-

ކާރިސާތަކުގައި އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމާއި، ކާރިސާތަކުން ލިބޭ ގެއްލުންތަކަށް އެހީ ދިނުމާބެހޭ ގަވާއިދު

(ގަވާއިދު ނަންބަރު 2024-43)

(މި ގަވާއިދަށް އަމަލުކުރަން ފެށީ -16 އެޕްރީލް 2024 ގައި)

 

އެއްވަނަ ބާބު

އާންމު މާއްދާތައް

 

1 ވަނަ މާއްދާ - ތައާރުފާއި ނަން

(ހ) މި ގަވާއިދަކީ، ކާރިސާއަކަށް އިޖާބަދިނުމުގައްޔާއި އިޔާދަވުމުގެ ހާލަތުގައި ފޯރުކޮށްދޭންޖެހޭ ރިލީފުގައި މަދުވެގެން ހުންނަންޖެހޭ މިންގަނޑު ބަޔާންކުރުމުގެ ގޮތުންނާއި، ކާރިސާއެއްގައި އިޖާބަދިނުމަށާއި ރިލީފް އެހީ ފޯރުކޮށްދިނުމުގެ ގޮތުން، ކާރިސާގައި ގެއްލުން ލިބޭ ފަރާތްތަކަށް މާލީ އެހީތެރިކަމާއި، މާއްދީީ އެހީތެރިކަމާއި، އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމާބެހޭ ކަންކަން ބަޔާންކުރުމަށް ޓަކައި، ގާނޫނު ނަންބަރު 2015-28 (ކާރިސާއާބެހޭ ކަންކަން ބެލެހެއްޓުމުގެ ގާނޫނު) ގެ 8 ވަނަ މާއްދާއަށް ރިއާޔަތްކޮށް، އެ ގާނޫނުގެ 65 ވަނަ މާއްދާގެ (ހ) އިން ބާރު ލިބިގެން އެކުލަވައިލައިފައިވާ ގަވާއިދެކެވެ.

(ށ) މި ގަވާއިދަށް ކިޔާނީ، "ކާރިސާތަކުގައި އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމާއި، ކާރިސާތަކުން ލިބޭ ގެއްލުންތަކަށް އެހީ ދިނުމާބެހޭ ގަވާއިދު" އެވެ.

 

2 ވަނަ މާއްދާ - މަގުސަދު

މި ގަވާއިދު އެކުލަވައިލުމުގެ މަގުސަދުތައް، ތިރީގައި ބަޔާންކޮށްފައި މިވަނީ އެވެ.

(ހ) ކާރިސާއަށް އިޖާބަދިނުމުގައްޔާއި އިޔާދަވުމުގެ ހާލަތުގައި ފޯރުކޮށްދޭންޖެހޭ ރިލީފުގައި މަދުވެގެން ހުންނަންޖެހޭ މިންގަނޑު ބަޔާންކުރުން.

(ށ) ކާރިސާގެ ސަބަބުން ހާލުގައިޖެހޭ ފަރާތްތަކަށް ލިބިފައިވާ ނިކަމެތިކަމާއި ނާޒުކު ހާލަތުން އަރައިގަތުމަށް ބާރުއެޅުން.

(ނ) ހާލުގައި ޖެހިފައިވާ ފަރާތްތައް އާންމު ހާލަތަށް ރުޖޫއަވުމަށް އެހީތެރިކަން ފޯރުކޮށްދިނުން.

(ރ) ހާލުގައިޖެހޭ ހުރިހާ ފަރާތްތަކަށް ތަފާތުކަމެއް ނެތި އެހީތެރިކަން ފޯރުކޮށްދިނުން.

(ބ) އެހީ ފޯރުކޮށްދިނުމުގެ ކަންކަން، ވިލަރެސްކުރެވިފައިވާ، ދެފުށް ފެންނަ ނިޒާމެއްގެ ތެރެއިން ކުރުން.

(ޅ) ރައްޔިތުންގެ މުދަލަށާއި ގެދޮރަށް ލިބޭ ގެއްލުންތައް ބަލައި، އެ ގެއްލުންތައް ދެނެގަނެ، އެ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދޭނެ ނިޒާމެއް ގާއިމުކުރުމާއި، މި ގަވާއިދުގެ ދަށުން އެހީފޯރުކޮށްދިނުމުގައި އަމަލީ ގޮތުން ހަރަކާތްތެރިވާ ފަރާތްތަކުން ރިއާޔަތް ކުރަންޖެހޭ 
ކަންކަން ބަޔާންކުރުމާއި، އެ ފަރާތްތަކުގެ ޒިންމާ ކަނޑައެޅުން.

 

3 ވަނަ މާއްދާ - އެހީދެވޭނޭ ހާލަތްތައް

(ހ) މި ގަވާއިދުގެ ދަށުން އެހީތެރިކަން ފޯރުކޮށްދެވޭނީ، ކާރިސާއާބެހޭ ކަންކަން ބެލެހެއްޓުމުގެ ގާނޫނުގެ 7 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން، ނޭށަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ކައުންސިލުން ކާރިސާގެ ހާލަތު ކަނޑައެޅުމުންނެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތަށް ކާރިސާގެ ހާލަތު ކަނޑަނޭޅިނަމަވެސް، ކުރިމަތިވާ ގުދުރަތ ކާރިސާއެއްގެ ސަބަބުން ނުވަތަ އެހެނިހެން ވެސް ބޮޑު ހާދިސާއެއްގެ ސަބަބުން، ތިރީގައި ބަޔާންކޮށްފައިވާ ހާލަތުންކުރެ ހާލަތެއް މެދުވެރިވެއްޖެނަމަ، މި ގަވާއިދުގެ ދަށުން އެހީތެރިކަން ފޯރުކޮށްދެވިދާނެއެވެ.

  1. ހާލަތާ ގުޅިގެން ދިރިނޫޅެވޭ ވަރަށް ގެދޮރު ހަލާކުވުން ނުވަތަ މުޅިން ގެދޮރު ނެތިގެން ދިޔުން؛ 
  2. ޒަރޫރ ީބޭނުންތަކަށް ބުރޫއެރުން؛ 
  3. ހާލަތާ ގުޅިގެން ދިރިއުޅެމުން ދިޔަ ތަނުން ވަގުތީ ގޮތުން ނުކުންނަން ޖެހުން.

 

4 ވަނަ މާއްދާ - ކާރިސާތަކާ ގުޅިގެން އެހީފޯރުކޮށްދެވޭ ދާއިރާތައް

(ހ) ކާރިސާއެއްގައި އިޖާބަދިނުމަށާއި، ކާރިސާގެ ސަބަބުން ލިބުނު ގެއްލުންތަކަށް އެހީފޯރުކޮށްދިނުމުގެ ގޮތުން، މި ގަވާއިދުގެ ދަށުން، އޮތޯރިޓީ ގެ ބެލުމުގެ ދަށުން އެހީ ފޯރުކޮށްދެވޭނީތިރީގައިވާ ދާއިރާތަކުންނެވެ.

  1. އިޖާބަދިނުމުގެ މަރުހަލާގައި، ދާއިމ ބޯހިޔާވަހިކަން ފޯރުކޮށްދެވެންދެން، ހާލުގައިޖެހޭ ފަރާތްތަކަށް ފޯރުކޮށްދެވޭ އިންސާނީ އެހީ؛
  2. ކާރިސާގެ ސަބަބުން ގެދޮރަށާއި ޒަރޫރީ ހިފައިގެންގުޅޭ ތަކެއްޗަށް ލިބޭ ގެއްލުމަށް ދެވޭ އެހީތެރިކަން.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ދާއިރާތަކުގެ އިތުރުން، މި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ސިޓީ ކައުންސިލްތަކާއި، ރަށު ކައުންސިލްތަކާއި، ތައުލީމާބެހޭ ވުޒާރާއާއި، ސިއްހީ ކަންކަމާބެހޭ ވުޒާރާއާއި އެނޫން ވެސް އިދާރާތަކުން، ކާރިސާތަކުގައި ހާލުގައި ޖެހިފައިވާ ފަރާތްތަކަށް، މި ގަވާއިދުގައި ކަނޑައަޅައިފައިވާ ގޮތުގެ މަތީން އެކިއެކި ދާއިރާއިން އެހީތެރިކަން ފޯރުކޮށްދޭނެއެވެ.

 

ދެވަނަ ބާބު

އިންސާނީ އެހީފޯރުކޮށްދިނުމާއި ރިލީފް އެހީ ދިނުމުގައި މަދުވެގެން ހުންނަންޖެހޭ މިންގަނޑު

 

5 ވަނަ މާއްދާ - އިންސާނީ އެހީ ފޯރުކޮށްދިނުން

(ހ) އިންސާނީ އެހީތެރިކަމަކީ، ކާރިސާއެއްގެ ސަބަބުން ނުވަތަ ކުއްލި ހާލަތެއްގެ ސަބަބުން ޒަރޫރީ ބޭނުންތަކަށް ބުރޫއަރާ ފަރާތްތަކަށް އެ ހާލަތުން އަރައިގަތުމަށް ފޯރުކޮށްދެވޭ މާލީ އެހީތެރިކަމާއި މާއްދީ އެހީތެރިކަމެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން، މި ގަވާއިދުގެ ބޭނުމަށް ޓަކައި، ޒަރޫރީ ބޭނުންތަކުގެ ގޮތުގައި ބެލެވޭނީ އަންނަނިވި ކަންކަމެވެ.

  1. ބޯހިޔާވަހިކަން؛ 
  2. ކެއިންބުއިމާއި ރައްކައުތެރި ބޯފެން؛
  3. ފާހާނާކުރުމުގެ އިންތިޒާމުތައް؛
  4. ބޭސްފަރުވާ؛
  5. އަންނައުނ.ު

(ނ) މި ގަވާއިދުގެ ދަށުން ފޯރުކޮށްދޭ އިންސާނީ އެހީތެރިކަން ފޯރުކޮށްދެވޭނީ، މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ޒަރޫރީ ބޭނުންތައް ފުއްދުމަށެވެ.

(ރ) ހާލުގައިޖެހޭ ފަރާތްތަކަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގައި އެ މީހެއްގެ ނަސްލާއި، އުފަންވީ ގައުމާއި، ޖިންސާއި، އުމުރާއި، ދީނާއި، ސަގާފަތާއި، ޖިސްމާނީ ނުކުޅެދުންތެރިކަމާއި، ނަފްސާނީ ނުކުޅެދުންތެރިކަމާއި، އަމިއްލަ ވިސްނުންތަކާއި، ފުދުންތެރިކަމާއި، ނިސްބަތްވާ އާއިލާއާއި، އުފަން ރަށާއި، އަދި މިނޫން ވެސް ކަމަކަށް ބަލައިގެން ތަފާތުކޮށްގެން ނުވާނެއެވެ.

(ބ) މި ގަވާއިދުގައި ބަޔާންކޮށްފައިވާ މިންގަނޑުތަކަށްވުރެ ފެންވަރު ރަނގަޅު އިންސާނީ ހިދުމަތެއް ފޯރުކޮށްދިނުމަށް މި ގަވާއިދު ހުރަހެއް ނާޅައެވެ

(ޅ) ކުރިމަތިވެފައިވާ ކާރިސާގެ ބޮޑުމިނަށާއި، ގައުމަށް ލިބިފައިވާ ގެއްލުމަށާއި، އެފަދަ ހާލަތެއްގައި ލިބެންހުރި މާއްދީ ވަސީލަތްތަކަށާއި މާލީީ ވަސީ ލަތްތަކަށް ރިއާޔަތްކޮށް، އިޖާބަދިނުމުގެ މަރުހަލާގެ ކުރީކޮޅު، މި ގަވާއިދުގައި ބަޔާންކޮށްފައިވާ މިންގަނޑަށްވުރެ ދަށްކޮށް އެހީތެރިކަން ފޯރުކޮށްދޭންޖެހޭ ފަދަ ހާލަތެއް މެދުވެރިވެއްޖެނަމަ، އެފަދަ ހާލަތެއްގައި އިންސާނީ އެހީ ފޯރުކޮށްދޭނެ ގޮތްތައް، ނޭށަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ކައުންސިލަށް ނިންމިދާނެއެވެ. މިގޮތަށް އަމަލުކުރި ކަމުގައި ވިޔަސް، މި ގަވާއިދުގައި ބަޔާންކޮށްފައިވާ މިންގަނޑުތަކާ އެއްގޮތަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ކަންކަން ކުރިޔަށް ގެންދެވޭވަރަށް މަސައްކަތް ކުރުމަށް އިސްކަންދޭންވާނެއެވެ.

 

6 ވަނަ މާއްދާ - އިންސާނީ އެހީފޯރުކޮށްދޭންޖެހޭކަން ދެނެގަތުމާއި އެހީ އަށް އެދުން

(ހ) މި ގަވާއިދުގެ 3 ވަނަ މާއްދާގެ (ހ) އާއި (ށ) ގައި ބަޔާންކޮށްފައިވާ ހާލަތްތަކާ ގުޅިގެން، ކާރިސާގެ ހާލަތު އަންގައި ބަޔާންކުރުމާއެކު، ހާލުގައި ޖެހިފައިވާ ފަރާތްތަކަށް ބޭނުންވާ އިންސާނީ އެހީތެރިކަމަށް އެދޭނީ، ސިޓީ އެއްގައި ނަމަ ސިޓީ ކައުންސިލުން، އަދި ރަށެއްގައި ނަމަ އެ ރަށެއްގެ ރަށު ކައުންސިލުން، ނުވަތަ އެ ރަށް ނިސްބަތްވާ އަތޮޅު ކައުންސިލުން، މި ގަވާއިދުގެ ޖަދުވަލު 1 ގެ ގޮތުގައި ހިމަނައިފައިވާ "ހާލަތު ބަޔާންކުރުމާއި އިންސާނީ އެހީ އަށް އެދޭ ފޯމު" ފުރިހަމަކޮށްފައި، އެ ފޯމު އޮތޯރިޓީ އަށް ހުށަހަޅައިގެންނެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ "ހާލަތު ބަޔާންކުރުމާއި އިންސާނީ އެހީ އަށް އެދޭ ފޯމު"، ކާރިސާއެއް ދިމާވާތާ ގިނަވެގެން 24 (ސައުވީސް) ގަޑިއިރުގެ ތެރޭގައި އޮތޯރިޓީ އަށް ފޮނުވަންވާނެއެވެ. މި މުއްދަތުގެ ތެރޭގައި ފޯމު ނުފޮނުވޭނަމަ، ފޯމު ހުށަހަޅާ ކައުންސިލުގެ ފަރާތުން އޮތޯރިޓީ އަށް އެކަން އަންގަންވާނެއެވެ. މިގޮތަށް އަންގާނީ،  އޮތޯރިޓީ ގެ ހޮޓްލައިނަށް ގުޅައި ލޮގް ކުރުމަށްފަހ،ު އޮތޯރިޓީ ގެ ރަސްމީ އީމެއިލަށެވެ.

(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފޯމު ކައުންސިލްތަކުން ހުށަހަޅާއިރު، އެ ސިޓީ އެއްގައި ނުވަތަ އެ ރަށެއްގައި ނުވަތަ އެ ސިޓީ ނުވަތަ އެ ރަށް ހިމެނޭ ސަރަހައްދުގައި ފުލުހުންގެ އިދާރާއެއް ނުވަތަ ސިފައިންގެ އިދާރާއެއް ގާއިމުކޮށްފައިވާނަމަ، އެ އިދާރާއަކުން ކަނޑައަޅާ ފަރާތެއްގެ ސޮޔާއި އެ އިދާރާގެ ރަސްމީ ތައްގަނޑު، ފޯމުގައި ހިމަނަންވާނެއެވެ. ސިފައިންނާއި ފުލުހުންގެ އިދާރާއެއް ގާއިމުކޮށްފައި ނެތްނަމަ، ކައުންސިލުގެ ސޮޔާއެކު ހުށަހެޅިދާނެއެވެ.

(ރ) އިންސާނީ އެހީތެރިކަން ފޯރުކޮށްދޭންޖެހޭކަން ދެނެގަންނާނ ނުވަތަ ނިންމާނީ، ތިރީގައި ބަޔާންކޮށްފައިވާ ފަރާތްތަކުންކުރެ ފަރާތަކުން ފޯރުކޮށްދޭ މައުލޫމާތުތަކަށް ބިނާކޮށް، އެހީ ދިނުމުގެ ކަންކަން ބެލެހެއްޓުމަށް އެކުލަވައިލައިފައިވާ، މި ގަވާއިދުގެ 30 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ "އިމަރޖެންސީ އެސިސްޓެންސް އެންޑް ރިކަވަރީ ކޮމިޓީ" އިންނެވެ.

  1. ސިޓީ ކައުސިލުތަކާއި، އަތޮޅު ކައުންސިލުތަކާއި، ރަށު ކައުންސިލުތައް؛
  2. ފުރަތަމަ އިޖާބަދޭ ފަރާތްތައް (ސިފައިން، ފުލުހުން، އިމަރޖެންސީ ސިއްހީ ހިދުމަތްދޭ ފަރާތްތައް، ދިވެހި ރެޑްކްރެސެންޓް އަދި ޑިޒާސްޓަރ މެނޭޖްމަންޓް ކައުންސިލުން ކަނޑައަޅާ އެހެނިހެން ފަރާތްތައް).

 

7 ވަނަ މާއްދާ - ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދެވޭނޭ ފަރާތްތައް

(ހ) ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދެވޭނީ އަންނަނިވި ފަރާތްތަކަށެވެ.

  1. ދިރިނޫޅެވޭވަރަށް ގެދޮރު ހަލާކުވެފައިވާ ފަރާތްތަކަށް ނުވަތަ މުޅިން ގެދޮރު ނެތިގެންދާ ފަރާތްތަކަށް؛ 
  2. އިޖާބަ ދިނުމުގެ މަރުހަލާގައި ގޯތިގެދޮރުގެ ރައްކައުތެރިކަން ކަށަވަރު ނުވާ ފަރާތްތަކަށް؛ 
  3. ގެދޮރުގައި އެ ވަގުތީަކު ނޫޅެވިގެން އަމިއްލަ ސަލާމަތާއި ރައްކައުތެރިކަމަށް ޓަކައި ގެދޮރު ދޫކޮށް ދާ ފަރާތްތަކަށް؛ 
  4. އެ ވަގުތީަކު އެ ތަން ދޫކޮށް ދިއުމަށް ފުރަތަމަ އިޖާބަދޭ ފަރާތްތައް އަންގައިގެން ގެދޮރު ދޫކޮށްދާ ފަރާތްތަކަށް؛ 
  5. ކާރިސާއެއްގެ ސީދާ އަސަރު ނުކުރި ނަމަވެސް، ކާރިސާގެ ސަބަބުން ޒަރޫރީބޭނުންތަކަށް ހުރަސްއެޅިއްޖެނަމަ، އެފަދަ ހާލަތްތަކުގައި އެ ފަރާތްތަކަށް.

(ށ) ކާރިސާގެ ސަބަބުން ގެއްލުން ލިބުނު ތަން އާމްދަނީ ހޯދުމަށް ކުއްޔަށް ދިނުމަށްފަހު އެހެން ތަނެއްގައި ދިރިއުޅޭ ފަރާތްތަކަށް، މި ގަވާއިދުގައި ބަޔާންކޮށްފައިވާ މިންގަނޑުގެ ތެރެއިން ވަގުތީ ބޯހިޔާވަހިކަން ހަމަޖައްސައެއް ނުދެވޭނެއެވެ.

 

8 ވަނަ މާއްދާ - ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދެވިދާނޭ ގޮތްތައް

(ހ) ތިރީގައި ބަޔާންކޮށްފައިވާ ގޮތްތަކުންކުރެ ގޮތެއްގެ މަތީން ވަގުތީ ބޯހިޔާވަހިކަން ހަމަޖެއްސިދާނެއެވެ.

  1. ޓެންޓު ޖަހައިގެން ނުވަތަ ބިތްގަނޑު ޖަހައިގެން ނަމަވެސް، ހިޔާކުރެވި، ވަށައިގެން ރައްކައުތެރިކަން ލިބޭނޭ ފަދަ ތަންތަން؛
  2. އިޖުތިމާއ މަރުކަޒުތައް؛
  3. ގިނަ ބަޔަކަށް އެއްފަހަރާ ބޭނުންކުރެވޭފަދަ ޖާގަހުރި، ދައުލަތުގެ އިމާރާތްތަކާއި ހުސްބިންތައް؛ 
  4. ހާލުގައި ޖެހިފައިވާ ފަރާތްތައް ދިރިއުޅުމަށް ހޮޓާ، ގެސްޓްހައުސް، ނުވަތަ ދިރިއުޅުމަށް އެކަށީގެންވާ އެނޫން ވެސް ތަނެއް ވަގުތީ ގޮތުން ކުއްޔަށް ހިފުން. ވަގުތީ ގޮތުން ތަންތަން ކުއްޔަށް ހިފުމުގައި އަމަލުކުރާނީ، ގަވާއިދު ނަންބަރު 2023-158 (ދައުލަތުގެ މާލިއްޔަތުގެ ގަވާއިދު) އާ އެއްގޮތްވާ ގޮތުގެ މަތީންނެވެ.

(ށ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ބޮޑެތި ހާދިސާތަކުގައި، ވަގުތީ ބޯހިޔާވަހިކަން ދޭންޖެހޭ މުއްދަތު 30 (ތިރީސް) ދުވަހަށްވުރެ އިތުރުވާނެކަމަށް އިޖާބަދޭ ފަރާތްތަކަށް ފެންނަނަމަ، އެޕާޓްމަންޓް ކުއްޔަށް ހިފުމަށްފަހު ބޯހިޔާވަހިކަން ފޯރުކޮށްދެވިދާނެއެވެ. މިގޮތަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ނިންމަންވާނީ، މި ގަވާއިދުގެ 30 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ "އިމަރޖެންސީ އެސިސްޓަންސް އެންޑް ރިކަވަރީ ކޮމިޓީ" އިން ނިންމައި، ބާޒާރުގައި އެ ދުވަސްވަރަކު، އެޕާޓްމަންޓް ކުއްޔަށް ލިބެންހުރި އެވަރެޖް އަގަށް ރިއާޔަތްކޮށްފައެވެ.

(ނ) ވަގުތީ ބޯހިޔާވަހިކަމަށް ވަކި ތަނެއް ދެއްކުމުގެ ބަދަލުގައި، އެކަމަށް ހިނގާނޭ ހަރަދ،ުހާލުގައި ޖެހުނު ފަރާތްތަކަށް ފައިސާގެ ގޮތުގައި ދެވިދާނެއެވެ. މިކަމުގައި އަމަލުކުރާނީ، 

  1. ގަވާއިދު ނަންބަރު 2023-158 (ދައުލަތުގެ މާލިއްޔަތުގެ ގަވާއިދު) އާއި، މާލިއްޔަތާބެހޭ ވުޒާރާގެ ލަފަޔާއި އެ ވުޒާރާއިން ކަނޑައަޅާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތީންނެވެ.

(ރ) ކާރިސާއެއްގެ ސަބަބުން ދިރިނޫޅެވޭ ވަރަށް ގެއްލުން ނުވި ނަމަވެސް، އެ ތަން އެވަގުތީަކު ހުރި ހާލަތެއްގެ ސަބަބުން ފުރަތަ މަ އިޖާބަދޭ ފަރާތްތަކުގެ އިރުށާދާއެކު ވަގުތީ ގޮތުން ގެއިން ނުކުންނަންޖެހޭ ފަރާތްތަކަށް ވަގުތީ ހިޔާ ފޯރުކޮށްދެވޭނީ، ގިނަވެގެން 1 (އެކެއް) ދުވަހާއި 3 (ތިނެއް) ދުވަހާ ދެމެދުގެ މުއްދަތަށެވެ.

(ބ) ކުއްޔަށް އުޅުނު ތަނަށް ގެއްލުންވެގެން ހާލުގައިޖެހޭ ފަރާތްތަކަށް ވަގުތީ ބޯހިޔާވަހިކަން ހަމަޖައްސައިދެވޭނީ އަންނަނިވި ގޮތަށެވެ.

  1. ވަގުތީ ހިޔާ ހަމަޖައްސައިދެވޭނީ، ގިނަވެގެން 15 (ފަނަރަ) ދުވަހަށެވެ. މި މުއްދަތުގައި އެ ފަރާތްތަކުން އެހެން ތަނެއް ކުއްޔަށް ހިފައިގެން ބަދަލުވާން ވާނެއެވެ.
  2. ހާލުގައިޖެހުނު ފަރާތްތައް ކުއްޔަށް ތަނެއް ހިފުމަށް ބޭނުންވާނެ 1 (އެކެއް) މަސްދުވަހުގެ އެޑްވާންސް ފައިސާއާއި، 2 (ދޭއް) މަސްދުވަހުގެ ކުއްޔަށް ހިނގާ ހަރަދު ދިނުމަށް، މި ގަވާއިދުގެ 30 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ "އިމަރޖެންސީ އެސިސްޓަންސް އެންޑް ރިކަވަރީ ކޮމިޓީ" އަށް ނިންމިދާނެއެވެ. މިގޮތަށް ހަރަދު ދޭން ނިންމާއިރު ބަލާނީ، ބާޒާރުގައި ތަންތަން ކުއްޔަށް ހިފުމަށް ލިބެންހުރި އަގުތަކުގެ އެވްރެޖަށެވެ.
  3. 15 (ފަނަރަ) ދުވަހުގެ ތެރޭގައި އެހެން ތަނަކަށް ބަދަލުނުވެވޭފަދަ ހާލަތްތަކުގައި ވަގުތީ ހިޔާގެ މުއްދަތު އިތުރުކުރެވޭނީ، އެކަމަށް އެދި މަގުބޫލު އުޒުރަކާއެކު އޮތޯރިޓީ އަށް ލިޔުމުން ހުށަހަޅައި، "އިމަރޖެންސީ އެސިސްޓަންސް އެންޑް ރިކަވަރީ ކޮމިޓީ" އިން އެކަމަށް ހުއްދަ ލިބިގެންނެވެ. މިގޮތަށް މުއްދަތު އިތުރުކުރާއިރު ދެވޭނީ، ގިނަވެގެން 30 (ތިރީސް) ދުވަހެވެ.

(ޅ) ކާރިސާގައި ގެއްލުން ލިބުނު ގޯތިގެދޮރުގައި ދިރިއުޅޭ އެ ތަންތަނުގެ ވެރިފަރާތުގެ އާއިލާތަކަށް، ކާރިސާގައި ލިބުނު ގެއްލުންތައް ވަޒަންކުރުމަށް މި ގަވާއިދުގެ 24 ވަނަ މާއްދާއިގެ ދަށުން ހަދާ އެސެސްމަންޓުގައި ބަޔާންކޮށްފައިވާ ގޯތިގެދޮރު މަރާމާތުކުރުމަށް ހިނގާ މުއްދަތާ ހަމަޔަށް ވަގުތީ ބޯހިޔާވަހިކަން ދެވިދާނެވެ. މިގޮތުން އެ މުއްދަތު ގުނަން ފަށާނީ، މިންގަނޑުގެ ދަށުން އެ ފަރާތްތަކަށް އެހީ ދެވޭ ދުވަހުން ފެށިގެންނެވެ.

(ކ) މި މާއްދާގެ (ބ) ގައި ބަޔާންކޮށްފައިވާ ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދެވޭނީ، ގިނަވެގެން 1 (އެކެއް) އަހަރުދުވަހަށެވެ.

 

9 ވަނަ މާއްދާ - ވަގުތީ ހިޔާތަކުގައި މަދުވެގެން ހުންނަންޖެހޭނޭ މިންގަނޑުތައް

މި ގަވާއިދުގެ ދަށުން ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ ގޮތުން ވަގުތީ ހިޔާތަކުގެ ގޮތުގައި ކަނޑައެޅޭ ތަންތަނުގައި، ތިރީގައިވާ މިންގަނޑުތައް ހިފަހައްޓަންވާނެއެވެ.

(ހ) ވަގުތީ ހިޔާގެ ގޮތުގައި ކަނޑައެޅޭ ތަނަކީ ރައްކައުތެރި ތަނެއް ކަމުގައިވާން ވާނެއެވެ. އަދި އެ ތަނަކީ ސާފުތާހިރު ތަނެއް ކަމުގައި ވެސް ވާންވާނެއެވެ.

(ށ) ބޯހިޔާވަހިކަން ފޯރުކޮށްދެވ،ޭ ވަށައިގެން ނިވައިކުރެވިފައިވާ 1 (އެކެއް) ކޮޓަރީގައ/ި ތަނުގައި ތިބެވޭނީ، ގިނަވެގެން 4 (ހަތަރެއް) މީހުންނަށެވެ. އަދި އެ ކޮޓަރގެ ތަނުގެ ބޮޑުމިނުގައި މަދުވެގެން 9X9 (ނުވައެއް X ނުވައެއް) ފޫޓު ހުންނަންވާނެއެވެ.

(ނ) އެކަށީގެންވާ ނިދޭނެ އިންތިޒާމު ހަމަޖެހިފައިވުން. މިގޮތުން ކޮންމެ މީހަކަށް ނިދުމަށް މަދުވެގެން 1 (އެކެއް) ގޮދަޑިއާއެކު 1 (އެކެއް) ބާލ ހާއި، 1 (އެކެއް) ބެޑްށީޓާއި 1 (އެކެއް) ގައިމަތ އަޅާ ފޮތިގަނޑު ނުވަތަ ރަޖާ ފޯރުކޮށްދޭން ވާނެއެވެ.

(ރ) އެއް އާއިލާއެއްގެ މެންބަރުން (މަންމަ، ބައްޕ،ަ އެއްބަނޑުއެއްބަފާ ކުދިން) ފިޔަވައި ދެ ޖިންސު އެއްކޮށް އެއްކޮޓަރިއެއްގައި ބައިތިއްބައިގެން ނުވާނެއެވެ.

(ބ) އެއް އާއިލާ ނަމަވެސް، 18 )އަށާރަ( އަހަރުންމަތ ގެ މީހުންނަށް، ޖިންސު ވަކިން ނިދޭނޭ އިންތިޒާމު ހަމަޖައްސައިދޭން ވާނެއެވެ.

(ޅ) މައިންބަފައިން/ ބެލެނިވެރިން ނުވަތަ އެއްބަނޑުއެއްބަފާ މީހަކު ފިޔަވައި އިތުރު އެހެން މީހަކާއެކު ކުޑަކުއްޖަކު އެއްކޮޓަރިއެއްގައި ބަހައްޓައިގެން ނުވާނެއެވެ. މިގޮތުން މައިންބަފައިން ނުވަތަ އެއްބަނޑުއެއްބަފާ މީހަކު ހަވާލުނުވާ ކުޑަކުދިންނަށް، ކުޑަކުދިންގެ ހައްގުތައް ރައްކައުތެރިކުރުމުގެ މަސްއޫލިއްޔަތު ހަވާލުވެފައިވާ ވުޒާރާގެ ލަފަޔާއެކު ނުވަތަ އެ ވުޒާރާއިން ކަނޑައަޅާ ފަރާތެއްގެ ލަފާގެ މަތީން ރައްކައު ތެރި ބޯހިޔާވަހިކަން ހަމަޖައްސައިދޭން ވާނެއެވެ.

(ކ) ކޮންމެ ވަގުތީ ހިޔަލެއްގައި، ގޭބިސީ ވަކިކުރެވިފައި ހުރުމާއެކު، ކޮންމެ ގޭބިސީ އަކަށް ކެއިންބުއިމުގެ އިންތިޒާމު ހަމަޖައްސައިދޭން ވާނެއެވެ. ވަގުތީ ހިޔާގައި ކެއްކުމުގެ އިންތިޒާމު ހަމަޖެހިފައިވާނަމަ، ނިދާކޮޓަރިއާއި ކައްކާތަން ވަކިކޮށްފައި ހުންނަންވާނެއެވެ.

 

10 ވަނަ މާއްދާ - ފާހާނާކުރުމުގެ އިންތިޒާމު ހަމަޖެއްސުން

(ހ) ވަގުތީ ހިޔާގައި ތިބޭ ފަރާތްތަކަށް، މި މާއްދާގެ (ށ) ގައިވާ މިންގަނޑުތަކަށް ފެތޭގޮތަށް ފާހާނާކޮށް ފެންވެރޭނެ ގޮތް ހަމަޖެހިފައި ހުންނަންވާނެއެވެ.

(ށ) މި ގަވާއިދުގެ ދަށުން ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ ގޮތުން މީހުން ބައިތިއްބާ ތަންތަނުގައި، ތިރީގައިވާ މިންގަނޑުތައް ފެތޭގޮތަށް ފާހާނާކުރުމުގެ އިންތިޒާމުހަމަޖެހިފައި ހުންނަންވާނެއެވެ.

  1. ފާހާނާކުރުމުގެ އިންތިޒާމު ހަމަޖައްސައިދޭ ތަނަކީ ރައްކައުތެރި، ސާފުތާހިރު ތަނަކަށް ވާންވާނެއެވެ؛ 
  2. ބޯހިޔާވަހިކަން ހަމަޖެހިފައިވާ ތަނާއި ފާހާނާގެ ދުރުމިނުގައި ގިނަވެގެންހުންނަންވާނ 50 (ފަންސާސް) މީޓަރެވެ؛
  3. ފާހާނާ ހަމަޖެއްސުމުގައި ޖިންސު ވަކިން ނުވަތަ އާއިލާތައް ވަކިން ފާހާނާކުރުމުގެ އިންތިޒާމު ހަމަޖައްސަންވާނެއެވެ؛
  4. ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އެކަށީގެންވާ ގޮތެއްގައި ފާހާނާކުރުމުގެ އިންތިޒާމުތައް ހަމަޖައްސަންވާނެއެވެ؛
  5. ސާފުތާހިރުވުމަށް އެކަށީގެންވާ މިންވަރަށް ސާފު ފެން ލިބެން ހުންނަންވާނެއެވެ؛
  6. ކޮންމެ 20 (ވިހި) މީހަކަށް، މަދުވެގެން 1 (އެކެއް) ފާހާނާ ހުންނަންވާނެއެވެ؛
  7. ކޮންމެ މީހަކަށް، އަމިއްލަ ސާފުތާހިރުކަން ހަމަޖެއްސުމަށް، ތިރީގައިވާ ތަކެތި ފޯރުކޮށްދޭންވާނެއެވެ؛ 
    7.1 ސައިބޯނި؛
    7.2 ދަތް އުނގުޅާ ބޭހާއި ބުރުސް؛
    7.3 ށޭމްޕޫ؛
    7.4 ލޯށަން/ތެޔޮ؛
    7.5 ޑިއޯޑިރެންޓް/ބޮޑީ ސްޕްރޭ؛ 
    7.6 ތުވާލި؛
    7.7 ސެނިޓަރ އައިޓަމްސް (އަންހެނުން ތިބިނަމަ)؛
    7.8 ބޭނުންވެއްޖެ ހާލަތެއްގައި ކުޑަކުދިންގެ ނެޕ އާއި ބޮޑެތި މީހުންގެ ނެޕީ.  
  8. މި މާއްދާގެ (7) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ސާފުތާހިރުވުމަށް ބޭނުންވާ ތަކެތި ދިނުމުގެ ބަދަލުގައި، މިފަދަ ތަކެތި އާންމުކޮށް ލިބެންހުންނަ އަގަށް ބަލައި، އެ ތަކެތި ގަތުމަށް ބޭނުންވާ ފައިސާ ވެސް ހަމަޖައްސައިދެވިދާނެއެވެ.

 

11 ވަނަ މާއްދާ - ކާބޯތަކެތި ފޯރުކޮށްދިނުން

(ހ) މި ގަވާއިދުގެ 3 ވަނަ މާއްދާއަށް ރިއާޔަތްކޮށް އެހީތެރިކަން ބޭނުންވާ ފަދަ ހާލަތެއްގައިވާ ފަރާތްތަކަށް ޒަރޫރީމިންވަރަށް ރައްކައުތެރި ކާނާއާއި ސާފު ބޯފެން، "މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ " ގެ ކާބޯތަކެތީ ގެ ރައްކައުތެރިކަމުގެ މިންގަނޑުތަކަށް ފެތޭ ގޮތެއްގެ މަތީން ފޯރުކޮށްދޭން ވާނެއެވެ.

(ށ) ކާބޯތަކެތި ފޯރުކޮށްދެވޭނީ ތިރީގައިވާ ފަރާތްތަކަށެވެ.

  1. ކާރިސާއެއްގެ ސަބަބުން ގެދޮރު ގެއްލިގެން ވަގުތީ ހިޔާތަކަށް ބަދަލުކުރެވޭ ފަރާތްތައް؛ މީގެ ތެރޭގައި މި ގަވާއިދުގެ 8 ވަނަ މާއްދާގެ (ބ) ގެ (3) ވަނަ ނަންބަރުގެ (ޅ) ގައި ބަޔާންކޮށްފައިވާ ހާލަތު އިސްތިސްނާ ވެގެންވެއެވެ.
  2. ކާރިސާއެއްގެ ސަބަބުން ގެދޮރު ނުގެއްލުނު ނަމަވެސް، މި ގަވާއިދުގެ 3 ވަނަ މާއްދާގެ (ށ) ގައިވާ ހާލަތެއް ކުރިމަތިވެ، ގޭގައި ހުރި ކާބޯތަކެތި ނެތިދާ ފަރާތްތައް؛
  3. ކާރިސާއެއްގެ ސަބަބުން ގެދޮރު ނުގެއްލުނު ނަމަވެސް، މި ގަވާއިދުގެ 3 ވަނަ މާއްދާގެ (ށ) ގައިވާ ހާލަތެއް ކުރިމަތިވެ، އެ ގޭގައި ކައްކައި ކައިބޮއި ހެދުމަށް ބޭނުންވާ ވަސީލަތްތައް ނެތިދާ ފަރާތްތައް؛
  4. ކާރިސާއެއްގެ ސަބަބުން ގެދޮރު ނުގެއްލުނު ނަމަވެސް، ގޯތިގެދޮރުގައި ނުވަތަ އެ ރަށެއްގެ އިޖުތިމާއ ބޯފެން ލިބޭނެ ނިޒާމަށް ބުރޫ އެރުން.

(ނ) މި ގަވާއިދުގެ ދަށުން ކާބޯތަކެތީ ގެ އެހީތެރިކަން ފޯރުކޮށްދިނުމުގައި ތިރީގައި ބަޔާންކޮށްފައިވާ މިންގަނޑުތައް ހިފަހައްޓަންވާނެއެވެ.

  1. ވަގުތީ ހިޔާގައި ތިބޭ އާއިލާތަކަށް ކެއިންބުއިން ހަމަޖައްސައިދެވޭނީ، މި ގަވާއިދުގެ 9 ވަނަ މާއްދާގެ (ކ) އާ އެއްގޮތަށް، ކޮންމެ ގޭބިސީ އަކަށް ވަކިވަކ ންނެވެ؛
  2. ކޮންމެ މީހަކަށް ބުއިމަށް މަދުވެގެން ދުވާލަކަށް 3 (ތިނެއް) ލީޓަރުގެ ސާފު ބޯފެން ފޯރުކޮށްދެވޭނެއެވެ. މީގެ ތެރޭގައި ބުއިމަށް ބޭނުންކުރާ އެހެނިހެން ދިޔާތަކެތި ހިމެނިދާނެއެވެ؛ 
  3. ކައްކައި ކައިބޮއި އުޅެވޭނެ ގޮތެއް ނެތް ފަރާތްތަކަށް، ކޮންމެ ފަރުދަކަށް ވެސް 3 (ތިނެއް) އިރު (ހެނދުނ،ު މެންދުރު، ރޭގަނޑު) ގެ ކެއުމަށް، ކައްކައިފައިވާ ކާނާ ފޯރުކޮށްދޭން ވާނެއެވެ؛ 
  4. ކެއްކޭނެ އިންތިޒާމުތައް ހަމަޖެހިފައިވާނަމަ، ތިބި މީހުންގެ ނިސްބަތުން، ތިރީގައިވާ ތަކެތި ފޯރުކޮށްދޭންވާނެއެވެ؛
    4.1 ސާފު ބޯފެން؛
    4.2 ކާޑުގެ ބާވަތްތައް (ހަނޑ،ޫ ހަކުރު، ފުށް)؛ 
    4.3 ކަނޑުމަސް ނުވަތަ އެއްގަމު މަސް؛
    4.4 ތަރުކާރ އާއި މުގު ފަދަ ބާވަތްތައް؛
  5. އަމިއްލައަށް ކައްކައި ކައިބޮއެހަދަން ބޭނުންވާ ފަރާތްތަކަށް، ގޭބިސީ ގައި ދިރިއުޅޭ މީހުންގެ އަދަދަށް ރިއާޔަތްކޮށް، ތިރީގައިވާ ކަންކަން ހަމަޖައްސައިދޭން ވާނެއެވެ؛ 
    5.1 ކެއްކޭނެ އިންތިޒާމުތައް؛
    5.2 ކެއްކުމަށް ބޭނުންކުރާނޭ ތެލި ފަދަ އާލާތްތައް؛
    5.3 ކާބޯތަކެތި އަޅައިފައި ބެހެއްޓުމާއި ރައްކައުކުރުމަށް ބޭނުންވާ މަތިޖެހި ތަށި ފަދަ ތަކެތި؛ 
    5.4 ކޮންމެ ފަރުދަކަށް ކާތަށްޓަކާއި، ސަމުސަލަކާއި ފެންބޯތަށްޓެއް ނުވަތަ ޖޯޑެއް ފޯރުކޮށްދޭންވާނެއެވެ. އަދި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި ކުޑަކުދިންނަށް އެކަށޭނަ ގޮތެއްގެ މަތީން މި ތަކެތި ފޯރުކޮށްދޭން ވާނެއެވެ.
  6. ބަލި ހާލަތު ހުރިގޮތުން ނުވަތަ މިފަދަ އެހެން ވެސް ހާއްސަ ހާލަތެއް ކުރިމަތިވެގެން ވަކިގޮތަކަށް ކެއުން ބަހައްޓަންޖެހޭކަމަށް ޑޮކްޓަރެއްގެ ލަފާ ދީފައިވާ ފަރާތްތަކަށް، ޑޮކްޓަރުގެ ލަފާގެ މަތީން ކެއިންބުއިމުގެ އިންތިޒާމު ހަމަޖައްސައިދޭންވާނެއެވެ.
  7. މި މާއްދާގެ (ނ) ގެ (4) ވަނަ ނަންބަރުގައިވާ ތަކެތ ގެ އިތުރުން، ކެއްކުމަށް ބޭނުންވާ އެހެނިހެން ތަކެތި ގަތުމަށް، އިތުރު އެލަވަންސެއް ދެވިދާނެއެވެ. މި އެލަވަންސް، ގަވާއިދު ނަންބަރު 2023-158 (ދައުލަތުގެ މާލިއްޔަތުގެ ގަވާއިދު) ގައި މީހަކަށް ދުވާލަކަށް ކަނޑައަޅައިފައިވާ ކެއުމުގެ އެލެވަންސަށްވުރެ ބޮޑުނުވާނޭ ގޮތެއްގެ މަތީން ދޭން ނިންމާނީ، "ޑިޒާސްޓަރ މެނޭޖްމަންޓް ކައުންސިލުން" ނުވަތަ "އެމަރޖެންސީ އެސިސްޓެންސް އެންޑް ރިކަވަރީ ކޮމިޓީ" އިންނެވެ.
  8. ރައްކައުތެރި ކާނާއާއި ސާފުބޯފެން ފޯރުކޮށްދިނުމަށް ތަކެތި ދިނުމުގެ ބަދަލުގައި، ގަވާއިދު ނަންބަރު 2023-158 (ދައުލަތުގެ މާލިއްޔަތުގެ ގަވާއިދު) ގައި ކަނޑައަޅައިފައިވާ ގޮތެއްގެ މަތީން ކެއުމުގެ އެލެވަންސްގެ ގޮތުގައި ފައިސާ ދެވިދާނެއެވެ.

 

12 ވަނަ މާއްދާ - އަންނައުނު ފޯރުކޮށްދޭންޖެހޭ ފަރާތްތައް

(ހ) މި ގަވާއިދުގެ ދަށުން އަންނައުނު ފޯރުކޮށްދެވޭނީ ތިރީގައި ބަޔާންކޮށްފައިވާ ފަރާތްތަކަށެވެ.

  1.  ވަގުތީ ހިޔާތަކުގައި ތިބި ފަރާތްތަކުގެ ތެރެއިން އަންނައުނު ބޭނުންވާ ފަރާތްތައް؛
  2. ކާރިސާއެއްގެ ސަބަބުން ގެދޮރު ނުގެއްލުނު ނަމަވެސް، މި ގަވާއިދުގެ 3 ވަނަ މާއްދާގެ (ށ) ގައިވާ ހާލަތެއް ކުރިމަތިވެ، އެ ގޭގައި ހުރި މުދަލާއި އަންނައުނު ފަދަ ތަކެތި މުޅިން ހަލާކުވެ ނެތިދާ ފަރާތްތައް؛
  3. ނޭށަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ ގެ ފަންނީ ޓީމަކުން ނުވަތަ ސަރުކާރުގެ ކަމާގުޅޭ އިދާރާއަކުން ނުވަތަ ދިވެހި ރެޑްކްރެސެންޓުގެ ފަންނީ ޓީމަކުން، ޒަރޫރީ ބޭނުންތައް ދެނެގަތުމަށް ހަދާ އެސެސްމަންޓެއްގެ މައްޗަށް ބިނާކޮށް އަންނައުނު ބޭނުންވާކަމަށް ފާހަގަކުރެވޭ ފަރާތްތައް.

(ށ) މި ގަވާއިދުގެ ދަށުން އަންނައުނު ފޯރުކޮށްދިނުމުގައި، ތިރީގައި ބަޔާންކޮށްފައިވާ މިންގަނޑު ހިފަހައްޓަން ވާނެއެވެ.

  1. ރާއްޖޭގެ ސަގާފަތާ ގުޅ،ޭ މުޖަތަމައު ބަލައިގަންނަފަދަ އަންނައުނަށް ވާންވާނެއެވެ؛ 
  2. ކޮންމެ ފަރުދަކަށް ވެސް މަދުވެގެން 3 (ތިނެއް) ސެޓް ހެދުން (އެތެރެއިންލާ ތަކެއްޗާއެކު) ފޯރުކޮށްދޭން ވާނެއެވެ.
  3. އަންނައުނު ދޮވެ ސާފުކުރުމަށް ތަކެތި ބޭނުންވެއްޖެ ހިނދެއްގައި، ތިރީގައިވާ ތަކެތި ފޯރުކޮށްދޭން ވާނެއެވެ. 
    3.1 ސާފު ފެން؛
    3.2 އަންނައުނު ދޮވެވޭނެ ފަދަ އިންތިޒާމެއް؛ މިގޮތުން ހާލަތަށް ރިއާޔަތްކޮށް، އެންމެ އެކަށޭނަ އިންތިޒާމެއް ހަމަޖައްސައިދޭން ވާނެއެވެ.
    3.3 ދޮންނަ ކުނޑި.

(ނ) އަންނައުނާއި އަންނައުނު ދޮންނަން ތަކެތި ދިނުމުގެ ބަދަލުގައި، އެހީ ދިނުމުގެ ކަންކަން ބެލެހެއްޓުމަށް އެކުލަވައިލައިފައިވާ މި ގަވާއިދުގެ 30 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ "އިމަރޖެންސީ އެސިސްޓެންސް އެންޑް ރިކަވަރީ ކޮމިޓީ" އިން ނިންމާ ގޮތެއްގެ މަތީން، މި މާއްދާގެ (ށ) ގައިވާ ތަކެއްޗަށް އަގުމަގުކޮށް ފައިސާގެ އެހީ ދެވިދާނެއެވެ.

 

13 ވަނަ މާއްދާ - ސިއްހީ އެހީތެރިކަން ފޯރުކޮށްދިނުން

(ހ) ކާރިސާއަކާ ގުޅިގެން ސިއްހީ އެހީތެރިކަން ފޯރުކޮށްދިނުމުގެ އެންމެ އިސް ދައުރެއް އަދާކުރާނީ، ސިއްހީ ކަންކަން ހަވާލުކޮށްފައިވާ ވުޒާރާއިންނެވެ.

(ށ) ކާރިސާއެއްގައި ސިއްހީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ޓްރައޭޖް ސިސްޓަމް ގާއިމުކޮށް، އަވަސް އެހީ ފޯރުކޮށްދިނުމުގެ މަސައްކަތް، އެ ރަށެއްގެ ސިއްހީ ހިދުމަތްދޭ މަރުކަޒުން ހަމަޖައްސަންވާނެއެވެ.

(ނ) ހާލުގައިޖެހޭ ފަރާތްތަކަށް ބޭނުންވާ ސިއްހީ ފަރުވާއާއި ބޭސް އެވަގުތީަކު އެ ރަށެއްގައި ހުރި މިންވަރަކުން، މި މާއްދާގެ (ށ) ގައިވާ ގޮތުގެމަތީން، ބަލިހާލަތަށް އިސްކަންދޭ ތަރުތ ބަކުން، އެއްވެސް ތަފާތުކުރުމެއްނެތި ފޯރުކޮށްދޭންވާނެއެވެ. ބަލީގެ ގޮތުން އެ ރަށަކުން ލިބެން ނެތް ފަރުވާހޯދުމަށް ސިއްހީ ނިޒާމުގެ ތެރެއިން ފަރުވާ ލިބެންހުރި ތަނަކަށް ރިފަރ ކުރަންވާނެއެވެ.

(ރ) ކާރިސާއެއް ހިނގާ ސަރަހައްދަށް ސިއްހީ އެހީތެރިންގެ ޓީމެއް، ވ އެންމެ އަވަހަކަށް ހާޒިރުވާންވާނެއެވެ. އަދި މި ޓީމުން، ކާރިސާގައި ގެއްލުންވ ފަރާތްތަކަށް ބޭނުންވާ ސިއްހީ އެހީ އާއި ހެލްތު ރިސްކް ދެނެގަނެ، އެ ކަންކަމަށް ބޭނުންވާ ވަސީލަތާއި ބޭސްފަރުވާއަށް ބޭނުންވާ ކަންކަން ފާހަގަކުރަންވާނެއެވެ.

(ބ) ދާއިމ ބަލިތަކަށް ފަރުވާ ހޯދަމުންދާ ފަރާތްތަކަށް މެދުނުކެނޑި ބޭނުންކުރެވޭގޮތަށް ބޭސް ހޯދައިދިނުމުގެ އިންތިޒާމުތައް ހަމަޖައްސައިދޭން ވާނެއެވެ.

 

14 ވަނަ މާއްދާ - ސިއްހީ އެހީތެރިކަން ފޯރުކޮށްދޭ ފަރާތްތަކުން ސަމާލުކަން ދޭންޖެހޭ ކަންތައްތައް

(ހ) ހާލުގައި ޖެހުމުގެ ސަބަބުން ރައްކައުތެރި ސަރަހައްދަކަށް ބަޔަކު ބަދަލުކުރެވޭއިރު، އެ ތަނަކުން އެ ފަރާތްތަކުގެ އަސާސީ ބޭނުންތައް ފުދޭތޯ ބަލަންވާނެއެވެ. މިގޮތުން މި ގަވާއިދުގައި ބަޔާންކޮށްފައިވާ މިންގަނޑުތަކާ އެއްވަރަށް، ނިދުމާއި ފާހާނާކުރުމާއި ކެއުމުގެ އިންތިޒާމުތައް ހަމަޖެހިފައިވޭތޯ ބަލަންވާނެއެވެ.

(ށ) ކުޑަކުދިން ތިބިނަމަ، އެ ކުދިންނަށް ބޭނުންވާ ކަންތައްތައް ކޮށްދެވޭނެ އިންތިޒާމެއް ހަމަޖެހިފައިވޭތޯ ބަލަންވާނެއެވެ. މިގޮތުން އެ ކުދިންނަށް ބޭނުންވާ ނެޕީ އާއި، ބުއްފުޅިއާއި، ކިރު ފަދަ ތަކެތި ލިބެން ހުރިތޯ ބަލަންވާނެއެވެ.

(ނ) އަންހެނުން ތިބިނަމަ، އެ މީހުން ބޭނުންކުރުމަށް އެކަށޭނަ އަންނައުނު (އެތެރެއިންލާ އަންނައުނު ހިމެނޭ ގޮތަށް)، އަދި ސެނިޓަރ ޕެޑާއި، ގަވާއިދުން ދޭތެރެ ދުރުކުރާ ބޭސް ކާ މީހަކު ހުރިނަމަ، ބޭސްކެއުން މެދުނުކެޑޭގޮތަކަށް ބޭސް ލިބެން ހުރިތޯ ބަލަންވާނެއެވެ.

(ރ) ދާއިމ ބޭހެއް ބޭނުންކުރާ މީހަކު ހުރިނަމަ، އެ ފަރާތަކަށް އެ ބޭހެއް ލިބޭނޭ އިންތިޒާމު ހަމަޖެހިފައިވޭތޯ ބަލަންވާނެއެވެ.

(ބ) ފާހާނާއާއި ކޮޓަރިތަކުގައި އެކަށީގެންވާވަރުގެ އަލިކަން ލިބޭގޮތަށް ހުރި ތަނެއްތޯ ބަލަންވާނެއެވެ. އަދި ވައި ދައުރުވާގޮތަށް ހުރިތޯ ވެސް ބަލަންވާނެއެވެ.

(ޅ) އިތުރު ފަރުވާއެއް ނުވަތަ އެހީ އެއް ވަގުތީުން ބޭނުންވާ ބަޔަކު ތިބިނަމަ، އެ މީހުންނަށް ބޭނުންވާ އެހީތެރިކަން ދިނުމަށް ޓަކައި އެފަދަ ތަނަކަށް ބަދަލުކުރަންވާނެއެވެ. (މިސާލަކަށް، ހޮސްޕިޓަލަށް ބަދަލުކޮށް ފަރުވާދޭންޖެހޭ މީހުން ހޮސްޕިޓަލަށް ބަދަލުކުރުން)

(ކ) ހާލުގައި ޖެހިފައިވާ ވަކި ގިންތިއެއްގެ ނުވަތަ ވަކި އުމުރެއްގެ މީހުންނަށް ނުވަތަ ވަކި ހާލަތެއްގެ މީހުންނަށް ހާއްސަ ކަންތައްތައް ހަމަޖެހިފައިވޭތޯ ބަލަންވާނެއެވެ.

 

15 ވަނަ މާއްދާ - ކާރިސާތަކާ ގުޅިގެން ނަފްސާނީ އެހީތެރިކަން ފޯރުކޮށްދިނުން

ކާރިސާގެ ސަބަބުން ނަފްސާނީ އެހީތެރިކަން ދޭންޖެހޭ ފަރާތްތައް ދެނެގަންނާނީ، އެ ވަގުތީަކު އެ ތަނެއްގައި ފުރަތަމަ އެހީ ދިނުމަށް ހަރަކާތްތެރިވާ ފަރާތްތަކުން ނުވަތަ ކަމާ ގުޅޭ ފަރާތްތަކުންނެވެ. އަދި ނަފްސާނީ އެހީތެރިކަން ބޭނުންވާކަމަށް ބެލެވޭ ފަރާތްތަކުގެ މައޫލޫމާތު، އެ ތަނެއްގެ ސިއްހީ މަރުކަޒާއި ނުވަތަ ސިއްހީ ކަންކަން ބަލަހައްޓާ ވުޒާރާޔާހިއްސާ ކުރަންވާނެއެވެ.

 

16 ވަނަ މާއްދާ - ކާރިސާތަކާ ގުޅިގެން އާންމު ރައްޔިތުންގެ ރައްކައުތެރިކަން ކަށަވަރު ކުރުން

(ހ) ކާރިސާއެއްގެ ހާލަތުގައި ރައްޔިތުންގެ ސަލާމަތާއި ރައްކައުތެރިކަން ކަށަވަރުކޮށްދިނުމުގެ ޒިންމާ އަދާކުރާނީފުރަތަމަ އިޖާބަދޭ ފަރާތްތަކުންނެވެ. (ށ) ކާރިސާއަކާ ގުޅިގެން ގޯތިގެދޮރާއި މުދާ ދޫކޮށްފައި ދާންޖެހޭ ހާލަތްތަކުގައި، ގޯތިގެދޮރުގެ ރައްކައުތެރިކަން ޔަގީންވަންދެން، ނުވަތަ އެ ފަރާތްތަކުން ގެތަކަށް އެނބުރި އަންނަންދެން އެ ތަންތަނުގެ ސަލާމަތާއި ރައްކައުތެރިކަން، ސަލާމަތ ބާރުތަކުން ބަލަހައްޓައިދޭން ވާނެއެވެ.

 

17 ވަނަ މާއްދާ - ކާރިސާތަކުގައި ފުރާނަ ގެއްލޭ ފަރާތްތަކުގެ ކަށުކަމާކެމީގެ ކަންކަން ހަމަޖެއްސުން

(ހ) ކާރިސާތަކުގައި ފުރާނަގެއްލޭ ފަރާތްތަކުގެ ކަށުކަމާކެމީގެ ކަންކަން ހަމަޖައްސާނީ،އިސްލާމ ކަންކަން ބެލެހެއްޓުމުގެ ޒިންމާ މަތިކޮށްފައިވާ ވުޒާރާގެ ލަފާގެ މަތީން، ކައުންސިލުތަކުންނެވެ.

(ށ) ފުރާނަ ގެއްލޭ ފަރާތްތަކަކ، ކާކުކަން ކަށަވަރުކުރުން (ޑެޑް ބޮޑީ އައިޑެންޓިފިކޭށަން) ކުރިޔަށް ގެންދާނީ، ދިވެހި ފުލުހުންގެ ހިދުމަތުންނެވެ.

(ނ) ކާރިސާތަކުގައި ފުރާނަ ގެއްލޭ ބިދޭސީންގެ ތެރެއިން ރާއްޖެއިން ބޭރަށް ގެންދަން ބޭނުންވާ ފަރާތްތައް ގެންދިއުމުގެ މަސައްކަތްކުރާނީ، އެ ފަރާތަކާ ހަވާލުވެ ހުންނަ ފަރާތަކުން ނުވަތަ އެކަން ކުރިޔަށް ގެންދިއުމަށް ޑިޒާސްޓަރ މެނޭޖްމަންޓް ކައުންސިލުން ނިންމާ ވުޒާރާއަކުންނެވެ.

 

18 ވަނަ މާއްދާ - ކާރިސާތަކުގައި ހާލުގައިޖެހޭ ބިދޭސީންނަށް އެހީތެރިވުން

(ހ) ކާރިސާތަކުގައި ހާލުގައިޖެހޭ ބިދޭސީ މަސައްކަތްތެރިންނާއި، އެ ފަރާތްތަކަށް ޒިންމާވާ ވެރިފަރާތް ހޯދައި، އެ ފަރާތަކާ އެ މީހުން ހަވާލުކުރެވުނުކަން، ބިދޭސީންގެ ކަންކަން ބަލަހައްޓާ ވުޒާރާ މެދުވެރިކޮށް އޮތޯރިޓީން ޔަގީންކުރަންވާނެއެވެ.

(ށ) ކާރިސާތަކުގައި ހާލުގައިޖެހޭ ބިދޭސީ މަސައްކަތްތެރިންނާ މީހަކު ހަވާލުވަންދެން، އެފަދަ ފަރާތްތަކަށް ވެސް ތަފާތުކުރުމެއްނެތި، ކަނޑައެޅޭ އުސޫލެއްގެ ތެރެއިން އިންސާނީ ހިދުމަށް ފޯރުކޮށްދޭންވާނެއެވެ.

(ނ) ކާރިސާތަކުގައި ހާލުގައިޖެހޭ ފަތުރުވެރިންނަށް ބޭނުންވާ އިންސާނީ އެހީތެރިކަން، ފަތުރުވެރިކަމާބެހޭ ކަންކަން ބެލެހެއްޓުން މަތިކޮށްފައިވާ ވުޒާރާއާއި ހާރިޖީ ކަންކަން ބެލެހެއްޓުން މަތިކޮށްފައިވާ ވުޒާރާގެ ލަފާގެ މަތީން، އެ ބަޔަކު ތިބި ޓޫރިސްޓް ފެސިލިޓީ އަކުން ނުވަތަ އެ ފަރާތަކާ ހަވާލުވެފައިވާ ޓުއަރ އޮޕަރޭޓަރުން، މި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތީން ފޯރުކޮށްދޭންވާނެއެވެ. މި ފަދަ ހާލަތެއްގައި ބޭނުންވާ ޓެކްނިކަލް އެހީތެރިކަން ފޯރުކޮށްދޭނީ، ނޭށަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީންނެވެ.

(ރ) ކާރިސާއެއްގެ ސަބަބުން ފުރާނަ ގެއްލޭ ބިދޭސީންގެ ހަށިގަނޑު (ފަތުރުވެރިންނާއި ބިދޭސީމަސައްކަތްތެރިން ހިމެނޭ ގޮތަށް) އަނބުރާ ގައުމަށް ގެންދަން ބޭނުންވާ ފަރާތްތަކަށް ބޭނުންވާ އެހީތެރިކަން، ފަތުރުވެރިކަމާބެހޭ ކަންކަން ބެލެހެއްޓުން މަތިކޮށްފައިވާ ވުޒާރާއާއި ހާރިޖ ކަންކަން ބެލެހެއްޓުން މަތިކޮށްފައިވާ ވުޒާރާގެ ލަފަޔާއެކު ކުރިޔަށް ގެންދާނީ، އެ ބަޔަކު ތިބި ޓޫރިސްޓް ފެސިލިޓީ އަކުން ނުވަތަ އެ ފަރާތަކާ ހަވާލުވެފައިވާ ޓުއަރ އޮޕަރޭޓަރުން ނުވަތަ ކުންފުންޏަކުން ނުވަތަ އަމިއްލަ ފަރުދެކެވެ.

(ބ) ކާރިސާއެއްގެ ހާލަތުގައި ފަތުރުވެރިންނާއި، ބިދޭސީ މަސައްކަތްތެރިންނާއި، ޓޫރިސްޓް ފެސިލިޓީ ތަކުގެ ސަލާމަތާއި ރައްކައުތެރިކަން ކަށަވަރުކޮށްދިނުމުގެ ޒިންމާ އަދާކުރާނީ، މި ގަވާއިދުގެ 16 ވަނަ މާއްދާގެ ދަށުން ދިވެހި ފުލުހުންގެ ހިދުމަތުންނެވެ.

 

19 ވަނަ މާއްދާ - ކާރިސާތަކާ ގުޅިގެން ފޯރުކޮށްދެވޭ އެހެނިހެން އެހީތެރިކަން

(ހ) ކާރިސާއެއްގެ ސަބަބުން ހާލުގައިޖެހޭ ފަރާތްތަކުގެ ގެއްލިފައިވާ ރަސްމީ ލިޔެކިޔުންތައް އަލުން ހަދައިދިނުމަށް ކައުންސިލްތަކުން އެހީތެރިކަން ފޯރުކޮށްދޭންވާނެއެވެ.

(ށ) ކާރިސާއެއްގެ ސަބަބުން ގެދޮރާއި މުދަލާ ގުޅޭ ކަންކަމުގައި އުފެދޭ މައްސަލަތައް ހައްލުކޮށްދިނުމުގައި ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދޭނީ ކައުންސިލްތަކުންނެވެ.

(ނ) ކާރިސާއެއްގެ ސަބަބުން ސްކޫލުތަކުގެ ކިޔެވުން ބަންދުކުރަން ޖެހިއްޖެނަމަ، އަލުން ކިޔަވަން ފެށުމުގެ ކުރިން، އިމާރާތާއި ކިޔަވައިދިނުމަށް ބޭނުންކުރެވޭ އާލާތްތައް ހުރ ބޭނުންކުރެވޭފަދަ ހާލަތެއްގައިތޯ، ތައުލީމާބެހޭ ވުޒާރާއިން ޔަގީންކުރަންވާނެއެވެ. މިގޮތުން، އުމްރާނީގޮތުން ލިބޭ ގެއްލުން ދެނެގަތުމަށް ޓަކައި އެސެސްމަންޓް ހަދަންޖެހޭ ސްކޫލްތަކަށް، އެ ވުޒާރާގެ އިސްނެގުމުގެ މަތީން، ކަމާބެހޭ ވުޒާރާއެއްގެ އެހީތެރިކަމާއެކު، އެ އެސެސްމަންޓް ހަދަންވާނެއެވެ.

(ރ) ދަރިވަރުންގެ ކިޔެވުމަށް ބޭނުންކުރާ ތަކެއްޗަށް ކާރިސާއެއްގެ ސަބަބުން ލިބޭ ގެއްލުންތައް ދެނެގަނެ، އެ ދަރިވަރުންނަށް އެފަދަ ތަކެތި ފޯރުކޮށްދިނުމާއި ކިޔެވުމުގެ ކަންކަން މެދުނުކެނޑި ކުރިޔަށް ގެންދެވޭނޭ އިންތިޒާމ،ު ތައުލީމާބެހޭ ވުޒާރާއިން ހަމަޖައްސައިދޭންވާނެއެވެ.

(ބ) ކާރިސާއެއްގެ ހާލަތުގައި މިސްކިތްތަކާއި ފިހާރަތަކާއި އާންމު ކުނިކޮށިފަދަ އާންމު ތަންތަން ރައްޔިތުންނަށް މެދުނުކެނޑި ބޭނުންކުރެވޭނޭ އިންތިޒާމުތައް ކައުންސިލްތަކުން ހަމަޖައްސައިދޭން ވާނެއެވެ.

(ޅ) ކުޑަކުދިންނާ ރަށްޓެހި މާހައުލެއް ގާއިމުކުރުމަށް ޓަކައި ހެދިފައިވާ ޕާރކްތަކާއި ކުޅޭ ސަރަހައްދުތައް ކާރިސާއެއްގެ ހާލަތުގައި ބޭނުންކުރެވޭ ހާލަތެއްގައި ހުރިކަމުގައި ވާނަމަ، އެފަދަ ތަންތަން ކުޑަކުދިންނަށް ބޭނުންކުރެވޭނޭ އިންތިޒާމުތައް، ކައުންސިލްތަކުން ހަމަޖައްސައިދޭން ވާނެއެވެ.

(ކ) ކާރިސާގެ ސަބަބުން އެއްވެފައިވާ ކުނިތައް ނެގުމާއި ރަށް ސާފުކުރުމަކ ރަށުފެންވަރުގައި ކައުންސިލްތަކުގެ ޒިންމާއެކެވެ. މިކަމުގައި ސަލާމަތުން ތިބި އެންމެހައި ފަރުދުންގެ ބައިވެރިވުން ހޯދައި، އެކަމަށް ބޭނުންވާ އެންމެހައި ވަސީލަތްތަ އް ހޯދުމަކ ވެސް ކައުންސިލުގެ ޒިންމާއެކެވެ.

 

ތިންވަނަ ބާބު

ގޯތިގެދޮރާއި ހިފައި ގެންގުޅޭ ތަކެއްޗަށް ލިބޭ ގެއްލުމަށް ދެވޭ އެހީތެރިކަން ފޯރުކޮށްދިނުމުގެ މިންގަނޑު

 

20 ވަނަ މާއްދާ - ގޯތިގެދޮރާއި ހިފައިގެންގުޅޭ ތަކެއްޗަށް ލިބޭ ގެއްލުމަށް ދެވޭ އެހީތެރިކަން

(ހ) މި ގަވާއިދުގެ 3 ވަނަ މާއްދާއާއި 4 ވަނަ މާއްދާގެ (ހ) ގައިވާ ހާލަތެއް މެދުވެރިވުމުގެ ސަބަބުން ލިބޭ ގެއްލުންތަކުން އަރައިގަނެ، އާންމު ހާލަތަށް ރުޖޫއަވުމަށް ރައްޔިތުންނަށް އެހީތެރިވާންވާނެއެވެ.

(ށ) މި ގަވާއިދުގެ ދަށުން އެހީތެރިކަން ފޯރުކޮށްދޭނީ، ޒަރޫރީ ބޭނުންތައް ފުއްދޭ މިންވަރަށެވެ.

(ނ) މި ގަވާއިދުގެ ތެރެއިން، ދެވޭ އެހީތެރިކަމުގެ ބޭރުން ރައްޔިތުންނަށް ފައިސާގެ އެހީފަސޭހައިން ހޯދޭނެ ލޯނު ސްކ މެއް ނުވަތަ އިންށުއަރަންސް ސްކީމެއް ތައާރުފު ކުރުމުގެ މަސައްކަތް، ކަމާގުޅޭ އިދާރާތަކާއެކު ކުރުމަކ ނޭށަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ ގެ ޒިންމާއެކެވެ.

 

21 ވަނަ މާއްދާ - މި ގަވާއިދުގެ ދަށުން އެހީ ނުދެވޭނެ ހާލަތްތަކާއި ތަންތަނާއި ތަކެތި

މި ގަވާއިދުގައި ބަޔާންކޮށްފައިވާ މިންގަނޑުގެ ތެރެއިން، ތިރީގައިވާ ހާލަތްތަކަށާއި ތަންތަނާއި ތަކެއްޗަށް ލިބޭ ގެއްލުންތަކަށް އެހީ އެއް ނުދެވޭނެއެވެ.

(ހ) އާމްދަނީ ހޯދުމަށް ކުރާ މަސައްކަތަށް ނުވަތަ ވިޔަފާރިއަށް ލިބޭ ގެއްލުން.

(ށ) މީހުން ދިރިއުޅުމަށް ކުއްޔަށް ދޫކުރެވިފައިވާ ތަންތަން ފިޔަވައި، އާމްދަނީ ހޯދުމަށް މަސައްކަތްކުރާ ތަނަކީ ގެއާ އިންވެގެން ހުރި ތަނެއް ނަމަވެސް، ނުވަތަ ގޯތިތެރޭގައި ހުރި ތަނެއް ނަމަވެސް، އެ ތަނަކަށް ނުވަތަ އެ އިމާރާތަކަށް ލިބޭ ގެއްލުމާއި މުދާ ރައްކައުކުރުމަށް ހުންނަ ގުދަން ފަދަ ތަންތަނަށް ލިބޭ ގެއްލުން.

(ނ) ގަސްތުގައި އަމިއްލަ މުދަލަށާއި ގެދޮރަށް ދެވޭ ގެއްލުން.

(ރ) އެއްގަމު އުޅަނދުފަހަރާއި ކަނޑު ދަތުރުކުރާ އުޅަނދުފަހަރުގައި އުފުލާ މުދަލަށް ލިބޭ ގެއްލުން.

(ބ) ދަނޑު ބިމަށް ލިބޭ ގެއްލުން.

(ޅ) އިޖާބަ ދިނުމުގެ މަރުހަލާގައި އެހީތެރިކަން ފޯރުކޮށްދެވިފައިވާ ގެއްލުންތައް.

(ކ) މި ގަވާއިދުގެ 3 ވަނަ މާއްދާގެ (ށ) ގައިވާ ހާލަތެއް މެދުވެރި ނުވާހައި ހިނދަކު، ހޮނުއެޅުމުގެ ސަބަބުން އިލެކްޓްރިކް އާލާތްތަކަށާއި އިލެކްޓްރޯނިކް އާލާތްތަކަށް ލިބޭ ގެއްލުން.

(އ) ސަރުކާރާއި އަމިއްލަ މުއައްސަސާތަކުގެ އިމާރާތާއި، އެ ތަންތަނުގައި ހުންނަ އިކުއިޕްމެންޓުތަކާއި ފަރުނީޗަރަށް ލިބޭ ގެއްލުން.

(ވ) ލޭބަރ ކުއާޓާސްގެ ގޮތުގައި ސަރުކާރުން ނުވަތަ އަމިއްލަ ފަރުދުންނާއި ކުންފުނިތަކާއި ޖަމުއިއްޔާތަކާއި ޖަމާއަތްތަކުން މުވައްޒަފުން ބޭތިއްބުމަށް ހަމަޖައްސައިފައިވާ ތަންތަން.

(މ) ފަޅު ގެ (މީހުން ދިރިނޫޅޭތާ 12 މަސްދުވަހަށްވުރެ ގިނަ ދުވަސްވެފައިވާ ގެ).

(ފ) ފެންބޮޑުވުމުގެ ސަބަބުން ފަރުނީޗަރަށް ލިބޭ ގެއްލުންތަކުގައި، ބޭނުންކުރެވޭ ފަދަ ހާލަތުގައި ހުންނަ ތަކެތި.

(ދ) ގޭގެ ވަށާފާރާއި ފެންސް ނުވަތަ މައި ގޭޓާއި ގަރާޖް ފަދަ ތަންތަނަށް ލިބޭ ގެއްލުން

 

22 ވަނަ މާއްދާ - ށަރުތު ހަމަވުން

ކާރިސާތަކުގައި ލިބޭ ގެއްލުންތަކާ ގުޅިގެން މި ގަވާއިދުގެ ދަށުން ފޯރުކޮށްދެވޭ އެހީތެރިކަމަށް ށަރުތު ހަމަވާކަމަށް ބެލޭނީ، ތިރީގައި ބަޔާންކޮށްފައިވާ ކަންކަން ފުރިހަމަވުމުންނެވެ.

(ހ) މި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން އިންސާނީ އެހީތެރިކަމަށް އެދި ހުށަހަޅައިފައި ނުވި ނަމަވެސް، މި ގަވާއިދުގެ 3 ވަނަ މާއްދާގެ (ށ) ގައިވާ ހާލަތެއް މެދުވެރިވުން.

(ށ) ކާރިސާގެ ރިޕޯޓު ލިޔުމުން ނުވަތަ އިމަރޖެންސީ ހޮޓްލައިން މެދުވެރިކޮށް ކައުންސިލުން،ނޭށަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ އަށް ރިޕޯޓުކޮށްފައިވުން.

(ނ) ބޯހިޔާވަހިކަން ނުގެއްލުނު ނަމަވެސް، ގެދޮރަށް ގެއްލުންވެ، ގެދޮރުގައި ހުރި ޒަރޫރީބޭނުމަށް ގެންގުޅޭ ތަކެތި ހަލާކުވެގެން ދިއުން.

(ރ) ފެންބޮޑުވުމުގެ ކާރިސާތަކުގައި، އެއް ސަރަހައްދަކުން 3 (ތިނެއް) ގެއަށްވުރެ ގިނަ ގޭގޭގައި ފެންބޮޑުވެ ގެއްލުން ލިބުން.

(ބ) މި މާއްދާގެ (ރ) ގައި އެހެން އޮތް ނަމަވެސް، ދިމާވާ ކަމެއްގެ ބޮޑުމިނާއި ގެދޮރުގެ ހާލަތަށް ރިއާޔަތްކޮށް، އެއް ސަރަހައްދަކުން 3 (ތިނެއް) ގެއަށް އަސަރު ނުކުރި ނަމަވެސް އެހީ ދިނުމަށް ނިންމިދާނެއެވެ.

(ޅ) އެހީ އަށް އެދި ހުށަހަޅާ ފަރާތުގެ އަމިއްލަ ގެދޮރުކަމުގައި ނުވަތަ މުދާކަމުގައި ވުން.

(ކ) ގެ ނުވަތަ ހިފައިގެންގުޅޭ ތަކެއްޗާއި ޒަރޫރީ ބޭނުމަށް ބޭނުންކުރާ ތަކެތި، ކާރިސާއަކަށް އިންށުއަރ ކޮށްފައި ނުވުން.

(އ) ކާރިސާގެ ސަބަބުން ލިބުނު ގެއްލުންތައްކަން ޔަގީންކުރެވުން.

(ވ) މި ގަވާއިދުގެ 3 ވަނަ މާއްދާގެ (ށ) ގައިވާ ފަދަ ހާލަތެއް މެދުވެރިވެގެން، ފާއިތުވެދިޔަ 1 (އެކެއް) އަހަރުދުވަހުގެ ތެރޭގައި އެހީތެރިކަން ފޯރުކޮށްދ ފައިވާ ގެއްލުންތަކަކަށް ނުވުން. މީގެ ތެރޭގައި ގޭގެ އިމާރާތަށް ލިބޭ ގެއްލުން އިސްތިސްނާވާނެއެވެ.

 

23 ވަނަ މާއްދާ - އެހީ ދިނުމަށް ނިންމުން.

ގޯތިގެދޮރާއި ހިފައިގެންގުޅޭ ތަކެއްޗަށް ލިބޭ ގެއްލުމަށް ދެވޭ އެހީތެރިކަން ފޯރުކޮށްދިނުމަށް ނިންމާނީ، އެހީ ދިނުމުގެ ކަންކަން ބެލެހެއްޓުމުގެ ގޮތުން މި ގަވާއިދުގެ 30 ވަނަ މާއްދާގެ ދަށުން އެކުލަވައިލާ "އިމަރޖެންސީ އެސިސްޓެންސް އެންޑް ރިކަވަރީ ކޮމިޓީ" އިންނެވެ.

 

24 ވަނަ މާއްދާ - ގެއްލުން ދެނެގަތުމަށް އެސެސްމަންޓް ހެދުން

(ހ) ގޯތިގެދޮރަށް ލިބޭ ގެއްލުންތަކުގެ އެސެސްމަންޓް ހަދާނީ، ނޭށަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީން ކަނޑައަޅާ ފަންނީ ޓީމަކުންނެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަންނީ ޓީމެއް ނެތް ރަށްރަށުގެ ކައުންސިލް އިދާރާއިން، މި ގަވާއިދުގެ ޖަދުވަލު 2 ގައި ހިމަނައިފައިވާ "ކާރިސާތަކުގައި ލިބޭ ގެއްލުން ހުށަހަޅާ ފޯމު" ފުރިހަމަކުރުމަށްފަހ،ު ނޭށަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ އަށް ހުށަހަޅަންވާނެއެވެ.

(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ފޯމު ކައުންސިލްތަކުން ހުށަހަޅާއިރު، އެ ސިޓީ އެއްގައި ނުވަތަ އެ ރަށެއްގައި ނުވަތަ އެ ސިޓީ ނުވަތަ އެ ރަށް ހިމެނޭ ސަރަހައްދުގައި ފުލުހުންގެ އިދާރާއެއް ނުވަތަ ސިފައިންގެ އިދާރާއެއް ގާއިމުކޮށްފައިވާނަމަ، އެ އިދާރާއަކުން ކަނޑައަޅާ ފަރާތެއްގެ ސޮޔާއި އިދާރާގެ ރަސްމީ ތައްގަނޑު، ފޯމުގައި ހިމަނަންވާނެއެވެ. ސިފައިންގެ އިދާރާއެއް ނުވަތަ ފުލުހުންގެ އިދާރާއެއް ގާއިމުކޮށްފައި ނެތްނަމަ، ކައުންސިލުގެ ސޮޔާއެކު ހުށަހެޅިދާނެއެވެ.

(ރ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ފޯމ،ު ކާރިސާ ނިމޭތާ 48 )ސާޅީސްއަށެއް( ގަޑިއިރު ތެރޭގައި ހުށަހަޅަންވާނެއެވެ. ކާރިސާގެ ބޮޑުމިނަށް ބަލައި މިއަށްވުރެ ދިގު މުއްދަތެއް ބޭނުންވާނަމަ، އޮތޯރިޓީ އަށް ލިޔުމުން އެކަން އަންގަންވާނެއެވެ.

(ބ) އެސެސްމަންޓް ހެދުމުގައި ބަލަންވާނީ، ގޭބިސީ ގައި ދިރިއުޅޭ މީހުންގެ އަދަދަށެވެ. ގޭބިސީ އެއްކަމުގައި ބަލާނީ، އިން ވަކިކުރެވި ނުވަތަ ވަކިވަކި ފަންގިފިލާތަކުގައި ދިރިއުޅ،ޭ ނުވަތަ އިން ވަކިނުވިކަމުގައި ވިޔަސް ކެއިންބުއިމާއި ފާހާނާކުރުމުގެ އިންތިޒާމު ވަކިން ހަމަޖައްސައިގެން ދިރިއުޅެމުންދާ ފަރާތްތަކަށެވެ.

(ޅ) ގެއްލުން ދެނެގަތުމަށް އެސެސްމަންޓް ހަދަންވާނީ، ގޭގެ ވެރިފަރާތް ނުވަތަ ގޭބިސީ ގެ އެންމެ އިސްފަރާތުގެ ހާޒިރުގައި ނުވަތަ އެއިން ފަރާތެއް ކަނޑައަޅާ މީހެއްގެ ހާޒިރުގައި، އެ މީހެއްގެ ހުއްދަޔާއެކުގައެވެ. އަދި އެ ފަރާތެއްގެ މައުލޫމާތު، އެސެސްމަންޓު ފޯމުގައި ނޯޓުކޮށް ސޮއި ހޯދަންވާނެއެވެ.

(ކ) އެސެސްމަންޓް ހެދުމަށް ފީލްޑް ދަތުރުތައް ހަމަޖެއްސުމާއި، ފީލްޑް ޓީމުތަކުގެ ހުރުމާއި ކެއިންބުއިމުގެ އިންތިޒާމު ހަމަޖައްސާނީ، ގަވާއިދު ނަންބަރު -158R2023/( ދައުލަތުގެ މާލިއްޔަތުގެ ގަވާއިދު( އާ އެއްގޮތްވާ ގޮތުގެ މަތީން، އޮތޯރިޓީންނެވެ.

(އ) މި މާއްދާގެ (ކ) ގައި އެގޮތަށް ބަޔާންކޮށްފައި އޮތް ނަމަވެސް، އެސެސްމަންޓް ހެދުމަށް ކަނޑައަޅާ ޓީމުގައި ހިމެނޭ އެހެނިހެން މުއައްސަސާތަކުގެ ބައިވެރިންގެ ފީލްޑް ހަރަދާއި، ކެއިންބުއިމާއި، ތިބުމުގެ އިންތިޒާމ،ު ގަވާއިދު ނަންބަރު -158R2023/ )ދައުލަތުގެ މާލިއްޔަތުގެ ގަވާއިދު( އާ އެއްގޮތްވާ ގޮތުގެ މަތީން އެ ފަރާތްތައް ނިސްބަތްވާ މުއައްސަސާއަކުން ހަމަޖެއްސުމަށް މި ގަވާއިދު ހުރަހެއް ނާޅައެވެ.

(ވ) ހިފައިގެންގުޅޭ ތަކެއްޗާއި އެހެނިހެން ޒަރޫރީތަކެއްޗަށް ލިބުނު ގެއްލުން ވަޒަންކުރާނީ، މި ގަވާއިދުގެ 25 ވަނަ މާއްދާގައިވާ އެސެސްމަންޓް ހަދާނެ ދާއިރާތަކަށް ރިއާޔަތްކޮށް،ނޭށަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީންނެވެ. ހިފައިގެންގުޅޭ ތަކެތ ގެ ތެރެއިން އެސެސްމަންޓުގައި ހިމަނާނީ، ޒަރޫރީތަކެތ ގެ ގޮތުގައި ނޭށަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީން ކަނޑައަޅައިފައިވާ ތަކެއްޗެވެ. މި ތަކެތ ގެ ލިސްޓެއް، ނޭށަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީން ބަލަހައްޓަމުން ގެންދަންވާނެއެވެ.

(މ) މި ގަވާއިދުގެ 25 ވަނަ މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ އަގުލިސްޓ،ު ކޮންމެ 2 )ދޭއް( އަހަރަދުވަހަކުން މުރާޖާކޮށް، އެހީ ދިނުމުގެ ކަންކަން ބެލެހެއްޓުމުގެ ގޮތުން މި ގަވާއިދުގެ 36 ވަނަ މާއްދާގެ ދަށުން އެކުލަވައިލެވޭ "އިމަރޖެންސީ އެސިސްޓެންސް އެންޑް ރިކަވަރީ ކޮމިޓީ" އިން އެންޑޯސް ކުރަންވާނެއެވެ.

 

25 ވަނަ މާއްދާ - ގެއްލުން ދެނެގަތުމަށް އެސެސްމަންޓް ހަދާނެ ދާއިރާތައް

(ހ) ގޭގެ ފުރާޅާއި، ފަންގިފިލަޔާއި، ބިންގަލާއި، ފާރާއި، ތަޅުމަށް ލިބޭ ގެއްލުން.

(ށ) ގޭގެ ފާހާނާކުރުމުގެ ނިޒާމާއި، ފެންވެރުމުގެ ނިޒާމަށް ލިބޭ ގެއްލުން.

(ނ) ގޭގެ ކަރަންޓު ވަޔަރިންގއާއި ބޯފެނުގެ ނިޒާމު (ވާރޭފެން ނަގާ ތާނގ ނުވަތ/ަ އަދި ސަޕްލައި ފެނުގެ ސިސްޓަމް)

(ރ) ފަރުނީޗަރާއި ގޭގައި ހިފައިގެންގުޅޭ ތަކެއްޗަށް (ކައްކައި ކެއިންބުއިމަށް ބޭނުންވާ ތަކެއްޗާއި، ޒަރޫރީ ބޭނުންތައް ފުއްދުމަށް ކަރަންޓުން ބޭނުންކުރެވޭ ތަކެއްޗާއި އެހެނިހެން ސާމާނު) ލިބޭ ގެއްލުން.

 

26 ވަނަ މާއްދާ - ހިފައިގެންގުޅޭ ތަކެއްޗަށް ލިބޭ ގެއްލުންތަކަށް ފައިސާގެ އެހީ ދިނުން

(ހ) ހިފައިގެންގުޅޭ ތަކެއްޗަށް ލިބޭ ގެއްލުންތައް ވަޒަންކުރާނީ، އެ ގޭގައި އޭރު ދިރިއުޅެމުންދިޔަ މީހުންގެ އަދަދަށް ރިއާޔަތްކޮށް، މި ގަވާއިދުގެ 31 ވަނަ މާއްދާގެ

(ރ) ގައި ބަޔާންކޮށްފައިވާ ޒަރޫރީތަކެތ ގެ ތެރެއިން ހަލާކުވެގޮސްފައިވާ ނުވަތަ ނެތިގޮސްފައިވާ ތަކެއްޗަށެވެ.

(ށ) މި ގަވާއިދުގެ 25 ވަނަ މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ ލިސްޓުގައިވާ ތަކެތި އަގުކުރާނީ، ބާޒާރުގައި އެ ތަކެތި ލިބެން ހުންނަ އަގުގެ މެދުމިންގަނޑުގެ މައްޗަށް ބިނާކޮށެވެ.

(ނ) މި މާއްދާގެ ދަށުން ހިފައިގެންގުޅޭ ތަކެއްޗަށް ލިބޭ ގެއްލުންތަކަށް އެހީ ދިނުމަށް ކަނޑައަޅާނ އަންނަނިވި ގޮތުގެ މަތީންނެވެ.

  1. ހިފައިގެންގުޅޭ ތަކެއްޗަށް ލިބުނު ގެއްލުމުގެ ތެރެއިން، މި ގަވާއިދުގެ 25 ވަނަ މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ ލިސްޓުގައި ހިމެނޭ ތަކެއްޗަށް ލިބުނު ގެއްލުމުގެ އަގު 79,999/99 (ހަތްދިހަނުވަހާސް ނުވަސަތޭކަ ނުވަދިހަ ނުވަރުފިޔާ ނުވަދިހަ ނުވަލާރި) އަށްވުރެ ދަށްނަމަ، އެހީ ގެ ގޮތުގައި ދޭނީ،ގެއްލުމުގެ %75 (ހަތްދިހަ ފަހެއް އިންސައްތަ) އެވެ.
  2. ހިފައިގެންގުޅޭ ތަކެއްޗަށް ލިބުނު ގެއްލުމުގެ ތެރެއިން، މި ގަވާއިދުގެ 25 ވަނަ މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ ތަކެތ ގެ ގެއްލުމުގެ އަގު 80,000 (އަށްޑިހަހާސް) ރުފިޔާއަށްވުރެ އިތުރުވާނަމަ، އެހީ ގެ ގޮތުގައި ދޭނީ، 60,000 (ފަސްދޮޅަސްހާސް) ރުފިޔާއެވެ.

 

27 ވަނަ މާއްދާ - ގޯތިގެދޮރަށް ލިބޭ ގެއްލުންތަކަށް ފައިސާގެ އެހީ ދިނުން

(ހ) ގޯތިގެދޮރަށް ލިބުނު ގެއްލުންތަކުން އަރައިގަތުމަށް އެހީ ދިނުމުގައި އަގުމަގުކުރާނީ، އެސެސްމެންޓަށް ރިއާޔަތްކޮށް، ގެދޮރު މަރާމާތުކުރުމަށް ނުވަތަ އަލުން އާރާސްތުކުރުމަށެވެ.

(ށ) މި މާއްދާގެ ދަށުން ގޯތި ގެދޮރަށް ލިބޭ ގެއްލުންތަކަށް އެހީ ދިނުމަށް ކަނޑައަޅާނީ،  އަންނަނިވި ގޮތުގެ މަތީންނެވެ.

  1. ގޯތިގެދޮރަށް ލިބުނު ގެއްލުމުގެ ތެރެއިން، މި ގަވާއިދުގެ 25 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ދާއިރާތަކުގެ ގެއްލުމުގެ އަގު 149,999/99 (އެއްލައްކަ ސާޅީސްނުވަހާސް ނުވަސަތޭކަ ނުވަދިހަ ނުވަރުފިޔާ ނުވަދިހަ ނުވަލާރި) އަށްވުރެ ދަށްނަމަ، އެހީ ގެ ގޮތުގައި ދޭނީ، ގެއްލުމުގެ %75 (ހަތްދިހަ ފަހެއް އިންސައްތަ) އެވެ.
  2. ގޯތިގެދޮރަށް ލިބުނު ގެއްލުމުގެ ތެރެއިން، މި ގަވާއިދުގެ 25 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ދާއިރާތަކުގެ ގެއްލުމުގެ އަގު 150,000 (އެއްލައްކަ ފަންސާސްހާސް) ރުފިޔާއަށްވުރެ އިތުރުވާނަމަ، އެހީ ގެ ގޮތުގައި ދޭނީ، 150,000 (އެއްލައްކަ ފަންސާސްހާސް) ރުފިޔާއެވެ.

(ނ) ގޯތިގެދޮރަށް ލިބުނު ގެއްލުން ވަޒަންކުރުމުގައި ފަންގިފިލަޔާ އި ގޭބިސީ ވަކިކޮށް ވަޒަންކުރެވިދާނެއެވެ. އަދި މި ގަވާއިދުގެ ޖަދުވަލު 2 ގައި ހިމަނައިފައިވާ "ކާރިސާތަކުގައި ލިބޭ ގެއްލުން ހުށަހަޅާ ފޯމު" ފުރިހަމަކޮށްފައި ހުށަހެޅިދާނެއެވެ.

 

28 ވަނަ މާއްދާ - އެހީ ގެ ފައިސާ ހަވާލުކުރުން

(ހ) ގޯތިގެދޮރާއި ހިފައިގެންގުޅޭ ތަކެއްޗަށް ލިބޭ ގެއްލުންތަކަށް ފޯރުކޮށްދޭ އެހީ ގެ ފައިސާ ހަވާލުކުރާނީ، ގޭގެ ވެރިފަރާތަށް ނުވަތަ ވެރިފަރާތުން ކަނޑައަޅާ ފަރާތަކަށެވެ. ގޭގެ ވެރިފަރާތް ނޫން އެހެން ފަރާތަކަށް ފައިސާގެ އެހީ ޖަމާކުރުމަށް ހުށަހަޅާނަމަ، ގޭގެ ވެރިފަރާތުން އެކަމަށް އެދ،ި ސޮޔާއި އިނގިލީގެ ނިށާނާއެކު، މި އޮތޯރިޓީ އަށް އެޑްރެސްކޮށް ސިޓީ އެއް ހުށަހަޅަންވާނެއެވެ.

(ށ) އެއްމެދުކޮށް ރަޖިސްޓަރ ކޮ ށްފައިވާ ގެއެއްނަމަ، ފައިސާ ހަވާލުކުރާނީ، އެ ގެ ރަޖިސްޓަރ ކޮށްފައިވާ އެންމެން އެއްބަސްވާ ފަރާތަކަށެވެ. މިގޮތަށް ވަކި ފަރާތަކާ ފައިސާ ހަވާލުކުރުމާމެދު އެންމެން އެއްބަސްވާކަމަށް ބަޔާންކޮށް، އެ އެންމެންގެ ސޮޔާއި އިނގިލީގެ ނިށާނާއެކު، އޮތޯރިޓީ އަށް އެޑްރެސްކޮށް ސިޓީ ހުށަހަޅަންވާނެއެވެ.

(ނ) ގެއްލުން ލިބޭ ފަރާތްތަކުގެ ތަކެތި ހަވާލުކުރުމަށާއި އެހީ ގެ ފައިސާ ހަވާލުކުރާނެ ފަރާތެއް ކަނޑައެޅުމަށް، މި މާއްދާގެ (ހ) ގައި ނުވަތަ (ށ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން އަމަލުކުރުމާއެކު، މި ގަވާއިދުގެ ޖަދުވަލު 3 ގައި ހިމަނައިފައިވާ "ގޭބިސީ ކަށަވަރުކުރާ ފޯމު" ފުރިހަމަކޮށް، އެ ފޯމާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުމާއެކު ނޭށަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ އަށް ހުށަހަޅަންވާނެއެވެ.

(ރ) ދިގުމުއްދަތަކަށް ބިން ކުއްޔަށް ހިފައިފައިވާ ފަރާތްތަކުން، އެ އިމާރާތަކ ކުއްޔަށްހިފިފަރާތުން އިމާރާތްކޮށްފައިވާ ތަނެއްކަން އެނގޭނޭފަދަ ސައްހަ އެގްރިމެންޓެއް ނުވަތަ ގޭގެވެރިފަރާތް ސޮއިކޮށް ފިންގަރ ޕްރިންޓް ޖަހައިފައިވާ ލިޔުމެއް ހުށަހަޅަންވާނެއެވެ.

(ބ) ގޯތިގެދޮރާއި ހިފައިގެންގުޅޭ ތަކެއްޗަށް ލިބޭ ގެއްލުމުން އަރައިގަތުމަށް ދެވޭ އެހީ ގެ ފައިސާ ހަވާލުކުރަންވާނީ، ލިބުނު ގެއްލުމުން އަރައިގަތުމަށް ކުރަންޖެހޭ މަސައްކަތްތަކަށް ހަރަދުކުރުމަށް އެއްބަސްވެ، މި މާއްދާގެ (ނ) ގައިވާ "ގޭބިސީ ކަށަވަރުކުރާ ފޯމު" ގައި ސޮއިކުރުމަށްފަހުގައެވެ.

(ޅ) އެހީ ގެ ފައިސ،ާ ބޭންކް އެކައުންޓަށް ޖަމާކުރުމަށް، ފައިސާ ޖަމާކޮށްދިނުމަށް އެދި އެކައުންޓުގެ ތަފުސ ލާއި ވެރިފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕ ހުށަހަޅަންވާނެއެވެ.

(ކ) ފައިސާ ހަވާލުކުރަނ ކައުންސިލު މެދުވެރިކޮށްނަމަ، ފައިސާ ހަވާލުކުރިކަމުގެ ލިޔުންތައް، ފައިސާ ހަވާލުކުރާތާ ރަސްމީ 3 (ތިނެއް) ދުވަހުގެ ތެރޭގައި ނޭށަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ އަށް ފޮނުވަންވާނެއެވެ.

 

29 ވަނަ މާއްދާ - އިމާރާތަށް ލިބޭ ގެއްލުމުން އަރައިގަތުމަށް ބޭންކުން ލޯނުގެ އެހީ ދިނުން

(ހ) މި ގަވާއިދުގެ 28 ވަނަ މާއްދާގެ ދަށުން އެހީ ލިބޭ ފަރާތްތަކަށް ބޭންކުން ދޫކުރާ "ޑިޒާސްޓަރ ރިލީފް ލޯނު" އަށް އެދެވިދާނެއެވެ.

(ށ) ލޯނަށް އެދި ހުށަހެޅުމަށް ބޭނުންވާ ލިޔެކިޔުންތައް، ނޭށަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީން ފޯރުކޮށްދޭން ވާނެއެވެ.

 

 

ހަތަރުވަނަ ބާބު

އެހީ ދިނުމުގެ ކަންކަން ބެލެހެއްޓުން

 

30 ވަނަ މާއްދާ - އެހީ ދިނުމުގެ ކަންކަން ބަލަހައްޓާ ކޮމިޓީއުފެއްދުން

(ހ) ކާރިސާތަކާ ގުޅިގެން ފޯރުކޮށްދޭ އިންސާނީ އެހީތެރިކަމާއި ކާރިސާތަކުން ލިބޭ ގެއްލުންތަކަށް އެހީ ދިނުމުގެ ކަންކަން ބެލެހެއްޓުމަށް ޓަކައި، އެކަމަށް ހާއްސަ ކޮމިޓީއެއް، ނޭށަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ ގައި އުފައްދަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކޮމިޓީއަށް ކިޔާނީ، "އިމަރޖެންސީ އެސިސްޓެންސް އެންޑް ރިކަވަރީ ކޮމިޓީ" އެވެ.

 

31 ވަނަ މާއްދާ - ކޮމިޓީގެ މަގުސަދު

މި ކޮމިޓީގެ މަގުސަދަކީ، ކާރިސާއަކުން ލިބޭ ގެއްލުން ދެނެގަތުމާއެކު، ހާލުގައިޖެހޭ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދ، އާންމު ހާލަތަށް ރުޖޫއަވުމަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި، އެއްވެސް ފަރުދެއްގެ ހައްގު ނުގެއްލޭނެ ފަދައަކުން، ދެފުށް ފެންނަ ގޮތަށް، މި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން އެހީ ދިނުމުގެ ކަންކަން ހަމަހަމަކަމާއެކު ހަމަޖެއްސުމާއި، އެހީ ދިނުމާ ގުޅޭގޮތުން އެކި ފަރާތްތަކުން ހުށަހަޅާ ށަކުވާތައް ބަލައި، ޖަވާބުދާރ ވުމެވެ.

 

32 ވަނަ މާއްދާ - ކޮމިޓީގެ މަސްއޫލިއްޔަތު

މި ގަވާއިދުގެ 30 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކޮމިޓީގެ މަސްއޫލިއްޔަތުތައް ތިރީގައި ބަޔާންކޮށްފައި މިވަނީ އެވެ.

(ހ) ކާރިސާތަކާ ގުޅިގެން އިންސާނީ އެހީ ފޯރުކޮށްދިނުމާ ގުޅޭ ނިންމުންތައް ނިންމުން.

(ށ) ކާރިސާތަކާ ގުޅިގެން ގޯތި ގެދޮރާއި ހިފައިގެންގުޅޭ ތަކެއްޗަށް ލިބޭ ގެއްލުންތަކަށް އެހީ ފޯރުކޮށްދިނުމާ ގުޅޭ ނިންމުންތައް ނިންމުން.

(ނ) ކާރިސާތަކުގައި އެހީ ދިނުމުގެ މިންގަނޑުތަކުގައި ނުހިމެނޭ ކަމެއް ދިމާވެއްޖެނަމަ،އެ ކަމެއް ހައްލުކުރުން.

(ރ) "އިމަރޖެންސީ އެސިސްޓެންސް އެންޑް ރިކަވަރީ ކޮމިޓީ" ހިންގާ އުސޫލުގައިވާ އެންމެހައިމަސްއޫލިއްޔަތު އަދާކުރުން.

(ބ) ކާރިސާތަކަށް އިޖާބަދިނުމާއި އެހީ ދިނުމާ ގުޅޭ ކަންކަން ހަރުދަނާކުރުމުގެ މަސައްކަތް ކުރުން.

 

33 ވަނަ މާއްދާ - ކޮމިޓީއެކުލެވިގެންވާ ގޮތް

(ހ) "އިމަރޖެންސީ އެސިސްޓެންސް އެންޑް ރިކަވަރީ ކޮމިޓީ" އެކުލެވިގެންވަނީ، ނޭށަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ ގެ ޗީފް އެގްޒެކެޓިވްއާއި، ޑެޕިޔުޓ ޗީފް އެގްޒެކެޓިވްއާއި، ސެކްރެޓަރ ޖެނެރަލާއި، އޮތޯރިޓީ ގެ ކޮންމެ ސެކްށަނަކުން މެންބަރަކު ހިމެނޭގޮތަށެވެ.

(ށ) "އިމަރޖެންސީ އެސިސްޓެންސް އެންޑް ރިކަވަރީ ކޮމިޓީ" އެކުލަވައިލާނީ،ޗީފް އެގްޒެކެޓިވްއެވެ.

 

34 ވަނަ މާއްދާ - ކޮމިޓީހިންގާ އުސޫލު އެކުލަވައިލުން

(ހ) ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާތާ 7 (ހަތެއް) ދުވަހުގެ ތެރޭގައި "އިމަރޖެންސީ އެ ސިސްޓެންސް އެންޑް ރިކަވަރީ ކޮމިޓީ" ހިންގާ އުސޫލު ފާސްކޮށް، އެ އުސޫލަށް އަމަލުކުރަން ފަށަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އުސޫލުގައި، އަންނަނިވި ކަންކަން ތަފުސ ލުކޮށް ބަޔާންކުރަންވާނެއެވެ.

  1. ކޮމިޓީއެކުލެވިގެންވާ ގޮތާއި ޗެއަރކުރާނެ ފަރާތަކ ކޮބައިކަން؛
  2. މި ގަވާއިދުގެ 32 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކޮމިޓީމެންބަރުންގެ މަސްއޫލިއްޔަތު؛ 
  3. ކޮމިޓީސެކްރެޓޭރިއެޓާއި ސެކްރެޓޭރިއެޓުގެ މަސްއޫލިއްޔަތ.ު
  4.  

 

ފަސްވަނަ ބާބު

އެހެނިހެން

 

35 ވަނަ މާއްދާ - މި ގަވާއިދުގައި ނުހިމެނޭ ކަމެއް ދިމާވުން

މި ގަވާއިދުގައި ނުހިމެނޭ ކަމެއް ދިމާވެއްޖެނަމަ، ނުވަތަ މި ގަވާއިދުގައި ހިމެނިފައިވާ ކަމެއް މާނަކުރުމުގައި އޮޅުމެއް އަރައިފިނަމަ ނުވަތަ ހިޔާލު ތަފާތުވުމެއް އުފެދިއްޖެނަމަ، އެ ކަމެއް ނިންމާނީ، ނޭށަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ކައުންސިލާއި ނޭށަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ސްޓިއަރިންގ ކޮމިޓީގެ ލަފާގެ މަތީން، އިމަރޖެންސީ އެސިސްޓެންސް އެންޑް ރިކަވަރީ ކޮމިޓީންނެވެ.

 

36 ވަނަ މާއްދާ - މާނަކުރުން

މި ގަވާއިދުގައި ކަނޑައެޅިގެން އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހައި ހިނދަކު، ތިރީގައިވާ އަކުރުތަކުގައިވާ އިބާރާތްތަކަށް ނުވަތަ ލަފުޒުތަކަށް ދީފައިވަނީ އެ އަކުރުތަކުގައި ބަޔާންކޮށްފައިވާ މާނަކުރުންތަކެވެ.

(ހ) "ކާރިސާއާބެހޭ ކަންކަން ބެލެހެއްޓުމުގެ ގާނޫނު" ކަމަށް ބުނެފައި އެވަނީ،  ގާނޫނު ނަންބަރު 2025-28 އަށެވެ.

(ށ) "ކާރިސާ" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2025-28 (ކާރިސާއާބެހޭ ކަންކަން ބެލެހެއްޓުމުގެ ގާނޫނު) ގެ 67 ވަނަ މާއްދާގެ (ހ) ގައިވާ ފަދައިން، މުޖުތަމައެއްގެ ނުވަތަ ޖަމާއަތެއްގެ އަމިއްލަ ވަސީލަތްތައް ބޭނުންކޮށްގެން ތަހައްމަލު ނުކުރުވޭގޮތަށް، އެ ބައެއްގެ އިންސާނީ ވަސީލަތްތަކަށާއި، މާއްދީ ވަސީލަތްތަކަށާއި، އިގްތިސާދ ވަސީލަތްތަކަށާއި ތިމާވެށްޓަށް ގެއްލުންވެ، އާންމު ދިރިއުޅުމަށް ހުރަސްއެޅޭފަދަ ބޮޑެތި ހާދިސާތަކަށެވެ.

(ނ) "އިންސާނީ އެހީތެރިކަން" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2025-28 (ކާރިސާއާބެހޭ ކަންކަން ބެލެހެއްޓުމުގެ ގާނޫނު) ގެ 67 ވަނަ މާއްދާގެ (ތ) ގައި ބަޔާންކޮށްފައިވާ ކާރިސާއެއްގައި އިޖާބަދިނުމަށާއި ރިލީފް އެހީ ފޯރުކޮށްދިނުމުގެ ގޮތުން ފޯރުކޮށްދެވޭ މާލީ އެހީތެރިކަމަށާއި، މާއްދީ އެހީތެރިކަމަށާއި، އިންސާނީ އެހީތެރިކަމަށެވެ.

(ރ) "އިޖާބަ ދިނުން" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2025-28 (ކާރިސާއާބެހޭ ކަންކަން ބެލެހެއްޓުމުގެ ގާނޫނު) ގެ 67 ވަނަ މާއްދާގެ (ކ) ގައި ބަޔާންކޮށްފައިވާ ފަދައިން "ކާރިސާއެއް ކުރިމަތިވާ ހިނދު މީހުންގެ ފުރާނަ ސަލާމަތްކުރުމަށާއި، ސިއްހީ ހާލަތު ދެނެގަތުމަށާއި، އާންމުންގެ ރައްކައުތެރިކަން ޔަގީންކުރުމަށާއި، ކާރިސާގައި ގެއްލުން ލިބިފައިވާ މީހުންގެ އަސާސީ ބޭނުންތައް ފުއްދައިދިނުމަށް ކުއްލި ހާލަތުގައި ފޯރުކޮށްދެވޭ ހިދުމަތްތަކާއި އެހީތެރިކަމަށެވެ."

(ބ) "އިޔާދަވުން" ކަމަށް ބުނެފައި އެ ވަނީ، ގާނޫނު ނަންބަރު 2025-28 (ކާރިސާއާބެހޭ ކަންކަން ބެލެހެއްޓުމުގެ ގާނޫނު) ގެ 67 ވަނަ މާއްދާގެ (ޅ) ގައި ބަޔާންކޮށްފައިވާ ފަދައިން، ކާރިސާއަކުން އަސަރުކޮށްފައިވާ މުޖުތަމައުތަކުގެ ތެރޭގައި ހުރި ވަސީލަތްތަކާއި، އާމްދަނީ ހޯދަން ކުރާ މަސައްކަތްތަކާއި، ދިރިއުޅުމުގެ ހާލަތު ކުރިން ހުރި ހާލަތަށް ނުވަތަ އެއަށްވުރެ ރަނގަޅު ހާލަތަކަށް އިޔާދަކުރުމަށެވެ.

(ޅ) "ޒަރޫރީ ބޭނުންތައް" ކަމުގައި ބަޔާންކޮށްފައި އެވަނީ، ބޯހިޔާވަހިކަމާއި، ކެއިންބުއިމާއި،ބޯފެނާއި، ފާހާނާކުރުމުގެ އިންތިޒާ މުތަކާއި، ބޭސްފަރުވާއަށެވެ.

(ކ) "ކާރިސާތަކަށް އިޖާބަދިނުން" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2025-28 (ކާރިސާއާބެހޭ ކަންކަން ބެލެހެއްޓުމުގެ ގާނޫނު) ގެ 67 ވަނަ މާއްދާގެ (ކ) ގައި ބަޔާންކޮށްފައިވާ ފަދައިން ކާރިސާއެއް ކުރިމަތިވާ ހިނދު މީހުންގެ ފުރާނަ ސަލާމަތް ކުރުމަށާއި، ސިއްހީ ހާލަތު ދެނެގަތުމަށާއި، އާންމުންގެ ރައްކައުތެރިކަން ޔަގީންކުރުމަށާއި، ކާރިސާގައި ގެއްލުން ލިބިފައިވާ މީހުންގެ އަސާސީ ބޭނުންތައް ފުއްދައިދިނުމަށް ކުއްލި ހާލަތުގައި ފޯރުކޮށްދެވޭ ހިދުމަތްތަކަށާއި އެހީތެރިކަމަށެވެ.

(އ) "ފުރަތަމަ އިޖާބަވެރިން" ކަމަށް ބުނެފައި އެވަނީ، ކާރިސާއެއް ދިމާވުމުން އެ ތަނަކަށް ގޮސް، ގެއްލުން ކުޑަކުރުމަށް މަސައްކަތް ކުރުމާއި، ގެއްލުން ލިބުނު ފަރާތްތަކަށް ފުރަތަމަ އެހީތެރިކަން ފޯރުކޮށްދޭ ފަންނީުވެރި ފަރާތްތަކަށެވެ.

(ވ) "ނޭށަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ކައުންސިލް" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2025-28 (ކާރިސާއާބެހޭ ކަންކަން ބެލެހެއްޓުމުގެ ގާނޫނު) ގެ 10 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދައިން، ކާރިސާތަކުން ލިބޭ ގެއްލުން ކުޑަކުރުމާއި، ތައްޔާރުވެތިބުމާއި، ކާރިސާތަކަށް އިޖާބަދިނުމާއި، ކާރިސާތަކުން އިޔާދަވުމާބެހޭ ނިންމުންތައް ނިންމައި، ގައުމީ ސިޔާސަތުތައް ކަނޑައެޅުމަށް އުފައްދައިފައިވާ ކައުންސިލަށެވެ.

(މ) "ނޭށަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ސްޓިއަރިންގ ކޮމިޓީ" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2025-28 (ކާރިސާއާބެހޭ ކަންކަން ބެލެހެއްޓުމުގެ ގާނޫނު) ގެ20 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދައިން، ދިވެހިރާއްޖޭގައި ހިނގާ ކާރިސާތަކުން ލިބޭ ގެއްލުން ކުޑަކުރުމަށް ތައްޔާރުވެތިބުމާއި، ކާރިސާތަކަށް އިޖާބަދިނުމާއި، ކާރިސާތަކުން އިޔާދަވުމުގެ ހުރިހާ ކަންތައްތަކެއް ވިލަރެސްކުރުމަށް އެކި އިދާރާތަކުގެ މެންބަރުން ހިމެނިގެން އުފައްދައިފައިވާ ކޮމިޓީއަށެވެ.

(ފ) "ކައުންސިލް" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2010-07 (ދިވެހިރާއްޖޭގެ އިދާރ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު) ގެ ދަށުން އުފައްދައިފައިވާ ސިޓީ ކައުންސިލްތަކާއި، އަތޮޅު ކައުންސިލްތަކާއި، ރަށު ކައުންސިލްތަކަށެވެ.

 

37 ވަނަ މާއްދާ - ގަވާއިދަށް އަމަލުކުރަން ފެށުން

މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

 

 

(މި ގަވާއިދުގެ ޖަދުވަލުތައް އެޓޭޗްކުރެވިފައިވާ ފައިލުގައި ހިމެނިފައި)

 

މައި ގާނޫނު

ކާރިސާއާބެހޭ ކަންކަން ބެލެހެއްޓުމުގެ ގާނޫނު (ގާނޫނު ނަންބަރު 2015-28)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު