-

ދައުލަތުގެ ބެލުމުގެ ދަށަށް ގެންނަ ކުދިން ފޮސްޓަރކުރުމާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 2024-17) އަށް 1 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު

(ގަވާއިދު ނަންބަރު 2024-18)

(މި ގަވާއިދަށް އަމަލުކުރަން ފެށީ 5 ފެބުރުއަރީ 2024 ގައި)

 

ގަވާއިދު ނަންބަރު 2024-17 (ދައުލަތުގެ ބެލުމުގެ ދަށަށް ގެންނަ ކުދިން ފޮސްޓަރކުރުމާބެހޭ ގަވާއިދު) އަށް އަންނަނިވި އިސްލާހުތައް ގެނައުން. 

 

1 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 16 ވަނަ މާއްދާގެ (ބ) ގެ ފަހަތަށް (ޅ) އާއި (ކ) އިތުރުކުރުން.

ފޮސްޓަރ ޕެނަލް

(ޅ) މި ގަވާއިދަށް އަމަލުކުރަން ފަށާތާ 1 (އެކެއް) މަސްދުވަހުގެ ތެރޭގައި، މި ގަވާއިދުގެ ދަށުން އެކުލަވައިލާ ފޮސްޓަރ ޕެނަލް މިނިސްޓަރު އެކުލަވައިލަންވާނެއެވެ.

(ކ) މި ގަވާއިދުގެ (ޅ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ފޮސްޓަރ ޕެނަލް އެކުލަވައިލެވެންދެން، ގަވާއިދު ނަންބަރު 2020-30 (ދައުލަތުގެ ބެލުމުގެ ދަށަށް ގެނެވޭ ކުދިން ރީ-އިންޓެގްރޭޓް ކުރުމާ ބެހޭ ގަވާއިދު) ގެ ދަށުން އެކުލަވައިލައިފައިވާ ރީ-އިންޓެގްރޭށަން ކޮމިޓީ ދެމިއޮންނާނެއެވެ.

 

2 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 47 ވަނަ މާއްދާގެ ފަހަތަށް 1-47 ގެ ގޮތުގައި މާއްދާއެއް އިތުރުކުރުން.

ފޮސްޓަރކުރެވޭ ކުއްޖާގެ ނަމާއި ރަޖިސްޓަރީވެފައިވާ އެޑްރެސް ބަދަލުކުރުން 1-47.

ފޮސްޓަރ ކުރެވޭ ކުއްޖާގެ ގާނޫނީ ބެލެނިވެރިކަން، ފޮސްޓަރ ކުރަން އެދޭ ފަރާތަށް ދިނުމަށް ށަރުއީ ކޯޓުން ނިންމުމުން، އެ ކުއްޖާގެ ނަމާއި އެޑްރެސް ބަދަލުކުރުމުގެ އިހްތިޔާރު، ފޮސްޓަރ ބެލެނިވެރިޔާއަށް ލިބޭނެއެވެ. 

 

3 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 49 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން. 

މި ގަވާއިދަށް އަމަލުކުރަން ފެށުން 49.

މި ގަވާއިދަށް އަމަލުކުރަން ފަށާނީ، 5 ފެބުރުވަރީ 2024 އިން ފެށިގެންނެވެ.

 

4 ވަނަ މާއްދާ - މި ގަވާއިދަށް އަމަލުކުރަން ފަށާނ،ީ ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ތާރީހުން ފެށިގެންނެވެ.

 

މައި ގަވާއިދު

ދައުލަތުގެ ބެލުމުގެ ދަށަށް ގެންނަ ކުދިން ފޮސްޓަރކުރުމާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 2024-17)

 

ކޮންސޮލިޑޭޓެޑް ގަވާއިދު

ދައުލަތުގެ ބެލުމުގެ ދަށަށް ގެންނަ ކުދިން ފޮސްޓަރކުރުމާބެހޭ ގަވާއިދު (ކޮންސޮލިޑޭޓެޑް ނަންބަރު 2024-17)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު