-

ކަންޓްރީ-ބައި-ކަންޓްރީ ރިޕޯޓިންގ ގަވާއިދު (ނަންބަރު 2021-09) އަށް 3 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު

(ގަވާއިދު ނަންބަރު 2024-10)

(މި ގަވާއިދަށް އަމަލުކުރަން ފެށީ 28 ޖަނަވަރީ 2024 ގައި)

 

ގަވާއިދު ނަންބަރު 2021-09 (ކަންޓްރީ-ބައި-ކަންޓްރީ ރިޕޯޓިންގ ގަވާއިދު) އަށް އަންނަނިވި އިސްލާހުތައް ގެނައުން.

 

1 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 4 ވަނަ މާއްދާގެ (2-ށ) އުނިކުރުން.

4. (2-ށ) (އުނިކޮށްފައި).

 

2 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 4 ވަނަ މާއްދާގެ (2-ށ) ގެ ފަހަތަށް އަންނަނިވި ގޮތަށް އަކުރެއް އިތުރުކުރުން.

4. (3-ށ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ، ރިޕޯޓު ހުށަހެޅުމުގެ އިލްތިޒާމަށް އަމަލުކުރާނީ 2024 ވަނަ އަހަރުގައި ނިމޭ ފިސްކަލް އަހަރުތަކާއި އޭގެ ފަހުން ނިމޭ ފިސްކަލް އަހަރުތަކާ ގުޅޭ ކަންޓްރީ-ބައ-ިކަންޓްރީ ރިޕޯޓު ހުށަހެޅުމުގައެވެ.

 

3 ވަނަ މާއްދާ - މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ތާރީހުން ފެށިގެންނެވެ.

 

މައި ގަވާއިދު

ކަންޓްރީ-ބައި-ކަންޓްރީ ރިޕޯޓިންގ ގަވާއިދު (ގަވާއިދު ނަންބަރު 2021-09)

 

ކޮންސޮލިޑޭޓެޑް ގަވާއިދު

ކަންޓްރީ-ބައި-ކަންޓްރީ ރިޕޯޓިންގ ގަވާއިދު (ކޮންސޮލިޑޭޓެޑް) (ކޮންސޮލިޑޭޓެޑް ނަންބަރު 2021-09)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު