ސްޓޭޖް ޑިވެލޮޕްމަންޓް ހިންގުމާބެހޭ ގަވާއިދު
(ގަވާއިދު ނަންބަރު 2024-24)
(މި ގަވާއިދަށް އަމަލުކުރަން ފެށީ 23 ފެބުރުއަރީ 2023 ގައި)
1 ވަނަ މާއްދާ - ތައާރުފާއި ނަން
(ހ) މިއީ،ސްޓޭޖް ޑިވެލޮޕްމަންޓުގެ ގޮތުގައި، އެއްމެދު އިމާރާތް ތަރައްގީކޮށް ހިންގުމާގުޅޭ އުސޫލުތައް ބަޔާންކުރުމުގެ ގޮތުން، ގާނޫނު ނަންބަރު 2021-33 (އެއްމެދު އިމާރާތުގެ ގާނޫނު) ގެ 42 ވަނަ މާއްދާގެ (ށ) އާއި، އެ ގާނޫނުގެ 59 ވަނަ މާއްދާގެ(ށ) އާއި، އެ ގާނޫނުގެ 60 ވަނަ މާއްދާގެ (ރ) އާއި، އެ ގާނޫނުގެ 69 ވަނަ މާއްދާގެ (ޅ) އަށް ރިއާޔަތްކޮށް، އެ ގާނޫނުގެ 126 ވަނަ މާއްދާގެ (ހ) ގެ ދަށުން އެކުލަވައިލައިފައިވާ ގަވާއިދެކެވެ.
(ށ) މި ގަވާއިދަށް ކިޔާނީ، "ސްޓޭޖް ޑިވެލޮޕްމަންޓް ހިންގުމާބެހޭ ގަވާއިދު" އެވެ.
2 ވަނަ މާއްދާ - މަގުސަދު
މި ގަވާއިދުގެ މަގުސަދަކީ، ސްޓޭޖް ޑިވެލޮޕްމަންޓެއްގެ ދަށުން އެއްމެދު އިމާރާތް ތަރައްގީކުރާ މަށްރޫއާ ގުޅޭ އު ސޫލުތައް ކަނޑައެޅުމާއި، އެ މަށްރޫއު ތަރައްގީކުރާ ޑިވެލޮޕަރުންގެ އިލްތިޒާމުތައް ކަނޑައެޅުމާއި، އެ މަށްރޫއު އެއްމެދު އިމާރާތެއްގެ ގޮތުގައި ސްޓްރާޓާ ސްކީމުގެ ދަށުން ރަޖިސްޓަރީ ކުރުމުގައި އަމަލުކުރަންޖެހޭ އުސޫލުތައް ތަފުސީލުކޮށް ބަޔާންކުރުމެވެ.
3 ވަނަ މާއްދާ - ސްޓޭޖް ޑިވެލޮޕްމަންޓުގެ ގޮތުގައި މަށްރޫއެއް ނުވަތަ ސްޓްރާޓާ ސްކީމެއް ހިންގުމަށް ހުށަހެޅުން
ސްޓޭޖް ޑިވެލޮޕްމަންޓުގެ ދަށުން ތަރައްގީކުރުމަށް އެކުލަވައިލާ މަށްރޫއަކީ، އެއްމެދު އިމާރާތުގެ ގާނޫނުގެ 60 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އުސޫލުތަކުގެ ދަށުން ށަރުތު ފުރިހަމަވާ މަށްރޫއަކަށް ވާންވާނެއެވެ.
(ހ) އެއްމެދު އިމާރާތުގެ ގާނޫނުގެ 60 ވަނަ މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ ފަދަ ހާލަތުގައި ސްޓޭޖް ޑިވެލޮޕްމަންޓުގެ ދަށުން އެއްމެދު އިމާރާތް ތަރައްގީކުރުމާއި ރަޖިސްޓަރީ ކުރުމަށް ހުށަހަޅާ ޑިވެލޮޕަރަކީ ސްޓޭޖް ޑިވެލޮޕްމަންޓުގެ ދަށުން ތަރައްގީކުރާ މަށްރޫއުގެ ބިން، ގާނޫނީ ގޮތުން މިލްކުކުރެވޭނެ ހައިސިއްޔަތު ލިބިފައިވާ ނުވަތަ ބިން ތަރައްގީކުރުމަށް ޑިވެލޮޕްމަންޓް ރައިޓްސް އަދި ސޭލްސް ރައިޓްސް ލިބިފައިވާ ފަރާތަކަށް ވާންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގެ ދަށުން އެއްމެދު އިމާރާތް ތަރައްގީކުރުމަށް ހުށަހަޅާ ފަރާތްތަކުން، މި ގަވާއިދުގެ ދަށުން އެއްމެދު އިމާރާތެއް ސްޓޭޖް ޑިވެލޮޕްމަންޓުގެ ދަށުން ތަރައްގީކުރުމުގައި ފުރިހަމަކުރަންޖެހޭ އެންމެހައި ކަންތައް ފުރިހަމަ ކުރަންވާނެއެވެ.
(ނ) ސްޓޭޖް ޑިވެލޮޕްމަންޓުގެ ދަށުން މަށްރޫއެއް ހިންގުމަށް ޓަކައި ބިމުގެ އަސްލުވެރިފަރާތުން ނުވަތަ އެ ފަރާތުން ކަނޑައަޅާ ޑިވެލޮޕަރ، އެއްމެދު އިމާރާތުގެ ގާނޫނުގެ 59 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ، ސްޓޭޖް ޑިވެލޮޕްމަންޓުގެ ޕްރޮޕޯސަލް، މި ގަވާއިދުގެ 4 ވަނަ މާއްދާއާ އެއްގޮތްވާގޮތުގެ މަތީން އެކުލަވައިލައި، މިނިސްޓްރީއަށް ޕޯޓަލް މެދުވެރިކޮށް ހުށަހަޅަންވާނެއެވެ.
4 ވަނަ މާއްދާ - ސްޓޭޖް ޑިވެލޮޕްމަންޓުގެ ދަށުން މަށްރޫއެއް ހިންގުމަށް ހުށަހަޅާ ޕްރޮޕޯސަލް
މި ގަވާއިދުގެ 3 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ މަށްރޫއެއް ހިންގުމަށް އެކުލަވައި ލާ ޕްރޮޕޯސަލާއެކު ތިރީގައި ބަޔާންކޮށްފައިވާ މައުލޫމާތުތަކާއި ލިޔެކިޔުންތައް ހުށަހަޅަން ޖެހޭނެއެވެ.
(ހ) ސްޓްރާޓާ ޕްލޭނުގެ ހުއްދަ ހޯދުމަށް ހުށަހަޅާ ކުރެހުމާއި ށެޑިއުލް އޮފް ސްޓްރާޓާ ޔުނިޓްސްގެ ޑްރާފްޓް.
(ށ) އެއްމެދު އިމާރާތުގެ ގާނޫނާއި، އެ ގާނޫނުގެ ދަށުން އެކުލަވައިލާ އެއްމެދު އިމާރާތުގެ މެނޭޖްމަންޓް ކޯޕަރޭށަން ހިންގުމުގެ ގަވާއިދުގެ ދަށުން ތައްޔާރުކުރާ އިމާރާތުގެ އާންމު ތަންތަން ހިންގާ ބަލަހައްޓާނެ ގޮތްތަކާގުޅޭ ބައި-ލޯސްއާއި އެކަމުގެ ތަފުސީލުތައް.
(ނ) ބިމުގެ އަސްލު ވެރިފަރާތުން ބިން ތަރައްގީކުރުމަށް އައްޔަނުކުރާ ޑިވެލޮޕަރާ އެކު ވެފައިވާ އެއްބަސްވުމުގެ އަސްލާ އެއްގޮތް ކޮޕީ.
(ރ) މަށްރޫއުގެ ށެޑިއުލް. (މި ށެޑިއުލްގައި ކޮންސްޓްރަކްށަން މަސައްކަތްތަކުގެ އިތުރުން މުޅި މަށްރޫއުގެ މަސައްކަތް ފެށޭ ތާރީހާއި، ނިންމާ ތާރީހާއި، ތަޅުދަނޑި ހަވާލުކުރާ ތާރީހު ހިމަނަން ޖެހޭނެއެވެ.)
(ބ) މަށްރޫއު ތަރައްގީކުރުމަށް ކަނޑައަޅާ މެއިން ކޮންޓްރެކްޓަރުގެ މައުލޫމާތު، (ބިމުގެ އަސްލު ވެރިފަރާތުން ނުވަތަ ޑިވެލޮޕަރގެ ފަރާތުން މަށްރޫއުގެ އަމަލ މަސައްކަތްތައް ކުރުމަށް ކޮންޓްރެކްޓަރެއް ކަނޑައަޅާނަމަ، އެ ކޮންޓްރެކްޓަރަކީ މިނިސްޓްރީގައި ރަޖިސްޓަރީ ކޮށްފައިވާ ފަރާތެއްކަމުގައި ވާންޖެހޭނެއެވެ.)
(ޅ) މި ގަވާއިދުގެ 15 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ، ޑިވެލޮޕަރގެ ފަރާތުން ޒިންމާ އުފުލާނެ ފަރާތުގެ މައުލޫމާތު،
(ކ) ބިމުގެ އަސްލު ވެރިފަރާތުން ނުވަތަ އެ ފަރާތުން ކަނޑައަޅާ ފަރާތަކުން ޕްރޮޕޯސަލް ހުށަހަޅާނީ މަތީގައި ބަޔާންކޮށްފައިވާ މައުލޫމާތުތަކާއެކު، މި ގަވާއިދުގެ ޖަދުވަލު 1 ގެ ށެޑިއުލް I ގައިވާ އިރުށާދާ އެއްގޮތަށެވެ.
5 ވަނަ މާއްދާ - ސަރުކާރުގެ ހިއްސާވާ ކުންފުންޏަކުން ނުވަތަ އިދާރާއަކުން ނޫން އެހެން ފަރާތްތަކުން ހުށަހަޅާ ޕްރޮޕޯސަލް
މި ގަވާއިދުގެ 3 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ މަށްރޫއު ހިންގަނީ ސަރުކާރު ހިއްސާވާ ކުންފުންޏަކުން ނުވަތަ ސަރުކާރުގެ އިދާރާއަކުން ކަމުގައި ނުވާނަމަ، މި ގަވާއިދުގެ 4 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މައުލޫމާތުތަކުގެ އިތުރުން އަންނަނިވި ލިޔެކިޔުންތައް ހުށަހަޅަން ޖެހޭނެއެވެ.
(ހ) މަށްރޫއުގެ ޑިވެލޮޕްމަންޓް ފައިނޭންސް ކުރިޔަށް ގެންދިއުމަށް ހުށަހަޅާގޮތްތަކާއި ހަރަދުވާނެ މިންވަރާއި ލައިސަންސް ދޫކުރެވިފައިވާ މާލީ އިދާރާއަކުން ނުވަތަ ބޭންކަކުން މަށްރޫއު ހިންގުމަށް ދޫކުރެވިފައިވާ ޕްރޫފް އޮފް ފަންޑިންގއާ ގުޅޭ އެންމެހައި ލިޔެކިޔުންތައް.
(ށ) މަށްރޫއުގައި ހިމެނޭ ޔުނިޓުތައް ވިއްކުމަށް އެކުލަވައިލާ ބިޒްނަސް ޕްލޭން ނުވަތަ މާރކެޓިންގ ޕްލޭން އަދި އެންޑް ޔޫސަރ ފައިނޭންސް އެރޭންޖްމަންޓުތަކުގެ ތަފުސީލުތަކުގެ އިތުރުން، ޑިވެލޮޕަރ އަދި ޔުނިޓް ގަންނަ ފަރާތާ ދެމެދު ދިމާވާ މައްސަލަތައް ހައްލުކުރުމަށް އެއްބަސްވާގޮތް އަންގައިދޭ ލިޔުން.
(ނ) މަށްރޫއު ތަރައްގީކުރުމުގެ ފީޒިބިލިޓީ ސްޓަޑީ.
(ރ) މަށްރޫއަށް އައްޔަންކުރާ އިންޑިޕެންޓެންޓް ކޮންސަލްޓަންޓު ގެ މައުލޫމާތު، (އިންޑިޕެންޓެންޓް ކޮންސަލްޓަންޓު ގެ ގޮތުގައި ކަނޑައަޅާ ފަރާތެއް ވާންވާނީ ކަމާގުޅޭ ލައިސަންސެއް ލިބިފައިވާ ފަރާތަކަށެވެ.)
(ބ) ބިމުގެ އަސްލު ވެރިފަރާތުން ނުވަތަ އެ ފަރާތުން ކަނޑައަޅާ ފަރާތަކުން ޕްރޮޕޯސަލް ހުށަހަޅާނީ މަތީގައި ބަޔާންކޮށްފައިވާ މައުލޫމާތުތަކާއެކު، މި ގަވާއިދުގެ ޖަދުވަލު 1 ގެ ށެޑިއުލް I ގައިވާ އިރުށާދާ އެއްގޮތަށެވެ.
6 ވަނަ މާއްދާ - ސްޓޭޖް ޑިވެލޮޕްމަންޓުގެ ދަށުން މަށްރޫއެއް ހިންގުމަށް ހުށަހަޅައިފައިވާ ޕްރޮޕޯސަލާމެދު ގޮތެއް ކަނޑައެޅުން
(ހ) މި ގަވާއިދުގެ 4 ވަނަ މާއްދާގެ ދަށުން ސްޓޭޖް ޑިވެލޮޕްމަންޓުގެ ޕްރޮޕޯސަލް ހުށަހެޅުމުން، އެއްމެދު އިމާރާތުގެ ގާނޫނާއި މި ގަވާއިދުގެ ދަށުން މިނިސްޓްރީން ކަށަވަރުކުރަންޖެހޭ ކަންކަން ކަށަވަރުކުރުމަށްފަހު، ޕްރޮޕޯސަލާ ގުޅިގެން މިނިސްޓްރީން ނިންމާ ނިންމުން ޕްރޮޕޯސަލް ހުށަހެޅި ތާރީހުން ފެށިގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި ޕްރޮޕޯސަލް ހުށަހެޅި ފަރާތަށް ލިޔުމުން ނުވަތަ އީމެއިލް މެދުވެރިކޮށް ނުވަތަ ޕޯޓަލް މެދުވެރިކޮށް އަންގަންވާނެއެވެ.
(ށ) ސްޓޭޖް ޑިވެލޮޕްމަންޓުގެ ޕްރޮޕޯސަލް މިނިސްޓްރީން ބެލުމަށްފަހު، ޕްރޮޕޯސަލުގައި ހިމެނޭ ކަންކަމަށް ރިއާޔަތްކޮށް، ށަރުތު ހަމަވާނަމަ ސްޓޭޖް ޑިވެލޮޕްމަންޓް ހިންގުމަށް ހުށަހަޅާ ފަރާތަށް މިނިސްޓްރީން ހުއްދަ ދޫކުރަންވާނެއެވެ.
(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ސްޓޭޖް ޑިވެލޮޕްމަންޓުގެ ޕްރޮޕޯސަލް ފާސްކުރެވެން އޮތ ޕްރޮޕޯސަލް އިސްލާހުކޮށްގެންކަމަށް މިނިސްޓްރީއަށް ފެންނަނަމަ، ޕްރޮޕޯސަލް އިސްލާހުކޮށް ހުށަހެޅުމަށް ފުރުސަތު ދިނުމުގެ އިހްތިޔާރު މިނިސްޓްރީއަށް ލިބިގެންވެއެވެ. އެގޮތުން، ޕްރޮޕޯސަލް އިސްލާހުކޮށް ހުށަހަޅާ ތާރީހުން ފެށިގެން މިނިސްޓްރީގެ ފަރާތުން ޕްރޮޕޯސަލް އަލުން ރިވިއުކުރުމަށްފަހުގައި، 30 (ތިރީސް) ދުވަހުގެ ތެރޭގައި، މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ހުއްދަ ދޫކުރަންވާނެއެވެ.
(ރ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ހުއްދަ މިނިސްޓްރީން ދޫކުރާއިރު، ޕްރޮޕޯސަލާ ގުޅިގެން ނުވަތަ ޕްރޮޕޯސަލުގައި ހިމެނޭ ލިޔުމެއް ރިވިއުކުރުމަށް ހޯދަންޖެހޭ އިތުރު މައުލޫމާތާއި ލިޔެކިޔުންތައް ހޯދުމާއި، ޕްރޮޕޯސަލް ދިރާސާކުރުމާއި، ޑިވެލޮޕަރއަށް ނޯޓިސްދިނުމާއި، އެއްމެދު އިމާރާތުގެ ގާނޫނާއި މި ގަވާއިދުގެ ދަށުން ފުރިހަމަވާންޖެހޭ ކަންކަން ފުރިހަމަ ނުވާ ޕްރޮޕޯސަލްތައް ބާތިލުކުރުމުގެ ބާރު މިނިސްޓްރީއަށް ލިބިގެންވެއެވެ.
(ބ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ހުއްދަ ދޫކުރުމަށްފަހު، އެ ފަރާތުން ހުއްދަ ހޯދުމަށް ހުށަހަޅާ ސްޓްރާޓާ ޕްލޭނާއި ށެޑިއުލް އޮފް ސްޓްރާޓާ ޔުނިޓްސްއަށް ހުއްދަ ދޫކުރުމުގައި އަމަލުކުރާނީ ސްޓްރާޓާ ޕްލޭނާއި ސްކީމާ ގުޅޭ ގަވާއިދުގައި ބަޔާންކޮށްފައިވާ އުސޫލުތަކާ އެއްގޮތަށެވެ.
7 ވަނަ މާއްދާ - އަމަލ މަސައްކަތްތައް ނިމިފައިވާ މަށްރޫއުތައް
(ހ) މި ގަވާއިދަށް އަމަލުކުރަން ފެށުމުގެ ކުރިން ރާއްޖޭގައި ރިއަލް އެސްޓޭޓް އުސޫލުން ނުވަތަ އެނޫންގޮތަކަށް ވެސް، އެއްމެދު އިމާރާތެއްގެ ގޮތުގައި ރަޖިސްޓަރީ ކުރުމުގެ މަގުސަދުގައި ތަރައްގީކޮށް އަމަލ ގޮތުން މަސައްކަތް ނިމިފައިވާ، އެހެންނަމަވެސް، އެއްމެދު އިމާރާތުގެ ގޮތުގައި ރަޖިސްޓަރީ ކުރުމަށް ހުށަހެޅުން ރަޖިސްޓަރީ ކޮށްފައިނުވާ ސްޓޭޖް ޑިވެލޮޕްމަންޓް މަށްރޫއުތައް ރަޖިސްޓަރީ ކުރުމަށް ޓަކައި، މިނިސްޓްރީން އެކަމަށްޓަކައި ގާއިމުކުރާ ޕޯޓަލް މެދުވެރިކޮށް، މި ގަވާއިދަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން 3 (ތިނެއް) މަސްދުވަހުގެ ތެރޭގައި، ހުށަހަޅަންވާނެއެވެ. އަދި އެފަދަ މަށްރޫއުތައް ހުށަހެޅުމުގައި އަންނަނިވި ކަންތައްތަކަށް ބަލަންޖެހޭނެއެވެ.
- މި މާއްދާގެ ދަށުން ނިމިފައިވާ މަށްރޫއެއް ކަމުގައި ބަލާނީީ، މުޅި އިމާރާތުގެ ހުރިހާ ޔުނިޓަކަށް އިމާރާތް ބޭނުންކުރުމުގެ ނުވަތަ ދިރިއުޅުމުގެ ހުއްދަ ލިބިފައިވާ ނަމައެވެ.
- އިމާރާތުގެ ޔުނިޓުތަކުގެ ތެރެއިން މަދުވެގެން %50 (ފަންސާސް އިންސައްތަ) ހަމަވާވަރަށް ޔުނިޓުތަކުގެ ތަނޅުދަނޑި ހަވާލުކުރެވިފައިވާން ވާނެއެވެ.
- މި މާއްދާގެ ދަށުން ރަޖިސްޓަރީ ކުރަން ލާޒިމުނުވާ އިމާރާތްތަކުގައި ހިމެނޭ ޔުނިޓުތައް ވިއްކާފައި ނުވާނަމަ، އެފަދަ ޔުނިޓުތަކާ ގުޅޭ ގަނެވިއްކުމުގެ އެއްވެސް މުއާމަލާތެއް ކުރަންވާނީ، މި ގަވާއިދުގެ 16 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އުސޫލުގެ ދަށުންނެވެ.
(ށ) މި މާއްދާގައި ބަޔާންކޮށްފައިވާ އަމަލ މަސައްކަތް ނިމިފައިވާ މަށްރޫއުތައް އެއްމެދު އިމާރާތެއްގެ ގޮތުގައި ރަޖިސްޓަރީ ކުރުމަށް، މި ގަވާއިދުގެ 4 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޕްރޮޕޯސަލް ހުށަހަޅާކަށް ނުޖެހޭނެއެވެ.
8 ވަނަ މާއްދާ - އަމަލ މަސައްކަތްތައް ނިމިފައިވާ މަށްރޫއުތައް ރަޖިސްޓަރީ ކުރުމަށް ހުށަހަޅާ ލިޔެކިޔުންތައް
މި ގަވާއިދުގެ 7 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އުސޫލުތަކުގެ މަތީން ރަޖިސްޓަރީ ކުރުމަށް ޓަކައި އެދޭނަމަ އަންނަނިވި ލިޔެކިޔުންތައް ޕޯޓަލް މެދުވެރިކޮށް ހުށަހަޅަންޖެހޭނެއެވެ.
(ހ) ސްޓްރާޓާ ޕްލޭނާއި ސްޓްރާޓާ ސްކީމަށް ހުއްދަ ދިނުމާ ގުޅޭ ގަވާއިދުގައި ބަޔާންކޮށްފައިވާ ސްޓްރާޓާ ޕްލޭނު ގެ ހުއްދަ ހޯދުމަށް ހުށަހަޅާ ކުރެހުމާއި ށެޑިއުލް އޮފް ސްޓްރާޓާ ޔުނިޓްސްގެ ޑްރާފްޓާއި އެ ކަމާގުޅޭ އެންމެހައި ލިޔެކިޔުންތައް.
(ށ) އެއްމެދު އިމާރާތުގެ ގާނޫނާއި، ގަވާއިދު ނަންބަރު 2024-25 (އެއްމެދު އިމާރާތުގެ މެނޭޖްމަންޓް ކޯޕަރޭށަން ހިންގުމުގެ ގަވާއިދު) ގެ ދަށުން ތައްޔާރުކުރާ އިމާރާތުގެ އާންމު ތަންތަން ހިންގައި ބަލަހައްޓާނެ ގޮތްތަކާގުޅޭ ބައި- ލޯސްއާއި އެކަމުގެ ތަފުސީލުތައް.
(ނ) މި މާއްދާގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތަކުގެ އިތުރުން ޕޯޓަލްގައިވާ "އެއްމެދު އިމާރާތެއްގެ ގޮތުގައި ރަޖިސްޓަރީ ކުރުމަށް އެދި ހުށަހަޅާ ފޯމު" އާއި އެ ފޯމުގައި ބަޔާންކޮށްފައިވާ މައުލޫމާތާއި ލިޔުންތައް.
9 ވަނަ މާއްދާ - ސްޓްރާޓާ ޕްލޭނަށް ބަދަލުގެނައުން
ސްޓޭޖް ޑިވެލޮޕްމަންޓުގެ ދަށުން ހިންގާ މަށްރޫއުގެ ސްޓްރާޓާ ޕްލޭނަށް ބަދަލު ގެނެވޭނީ، އެއްމެދު އިމާރާތުގެ ގާނޫނުގެ ފަސްވަނަ ބާބު (ސްޓްރާޓާ ޕްލޭނަށް ބަދަލުގެނައުން) ގައި ބަޔާންކޮށްފައިވާ އުސޫލުތަކުގެ އިތުރުން، އަންނަނިވި ގޮތްތަކަށެވެ.
(ހ) އިނީށިއަލް ޕީރިއަޑްގެ ތެރޭގައި ސްޓްރާޓާ ޕްލޭނަށް ބަދަލުގެންނަން ބޭނުންވެއްޖެ ހިނދެއްގައި ތަރައްގީކުރާ ބިމަށް ކަނޑައަޅައިފައިވާ ޕްލޭނިންގ މިންގަނޑުތަކާއި، ގާނޫނާއި ގަވާއިދުގައި ބަޔާން ކޮށްފައިވާ އުސޫލުތަކުގެ ދަށުން އެ ބަދަލެއް ގެނެވިދާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާން ކޮށްފައިވާ ބަދަލު ގެންނައިރު، ށެޑިއުލް އޮފް ސްޓްރާޓާގެ ޔުނިޓްސްގައި ބަޔާންކޮށްފައިވާ ޔުނިޓުގެ ހިއްސާ ބަދަލު ވާނަމަ، އެ ބަދަލު ގެނެވޭނީ އެއްމެދު އިމާރާތުގެ ގާނޫނުގެ 46 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އުސޫލުގެ ދަށުންނެވެ.
(ނ) މި މާއްދާގެ (ށ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ބަދަލު ގެންނަ ޔުނިޓަށް ކަނޑައަޅައިފައިވާ ޖުމުލަ އަކަފޫޓުގެ އަދަދުގެ %3 (ތިނެއް އިންސައްތަ) އަށްވުރެ ބޮޑުވާނަމަ ނުވަތަ ކުޑަވާނަމަ، އަދި އެ ޔުނިޓަކ މިނިސްޓްރީން ސްޓްރާޓާ ޕްލޭނުގެ ހުއްދަ ދޫކުރެވުނު ފަހުން ވިއްކައިފައިވާ ޔުނިޓެއްނަމަ، އެ ޔުނިޓުގެ އަކަފޫޓު ބަދަލުވުމާ ގުޅިގެން، އެ ޔުނިޓެއްގެ މިލްކުވެރިފަރާތް ނުވަތަ ވިއްކައިފައިވާ ފަރާތުގެ އިއުތިރާޒެއް ނެތްކަމުގެ ލިޔުން އިސްލާހުކޮށްފައިވާ ށެޑިއުލް އޮފް ސްޓްރާޓާ ޔުނިޓްސްއާ އެކު ހުށަހަޅަންވާނެއެވެ.
10 ވަނަ މާއްދާ - ސްޓޭޖް ޑިވެލޮޕްމަންޓުގެ ދަށުން ހިންގާ މަށްރޫއުގެ ސްކީމުގެ ހުއްދައަށް ހުށަހަޅުން
ސްޓޭޖް ޑިވެލޮޕްމަންޓުގެ ދަށުން ހިންގާ މަށްރޫއުގެ ސްޓްރާޓާ ސްކީމަށް ހުއްދަ ހޯދުމަށް ހުށަހަޅާއިރު އެއްމެދު އިމާރާތުގެ ގާނޫނުގެ 56 ވަނަ މާއްދާގައި ބަޔާންކޮށްފައިވާލިޔެކިޔުންތަކުގެ އިތުރުން އަންނަނިވ،ި ލިޔެކިޔުންތައް ހުށަހަޅަންވާނެއެވެ.
(ހ) އިމާރާތް އިންށުއަރ ކުރެވިފައިވާ ކަމުގެ ލިޔުން ނުވަތަ އިންށުއަރެންސް ޕޮލިސީ.
(ށ) މި މާއްދާގައި ބަޔާންކޮށްފައިވާ ސްޓްރާޓާ ސްކީމަށް ހުއްދަ ހޯދުމަށް ހުށަހަޅަނީ އިނީށިއަލް ޕީރިއަޑުގެ ފަހުން ކަމުގައިވާނަމަ، މެނޭޖްމަންޓް ކޯޕަރޭށަނުގެ ފުރަތަމަ އާންމު ބައްދަލުވުމުގެ ޔައުމިއްޔާ،
(ނ) ބިމުގެ ރަޖިސްޓަރީ. (ބިމުގެ ރަޖިސްޓަރީ ހުށަހަޅަންޖެހޭނީ ސްޓްރާޓާ ޕްލޭން ފާސްކުރެވުނު ފަހުން ކައުންސިލުން އެއްމެދު އިމާރާތް އަދި ޔުނިޓް ރަޖިސްޓަރީކުރުމުގެ ގަވާއިދުގެ ދަށުން ބިމުގެ ރަޖިސްޓަރީ ދޫކުރެވިފައިވާ ނަމައެވެ.)
(ރ) މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ބިމުގެ ރަޖިސްޓަރީ ދޫކޮށްފައިނުވާނަމަ، ރަޖިސްޓަރީ ދޫކޮށްފައި ނުވާކަމަށް ބަޔާންކޮށް ކައުންސިލުން ދޫކުރާ ލިޔުން.
11 ވަނަ މާއްދާ - ސްޓްރާޓް ސްކީމާ ގުޅޭ އިމާރާތުގެ ސާރވޭ ނުވަތަ އިންސްޕެކްޓްކުރުން
(ހ) ސްޓޭޖް ޑިވެލޮޕްމަންޓުގެ ދަށުން ހިންގާ މަށްރޫއުގައި ހިމެނޭ ޔުނިޓުތަކާއި، އިމާރާތާގެ ނިމިފައިވާ ބައިތަކުގެ ސާރވޭ ނުވަތަ އިންސްޕެކްޓް ކުރާނީ، ޑިވެލޮޕަރގެ ފަރާތުން ސްޓްރާޓާ ސްކީމުގެ ހުއްދައަށް އެދި ހުށަހެޅުމުން ނުވަތަ އެކަމާ ގުޅޭ ފޯމު މިނިސްޓްރީން ޕޯޓަލް މެދުވެރިކޮށް ބަލައިގަންނަ ދުވަހުން ފެށިގެން ގިނަވެގެން 15 (ފަނަރަ) ދުވަހުގެ ތެރޭގައި މިނިސްޓްރީން ނުވަތަ މިނިސްޓްރީން އައްޔަނުކުރާ ފަރާތަކުންނެވެ.
(ށ) ސާރވޭ ނުވަތަ އިންސްޕެކްޓް ކުރުމުގެ 7 (ހަތެއް) ދުވަހުގެ ކުރިން، މިނިސްޓްރީން ސާރވޭ ނުވަތަ އިންސްޕެކްޓް ކުރަން ދާނެ ތާރީހާއި ވަގުތީު އެ ފަރާތަށް ލިޔުމުން ނުވަތަ އީމެއިލް މެދުވެރިކޮށް ނުވަތަ ޕޯޓަލް މެދުވެރިކޮށް އަންގައި ހަމަޖައްސަންވާނެއެވެ.
(ނ) ސްޓްރާޓާ ސްކީމުގެ ހުއްދައާއި ޔުނިޓް ރަޖިސްޓްރޭށަން ޕާމިޓް ދޫކުރާއިރު އިމާރާތް ސާރވޭ ނުވަތަ އިންސްޕެކްޓް ކުރުން ކުރިޔަށް ގެންދާނީ، ސްޓްރާޓާ ޕްލޭނާއިސްޓްރާޓާ ސްކީމަށް ހުއްދަ ދޫކުރުމާބެހޭ ގަވާއިދުގައި ބަޔާންކޮށްފައިވާ އުސޫލުގެ ދަށުންނެވެ.
12 ވަނަ މާއްދާ - ސްޓްރާޓާ ސްކީމަށް ހުއްދަ ދޫކުރުން
ސްޓްރާޓާ ސްކީމަށް ހުއްދަ ހޯދުމަށް މި ގަވާއިދުގެ 10 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތައް ހުށަހެޅުމުން، އެއްމެދު އިމާރާތުގެ ގާނޫނާއި އެ ގާނޫނުގެ ދަށުން އެކުލަވައިލައިފައިވާ ގަވާއިދުތަކުގައި ބަޔާންކޮށްފައިވާ އުސޫލުތަކާއި ހަމަތަކުގެ މަތީން ކަށަވަރުކުރަންޖެހޭ ކަންކަން ކަށަވަރުކުރުމަށްފަހު، ރަސްމީ ބަންދު ނޫން 15 (ފަނަރަ) ދުވަހުގެ ތެރޭގައި ސްޓްރާޓާ ސްކީމުގެ ހުއްދަ މިނިސްޓްރީން ދޫކުރަންވާނެއެވެ.
13 ވަނަ މާއްދާ - ސްޓްރާޓާ ސްކީމުގެ ދަށުން ޔުނިޓް ރަޖިސްޓަރީ ކުރުމުގެ ހުއްދަ ދޫކުރުން
ސްޓްރާޓާ ސްކީމުގެ ދަށުން ޔުނިޓް ރެޖިސްޓްރޭށަން ހުއްދަ ހޯދުމަށް އަންނަނިވި ލިޔެކިޔުންތައް ޕޯޓަލް މެދުވެރިކޮށް ހުށަހަޅަންޖެހޭނެއެވެ.
(ހ) މިނިސްޓްރީން އެ ސްކީމާގުޅޭ ޔުނިޓް ރަޖިސްޓަރީ ހެދުމުގެ ހުއްދަ ނުވަތަ ޔުނިޓް ރެޖިސްޓްރޭށަން ހުއްދަ ހޯދުމަށް ހުށަހަޅާ ފޯމު.
(ށ) އިމާރާތުގައި ހިމެނ،ޭ ނިމިފައިވާ ޔުނިޓް ނުވަތަ ޔުނިޓު ތަކަށް ކަމާބެހޭ އިދާރާއިން ދޫކޮށްފައިވާ އިމާރާތް ބޭނުންކުރު މުގެ ހުއްދައިގެ ކޮޕީ ނުވަތަ ދިރިއުޅުމުގެ ދާއިމީ ހުއްދައިގެ ކޮޕީ.
(ނ) އިމާރާތުގެ މަސައްކަތްތަކާ ގުޅޭގޮތުން ޕްރޮޖެކްޓް މެނޭޖަރ ނުވަތަ އިންޖިނިއަރ ސޮއިކޮށްފައިވާ ޕްރޮގްރެސް ރިޕޯޓާއި މަސައްކަތުގެ ށެޑިއުލް.
(ރ) މިނިސްޓްރީން ހުއްދަ ދޫކޮށްފައިވާ ސްޓްރާޓާ ޕްލޭނުގައި ހިމެނޭ ޔުނިޓެއް ނުވަތަ ޔުނިޓްތަކަށް އެއްމެދު އިމާރާތުގެ ގާނޫނާއި މި ގަވާއިދުގެ 9 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ހާލަތުގައި ޔުނިޓުގެ އަކަފޫޓު ނުވަތަ ހިއްސާ ބަދަލުވެފައިވާނަމަ، އިސްލާހުކޮށްފައިވާ ށެޑިއުލް އޮފް ސްޓްރާޓާ ޔުނިޓްސްއާއި އެކަމާ ގުޅޭ ލިޔެކިޔުންތައް.
(ބ) މި މާއްދާގައި ވަކިވަކީން ޔުނިޓްތައް ރަޖިސްޓަރީ ކުރުމުގެ ހުއްދަ ދޫކުރެވި ދާނެކަމުގައި ބަޔާންކޮށްފައިވީ ނަމަވެސް، މުޅި ސްކީމުގައި ހިމެނޭ ހުރިހާ ޔުނިޓުތަކަށް ރަޖިސްޓަރީ ހެދުމުގެ ހުއްދަ ދޫކުރެވޭނީ، ޕްރޮޖެކްޓް މެނޭޖަރ ނުވަތަ އިންޖިނިއަރ ދޫކޮށްފައިވާ އިމާރާތް ނިމުނުކަން އަންގައިދޭ ލިޔުން ނުވަތަ ކޮންޕްލީށަން ސެޓުފިކެޓު ހުށަހެޅުމުންނެވެ.
14 ވަނަ މާއްދާ - ޑިވެލޮޕަރގެ ސިފަތައް
އެއްމެދު އިމާރާތުގެ ގާނޫނުގެ 63 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އިލްތިޒާމުތައް އަދާކުރުމުގެ އިތުރުން، ސްޓޭޖް ޑިވެލޮޕްމަންޓް ހިންގާ ޑިވެލޮޕަރގެ ކިބައިގައި އަންނަނިވި ސިފަތަކާއި ގާބިލުކަން ހުންނަންޖެހޭނެއެވެ.
(ހ) ސްޓޭޖް ޑިވެލޮޕްމަންޓެއްގެ ދަށުން މަށްރޫއެއް ތަރައްގީކުރުމަށް ބޭނުންވާ މާލީތަނަވަސްކަން ހުރުން ނުވަތަ އެ ފައިސާ ހޯދައި ލިބިގަތުމުގެ ގާބިލުކަން ހުރުންނުވަތަ މާލީ އިދާރާއަކުން ދޫކުރާ ފައިނޭންށިއަލް ގެރެންޓީ އެއް ހަމަޖެއްސުމުގެ ގާބިލުކަން ހުރުން.
(ށ) ސްޓޭޖް ޑިވެލޮޕްމަންޓުގެ ދަށުން ތަރައްގީކުރާ މަށްރޫއުގެ ބިން، ގާނޫނީ ގޮތުން މިލްކުކުރެވޭނެ ހައިސިއްޔަތު ލިބިފައިވުން، ނުވަތަ ބިން ތަރައްގީކުރުމަށް ޑިވެލޮޕްމަންޓް ރައިޓްސް އަދި ސޭލްސް ރައިޓްސް ލިބިފައިވާ ފަރާތަކަށްވުން.
(ނ) ބިމުގެ އަސްލުވެރިފަރާތުން ނުވަތަ ޑިވެލޮޕަރުގެ ފަރާތުން މަށްރޫއުގެ އަމަލ މަސައްކަތްތައް ކުރުމަށް ކަނޑައަޅާ މެއިން ކޮންޓްރެކްޓަރަކީ މިނިސްޓްރީގައިރަޖިސްޓަރީ ކުރެވ،ި ހުއްދަ ދޫކުރެވިފައިވާ ފަރާތެއްކަމުގައިވުން.
(ރ) ބިމުގެ އަސްލުވެރިފަރާތެއްގެ ހައިސިއްޔަތުން ސަރުކާރުގެ އިދާރާއަކުން، ސްޓޭޖް ޑިވެލޮޕްމަންޓުގެ ދަށުން މަށްރޫއެއް ހިންގުމަށް ޑިވެލޮޕަރެއް އައްޔަނުކުރާނަމަ، އައްޔަނުކުރާ ޑިވެލޮޕަރެއްގައި މި މާއްދާގައި ބަޔާންކޮށްފައިވާ ސިފަތަކާއި ގާބިލުކަން ހުރިކަން އެ އިދާރާއަކުން ކަށަވަރު ކުރަންވާނެއެވެ.
15 ވަނަ މާއްދާ - ޑިވެލޮޕަރު ގެ ފަރާތުން ޒިންމާ އުފުލާނެ ފަރާތެއް އައްޔަނުކުރުން
ކޮންމެ ޑިވެލޮޕަރެއްގެ ފަރާތުން ވެސް، އެއްމެދު އިމާރާތުގެ ގާނޫނާއި މި ގަވާއިދަށް އަމަލުކުރުމުގައި އެ ފަރާތުގެ ޒިންމާތަކާއި މަސްއޫލިއްޔަތުތައް އަދާކުރާނެ ފަރާތެއް އައްޔަނު ކުރަންވާނެއެވެ.
16 ވަނަ މާއްދާ - ޔުނިޓް ވިއްކުމާގުޅޭ ފައިސާގެ މުއާމަލާތްތައް
ސްޓޭޖް ޑިވެލޮޕްމަންޓުގެ ދަށުން ހިންގާ މަށްރޫއުގައި ހިމެނޭ ޔުނިޓެއް ވިއްކުމާއި، ޔުނިޓާގުޅޭ ފީ އެއްގެ ނުވަތަ އަގެއްގެ ނުވަތަ ފައިސާއެއްގެ މުއާމަލާތެއް ކުރަންވާނީ އެއްމެދު އިމާރާތުގެ ގާނޫނުގެ 62 ވަނަ މާއްދާގެ އިތުރުން ތިރީގައި ބަޔާންކޮށްފައިވާ އުސޫލުތަކުގެ މަތީންނެވެ.
(ހ) އެއްމެދު އިމާރާތެއްގެ ގޮތުގައި ތަރައްގީކޮށް ރަޖިސްޓަރީ ކުރުމަށް ގަސްތުކުރާ އިމާރާތެއް ނުވަތަ ސްޓޭޖް ޑިވެލޮޕްމަންޓުގެ ދަށުން ހިންގާ މަށްރޫއަކާގުޅޭ އިމާރާތެއްގައި ހިމެނޭ ވަކިވަކި ޔުނިޓްތަކާ ގުޅިގެން ގަނެ ވިއްކުމުގެ އެއްވެސް މުއާމަލާތެއް ކުރަންވާނީ "ސްޓްރާޓާ ޕްލޭން" އާއި "ށެޑިއުލް އޮފް ސްޓްރާޓާ ޔުނިޓްސް" މިނިސްޓްރީން ފާސްކުރުމަށްފަހުގައެވެ. އަދި އެފަދަ މުއާމަލާތެއް ކުރަންވާނީ ފާސްކޮށްފައިވާ "ށެޑިއުލް އޮފް ސްޓްރާޓާ ޔުނިޓްސް" ގައި ބަޔާންކޮށްފައިވާ ޔުނިޓުގެ މައުލޫމާތުތަކުގެ މައްޗަށް ބިނާކޮށެވެ.
(ށ) ސްޓޭޖް ޑިވެލޮޕްމަންޓެއްގެ ދަށުން ޔުނިޓް ވިއްކުމާ ގުޅޭ ފައިސާގެ އެއްވެސް މުއާމަލާތެއްކުރަން ފެށޭނީ، މި ގަވާއިދުގެ 20 ވަނަ މާއްދާގައި ބަޔާންކޮށްފައިވާޕްރޮޖެކްޓް އެކައުންޓް ހުޅުވުމަށްފަހުގައެވެ.
(ނ) ސްޓޭޖް ޑިވެލޮޕްމަންޓުގެ ދަށުން ޔުނިޓްތައް ވިއްކަންވާނީ، އެކަމަށް ޓަކައި މިނިސްޓްރީން ހުއްދަ ހޯދުމަށްފަހު ގައެވެ.
(ރ) ސްޓޭޖް ޑިވެލޮޕްމަންޓުގެ ދަށުން ހިންގާ މަށްރޫއުގެ މަސައްކަތްތައް، އެއްމެދު އިމާރާތުގެ ގާނޫނުގެ 62 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ފަދައިން އިމާރާތުގެ %10 (ދިހައެއް އިންސައްތަ) މަސައްކަތް ނިމިފައިވުމާއެކު، މި މާއްދާގެ (ހ) އާއި (ށ) ގައި ބަޔާންކޮށްފައިވާ ކަންކަން ފުރިހަމަވެފައިވުމުން، ގާނޫނާއި ގަވާއިދުގެ ދަށުން އެ މަށްރޫއުގެ ޔުނިޓްތައް ވިއްކުމުގެ ހުއްދަ މިނިސްޓްރީން ދޫކުރަންވާނެއެވެ.
17 ވަނަ މާއްދާ - ޔުނިޓް ގަނެވިއްކުމުގެ އެއްބަސްވުމުގައި ފުރިހަމަ ކުރުމަށް ލާޒިމު ކަންކަން
ޑިވެލޮޕަރުގެ ފަރާތުން ޔުނިޓް ގަންނަ ފަރާތްތަކާއެކު އެކުލަވައިލާ "ސޭލް އެންޑް ޕާރޗެސް އެގްރ މަންޓް" ނުވަތަ ގަނެވިއްކުމުގެ އެއްބަސްވުމުގައި އެންމެ މަދުވެގެން ތިރީގައި ބަޔާންކޮށްފައިވާ އެންމެހައި ކަންކަން ހިމަނަންވާނެއެވެ.
(ހ) ވިއްކާ ފަރާތާއި ގަންނަ ފަރާތުގެ ފުރިހަމަ ނަމާއި، އެޑްރެސް، އަދި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ނަންބަރު ނުވަތަ ޕާސްޕޯޓް ނަންބަރު، އެއްބަސްވުމުގެ ތާރީހު، ކުންފުންޏެއް ނުވަތަ ޕަރޓްނަރށިޕެއް ނުވަތަ ކޯޕަރޭޓިވް ސޮސައިޓީ އެއްނަމަ، އެ ތަނެއްގެ ރަޖިސްޓްރޭށަން ނަންބަރު، އަދި ގުޅޭނެ ފޯނު ނަންބަރު.
(ށ) ސްޓޭޖް ޑިވެލޮޕްމަންޓް ދަށުން މަށްރޫއު ހިންގުމަށް ދޫކޮށްފައިވާ ހުއްދައިގެ ނަންބަރާއި، ހުއްދަ ދީފައިވާ ތާރީހު.
(ނ) މަށްރޫއުގެ ތައާރުފ،ު މަށްރޫއު ހިންގާ ތަނާއި ބިމާގުޅޭ މައުލޫމާ ތާއި އެޑްރެސް،
(ރ) މަށްރޫއުގެ ދަށުން ތަރައްގީކުރާ އިމާރާތުގެ ބޭނުން ބަޔާންކޮށް ދިރިއުޅުމަށާއި ވިޔަފާރީ ގެ ބޭނުމަށް ކަނޑައަޅާ ބައިތަކުގެ ކުރު ހުލާސާއެއް.
(ބ) ވިއްކުމަށް ކަނޑައަޅާ ޔުނިޓުގެ ތަފުސީލު. (ޔުނިޓުގެ ބޮޑުމިނާއި، ކޮޓަރިތަކުގެ ތަފުސީލާއި، ބަދިގެއާއި ސިޓިންގރޫމް ފަދަ ތަންތަނުގެ މައުލޫމާތުގެ އިތުރުން، އެ ޔުނިޓާ ގުޅޭ އެކްސެސަރ ޔުނިޓާއި، ލިމިޓެޑް ކޮމަން ޕްރޮޕަޓ ތަކުގެ މައުލޫމާތު ބަޔާންކުރަން ޖެހޭނެއެވެ).
(ޅ) އިމާރާތުގެ އާންމު ތަންތަނާއި ވަސީލަތްތަކުގެ މައުލޫމާތު،
(ކ) ވިއްކުމަށް ކަނޑައަޅާ ޔުނިޓުގެ އަގާއި، އަގުގެ ތަފުސީލާއި، އަގު އަދާކުރުމަށް ކަނޑައަޅާ އުސޫލުތަކާއި ށެޑިއުލާއި، ބުކިން ފީ އާއި، ޑައުން ޕޭމަންޓާއި މިނޫން ވެސް ގަންނަ ފަރާތުން ދައްކަންޖެހޭނެ ފީ ތަކާ ގުޅޭ އެންމެހައި މައުލޫމާތު،
(އ) މި މާއްދާގެ (ކ) ގައި ބަޔާންކޮށްފައިވާ ފައިސާ ރީފަންޑު ކުރެވޭނެ ހާލަތްތަކާއި އެކަން ކުރާނެ ގޮތުގެ ތަފުސީލު.
(ވ) މަށްރޫއު ތަރައްގީކުރުމަށް އެކުލަވައިލައިފައިވާ މަސައްކަތުގެ ށެޑިއުލް. (ށެޑިއުލްގައި އިމާރާތުގެ ސަބް އަދި ސުޕަރ ސްޓްރަކްޗަރ ހިމެނޭ ބައިތަކާއި، އިމާރާތުގެ ފިނިށިންގއާއި، ސަރވިސަސްތަކާއި، އާންމު ބައިތަކުގެ ތަފުސީލުތަކާއި، އެ ތަންތަން ނިންމުމަށް ލަފާކުރާ ތާރީހު ހިމަނަންވާނެއެވެ.)
(މ) އެއްމެދު އިމާރާތުގެ ގާނޫނުގެ 63 ވަނަ މާއްދާގެ ދަށުން ގަނެވިއްކުމުގައި ޑިވެލޮޕަރ އުފުލަންޖެހޭ ޒިންމާތަކާ ގުޅޭ މާއްދާތައް.
(ފ) އެއްމެދު އިމާރާތުގެ ގާނޫނާއި އެ ގާނޫނުގެ ދަށުން އެކުލަވައިލާ ގަވާއިދުތަކުގައި ބަޔާންކުރާ، ގަންނަ ފަރާތުގެ ޒިންމާތަކާ ގުޅޭ މާއްދާތައް.
(ދ) ޔުނިޓް ނިންމައި ހަވާލުކުރާނެ ތާރީހާއި މި ތާރީހަށް ބަދަލުގެނެވޭނެ ހާލަތްތަކާއި ބަދަލު ގެނައުމުގައި އަމަލުކުރާނެ އުސޫލުތަކާއި ޔުނިޓް ރަޖިސްޓަރީ ހެދުމާއި، ހަވާލުކުރުމުގައި އަމަލުކުރާނެ އެންމެހައި ކަންކަމުގެ ތަފުސީލު.
(ތ) މި ގަވާއިދުގެ 30 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ "ލިކުއިޑޭޓެޑް ޑެމޭޖަސް" ދެއްކުމަށް ޑިވެލޮޕަރަށް ލާޒިމުވާ ހާލަތްތަކާއި ލިކުއިޑޭޓަޑް ޑެމޭޖަސް ހިސާބުކުރާނެ ގޮތުގެ ތަފުސީލު.
(ލ) އިމާރާތުގެ އިންށުއަރެންސް ކަވަރޭޖުގެ ތަފުސީލު.
(ގ) މި ގަވާއިދުގައި ބަޔާންކޮށްފައިވާ މަށްރޫއުގެ "އިނީށިއަލް ޕީރިއަޑް" ގައި ޑިވެލޮޕަރ ނަގަންޖެހޭ އެންމެހައި އިލްތިޒާމުތައް.
(ޏ) އެ މަށްރޫއަށް ނިސްބަތްވާ މެނޭޖްމަންޓް ކޯޕަރޭށަންގެ އުސޫލުތަކުގެ ދަށުން ޔުނިޓް ގަންނަ ފަރާތްތަކާއި ވިއްކާ ފަރާތްތަކުގެ މަސްއޫލިއްޔަތުތަކާ ގުޅުން ހުރި މާއްދާތައް.
(ސ) އެއްބަސްވުމުގެ ދަށުން ނޯޓިސް ފޮނުވަންޖެހޭ މުއްދަތުތަކާއި އެއްފަރާތުން އަނެއް ފަރާތަށް ނޯޓިސް ފޮނުވަންޖެހޭ އެޑްރެސް،
(ޑ) އެއްބަސްވުން އުވައިލެވޭނެ ހާލަތްތަކާއި އުވައިލުމުގައި އަމަލުކުރާނެ ގޮތް.
(ޒ) ޑިވެލޮޕަރާއި ގަންނަ ފަރާތާ ދެމެދު އުފެދޭ ދެބަސްވުންތައް ހައްލުކުރާނެ ގޮތް ބަޔާންކޮށްފައިވާ މާއްދާއެއް.
(ޓ) އެއްބަސްވުމަށް ބަދަލު ގެނައުމުގައި އަމަލުކުރާނެ އުސޫލު ބަޔާންކޮށްފައިވާ މާއްދާއެއް.
(ޔ) ފޯސް މޭޖަރ ހާލަތުގައި އަމަލުކުރާނެ ގޮތްތައް ބަޔާންކޮށްފައިވާ މާއްދާއެއް.
18 ވަނަ މާއްދާ - މަށްރޫއާ ގުޅޭ މައުލޫމާތު ދިނުމާއި އިސްތިހާރުކުރުން
އެއްމެދު އިމާރާތެއްގެ ގޮތުގައި ތަރައްގީކުރުމަށް ގަސްދުކުރާ އިމާރާތެއް ނުވަތަ ސްޓޭޖް ޑިވެލޮޕްމަންޓުގެ ދަށުން ނުވަތަ އެނޫންގޮތަކަށް ވެސް އެއްމެދު އިމާރާތެއްގެ ގޮތުގައި ތަރައްގީކުރާ މަށްރޫއާ ގުޅޭ މައުލޫމާތު އާންމުންނަށް ދިނުމުގައި ނުވަތަ މަށްރޫއު ށާއިއުކޮށް އިސްތިހާރުކުރާއިރު، އަދި މައުލޫމާތު ހޯދަން އެދޭ ކޮންމެ މީހަކަށްމެ، އެ މަށްރޫއާ ގުޅޭ ތިރީގައި ބަޔާންކޮށްފައިވާ މައުލޫމާތު ފޯރުކޮށްދިނުމަކީ ޑިވެލޮޕަރަށް މި ގަވާއިދުގެ ދަށުން ލާޒިމުކުރާ ކަމެކެވެ.
(ހ) ސްޓޭޖް ޑިވެލޮޕްމަންޓުގެ ދަށުން މަށްރޫއު ހިންގުމަށް ޑިވެލޮޕަރަށް މިނިސްޓްރީން ދޫކޮށްފައިވާ ހުއްދައިގެ ނަންބަރު.
(ށ) ބިމުގެ ބާވަތާއި ބިން ރަހުނު ކުރެވިފައިވާނަމަ، ރަހުނުގެ މައުލޫމާތު.
(ނ) ޑިވެލޮޕަރ މަށްރޫއު ނިންމުމަށް ލަފާކުރާ ތާރީހު.
(ރ) މަށްރޫއު ހިންގާ ތަނާއި، ޕްލޮޓް ނަންބަރާއި، މަގުގެ ނަން.
19 ވަނަ މާއްދާ - ފުރިހަމަނޫން މައުލޫމާތު ދިނުމާއި ޖޫރިމަނާކުރުން
މި ގަވާއިދުގެ 18 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މައުލޫމާތު ދިނުމާއި މަށްރޫއު އިސްތިހާރުކުރާއިރު އެ މާއްދާގައި ބަޔާންކޮށްފައިވާ މައުލޫމާތު ހިމެނުމުގެ އިތުރުން، މަށްރޫއާ ގުޅިގެން ޑިވެލޮޕަރުގެ ފަރާތުންދެވޭ އެންމެހައި މައުލޫމާތަކީ ފުރިހަމަ، ތެދު އަދި އޮޅުމެއްނެތް މައުލޫމާތެއްކަމުގައި ވާންވާނެއެވެ. އަދި އެއްމެދު އިމާރާތުގެ ގާނޫނާއި ގަވާއިދުގައި ބަޔާންކޮށްފައިވާ އުސޫލުތަކާ ހިލާފަށް މައުލޫމާތު ފުރިހަމަ ނުކޮށް، ނުވަތަ ކަމުގެ ހަގީގަތް އޮޅޭގޮތަށް މަށްރޫއާ ގުޅޭ އެއްވެސް ނުރަނގަޅު މައުލޫމާތު ފޯރުކޮށްދީފައިވާކަން ސާބިތުވެއްޖެނަމަ، އެ ފަރާތަކާމެދު އަންނަނިވި ގޮތުގެމަތީން ފިޔަވަޅު އެޅޭނެއެވެ.
(ހ) ފުރިހަމަނޫން މައުލޫމާތު ދިނުމާ ގުޅިގެން އެކަން މިނިސްޓްރީއަށް ސާބިތުވެއްޖެނަމަ، ސާބިތުވާ ކޮންމެ ފަހަރަކަށް 2,000 (ދެހާސް) ރުފިޔާއިން، އެ ފަރާތެއް ޖޫރިމަނާ ކުރެވޭނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ޖޫރިމަނާގެ އިތުރުން، އެ ފަރާތަށް ސްޓޭޖް ޑިވެލޮޕްމަންޓް މަށްރޫއެއް ހިންގުމަށް ދޫކޮށްފައިވާ ހުއްދަ ބާތިލުކުރުމާއި، މައްސަލައިގެ ކުޑަ ބޮޑުމިނަށް ބަލައި ޑިވެލޮޕަރ ވަގުތީ ގޮތުންނާއި ދާއިމީ ކޮށް އެފަދަ މަސައްކަތްކުރުމުން ސަސްޕެންޑް ކުރުން، އަދި ސްޓޭޖް ޑިވެލޮޕްމެންޓަކާ ގުޅޭ މައުލޫމާތު އޮޅުވައިލައިގެން އިސްތިރާހުކޮށްފައިވަނީ މަކަރާއި ހ ލަތް ހެދުމުގެ ގޮތުންކަމަށް ތުހުމަތުކުރެވޭނަމަ، އެކަން ތަހުގީގު ކޮށްދިނުމަށް އެދި ކަމާބެހޭ ތަހުގީގީ އިދާރާއަކަށް ފޮނުވޭނެއެވެ.
(ނ) ޑިވެލޮޕަރަކީ ކުންފުންޏެއް ނުވަތަ ޕަރޓްނަރށިޕެއްނަމަ، އެފަދަ ކުންފުންޏެއް ނުވަތަ ޕަރޓްނަރށިޕެއްގައި ބައިވެރިވާ ފަރާތްތަކުން އައު ކުންފުންޏެއް ނުވަތަ ޕަރޓްނަރށިޕެއް އުފައްދައިގެން އެކަން ތަކުރާރުވިޔަ ނުދިނުމުގެ ގޮތުން، ޑައިރެކްޓަރުން ނުވަތަ ޕަރޓްނަރުން ބްލެކް ލިސްޓުކުރުން.
20 ވަނަ މާއްދާ - ޕްރޮޖެކްޓް އެކައުންޓް ގާއިމުކުރުމާއި ބެލެހެއްޓުން
ސްޓޭޖް ޑިވެލޮޕްމަންޓެއްގެ ދަށުން އެއްމެދު އިމާރާތް ތަރައްގީކޮށް ހިންގާ ފަރާތްތަކުން، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ލައިސަންސް ދޫކޮށްފައިވާ ބޭންކެއްގައި ސްޓޭޖް ޑިވެލޮޕްމަންޓް މަށްރޫއުގެ ފައިސާއާގުޅޭ މުއާމަލާތްތައް ކުރުމަށް ޓަކައި ޕްރޮޖެކްޓް އެކައުންޓެއް ހުޅުވަންވާނެއެވެ. އަދި ތިރީގައި ބަޔާންކޮށްފައިވާ އުސޫލުތަކުގެ ދަށުން މަށްރޫއުގެ ފައިސާއާގުޅޭ މުއާމަލާތްތައް ކުރުމަކީ ޑިވެލޮޕަރަށް ލާޒިމު ކުރާކަމެކެވެ.
(ހ) މަށްރޫއުގެ ދަށުން ވިއްކާ ހުރިހާ ޔުނިޓްތަކުގެ ފައިސާ ޕްރޮޖެކްޓް އެކައުންޓަށް ޑިޕޮސިޓްކުރުން.
(ށ) މަށްރޫއު ތަރައްގީކުރުމަށް ހޯދާ ފައިސާއަކީ އެ މަށްރޫއެއްގެ ބިމެއް ރަހުނުކޮށްގެން، ބޭންކަކުން ނުވަތަ ފައިނޭންށިއަލް އިންސްޓިޓިއުޓަކުން ލިބޭ ފައިސާ ކަމުގައިވާނަމަ، އެ ފައިސާ ޕްރޮޖެކްޓް އެކައުންޓަށް ޖަމާކުރުން.
21 ވަނަ މާއްދާ - ޕްރޮޖެކްޓް އެކައުންޓް ގާއިމުކުރުމާއި ބެލެހެއްޓުމުގެ އުސޫލު
ތިރީގައި ބަޔާންކޮށްފައިވާ އުސޫލުުތަކުގެ ދަށުން މަށްރޫއުގެ ޕްރޮޖެކްޓް އެކައުންޓާގުޅޭ އެންމެހައި ކަންކަން ކުރުމަކީ ޑިވެލޮޕަރަށް ލާޒިމު ކުރާކަމެކެވެ.
(ހ) މި މާއްދާގައި ބަޔާންކޮށްފައިވާ ޕްރޮޖެކްޓް ހުޅުވުމަށްފަހު، ޕްރޮޖެކްޓް އެކައުންޓް ހުޅުވި ބޭންކުގެ ނަމާއި ހުޅުވި ތާރީހާއި އެކައުންޓް ނަންބަރުގެ ތަފުސީލު އެނގޭގޮތަށް، އެ އެކައުންޓް ހުޅުވާ ބޭންކުން ދޫކުރާ ލިޔުމެއް ގިނަވެގެން 15 (ފަނަރަ) ދުވަހުގެ ތެރޭގައި މިނިސްޓްރީއަށް ޕޯޓަލް މެދުވެރިކޮށް ހުށަހަޅަންވާނެއެވެ. އަދި ބޭންކުން ދޫކުރާ ލިޔުން އޮންނަންވާނީ މި ގަވާއިދުގެ ޖަދުވަލު 1 ގެ ށެޑިއުލް II ގައި ހިމެނޭ ފޯމެޓާ އެއްގޮތަށް ނުވަތަ އެ ފޯމެޓުގައި ހިމެނޭ މައުލޫމާތު ހިމެނޭ އެފަދަ އެހެން ވެސް ފޯމެޓެއްގައެވެ.
(ށ) ސްޓޭޖް ޑިވެލޮޕްމަންޓުގެ ދަށުން ހިންގާ މަށްރޫއުތަކުގައި 10 (ދިހައެއް) ޔުނިޓަށްވުރެ ގިނަ ޔުނިޓް ހިމެނޭނަމަ، ބޭންކު ނުވަތަ ފައިނޭންށިއަލް އިންސްޓިޓިއުޓްގައި ހުޅުވަންވާނީ އެސްކްރޯ އެކައުންޓެކެވެ.
(ނ) އެއްމެދު އިމާރާތުގެ ގާނޫނާއި މި ގަވާއިދު ބަލަހައްޓާ ފަރާތެއްގެ ހައިސިއްޔަތުންނާއި، ޔުނިޓް ގަނެވިއްކުމުގެ މުއާމަލާތެއް ނުވަތަ ޕްރޮޖެކްޓް އެކައުންޓާ ގުޅިގެން މިނިސްޓްރީއަށް ހުށަހަޅާ މައްސަލަތައް ބެލުމުގެ ބޭނުމުގައި އަދި ތަހުގީގުމަރުހަލާއެއްގައި ޕްރޮޖެކްޓް އެކައުންޓާ ގުޅޭ މައުލޫމާތު ހޯދަންޖެހޭ ހާލަތްތަކުގައި ޕްރޮޖެކްޓް އެކައުންޓުގެ ތަފުސީލުތައް ކަމާބެހޭ ގާނޫނުތަކާ އެއްގޮތްވާ ގޮތުގެމަތީން ހޯދުމާއި، މައްސަލަތަކާ ގުޅިގެން ފިޔަވަޅު އެޅުމުގެ ފުރިހަމަ ބާރު މިނިސްޓްރީއަށް ލިބިގެންވެއެވެ. މިގޮތުން އެޅޭނެ ފިޔަވަޅުތައް މި ގަވާއިދުގެ ދަށުން އެކުލަވައިލާއުސޫލުގައި ބަޔާންކުރަންވާނެއެވެ.
(ރ) މި މާއްދާގައި ބަޔާންކޮށްފައިވާ ޕްރޮޖެކްޓް އެކައުންޓުގެ ތަފުސީލުތައް ހޯދައި ބެލުމަށް ބިމުގެ އަސްލުވެރިފަރާތުން ނުވަތަ ޑިވެލޮޕަރުގެ ފަރާތުން ބޭންކުގައި ހުޅުވާ އެސްކުރޯ އެކައުންޓުގެ ބައިވެރިއެއްގެ ގޮތުގައި މިނިސްޓްރީހިމަނަންވާނެއެވެ.
(ބ) ޕްރޮޖެކްޓް އެކައުންޓާ ގުޅޭ އެންމެހައި މާލީ ހިސާބުތައް ކޮންމެ އަހަރަކު އެއްފަހަރު އޮޑިޓްކޮށް ބެލެހެއްޓުން ޑިވެލޮޕަރު ގެ މައްޗަށް ލާޒިމުވާނެއެވެ.
22 ވަނަ މާއްދާ - ސޯސަލް ހައުސިންގ ގެ ގޮތުގައި ކަނޑައަޅާ މަށްރޫއުތަކުން ލިބޭ ޔުނިޓުގެ ފައިސާ ބެލެހެއްޓުން
ސަރުކާރުން ސޯށަލް ހައުސިންގ ގެ ގޮތުގައި ކަނޑައަޅާ މަށްރޫއުތަކުގެ ދަށުން ލިބޭ ފައިސާ ބަލަހައްޓާނެ އުސޫލެއް ނުވަތަ މިންގަނޑެއް އެހެން ގާނޫނެއްގައި ނުވަތަ ގަވާއިދެއްގައި ކަނޑަނާޅާހައި ހިނދަކު އެ ފައިސާ ޖަމާކުރަންވާނީ، އެ މަށްރޫއު ހިންގާ ސަރުކާރުގެ އިދާރާއަކުން ގާއިމުކުރާ އެކަމާ ގުޅޭ ހާއްސަ އެކައުންޓަކަށެވެ. އަދި އެނޫންގޮތަކަށް ޔުނިޓްތަކުން ލިބޭ ފައިސާ ޖަމާކުރާނަމަ ޖަމާކުރަންވާނީ، މި ގަވާއިދުގައި ބަޔާންކޮށްފައިވާ އުސޫލުން ޕްރޮޖެކްޓް އެކައުންޓެއް ހުޅުވުމަށްފަހު، އެ އެކައުންޓަކަށެވެ. އަދި އެފަދައިން ހުޅުވާ ޕްރޮޖެކްޓް އެކައުންޓެއް އެސްކްރޯ އެކައުންޓަކަށްވުން ލާޒިމެއްނޫނެވެ.
23 ވަނަ މާއްދާ - ޕްރޮޖެކްޓް އެކައުންޓަށް ޑިޕޮސިޓްކުރެވޭ ފައިސާ ޑިވެލޮޕަރ ރަށް ބޭނުންކުރެވޭ ހާލަތްތައް
މި ގަވާއިދުގެ 20 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޕްރޮޖެކްޓް އެކައުންޓަށް ޑިޕޮސިޓްކުރެވޭ ފައިސާ ޑިވެލޮޕަރަށް ބޭނުންކުރެވޭނީ، މި ގަވާއިދުގެ 24 ވަނަ މާއްދާގައި ބަޔާންކޮށްފައިވާކަންކަމާ ގުޅޭ މަސައްކަތްތަކަށެވެ. އަދި އެ ފައިސާ ޑިވެލޮޕަރަށް ދޫކުރަންވާނީ މަސައްކަތުގެ ށެޑިއުލާ އެއްގޮތަށެވެ. މި ގޮތުން އެ މަސައްކަތުގެ ޕްރޮގްރެސް އަދި މަސައްކަތް ނިމުނުކަން ކަށަވަރުކުރުމަށް އެކަމާ ގުޅޭ ތަމްރ ނު އަދި ލައިސަންސް ދޫކޮށްފައިވާ ފަންނީ ފަރާތެއް ނުވަތަ "ކޮލިފައިޑް ޕާރސަން" މިނިސްޓްރީން އައްޔަނު ކުރަންވާނެއެވެ. "ކޮލިފައިޑް ޕާރސަން" ގެ ށަރުތުތަކާއި މަސައްކަތްތަކާ ގުޅޭ އިތުރު ތަފުސީލު، މި ގަވާއިދުގެ ޖަދުވަލު 1 ގެ ށެޑިއުލް III ގައި ހިމެނިފައިވާނެއެވެ.
24 ވަނަ މާއްދާ - ޕްރޮޖެކްޓް އެކައުންޓަށްޑިޕޮސިޓްކުރާ ފައިސާ ދޫކުރުން
ޕްރޮޖެކްޓް އެކައުންޓަށް ޖަމާކުރާ ފައިސާ ދޫކުރަންވާނީ މި މާއްދާގައި ބަޔާންކޮށްފައިވާ މަސައްކަތްތަކަށެވެ. އަދި މި މާއްދާގައި ހިމަނައިފައިވާ އެންމެހައި ކަންކަން، މަށްރޫއުގެ ބިލް އޮފް ކުއަންޓިޓީ ނުވަތަ ޕޭމަންޓް ށެޑިއުލުގެ އިތުރުން، މަށްރޫއުގެ މަސައްކަތުގެ ށެޑިއުލްގައި ހިމަނަންވާނެއެވެ.
(ހ) މަށްރޫއުގައި ހިމެނޭ ޔުނިޓުގެ ގަނެވިއްކުމުގެ މުއާމަލާތްތަކާ ގުޅިގެން ދައްކަންޖެހޭ ފީ ދެއްކުމަށް.
(ށ) މަށްރޫއު ތަރައްގީކުރުމަށް ޑިވެލޮޕަރުގެ ފަރާތުން ކޮންސްޓްރަކްށަން ނުވަތަ ރިއަލް އެސްޓޭޓް ލޯނު ހަމަޖެއްސުމުގައި، އެ ފަރާތުން ދައްކަންޖެހޭ ފީ ދެއްކުމަށާއި އެކަމާ ގުޅޭ އެހެނިހެން ފީ ތައް ދެއްކުމަށް.
(ނ) މަށްރޫއު ތަރައްގީކުރުމުގެ މަސައްކަތުގެ ކޮންސަލްޓެންޓް ފީ ދެއްކުމަށް.
(ރ) މަށްރޫއު ތަރައްގީކުރުމަށް ނަގާ އިންށުއަރެންސާ ގުޅިގެން ދައްކަންޖެހޭ ޕްރ މިއަމް ދެއްކުމަށް.
(ބ) މަށްރޫއުގެ އަންނަނިވި އަމަލ މަސައްކަތްތަކާ ގުޅޭ ފީ ދެއްކުމަށް.
- ސޮއިލް އިންވެސްޓިގޭށަން އަދި ފައުންޑޭށަން މަސައްކަތްތަކަށް؛
- އާރތްވާކްސް އަދި ސައިޓް ޕްރިޕެރޭށަން މަސައްކަތްތަކަށް؛
- މަށްރޫއުގެ ސައިޓް ސުޕަވައިޒުކުރުމުގެ މަސައްކަތްތަކަށް؛
- މަށްރޫއުގެ ކޮންސްޓްރަކްށަން ނުވަތަ އަމަލ މަސައްކަތްތަކަށް.
(ޅ) މަށްރޫއުގެ އަމަލ މަސައްކަތްކުރުމަށް ބޭނުންވާ ކަރަންޓ،ް ފެން، އަދި ނަރުދަމާ ގާއިމުކުރުމަށް ޓަކައި ދައްކަންޖެހޭ ފީ ދެއްކުމަށް.
(ކ) މަށްރޫއު ތަރައްގީކުރުމަށް ޓަކައި ނުވަތަ އަމަލ މަސައްކަތް ފެށުމަށް ސަރުކާރުގެ އިދާރާތަކަށް ދައްކަންޖެހޭ ޕްރޮޖެކްޓް ލައިސަންސާއި އިންޑިޕެންޑެންޓް ކޮންސަލްޓަންޓް ހަމަޖެއްސުމަށް ދައްކަންޖެހޭ ފީ ދެއްކުމަށް.
(އ) ގަނެވިއްކުމުގެ އެއްބަސްވުމުގެ ދަށުން ބުކިން ފީ އާއި ޑައުންޕޭމަންޓް ރީފަންޑްކުރަންޖެހޭ ހާލަތެއްގައި ރީފަންޑް ކުރުމަށް ދައްކަންޖެހޭ ފައިސާ ދެއްކުމަށް.
(ވ) މަށްރޫއު ތަރައްގީކުރުމަށް ބޭންކުން ލޯނެއް ދޫކޮށްފައިވާނަމަ، އެ ލޯނާ ގުޅޭ ޕޭމަންޓް އަދި އިންޓަރެސްޓް ނުވަތަ ޗާރޖަސް ދެއްކުމަށް.
(މ) މަށްރޫއު ތަރައްގީކުރުމަށް ހިނގާ އިދާރީ ކަންކަމާއި، މަށްރޫއު އިސްތިހާރުކުރުމަށް ހިނގާ ހަރަދު ދެއްކުމަށް.
(ފ) މި އަކުރުގައި ބަޔާންކޮށްފައިވާ އިދާރީ ކަންކަމާއި އިސްތިހާރުކުރުމަށް އެންމެ ގިނަވެގެން ދޫކުރަންވާނީ މަށްރޫއުގެ ކޮންޓްރެކްޓް ވެލިއުގެ %5 (ފަހެއް އިންސައްތަ) އެވެ.
25 ވަނަ މާއްދާ - ޕްރޮޖެކްޓް އެކައުންޓުގައި ހިމެނޭ ފައިސާ ދޫކުރާއިރު ކަށަވަރުކުރަންޖެހޭ ކަންކަން
މި ގަވާއިދުގެ 24 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކަންކަމަށް ފައިސާ ދޫކުރަންވާނީ، މި ގަވާއިދުގެ 23 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ "ކޮލިފައިޑް ޕާރސަން" ގެ ފަރާތުން އެ މަސައްކަތާ ގުޅޭ ހުއްދަ ދޫކޮށްފައިވުމާއި، ކަމާބެހޭ ލިޔެ ކިޔުންތަކާއި، އެކަމާ ގުޅޭ މަސައްކަތްތައް ފުރިހަމަވެފައިވާ ކަން އެ ފަރާތުން ކަށަވަރު ކުރުމުންނެވެ.
(ހ) މި ގަވާއިދުގެ 24 ވަނަ މާއްދާގެ (ބ) ގެ (4) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ މަށްރޫއުގެ ކޮންސްޓްރަކްށަން ނުވަތަ އަމަލ މަސައްކަތްތަކަށް ޑިވެލޮޕަރަށް ދޫކުރާ ފައިސާ ދޫކުރެވޭނީ، މަސައްކަތުގެ "ކޮލިފައިޑް ޕާރސަން" ގެ ފަރާތުން ސޮއިކޮށްފައިވާ ޕްރޮގްރެސް ރިޕޯޓާއެކު، ޕްރޮގްރެސް ޕޭމަންޓުގެ އުސޫލުން އެ މަސައްކަތެއް ނިމުމުން އެކަމާ ގުޅޭ ބިލު ޑިވެލޮޕަރުގެ ސޮޔާއެކު ހުށަހެޅުމުންނެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކަންކަމުގެ އިތުރުން، މި ގަވާއިދުގެ 24 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އެހެނިހެން ކަންކަމަށް ފައިސާ ދޫކުރާނީ، އެ ކަމާގުޅޭ ސައްހަ ލިޔެކިޔުން ނުވަތަ ބިލު ޑިވެލޮޕަރުގެ ފަރާތުން މާލީ އިދާރާއަށް ހުށަހެޅުމުންނެވެ.
(ނ) މި ގަވާއިދުގައި ބަޔާންކޮށްފައިވާ އެންމެހައި ފައިސާ ދޫކުރަންވާނީ، އެ މަށްރޫއެއްގެ ޕްރޮޖެކްޓް ށެޑިއުލާއި ޕޭމަންޓް ށެޑިއުލުގައި ހިމެނިފައިވާ ކަންކަމަށެވެ.
26 ވަނަ މާއްދާ - ޕްރޮޖެކްޓް އެކައުންޓުގައި ހިމެނޭ ފައިސާ ދޫކުރާއިރު އުނިކުރާ ފައިސާ
މުޅި މަށްރޫއުގައި ހިމެނޭ ހުރިހާ ޔުނިޓަކަށް ދިރިއުޅުމުގެ ނުވަތަ ބޭނުންކުރުމުގެ ވަގުތީ ހުއްދަ ކަމާގުޅޭ އިދާރާއަކުން ދޫކޮށްފައިވާނަމަ، ޕްރޮޖެކްޓް އެކައުންޓަށް ޖަމާކޮށްފައިވާ ފައިސާ، މި މާއްދާގެ ތިރީގައި ބަޔާންކޮށްފައިވާ ކަންކަމަށް އުނިކުރުމަށްފަހު، ޑިވެލޮޕަރ ބޭނުންވެއްޖެ ހިނދެއްގައި ދޫކުރަންވާނެއެވެ.
(ހ) މުޅި އިމާރާތުގެ ހުރިހާ ޔުނިޓުތައް ނިންމައި ދިރިއުޅުމުގެ ނުވަތަ ބޭނުންކުރުމުގެ ދާއިމީ ހުއްދަ ހޯދުމަށް ވާސިލުވުމަށް ޓަކައި ޑިވެލޮޕަރުގެ ފަރާތުން ކުރަންޖެހޭ މަސައްކަތްތަކަށް ހިނގާނެ ހަރަދުގެ ފައިސާ.
(ށ) މުޅި މަށްރޫއުގެ އާންމު ތަންތަނާއި ވަސީލަތްތައް ނިންމުމަށާއި މަށްރޫއާ ގުޅޭ ލޭންޑް ސްކޭޕިންގެ މަސައްކަތް ނިންމުމަށް ހިނގާނެ ހަރަދުގެ ފައިސާ.
(ނ) މަށްރޫއު ތަރައްގީކުރުމަށް ބޭންކުން ދޫކޮށްފައިވާ ލޯނެއްވާނަމަ، ލޯނާ ގުޅޭ ޕޭމަންޓާއި އިންޓަރެސްޓާ، ނުވަތަ ޗާރޖަސްއާ ގުޅޭ ފައިސާ.
(ރ) މަށްރޫއު ނިންމުމަށް ދައްކަންޖެހޭ ކޮންސަލްޓެންޓް ނުވަތަ އަމަލ މަސައްކަތް ނިންމުމާ ގުޅޭ އެހެނިހެން ފީ.
27 ވަނަ މާއްދާ - ބޭންކު ގެރެންޓީ ހުށަހެޅުމުން ޕްރޮޖެކްޓް އެކައުންޓުގައި ހިމެނޭ ފައިސާ ދޫކުރުން
މި ގަވާއިދުގެ 26 ވަނަ މާއްދާ ބަޔާންކޮށްފައިވާ ފައިސާ ޑިވެލޮޕަރަށް ދޫކުރުމުގައި އެ މާއްދާގައި ބަޔާންކޮށްފައިވާ ގޮތަށް އަމަލުކުރުމަށް ބަޔާންކޮށްފައި އޮތް ނަމަވެސް، އެ މާއްދާގައި ބަޔާންކޮށްފައިވާ ފައިސާ އުނިކޮށް ޑިވެލޮޕަރ އެ ފައިސާ ނަގަން ބޭނުންވެއްޖެ ހިނދެއްގައި، އެ މާއްދާގައި ބަޔާންކޮށްފައިވާ ފައިސާގެ އަދަދަށް ރިއާޔަތްކޮށް، މި ގަވާއިދުގެ ޖަދުވަލު 1 ގެ ށެޑިއުލް II ގައި ބަޔާންކޮށްފައިވާ ފޯމެޓަށް ބޭންކް ގެރެންޓީ އެއް ނުވަތަ އެކަމާ ގުޅޭ އިންށުއަރެންސް ބޮންޑެއް ހޯދައި މިނިސްޓްރީއަށް ހުށަހެޅުމުން، އެ ފައިސާ އެ ޑިވެލޮޕަރަށް ބޭންކުން ދޫކުރަންވާނެއެވެ.
28 ވަނަ މާއްދާ - ޕްރޮޖެކްޓް އެކައުންޓުގައި ހިމެނޭ ޔުނިޓް ވިއްކައިގެން ލިބޭ ހުރިހާ ފައިސާއެއް ދޫކުރުމާއި ޕްރޮޖެކްޓް އެކައުންޓް ބަންދުކުރުން
(ހ) މުޅި މަށްރޫއުގެ ހުރިހާ ޔުނިޓެއް ނިންމައި، އިމާރާތުގެ ދިރިއުޅުން ނުވަތަ ބޭނުންކުރުމުގެ ހުއްދަ ދިނުމާއި، މުޅި މަށްރޫއު ނިމުނުކަމުގެ ލިޔުން މަށްރޫއުގެ ޕްރޮޖެކްޓް މެނޭޖަރ ދޫކޮށް، އެ ލިޔުންތައް ބޭންކަށް ނުވަތަ ފައިނޭންށިއަލް އިންސްޓިޓިއުޓަށް ހުށަހެޅުމުން، މި ގަވާއިދުގެ 20 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޕްރޮޖެކްޓް އެކައުންޓުގައިވާ އެންމެހައި ފައިސާ ޑިވެލޮޕަރަށް ދޫކުރަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ސަރުކާރުގެ އިދާރާއަކުން ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏަކުން ހިންގާ މަށްރޫއެއް ނިމުނު ކަމުގައި ބަލާނީީ، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ލިޔެކިޔުމުގެ އިތުރުން، އެ އިދާރާއަކުން ނުވަތަ ކުންފުންޏަކުން މަށްރޫއު ކޮންޕްލީށަން ސެޓުފިކެޓު ނުވަތަ އެކަމާ ގުޅޭ ލިޔުން ދޫކުރުމުންނެވެ.
(ނ) މި މާއްދާގެ (ހ) އާއި (ށ) ގައި ބަޔާންކޮށްފައިވާ ކަންކަން ފުރިހަމަވާނަމަ، އެ މަށްރޫއަކަށް ގާއިމުކުރާ ޕްރޮޖެކްޓް އެކައުންޓުގައި ހިމެނޭ ހުރިހާ ފައިސާ ޑިވެލޮޕަރަށް ދޫކުރުމަށްފަހު، އެ ޕްރޮޖެކްޓް އެކައުންޓް ބަންދުކުރަންވާނެއެވެ.
29 ވަނަ މާއްދާ - ޕްރޮޖެކްޓް އެކައުންޓާ ގުޅިގެން ފިޔަވަޅު އެޅުން
މި ގަވާއިދުގައި ބަޔާންކޮށްފައިވާ ޕްރޮޖެކްޓް އެކައުންޓާ ގުޅިގެން ށަކުވާ ހުށަހަޅާނީމިނިސްޓްރީއަށެވެ. އަދި ށަކުވާއެއް ލިބިއްޖެނަމަ، ށަކުވާ ބެލުމަށްފަހު، ފިޔަވަޅު އެޅުމުގެ ފުރިހަމަ ބާރު މިނިސްޓްރީއަށް ލިބިގެންވެއެވެ. އަދި ގަވާއިދާ ހިލާފުވެފައިވާކަމަށް ށަކުވާގައި ބަޔާންކޮށްފައިވާ މާއްދާއާ ހިލާފުވެފައިވާކަން ސާބިތުވެއްޖެނަމަ، މައްސަލައިގެ ކުޑަބޮޑުމިނަށް ބަލައި 2,000 (ދެހާސް) ރުފިޔާއިން ޑިވެލޮޕަރ ޖޫރިމަނާ ކުރެވޭނެއެވެ. އަދި އެ ފަރާތަށް ސްޓޭޖް ޑިވެލޮޕްމަންޓް މަށްރޫއެއް ހިންގުމަށް ދޫކޮށް ފައިވާ ހުއްދަ ބާތިލުކުރުމާއި، މައްސަލައިގެ ކުޑަބޮޑުމިނަށް ބަލައި ޑިވެލޮޕަރ ވަގުތީ ގޮތުން ނުވަތަ ދާއިމީ ކޮށް އެފަދަ މަސައްކަތްކުރުމުން ސަސްޕެންޑް ކުރުމުގެ ބާރު މިނިސްޓްރީއަށް ލިބިގެންވެއެވެ.
30 ވަނަ މާއްދާ - ގަނެވިއްކުމުގެ ޔުނިޓާ ގުޅޭ ލިކުއިޑޭޓެޑް ޑެމޭޖަސް ކަނޑައަޅާނެ އުސޫލު
ޑިވެލޮޕަރާއި ޔުނިޓް ގަންނަފަރާތާ ދެމެދު ޔުނިޓް ނިންމައި ހަވާލުކުރުމަށް ކަނޑައަޅާ ތާރީހުގެ ތެރޭގައި، އެ ޔުނިޓެއް އެ ފަރާތާ ހަވާލުކުރެވިފައި ނުވާނަމަ، ޔުނިޓް ގަންނަ ފަރާތުގެ ހައްގުތައް ހިމާޔަތްކުރުމުގެ ގޮތުން، ޔުނިޓް ގަންނަ ފަރާތަށް އެދެވިގެންވާ މާލީ ބަދަލެއް އަންނަނިވި އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތީން ޑިވެލޮޕަރ ދޭންވާނެއެވެ.
(ހ) ލިކުއިޑޭޓެޑް ޑެމޭޖަސްގެ ގޮތުގައި ދައްކާ ފައިސާގެ އަދަދު ކަނޑައަޅާނީ އަންނަނިވި ފޯމިއުލާގެ މަތީންނެވެ.
Unit Purchase price x interest (10%) x duration of delay in days / divided by 365 days
(ށ) މި މާއްދާއާއި މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފޯމިއުލާގެ ބޭނުމަށް "ޑިއުރޭށަން އޮފް ޑިލޭ" ހިސާބުކުރާނީ މަށްރޫއުގެ މުއްދަތަށް ރިއާޔަތްކޮށް އަންނަނިވި ގޮތުގެ މަތީންނެވެ.
- މަށްރޫއުގެ މުއްދަތު ހިސާބުކުރާއިރު، މަށްރޫއު ފެށޭ ތާރީހުކަމުގައި ބަލާނީ ޔުނިޓް ގަންނަ ފަރާތުން ބުކިން ފީ ދައްކާ ތާރީހު ނުވަތަ ގަނެވިއްކުމުގެ އެއްބަސްވުމުގައި ސޮއިކުރާ ތާރީހަށެވެ.
- މި މާއްދާގެ (ށ) ގެ (1) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ގަނެވިއްކުމުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ކުރިން ޔުނިޓް ގަންނަ ފަރާތުން ބުކިން ފީނުވަތަ ޔުނިޓް ވިއްކުމުގެ މުއާމަލާތާ ގުޅޭ އެހެން ފީ އެއް ދައްކައިފައިވާނަމަ، މަށްރޫއު ފެށޭ ތާރީހުކަމުގައި ބަލާނީ ބުކިން ފީ ނުވަތަ އެ ފީ އެއް ދައްކައިފައިވާ ތާރީހެވެ.
- މަށްރޫއު ނިމޭ ތާރީހެއްކަމުގައި ބަލާނީ މި މާއްދާގެ (ށ) ގެ (1) ވަނަ ނަންބަރު، ނުވަތަ (2) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ތާރީހުން ފެށިގެން 36 (ތިރީސް ހައެއް) މަސްދުވަހަށެވެ. އަދި ފްލެޓުގެ ތަޅުދަނޑި ހަވާލުކުރުމަށް ދެފަރާތުން އެއްބަސްވެފައިވަނީ 36 (ތިރީސް ހައެއް) މަސްދުވަހަށް ވުރެ ކުރު މުއްދަތެއްގެ ތެރޭގައި ކަމުގައިވާނަމަ، މަށްރޫއު ނިމޭ ތާރީހެއްކަމުގައި ބަލާނީ ތަޅުދަނޑި ހަވާލުކުރުމަށް އެއްބަސްވެފައިވާ ތާރީހެވެ.
- ލިކުއިޑޭޓް ޑެމޭޖަސް ގޮތުގައި ފައިސާ ހޯދުމަށް ހުށަހަޅާ މުއްދަތު ގުނަން ފަށާނީ، މި މާއްދާގެ (ށ) ގެ (3) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ތާރީހު ނިމޭ ހިސާބުން ފެށިގެން ޔުނިޓުގެ ވެރިފަރާތަށް ޔުނިޓުގެ ތަޅުދަނޑި ނުވަތަ ޔުނިޓު ހަވާލުކުރާ ދުވަހާ ހަމައަށެވެ. އެހެންނަމަވެސް، ތަޅުދަނޑި ހަވާލުނުކުރެވި އޮތީ، އެ ޔުނިޓުގެ ދިރިއުޅުމުގެ ނުވަތަ ބޭނުންކުރުމުގެ ވަގުތީ ހުއްދަ ހޯދުމަށް ޓަކައި ޑިވެލޮޕަރުގެ ފަރާތުން ކުރަންޖެހޭ ހުރިހާ ކަމެއް ކުރުމާއެކު ވެސް އެ ހުއްދަ ނުލިބުމުގެ ސަބަބުން ކަމުގައިވާނަމަ، އެ މުއްދަތު ގުނަން ފަށާނީ ދިރިއުޅުމުގެ ހުއްދަ ނުވަތަ ބޭނުންކުރުމުގެ ހުއްދަ ލިބޭ ތާރީހާ ހަމައަށެވެ.
(ނ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ޑިވެލޮޕަރ، ޔުނިޓް ގަންނަފަރާތާއި ޔުނިޓް ހަވާލުކުރުން ލަސްވަނީ އެކަށީގެންވާ އަދި ގަބޫލުކުރެވޭ ފަދަ ސަބަބެއް މެދުވެރިވެގެން ކަމުގައިވާނަމަ، އަދި ޔުނިޓް ގަންނަ ފަރާތާއެކު ޔުނިޓް ހަވާލުކުރުމަށް ނުވަތަ ކުރިން އެއްބަސްވެފައިވާ ތާރީހު ނޫން އެހެން ތާރީހެއްގައި ޔުނިޓް ހަވާލުކުރުމަށް ދެފަރާތުން ލިޔުމުން އެއްބަސްވ،ެ އެ މުއްދަތުގެ ތެރޭގައި ޔުނިޓް ހަވާލުކުރެވިފައިވާނަމަ، މި މާއްދާގައި ބަޔާންކޮށްފައިވާ ލިކުއިޑޭޓެޑް ޑެމޭޖަސް ދައްކާކަށް ނުޖެހޭނެއެވެ. އަދި މި އެއްބަސްވުމުގެ ބޭނުމަށް "އެކަށީގެންވާ ސަބަބުތަކާއި ގަބޫލުކުރެވޭ ސަބަބުތައް" އަކީ ކޮބައިކަން އެއްބަސްވުމުގައި ކަނޑައަޅަންވާނެއެވެ.
31 ވަނަ މާއްދާ - ސްޓޭޖް ޑިވެލޮޕްމަންޓުގެ ދަށުން ތަރައްގީކުރެވޭ މަށްރޫއާ ގުޅިގެން ށަކުވާ އަދި މައްސަލަ ބަލުން
(ހ) މި ގަވާއިދާއި، މި ގަވާއިދުގެ ދަށުން އެކުލަވައިލާ އުސޫލުތަކާއި، ހިލާފު ކަމެއް އެއްވެސް ފަރާތަކުން ކުރަމުންދާކަން އެނގޭނަމަ އެކަމާ ގުޅޭ ށަކުވާ މިނިސްޓްރީއަށް ހުށަހަޅަންވާނެއެވެ.
(ށ) ސްޓޭޖް ޑިވެލޮޕްމަންޓާ ގުޅިގެން ހުށަހަޅާ ށަކުވާ ބެލުމާއި، ސްޓޭޖް ޑިވެލޮޕްމަންޓް ހިންގާ ޑިވެލޮޕަރުގެ ފަރާތުން މައުލޫމާތު ހޯދުމާއި، ނޯޓިސް ދިނުމާއި، އެ މަށްރޫއާ ގުޅޭ ލިޔެކިޔުން ހޯދުމުގެ ފުރިހަމަ ބާރު މިނިސްޓްރީއަށް ލިބިގެންވެއެވެ. އަދި،މަށްރޫއާ ގުޅިގެން ދިމާވާ މައްސަލަތައް ދިރާސާކުރުމާއި، ކަމާބެހޭ ފަރާތްތަކާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމާއި ކަމާބެހޭ ފަރާތްތަކަށް މައްސަލަތައް ހުށަހެޅުމުގެ ބާރު ލިބިގެންވެއެވެ.
(ނ) ސްޓޭޖް ޑިވެލޮޕްމަންޓާ ގުޅިގެން ށަކުވާ ހުށަހެޅުމުގައި އަމަލުކުރާނެ އިޖުރާއަތުތަކާއި އެ މައްސަލަތައް ބެލުމުގައި މިނިސްޓްރީން އަމަލުކުރާނެ އިދާރީ އުސޫލުތައް މިނިސްޓްރީން ކަނޑައަޅައި އާންމުކުރަން ވާނެއެވެ.
32 ވަނަ މާއްދާ - މާނަކުރުން
މި ގަވާއިދުގައި ބޭނުންކޮށްފައިވާ ލަފުޒުތަކާއި އިބާރާތްތަކުގެ ތެރެއިން، ގާނޫނު ނަންބަރު 2021-33 (އެއްމެދު އިމާރާތުގެ ގާނޫނު) ގައި މާނަކޮށްފައިވާ ލަފުޒުތަކާއި އިބާރާތްތައް މި ގަވާއިދުގައި ބޭނުންކޮށްފައި އެވަނީ، އެ ގާނޫނުގައި އެ ލަފުޒުތަކާއި އިބާރާތްތައް ބޭނުންކޮށްފައިވާ މާނައިގައެވެ. އަދި އެ ގާނޫނުގައި މާނަކޮށްފައިނުވާ، އެހެން ނަމަވެސް، މި ގަވާއިދުގައި ހިމަނައިފައިވާ އިބާރާތެއް ނުވަތަ ލަފުޒެއް ބޭނުންކޮށްފައިވާގޮތުން ކަނޑައެޅިގެން އެހެން މާނައެއް ދޭހަނުވާހައި ހިނދަކު، އެ އިބާރާތްތަކާއި ލަފުޒުތަކަށް ދީފައި ވަނީ، ތިރީގައި މިވާ އަކުރުތަކަށް ދީފައިވާ މާނަކުރުމެވެ.
(ހ) "މިނިސްޓްރީ" ކަމަށް ބުނެފައި އެވަނީ، އެއިރެއްގައި އެއްމެދު އިމާރާތާ ގުޅުން ހުރި ކަންކަން ބެލެހެއްޓުމުގެ މަސްއޫލި އްޔަތު ހަވާލުކޮށްފައިވާ ސަރުކާރުގެ ވުޒާރާއަށެވެ.
(ށ) "ގާނޫނު" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2021-33 (އެއްމެދު އިމާރާތުގެ ގާނޫނު) އާއި، އެ ގާނޫނަށް ގެނެވޭ އިސްލާހުތައް ހިމެނޭގޮތުންނެވެ.
(ނ) "ޑިވެލޮޕްމަންޓް ފައިނޭންސް" ކަމަށް ބުނެފައި އެވަނީ، މަށްރޫއު ތަރައްގީކުރުމުގެ ނުވަތަ އިމާރާތްކުރުމުގެ ބޭނުމަށް ހޯދާ ފައިސާއަށެވެ.
(ރ) "ބައި-ލޯސް" ކަމަށް ބުނެފައި އެވަނީ، އެއްމެދު އިމާރާތުގެ އާންމު ތަންތަން ބޭނުންކުރުމަށާއި ބެލެހެއްޓުމަށް ހުށަހަޅާ ބަޔާނަށެވެ.
33 ވަނަ މާއްދާ - ގަވާއިދަށް އަމަލުކުރަން ފެށުން
މި ގަވާއިދަށް އަމަލު ކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.
(މި ގަވާއިދުގެ ޖަދުވަލުތައް އެޓޭޗްކުރެވިފައިވާ ފައިލުގައި ހިމެނިފައިވާނެ)
ކިޔުންތެރިންގެ ހިޔާލު