-

ގާނޫނީ އޮޑިޓްކުރުމާއި އެށޫރޭންސްގެ ހިދުމަތް ދިނުމުގެ ގަވާއިދު (ގަވާއިދު ނަންބަރު 2021-03) އަށް 3 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު

(ގަވާއިދު ނަންބަރު 2024-32)

(މި ގަވާއިދަށް އަމަލުކުރަން ފެށީ 6 މާރިޗު 2024 ގައި)

 

ގަވާއިދު ނަންބަރު 2021-03 (ގާނޫނީ އޮޑިޓްކުރުމާއި އެށޫރޭންސްގެ ހިދުމަތް ދިނުމުގެ ގަވާއިދު) އަށް، އަންނަނިވި އިސްލާހު ގެނައުން. 

 

1 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 5 ވަނަ މާއްދާގެ (އ) ގެ ފަހަތަށް (-1އ) ގެ ގޮތުގައި އަކުރެއް އިތުރުކުރުން.

(-1އ) މި މާއްދާގެ (ކ) އާއި (އ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސ،ް މި ގަވާއިދުގެ 17 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ 45 (ސާޅީސްފަހެއް) ދުވަހުގެ ކުރިން އޮޑިޓް ލައިސަންސް އައުކުރުމަށް ހުށަހަޅާ ފަރާތްތަކުން ލައިސަންސަށް އެދި ހުށަހަޅާއިރު މި މާއްދާގެ (ކ) ގައި ބަޔާންކޮށްފައިވާ ށަރުޠު ފުރިހަމަ ނުވާނަމަ، އެ ށަރުޠު ފުރިހަމަކުރުމަށް 12 (ބާރަ) މަސްދުވަހަށްވުރެ ދިގު ނޫން މުއްދަތެއް ދިނުމާއެކު، ލައިސަންސް އައުކޮށްދެވިދާނެއެވެ.

 

2 ވަނަ މާއްދާ - މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ތާރީހުން ފެށިގެންނެވެ.

 

މައި ގަވާއިދު

ގާނޫނީ އޮޑިޓްކުރުމާއި އެށޫރޭންސްގެ ހިދުމަތް ދިނުމުގެ ގަވާއިދު (ގަވާއިދު ނަންބަރު 2021-03)

 

ކޮންސޮލިޑޭޓެޑް ގަވާއިދު

ގާނޫނީ އޮޑިޓްކުރުމާއި އެށޫރޭންސްގެ ހިދުމަތް ދިނުމުގެ ގަވާއިދު (ކޮންސޮލިޑޭޓެޑް ނަންބަރު 2021-03)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު