-

ދައުލަތުގެ ބެލުމުގެ ދަށަށް ގެންނަ ކުޑަކުދިން އަލުން އެ ކުދިންގެ އާއިލާއާ ހަވާލު ކުރުމާބެހޭ ގަވާއިދު (ނަންބަރު 2021-103) އަށް 2 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު

(ގަވާއިދު ނަންބަރު 2024-13)

(މި ގަވާއިދަށް އަމަލުކުރަން ފެށީ 30 ޖަނަވަރީ 2024 ގައި)

 

ގަވާއިދު ނަންބަރު 2021-103 (ދައުލަތުގެ ބެލުމުގެ ދަށަށް ގެންނަ ކުޑަކުދިން އަލުން އެ ކުދިންގެ އާއިލާއާ ހަވާލުކުރުމާބެހޭ ގަވާއިދު) އަށް، އަންނަނިވި އިސްލާހުތައް ގެނައުން.

 

1 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 7 ވަނަ މާއްދާގެ (ނ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

(ނ) ދައުލަތުގެ ބެލުމުގެ ދަށަށް ގެންނަ ކުދިންގެ އެންމެހައި ކަންކަން ބެލެހެއްޓުމާ ހަވާލުވެހުރި ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްށަން ސަރވިސްގައި މަސައްކަތްކުރާ ސައިކޮލޮޖިސްޓެއް ނުވަތަ ކައުންސިލަރެއް.

 

2 ވަނަ މާއްދާ - މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

 

މައި ގަވާއިދު

ދައުލަތުގެ ބެލުމުގެ ދަށަށް ގެންނަ ކުޑަކުދިން އަލުން އެ ކުދިންގެ އާއިލާއާ ހަވާލުކުރުމާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 2021-103)

 

ކޮންސޮލިޑޭޓެޑް ގަވާއިދު

ދައުލަތުގެ ބެލުމުގެ ދަށަށް ގެންނަ ކުޑަކުދިން އަލުން އެ ކުދިންގެ އާއިލާއާ ހަވާލުކުރުމާބެހޭ ގަވާއިދު (ކޮންސޮލިޑޭޓެޑް ނަންބަރު 2021-103)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު