-

ތައުދީބީ މައްސަލަތައް ބަލައި ފިޔަވަޅު އެޅުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދު (ގަވާއިދު ނަންބަރު 2022-87) އަށް 1 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު

(ގަވާއިދު ނަންބަރު 2023-173)

(މި ގަވާއިދަށް އަމަލުކުރަން ފެށީ 9 އޮކްޓޫބަރު 2023 ގައި)

 

ގަވާއިދު ނަންބަރު 2022-87 (ތައުދީބީ މައްސަލަތައް ބަލައި ފިޔަވަޅު އެޅުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދު) އަށް އަންނަނިވި އިސްލާހުތައް ގެނައުން.

 

1 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 8 ވަނަ މާއްދާގެ (ށ) ގެ (8) ވަނަ ނަންބަރުގެ ފަހަތަށް އަންނަނިވި ގޮތަށް ނަންބަރެއް އިތުރުކުރުން.

(ށ) (9) "ބަންދު ދުވަސް" ކަމަށް ބުނެފައި އެވަނ،ީ ސަރުކާރުން ބަންދު ދުވަސްތަކުގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ ދުވަސްތައް ހިމެނޭގޮތުން، ގާނޫނު ނަންބަރު 2008-02 (ވަޒީފާއާބެހޭ ގާނޫނު) ގެ ބޭނުމަށް ކަނޑައަޅައިފައިވާ ރަސްމީ ބަންދު ދުވަސްތަކަށެވެ.

 

2 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 29 ވަނަ މާއްދާގެ (ހ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

(ހ) ޕްރޮފެށަނަލް ސްޓޭންޑަރޑްސް ކޮމާންޑަށް ހުށަހެޅޭ ތައުދީބީ މައްސަލަތައް 75 (ހަތްދިހަފަހެއް) ދުވަހުގެ ތެރޭގައި ތަހުގީގުކޮށް ނިންމައ،ި އެ މައްސަލަތައް ޑިސިޕްލިނަރީ ބޯޑަށް ހުށަހަޅަންވާނެއެވެ. އަދި 75 (ހަތްދިހަފަހެއް) ދުވަސް ހަމަވާއިރު ތަހުގީގު ނުނިމޭ މައްސަލަތައް ތަހުގީގު ނުނިމިވާ ސަބަބު ބަޔާންކޮށް، ޑިސިޕްލިނަރީ ބޯޑަށް ހުށަހަޅައިގެން، އެ ބޯޑުން ނިންމާ ގޮތެއްގެ މަތީން މުއްދަތު އިތުރުކުރެވިދާނެއެވެ.

 

3 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 43 ވަނަ މާއްދާގެ (ށ) ގެ ފަހަތަށް އަންނަނިވި ފަދައިން 3 (ތިނެއް) އަކުރު އިތުރުކުރުން.

(1-ށ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ މުއްދަތުގެ ތެރޭގައި ކޮމިޓީން މައްސަލަ ބަލައި ނުނިމިއްޖެނަމަ، މައްސަލަ ނުނިމުނު ސަބަބާއ،ި މައްސަލަ ބަލައި ނިންމޭނެ ތާރީހެއް ކަނޑައަޅައ،ި މައްސަލަ ހުށަހެޅި ފަރާތަށާއި ރައްދުވާ ފަރާތަށް އަންގަންވާނެއެވެ. އަދި އެ މުއްދަތުގެ ތެރޭގައި އެ މައްސަލައެއް ބަލައި ނިންމަންވާނެއެވެ.

(2-ށ) މި މާއްދާގެ (-1ށ) ގެ ދަށުން މުއްދަތު އިތުރުކުރެވޭނ،ީ ގިނަވެގެން 30 (ތިރީސް) ދުވަހުގެ މުއްދަތަށެވެ.

(3-ށ) މި މާއްދާގެ (-1ށ) އާ އި (-2ށ) ގައި ބަޔާންކޮށްފައިވާ މުއްދަތުތައް ގުނާނ،ީ ބަންދު ދުވަސްތައް ނުހިމަނައެވެ.

 

4 ވަނަ މާއްދާ - މި ގަވާއިދަށް އަމަލުކުރަން ފަށާނ،ީ ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

 

މައި ގަވާއިދު

ތައުދީބީ މައްސަލަތައް ބަލައި ފިޔަވަޅު އެޅުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދު (ގަވާއިދު ނަންބަރު 2022-87)

 

ކޮންސޮލިޑޭޓެޑް ގަވާއިދު

ތައުދީބީ މައްސަލަތައް ބަލައި ފިޔަވަޅު އެޅުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދު (ކޮންސޮލިޑޭޓެޑް) (ކޮންސޮލިޑޭޓެޑް ނަންބަރު 2022-87)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު