީ 7 (ހަތެއް) އެވެ. އަދި މަޖިލިސް އެކުލެވިގެންވަނީ، ތިރީގައި ބަޔާންކޮށްފައިވާ ފަރާތްތަކުގެ މައްޗަށެވެ.

(ހ) މަސްޖިދުއްސުލްތާން މުހައްމަދު ތަކުރުފާނުލްއައުޡަމަށް ރައީސުލްޖުމްހޫރިއްޔާ އައްޔަނުކުރާ އިސް އިމާމު.

(ށ) މިނިސްޓްރީގެ މޮސްކް މެނޭޖްމަންޓް ސެކްށަނުގެ އިސްވެރިޔާ.

(ނ) ކީރިތި ގުރްއާނާބެހޭ ގައުމީ މަރުކަޒުގެ އިސްވެރިޔާ.

(ރ) މިނިސްޓަރ އޮފް ސިޓީސ،ް ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސްއިން ކަނޑައަޅާ ފަރާތެއް.

(ބ) މާލޭ ސިޓީ ކައުންސިލުން ކަނޑައަޅާ ފަރާތެއް.

(ޅ) މިނިސްޓްރީ އޮފް ދިވެހި ލެންގުއޭޖ،ް ކަލްޗަރ އެންޑް ހެރިޓޭޖުން ކަނޑައަޅާ ފަރާތެއް.

(ކ) އާންމު ރައްޔިތުންގެ ތެރެއިން މިނިސްޓަރު އައްޔަނުކުރާ ފަރާތެއް.

 

6 ވަނަ މާއްދާ - މަޖިލީހު ގެ ރައީސާއި ނާއިބު ރައީސް އައްޔަނުކުރުން 

(ހ) މިސްކިތްތަކާބެހޭ ގައުމީ މަޖިލީހުގެ ރައީސަކީ، މި ގަވާއިދުގެ 5 ވަނަ ވަނަ މާއްދާގެ (ހ) ގެ ދަށުން މަސްޖިދުއްސުލްތާން މުހައްމަދު ތަކުރުފާނުލްއައުޡަމަށް ރައީސުލްޖުމްހޫރިއްޔާ އައްޔަނުކޮށްފައި ހުންނަ އިސް އިމާމެވެ. 

(ށ) މިސްކިތްތަކާބެހޭ ގައުމީ މަޖިލީހުގެ ނާއިބު ރައީސަކީ، މި ގަވާއިދުގެ 5 ވަނަ ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ މިނިސްޓްރީގެ މޮސްކް މެނޭޖްމަންޓް ސެކްށަނުގެ އިސްވެރިޔާއެވެ.

 

7 ވަނަ މާއްދާ - މަޖިލީހުގެ މެންބަރުންގެ ށަރުތުތައް

މިސްކިތްތަކާބެހޭ ގައުމީ މަޖިލީހުގެ މެންބަރުންގެ ށަރުތުތައ،ް ތިރީގައި ބަޔާންކޮށްފައި މިވަނީއެވެ.

(ހ) ދިވެހި ރައްޔިތަކު ކަމުގައި ވުން. 

(ށ) މި ގަވާއިދުގެ 5 ވަނަ މާއްދާގެ (ރ) އާއި (ބ) އާއި (ޅ) ގައި ބަޔާންކޮށްފައިވާ އިދާރާތަކުން އައްޔަނުކުރާ ފަރާތްތަކަކީ، މަޖިލީހުގެ މަސްއޫލިއްޔަތުތަކާއި ޒިންމާތައް އަދާކުރެވޭ ފަދަ އިލްމީ ގާބިލުކަން ހުރި އަދި ހިންގުމުގެ ތަޖުރިބާއާއި މަސައްކަތުގެ އަހްލާގު ހުރި ފަރާތްތަކެއް ކަމުގައި ވުން.

(ނ) މި ގަވާއިދުގެ 5 ވަނަ މާއްދާގެ (ކ) ގެ ދަށުން އައްޔަނުކުރާ ފަރާތަކީ، މަޖިލީހުގެ މަސްއޫލިއްޔަތުތަކާއި ޒިންމާތައް އަދާކުރެވޭފަދަ އިލްމީ ގާބިލުކަން ހުރި ފަރާތަކަށް ވުން.

(ރ) ޖިނާއީ ކުށެއް ކުރިކަން ށަރީއަތަށް ސާބިވެފައިވާ ފަރާތަކަށް ނުވުން.

 

8 ވަނަ މާއްދާ - މެންބަރުކަމުގެ ދައުރުގެ މުއްދަތު

މިސްކިތްތަކާބެހޭ ގައުމީ މަޖިލީހުގެ މެންބަރުކަމަށް އައްޔަނުކުރާ މެންބަރުން އެ މަގާމުގައި ހުންނާނީ ތިރީގައި ބަޔާންވެގެންވާ މުއްދަތަށެވެ.

(ހ) މިސްކިތްތަކާބެހޭ ގައުމީ މަޖިލީހަށް އައްޔަނުކުރެވޭ މެންބަރަކ،ު މެންބަރުކަމުގެ މަގާމުގައި ދެމިހުންނާނީ، އެ މެންބަރަކު އައްޔަނުކުރާ ތާރީހުން ފެށިގެން 5 (ފަހެއް) އަހަރުދުވަހުގެ މުއްދަތަށް ނުވަތަ މަގާމުގެ މުއްދަތު ނިމުމާ ހަމަޔަށް ނުވަތަ މަގާމު ބަދަލުވުމާ ހަމަޔަށެވެ.

(ށ) މި ގަވާއިދުގެ 10 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ހާލަތްތަކުގެ ތެރެއިން ހާލަތެއް މެދުވެރިވެގެން މަޖިލީހުގެ މެންބަރުކަމުގެ މަގާމެއް ހުސްވެއްޖެ ނަމަ، އެ މަގާމެއް ހުސްވާތާ 30 (ތިރީސް) ދުވަހުގެ ތެރޭގައި، އެ މަގާމަށް މީހަކު އަލުން އައްޔަނުކުރަންވާނެއެވެ.

 

9 ވަނަ މާއްދާ - ސިޓިންގ އެލަވަންސް

މިސްކިތްތަކާބެހޭ ގައުމީ މަޖިލީހުގެ މެންބަރުންނަށް އެލަވަންސްތައް ދޭންވާނީ، މިނިސްޓްރީ އޮފް ފިނޭންސްގެ ލަފާގެ މަތީން އެކަމަށް ކަނޑައެޅިފައިވާ އުސޫލުތަކާ އެއްގޮތަށެވެ. 

 

10 ވަނަ މާއްދާ - މަގާމު ހުސްވުން 

ތިރީގައިވާ ހާލަތްތަކުގެ ތެރެއިން ހާލަތެއް މެންބަރަކަށް މެދުވެރިވެއްޖެ ނަމަ، އެ މެންބަރެއްގެ މަގާމު ހުސްވާނެއެވެ.

(ހ) އިސްތިއުފާދިނުން (މިސްކިތްތަކާބެހޭ ގައުމީ މަޖިލީހުގެ މެންބަރަކު އޭނާގެ މަގާމުން އިސްތިއުފާދޭން ބޭނުންވެއްޖެ ނަމަ، ސަބަބު ބަޔާންކޮށް މިނިސްޓަރަށް ލިޔުމަކުން އެކަން އެންގުމުން އެ މެންބަރަކު މެންބަރުކަމުން ވަކިވީއެވެ.)

(ށ) މެންބަރުކަމުގެ ދައުރު ހަމަވުން.

(ނ) މެންބަރުކަމުން ވަކިކުރުން.

(ރ) މެންބަރުކަމުން ވަކިކުރެވޭ ހާލަތްތައް ތިރީގައި މިވަނީއެވެ.

  1. މަގުބޫލު އުޒުރެއްނެތި މެންބަރަކު ވިދިވިދިގެން މަޖިލީހުގެ 5 (ފަހެއް) ބައްދަލުވުމަށް ހާޒިރުނުވުން؛
  2. މަޖިލީހުގެ މެންބަރެއްގެ ކިބައިގައި ހުރުމަށް މި ގަވާއިދުގެ 7 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ށަރުތުތަކުން ށަރުތެއް އުނިވުން؛
  3. މެންބަރަކު ކުރި ކަމެއްގެ ސަބަބުން އޭނާއަކީ މެންބަރުކަން ކުރުމަށް އެކަށީގެންވާ މީހަކު ކަމުގައި ނުވުން؛
  4. މެންބަރުކަމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި އެއްބާރުލުން ނުދިނުން؛
  5. ޖިނާއީ ކުށެއް ކުރިކަން ށަރީއަތަށް ސާބިތުވުން؛
  6. ށަރުއީ ހުކުމަކުން އިފްލާސްކުރުން؛
  7. މިނިސްޓަރު ބޭނުންވެއްޖެ ހިނދެއްގައި ނުވަތަ އެ އިދާރާއަކުން ބޭނުންވެއްޖެ ހިނދެއްގައި މަގާމުން ވަކިކުރުން.

 

11 ވަނަ މާއްދާ - މަޖިލީހު ގެ ރައީސްގެ ޒިންމާ

މިސްކިތްތަކާބެހޭ ގައުމީ މަޖިލީހުގެ ރައީސްގެ ޒިންމާތައ،ް ތިރީގައި ބަޔާންކޮށްފައި މިވަނީއެވެ.

(ހ) މި ގަވާއިދުގެ ދަށުން މަޖިލީހުން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ރާވައި ހިންގުން.

(ށ) މަޖިލީހުގެ ބައްދަލުވުންތަކުގެ އެޖެންޑާ ކަނޑައެޅުމާއި، ރިޔާސަތު ބެލެހެއްޓުމާއި، ބައްދަލުވުންތަކުގެ އުސޫލުތައް ހިފެހެއްޓުން.

(ނ) މަޖިލީހަށް ހުށަހެޅޭ މައްސަލަތަކުގައި މަޖިލީހުން ނިންމާ ނިންމުންތައް މިނިސްޓަރަށް ހުށަހެޅުން.

 

12 ވަނަ މާއްދާ މަޖިލީހުގެ ނައިބު ރައީސްގެ ޒިންމާތައް 

މިސްކިތްތަކާބެހޭ ގައުމީ މަޖިލީހުގެ ނައިބު ރައީސްގެ ޒިންމާތައ،ް ތިރީގައި ބަޔާންކޮށްފައި މިވަނީއެވެ.

(ހ) މަޖިލީހުގެ ރައީސަށް އޭނާގެ މަސްއޫލިއްޔަތުތައް އަދާކުރުމަށް ނުކުޅެދިއްޖެ ހާލަތެއްގައި، ނުވަތަ އުޒުރުވެރިވެއްޖެ ހާލަތެއްގައި، ނުވަތަ އެ މަގާމު ހުސްވެއްޖެ ހާލަތެއްގައި، ރައީސްގެ މަސްއޫލިއްޔަތުތައް ވަގުތީގޮތުން އަދާކުރުން.

(ށ) މަޖިލީހުގެ މަސައްކަތްތަކާ ގުޅިގެން މަޖިލީހުގެ ރައީސް ހަވާލުކުރާ މަސައްކަތްތައް ކުރުން.

(ނ) މަޖިލީހުގެ ރައީސްގެ މަސްއޫލިއްޔަތުތައް އަދާކުރުމުގައި އެހީތެރިވެދިނުން.

 

13 ވަނަ މާއްދާ - މަޖިލީހުގެ މެންބަރުންގެ ޒިންމާ 

މިސްކިތްތަކާބެހޭ ގައުމީ މަޖިލީހުގެ މެންބަރުންގެ ޒިންމާތައ،ް ތިރީގައި ބަޔާންކޮށްފައި މިވަނީއެވެ.

(ހ) މަޖިލީހުގެ ބައްދަލުވުންތަކަށް މަގް ބޫލު އުޒުރެއް ދިމާވެގެން މެނުވީ ހާޒިރުވުން.

(ށ) މަޖިލީހުގެ މަސައްކަތްތަކާ ގުޅިގެން މަޖިލީހުގެ ރައީސް އެ މެންބަރަކަށް ހަވާލުކުރާ ޒިންމާތަކާއި މަސްއޫލިއްޔަތުތައް ފަރުވާތެރިކަމާއެކު އަދާކުރުން.

(ނ) މަޖިލީހުގެ މަސައްކަތްތަކަށް ރިއާޔަތްކޮށް މަޖިލީހުގެ މަސްލަ ހަތު ކުރިއެރުވުމަށް މަސައްކަތް ކުރުން.

 

14 ވަނަ މާއްދާ - މަޖިލީހުގެ ބައްދަލުވުންތައް 

މިސްކިތްތަކާބެހޭ ގައުމީ މަޖިލީހުގެ ބައްދަލުވުންތައް ބާއްވަންވާނީ މި މާއްދާގައިވާ ގޮތުގެ މަތީންނެވެ.

(ހ) މަޖިލީހުގެ ބައްދަލުވުމެއ،ް އެންމެ މަދުވެގެން ވެސ،ް ކޮންމެ މަހަކު 1 (އެކެއް) ފަހަރު ބާއްވަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ބައްދަލުވުމުގެ އިތުރުނ،ް ތިރީގައި ބަޔާންކޮށްފައިވާ ގޮތްތަކުގެ ތެރެއިން ގޮތަކަށް މަޖިލީހުގެ ބައްދަލުވުމެއް ބޭއްވިދާނެއެވެ.

  1. މަޖިލީހުގެ ރައީސް ބައްދަލުވުމަކަށް އެދުން؛
  2. ވަކި ކަމަކާ ގުޅިގެން މަޖިލީހުގެ ނިންމުމެއް ނުވަތަ ލަފަޔަކަށް މިނިސްޓަރު އެދުން؛
  3. މި މާއްދާގެ (ނ) ގައިވާ ގޮތުގެ މަތީން ކުއްލި ބައްދަލުވުމެއް ބޭއްވުމަށް ނިންމުން.

(ނ) މަޖިލީހުގެ އިހްތިސާސްގެ ތެރޭގައި ހިމެނޭ ކޮންމެ ކަމަކާމެދު ވެސް ކުއްލި ބައްދަލުވުމެއް ބޭއްވުމަށް އެދެވިދާނެއެވެ. އެހެންނަމަވެސް ކުއްލި ބައްދަލުވުމެއް ބާއްވަން ނިންމޭނީ، އެ ބައްދަލުވުން ބޭއްވުމަށް އެދި ހުށަހެޅި މައްސަލައަށް ނުވަތަ އެ މައްސަލައާ ގުޅުންހުރި ކަންކަމަށެވެ.

 

15 ވަނަ މާއްދާ - ގާނޫނީ އަދަ ދާއި ވޯޓުދިނުން 

(ހ) މިސްކިތްތަކާބެހޭ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބޭއްވޭނީ، މެންބަރުންގެ ދެބައިކުޅައެއްބަޔަށްވުރެ ގިނަ މެންބަރުން ހާޒިރުވެ ތިބެގެންނެވެ.

(ށ) މަޖިލީހުގެ ކަންކަން ނިންމުމުގައި އިއްތިފާގުން އެ މައްސަލަތައް ނިންމޭތޯ މަސައްކަތްކުރަންވާނެއެވެ. އެފަދަ މައްސަލަތައް ނިންމުމަށ،ް މަޖިލީހުގެ އިއްތިފާގު ނުލިބޭ ހާލަތްތަކުގައި ކަންކަން ނިންމާނީ، ބައްދަލުވުމަށް ހާޒިރުވެ ވޯޓުގައި ބައިވެރިވި މެންބަރުންގެ އަޣުލަބިއްޔަތުންނެވެ.

(ނ) އެއްވެސް މެންބަރެއްގެ އަމިއްލަ މަސްލަހަތެއް ނުވަތަ ދައުރެއް ނުވަތަ މާލީ ފައިދާއެއް އޮތް މައްސަލައެއް ނިންމުމުގައި އެއްވެސް މިންވަރަކަށް އެ މެންބަރަކު ބައިވެރިވެގެން ނުވާނެއެވެ. އަދި މިފަދަ މައްސަލައެއްކަން އެނގޭހިނދު، މަޖިލީހުގެ އެހެން މެންބަރުންނަށް އެކަން އެންގުމާއެކ،ު އެ މައްސަލައަކާ ގުޅޭގޮތުން ނިންމަންޖެހޭ ނިންމުމެއް ނިންމުމުން އެއްކިބާވާންވާނެއެވެ.

(ރ) މަޖިލީހުގެ ބައްދަލުވުމުގެ ރިޔާސަތު ބަލަހައްޓާ މެންބަރ،ު މަޖިލީހުގެ އެ ބައްދަލުވުމެއްގައި ނިންމާ ނިންމުންތަކުގައި ވޯޓުދީގެން ނުވާނެއެވެ. އެހެންނަމަވެސ،ް ކަމަކާމެދު ނަގާ ވޯޓުގެ ފެންނަ ނުފެންނަ އަދަދު ހަމަހަމަވެއްޖެ ހާލަތެއްގައި، އެ ބައްދަލުވުމުގެ ރިޔާސަތު ބަލަހައްޓާ މެންބަރު އޭނާއަށް ފެންނަ ގޮތަކަށް ވޯޓު ދޭންވާނެއެވެ.

 

16 ވަނަ މާއްދާ - މަޖިލީހުގެ މެންބަރުންގެ ސުލޫކީ މިންގަނޑު

މިސްކިތްތަކާބެހޭ ގައުމީ މަޖިލީހުގެ މެންބަރުންގެ މަސްއޫލިއްޔަތުތައް އަދާކުރުމުގައްޔާއި ބާރުތައް ބޭނުންކުރުމުގައްޔާއި، މަޖިލީހުގެ މެންބަރުންގެ މެންބަރުކަމުގެ މުއްދަތުގައި، މަޖިލީހުގެ ކޮންމެ މެންބަރަކު ވެސް އަންނަނިވި ފަދައިން އަމަލުކުރަންވާނެއެވެ.

(ހ) ގާނޫނުއަސާސީއާއި ރާއްޖޭގައި ހެދިފައިވާ އެންމެހައި ގާނޫނުތަކާއި ގަވާއިދުތަކުގައިވާ ގޮތުގެ މަތީން ކަންކަން ކުރުން.

(ށ) ގާނޫނު ނަންބަރު 1994-06 (ދިވެހިރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ހިމާޔަތް ކުރުމުގެ ގާނޫނު) އާއި، އެ ގާނޫނުގެ ދަށުން ހަދައިފައިވާ ގަވާއިދުތަކާއި އުސޫލުތަކާ އެއްގޮތަށް ކަންކަން ކުރުން.

(ނ) މެންބަރުކަމުގެ މަސްއޫލިއްޔަތުތައް އަދާކުރުމުގައްޔާއި ބާރުތައް ބޭނުންކުރުމުގައި ގައުމީ މަސްއޫލިއްޔަތާއި ރައްޔިތުންގެ ލާބައާއި މަންފާ އަބަދުވެސް ކުރިޔަށްނެރެ، އެ ކަންކަމަށް އިސްކަންދިނުން.

(ރ) އެއްވެސް ފަރާތަކަށް ޖެހިލުންވުމެއް ނެތ،ި ވަކި ފަރާތަކަށް މަންފާއެއް ހޯދައިދިނުމެއް ނެތ،ި ތަ އައްސުބުން އެއްކިބާވެހުރެ، މި އުސޫލާ އެއްގޮތަށް މުސްތަގިއްލުކަމާއެކު ޒިންމާތައް އަދާކުރުން.

(ބ) ކޮންމެ މެންބަރަކު ވެސ،ް ހުރިހާ ވަގުތެއްގައި ވެސ،ް ހުރިހާ އަމަލެއްގައި ވެސް މުޖުތަމައު ގަބޫލުކުރާ ފެންވަރުގައި، އެ މީހެއްގެ އަހްލާގާއި އަބުރުގެ ރައްކައުތެރިކަން ދެމެހެއްޓުން.

 

17 ވަނަ މާއްދާ - ސިޓީ/ރަށު މިސްކިތު ކޮމެޓީ 

(ހ) މިސްކިތްތަކުގެ ހާލަތު ދުވަހުން ދުވަހަށް ބަލައި މޮނިޓަރކުރުމަށް ޓަކައި ސިޓީތަކުގެ ކޮންމެ އަވަށެއްގައި އަދި ކޮންމެ ރަށެއްގައި އެ ރަށެއްގ/ެއަވަށެއްގެ އިމާމުންގެ ތެރެއިން ސިޓީ ކައުންސިލުންނާއި ރަށު ކައުންސިލުން އައްޔަނުކުރާ އިމާމު އިސްވެ ހުންނަ ގޮތަށް 3 )ތިނެއް( މެންބަރުންގެ މައްޗަށް އެކުލެވޭ މިސްކިތު ކޮމެޓީއެއ،ް މިސްކިތްތަކާބެހޭ ގައުމީ މަޖިލީހުން އެކުލަވައިލަންވާނެއެވެ.

(ށ) މި ކޮމެޓީ އެކުލަވައިލާނީ ތިރީގައި ބަޔާންކޮށްފައިވާ ގޮތަށެވެ.

  1. ކައުންސިލުގެ ފަރާތުން މަންދޫބެއް؛
  2. އެ ސިޓީއެއްގެ އަވަށްތަކުން ނުވަތަ ރަށެއްގެ މިސްކިތު އިމާމުންގެ ތެރެއިން ކައުންސިލުން ކަނޑައަޅާ އިމާމެއް؛
  3. އާންމު ރައްޔިތުންގެ ތެރެއިން މިސްކިތްތަކުގެ އިމާމުން ކަނޑައަޅާ މިސްކިތްތަކުގެ އަހުލުވެރިއެއް.

 

18 ވަނަ މާއްދާ - މަޖިލީހުގެ އިދާރީ ކަންކަން ހިންގައި ބެލެހެއްޓުން

(ހ) މި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތާ އެއްގޮތަށް މިސްކިތްތަކާބެހޭ ގައުމީ މަޖިލީހުގެ އިދާރީ ކަންކަން ހިންގާ ބަލަހައްޓާނީ، މިނިސްޓްރީގެ ފަރާތުން މިސްކިތްތަކާ ގުޅޭ އެންމެހައި ކަމެއް ބަލަހައްޓާ އިދާރީ ބައިންނެވެ.

(ށ) މި ގަވާއިދުގެ ދަށުން މަތިކޮށްފައިވާ ޒިންމާތަކާއި މަސްއޫލިއްޔަތުތަކާ ގުޅިގެން މިނިސްޓަރުގެ ލަފާގެ މަތީން އުސޫލުތައް އެކުލަވައިލުމުގެ އިހްތިޔާރު މިސްކިތްތަކާބެހޭ ގައުމީ މަޖިލިހަށް ލިބިގެންވެއެވެ.

 

19 ވަނަ މާއްދާ - މާނަކުރުން

މި ގަވާއިދުގައި ކަނޑައެޅިގެން އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހައި ހިނދަކ،ު ތިރީގައިވާ އަކުރުތަކުގައި ބަޔާންކޮށްފައިވާ އިބާރާތްތަކާއި ލަފުޒުތަކަށް ދީފައި އެވަނީ އެ އަކުރުތަކުގައިވާ މާނައެވެ. 

(ހ) "މިނިސްޓްރީ" ކަމަށް ބުނެފައި އެވަނީ، އިސްލާމްދީނާ ގުޅޭ ކަންކަން ހިންގައިބެލެހެއްޓުމަށް ސަރުކާރުން އެ އިރަކު ކަނޑައަޅައިފައިވާ ވުޒާރާއަށެވެ.

(ށ) "މިނިސްޓަރު" ކަމަށް ބުނެފައި އެވަނީ، ދިވެހިރާއްޖޭގެ އިސްލާމީ އެންމެހައި ކަންކަން ހިންގައި ބެލެހެއްޓުމުގެ މަސްއޫލިއްޔަތު އެ އިރެއްގައި ހަވާލުކޮށްފައިވާ ސަރުކާރުގެ ވަޒީރަށެވެ.

(ނ) "މަޖިލިސް" ކަމަށް ބުނެފައި އެވަނީ، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ގަރާރަކުން އުފައްދައިފައިވާ މިސްކިތްތަކާބެހޭ ގައުމީ މަޖިލީހަށެވެ.

(ރ) "މިސްކިތުގެ އަހުލުވެރިއެއް" ކަމަށް ބުނެފައި އެވަނީ، އާންމުގޮތެއްގައި މިސްކިތުގެ ޖަމާއަތަށް ހާޒިރުވ،ާ މިސްކިތުގެ ކަންތައްތައް އިސްލާހުކުރުމުގެ ގޮތުން ބިނާކުރާނިވި ވިސްނުންހުރި ފަރާތަކަށެވެ.

 

20 ވަނަ މާއްދާ - ަވާއިދަށް އަމަލުކުރަން ފެށުން

މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ދުވަހުން ފެށިގެންނެވެ. 

 

21 ވަނަ މާއްދާ - އުވައިލެވޭ ގަވާއިދު

މި ގަވާއިދަށް އަމަލުކުރަން ފެށުމުނ،ް 28 ސެޕްޓެންބަރު 1987 ގައި އެކުލަވައިލައިފައިވާ މިސްކިތްތަކާބެހޭ ގައުމީ މަޖިލީހުގެ އަސާސީ ގަވާއިދު އުވުނީއެވެ. 

 

އުވި ގަވާއިދު

މިސްކިތްތަކާބެހޭ ގައުމީ މަޖިލީހުގެ އަސާސީ ގަވާއިދު (8 ސެޕްޓެންބަރު 1987 ގައި އެކުލަވައިލައިފައިވާ) (ލިންކް އަދި ނުހިމެނި)

 

މައި ގާނޫނު

ދީނީ އެއްބައިވަންތަކަން ހިމާޔަތް ކުރުމުގެ ގާނޫނު (ގާނޫނު ނަންބަރު 1994-06)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު