ކޮލިފިކޭށަންސް އޮތޯރިޓީގެ އެޑްވައިޒަރީ ބޯޑު ހިންގުމާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 2022-45) އަށް 1 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު
(ގަވާއިދު ނަންބަރު 2023-183)
(މި ގަވާއިދަށް އަމަލުކުރަން ފެށީ 11 ޑިސެމްބަރު 2023 ގައި)
ގަވާއިދު ނަންބަރު 2022-45 (މޯލްޑިވްސް ކޮލިފިކޭށަންސް އޮތޯރިޓީގެ އެޑްވައިޒަރީ ބޯޑު ހިންގުމާބެހޭ ގަވާއިދު) އަށް އަންނަނިވި އިސްލާހުތައް ގެނައުން.
1 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 10 ވަނަ މާއްދާއަށް އަންނަނިވި 2 (ދޭއް) އަކުރު އިތުރުކުރުން.
ބޯޑުގެ ނިންމުންތައް 10.
(ނ) ބޯޑުގެ މެންބަރަކު ނިސްބަތްވާ ނުވަތަ ތަމްސީލުކުރާ ޔުނިވަރސިޓ ނުވަތަ ކޮލެޖް ނުވަތަ އިންސްޓިޓިއުޓުގެ ސީދާ މަސްލަހަތު ހިމެނޭ ކަމެއް އެޖެންޑާކޮށްގެން ކުރިޔަށްދާއިރު، އެ އެޖެންޑާ އައިޓަމަކާ ގުޅިގެން ބޯޑުގައި ކުރާ މަށްވަރާއިންނާއި ނިންމުންތައް ނިންމުމުގައި، އެ މެންބަރަކު ތަނާޒުލުވާން ވާނެއެވެ.
(ރ) މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ފަދަ ސީދާ މަސްލަހަތު ހިމެނޭ ކަމެއްކަމަށް ބެލޭނީ، ތިރީގައި ބަޔާންކޮށްފައިވާ ކަމެއް ނުވަތަ ކަމަކުންކުރެ ކަމަކަށެވެ.
- އެ މެންބަރަކު ނިސްބަތްވާ ނުވަތަ ތަމްސީލުކުރާ ޔުނިވަރސިޓީ ނުވަތަ ކޮލެޖް ނުވަތަ އިންސްޓިޓިއުޓުގެ މައްސަލައަކާ ނުވަތަ އެ މަރުކަޒަކާ މެދު ހުށަހަޅައިފައިވާ ށަކުވާއަކާ ބެހޭގޮތުން މަށްވަރާކުރުމާއި، ގޮތެއް ނިންމުން.
- މެންބަރަކު ނިސްބަތްވާ ނުވަތަ ތަމްސީލުކުރާ ޔުނިވަރސިޓީ ނުވަތަ ކޮލެޖް ނުވަތަ އިންސްޓިޓިއުޓުގެ މައްސަލައަކާ ނުވަތަ އެ މަރުކަޒަކާ މެދު ހުށަހަޅައިފައިވާ ށަކުވާއަކާ ބެހޭގޮތުން މަށްވަރާކުރުމާއި، ގޮތެއް ނިންމުން
2 ވަނަ މާއްދާ - މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ތާރީހުން ފެށިގެންނެވެ.
މައި ގަވާއިދު
ކޮލިފިކޭށަންސް އޮތޯރިޓީގެ އެޑްވައިޒަރީ ބޯޑު ހިންގުމާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 2022-45)
ކޮންސޮލިޑޭޓެޑް ގަވާއިދު
ކޮލިފިކޭށަންސް އޮތޯރިޓީގެ އެޑްވައިޒަރީ ބޯޑު ހިންގުމާބެހޭ ގަވާއިދު (ކޮންސޮލިޑޭޓެޑް ނަންބަރު 2022-45)
ކިޔުންތެރިންގެ ހިޔާލު