-

ދިވެހިރާއްޖޭގެ ރަށްރަށާއި ފަޅުގެ ސަރަހައްދު ހިއްކުމާއި ފުންކުރުމުގެ ގަވާއިދު (ގަވާއިދު ނަންބަރު 2013-15) އަށް 2 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު

(ގަވާއިދު ނަންބަރު 2024-42)

(މި ގަވާއިދަށް އަމަލުކުރަން ފެށީ 6 އެޕްރީލް 2024 ގައި)

 

 ގަވާއިދު ނަންބަރު 2013-15 (ދިވެހިރާއްޖޭގެ ރަށްރަށާއި ފަޅުގެ ސަރަހައްދު ހިއްކުމާއި ފުންކުރުމުގެ ގަވާއިދު) އަށް އަންނަނިވި  އިސްލާހު ގެނައުން.

 

1 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 13 ވަނަ މާއްދާގެ (ރ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

ބިންހިއްކުމަށް ވެލިނެގިދާނެ ތަންތަނާއި، ވެލިނެގު މާއި ފަޅު ފުންކުރުމާއި ބިންހިއްކުން ފަދަ މަސައްކަތް ކުރުން މަނާ ސަރަހައްދުތައް 13 (ރ).

  1. މި މާއްދާގެ (ނ) ގެ (4) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ފަދަ ތަނަކާ 200 (ދުއިސައްތަ) މީޓަރަށް ވުރެ ކައިރިން ވެލި ނެގުމަކީ ނުވަތަ ބިން ހިއްކުމަކީ ނުވަތަ ފަޅު ފުންކުރުމަކީ މަނާކަމެކެވެ.
  2. މި މާއްދާގެ (ރ) ގެ (1) ވަނަ ނަންބަރުގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ވަޒީރުންގެ މަޖިލީހުން ނުވަތަ ވަޒީރުންގެ މަޖިލީހުގެ ކޮމިޓީއަކުން ކަނޑައަޅާ މަށްރޫއެއް ހިންގުމަށް ޓަކައި، ތިރީގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން އެފަދަ ސަރަހައްދެއްގައި ބިންހިއްކުމާއި، ވެލި ނެގުމާއި، ފަޅު ފުންކުރުން ފަދަ މަސައްކަތެއް ކުރެވިދާނެއެވ.ެ އެގޮތުނ،ް އެފަދަ މަސައްކަތެއް ކުރަންވާނ،ީ އެދިޔާރު ނުވަތަ އެ މަށްރޫއު ރާވައި ހިންގާ ފަރާތުން އަންނަނިވި ކަންތައްތައް ފުރިހަމަކުރުމަށް ށަރުތުކޮށ،ް ތަންފީޒީ އިދާރާއިން ހުއްދަ ދިނުމަށް ފަހުގައެވެ.
    2.1 އެ ތަނެއްގައި ހުރި ދިރުންތަކާއި، ނެތިފަނާވެދިޔުމުގެ ބިރުހީވެފައިވާ ދިރުންތަކާބެހޭ ތަފުސީލީ ދިރާސާއެއް ހެދުން.
    2.2 އެ ތަނެއްގައި ހުރި ނެތިފަނާވެދިޔުމުގެ ބިރުހީވެފައިވާ ދިރުންތައް އެފަދަ އެހެން ސަރަހައްދަކަށް ބަދަލުކޮށ،ް ދިރުވައި އާލާކޮށް މޮނިޓަރ ކުރާނެ ގޮތުގެ ތަފުސީލީ ޕްލޭނެއް ހުށަހަޅައި، އެ ޕްލޭން ފާސްކުރުން.
    2.3 އެ ތަނެއްގައި އެކުލެވޭ ގުދުރަތީ އަދި ތަބައީ ސިފަތައް ހިމެނޭ ގޮތަށް އެ ސަރަހައްދަށް ވުރެ ކުޑަނޫން ސަރަހައްދެއް ނުވަތަ ސަރަހައްދުތަކެއް ނުވަތަ ކަމާބެހޭ އިދާރާއަކުން ކަނޑައަޅާ މިންވަރަކަށް ކަނޑައަޅާ ތަނެއްގައި ނުވަތަ ތަންތަނުގައި ކަމާ ގުޅޭ އިދާރާތަކުން ކަނޑައަޅައިފައިވާ ގަވާއިދުތަކާއި އުސޫލުތަކާއި މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެ މަތީން ހިމާޔަތްކޮށ،ް މެނޭޖްކޮށ،ް ބެލެހެއްޓުމުގެ އިންތިޒާމު ހަމަޖެއްސުން.
    2.4 ބަދަލު ގެނައުމުގެ ސަބަބުން ފެންފަށަލައަށް ކުރާނެ އަސަރު ދެނެގަނ،ެ އަންނާނެ ބަދަލުތައް ދިރާސާކޮށ،ް ބަދަލެއް އަތުވެދާނެކަމަށް ފެންނަނަމަ އެކަން ރަނގަޅުކުރުމަށް އަޅަންޖެހޭ ފިޔަވަޅު އެޅުމާއި، މި ކަންކަންތަންފީޒީ އިދާރާއިން މޮނިޓަރ ކުރުން.
    2.5 ބަދަލު ގެނައުމުގެ ސަބަބުން ރަށުގައި ދިމާވެދާނެ ފެންބޮޑުވުމުގެ މައްސަލަ ދިރާސާކޮށ،ް އެކަން ހައްލުކުރުމަށް އެކަށީގެންވާ ފެންހިންދުމުގެ ނިޒާމެއް (ޑްރެއިނޭޖް ސިސްޓަމް) އެ ރަށުގައި ގާއިމުކުރުން.

 

2 ވަނަ މާއްދާ - މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ތާރީހުން ފެށިގެންނެވެ.

 

މައި ގަވާއިދު

ރަށްރަށާއި ފަޅުގެ ސަރަހައްދު ހިއްކުމާއި ފުންކުރުމުގެ ގަވާއިދު (ގަވާއިދު ނަންބަރު 2013-15)

 

ކޮންސޮލިޑޭޓެޑް ގަވާއިދު

ރަށްރަށާއި ފަޅުގެ ސަރަހައްދު ހިއްކުމާއި ފުންކުރުމުގެ ގަވާއިދު (ކޮންސޮލިޑޭޓެޑް ނަންބަރު 2013-15)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު