-

ނޭށަނަލް ޓެންޑަރ ބޯޑުގެ ހިންގާ ގަވާއިދު

(ގަވާއިދު ނަންބަރު 2023-187)

(މި ގަވާއިދަށް އަމަލުކުރަން ފެށީ 20 ޑިސެމްބަރު 2023 ގައި)

 

1 ވަނަ މާއްދާ - ތައާރުފާއި ނަން

(ހ) މިއީ، ގަވާއިދު ނަންބަރު 2023-158 (ދައުލަތުގެ މާލިއްޔަތުގެ ގަވާއިދު) ގެ 10.09 ވަނަ މާއްދާގެ ދަށުން ބާރު ލިބިގެން، ނޭށަނަލް ޓެންޑަރ ބޯޑުން އެކުލަވައިލައިފައިވާ، ނޭށަނަލް ޓެންޑަރ ބޯޑުގެ ހިންގާ ގަވާއިދެވެ.

(ށ) މި ގަވާއިދަށް ކިޔާނީ، "ނޭށަނަލް ޓެންޑަރ ބޯޑުގެ ހިންގާ ގަވާއިދު" އެވެ.

 

2 ވަނަ މާއްދާ - މަގުސަދު

މި ގަވާއިދުގެ މައިގަނޑު މަގުސަ ދަކީ، ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ ބާބު 10 ގައިވާ ގޮތުގެ މަތީން، ދައުލަތުގެ އޮފީސްތަކުގެ ޕްރޮކިއުމަންޓުގެ މަސައްކަތް ކުރުމުގެ ހުއްދަދިނުމަށް ކަނޑައަޅައިފައިވާ ޒިންމާދާރު ޕްރޮކިއުމަންޓް އޮފިސަރުންނާއި، ދައުލަތުގެ އޮފީސްތަކުގެ ބިޑްކޮމިޓީތަކަށް ކަނޑައަޅައިފައިވާ މިންގަނޑަށްވުރެ ބޮޑު ޕްރޮކިއުމަންޓުގެ މަސައްކަތްތަކަށް ހުއްދަ ދިނުމަށް ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައި ކަނޑައަޅައިފައިވާ ގޮތުގެ މަތީން އުފައްދައިފައިވާ ނޭށަނަލް ޓެންޑަރ ބޯޑުގެ މަސްއޫލިއްޔަތުތައް ފުރިހަމައަށް އަދާކުރުމަށްޓަކައި، ބޯޑުން ނިންމަންޖެހޭ ނިންމުންތައް ނިންމުމަށް ބާއްވަންޖެހޭ ބައްދަލުވުންތައް ބޭއްވުމާއި، އެ ބައްދަލުވުންތައް ކުރިޔަށް ގެންދިއުމާއި، އެ ބައްދަލުވުންތަކުން ކަންކަން ނިންމުމާއި ބޯޑު މެންބަރުންނާ ގުޅޭކަންކަމާ ގުޅޭގޮތުން އަމަލުކުރާނެ އުސޫލުތައް ކަނޑައަޅައި ބަޔާންކުރުމެވެ.

 

3 ވަނަ މާއްދާ - ބޯޑު އެކުލެވިގެންވާ ގޮތާއި ބޯޑަށް މެންބަރުން އައްޔަނުކުރުން

(ހ) ބޯޑު އެކުލެވިގެންވަނީ، ޗެއަރޕަރސަނާއެކު 7 (ހަތެއް) މެންބަރުންގެ މައްޗަށެވެ. ބޯޑުގައި ހިމެނުމަށް ބޭނުންވާ ފަރާތްތައް ކަނޑައަޅައި، ޗެއަރޕަރސަނާއި މެންބަރުން އައްޔަނުކުރާނީ، މިނިސްޓަރުގެ ލަފަޔާއެކު، ރައީސުލްޖުމްހޫރިއްޔާއެވެ.

(ށ) ބޯޑަށް އައްޔަނުކުރާ މެންބަރުން ވާންވާނީ، ފައިނޭންސް، ނުވަތަ ޕްލޭނިންގ، ނުވަތަ އިންޖިނިއަރިންގ، ނުވަތަ ގާނޫނީ ދާއިރާ ނުވަތަ ކޮމާސްފަދަ ޕްރޮޕެށަނަލް ދާއިރާއަކަށް ނިސްބަތްވާ އަދި އެ ރޮނގަކުން ތައުލީމު ލިބިފައިވާ ނުވަތަ އެފަދަ ދާއިރާއެއްގެ ތަޖުރިބާ ލިބިފައިވާ މީހުންނަށެވެ.

(ނ) މި މާއްދާގެ (ހ) ގެ ދަށުން މެންބަރަކު އައްޔަނު ކުރެވޭުނުކަމަށް ބަލަންވާނީ، އެ މެންބަރަކަށް، މެންބަރުކަމަށް އައްޔަނުކުރިކަން ލިޔުމުން އަންގައި، އެ ލިޔުމުގައި ބަޔާންކޮށްފައިވާ ތާރީހުން ފެށިގެންނެވެ.

 

4 ވަނަ މާއްދާ - ބޯޑުގެ ދައުރާއި މެންބަރުންގެ ދައުރު

(ހ) ބޯޑުގެ ދައުރުގެ މުއްދަތަކީ، ކޮންމެ މީލާދީ އަހަރެއްގެ ޖަނަވަރީ މަހުގެ 1 ވަނަ ދުވަހުން ފެށިގެން ޑިސެންބަރު މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށެވެ. ކޮންމެ އަހަރަކު ވެސް، އެ އަހަރު ފެށޭތާ ގިނަވެގެން 5 (ފަހެއް) ދުވަހުގެ ތެރޭގައި އެ ދައުރުގެ ބޯޑަށް މެންބަރުން އައްޔަނުކުރަންވާނެއެވެ.

(ށ) ކޮންމެ އަހަރެއްގައި، އެ އަހަރަކަށް ބޯޑަށް އައްޔަނުކުރެވޭ ބޯޑު މެންބަރުންގެ ދައުރު، އެ އަހަރުގެ 31 ޑިސެންބަރުގެ ނިޔަލަށް ހަމަވާނެއެވެ.

(ނ) މި މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން އެ އަހަރަށް އައްޔަނު ކުރެވޭ މެންބަރެއްގެ މަގާމ،ު އެއްވެސް ސަބަބެއް މެދުވެރިވެގެން ދައުރުގެ ތެރެއިން ހުސްވެއްޖެނަމަ، ހުސްވާ މަގާމަށް އައްޔަނުކުރެވޭ މެންބަރަކީ އެ ދައުރުގެ ބާކީ އޮންނަ މުއްދަތަށް އައްޔަނުކުރެވޭ މެންބަރެކެވެ.

 

5 ވަނަ މާއްދާ - މެންބަރުންގެ ށަރުތުތައް

ބޯޑު މެންބަރުންގެ ކިބައިގައި، ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައި ބަޔާންކޮށްފައިވާށަރުތުތައް ފުރިހަމަވާން ވާނެއެވެ.

 

6 ވަނަ މާއްދާ - މެންބަރުކަމުން ވަކިވުން

ބޯޑު މެންބަރަކު ވަކިވެއްޖެކަމަށް ބަލާނީ، އަންނަނިވި ހާލަތްތަކުގައެވެ.

(ހ) އެ މެންބަރަކު ވަކިވެއްޖެކަމަށް މިނިސްޓަރުގެ ލަފަޔާއެކު، ލިޔުމަކުން ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ ތާރީހުން ފެށިގެން.

(ށ) އެ މެންބަރަކު އަމިއްލައަށް ވަކިވުމަށް ރައީސުލްޖުމްހޫރިއްޔާއަށް ލިޔުމަކުން އަންގާ ތާރީހުން ފެށިގެން.

(ނ) އެ މެންބަރަކު އައްޔަނުކުރި ދައުރު ހަމަވުން.

 

7 ވަނަ މާއްދާ - ބޯޑުގެ މަސް އޫލިއްޔަތުތައް 

ނޭށަނަލް ޓެންޑަރ ބޯޑުގެ މަސްއޫލިއްޔަތުތައް، ތިރީގައި މިވަނީއެވެ.

(ހ) ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައިވާ ގޮތުގެ މަތީން ޕްރޮކިއުމަންޓުގެ ހުއްދަ ހޯދުމަށް އެދި ބޯޑަށް ހުށަހަޅާ ޓެންޑަރުތައް، އެ ގަވާއިދުގައިވާ ގޮތަށް ކުރިޔަށް ގެންގޮސްފައިވާކަން ކަށަވަރުކުރުމާއެކު، އެ ޓެންޑަރުތަކާމެދު ގޮތެއް ނިންމުން.

(ށ) ދައުލަތުގެ އޮފީހަކުން މަސައްކަތް ކުރުވުމަށާއި، ހިދުމަތް ހޯދުމަށާއި، ތަކެތި ގަތުމަށް ސޮއިކޮށްފައިވާ އެއްބަސްވުމަކާ ގުޅިގެން އުފެދ ހުސޫމާތެއް ހައްލުކުރުމަށް ބަޔާންކޮށްފައިވާ އިޖުރާއަތުތަކުގެ ތެރޭގައި އެޖުޑިކޭޓަރަކީ ނުވަތަ އެޖުޑިކޭޓަރެއް އައްޔަނުކުރާ ފަރާތަކީ ނޭށަނަލް ޓެންޑަރ ބޯޑު ކަމުގައި ހިމަނައިފައިވާ ހާލަތްތަކުގައި އެޖުޑިކޭޓަރެއްގެ ގޮތުގައި ނުވަތަ އެޖުޑިކޭޓަރެއް އައްޔަނުކުރާ ފަރާތެއްގެ ގޮތުގައި މަސައްކަތްކުރުން.

(ނ) ބޯޑުގެ މަސްއޫލިއްޔަތުތައް އަދާކުރުމުގައި އެ މަސްއޫލިއްޔަތެއް އަދާކުރުމުގައި ވަކި އުސޫލެއް އެކުލަވައިލަންޖެހޭ ކަމަށް ބޯޑަށް ފެންނަ ހާލަތުގައި އެފަދަ އުސޫލުތައް އެކުލަވައިލުން.

(ރ) ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ 10.49 ގެ ދަށުން ބޯޑުގެ ހުއްދައަށްއެދި ހުށަހަޅާ ވެރިއޭށަންތަކާމެދު ގޮތެއް ނިންމުން.

(ބ) މި މާއްދާގެ (ހ) އިން ފެށިގެން (ރ) ގެ ނިޔަލަށް ބަޔާންކޮށްފައިވާ ކަންކަމުގެ އިތުރުން، ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ ދަށުން ޓެންޑަރ ބޯޑަށް މަތިކޮށްފައިވާ އެނޫން އެންމެހައި މަސްއޫލިއްޔަތުތައް.

 

8 ވަނަ މާއްދާ - ބޯޑުގެ ޗެއަރޕަރސަންގެ މަސްއޫލިއްޔަތުތައް

ބޯޑުގެ ޗެއަރޕަރސަންގެ މައިގަނޑު މަސްއޫލިއްޔަތުތައް، ތިރީގައި މިވަނީއެވެ.

(ހ) ބޯޑުގެ ބައްދަލުވުންތަކުގެ ރިޔާސަތު ބެލެހެއްޓުން.

(ށ) ބޯޑު މެންބަރުންގެ ލަފަޔާއެކު، ބޯޑު ބައްދަލުވުންތައް ބާއްވާނެ ދުވަސްތަކާއި، ވަގުތާއި ތަން ކަނޑައެޅުން.

(ނ) ބޯޑުގެ ބައްދަލުވުންތަކަށް އެޖެންޑާކުރާނ ކަންކަން ކަނޑައަޅައި ތަރުތީބުކުރުން.

(ރ) ބޯޑުގެ ސެކްރެޓޭރިއެޓަށް ބޯޑުގެ ފަރާތުން އިދާރީގޮތުން ދޭން ބޭނުންވާ ލަފަޔާ އި އިރުށާދު ދިނުން.

(ބ) ބޯޑުގެ ފަރާތުން މިނިސްޓަރަށް ޖަވާބުދާރީވުން.

 

9 ވަނަ މާއްދާ - ބޯޑުގެ ވައިސް ޗެއަރޕަރސަންގެ މަސްއޫލިއްޔަތުތައް

ބޯޑުގެ ވައިސް ޗެއަރޕަރސަންގެ މައިގަނޑު މަސްއޫލިއްޔަތުތައް، ތިރީގައި މިވަނީއެވެ.

(ހ) ބޯޑުގެ ޗެއަރޕަރސަންގެ މަގާމު ހުސްވެއްޖެ ހާލަތެއްގައި ނުވަތަ ބޯޑުގެ ޗެއަރޕަރސަން ނެތް ހާލަތެއްގައި، ބޯޑުގެ ޗެއަރޕަރސަންގެ މަސްއޫލިއްޔަތު ވަގުތީގޮތުން އަދާކުރުން.

(ށ) ބޯޑުގެ މަސައްކަތްތަކާ ގުޅޭގޮތުން، ބޯޑުގެ ޗެއަރޕަރސަނަށް އެހީތެރިކަން ފޯރުކޮށްދިނުން.

(ނ) ބޯޑުން ކަނޑައަޅާ އެހެނިހެން ކަންކަން ކުރުން.

 

10 ވަނަ މާއްދާ - ބޯޑު މެންބަރުންގެ މަސްއޫލިއްޔަތުތައް

ބޯޑު މެންބަރުންގެ މައިގަނޑު މަސްއޫލިއްޔަތުތައް، ތިރީގައި މިވަނީއެވެ.

(ހ) ބޯޑުގެ ބައްދަލުވުންތަކުގައި ބައިވެރިވުން.

(ށ) ބޯޑުގެ މައްޗަށް ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ ދަށުން ލާޒިމްކޮށްފައިވާ މަސްއޫލިއްޔަތުތައް އަދާކުރުން.

(ނ) ބޯޑުގެ ބޭނުމަށް ބޯޑުން ހަވާލުކުރާ މަސައްކަތްތައް ކުރުން.

 

11 ވަނަ މާއްދާ - މެންބަރުން ސަލާމް ބުނުން

(ހ) މެންބަރަކަށް ދިމާވާ މުހިންމު ކަމަކާ ގުޅިގެން ބޯޑުގެ ބައްދަލުވުމަށް ހާޒިރުވުމަށް އުޒުރުވެރިވާނަމަ، ވީ އެންމެ އަވަހަކަށް ބޯޑުގެ ސެކްރެޓޭރިއެޓަކަށް އެކަން ލިޔުމުން އަންގަންވާނެއެވެ. މިގޮތުން އެ މެންބަރެއްގެ ރަސްމީ އީ-މެއިލް އެޑްރެހުން ނުވަތަ މެންބަރުގެ ފޯނުން މެސެޖްކުރުމުން ބެލެވޭނީ، އެ ކަން ލިޔުމުން އެންގުނީކަމުގައެވެ.

(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެ މަތީން ބައްދަލުވުމަކަށް ސަލާމްބުނާ މެންބަރަކު އެ ބައްދަލުވުމެއްގެ ޔައުމިއްޔާގައްޔާއި ހާޒިރީގައި ފާހަގަކުރާނީ، ސަލާމުގެ ގޮތުގައި ހުރި މެންބަރެއްގެ ގޮތުގައެވެ.

(ނ) މި މާއްދާގެ (ހ) ގައިވާ ގޮތުގެ މަތީން، ބޯޑުގެ ސެކްރެޓޭރިއެޓަށް ނާންގައި، ބައްދަލުވުމަށް ހާޒިރުނުވާނަމަ، އެ ބައްދަލުވުމެއްގެ ޔައުމިއްޔާގައްޔާއި ހާޒިރީގައި އެ މެންބަރަކު ފާހަގަކުރާނީ، ހާޒިރުނުވާ މެންބަރެއްގެ ގޮތުގައެވެ.

 

12 ވަނަ މާއްދާ - ބޯޑު މެންބަރުންގެ ސުލޫކީ މިންގަނޑު

ބޯޑު މެންބަރުން، އެ މެންބަރުންގެ މަގާމުގެ ވާޖިބު އަދާކުރުމުގައި އަންނަނިވި ސުލޫކީ މިންގަނޑުތަކަށް އަމަލުކުރަންވާނެއެވެ.

(ހ) ބޯޑުގެ ބައްދަލުވުންތަކަށް ގަވާއިދުން އަދި ވަގުތަށް ހާޒިރުވެ، ބޯޑުގެ މަސައްކަތްތަކުގައި އެ މެންބަރެއްގެ ފުރިހަމަ ބައިވެރިވުމާއި އެއްބާރުލުން ދިނުން.

(ށ) އާންމު މަސްލަހަތު ހިފެހެއްޓުމާއެކު، މި ގަވާއިދުގައި ބަޔާންކޮށްފައިވާ މަގުސަދު ހާސިލުކުރުމަށް މަސައްކަތްކުރުން.

(ނ) ބޯޑު މެންބަރެއްގެ ހައިސިއްޔަތުން އަދާކުރަންޖެހޭ މަސްއޫލިއްޔަތުތައް ފަރުވާތެރިކަމާއެކު ޒިންމާދާރުގޮތެއްގައި އެ މަސައްކަތެއް ކުރެވޭެން އޮތް އެންމެ ރަނގަޅަކަށް އަދާކުރުން.

(ރ) މަގާމުގެ ނުފޫޒު ބޭނުންކުރުމާއި، މަގާމުގެ ސަބަބުން ލިބިފައިވާ މައުލޫމާތު ބޭނުންކޮށްގެން ތިމާއަށް ނުވަތަ އެހެން ފަރާތަކަށް ފައިދާއެއް ނުވަތަ މަންފާއެއް ހޯދައިދިނުމަށް މަސައްކަތް ނުކުރުން.

(ބ) ޕްރޮކިއުމަންޓާ ގުޅުންހުރި ނިންމުންތައް ނިންމުމުގައި އެއްވެސް ފަރާތެއްގެ މައްޗަށް ނުފޫޒެއް އަދި ބާރެއް ފޯރުވައިގެން ކަމެއް ކުރުވުމަށް މަސައްކަތް ނުކުރުން؛ މި މާއްދާގެ މަގުސަދަށް ޓަކައި ބޯޑުގެ ޖަލްސާއެއްގައި ވަކިވަކި މެންބަރުން އެ މެންބަރެއްގެ ހިޔާލު އެ މެންބަރަކަށް ފެންނަ އެންމެ ރަނގަޅު ގޮތަކަށް ބައްޓަންކޮށް އެ ހުށަހެޅުމެއް އެހެން މެންބަރުންނަށް ފަހުމުކޮށްދިނުމަށް ޓަކައި ވަކާލާތުކުރާ ކުރުމެއް ނުހިމެނޭ ނެއެވެ.

(ޅ) ބޯޑު މެންބަރަކު، އެ މީހެއްގެ އަމިއްލަ މަސްލަހަތާ ގުޅުންހުރިކަމެއް ކުރިމަތިވެދާނެފަދަ އެންމެހައި ކަންކަމުން ދުރުހެލިވުމާއި، އެފަދަ ކަމެއް މެދުވެރިވެއްޖެ ހާލަތެއްގައި، އެކަމުގެ މައުލޫމާތު ބޯޑާ ހިއްސާކޮށް، އެ އައިޓަމާ ގުޅިގެން މަށްވަރާކުރުމުގައްޔާއި ގޮތެއް ނިންމުމުގައި ތަނާޒުލުވުން.

(ކ) މެންބަރެއްގެ އަނބިމީހާ ނުވަތަ ފިރިމީހާ ނުވަތަ ދަރިޔަކު ނުވަތަ މަންމަ ނުވަތަ ބައްޕަ ނުވަތަ އެއްބަނޑުއެއްބަފާ، ނުވަތަ އެއްބަފާ ނުވަތަ އެއްބަނޑު މީހެއްގެ މަސްލަހަތު ހިމެނޭ، ނުވަތަ އެ މެންބަރެއްގެ އަމިއްލަ މަސްލަހަތު ހިމެނޭ، އެ މެންބަރެއްގެ އަމިއްލަ ފައިދާއެއް ނުވަތަ ދައުރެއް އޮތް ކަމެއްގައި، ގޮތް ނިންމުމުގައްޔާއި ބަހުސްގެ އެއްވެސް މަރުހަލާއެއްގައި އެ މަންބަރަކު ބައިވެރި ނުވުން އަދި ބައްދަލުވުމެއްގައި އެފަދަ ބަހުސެއް ކުރިޔަށް ދާނަމަ ބައްދަލުވުމުން ބޭރަށް ނިކުތުން.

(އ) ކޮރަޕްށަނުގެ އަމަލެއް ނުހިންގުމާއި، އެފަދަ ކަމަކަށް މަގުފަހިވާ ގޮތަށް ކަމެއް ނުކުރުމާއި، މަގާމުގެ މަސްއޫލިއްޔަތުގެ ބާރުގެ ބޭނުން ނަހަމަގޮތުގައި ނުހިފުމާއި، މަޖުބޫރުކޮށްގެން ކަންތައްތައް ކުރުވަން މަސައްކަތް ނުކުރުމާއި، މަސައްކަތަށް ހުރަސްއެޅޭ ފަދަ އެއްވެސް ކަމެއް ނުވަތަ އަމަލެއް ނުކުރުން.

(ވ) ޕްރޮކިއުމަންޓުގައި ބައިވެރިވާ ފަރާތްތަކުގެ (ބީލަންވެރިންގެ) ސިއްރު މައުލޫމާތާއި، ބީލަމުގެ އެންމެހައި ސިއްރު (އިވެލުއޭށަންތަކުގެ މައުލޫމާތު ހިމެނޭހެން) މައުލޫމާތެއްގެ ސިއްރު ހިފެހެއްޓުން. މިގޮތުން މިނިސްޓަރ ނުވަތަ އެ ޒިންމާ އުފުލުމަށް މަތިކުރާ ފަރާތަކަށާއި، ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުން ބާރު ލިބިދ ފަރާތްތަކަށާއި، ތަހުގީގީ އިދާރާއަކުން ބަލަމުންދާ މައްސަލައަކާ ގުޅިގެން އެ ތަހުގީގީ މަޖިލީހަކަށާއި ނުވަތަ ށަރުއީ ކޯޓަކުން ބަލަމުންދާ މައްސަލައަކާ ގުޅިގެން، ށަރީއަތުގެ މަޖިލީހަކަށް މެނުވީ އެ ސިއްރު ހާމަނުކުރުން.

(މ) ޕްރޮކިއުމަންޓުގެ ނިންމުންތައް ނިންމާ ފަރާތެއްގެ ގޮތުން، ތިރީގައި ބަޔާންކޮށްފައިވާ ބާވަތުގެ ކަމެއް މެންބަރުން ކޮށްގެން ނުވާނެއެވެ.

  1. ސީދާގޮތުން ނުވަތަ ނުސީދާގޮތުން މީހަކަށް ނުވަތަ ބަޔަކަށް، ނުވަތަ މީހެއްގެ ނުވަތަ ބަޔެއްގެ މުދަލަށް ގެއްލުންދީ، ނުވަތަ ގެއްލުންދ ނެކަމުގެ ބިރުދައްކައިގެން ޕްރޮކިއުމަންޓުގައި ބައިވެރިވުމަށް ނުވަތަ އެ ކޮންޓްރެކްޓެއް ތަންފީޒުކުރުމުގައި އެ ބަޔަކަށް ހުރަސްއެޅުމަށް މަސައްކަތްކުރުން (ކޮއެސިވް ޕްރެކްޓިސް)؛
  2. ޕްރޮކިއުމަންޓުގެ މަރުހަލާތަކަށް ނުވަތަ ކޮންޓްރެކްޓް ތަންފީޒުކުރުމުގައި، މުވައްޒަފުންގެ މަސައްކަތްތަކަށް ނުފޫޒު ފޯރުވުމުގެ ގޮތުން އަގެއް ހުރި އެއްޗެއް ދިނުމާއި، އެފަދަ އެއްޗެއް ދިނުމަށް ހުށަހެޅުމާއި، އެފަދަ އެއްޗެއް ލިބިގަތުމާއި، އެފަދަ ކަމަކަށް ސީދާގޮތުން ނުވަތަ ނުސީދާގޮތުން އެހީތެރިވެދިނުމާއި، ބައިވެރިވުން (ކޮއެސިވް ޕްރެކްޓިސް)؛
  3. ޕްރޮކިއުމަންޓް މަރުހަލާގައި ނުވަތަ ކޮންޓްރެކްޓް ތަންފީޒުކުރުމުގައި މައުލޫމާތު އޮޅުވައިލުމާއި، މައުލޫމާތަށް އުނިއިތުރު ގެނައުން (ފްރޯޑިއުލަންޓް ޕްރެކްޓިސް)؛
  4. ގަސްތުގައި ހެއްކެއް ނައްތައިލުމާއި، ލިޔުންތަކަށް ބަދަލުގެނައުމާއި، ކަމެއް ފޮރުވުމަށް މަސައްކަތްކުރުމާއި، ތަހުގީގަށް ދޮގު މައުލޫމާތު ދިނުމާއި، ހިނގަމުންދާ ތަހުގީގެއް ލަސްވެދާފަދަ އަމަލެއް ހިންގުމާއި، އެފަދަ އަމަލެއް ހިންގަން އުޅުމާއި، ކޮރަޕްށަންފަދަ އެއްވެސް އަމަލެއް ހިންގުމާއި، ބިރުދެއްކުމާއި، ރުޅިއެރުވުމާއި، ތަހުގީގު ކުރިޔަށް ގެންދިޔުމަށް ދަތިކުރުން (އޮބްސްޓްރަކްޓިވް ޕްރެކްޓިސް)؛
  5. ދައުލަތުގެ ޕްރޮކިއުމަންޓުގެ އެއްވެސް މަސައްކަތެއްގައި އަމަލީގޮތުން ހަރަކާތްތެރި ނުވުން.

 

13 ވަނަ މާއްދާ - ބޯޑުގެ ބައްދަލުވުންތައް

(ހ) ބޯޑުގެ ބައްދަލުވުންތައް ބެހިގެންވަނީ 2 (ދޭއް) ބާވަތުގެ މައްޗަށެވެ. އެއީ ބޯޑުގެ އާންމު ބައްދަލުވުންތަކާއި، ބޯޑުގެ ކުއްލި ބައްދަލުވުންތަކެވެ.

(ށ) ބޯޑުގެ އާންމު ބައްދަލުވުންތަކަށް ހާޒިރުވުމަށް އަންގާ އެންގުން، ބައްދަލުވުން ބާއްވާ ތަނަކާއި، ދުވަހާއި ވަގުތާއި އެޖެންޑާ އެނގޭނޭހެން، އެ ބައްދަލުވުން ބޭއްވުމުގެ މަދުވެގެން 1 (އެކެއް) ދުވަހުގެ ކުރިން، ސެކްރެޓޭރިއަޓުން މެ ން ބަރުންނަށް ލިޔުމުން ފޮނުވަންވާނެއެވެ.

(ނ) ބޯޑުގެ ކުއްލި ބައްދަލުވުމެއް، އިމަރޖެންސީކޮށް ބާއްވަންޖެހޭ ކަމަށް ޗެއަރޕަރސަނަށް ފެނިއްޖެނަމަ ނުވަތަ ކަމުގެ ބާވަތުން އަވަސްކޮށް ބޯޑުން ނިންމަންޖެހޭ ކަމެއް ސެކްރެޓޭރިއެޓުން ޗެއަރޕަރސަނަށް ހުށަހަޅައިގެން އެގޮތަށް ކުރިޔަށް ދިއުމަށް ޗެއަރޕަރސަން އިރުށާދުދީފިނަމަ، އެ ބައްދަލުވުމެއް ބޭއްވުމުގެ މަދުވެގެން 2 (ދޭއް) ގަޑިއިރުގެ ކުރިން، އެ ބައްދަލުވުމުގެ އެޖެންޑާ އެނގޭނޭހެން މެންބަރުންނަށް ސެކްރެޓޭރިއެޓުން ލިޔުމުން ފޮނުވަންވާނެއެވެ.

(ރ) ބޯޑުގެ ބައްދަލުވުންތަކުގެ ރިޔާސަތު ބަލަހައްޓާނީ، ބޯޑުގެ ޗެއަރޕަރސަނެވެ. ޗެއަރޕަރސަނަށް ހާޒިރުވެވެން ނެތް ހާލަތެއްގައި ބޯޑުގެ ރިޔާސަތު ބަލަހައްޓާނީ، ވައިސް ޗެއަރޕަރސަނެވެ. އެ ދެ ފަރާތުގެ ތެރެއިން މީހަކު ނެތް ހާލަތެއް މެދުވެރިވެއްޖެނަމަ، އެ ޖަލްސާއެއްގެ ރިޔާސަތު ބަލަހައްޓަންވާނީ، ހާޒިރުވެ ތިބި މެންބަރުންގެ ތެރެއިން، މެންބަރުން އިންތިހާބުކުރާ މެންބަރެކެވެ.

(ބ) ބޯޑުގެ ބައްދަލުވުންތައް ބޯޑު މެންބަރުން އެއްތަނަކަށް ހާޒިރުވެ ތިބެގެން ނުވަތަ އޯޑިއޯ ކޮންފަރަންސް ނުވަތަ ވީޑިއޯ ކޮންފަރަންސްކުރެވޭ ފަދަ ޒަމާނީ މުއާސަލާތީ ވަސީލަތްތައް މެދުވެރިކޮށްގެން ބޭއްވިދާނެއެވެ. 

(ޅ) އޯޑިއޯ ކޮންފަރަންސް ނުވަތަ ވީޑިއޯ ކޮންފަރަންސްކުރެވޭ ފަދަ ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން ބޯޑުގެ ބައްދަލުވުންތައް ބޭއްވިކަމުގައިވިޔަސް، އެ ބައްދަލުވުމެއް ސައްހަވުމަށް ބޭނުންވާ ކަންކަން ފުރިހަމަވާންވާނެއެވެ.

(ކ) މި މާއްދާގެ (ޅ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން އޯޑިއޯ ކޮންފަރަންސް ނުވަތަ ވީޑިއޯ ކޮންފަރަންސްކުރެވޭ ފަދަ ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން ބާއްވާ ބައްދަލުވުންތަކުގައި، އަންނަނިވި ގޮތުގެ މަތީން އަމަލުކުރަންވާނެއެވެ.

  1. ކޮންމެ މެންބަރަކު ވެސް ބައްދަލުވުމުގައި ބައިވެރިވާންވާނީ، އެ ބައްދަލުވުމަށް ބޭނުންކުރެވޭ ޒަމާނީ މުއާސަލާތީ ވަސީލަތެއްގައި ނުވަތަ އެޕްލިކޭށަނެއްގައި އެ މެންބަރަކަށް ހާއްސަކޮށް ސެކްރެޓޭރިއެޓުން ކަނޑައަޅާ ލޮގިން ނުވަތަ ލިންކް ނުވަތަ އައިޑީ މެދުވެރިކޮށްގެންނެވެ؛
  2. ބައްދަލުވުމަށް ބޭނުންކުރެވޭ ޒަމާނީ މުއާސަލާތީ ވަސީލަތެއްގައި ނުވަތަ އެޕްލިކޭށަނެއްގައި ކަނޑައަޅައިފައިވާ ލޮގިން މެދުވެރިކޮށް، ބައްދަލުވުމުގައި ބައިވެރިވަނީ ކޮން މެންބަރެއްކަން އެނގޭނެ މައުލޫމާތު ފެންނަން ހުންނަންވާނެއެވެ؛
  3. ބައްދަލުވުމަށް ބޭނުންކުރެވޭ ޒަމާނީ މުއާސަލާތީ ވަސީލަތެއް ނުވަތަ އެޕްލިކޭށަނެއް މެދުވެރިކޮށް ބޭއްވ ހާލަތުގައި ވޯޓަށް އަހާ މައްސަލަތަކުގައި، ވޯޓުދ ގޮތް އޯޑިއޯއިން ސާފުވާންވާނެއެވެ. ނުވަތަ އެޕްލިކޭށަން މެދުވެރިކޮށް ވަކިގޮތަކަށް ވޯޓު ދިނުމުގެ އިންތިޒާމް ހަމަޖައްސައިފައިވާނަމަ، އެގޮތަކަށްވެސް ވޯޓު ދެވިދާނެއެވެ؛
  4. ބޯޑުގެ ބައްދަލުވުމުގެ ބޭނުމަށް އޮންލައިންކޮށް ނުވަތަ ޒަމާނީ ވަސީލަތެއް ބޭނުންކޮށްގެން މެންބަރުން ސޮއިކުރަންޖެހޭ އެއްވެސް ލިޔެކިޔުމެއް އޮންނަނަމަ، އެ މެންބަރެއްގެ ޑިޖިޓަލް ސިގްނެޗަރ އެ ލިޔެކިޔުމެއްގައި ކުރެވޭިދާނެއެވެ.
  5. އޯޑިއޯ ކޮންފަރެންސެއް ނުވަތަ ވީޑިއޯ ކޮންފަރެންސެއް މެދުވެރިކޮށް ބޯޑުން ބާއްވާ ބައްދަލުވުންތަކާއި، އެ ބައްދަލުވުމުގެ ބޭނުމަށް ހިއްސާކުރާ ލިޔެކިޔުމުގެ ސިއްރު ހިފެހެއްޓ ކަން މެންބަރުން ކަށަވަރުކުރަންވާނެއެވެ.

(އ) ބޯޑުގެ ބައްދަލުވުންތައް ބާއްވަންވާނީ އަދި އެ ބައްދަލުވުމެއް ސައްހަވާނީ، އެ ބައްދަލުވުމަކީ ބޯޑުގެ ސެކްރެޓޭރިއެޓުގެ ފަރާތުން ކަނޑައަޅާ މުވައްޒަފަކު ބައްދަލުވުމުގައި ހިމަނައިގެންނެވެ. މިގޮތުން ސެކްރެޓޭރިއެޓުގެ ފަރާތުން ބައްދަލުވުމުގައި ބައިވެރިވާ ފަރާތަކީ ބައްދަލުވުންތަކުގެ ވޯޓުގައްޔާއި ބަހުސްތަކުގައްޔާއި، މަށްވަރާތަކުގައްޔާއި ގޮތް ނިންމުމުގައި ބައިވެރިނުވެވޭ ގޮތަށް އަދި ހަމައެކަނި އިދާރީ ބޭނުމަށް، ބައްދަލުވުމުގައި އިންނާނެ ފަރާތެކެވެ. އެހެންނަމަވެސް، ބައްދަލުވުމުގެ ތެރެއިން ބޯޑު މެންބަރުން ސެކްރެޓޭރިއެޓުން ސާފުކުރަން ބޭނުންވާ އެއްޗެއް ސާފުކޮށްދިނުމަށް، މި މާއްދާ ހުރަހެއް ނާޅައެވެ.

 

14 ވަނަ މާއްދާ - ބައްދަލުވުމުގެ ކޯރަމް

(ހ) ބޯޑުގެ އެއްވެސް ބައްދަލުވުމެއް ބޭއްވ ނީ، ބޯޑު މެންބަރުންގެ ތެރެއިން މަދުވެގެން 4 (ހަތަރެއް) މެންބަރުން ހާޒިރުވެގެންނެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ކޯރަމް ހަމަނުވާނަމަ، އެ އަދަދު ހަމަވަންދެން، އެ ބައްދަލުވުމެއް މެދުކަނޑައިލުމުގެ ނުވަތަ އެހެން ވަގުތަކަށް ފަސްކުރުމުގެ އިހްތިޔާރު، ޗެއަރޕަރސަނަށް ނުވަތަ އެ ބައްދަލުވުމުގެ ރިޔާސަތު ބަލަހައްޓާ ފަރާތަށް ލިބިގެންވެއެވެ.

(ނ) އެޖެންޑާކޮށްފައިވާ އައިޓަމަކާ ގުޅިގެން އެ މެންބަރެއްގެ އަމިއްލަ މަސްލަހަތާ ގުޅިފައިވާ ކަމެއް މެންބަރަކު ހާމަކޮށްފިނަމަ، އެ އައިޓަމާ ގުޅިގެން މަށްވަރާކުރުމަށާއި ގޮތެއް ނިންމުމަށް ކޯރަމް ހަމަކުރުމުގައި އެ މެންބަރަކު ހިމަނައިގެން ނުވާނެއެވެ.

(ރ) ބޯޑުގެ ނިންމުމެއް ނިންމަންވާނީ، ޗެއަރޕަރސަން ފިޔަވައި ހާޒިރުވެތިބި މެންބަރުންގެ ވޯޓުގެ އަގުލަބިއްޔަތުންނެވެ. ނަމަވެސް، ވޯޓުގެ އަދަދު އެއްވަރުވެއްޖެނަމަ، ވޯޓުގެ އަގުލަބިއްޔަތު ކަނޑައަޅާނީ، ޗެއަރޕަރސަންގެ ނުވަތަ ރިޔާސަތުގެ ވޯޓުންނެވެ.

 

15 ވަނަ މާއްދާ - ބޯޑުން ކަންކަން ނިންމުމާއި، ކަމެއް ނިންމުމުގައި އަމަލުކުރަންޖެހނެ ގޮތް

(ހ) ބޯޑުގެ ނިންމުމަކަށްވާނީ، މި ގަވާއިދާ އެއްގޮތަށް ބޯޑަށް ހުށަހަޅާ ކަމެއްގައި ބޯޑުގެ އަގްލަބިއްޔަތުން އެ ކަމެއް ފާސްވުމުންނެވެ.

(ށ) ބޯޑަށް ހުށަހަޅާ ބީލަންތަކާމެދު ނުވަތަ ބިޑްތަކާމެދު ގޮތެއް ނިންމުމުގައި ބަލަންވާނީ، އެ ބިޑަކާއެކު ހުށަހަޅައިފައިވާ ހުށަހެޅުމަށާއި، އެ ބީލަމަކާ ގުޅުންހުރި މައުލޫމާތުތަކަށާއި ލިޔުންތަކުގެ މައްޗަށެވެ. މިގޮތުން ބިޑުތަކާމެދު ގޮތެއް ނިންމުމުގައި، އެ ހުށަހެޅުމެއް ފާސްވިކަން ނުވަތަ ފާސްނުވާކަން ކަނޑައަޅަންވާނެއެވެ.

(ނ) ބޯޑުގެ ހުއްދަ ހޯދުމަށް ހުށަހަޅާ އިވެލުއޭށަންތައް ގަބޫލުނުކޮށް އިވެލުއޭށަން ކޮމިޓީއަށް އަނބުރާ ފޮނުވައިލާނަމަ، އަނބުރާ ފޮނުވައިލަން ޖެހުނު ސަބަބު، ލިޔުމަކުން އެ ފަރާތަކަށް އަންގަންވާނެއެވެ. މިގޮތުން، އަނބުރާ ފޮނުވައިފައިވާ ހުށަހެޅުމެއް އިސްލާހުކުރުމަށްފަހު އަލުން ހުށަހެޅިދާނެއެވެ.

(ރ) ބޯޑަށް ހުށަހަޅައިފައިވާ ހުށަހެޅުމެއްގައި އިސްލާހު ކުރަންޖެހޭ ކަމެއް ފާހަގަކުރެވޭިއްޖެނަމަ، އެ ކަމެއް ފުރިހަމަކުރުމަށް ށަރުތުކޮށް، އެ ހުށަހެޅުމެއް ފާސްކުރުމަށް ނިންމިދާނެއެވެ.

(ބ) ބޯޑުގެ މަސައްކަތްތަކުގައި އިތުރު ފަރާތްތަކުން ލަފާހޯދަންޖެހޭ ހާލަތްތަކުގައި ބޯޑުން ކަނޑައަޅާ ފަރާތްތަކެއްގެ ލަފާ ހޯދިދާނެއެވެ. ނަމަވެސް، ލަފާދިނުމުގެގޮތުން ބައިވެރިވާ ފަރާތްތަކަށް ބޯޑުގެ ނިންމުމެއް ނިންމުމުގައި ވޯޓެއް ނުދެވ ނެއެވެ. އަދި ބޯޑުގެ ބައްދަލުވުންތަކުގައި ލަފާދިނުމުގެގޮތުން ބައިވެރިކުރަންޖެހޭ ފަރާތްތައް ބައިވެރިކުރާނީ،ހަމައެކަނި އެ ކަމެއްގެ މަށްވަރާކުރާ ވަގުތުގައި، އެކަމަކަށް އެކަންޏެވެ.

(ޅ) ބޯޑު ހުއްދަޔާއެކު އޮބްޒާވަރުންނަށާއި، މިނިސްޓްރީގައި ޕްރޮކިއުމަންޓުގެ ކަންތައްތައް ހިންގާ ފަރާތަށާއި، ބޮޑެތި މަށްރޫއުތަކުގެ ކޯޑިނޭޓިންގ ކޮމިޓީއަށާއި، އެ ކަމެއް ކުރުމަށް ބޭނުންވާ އޮފީހެއްގެ އެ މައުލޫމާތު ދެވޭވަރުގެ އިސް މުވައްޒަފަކަށް ބޯޑުގެ ބައްދަލުވުމެއްގައި ބައިވެރިވެވިދާނެއެވެ. ނަމަވެސް، ވޯޓު ދިނުމުގައި އެ ފަރާތްތަކަށް ބައިވެރިއެއް ނުވެވޭނެއެވެ.

(ކ) މި ގަވާއިދުގެ އެހެން މާއްދާއެއްގައި އެހެންގޮތަކަށް ބަޔާންކޮށްފައި އޮތްނަމަވެސް، ކުއްލި ހާލަތެއް ދިމާވެގެން ކޮންމެހެން ނިންމަންޖެހޭ ކަމެއް ނިންމުމަށް އެކަމަކާ ގުޅޭގޮތުން ތައްޔާރުކޮށްފައިވާ ކަރުދާސްތައް މެންބަރުންނަށް ފޮނުވައިގެން އެކަމަކާ ގުޅޭގޮތުން މެންބަރުން ދެކޭގޮތް ލިޔުމުން ހުށަހަޅައި، މެންބަރުންގެ އަގުލަބިއްޔަތުން އެ ކަމެއް ނިންމިދާނެއެވެ. ނަމަވެސް، ބޯޑުގެ ބައްދަލުވުމަކުން އެ ކަމެއް ނިންމުމަށް މެންބަރަކު ހުށަހަޅައިފައިވާނަމަ، އެ ކަމެއް ނިންމަންވާނީ، ބޯޑުގެ ބައްދަލުވުމަކަށް ހުށަހަޅައިގެންނެވެ.

 

16 ވަނަ މާއްދާ - ބޯޑުގެ ބައްދަލުވުންތަކުގެ ޔައުމިއްޔާ

(ހ) ބޯޑުގެ ބައްދަލުވުމެއް ބާއްވާ ކޮންމެ ފަހަރަކު، އެ ބައްދަލުވުމެއް ކުރިޔަށްދިޔަ ގޮތުގެ ޔައުމިއްޔާ ލިޔެ ބަލަހައްޓަންވާނެއެވެ. މި ޔައުމިއްޔާގައި، އެންމެ މަދުވެގެން ވެސް، ތިރީގައިމިވާ މައުލޫމާތު ހިމަނަންވާނެއެވެ.

  1. ބައްދަލުވުމަށް ހާޒިރުވި މެންބަރުންނާއި، ހާޒިރުނުވާ މެންބަރުން؛
  2. އެ ބައްދަލުވުމަށް ހާޒިރުވި އެޑްވައިޒަރުންނާއި، އޮބްޒާވަރުން؛
  3. މެންބަރެއްގެ މަސްލަހަތާ ގުޅިފައިވާ ކަމެއް އޮތްނަމަ، އެ ކަމެއްގެ މައުލޫމާތު؛
  4. ބައްދަލުވުމަށް ހުށަހެޅިފައިވާ ކަންތައްތަކާއި، އެ ކަންތައްތައް ނިންމި ގޮތުގެ ތަފުސީލު؛
  5. ހުށަހެޅުމެއް ގަބޫލުކޮށްފައި ނުވާނަމަ، ގަބޫލުނުކުރި ސަބަބާއި، ގަބޫލުކުރުމުގައި ކަމެއް ށަރުތުކޮށްފައިވާނަމަ އެ ކަމެއް؛
  6. ކޮންމެ ހުށަހެޅުމަކާ ގުޅިގެން ދީފައިވާ ލަފަޔާއި މެންބަރުންގެ މެދުގައި އެއްބަސްނުވެވުނު ކަމެއް އޮތްނަމަ އެ ކަމެއް ހިމެނޭގޮތުން، މަށްވަރާކުރެވޭުނު މުހިންމު ކަންތައްތައް.

(ށ) ބޯޑުގެ ބައްދަލުވުމެއް ބާއްވާތާ ސަރުކާރު ބަންދު ނޫން 3 (ތިނެއް) ދުވަހުގެ ތެރޭގައި އެ ބައްދަލުވުމުގެ ޔައުމިއްޔާއްޔާއި އެ ބައްދަލުވުމުގައި ނިންމައިފައިވާ ކަންތައްތަކުގެ މައުލޫމާތ،ު މެންބަރުންގެ މައުލޫމާތަށްޓަކައި ފޯރުކޮށްދޭންވާނެއެވެ. މީގެ އިތުރަށް، ބޯޑުގެ ބައްދަލުވުންތަކުގެ ޔައުމިއްޔާ ފާސްކުރާތާ، ސަރުކާރު ބަންދު ނޫން 2 (ދޭއް) ދުވަހުގެ ތެރޭގައި މިނިސްޓްރީން ހަމަޖައްސައިފައި އޮންނަ ނިޒާމެއްގެ ތެރެއިން، މިނިސްޓްރީއަށް އެ މައުލޫމާތު ހުށަހަޅަންވާނެއެވެ.

(ނ) ބޯޑަށް ހުށަހެޅ މައްސަލަތަކުގައި ބޯޑުން ބޭނުންވެއްޖެ ހިނދެއްގައި މިނިސްޓަރ އޮފް ފިނޭންސް އަދި/ނުވަތަ އެޓަރނީ ޖެނެރަލްގެ ލަފާ ހޯދިދާނެއެވެ.

 

17 ވަނަ މާއްދާ - ބޯޑުގެ ނިންމުންތައް އާންމުކުރުން 

ބޯޑުން ސިއްރުކުރުމަށް ކަނޑަނާޅައިހާ ހިނދަކު، ބޯޑުގެ ނިންމުންތައް ނުވަތަ ފާސްކުރާ ކަންކަން، މިނިސްޓްރީން ކަނޑައަޅާ އުސޫލެއްގެ ތެރެއިން އާންމުކުރެވޭިދާނެއެވެ.

 

18 ވަނަ މާއްދާ - މަސްލަހަތު ގުޅިފައިވާ ކަންތައްތަކުގައި ބޯޑުގެ މެންބަރުން އަމަލުކުރަންޖެހޭ ގޮތް

(ހ) ބޯޑުގެ އެއްވެސް މެންބަރެއްގެ މަސްލަހަތު ފުށުއަރާ މައްސަލައަކާ ގުޅޭގޮތުން މަށްވަރާކުރުމުގައްޔާއި އެފަދަ މައްސަލައަކާ ޭގުޅިގެން ނެގޭ ވޯޓެއްގައި އެ މެންބަރަކު ބައިވެރިވެގެން ނުވާނެއެވެ.

(ށ) މެންބަރަކަށް، ނުވަތަ މެންބަރެއްގެ ގާތްތިމާގެ މީހަކަށް، ނުވަތަ މެންބަރަކާއެކު މަސައްކަތްކުރާ މީހަކަށް ސީދާގޮތުން ނުވަތަ ނުސީދާގޮތުން ފައިދާއެއް ކުރާނެ ކަމެއް ނިންމުމަށް ބޯޑުގެ ޖަލްސާއަކަށް އެޖެންޑާ ކޮށްފައިވާނަމަ، ތިރީގައިމިވާ ގޮތުގެ މަތީން އެ މެންބަރަކު އަމަލުކުރަންވާނެއެވެ.

  1. ބޯޑުގެ ޖަލްސާގެ އެޖެންޑާ ލިބުމުން، މެންބަރަކާ ގުޅުމެއްހުރި އައިޓަމެއް އެޖެންޑާކޮށްފައިވާނަމަ، އެ ޖަލްސާއެއްގައި އެ މެންބަރަކު އެކަން ހާމަކުރުން ނުވަތަ ބޯޑުގެ ސަމާލުކަމަށް އެފަދަ ކަމެއް އަތުވެއްޖެނަމަ، މަސްލަހަތު ފުށުއަރާ މެންބަރަކަށް އެ ކަމެއް އަންގައި، އެކަން ހާމަކުރަންވާނެއެވެ. އަދި މަސްލަހަތު ފުށުއަރާކަމަށް އެ މެންބަރަކު އިންކާރުކޮށްފިނަމަ، ބައްދަލުވުމެއްގައި އެޖެންޑާކޮށްފައިވާ މައްސަލައާމެދު ބަހުސަށް ހުޅުވައިލުމުގެ ކުރިން އެ މައްސަލައާމެދު ވަކިގޮތެއް ނިމެންދެން އެ މެންބަރަކު އެ ޖަލްސާގައި ބައިވެރިވުމާމެދު ގޮތެއް ނިންމާނީ، ބޯޑުގެ އަގުލަބިއްޔަތުންނެވެ. 
  2. މި މާއްދާގެ (1) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން އަމަލުކުރުމާއެކު، އެ ބައްދަލުވުމަކަށް ހާޒިރުވިޔަސް، އެފަދަ ކަމެއްގެ މަށްވަރާގައްޔާއި ގޮތެއް ނިންމުމުގައި ބައިވެރިވެގެން ނުވާނެއެވެ. އަދި އެ މައްސަލައެއް މަށްވަރާކޮށް ނިމެންދެން އެ ބައްދަލުވުމަކުން އެކަހެރިވާން ވާނެއެވެ.

(ނ) އަމިއްލަ މަސްލަހަތާ ގުޅިފައިވާ ކަމެއް ޖަލްސާއެއްގައި މެންބަރަކު ހާމަކޮށްފިނަމަ، އެ ޖަލްސާއަކީ މި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތަށް މެންބަރެއްގެ އަމިއްލަ މަސްލަހަތާ ގުޅުންހުރި ކަމެއް ހުށަހެޅުނު ބައްދަލުވުމެއްކަމަށް، ނުވަތަ އެ ބައްދަލުވުމުގައި މެންބަރެއްގެ މަސްލަހަތުހުރި ކަމެއް ހިމެނޭތީ، މެންބަރަކު އެކަން ބަޔާންކޮށް އެފަދަ ކަމަކަށް މަށްވަރާކުރުމުގައްޔާއި ވޯޓުދިނުމުގައި ބައިވެރިނުވާ ބައްދަލުވުމެއްކަން އެނގޭގޮތަށް އެ ބައްދަލުވުމުގެ ޔައުމިއްޔާގައި ލިޔަންވާނެއެވެ.

 

19 ވަނަ މާއްދާ - ބޯޑުގެ ސެކްރެޓޭރިއެޓް

ބޯޑުގެ އިދާރީ މަސައްކަތްތައް ބަލަހައްޓާނީ، ބޯޑުގެ ސެކްރެޓޭރިއެޓުންނެވެ. ބޯޑުގެ ސެކްރެޓޭރިއެޓަކީ، މިނިސްޓްރީގެ ނޭށަނަލް ޓެންޑަރ ޑިޕާޓްމަންޓެވެ. ސެކްރެޓޭރިއެޓުގެ ފަރާތުން ބޯޑުގެ ޖަލްސާތަކުގައި ބައިވެރިވާ ފަރާތަކަށް ބޯޑުގެ ޖަލްސާއެއްގައި ވޯޓުދިނުމުގެ ހައްގު ލިބިގެނެއް ނުވެއެވެ.

 

20 ވަނަ މާއްދާ - ބޯޑުގެ ސެކްރެޓޭރިއެޓުގެ ޒިންމާތައް

ބޯޑުގެ ސެކްރެޓޭރިއެޓުގެ މައިގަނޑު މަސްއޫލިއްޔަތުތައް، ތިރީގައި މިވަނީއެވެ.

(ހ) ބޯޑުގެ ޗެއަރޕަރސަންގެ މަށްވަރާގެ މަތީން، ބޯޑުގެ ބައްދަލުވުންތައް، ކަނޑައެޅޭ ތާރީހުތަކުގައި ބޭއްވުމުގެ އެންމެހައި އިންތިޒާމްތައް ހަމަޖެއްސުން

(ށ) ބޯޑު ބައްދަލުވުމުގެ އެޖެންޑާއާއި ހާޒިރީއާއި ޔައުމިއްޔާއާއި އެންމެހައި ލިޔެކިޔުންތައް ވަކި ތަރުތީބަކުން ބެލެހެއްޓުން.

(ނ) ބޯޑުން ނިންމާ ނިންމުންތަކާ ގުޅ ލިޔެކިޔުން ބަލަހައްޓައި، ފުރިހަމަކޮށް ފައިލްކުރުން.

(ރ) އެނޫން ވެސް، ބޯޑުން ނިންމާ ކަންކަން ކުރުން.

 

21 ވަނަ މާއްދާ - ގަވާއިދަށް އިސްލާހުގެނައުން

(ހ) މި ގަވާއިދަށް އެއްވެސް އިސްލާހެއް ނުވަތަ ބަދަލެއް ގެނެވޭނީ، އެ އިސްލާހެއް ގެނައުމަށް ނުވަތަ ބަދަލެއް ގެނައުމަށް، މި ގަވާއިދުގައިވާ ގޮތުގެ މަތީން ބޯޑުން ނިންމައިގެންނެވެ. މި ގަވާއިދަށް ގެންނަ އެއްވެސް އިސްލާހަކަށް އަމަލުކުރަން ފަށާނީ، އެ އިސްލާހެއް ބޯޑުން ފާސްކުރުމަށްފަހ،ު އެ އިސްލާހެއް ދިވެހި ސަރުކާރުގެ ގެޒެޓުގައި ށާއިއުކުރުމަށްފަހުގައެވެ.

(ށ) މި ގަވާއިދަށް އެއްވެސް އިސްލާހެއް ނުވަތަ ބަދަލެއް ގެނައުމަށް ބޯޑުގެ އެއްވެސް މެންބަރަކު ބޭނުންވާނަމަ، އެ އިސްލާހަކާއި، އެ އިސްލާހެއް ގެންނަން ބޭނުންވާ ސަބަބު ބަޔާންކޮށް ލިޔުމުން ޗެއަރޕަރސަނަށް ހުށަހެޅިދާނެއެވެ.

 

22 ވަނަ މާއްދާ - ގަވާއިދުގައި ނެތްކަމެއް ދިމާވުން

މި ގަވާއިދުގައި ބަޔާންކޮށްފައިވާ ނުވާކަމެއް ދިމާވެއްޖެނަމަ، އެ ކަމެއްގައި މި ގަވާއިދާ ތައާރުޒުނުވާ ގޮތެއްގެ މަތީން އަމަލުކުރާނެ ގޮތެއް ކަނޑައެޅުމުގެ އިހްތިޔާރު ބޯޑަށް ލިބިގެންވެއެވެ.

 

23 ވަނަ މާއްދާ - މާނަކުރުން

މި ގަވާއިދުގައި އިބާރާތެއް ނުވަތަ ލަފުޒެއް ހިމަނައިފައިވާ ގޮތުން އެހެން ގޮތަކަށް ދޭހަނުވާހައިހިނދަކު، އަންނަނިވި އިބާރާތްތަކާއި ލަފުޒުތައް މާނަކުރަންވާނީ ތިރީގައިވާ ގޮތަށެވެ.

(ހ) "މިނިސްޓަރު" ކަމަށް ބުނެފައި އެވަނީ، ދައުލަތުގެ މާލިއްޔަތާބެހޭ ސިޔާސަތުތައް ތަންފީޒުކުރުމުގެ މަސްއޫލިއްޔަތު އެ އިރެއްގައި ހަވާލުކޮށްފައިވާ ސަރުކާރުގެ ވުޒާރާގެ ވަޒީރަށެވެ.

(ށ) "މިނިސްޓްރީ" ކަމަށް ބުނެފައި އެވަނީ، ދައުލަތުގެ މާލިއްޔަތާބެހޭ ސިޔާސަތުތައް ތަންފީޒުކުރުމުގެ މަސްއޫލިއްޔަތު އެ އިރެއްގައި ހަވާލުކޮށްފައިވާ ސަރުކާރުގެ ވުޒާރާއަށެވެ.

(ނ) "ބޯޑު" ކަމަށް ބުނެފައި އެވަނީ، ގަވާއިދު ނަންބަރު 2023-158 (ދައުލަތުގެ މާލިއްޔަތުގެ ގަވާއިދު) ގެ ދަށުން ރައީސުލްޖުމްހޫރިއްޔާ އެކުލަވައިލ،ާނޭށަނަލް ޓެންޑަރ ބޯޑަށެވެ.

(ރ) "ދައުލަތުގެ އޮފީސް" ކަމަށް ބުނެފައި އެވަނީ، ގާނޫނު ހެދުމުގެ ބާރާއި، ވެރިކަން ހިންގުމުގެ ބާރާއި، އަދުލުއިންސާފު ގާއިމުކުރުމުގެ ބާރުގެ ތެރޭގައި ހިމެނޭ، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ ފިޔަވައި، އެނޫން އެންމެހައި އިދާރާތަކާއި ގާނޫނުއަސާސީއާއި ގާނޫނުގެ ދަށުން އުފެދ އެންމެހައި މުއައްސަސާތަކާއި ރަށު ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކާއި ސިޓީ ކައުންސިލްތަކަށެވެ.

(ބ) "ދައުލަތުގެ މާލިއްޔަތުގެ ގަވާއިދު" ކަމަށް ބުނެފައި އެވަނީ، ގަވާއިދު ނަންބަރު 2023-158 (ދައުލަތުގެ މާލިއްޔަތުގެ ގަވާއިދު) އާއި، އެ ގަވާއިދަށް ގެނެވ އިސްލާހުތައް ހިމެނޭގޮތުންނެވެ.

(ޅ) "ލިޔުމުން ފޮނުވުން" ކަމަށް ބުނެފައި އެވަނީ، މެންބަރުގެ ރަސްމީ އީ-މެއިލް އެޑްރެހަށް އީ-މެއިލް ކުރުން ހިމެނޭގޮތުން، އެނޫން ވެސް ލިޔުމުން ރިކޯޑުކުރެވޭ ޒަރީއާއެއް މެދުވެރިކޮށް އެންގުމަށެވެ.

 

24 ވަނަ މާއްދާ - ގަވާއިދަށް އަމަލުކުރަން ފެށުން

މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ބޯޑު މެންބަރުންގެ އަގްލަބިއްޔަތުން މި ގަވާއިދު ފާސްކޮށް، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

 

މައި ގާނޫނު

މާލިއްޔަތުގެ ގަވާއިދު (ގަވާއިދު ނަންބަރު 2023-158)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު