ތިޔަހޯއްދަވާ މައުލޫމާތެއް ނުފެނުނު
gaanoon_logo
-

ކަންޓްރީ-ބައި-ކަންޓްރީ ރިޕޯޓިންގ ގަވާއިދު  (ކޮންސޮލިޑޭޓެޑް)

(ކޮންސޮލިޑޭޓެޑް ނަންބަރު 2021-09)

(1ވަނަ އިސްލާހު ކޮންސޮލިޑޭޓް ކުރެވިފައި)

1  ވަނަ މާއްދާ - ތައާރުފާއި ނަން

(ހ) މިއީ ގާނޫނު ނަންބަރު 3/2010 (ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނު) ގެ 31-1 ވަނަ މާއްދާގެ (ހ) ގެ ދަށުން މީރާގެ ބޯޑަށް ލިބިދޭ އިހްތިޔާރުގެ ދަށުން ހަދާފައިވާ ގަވާއިދެކެވެ.

(ށ) މި ގަވާއިދަށް ކިޔާނީ "ކަންޓްރީ-ބައި-ކަންޓްރީ ރިޕޯޓިންގ ގަވާއިދު" އެވެ.

 

2 ވަނަ މާއްދާ – މަގްސަދު

މި ގަވާއިދުގެ މަގްސަދަކީ ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިވާ މަލްޓިނޭށަނަލް އެންޓިޓީތަކުން އެ އެންޓިޓީއެއް ނިސްބަތްވާ ގްރޫޕުގެ ވިޔަފާރި މުއާމަލާތްތަކާއި ހިންގުމާގުޅޭ މައުލޫމާތު ހިމަނައިގެން ކަންޓްރީ-ބައި-ކަންޓްރީ ރިޕޯޓު މީރާއަށް ހުށަހެޅުމުގައި އަމަލުކުރަންޖެހޭ އުސޫލުތައް ބަޔާންކޮށްދިނުމެވެ.

 

3 ވަނަ މާއްދާ - މާނަކުރުން

މި ގަވާއިދުގެ ބޭނުމަށް އަންނަނިވި ލަފުޒުތަކާއި އިބާރާތްތައް މާނަކުރަންވާނީ އަންނަނިވި ގޮތުގެމަތިންނެވެ.

(ހ) "ގުރޫޕު" ކަމަށް ބުނެފައި އެވަނީ، މިލްކުވެރިކަމުގެ ސަބަބުން ނުވަތަ ކޮންޓްރޯލްގެ ސަބަބުން ގުޅުންހުރި އެންޓިޓީތަކެއްކަމުގައިވީތީ، ފައިނޭންށަލް ރިޕޯޓިންގގެ ބޭނުމަށް އެކައުންޓިންގގެ ހަމަތަކާ އެއްގޮތަށް ކޮންސޮލިޑޭޓްކޮށްފައިވާ މާލީ ހިސާބުތައް ތައްޔާރުކުރަންޖެހޭ އެންޓިޓީތަކުގެ ގުރޫޕުތަކަށް، ނުވަތަ އެ އެންޓިޓީއެއްގެ އިކުއިޓީ އިންޓްރެސްޓް ޕަބްލިކް ސެކިއުރިޓީޒް އެކްސްޗޭންޖެއްގައި ގަނެވިއްކާނަމަ، އެކައުންޓިންގގެ ހަމަތަކާ އެއްގޮތަށް ކޮންސޮލިޑޭޓްކޮށްފައިވާ މާލީ ހިސާބުތައް ތައްޔާރުކުރަންޖެހޭ އެންޓިޓީތަކުގެ ގުރޫޕުތަކަށެވެ.

(ށ) "އެމް.އެން.އީ ގުރޫޕު" ކަމަށް ބުނެފައި އެވަނީ؛

 1. އެ ގުރޫޕުގައި ހިމެނޭ 2 (ދޭއް) ނުވަތަ އެއަށްވުރެ ގިނަ އެންޓިޓީތައް ތަފާތު ޖުރިސްޑިކްށަންތަކުގައި ޓެކްސްގެ ބޭނުމަށް ވަޒަންވެރިވެފައިވާ ގުރޫޕުތަކަށް، ނުވަތަ އެ ގުރޫޕުގައި، ޓެކްސްގެ ބޭނުމަށް ވަޒަންވެރިވެފައިވާ ޖުރިސްޑިކްށަން ފިޔަވައި އެހެން ޖުރިސްޑިކްށަނެއްގައި ދާއިމީ މަރުކަޒެއް މެދުވެރިކޮށްކުރާ ވިޔަފާރިން، އެ ދާއިމީ މަރުކަޒު މެދުވެރިކޮށް ވިޔަފާރިކުރާ ޖުރިސްޑިކްށަންގައި ޓެކްސް ދައްކަންޖެހޭ އެންޓިޓީއެއް ހިމެނޭ ގުރޫޕުތައް؛ އަދި
 2. މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ އިސްތިސްނާކުރެވިފައިވާ އެމް.އެން.އީ ގުރޫޕަކަށް ނުވާ ގުރޫޕުތަކަށެވެ.

(ނ) އެ ގުރޫޕުގެ މާލީ އަހަރަކަށް ނިސްބަތްކޮށް "އިސްތިސްނާކުރެވިފައިވާ އެމް.އެން.އީ ގުރޫޕު" ކަމަށް ބުނެފައި އެވަނީ، އެ ގުރޫޕުގެ ރިޕޯޓުކުރާ އަހަރުގެ ކުރީ އަހަރުގެ ކޮންސޮލިޑޭޓްކޮށްފައިވާ މާލީ ހިސާބުތަކަށް ބަލާއިރު، ކޮންސޮލިޑޭޓެޑް ގްރޫޕު ރެވެނިއު 750,000,000 (ހަތް ސަތޭކަ ފަންސާސް މިލިއަން) ޔޫރޯއަށްވުރެ ދަށް ގުރޫޕުތަކަށެވެ.

(ރ) "ކޮންސްޓިޓުއެންޓް އެންޓިޓީ" ކަމުގައި ބުނެފައި އެވަނީ؛

 1. ފައިނޭންށަލް ރިޕޯޓިންގގެ ބޭނުމަށް އެމް.އެން.އީ ގުރޫޕެއްގެ ކޮންސޮލިޑޭޓްކޮށްފައިވާ މާލީ ހިސާބުތަކުގައި ހިމަނާފައިވާ އެމް.އެން.އީ ގުރޫޕުގެ ވަކި ވިޔަފާރި ޔުނިޓްތަކަށް ނުވަތަ އެ ވިޔަފާރި ޔުނިޓެއްގެ އިކުއިޓީ އިންޓްރެސްޓް ޕަބްލިކް ސެކިއުރިޓީޒް އެކްސްޗޭންޖެއްގައި ގަނެވިއްކާނަމަ އެ ގުރޫޕުގެ ކޮންސޮލިޑޭޓްކޮށްފައިވާ މާލީ ހިސާބުތަކުގައި އެ ވިޔަފާރި ޔުނިޓެއް ހިމަނަންޖެހޭ ވިޔަފާރި ޔުނިޓްތަކަށް؛
 2. އެ ވިޔަފާރި ޔުނިޓުގެ ކުޑަބޮޑުމިން ނުވަތަ މެޓީރިއަލިޓީއަށް ހަމައެކަނި ބަލާފައި އެ އެމް.އެން.އީ ގުރޫޕުގެ ކޮންސޮލިޑޭޓްކޮށްފައިވާ މާލީ ހިސާބުތަކުގައި ހިމަނާފައިނުވާ ވިޔަފާރި ޔުނިޓްތަކަށް؛ އަދި
 3. ފައިނޭންށަލް ރިޕޯޓިންގގެ ބޭނުމަށް ނުވަތަ ރެގިއުލޭޓަރީ ބޭނުމަށް ނުވަތަ ޓެކްސް ރިޕޯޓިންގގެ ބޭނުމަށް ނުވަތަ އިންޓަރނަލް މެނޭޖްމަންޓް ކޮންޓްރޯލްގެ ބޭނުމަށް، ސެޕަރޭޓް ފައިނޭންށަލް ސްޓޭޓްމަންޓްތައް ތައްޔާރުކުރާ، މި އަކުރުގެ (1) ވަނަ ނަންބަރުގައި ނުވަތަ (2) ވަނަ ނަންބަރުގައި ހިމެނޭ ވިޔަފާރި ޔުނިޓެއްގެ ދާއިމީ މަރުކަޒުތަކަށެވެ.

(ބ) "ރިޕޯޓިންގ އެންޓިޓީ" ކަމުގައި ބުނެފައި އެވަނީ، އެ ފަރާތެއް ނިސްބަތްވާ އެމް.އެން.އީ ގުރޫޕުގެ ފަރާތުން، މި ގަވާއިދުގެ 6 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތާ އެއްގޮތްވާ ގޮތުގެމަތިން އެ ފަރާތަކުން ޓެކްސްގެ ބޭނުމަށް ވަޒަންވެރިވެފައިވާ ޖުރިސްޑިކްށަންގައި ކަންޓްރީ-ބައި-ކަންޓްރީ ރިޕޯޓު ހުށަހަޅަންޖެހޭ ކޮންސްޓިޓުއެންޓް އެންޓިޓީއަށެވެ. އަލްޓިމޭޓް ޕޭރެންޓް އެންޓިޓީއެއް ނުވަތަ ސަރޮގެޓް ޕޭރެންޓް އެންޓިޓީއެއް ނުވަތަ މި ގަވާއިދުގެ 4 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ފަދަ އެންޓިޓީއެއް ވެސް ރިޕޯޓިންގ އެންޓިޓީއެއް ކަމުގައި ވެދާނެއެވެ.

(ޅ) "އަލްޓިމޭޓް ޕޭރެންޓް އެންޓިޓީ" ކަމުގައި ބުނެފައި އެވަނީ، އެމް.އެން.އީ ގުރޫޕެއްގައި ހިމެނޭ އަންނަނިވި ށަރުތުތައް ފުރިހަމަވާ ކޮންސްޓިޓުއެންޓް އެންޓިޓީތަކަށެވެ.

 1. ސީދާގޮތުން ނުވަތަ ނުސީދާގޮތުން ވިޔަސް އެމް.އެން.އީ ގުރޫޕެއްގައި ހިމެނޭ 1 (އެކެއް) ނުވަތަ އެއަށްވުރެ ގިނަ ކޮންސްޓިޓުއެންޓް އެންޓިޓީތަކުގައި އެ ފަރާތެއްގެ މަސްލަހަތު އެކަށީގެންވާ މިންވަރަށް އޮތުމުގެ ސަބަބުން، ޓެކްސްގެ ބޭނުމަށް އެ ފަރާތް ވަޒަންވެރިވެފައިވާ ޖުރިސްޑިކްށަންގައި އާންމުކޮށް ހިސާބު ތައްޔާރުކުރުމުގައި ބޭނުންކުރާ އެކައުންޓިންގގެ ހަމަތަކުގެ ދަށުން ކޮންސޮލިޑޭޓްކޮށްފައިވާ މާލީ ހިސާބުތައް ތައްޔާރުކުރަން އެ ފަރާތަކަށް ލާޒިމުވުން ނުވަތަ އެ ފަރާތުގެ އިކުއިޓީ އިންޓްރެސްޓް، ޓެކްސްގެ ބޭނުމަށް ވަޒަންވެރިވެފައިވާ ޖުރިސްޑިކްށަންގެ ޕަބްލިކް ސެކިއުރިޓީޒް އެކްސްޗޭންޖެއްގައި ގަނެވިއްކާނަމަ ކޮންސޮލިޑޭޓްކޮށްފައިވާ މާލީ ހިސާބުތައް ތައްޔާރުކުރަން އެ ފަރާތަށް ލާޒިމުވުން؛ އަދި
 2. ސީދާގޮތުން ވިޔަސް ނުވަތަ ނުސީދާގޮތުން ވިޔަސް ފުރަތަމަ ބަޔާންކުރެވުނު ކޮންސްޓިޓުއެންޓް އެންޓިޓީގައި މި އަކުރުގެ (1) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ފަދަ މަސްލަހަތެއް އޮތް އެހެން އެއްވެސް ކޮންސްޓިޓުއެންޓް އެންޓިޓީއެއް އެމް.އެން.އީ ގުރޫޕުގައި ނެތުން.

(ކ) "ސަރޮގެޓް ޕޭރެންޓް އެންޓިޓީ" ކަމުގައި ބުނެފައި އެވަނީ، މި ގަވާއިދުގެ 4 ވަނަ މާއްދާގެ (ށ) ގެ (2) ވަނަ ނަންބަރުގައިވާ ށަރުތުތަކުގެ ތެރެއިން ށަރުތެއް ފުރިހަމަވާ ހާލަތުގައި، އެ އެމް.އެން.އީ ގުރޫޕުގެ ކޮންސްޓިޓުއެންޓް އެންޓިޓީތަކުގެ ތެރެއިން، އަލްޓިމޭޓް ޕޭރެންޓް އެންޓިޓީގެ ބަދަލުގައި، އެ ކޮންސްޓިޓުއެންޓް އެންޓިޓީ ވަޒަންވެރިވެފައިވާ ޖުރިސްޑިކްށަންގައި އެމް.އެން.އީ ގުރޫޕުގެ ފަރާތުން ކަންޓްރީ-ބައި-ކަންޓްރީ ރިޕޯޓު ހުށަހެޅުމަށް ކަނޑައަޅައިފައިވާ ހަމައެކަނި ފަރާތަށެވެ.

(އ) "ފިސްކަލް އަހަރު" ކަމުގައި ބުނެފައި އެވަނީ، އެމް.އެން.އީ ގުރޫޕުގެ އަލްޓިމޭޓް ޕޭރެންޓް އެންޓިޓީން އެ ފަރާތުގެ މާލީ ހިސާބުތައް ތައްޔާރުކުރާ ހިސާބުކުރާ މުއްދަތަށެވެ.

(ވ) "ރިޕޯޓިންގ ފިސްކަލް އަހަރު" ކަމުގައި ބުނެފައި އެވަނީ، މި ގަވާއިދުގެ 6 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކަންޓްރީ-ބައި-ކަންޓްރީ ރިޕޯޓުގައި އެ ފަރާތެއްގެ އެ އަހަރެއްގެ މާލީ ނަތީޖާތަކާއި އޮޕަރޭށަނަލް ނަތީޖާތައް ހިމަނާފައިވާ ފިސްކަލް އަހަރަށެވެ.

(މ) "ކޮލިފައިންގ ކޮމްޕިޓެންޓް އޮތޯރިޓީ އެއްބަސްވުން" ކަމުގައި ބުނެފައި އެވަނީ، އަންނަނިވި ށަރުތުތައް ފުރިހަމަވާ އެއްބަސްވުމަށެވެ.

 1. ބައިނަލްއަގްވާމީ އެއްބަސްވުމެއްގެ ބައިވެރިންކަމުގައިވާ ޖުރިސްޑިކްށަންތަކެއް ތަމްސީލުކުރުމުގެ ބާރު ލިބިފައިވާ ފަރާތްތަކެއްގެ މެދުގައި ވެފައިވާ އެއްބަސްވުމެއް ކަމުގައިވުން؛ އަދި
 2. އެ އެއްބަސްވުމުގައި ބައިވެރިވާ ޖުރިސްޑިކްށަންތަކުގެ މެދުގައި ކަންޓްރީ-ބައި-ކަންޓްރީ ރިޕޯޓުތައް އޮޓޮމެޓިކުން ބަދަލުކުރުމަށް ލާޒިމުކުރާ އެއްބަސްވުމެއް ކަމުގައިވުން.

(ފ) "ބައިނަލްއަގްވާމީ އެއްބަސްވުން" ކަމުގައި ބުނެފައި އެވަނީ، "މަލްޓިލެޓަރަލް ކޮންވެންށަން ފޮރ މިއުޗުއަލް އެޑްމިނިސްޓްރޭޓިވް އެސިސްޓެންސް އިން ޓެކްސް މެޓަރޒް"، ނުވަތަ އެއްވެސް ބައިލެޓަރަލް ނުވަތަ މަލްޓިލެޓަރަލް ޓެކްސް ކޮންވެންށަނެއް/އެއްބަސްވުމެއް ނުވަތަ ދިވެހިރާއްޖެއިން އެ އެއްބަސްވުމެއްގައި ބައިވެރިވާ ޓެކުހާގުޅޭ މައުލޫމާތު ބަދަލުކުރުމުގެ އެއްވެސް އެއްބަސްވުމަކަށެވެ. އަދި އެ ފަދަ އެއްބަސްވުމެއް ވާންވާނީ، އެ އެއްބަސްވުމުގައި ބައިވެރިވާ ޖުރިސްޑިކްށަންތަކުގެ މެދުގައި ޓެކުހާގުޅޭ މައުލޫމާތު ބަދަލުކުރުމުގެ (އެ ފަދަ މައުލޫމާތު އޮޓޮމެޓިކުން ބަދަލުކުރުން ވެސް ހިމެނޭ ގޮތުން) ގާނޫނީ ބާރު އެ އެއްބަސްވުމުގައި އެއްބަސްވެފައިވާ ކަންކަމުގެ ޛަރީއާއިން ލިބިދީފައިވާ އެއްބަސްވުމަކަށެވެ.

(ދ) "ކޮންސޮލިޑޭޓްކޮށްފައިވާ މާލީ ހިސާބުތައް" ކަމުގައި ބުނެފައި އެވަނީ، އެމް.އެން.އީ ގުރޫޕުގެ އަލްޓިމޭޓް ޕޭރެންޓް އެންޓިޓީއާއި އެންމެހައި ކޮންސްޓިޓުއެންޓް އެންޓިޓީތަކަކީ އިގްތިސާދީ ގޮތުން އެއް ށަހްސުގެ ގޮތުގައި ބަލައިގެން، މުދަލާއި ދަރަނި، އާމްދަނީއާއި ހަރަދު އަދި ފައިސާ ލިބުނު ގޮތާއި ހޭދަކުރި ގޮތް ހިމަނައިގެން ތައްޔާރުކޮށްފައިވާ އެ އެމް.އެން.އީ ގުރޫޕުގެ މާލީ ހިސާބުތަކަށެވެ.

(ތ) ޖުރިސްޑިކްށަނަކަށް ނިސްބަތްކޮށް، "ސިސްޓެމިކް ފެއިލިއަރ" ކަމުގައި ބުނެފައި އެވަނީ، އެއްވެސް ޖުރިސްޑިކްށަނަކާއި ދިވެހިރާއްޖެއާ ދެމެދު އެއަށް އަމަލުކުރެވެމުންދާ ކޮލިފައިން ކޮމްޕިޓެންޓް އޮތޯރިޓީ އެއްބަސްވުމެއް އޮތް ނަމަވެސް (އެ އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ސަބަބެއް ނެތި) އެ ޖުރިސްޑިކްށަނަކުން އޮޓޮމެޓިކް އެކްސްޗޭންޖް ސަސްޕެންޑްކޮށްފައިވުން، ނުވަތަ ދިވެހިރާއްޖޭގައި އެ އެމް.އެން.އީ ގުރޫޕުގެ ކޮންސްޓިޓުއެންޓް އެންޓިޓީތައް ހުރި އެމް.އެން.އީ ގުރޫޕެއްގެ ކަންޓްރީ-ބައި-ކަންޓްރީ ރިޕޯޓުތައް އެ ޖުރިސްޑިކްށަނަށް ލިބިފައިވީ ނަމަވެސް، އެ ރިޕޯޓުތައް އޮޓޮމެޓިކުން ދިވެހިރާއްޖެއަށް ފޮނުވައިފައިނުވުން ތަކުރާރުވެފައިވުމަށެވެ.

(ލ) "ކަންޓްރީ-ބައި-ކަންޓްރީ ރިޕޯޓު" ކަމުގައި ބުނެފައި އެވަނީ، ގާނޫނު ނަންބަރު 3/2010 (ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނު) ގެ 1-31 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކަންޓްރީ-ބައި-ކަންޓްރީ ރިޕޯޓަށެވެ.

 

4 ވަނަ މާއްދާ - ކަންޓްރީ-ބައި-ކަންޓްރީ ރިޕޯޓު ހުށަހެޅުމުގެ ޒިންމާ

(ހ) އެމް.އެން.އީ އެއްގެ، ދިވެހިރާއްޖޭގައި ޓެކްސްގެ ބޭނުމަށް ވަޒަންވެރިވެފައިވާ ކޮންމެ އަލްޓިމޭޓް ޕޭރެންޓް އެންޓިޓީއަކުން، މި ގަވާއިދުގެ 6 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތާ އެއްގޮތްވާ ގޮތުގެމަތިން، އެ ފަރާތުގެ ރިޕޯޓުކުރާ ފިސްކަލް އަހަރާގުޅޭ ކަންޓްރީ-ބައި-ކަންޓްރީ ރިޕޯޓު، މި ގަވާއިދުގެ 7 ވަނަ މާއްދާގައިވާ ތާރީހުގެ ނިޔަލަށް މީރާއަށް ހުށަހަޅަންވާނެއެވެ.

(ށ) އެމް.އެން.އީ ގުރޫޕެއްގެ އަލްޓިމޭޓް ޕޭރެންޓް އެންޓިޓީއެއް ކަމުގައިނުވާ ކޮންމެ ކޮންސްޓިޓުއެންޓް އެންޓިޓީއަކުން، އަންނަނިވި ށަރުތުތައް ފުރިހަމަވާ ކަމުގައިވާނަމަ، މި ގަވާއިދުގެ 6 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތާ އެއްގޮތްވާ ގޮތުގެމަތިން، އެ ފަރާތް ނިސްބަތްވާ އެމް.އެން.އީ ގުރޫޕުގެ ރިޕޯޓުކުރާ ފިސްކަލް އަހަރާގުޅޭ ކަންޓްރީ-ބައި-ކަންޓްރީ ރިޕޯޓު މި ގަވާއިދުގެ 7 ވަނަ މާއްދާގައިވާ ތާރީހުގެ ނިޔަލަށް މީރާއަށް ހުށަހަޅަންވާނެއެވެ.

 1. އެ އެންޓިޓީއަކީ ދިވެހިރާއްޖޭގައި ޓެކްސްގެ ބޭނުމަށް ވަޒަންވެރިވެފައިވާ އެންޓިޓީއެއް ކަމުގައިވުން؛ އަދި
 2. އަންނަނިވި ށަރުތުތަކުން 1 (އެކެއް) ށަރުތު ފުރިހަމަވެފައިވުން:
  i.  އެ އެމް.އެން.އީ ގުރޫޕުގެ އަލްޓިމޭޓް ޕޭރެންޓް އެންޓިޓީން އެ އެންޓިޓީ ޓެކްސްގެ ބޭނުމަށް ވަޒަންވެރިވެފައިވާ ޖުރިސްޑިކްށަންގައި ކަންޓްރީ-ބައި-ކަންޓްރީ ރިޕޯޓު ހުށަހަޅަން ލާޒިމުނުވުން؛ ނުވަތަ
  ii. އެ އަލްޓިމޭޓް ޕޭރެންޓް އެންޓިޓީ ޓެކްސްގެ ބޭނުމަށް ވަޒަންވެރިވެފައިވާ ޖުރިސްޑިކްށަނާއި ދިވެހިރާއްޖެއަކީ ބައިނަލްއަގްވާމީ އެއްބަސްވުމެއްގެ ބައިވެރިންކަމުގައި ވީނަމަވެސް، އެ ފަރާތުގެ ރިޕޯޓުކުރާ ފިސްކަލް އަހަރަށް ނިސްބަތްވާ ކަންޓްރީ-ބައި-ކަންޓްރީ ރިޕޯޓު ހުށަހެޅުމަށް މި ގަވާއިދުގެ 7 ވަނަ މާއްދާގައި ކަނޑައަޅައިފައިވާ ތާރީހުގެ ނިޔަލަށް، އެ ޖުރިސްޑިކްށަނާއި ދިވެހިރާއްޖެ ބައިވެރިވާ، އެއަށް އަމަލުކުރެވެމުންދާ ކޮލިފައިންގ ކޮންޕިޓެންޓް އޮތޯރިޓީ އެއްބަސްވުމެއް ގާއިމުވެފައި ނެތުން؛ ނުވަތަ
  iii. އެ އަލްޓިމޭޓް ޕޭރެންޓް އެންޓިޓީ ޓެކްސްގެ ބޭނުމަށް ވަޒަންވެރިވެފައިވާ ޖުރިސްޑިކްށަންގައި ސިސްޓެމިކް ފެއިލިއަރއެއް މެދުވެރިވެފައިވާތީ، އެކަން ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިވާ ކޮންސްޓިޓުއެންޓް އެންޓިޓީއަށް މީރާއިން އަންގާފައިވުން.

(1-ށ) އެ ކޮންސްޓިޓުއެންޓް އެންޓިޓީ ނިސްބަތްވާ އެމް.އެން.އީ ގްރޫޕުގެ އަލްޓިމޭޓް ޕޭރެންޓް އެންޓިޓީ ވަޒަންވެރިވެފައިވާ ޖުރިސްޑިކްށަނުން ރިޕޯޓުކުރުން ލާޒިމުވާ ތްރެށޯލްޑްގެ ގޮތުގައި، 2015 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ އެކްސްޗޭންޖް ރޭޓު ބޭނުންކޮށްގެން، 750،000 (ހަތްސަތޭކަ ފަންސާސް މިލިއަން) ޔޫރޯ ގެ ނިއަރ އިކުއިވެލެންޓް އަދަދެއް އެ ޖުރިސްޑިކްށަނުގެ ލޯކަލް ކަރަންސީން ކަނޑައަޅައިފައިވާނަމަ އަދި އެ އެމް.އެން.އީ ގްރޫޕުން އެ ތްރެށޯލްޑަށް ފުރިހަމައަށް ތަބާވެފައިވާނަމަ، މި މާއްދާގެ (ށ) ގެ (2) ވަނަ ނަންބަރުގެ (i) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ށަރުޠު ރައްދެއް ނުވާނެއެވެ (އިތުރު ކުރެވިފައި)

(ނ) އެމް.އެން.އީ ގުރޫޕެއްގެ އެކަކަށްވުރެ ގިނަ ކޮންސްޓިޓުއެންޓް އެންޓިޓީތައް ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިވާނަމަ، އަދި މި މާއްދާގެ (ށ) ގެ (2) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ށަރުތުތަކުން 1 (އެކެއް) ށަރުތު ނުވަތަ އެއަށްވުރެ ގިނަ ށަރުތުތައް ރައްދުވާނަމަ، މި ގަވާއިދުގެ 7 ވަނަ މާއްދާގައިވާ ތާރީހުގެ ނިޔަލަށް، މި ގަވާއިދުގެ 6 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތާ އެއްގޮތްވާ ގޮތުގެމަތިން އެ ފަރާތުގެ ރިޕޯޓުކުރާ ފިސްކަލް އަހަރަށް ނިސްބަތްވާ ކަންޓްރީ-ބައި-ކަންޓްރީ ރިޕޯޓު މީރާއަށް ހުށަހެޅުމަށާއި، އެ ހުށަހެޅުމަކީ އެ އެމް.އެން.އީ ގުރޫޕުގެ، ދިވެހިރާއްޖޭގައި ޓެކްސްގެ ބޭނުމަށް ވަޒަންވެރިވެފައިވާ ހުރިހާ ކޮންސްޓިޓުއެންޓް އެންޓިޓީއެއް ވެސް ހިމެނޭ ގޮތުން އެ ފަރާތްތަކުން އަދާކުރަންޖެހޭ ރިޕޯޓު ހުށަހެޅުމުގެ އިލްތިޒާމްތައް ފުރިހަމަވާ ފަދަ ހުށަހެޅުމެއްކަން މީރާއަށް އެންގުމަށް، އެ އެމް.އެން.އީ ގުރޫޕަށް އެ ތަނުން ވަކި 1 (އެކެއް) ކޮންސްޓިޓުއެންޓް އެންޓިޓީ އައްޔަންކުރެވިދާނެއެވެ.

(ރ) މި މާއްދާގެ (ށ) އަދި (ނ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، މި މާއްދާގެ (ށ) ގެ (2) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ށަރުތުތަކުން 1 (އެކެއް) ނުވަތަ އެއަށްވުރެ ގިނަ ށަރުތުތައް ރައްދުވާ ހާލަތުގައި، އެ ކޮންސްޓިޓުއެންޓް އެންޓިޓީ ނިސްބަތްވާ އެމް.އެން.އީ ގުރޫޕުން މި ގަވާއިދުގެ 6 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތާ އެއްގޮތްވާ ގޮތުގެމަތިން އެ ސަރޮގެޓް ޕޭރެންޓް އެންޓިޓީ ޓެކްސްގެ ބޭނުމަށް ވަޒަންވެރިވެފައިވާ ޖުރިސްޑިކްށަންގެ ޓެކްސް އޮތޯރިޓީއަށް މި ގަވާއިދުގެ 7 ވަނަ މާއްދާގައިވާ ތާރީހުގެ ނިޔަލަށް އެ ކަންޓްރީ-ބައި-ކަންޓްރީ ރިޕޯޓު ހުށަހަޅަމުންގެންދާ ސަރޮގެޓް ޕޭރެންޓް އެންޓިޓީއެއް މެދުވެރިކޮށް އެ އެމް.އެން.އީ ގުރޫޕުގެ އެ ފިސްކަލް އަހަރަށް ނިސްބަތްވާ ކަންޓްރީ-ބައި-ކަންޓްރީ ރިޕޯޓު ލިބޭނެ ގޮތް ފަހިކޮށްދީފައިވާނަމަ، އަދި އަންނަނިވި ށަރުތުތައް ފުރިހަމަވާނަމަ، މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ އެންޓިޓީން އެ ފަރާތުގެ އެ ރިޕޯޓުކުރާ ފިސްކަލް އަހަރަށް ނިސްބަތްވާ ކަންޓްރީ-ބައި-ކަންޓްރީ ރިޕޯޓު މީރާއަށް ހުށަހެޅުން ލާޒިމެއްނޫނެވެ.

 1. މި ގަވާއިދުގެ 6 ވަނަ މާއްދާގައި ކަނޑައަޅައިފައިވާ ށަރުތުތަކާ އެއްގޮތްވާ ގޮތުގެމަތިން ސަރޮގެޓް ޕޭރަންޓް އެންޓިޓީ ވަޒަންވެރިވެފައިވާ ޖުރިސްޑިކްށަންގައި ކަންޓްރީ-ބައި-ކަންޓްރީ ރިޕޯޓު ހުށަހަޅަންޖެހުން؛
 2. ރިޕޯޓުކުރާ ފިސްކަލް އަހަރަށް ނިސްބަތްވާ ކަންޓްރީ-ބައި-ކަންޓްރީ ރިޕޯޓު ހުށަހެޅުމަށް މި ގަވާއިދުގެ 7 ވަނަ މާއްދާގައި ކަނޑައަޅައިފައިވާ ތާރީހުގެ ނިޔަލަށް، ސަރޮގެޓް ޕޭރެންޓް އެންޓިޓީ ވަޒަންވެރިވެފައިވާ ޖުރިސްޑިކްށަންގެ، ދިވެހިރާއްޖެ ބައިވެރިވާ އަދި އެއަށް އަމަލުކުރެވެމުންދާ، ކޮލިފައިންގ ކޮމްޕިޓެންޓް އޮތޯރިޓީ އެއްބަސްވުމެއް އޮތުން؛
 3. އެ ސަރޮގެޓް ޕޭރެންޓް އެންޓިޓީ ވަޒަންވެރިވެފައިވާ ޖުރިސްޑިކްށަންގައި ސިސްޓެމިކް ފެއިލިއަރއެއް މެދުވެރިވެފައިވާކަން އެ ޖުރިސްޑިކްށަނުން މީރާއަށް އަންގާފައި ނެތުން؛
 4. ކޮންސްޓިޓުއެންޓް އެންޓިޓީއަކުން އެ އެންޓިޓީ ޓެކްސްގެ ބޭނުމަށް ވަޒަންވެރިވެފައިވާ ޖުރިސްޑިކްށަނަށް، އެ އެންޓިޓީއަކީ ސަރޮގެޓް ޕޭރެންޓް އެންޓިޓީކަން މި ގަވާއިދުގެ 5 ވަނަ މާއްދާގެ (ހ) އާ އެއްގޮތްވާ ގޮތުގެމަތިން އަންގާފައިވުން؛ އަދި
 5. މި ގަވާއިދުގެ 5 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ އެންގުން މީރާއަށް އަންގާފައިވުން.

 

5 ވަނަ މާއްދާ – އެންގުން

(ހ) އެމް.އެން.އީ އެއްގެ ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިވާ ކޮންމެ ކޮންސްޓިޓުއެންޓް އެންޓިޓީއަކުން، އެ އެންޓިޓީއަކީ އަލްޓިމޭޓް ޕޭރެންޓް އެންޓިޓީ ކަމުގައިވާނަމަ ނުވަތަ ސަރޮގެޓް ޕޭރެންޓް އެންޓިޓީ ކަމުގައިވާނަމަ އެކަން، އެ އެމް.އެން.އީ ގުރޫޕުގެ ރިޕޯޓުކުރާ ފިސްކަލް އަހަރުގެ ފަހު ދުވަހުގެ ނިޔަލަށް، މީރާއަށް އަންގަންވާނެއެވެ.

(ށ) ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިވާ ކޮންސްޓިޓުއެންޓް އެންޓިޓީއަކީ އަލްޓިމޭޓް ޕޭރެންޓް އެންޓިޓީ ކަމުގައި ނުވާނަމަ އަދި ސަރޮގެޓް ޕޭރެންޓް އެންޓިޓީ ކަމުގައި ވެސް ނުވާނަމަ، ރިޕޯޓުކުރާ އެންޓިޓީއަކީ ކޮން ފަރާތެއްކަމާއި، ރިޕޯޓުކުރާ އެންޓިޓީ ވަޒަންވެރިވެފައިވަނީ ކޮން ޖުރިސްޑިކްށަނެއްގައިކަން، އެ އެމް.އެން.އީ ގުރޫޕުގެ ރިޕޯޓުކުރާ ފިސްކަލް އަހަރުގެ އެންމެ ފަހު ދުވަހުގެ ނިޔަލަށް، އެ ކޮންސްޓިޓުއެންޓް އެންޓިޓީން މީރާއަށް އަންގަންވާނެއެވެ.

 

6 ވަނަ މާއްދާ - ކަންޓްރީ-ބައި-ކަންޓްރީ ރިޕޯޓުގެ ބައިތައް

(ހ) މި ގަވާއިދުގެ ބޭނުމަށް، އެމް.އެން.އީ ގުރޫޕަކުން ހުށަހަޅާ ކަންޓްރީ-ބައި-ކަންޓްރީ ރިޕޯޓުގައި އަންނަނިވި ބައިތައް ހިމަނަންވާނެއެވެ.

 1. އެ އެމް.އެން.އީ ގުރޫޕު އޮޕަރޭޓުކުރާ ކޮންމެ ޖުރިސްޑިކްށަނަކަށް ވަކިން، ޖުމްލަ އަދަދުތަކުގެ ގޮތުގައި، އާމްދަނީ، ޓެކްސް އުނިކުރުމުގެ ކުރިން ލިބިފައިވާ ފައިދާ ނުވަތަ ގެއްލުން، އާމްދަނީން ނަގާ ޓެކްސްގެ ގޮތުގައި ދައްކައިފައިވާ އަދަދު، އާމްދަނީން ނަގާ ޓެކްސްގެ ގޮތުގައި ދައްކަންޖެހުނު އަދަދު، ބަޔާންކޮށްފައިވާ ރައުސުލްމާލު، އެކިއުމިލޭޓެޑް އަރނިންގސް، މާއްދީ މުދާ (އެއީ ފައިސާ ނުވަތަ ފައިސާއާ އެއްފަދަ އެއްޗެއް ނުހިމެނޭ ގޮތުން) އަދި މުވައްޒަފުންގެ އަދަދު؛
 2. ކޮންސްޓިޓުއެންޓް އެންޓިޓީ ޓެކްސްގެ ބޭނުމަށް ވަޒަންވެރިވެފައިވާ ޖުރިސްޑިކްށަނަކީ ކޮބައިކަން، އަދި ޓެކްސްގެ ބޭނުމަށް ވަޒަންވެރިވެފައިވާ ޖުރިސްޑިކްށަނާއި އެ ޖުރިސްޑިކްށަނެއްގެ ގާނޫނުތަކުގެ ދަށުން އެ ކޮންސްޓިޓުއެންޓް އެންޓިޓީ އުފައްދާފައިވާ ޖުރިސްޑިކްށަނާ ތަފާތުވާ ހާލަތުގައި އެ އެންޓިޓީ އުފައްދާފައިވާ ޖުރިސްޑިކްށަނަކީ ކޮބައިކަން، އަދި އެ ފަދަ ކޮންސްޓިޓުއެންޓް އެންޓިޓީއަކުން މައިގަނޑު ގޮތެއްގައި ކުރަމުންދަނީ ކޮން ބާވަތްތަކެއްގެ ވިޔަފާރިއެއްކަން ހިމެނޭ ގޮތުން، އެމް.އެން.އީ ގުރޫޕުގެ ކޮންމެ ކޮންސްޓިޓުއެންޓް އެންޓިޓީއަކާގުޅޭ މައުލޫމާތު.

(ށ) ކަންޓްރީ-ބައި-ކަންޓްރީ ރިޕޯޓު ތައްޔާރުކޮށް ހުށަހަޅަންޖެހޭނީ "އޯ.އީ.ސީ.ޑީ ޓްރާންސްފަރ ޕްރައިސިންގ ގައިޑްލައިންސް ފޮރ މަލްޓިނެށަނަލް އެންޓަރޕްރައިޒެސް އެންޑް ޓެކްސް އެޑްމިނިސްޓްރޭށަންސް (2017)" ގެ 5 ވަނަ ބާބުގެ 3 ވަނަ އެނެކްސް (ގެނެވޭ އިސްލާހުތައް ވެސް ހިމެނޭ ގޮތުން) ގައިވާ ފޯމެޓާ އެއްގޮތްވާ ގޮތުގެމަތިންނެވެ.

 

7 ވަނަ މާއްދާ - ކަންޓްރީ-ބައި-ކަންޓްރީ ރިޕޯޓު ހުށަހެޅުމުގެ ސުންގަޑި

މި ގަވާއިދުގައި ބަޔާންކޮށްފައިވާ ކަންޓްރީ-ބައި-ކަންޓްރީ ރިޕޯޓު އެ އެމް.އެން.އީ ގުރޫޕުގެ ރިޕޯޓުކުރާ ފިސްކަލް އަހަރު ނިމިގެން 12 (ބާރަ) މަސްދުވަސް ހަމަވުމުގެ ނިޔަލަށް މީރާއަށް ހުށަހަޅަންވާނެއެވެ.

 

8 ވަނަ މާއްދާ - ކަންޓްރީ-ބައި-ކަންޓްރީ ރިޕޯޓުގައިވާ މައުލޫމާތު ބޭނުންކުރުމާއި، އެ މައުލޫމާތުގެ ސިއްރު ހިފެހެއްޓުން

(ހ) ކަންޓްރީ-ބައި-ކަންޓްރީ ރިޕޯޓުގައިވާ މައުލޫމާތު މީރާއިން ބޭނުންކުރަންވާނީ، އެމް.އެން.އީ ގުރޫޕުގެ ބައިވެރިން އެ ފަރާތްތަކުން ތަބާވާންޖެހޭ ޓްރާންސްފަރ ޕްރައިސިންގގެ ހަމަތަކާ ހިލާފަށް އަމަލުކޮށްފާނެކަމުގެ ރިސްކްތައް ދެނެގަތުމަށާއި، ބޭނުންކުރަން އެކަށީގެންވާ ހާލަތުތަކުގައި އިގްތިސާދީ އަދި ތަފާސްހިސާބުގެ އެނަލިސިސްތަކުގައި ބޭނުންކުރުން ވެސް ހިމެނޭ ގޮތުން، ޓްރާންސްފަރ ޕްރައިސިންގގެ ބޮޑެތި ރިސްކްތައް ދެނެގަތުމަށާއި، ދިވެހިރާއްޖެއަށް ކުރިމަތިވެފައިވާ އެނޫންވެސް "ބޭސް އިރޯށަން އެންޑް ޕްރޮފިޓް ށިފްޓިންގ (ބެޕްސް)" އާގުޅޭ ރިސްކްތައް ދެނެގަތުމަށެވެ.

(ށ) ޓެކްސް ދައްކާ ފަރާތެއްގެ ހިސާބުތަކަށް ޓްރާންސްފަރ ޕްރައިސިންގއާ ގުޅިގެން މީރާއިން ގެންނަ އެއްވެސް ބަދަލެއް ނުވަތަ އިސްލާހެއް މި ގަވާއިދުގެ ދަށުން ހުށަހަޅާފައިވާ ކަންޓްރީ-ބައި-ކަންޓްރީ ރިޕޯޓުގެ މައްޗަށް ބިނާކޮށްގެންނުވާނެއެވެ.

(ނ) މަލްޓިލެޓަރަލް ކޮންވެންށަން އޮން މިއުޗުއަލް އެޑްމިނިސްޓްރޭޓިވް އެސިސްޓެންސް އިން ޓެކްސް މެޓަރޒްގެ ދަށުން މީރާއަށް ލިބޭ މައުލޫމާތުގެ ސިއްރު ހިފަހައްޓަންޖެހޭ މިންވަރަކީ ސިއްރު ހިފަހައްޓަންޖެހޭ އެންމެ ދަށް މިންގަނޑުކަމަށް ބަލައި، ކަންޓްރީ-ބައި-ކަންޓްރީ ރިޕޯޓުގައި ހިމެނޭ މައުލޫމާތުގެ ސިއްރު މީރާއިން ހިފަހައްޓަންވާނެއެވެ.

 

9 ވަނަ މާއްދާ - ކަންޓްރީ-ބައި-ކަންޓްރީ ރިޕޯޓު ހުށަނޭޅުމުގެ އަދަބުތައް

ކަންޓްރީ-ބައި-ކަންޓްރީ ރިޕޯޓު ހުށަނޭޅުމުގެ އަދަބު ކަނޑައަޅާނީ، ގާނޫނު ނަންބަރު 3/2010 (ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނު) ގެ 65 ވަނަ މާއްދާގެ ދަށުންނެވެ.

 

10 ވަނަ މާއްދާ - ކަންޓްރީ-ބައި-ކަންޓްރީ ރިޕޯޓު ހުށަހަޅަން ފެށުން 

މި ގަވާއިދުގެ ދަށުން ކަންޓްރީ-ބައި-ކަންޓްރީ ރިޕޯޓު ހުށަހަޅާނީ، 1 ޖަނަވަރީ 2021 ނުވަތަ އޭގެ ފަހުން ފެށޭ ރިޕޯޓުކުރާ ފިސްކަލް އަހަރުތަކަށެވެ.

 

11 ވަނަ މާއްދާ - ގަވާއިދަށް އަމަލުކުރަން ފެށުން

މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހިސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ތާރީހުން ފެށިގެންނެވެ.

 

މައި ގަވާއިދު

ކަންޓްރީ-ބައި-ކަންޓްރީ ރިޕޯޓިންގ ގަވާއިދު (ގަވާއިދު ނަންބަރު 09-2021)

 

މި ގަވާއިދަށް ގެނެވުނު އިސްލާހު

1 ވަނަ އިސްލާހު

 

މައި ގާނޫނު

ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނު (ގާނޫނު ނަންބަރު 3/2010)

ކިޔުންތެރިންގެ ޚިޔާލު